ފަހަތައް އެބުރިގެން ހުރި ވިކާަޝް ސިހިފައި ފަހަތައް އެބުރުނީ ރީތި އަޑަކުން އަންހެން ކުއްޖަކު ހަޅޭ ލެއްވި އަޑަށެވެ………. ވިކާޝް ގެ ގައިގާ ޖަހަން ދިޔަ ރިޝްމީ އަރި އަޅާލީ ފާ އެޅުނުގޮތަކުންނެވެ. އެއާއެކު ދެން ވާނެގޮތް ހިތައް އުމާއެކު ރިޝްމީގެ އަގައިން ތޫލި ހަޅޭކެއް ބޭރުވިއެވެ…. . އެއާއެކު ރިޝްމީއާއި ދިމާލައް އެބުރުނު ވިކާޝް ހުށިޔާރު ކަމާއެކު ވެއްޓެން ދިޔަ ރިޝް މީގެ ހިމަ އުނަގަނޑުގައި ހިފެހެއްޓިއެވެ. އެއާއެކު ވިކާޝްގެ އަތް މަތީގައި އޮތް ރިޝްމީގެ […]
” ކީއްވެ މަލް އަށް ދޮގު ހެދީ.. ނިދަންށޭ ކިޔާފަ ކޮންތާކަށް ދިޔައީ.. އަދި މަލް އެވަރަށް ގުޅީމަ ފޯނުވެސް ނުނަގާ.. ކުޑަ މިނުން ކީއްވާނީ ފަހުން ގުޅާލިނަމަވެސް..” އައި ގޮތައް އައިސް ޝަކުވާ ކުރެވެން ފެށުނީ އަޒްހާން އެހެން ކަންތައް ކުރުމުން މަލްދާ ދެރަވި ވަރުންނެވެ. ” ބޭރަށް ދިޔައި.. ފޯނު ގޭގައި ބާއްވާފައި ދިޔައިމަ ނޭނގުނީ ގުޅިކަމެއް.” މަލްދާ އާއި ދިމާލަށް ބަލައިލަމުން އަޒްހާން މަޑުމަޑުން ބުނެލިއެވެ. ” ކޮންތާކަށް ދިޔައި..” މަލްދާ ދެންވެސް […]
**’ކޮބާ.. މި އާދެވުނީ…’ ކާރުގެ ދުވެލި ސުމަކަށް ހުއްޓާލުމަށްފަހު ޔޫނުސް ފަހަތަށް އެނބުރި ނިޒްކާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.** ‘ބަލަ ނިޒޫ.. ކީއްތިކުރަނީ؟’ ކާރުގެ ކުޑަދޮރުގައި މޫނު ތަތް ކޮއްގެން ބޭރު ބަލަން އިން ނިޒްކާ އާއި ސުވާލުކުރިއެވެ. އޭރު ވެސް ޔޫނުސް ދިޔައީ ހެމުންނެވެ. ‘ކަމް އޯން ޔޫނުސް.. މިހާ ރީތި ޕާކެއް ރާއްޖެއިން މިފެނުނީ އަދި އަލަށޭ.. ވާވް،، ބަލަ އެހެރަ ރީތީ ބުޝްތަކެއް.. އެހެރަ ފައުންޓައިން ވެސް.. އަދި އެހެރީ ލޮޓަސް ފެންގަނޑެއްވެސް.. އަޅޭ ފޮޓޯ އެއް ނަގަން ހާދަ ރީތި ވާނޭ..’ ނިޒްކާ އާށޯހު ވެފައި ހުރިލެއް ބޮޑު ކަމުން އޭނާއަށް ބުނެވެމުން ދިޔަ އެވެ. ‘އަދި އަލަށްތަ ބަގީޗާއެއް އެ ފެނުނީ.. ދެން ހާދަ ހެއްވައޭ މި މަންޖެ..’ ދުވާރު މަތީ ހުއްޓިގެން ކުޅި ބަލަން ހުރި އީނާލް ހިތާހިތުން ކުދި ކިޔައިގަތެވެ. ކައިރީގަ ޖެހިގެން ހުރި ނަވްރީން ދިޔައީ ޕާކުން ފެންނަމުން ދާ މަންޒަރުތައް އޭނާގެ އައިފޯން އެސް އީ އަށްރައްކާކުރަމުންނެވެ. އެއްބައިފަހަރު ސެލްފީ އެކެވެ. އަނެއްބައި ފަހަރު ހުޅުމާލޭގެ މަގުތަކެވެ. ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ގޫޗީ ހެދުމަކާއި، ކޮނޑާއި ހަމަ އަށް ދާ ގަދަ މުށި ކުލައިގެ އިސްތަށިގަނޑު އައްސާފައިވާއިރު، ބޮލުގައި ގޫޗީ ހެޑްބޭންޑް އެއް އަޅައިލާފައިވެއެވެ. އަދި ނުވީތާކަށް އަރާފައި ހުރީވެސް ގުޗީގެ ވެޖް އަކަށެވެ. ބަލާލި ކޮންމެ މީހަކަށްވެސް ނަވްރީން އަކީ ގޫޗީ އަށް ލޯބިކުރާ ކުއްޖެއްކަން ފަސޭހަ ކަމާއެކު ދަނެގަނެވޭނެއެވެ. ނިޒްކާ އަށް ކާރު ތެރެއިން ނުކުތުމާއެކު ނަވްރީން އޭނާގެ ފޯނު އަތަށް ހެޔޮވަރު ކޮއްލަމުން އެ ދިމާލަށް ހިނގައިގަތެވެ. ‘ހޭއި މައި ނިޒް ކާޖާ.. ހިނގާބަ ސެލްފީ އެއް ނަގަން..’ ނިޒްކާ އެއްބަސް ވުމުން ނަވްރީން ފޮޓޯ ނަގަން ފެށި އެވެ. އެހެންނަމަވެސް އެއިން ކޮންމެ ފޮޓޯ އެއްގައިވެސް ނިޒްކާ ހުންނަނީ މޫނު ކުނި ކޮށްގެންނެވެ. ނުވަތަ އެހެންކަހަލަ ވައްތަރެއް ޖައްސާގެންނެވެ. އެ ދެކުދިން ފޮޓޯ ނަގަމުން ދިޔަ ވަގުތު އީނާލް އިރު އިރު ކޮޅާ ފޯނަށް ބަލާލައެވެ. ކަޅު ކުލައިގެ ޓީޝާޓު ކޮޅެއްގެ މަތިން ރަތް ކުލައިގެ ޖެކެޓެއް ލާފައި ވާއިރު ޝޯލް އާއި އޭނާ ލައިގެން ހުރި ސްކިނީ ވަނީ ކަޅު ކުލައިންނެވެ. ޓީޝާޓު ސްކިނީ އާއި ދަށަށް ޖަހާފައި ވާއިރު އޭނާ ފެންނަނީ ނުހަނު ރީތި ކޮންނެވެ. މަގުމަތިން ދާހާ ފިރިހެނަކު 16 އަހަރުގެ އީނާލަށް ބަލަމުން ދިޔަ އިރު އޭނާ އެއިން އެއްވެސް ކަމަކާ އަޅައެއް ނުލައެވެ. ހަމަ އެވަގުތު ޔޫނުސްގެ އެއްކަލަ މަރސީޑްސް ކާރު އެތާ ކުރިމަތީ މަޑު ކޮއްލި އެވެ. މިފަހަރު އޭގެއިން ނުކުތީ ހަތަރު އަންހެން ކުދިންނެވެ. ‘ޒައި، ތުގާ، ޔޫލިން ދެން ކާކުތަ މީނީ..’ އީނާލް އެ ކުދިން ފެނުމާއެކު ބުނެލި އެވެ. އެހެން ނަމަވެސް އެންމެ ފަހުން ނުކުތް ކުއްޖާ އަށް ޖެއްސުން ކޮށްލުމުގެ ގޮތުން އޭނާ ނޭނގޭ ކަމަށް ހަދާލިއެވެ.’އަޅޭ ތިމީހުން ދިރި އެބަހުރިން ދޯ..’ ނަވްރީން އޭނާގެ ފޯނު ޖީބަށް ލަމުން އެ ކުދިންނާ ދިމާލަށްއައެވެ. ‘ބަލަ އަވަހަށް ވެސް އާދެވުނީހޭ މިތާ އުޅޭ ޓޮޑީ އަށް ނޭގުނު ވިއްޔަ އަވަސް ކުރާކަށް..’ ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ހެދުމަކާއި ކަޅު ޝޯލް އަކާއި ސްކިނީ އެއް ލައިގެން ހުރި ކުއްޖެއް ބުންޔެވެ. އޭނާގެ ދޮން މޫނުގައި މަޑު މޭކްއަޕް އެއް ކޮށްފައިވާ އިރު، ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލާފައި ވެއެވެ. އުމުރުން 19 އަހަރުގެ ޒައިނީ ޗުސް ތަޅަމުން ދިޔަ އިރު ތުގާ އެއަރ ޕޮޑްސް ޖަހައިގެން ބީޓީއެސްގެ ލަވަތައް އަޑު އަހަން ހުއްޓެވެ. ‘ހޫން ދެން ހެވޭ.. ހިނގާބަ އެތެރެއަށް ދާން.. ލަވްޒާ ވެއްޖެ ކަންނޭގެ އެތާ އެހުރި ބްރިޖް-އޯވަރ-ދަ-ލޭކް މަތީ..’ ޔޫލިން އޭނާ އަޅައިގެން ހުރި މަޑު ރަތް ކުލައިގެ ޝޯލް ރީތި ކޮއްލަމުން ބުނެލި އެވެ. ‘ޔާ މައި ޑިއަރ.. މިދަނީ އޭ..’ ނަވްރީން މިހެން ބުނަމުން ޕާކް ތެރެއަށް ހިނގައިގަތެވެ. ‘އަދި ޖެއްސުމަށޭ ނޭނގޭ ކަމަށް ހަދައިން އުޅެނީ.. ވަރަށް ފޫހި..’ ތުން އޫ ކޮށްލަމުން އީނާލް ކައިރިއަށް ދިޔަ ނައިލީ ބުނެލިއެވެ. ‘ނޫނޭ ހަމަ ނުފެނުނީ..’ އެއްލޯ މަރާލަމުން އީނާލް ބުންޔެވެ. ‘ހަމަ ނުފެނުނީ އެއްނޫން.. ނުފެންނަ ކަމަށް ހެދީ..’ ބޮޑާ ހާކަމުން ދިޔަ ކުޑަ ކުއްޖެކޭ އެއްވަރަށް ނައިލީ ދިޔައީ ކުސްތަޅަމުންނެވެ. ‘ދެން މައި ޔަމީ ލޯބިވާ ނެސްޓަމް ނުފެނި ދާނެތަ؟’ ‘ނެސްޓަމް އޭ؟؟ އެއީ އަނެއްކާ ކޯޗެއް؟’ ނައިލީ ފާޑަކަށް އީނާލް އާއި ދިމާލަށް ބަލާލިއެވެ. ‘ދަންނަންތަ ކުޑަކުދިން ކައި އުޅޭ އެއްޗެހި؟ އެގޮތަށް ހުންނަ އެއްޗެއް އެއީ..’ އީނާލް ހެމުން ހެމުން މިހެން ބުނެލާ އިރަށް ނައިލީގެ ލޯ ބޮޑު ވިއެވެ. ‘އައްޗީޑި.. އަދި އަހަންނަށް ކުޑަ ކުދިން ކާ އެއްޗަކާ އެއްވަރު ކޮށްފިޔޭ.. އިއޫ.. ސޯ ގްރޮސް.. ހިޔެއް ނުވޭ ދެން ހޮޑު ނުލާ ދުވަސް ނިމޭނެ ހެނެއް.. ހާދަ ފަކުރޭ.. ޖަސްޓް އިއޫ..’ ނައިލީ އަނގަ މަތީ އަތް އަޅަމުން ވާހަކަ ދެއްކި އެވެ. އީނާލް އެހުރި ގޮތަށް ހޭން ހުއްޓެވެ. ‘ނާންނަނީތަ؟’ ފަހަތް ބަލާލަމުން ނަވްރީން ގޮވާލި އެވެ. ‘އުހުން.. މި ދަނީ.. ކޮބާ ބާކީ ތިބި މީހުން؟ ވަނީ ތަ؟؟’ ދެކޮޅު ބަލާލުމަށް ފަހު ހިނގައިގަންނަމުން އީނަލް ބުންޏެވެ. ފަހަތުން ނައިލީ ވެސް އައެވެ. އޭނާ އަދިވެސް ހުރީ މޫނަށް ފާޑެއްގެ ގޮތެއް ހަދާގެންނެވެ. ‘އާނ.. އެމީހުން ތިބޭނެ ތިދެމީހުން މަރުވެ ކަފުން ކުރަން ދެކަށް ވެސް..’ ލޯ އަޅާލަމުން ނަވްރީން ބުންޏެވެ. ‘އެހެންތަ.. އެހެންވީރު ތި ވީ މާ ރަނގަޅަކަންނުން.. އަހަރުމެން މަރުވަންދެން ކައިރީގަ ބައަކު ތިބޭނެތާ..’ އީނާލް ހިނި ތުންވެލަމުން ބުނެލިއެވެ. ތިން އަންހެން ކުދިންވެސް އެ ޕާކަށް ވަނީ އެކި ވާހަކައިގާ ހުރެ އެވެ. ‘އާދެވިއްޖެ ދޯ؟..’ ލޮޓަސް ފެންގަނޑު ކައިރީ ހުއްޓިލައިގެން ހުރި ލަވްޒާ އަތް އުރާލައިގެން ހުރެ ބުންޏެވެ. ‘ނޫން އަދި ނާދެ ވޭ ކަންނޭގެ.. ލަވޫގެ ކުރިމަތީ މިހުރީ..’ އަނެއްކާވެސް އީނާލް ކިޔައިގަތެވެ. ‘ޕިސް ދެން ތި އަނގަ ހުއްޓޭނީ ކިހިނެތް ހެދީމަ؟’ ނައިލީ އީނާލް ގެ ބޮލުގައި ޖަހާލަމުން ބުންޏެވެ. ‘މި އަނގަ ހުއްޓޭނީ އަޅުގަނޑު މަރުވެ ކަފުންކޮށް ވަޅުލާ ދުވަހު.’ ހިނިގަނޑެއް ޖަހާލަމުން އީނާލް ބުންޔެވެ. ‘ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ. *ނުނިމޭ*
މިއްލީއަށް ހެނދުނު ހޭލެވުނީ މީހަކު އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ލޯ ހުޅުވާލުމާއެކު ސިއްސައިގެންގޮސް ތެދުވެ އެނދުމަތީގައި އިށީނދެވުނެވެ. “ޔާލް……” މިއްލީގެ އަނގައިން ނުކުތީ މިޒްޔަލްގެ ނަމެވެ. މިޒްޔަލް އަވަހަށް ތެދުވެ އެނދުގައި އިށީނުމަށްފަހު މިއްލީއަށް ނަޒަރު ހުއްޓާލިއެވެ. ކަޅުރަތް ކުލައިގެ ޓައިޓަކާއި ކަޅުކުލައިގެ އަތްދިގު ޓީޝާޓެއްގައި ހުރިއިރު ހާދަ ފުރިހަމައެވެ. މޫނުމަތީގައި ވަނީ ނިދީގެ އަސަރުތަކެވެ. “މިލީ…… ގެއަށް ދާން މިދަނީ……..” މިޒްޔަލް ހެނދުނުގެ ސަލާމް ކިޔުމަށްފަހު ބުނެލިއެވެ. އެއާއެކު މިއްލީ ކުއްލިއަކަށް ތެދުވިތަން ބަލާފައި މިޒްޔަލް […]
