Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ފުން ލޯބި ( 3)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
December 11, 2016 5 Mins Read
24 Comments

 

އަހަރެންނަށް ކުޑަކޮށް ނިދި ޖެހުނުތަނާހެން ރާޔާ ވާހަކަ ދައްކާ އަޑު އިވުނުވެ. ލޯ ހުޅުވާލަން އުޅެނިކޮށް ރާޔާ ބުނި އެއްޗަކުން އަހަރެން ނިދާފަ އޮތްކަމަށް ހެދެން މަޖްބޫރު ވިއެވެ.

ރާޔާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންކަން އަހަރެންނަށް އެނގުނީ އެކޮޅުން ވާހަކަ ދައްކާ މީހާގެ އަޑު ނީވޭތީއެވެ.

” ބޮޑު މުސީބާތަކާ ޖެހިގެން މިއުޅެނީ. ޔަލްވީ އެބޮތް އެކްސިޑެންޓްވެގެން ހޮސްޕިޓަލްގް. އޭނަގެ ލޮލަށްވެސް ފެންނަނީކީ ނޫން. މަށައް ޔަގީން އޭނަ މަންމަ އޭނަ ނުބަލާނެކަން. ދެން މަ މި ޖެހުނީ ލޯކަނު މީހެއް ބަލަން.” ރާޔާގެ ވާހަކަތައް އަޑުއިވިފަ އެ ހަމަ ރާޔާބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

” އެކަމް އޭނަ ލާރިގަނޑު ކާލެވޭނެ މިފަހަރު. އެންމެ ފަހުން މަ ޗެކް ކުރިއިރުވެސް އޭނަ ބައްޕަ ގެއްލުމުގެ ކުރިން އޭނަައަށް އިން ފަސް މިލިއަން ރުފިޔާ ޓްރާންސްފާކޮއްފަ. އަހަރެން މިއުޅެނީ އޮޕްރޭޝަން ކުރަން ދާން ހިނގާށޭ ކިޔާފަ. އޭނަ އަކަށް ނޭންގޭނެ އެއްނު ގެންގޮސް ކޮޓަރިއެއްގަ ބޭއްވިޔަސް. ލާރިކޮޅު ލިބުނީމަ ދޫކޮށްލީމަ ނިމުނީ އެއްނު. ހަހަ” ސުބްހާނަﷲ އޭ އަހަރެންގެ ހިތަށް އެރިއެވެ.އަދިވެސް ރާޔާ އެ ދެއްކި ވާހަކަ އަހަރެންނަށް ޤަބޫލެް ނުކުރެވެއެވެ. ރާޔާ އަހަރެންނާ އެކު އެ އުޅެނީ  އަހަރެން އެކައުންޓްގަ ލާރި ހުރީމަހެއްޔެވެ. ލާރިއަށް ބޭނުން ވެގެން ރީއްޗަށް ބުނި ނަމަވެސް އަަހަރެން ރާޔާއަށް ލާރި ދިނީމުސްއެވެ. އަހަރެން ނުކުޅެދޭ މީހަކަށް ވުމުން އޭގެ ނާޖާއިޒް ފައިދާ ނަގަން މިއުޅުނީ އަހަރެން އެންމެ އިތުބާރު ކުރި އަހަރެން ގެ އެންމެ ގާތް އެކުވެރިޔާއެވެ.

” ރާޔާ ޖަސްޓް ގެޓް އައުޓް. އަަހަރެން ހިޔެއް ނުކުރަން ތީ ތިހާ ދައްފެންވަރުގެ މީހެއް ކަމަކަށް. ރާޔާއަށް އިތުބާރު ކުރެވުނީތީވެސް ދެރަވޭ ” އައި ރުޅިގަ އަހަރެން ވަރަށް ބާރަށް ބުނެލީމެވެ. އެވަގުތު ރާޔާ ގެ މޫނު މައްޗަށް އެރި އެއްވެސް ކުލަވަރެއް އަހަރެންނަަކަށް ނުފެނެއެވެ. ނަމަވެސް ބަހެއްވެސް ނުބުނެ ރާޔާ ނިކުމެގެން ދިޔަ އަޑު އަހަރެންނަށް އިވުނެވެ. އަހަރެން އެންމެެ އިތުބާރު ކުރި މީހާވެސް އަހަރެންނަށް އޮޅުވާލީއެވެ. ދެން އަހަރެންނަށް އިތުބާރު ކުރެވޭނީވެސް ކާކަށް ހެއްޔެވެ. ލޮލުގެ ފެނުން އަނބުރާލިބޭނެ ކަމަށް ކުޑަ ނަމަވެސް އުންމީދެއް ލިބިފަ އެ އުންމީދުވެސް ގެއްލުނީއެވެ. ދުނިޔެ މަތިން އަހަރެން ފޫހިވާން ފެށިއެވެ. އަހަރެން މި ދުނިޔޭގަ ނެތަސް ދެރަވާނެ މީހަކު ނުހުންނާނެއޭ ހިތަށް އެރިއެވެ.  ވިސްނިވަރަކަށް ބޯ ގޮވަން ފެށިއެވެ. ކެތްނުވެގެން ބޮލުގަ އަތް އަޅާފަ ބާރަށް ހަޅޭލަވާގެވުނުވެ. އަހަރެންނަށް މި އޮވެވުނީ ހޮސްޕިޓަލްގަ ކަންވެސް އޭރު އަހަރެން ހަނދާނެއް ނެތެވެ. ވަގުތުން ޑޮކްޓަރ އާ ނާސް އަހަރެން ކައިރިޔަށް އައެވެ. އަހަރެން އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވާތީ އެ އިންގޮތަށް އިނީއެވެ. ޑރ. ހައިކަލްވެސް އަަހަރެންނާ ވަރަށް ސުވާލް ކުރިއެވެ. ނަމަވެސް އަހަރެން އެކަކާވެސް ވާހަކަ ދައްކާހިތެއްނުވިއެވެ. ދުނިޔޭގަ ދިރިހުރުމެ އެއްވެސް އުންމީދެއް ނެތް ކަހަލައެވެ.

