
އިންތިހާއަށް އާދޭސް 18…
“ސަމްސިއްޔަ…. ޝީރީން އެ އުޅެނީ ކޮންފާޑަކަށް….” ކޮޓަރީގެ ހަތަރުފާރުން އެތެރެވުމާއެކު އަފީފްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
“އަފީފް އެމަންޖެ ހަމަ ކަމަކު ޖެހިގެން ބޭރަށް ގޮސްފާނު….” އަފީފްގެ އަތުގައި ހިފަމުން ސަމްސިއްޔަ ވާހަކަ ދެއްކީ ކުޑަކޮށް ނަމަވެސް އަފީފްގެ ރުޅިގަނޑު މަތަވޭތޯއެވެ. “ޝީރީންއަށް އޭނަގެ ދަރިފުޅަށް ވުރެއް ބޮޑަށް މުހިންމުވީ ކޮންކަމެއްތޯ ބަލަން މަވެސް ބޭނުން…. ޝީރީންއަށް ގުޅާބަލަ…” އަފީފް އެހެން ބުނުމާއެކު ސަމްސިއްޔަ އަވަސްވެގަތީ ޝީރީންއަށް ގުޅުމަށެވެ. އެހެން ނަމެވެސް ދެތިން ފަހަރު ގުޅުމުންވެސް ޝީރީން ފޯނަށް ޖަވާބެއް ނުދިނެވެ. “ދެން އަޅާނުލާ…. އަދި މާލޭގައި އުޅެންޏާ ފެންނާނު…” ސަމްސިއްޔަގެ މޫނުމަތިން ފެނުނު މާޔޫސް ކަމުން އަފީފްއަށް ޝީރިން ފޯނު ނުނަގާކަން އެނގުނެވެ. އެހެންކަމުން އިތުރަށް ސަމްސިއްޔައާއި ބަހުސް ނުކުރުމަށް އަފީފް ނިންމާލިއެވެ.
……..
“ބޭބީ ކިރިޔާ ދޯ މަގޭ ސަލާމަތްވީ… ތިގޭ ދޮރުމައްޗަށް އެރި ވަގުތުވިއްޔާ ބޭބީގެ މަންމަމެން ފެނުނީ…. މަގޭ ނަސީބު ތޯޗެއް….” މޯންޑޭގެ އަތްމަތީގައި އޮތް ޝީރީންގެ ގައިގަ ބައްދާލަމުން މޯންޑޭ ވާހަކަ ދެއްކިއެވެ. ” އަސްލުވެސް…. ދެން ދަނީ އެނގޭ މިހާރު އެޔޮށް އަށެއް ޖަހަނީ…. ހޮސްޕިޓަލްއިން މީހުން އަންނަން ވާއިރަށް އަހަރެން ހުންނަން ޖެހޭނު ގޭގަ…. ނަސީބެއް އެކުއްޖާ އެތާގަ އޮންނަކަންވެސް…. އެހެން ނޫންނަމަ ބޭބީ ކައިރިއަށް ނުވެސް އާދެވޭނެ….” މޯންޑޭގެ ކަރުދޮށުގައި ޝީރީން ވަސްގަނެލިއެވެ. “ހެހެހ ނޫން… ފަހުން…. އޯ ނޯ މިއޮތީ މަންމަވެސް ގުޅާފަ…… ފަހުން…” މޯންޑޭ ޝީރީންއަށް ބޭނުންވެފަވާކަން މޯންޑޭ ދިޔައީ އަމަލުތަކުން އަންގައިދެމުންނެވެ. “ޕްލީޒް އަދި އެއްފަހަރު….” މޯންޑޭ އެހެން ބުނެ ޝީރީންގެ އެ ދޮން ކަނދުރާގައި އަތްބީއްސާލުމާއެކީ ޝީރީންގެ އަތުގައި އޮތް ފޯން ޓައިލްސް މައްޗަށް ވެއްޓުނެވެ.