ދެވަނަ އެޕިސޯޑުގެ ތެރެއިން.. “ހިނގާ ފްލޯރަލް ތީމް އަކަށް ޑެކަރޭޓު ކުރަން.. ފްލާވާރސް އާ ބަޓާރފްލައިސް ލައިގެން.. ވަރަށް ކިއުޓު ވާނެ..” ހައިނާ ހިޔާލީ ގޮތަކަށް އަތް ދެކޮލުގައި ޖައްސައިގެން އިނދެ ބުނެލިއެވެ. “ހައިނާ” ފިރުޝާން ގޮވާލިއެވެ. “ޔަޕް..”ހައިނާ ބުނެލިއެވެ. “ބޭބީކޮޅާ..މި އުޅެނީ އެކެއްގަތަ؟އޭނ ފްލާވާރ އޯ” *ހައިޝަން ބުނެލިއެވެ. *މިތާގައި ހައިޝަންގެ ނަމުގެ ބަދަލު ގައި އިންނާނީ ފިރުޝާންގެ ނަމެވެ. ތިންވަނަ އެޕިސޯޑު “ތިއަށްވުރެ ރަނގަޅުވާނެ ބެޓްމޭން ޖަންގިޔާ ބުރި ކުރުހިއަސް..ނޫނީ ސްޕައިޑާރމޭން ބޮކްސާ ކުރުހަން […]
އަލާވްޔާއަކީ މާއިޝްއާއި އެއް ކުލާހެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މާއިޝްއާއި އަލާވްޔާއަކީ ގްރޭޑް ނުވައެއްގައި އޭރު ތިބި އެންމެ ކިޔަވަން މޮޅު އަދި ކަންކަމުގައި އިސް ނަގަން ކެރޭ ދެ ކުދިންނެވެ. އެކަކަށް ވުރެ އަނެކަކު މޮޅެވެ. މި ދެ ކުދިންނަކީ ވެސް ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ދެ ކުދިންނެވެ. އެހެންކަމުން ދެކުދިން ވެސް ތިބެނީ ސްކޫލް ބޭންޑްގެ އިސް އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ މަޤާމުގައެވެ. ދެމީހުންގެ އަޑު ވެސް އެހާމެ ރީއްޗެވެ. އަދި […]
ކޮޓަރިއަށްދާންދިޔަ ލަމްޝާ ފެނުމާއެކު ޒަޔާން އައިނާ ކޮބައިތޯ އަހާލީ ވަރުބަލިވެފައި ހުރުމުންނެވެ. “އޯ.. އައި ދެންމެ އެނިކުތީ..” ދޮރާދިމާއަށް އިޝާރާތް ކުރަމުން ލަމްޝާ ބުނެލިއެވެ. ޒަޔާންއަވަހަށް އެދިމާއަށް ދިޔައީ އައިނާފެންނާނެ ކަމަށެވެ. އެހެނަސް ނިކުތުމާއެކު ފެނުނު މަންޒަރުން ޒަޔާޏްގެ ލޭކެކިގެން ދިޔައެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވަމުން އައިނާ އޭރު ޓެކްސީއަށް އަރަނީއެވެ. ޒަޔާން އެއްމިއަނަކުން ހީލަމުން އެދިމާއަށް ހިނގައިގަތީ ފުންނޭވާއެއް ލަމުންނެވެ. ….. ޓެކްސީއަށް އަރައަރައި ހުރި އައިނާއަށް ހުއްޓެވުނީ ބާރުގަދަ އަތަކުން އޭނާގެ އަތުގައި […]
ހަމަސްދުވަސް ފާއިތުވެގެންދިޔައިރު ނުހާ ޒާރާއައް ގުޅައިގެން ޒާރާގެ ހާލު ނުބަލާ އެއްމެދުވަހެއްވެސް ނުދާނެޔޭބުނުމަކީ ދޮގަކައް ނުވާނެއެވެ. ބަލިވެއިނުމާއި ގުޅިގެން ކުރިންއަންނަގޮތައް ޒާރާ ކައިރިއައް އައިސް ނޫޅެވުނެއްކަމަކު ނުޒުހާވެސް ޒާރާގެ ހާލުބަލާ ހަދައެވެ ނަމަވެސް ޒާރާ މިހާރު އަބަދުވެސް ހުންނަނީ އުފަލުންނެވެ. އެމޫނުމަތިން