…………
“ދަރިފުޅާ ދެން ކިހނެއް ހަދަން ތި ގަސްތު ކުރަނީ… ” ޝިޔާމާގެ ދެލޮލުން ކަރުނަ އަންނަންފެށީ ހުރި ހަމައެކަނި މާމަ ދަރީގެ ހާލަތު އެނގުމުންނެވެ. “މަންމާ އަޔާނާ ގޮވައިގެން އަޅުގަނޑު ބޭރަށް ދާންގަސްތު މިކުރަނީ… ޑރ އިޔާޒު އެކޮޅުގެ ޑރ އެއްގެ މައުލޫމާތު ދޭނަމޭ ބުނީ.. އެ ލިބުނުހާ އަވަހަށް ފުރަންވީ… އަޔާނާގެ ޕާސްޕޯޓާއި ވިސާ އާއި ހުރިހާ ކަމެއް ދެން އޮތީ ހަމަޖެއްސުން…” މަނިކުގެ ވާހަކަތަކުން ވީހާވެސް އަވަހަށް އަޔާނާ ގޮވައިގެން ބޭރަށް ދާންބޭނުން ވެފައި ވާކަން އެނގެއެވެ. “ދަރިފުޅާ މަންމަ އަބަދުވެސް ދުއާ ކުރާނަން ދަރިފުޅުމެން ދެމައިންނަށް ދެރަގޮތެއް ނުވުމަށް… އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ…. ” ޝިޔާމާ ކިތަށްމެ ދެރަވިޔަސް އެވަގުތު ޝިޔާމާ ބޭނުންވީ އެ ދަރިފުޅަށް ހިތްވަރުލައިދިނުމަށެވެ.
…………………….
“ލައީ… މަޑުކޮއްބަލަ…..” މެންދުރުގެ އެ ހޫނުވަގުތުގައި ޝީރީން ގެއަށް ވަންނަނިކޮށް ނަދީމް ލައިލާގެ އަތުގައި ހިފިއެވެ. “ނަދީމް ދޫކޮއްލާ… މީހުން އެބަ ބަލައެއްނު….އެހެން ނޫނަސް ޝިޔާމައްތަ އުޅޭނެ މިހާރު މި ހަނޑޫ ކޮޅު ނުލިބިގެން ލަސްވެގެން…” ލައިލާ ދިޔައީ ނަދީމްގެ އަތުތެރެއިން އަތް ދަމައި ގަންނަން މަސައްކަތް ކުރަމުންނެވެ. “ލައީ ބުނޭ އަހަރެންނަށް ކުޑަ ވަގުތުކޮޅެއް ދޭނަމޭ… އޭރަށް ހަމަ ދާންވީ…..”ނަދީމް ހުރީ ގޮތުގައިއެވެ. “އެބަ އަންނަން މި ގޭގައި ބަހައްޓާފައި…” ލައިލާ އެހެން ބުނުމުން ނަދީމްގެ ތުންފަތުގައި ވީ ހިނިތުންވުން ލައިލާއަށްވެސް ސިއްރެއް ނުވިއެވެ.
” ލައީ… އަދިވެސް ރުޅިއައިސްފަތަ…….” ސީ ހައުސްއަށް ދެމީހުން އަރާ ހަމަޖެހިލީ ފިނި ބުއިމަކަށް އޯޑަރު ދެމުންނެވެ. “ނަދީމް އެއްނު ރުޅިއައިސް ތިހުންނަނީ…” ކުރިމަތީގައި އިން ފެންތަށީގައި އިނގިލި ހިންގާލަމުން ލައިލާ ވާހަކަ ދެއްކިއެވެ. “ލައީ އަސްލު ވަރަށް ބޮޑަށް ސޮރީ… އަހަރެން ހީކުރީ ލައީ ވެސް ވާހަކަ ދައްކަން ބޭނުން ނުވާކަމަށް…. ލައީ އަހަންނަށް މާފު ކުރާނަންތަ….” ނަދީމް އެހެން ބުނެލުމާއެކު ލައިލާއަށް ބަލާލެވުނީ އެ ގަދަ މުށިކުލައިގެ ލޮލަށެވެ. އެލޮލުން ލައިލާއަށް އަމިއްލަ ސޫރަ ފެނި ލަދުން އިސްޖާލެވުނީ ފަނޑު ހިނިތުންވުމަކާ އެކީގައެވެ. “ލައީ….” ނަދީމްގެ ހިތުގައި ވި ވިންދަށް އާދިރުމެއް ލިބުނީ ލައިލާގެ އެ ހަރަކާތުންނެވެ. “މާފު ކޮއްފިން…. ދެން ހިނގާ އަހަރެން ގެއަށް ލައިދޭން….” ލައިލާއަށް އިތުރަށް ނަދީމްގެ ކުރިމަތީގައި އިންނަށް ކެއްނުވުމުން އެދުނެވެ. މިފަހަރު ނަދީމްވެސް ދެކޮޅު ހެދުމެއްނެތި ލައިލާގެ އެދުމަށް އިޖާބަދިނީ އުފަލާ އެކީގައެވެ.