ހިނިތުންވުން އެއްގޮތަކައްވެސް ފިލާ ނުދެއެވެ. ކުޑަކުޑަ ޒިވާއާއި ޔާނީގެ ސަކަމިޒާޖު ޒާރާވެސް ބަދަލުކޮއްލީއެވެ. އާމިރުގެ ފަރާތުންލިބެމުން ދިޔަ ބައްޕައެއްގެ ލޯބިން ޒާރާ އައް އިތުރު އުފާވެރިކަމެއް ލިބިފައިވެއެވެ. ނަމަވެސް އެއްމެ ހިދުކޮޅަކައްވެސް ޒާރާގެ ހިތުން އާއިލާގެ ހަދާންތައް ފިލައިގެން ނުދެއެވެ. ހަމަ އެއާއެކު ޔުއާންގެ ނަންވެސް ޒާރާގެ ހިތުން ފަޑުނުވެއެވެ. “ޒާ ހިގާބަލަ ޒިވްގެ ހާފް ބާރތްޑޭ ފާހަގަ ކޮއްލަން… ނެކްސްޓް ވީކްގަ ދޯ ސިކްސް މަންތްސް ވާނީ…. ” ޒިވާގޮވައިގެން ސަކަރާތް ޖަހަންއިދެފައި ކުއްލިއަކައް ހަދާންވެގެން ޔާނީ ބުނެލިއެވެ. “އެއީވެސް ދެން މީހުން ފާހަގަ ކުރާކަހަަލަ ކަމެއްތަ؟ އަމިއްލައަކައް ކޭކު ކާހިއްވީމަ އަވަހައް ތިހެން ތިބުނީ ދޯ…” ޒާރާ ބޭނުންވީ ޔާނީއައް ޖެއްސުންކޮއްލާށެވެ. “ހޫމް … ކޭކް ކެޔަސް މައްސަލައެއް ނެތެއްނު… އަހަރެން ކިހާ ލޫޅާފަތިތަ؟” ޒާރާ ވާހަކަ ދައްކާ ނުނިމެނީސް ޔާނީ ފުންމައިގެން ތެދުވެ ދެކޮޅައް އެބުރިލިއެވެ. ޔާނީ އެބުނި ބަހައް ޒާރާވެސް އެއްބަސް ވިއެވެ. “އެންޑް ބައިދަވޭ ދެކަމެއް ސެލަބްރޭޓް ކުރަން ބޭނުން…. ” ހިނިގަޑެއްޖަހާލަމުން ގޮޑީގައި ހަމަޖެހިލަމުން ޔާނީ ބުނެލިއެވެ. ޒާރާ ޔާނީ އައް ބަލާލަމުން ނިއްއަރުވާލީ ކޮންކަމެއްހޭ އަހާލަމުންނެވެ. “ދޮންބެ…. ހީ އިޒް ކަމިން ބެކް…. އެވެސް އެންމެ ދެދުވަހައް…” ފޫހިގޮތަކައް ޔާނީ ބުނެލިއިރު އެއަޑުގައި އުފާވެރިކަންވެސް ހުއްޓެވެ. “އާން ” އެނަން އެތައް ފަހަރަކު ޒާރާ ވަނީ އަޑު އަހާފައެވެ. އާމިރުއާއި ޔާނީގެ ފަރާތުން އެތައް ވާހަކައެއް އެގިފައި ވީއުރުވެސް ޒާރާއައް އާން ފެނިފައެއް ނުވެއެވެ. “ޒާ މިގެއައް އައިފަހުން އަދި އެއްފަހަރުވެސް ދޮންބެ ނާދޭ ދޯ…. ވަރައް އަން ފްރެންޑްލީ ވާނެ…. އެކަނި އުޅެން ބޭނުންވާ މީހެއް އެއީ… އެކަމަކުވެސް ހީ އިޒް ދި ބެސްޓް…. އަހަންނާ ބައްޕައާ ދެމީހުންދެކެވެސް ވަރައް ލޯބިވާނެ… އެކަމަކު އެންމެފަހުން އައިއްސަ ދިޔައިރު ބައްޕައާ ކޮންމެވެސް މައްސަލައެއް ޖެހިގެން ދިޔައީ.. ހުރި ދުވަސްކޮޅެއްވަންދެން ބައްޕަ އާއި ވާހަކަވެސް ނުދައްކާ…” ހެވިފައިއިދެ އެތައް އިރެއްވަންދެން ޔާނީ އޭނާގެ ދޮންބެގެ ވާހަކަދެއްކިއެވެ. ޒާރާގެ ލޯ އެއްވެސް އިޙުތިޔާރަކާ ނުލާ ކަރުނުން ފުރުނެވެ. “ޒާ އާރ ޔޫ އޯކޭ…” ޒާރާއައް ބަލާލަމުން ޔާނީ ހައިރާންވެފައި އަހާލިއެވެ. ” ޖަސްޓް މިސިންގް މައި ފެމިލީ.. ގުޅިޔަސް ފޯނުވެސް ނުނަގާ….” ޒާރާގެ އަރު ބެދޭގޮތްވިއެވެ. ޔާނީއައިސް އައިސް ޒާރާގައިގަ ބައްދާލިއެވެ. ހިއްވަރު ދިނުމައްވެސް ބުނާނެ ބަހެއް އެވަގުުތު ޔާނީގެ ދުލައް ނައެވެ. އިރުކޮޅަކު ޔާނީކައިރީގައި އިނުމައްފަހު ޒާރާ ޒިވާ ގޮވައިގެން ބޭރައް ނުކުތެވެ. އެގޮތުގައި ހަފުތާއެއް ފާއިތުވުވެގެން ދިޔައެވެ. ޒިވާ ރީތިކޮއްގެން ބޭރައް ނުކުތުމާއެކު ޔާނީ ދވެލައިފައި އައިސް ޒާރާގެ އަތުން ޒިވާ އަތުލިއެވެ. ޒިވާ އިންނަލެއް ލޯބިކަމުން ކޮންމެމީހަކުވެސް އުރާލާ ލޯބިކޮއްލާ ހިއްވާނެއެވެ. އެއުމުރުގެ އެހެން ކުދިންނާ ހިލާފައް އަބަދުވެސް ޒިވާ އިންނާނީ ހެވިފައެވެ. ޔާނީގެ ސަބަބުން އެކުއްޖާއައް ވަނީ ސަކަމިޒާޖެއްލިބި އަބަދު ސަކަރާތްޖަހަން އާދަވެފައެވެ. “ޒާ ދޭ ބައްޕަ ގޮވައިގެން …… އަަހަރެން ދާނަން ދޮންބެ ބަލާ…. “ޒާރާގެ އަތައް ޒިވާދެމުން ޒާރާކައިރީގައި ސިއްރު ސިއްރުން ޔާނީ ބުނެލިއެވެ. “އަވަހައްދޭ… އަހަރެންވެސް މި ހުންނަނީ މިހާރު އާން ދެކިލާހިތުން ކެއްމަދުވެފަ” ހީލަމުން ޒާރާ އެއްބަސް ވިއެވެ. (ނުނިމޭ)
ފުން ނޭވާއެއްލަމުން އެލީން ކޮޓަރިން ނުުކުމެ ސިޑިއާއި ދިމާލަށް ދާން މިސްރާބުޖެހިތަނާއި ކޮޓަރީ ދޮރުހުޅުވާލާފައި ނުކުތް ޒެވިޔަންގެ ގައިގައި ޖެހިފައި ވިއްސައިގެންދާން އުޅުނެވެ. ނަމަވެސް، ހުސިޔާރުކަމާއެކު ޒެވިޔަން އެލީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ޒެވިޔަންގެ ދެލޮލުން އެކަށްޗެއްވެސް ދޭހައެއްނުވެއެވެ. އެލީންގެ ދެލޮލުން ފެނުނީ ބިރުގެންފައިވާކަމެވެ. އެއީ ޒެވިޔަން އެލީންގެ ދެލޮލުން އޭނާއަށް ފެންނަން ބޭނުންވާ އަސަރެވެ. ޒެވިޔަން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ތަދުވިނަމަވެސް، އެލީން މަސައްކަތްކުރީ އެތަދުގެ އިޙުސާސް […]