……..
“ދަރިފުޅާ އަދިވެސް އަތްދޯއި ވޭތަ..” މަނިކު އަޔާނާގެ ފައިގައި ބޭސްގަނޑު އާކުރަމުން އަހާލިއެވެ. ” ކުޑަކޮށް… ބިއްބީ ކާކަ ބުނި ޔާޔާއަށް ޕްރާސަލް އެއް އޮންނާނޭ… ކާކަ ކޮބާ…” އަޔާނާ އަތުގައި އޮތް ކުޑަ ބެއާގެ ކަންފަތާ ކުޅެމުން މަނިކުއާއި ވާހަކަ ދެއްކިއެވެ. ” ކާފަ ބުންޏޭ ޔާޔާ ބޭބީ ކައިރިއަށް މިއަދު އަންނާނޭ….ކާފައާއި މާމަ އައިމަ ވާނެ ޕާކަށް ދާންދޯ…. އެކަމް ޔާޔާ ވާނެ ނުދުވާނެކަމަށް ޕްރޮމިސް ކުރަން…” އަޔާނާ އުފަލުން އާއެކޭ ބުނެލީ ޕާކަށް ދެވޭތީއެވެ.
“މިންމީ…” ކޮޓަރިއަށް ވަދެގެން އައި ޝީރިން ފެނި އަޔާނާ ޝީރީންގެ ގައިގަ ބައްދާލިއެވެ. ވޭތުވެދިޔަ ހަފްތާތެރޭ އަޔާނާއަށް ޝީރީން ފެނުނު މީ ފުރަތަމަ ދުވަހެވެ. “އަޔާނާ…. ކޮން… ކޮން އިރަކު ހޮސްޕިޓަލް އިން ދޫކޮއްލީ….” ޝިރީންގެ ދެފައިގައި އޮޅުލައިގެން އޮތް އަޔާނާ ދުރަށް ޖައްސާލަމުން ޝީރީން ސުވާލު ކުރީ މަނިކުއާއެވެ. “ޝީރީން ކޮންތާކު އުޅެފަ ތިއައީ… ގުޅީމަ ފޯނު ނަގަންވެސް އެންމެ ރަނގަޅުދޯ….” މަނިކު ޝީރީންއާއި ދިމާލަށް ކިޔަން އެތަކެއް އެއްޗެއް ހުއްޓެވެ. އެހެން ނަމަވެސް އަޔާނާ އިނުމުން އެ ހުރިހާ އެއްޗެއް ހިންދާލީއެވެ. “އަހަރެން ދާތަނެއް މަނިކު ނުޖެހޭނެ ބަލާކަށް… އަހަރެން މާލެ ގެނައީވެސް މަނިކުއެއްނު.. އެވެސް ގަދަކަމުން…” ޝީރީން އެހެން ބުނެ ފާހަނައަށް ވަނީ މަނިކުގެ ސުވާލުތަކުން މިންޖުވުމަށެވެ. މަނިކު ކިތައްމެ ނުރުހިފައި ހުއްޓަސް އެވަގުތު އެ ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލީ އަޔާނާ ކައިރީގައި އިނުމުންނެވެ.
…………
މުޅި މާހައުލުގައި ވަނީ އެކި އުމުރުގެ ކުދިންގެ އަޑު ގުގުމާލާފައިއެވެ. ހީ ސަމާސާކޮށް ކުޅެ ހަދާ ކުދިންގެ އަޑުންނެވެ. ދުރުގައި ހުރި ބެންޗެއްގައި އިށީދެލައިގެން އިން އަޔާނާ އެ ކުދިން ކުޅެ މަޖާކޮށް ހަދާތަން ބަލަން އިނީ އެސްފިޔަ ޖާހާނުލައެވެ. އަޔާނާވެސް އެކުދިންނާއި އެކު ކުޅެންދާން ބޭނުންވާނެކަން މަނިކަށްވެސް އެނގެއެވެ. އެހެންނަމަވެސް……
“ދަރިފުޅާ ހިނގާ ކާފައާއި އެކީގަ ކައްސާލަން ދާން…. ” އަފީފް އެހެން ބުނުމުން އަޔާނާ ބަލާލީ މަނިކުއަށެވެ. “ކޮއްކޮ އައްދޯ ވާނޭ ކާކާ….” އަޔާނާ ދާންބޭނުންވިޔަސް އެ ހިތުގައިވެސް ބިރުވެރިކަން ވާކަން މަނިކަށް އެވަގުތު ފާހަގަ ވިއެވެ. “ދަރިފުޅު ނުވާނެ އައްދޯ އެއް… ކާފަ ވަރަށް ބަލައިގެން ހުންނާނީ… އަވަހަށް ދޭ…. މަޑުމަޑުން އެނގޭ ކުޅޭނީ…” އަޔާނާގެ ދެކޮނޑުގައި ހިފައި ގާތް ކޮއްލަމުން މަނކު ބެނެލީ ކާފައަށް އިތުބާރު ކުރާށޭ އެވެ. މަނިކުއާއި އަޔާނާގެ ލޯބި އެވަގުތު ފެނި އަފީފްގެ ލޮލުން ކަރުނަ ނިރާލިއެވެ. އަފީފް އަޔާނާގެ އަތުގައި ހިފަމުން މަނިކަށް ބަލާލީ އިތުބާރު ކުރާށޭ ބުނަމުންނެވެ.
“މާމަގެ ދަރިފުޅު މިއަދު ވަރަށް ހެޕީ ވެފަ ދޯ ތިއިނީ….” އަފީފް އާއި މަނިކުއާއި އެކު ގެއަށް ވަތް އަޔާނާގައިގަ ބައްދާލަމުން ޝީޔާމާ އަހާލިއެވެ. “ޔެސް މާމަ…ކާކަ އާ ބިއްބިއާ ޓޫ ކުދިން ކުޅުނީ.. ޔާޔާއަށް އައްދޯވެސް ނުވޭ.. ދޯ މާމާ….” ދުރުގައި އިން ސަމްސިއްޔައަށް ބަލާލަމުން އަޔާނާ ބުނެލިއެވެ. އޭރު އަޔާނާގެ އަންނާރު އޮށެއްފަދަ ދަތްތަށް ވަނީ ސޭލް އެޅުވިފައެވެ.
“ޝީރީން އަންނަ ހަފްތާތެރޭގައި އިންޑިޔާއަށް އަޔާނާ ގޮވައިގެން ދާން މިއުޅެނީ.. އެހެންވީމަ ޝީރީންވެސް ވާނެ ތައްޔާރުވާން… ޝީރީން އަޔާނާ ޝީރީން ދެކެ އެހާ ލޯބިވާ އިރު އެ ދަރިފުޅަށް ޓަކާ ކޮއްދޭ ކަމެއްގެ ގޮތުގައިވެސް މިފަހަރު ދާންވާނެ….” ކޮޓަރިއަށް ވަންނަމުން މަނިކު އެނދުމަތީގައި ފޯނާ ކުޅެން އޮތް ޝީރީންއާއި ވާހަކަ ދެއްކިއެވެ.
“އިންޑިޔާއޭ… ތި ކުއްޖާއަށް ޖެހިފައި ތިހުރީ ކޮންކަހަލަ ބައްޔެއް ކަމެއްވެސް ނޭނގެ.. އަނެއްކާ ގައިން ގައިން އަރާ ބައްޔަކަށް ވިއްޔާ….. ” ޝީރިން އެދުން ތެދުވަމުން މަނިކުއާއި ކުރިމައްޗަށް ވާ ގޮތަށް ހުއްޓުނެވެ. “ޝީރީން…” މަނިކުގެ އަޑުގައި ވޭނާ ހިތްދަތިކަން އެކުލެވިގެންވިއެވެ. އެވަގުތު މަނިކު އެއްއަތުން ބޮލުގެ އިސްތަށިގަނޑަށް ވާންކޮއްލީ ބޮލަށް ތޫނު ތަދެއްވާން ފެށުމުންނެވެ. “ޝީރީން އެއީ ކޮން ކަހަލަ ބައްޔެއްކަން ބަލަން ޝީރީން ބޭނުންވިތަ… ތިބުނާހެން ގައިން ގައިން އަރާ ބައްޔެއް ނޫން އެއީ… ޝީރީން ހެޔޮނުވާނެ.. އަހަރެން އާދޭސް ކުރަން… އަޔާނާއަށް ޓަކާ…..” މަނިކު ޝީރީންގެ ދެފައި ބުޑަށް ތިރިވީ ސަލާމް ޖަހާ މީހެއްގެ އުސޫލުންނެވެ. އަޔާނާއަށްޓަކާ މަނިކު ކޮންމެ ފަދަކަމެއް ކުރަންވެސް ޖެހިލުމެއް ނުވާނެއެވެ.
“މަނިކު އެއީ އަހަރެން ބުނެގެން ހޯދި ދަރިއެއްތަ؟ ނޫނީ އޭނައަށް އެބަލި ޖެހުނީ އަހަރެންނާ ހެދިތަ…؟ އަހަރެން ނުޖެހޭ ޒިންމާ ވާކަށް… އެހެން ނޫނަސް ތި ތަނެއްގަ ހުންނަން ޖެހޭނީ ކިހާ ދުވަހެއްގަ ކަމެއްވެސް ނޭނގެ… ނުދާނަން… މަނިކު ތިހާ މީހަކު ގެންދާ ހިތުން ހުރިއްޔާ ލައިލާ ގޮވައިގެން ދޭ….” އެހެން ބުނެ ޝީރީން ކޮޓަރިން ނިކުތީ މަނިކުއާއި ހެދި ބޮލަށް އުދަގޫ ވުމުންނެވެ.
“މަންމާ…. ބައްޕާ….” ސިޓިން ރޫމްގައި ތިބި އެންމެން ފެނި ޝީރީން އިސްޖަހާލިއެވެ. “ޝީރީން ކޮންތާކު އިއްޔަ އުޅުނީ…..” އަފީފްގެ ނުރުހުމުގެ ބަސްތަށް އެންމެން ކުރިމަތީގައި އިވުމުން ޝީރީން ރުޅިއައެވެ. “ބައްޕާ….މަންމާ އަޅުގަނޑު ދިޔައީ ހޮސްޕިޓަލަށް…. ބައްޕަ ކީއްވެތަ ރުޅި އައިސްގެން އެ އުޅެނީ.. އަނެއްކާ އަނެއްކާ މަނިކު… މަނިކު މަންމައާއި ބައްޕަ ކައިރީގައި އެއްޗެކޭ ކީތަ…” ޝީރީން އެވަތު ބިރުގަތެވެ. މަންމައާއި ބައްޕަގެ ކުރިމަތީގައި ބޭޒާރު ވީއެވެ.
“މިންމީ…..” އަޔާނާއައިސް ޝީރީންގެ ގައިގަ ބައްދާލުމުން ޝީރީން ރުޅިގަނޑު ދިޔައީ ފަޅައިގެންނެވެ. “މިހުރިހާ ކަމެއްވެސް މިވަނީ ކަލޭ އާ ހެދި… މަންމާ ބައްޕާ… މަނިކަށް އެނގޭނަ އަޅުގަނޑު މަނިކު ދެކެ ލޯބި ނުވާކަން.. އެކަމަކުވެސް މަނިކު ގަދަކަމުން… ގަދަކަމުން އެހެންވެ އަޔާނާވެސް ލިބުނީ… މަންމާ ބައްޕާ ބުނެބަލަ މަނިކު ކައިރީގައި އަޅުގަނޑު ވަރި ކުރާށޭ… އަޅުގަނޑު ލޯތްބެއް ނުވެއޭ…..” ޝީރީން ދިޔައީ އަފީފް އާއި ސަމްސިއްޔަ ކުރިމަތީ ރޮއި ގިސްލަމުންނެވެ. ލޮލަށް ފެންނަމުންދާ މަންޒަރު ލައިލާއަށްވެސް އިނދެވުނީ ގަބޫލު ނުކުރެވިފައެވެ.
“މަނިކު ހަމަ މިހާރު އަހަރެން ވަރިކުރޭ… އަހަރެންގެ މައިންބަފައިން ކުރިމަތީގައި އަހަރެންގެ އަގު ވައްޓާލާފަ… އެވަރުންވެސް އަހަރެން ކައިރީގައި ތި އާދޭސް ކުރަނީ އެކުއްޖާ ގޮވައިގެން ތަންތަނަށް ދާން… ވަރިކުރޭ…. ނުކުރާންނަންދޯ ވަރިއެއް… އެހެންވިއްޔާ އަހަރެން ގޮސްދާނަން މިގެއިން….” މަނިކުގެ ޓީޝާޓުގައި ހިފާ ދަމަމުން ޝީރީން ދިޔައީ ހަޅޭލަވަމުންނެވެ.
“މިންމީ….” ކަންތަށް ވަމުންދާ ގޮތުން ބިރުން ރޮވިގައި އިން އަޔާނާ ޝީރީން ލައިގެން އިން ޓީޝާޓުގެ ފަސްބައިގައި ހިފިއެވެ. “މި ހުރިހާ ކަމެއްވެސް މިވީ ކަލޭ އާއި ހެދި.. ކަލޭ މަރުވިނަމަ ދުވަހަކުވެސް އަހަރެން މި ކޮށީގައި ބަންދުވެގެން އިންނަން ނުޖެހުނީސް…” ޝީރީން އަޔާނާ ކޮއްޕާލަމުން ދޮރުން ނިކުމެގެން ދިޔައީ ފަސްއެނބުރި ނުބަލައެވެ.
“މިންމީ….” ޝީރީން ދިޔަ ދިމާލަށް އަޔާނާ ދުއްވައިގަތީ މަންމަ ގެއްލެނީ ކަމުގެ ބިރު އެކުޑަ ހިތަށް ވެރިވުމުންނެވެ. “ދަރިފުޅާ އަޔާނާ…” އަޅާނާ ދުއްވައިގަތްލެއް ބާރުކަމުން މަނިކުގެ އަތްދަށުން އަޔާނާއަށް ދެވުނީއެވެ.
ޝީރީންގެ ފަހަތުން ނިކުތް އަޔާނާއަށް މަގު ހުރަސް ކުރަން އުޅު ޝީރީން ފެނި ދުއްވައިގަތީ ޝީރީން ކައިރިއަށް ދިޔުމަށެވެ. އެވަގުތު ބާރު ސްޕީޑެއްގައި އައި ސައިކަލެއް މަނިކުގެ ލޮލުގައި އަޅައިގަތީ ދުވަމުން ދިޔަ އަޔާނަށް ބަލަނިކޮށެވެ. “ބައްޕިގެ އަޔާނާ……” މަނިކުގެ އަޑު މުޅި މަގުމަތީގައި ވަނީ ގުގުމާލެވިގައެވެ. އޭރު ދުރުގައި ވެއްޓިފައި އޮތް އަޔާނާ ދިޔައީ ރޮމުންނެވެ. “ބިއްބީ…..” ގަސްގަނޑެއްގެ ބުޑަށް ވެއްޓިގައި އޮތް މަނިކު ފެނި އަޔާނާއަށް ދިޔައީ އިތުރަށް ގިސްލެވެމުންނެވެ.
“މަގޭ ދަރިފުޅާ….” ޝީޔާމާއަށް ދުއްވައިގަނެވުނީ މަނިކުއާއި ދިމާލަށެވެ.
ނުނިމޭ….
8 Comments!
Comments are closed.
I hope yu guyx will like this part too??
Kamana kihiney thi hedi. Varah salhi.
Haadha kurey
too short
reethi
Varah reethi aslu mee 18 vana part dho
Vv reethi ekam baby ge basmagu kudakoh badhal kohlaba dhen v salhivaane bibbige badhal ga bappi vex ki dhaane hama bunely mi
Bappa yaa dharifulhaaveema kiyaanee 2 bafain
reethi ingey avahah up kurahchey