” މިހިރީ ކަލޭގެ ސާމާނު. ކަލޭގެ ގެޔެއް، ކަލޭގެ ބަފާގެ ގެެޔެއް މިހާރު ނުހުންނާނެ. އެނބުރި ގެޔަށް އަންނަަން ހިޔާލް ނުކުރާތި” ކައިރިން މަންމަގެ ރަހުމު ކުޑަ ބަސްތަކުގެ އަޑު އިވުނުވެ.  މަންމަ އެއައީ ގޭގަ ހުރި އަހަރެންގެ ސާމާނުތައް ހިފައިގެން ކަން ޔަގީނެވެ. ނަސީބަކުން އިތުރު އެއްޗެކޭ ނުބުނެ މަންމަވެސް ގޮސްފިއެވެ.

” ނާސް ޔަލްވީ ޕްރައިވެޓް ރޫމް އަކަށް ޗޭންޖް ކުރޭ” އެހެން ބުނުމަށް ފަހު ޑޮކްޓަރ ނިކުތް އަޑު އިވުނެވެ.

” ނާސް ކެން އައި ހޭވް އަ ނައިފް. އާފަލެއް ކާލާން ވެގެން” ކައިރީ ހުރި ދިވެހި ނަރުސް ކުއްޖާ ކައިރީ އަހަރެން ބުނީމެވެ. އަދި ރާޔާ ހޮސްޕިޓަލްއަށް އައި އިރު ގެނައި އާފަލް ކޮތަޅުން އާފަލެއް ނަގައިގެން ނާސް ގެ އެހީގަ އަހަރެން ފާހާނާއަށް ދިޔައީމެވެ.

ފާހާނާއަށް ވަދެ ތަޅުލީމެވެ. އޭރުން އެއްވެސް މީހަކަށް އަހަރެން ކުރަން އުޅޭކަން ހުއްޓުވިޔަ ނުދިނުމަށްޓަކައެވެ.

ދިރިއުޅުމުގަ ކަންތައްވާ ގޮތުން ދުނިޔޭގަ ހުންނަންވެސް އަހަރެން  ފޫހިވިއެވެެ. އޭރުން އެއްވެސް މީހަކަށް އަހަރެންގެ ފަރާތުން އުނދަގުލެއް ނުވާނެއެވެ. ހިތަށް ކޮއްފައިވާ އަސަރުން އިތުރަށް އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. އަތުގަ އޮތް ވަޅިން އަތުގަ އަޅާލީމެވެ. ހަންގަނޑު ދެފަޅިވެގެން ލޭތައް ފައިބަންފެށިއެވެ.  އަހަރެން ދެން އެންމެ ހިނދުކޮޅަކުވެސް މި ކެހިވެރި ދުނިޔޭގަ ހުންނާކަށް ބޭނުމެއްނޫނެވެ. މޫނުމަށްޗަށް އަނދިރިވާން ފެށިއެވެ. ދެން ވީ އެއްވެސް ކަމެއް އަހަރެންނަކަށް ނޭންގެއެވެ.

ހޭލެވުނު އިރު އަހަރެެން އޮތީ އެނދެއްގައެވެ. އަތުގަ އަތް ޖަހާލިއިރު އެ ދިމާލުގަ ބޮޑު ބޭސް ގަނޑެއް އަޅާފަ ހުއްޓެވެ. އިތުރަށް އަހަރެން ފޫހިވިއެވެ. އައިވީ ގުޅާފައިން ވާގަނޑައް ދާމާގެންފަ އެ ނައްޓާލީމެވެ.  ތޫނު ތަދެއް އިހްސާސް ވުމުން އެތާ އަތް ޖައްސާލިއިރު އައިވީ ގުޅާފަ އިންތަނުން ލޭއަންނަކަމަށް އިހްސާސް ކުރެވުނެވެ. އަނެކާވެސް އަހަރެންގެ މޫނު މައްޗަށް އަނދިރިވާގޮތްވިއެވެ.

” ޔަލްވީ… އާ ޔޫ އޯކޭ…؟”  އަހަރެންނަށް ލޯ ހުޅުވާލެވުނު ގަޑީގަ ޑޮކްޓަރ އަހަރެންނާ މުހާތަބްކޮށް އޯގާތެރި ކަމާއެކު ބުނެލިއެވެ.

” ނޯ އައި އޭމް ނޮޓް. އައި ޑޯންޓް ވޯންޓް ލިވް އެނީ މޯ” ޑރ، ހައިކަލްގެ ވާހަކަ ނުނިމެނީސް އަހަރެން ބުނެލީމެވެެ. އެއްވެސް މީހެއްގެ އޯގާތެރި ބަސްތަކެއް މިއަދު އަހަރެންނެއް ބޭނުމެއް ނޫނެވެ.

” ޔަލްވީ… ދުނިޔޭގަ އުޅޭއިރު ދިމާވާނެ މިފަދަ އެތަށް ކަމަކާ… އަހަރުންނައް  ޖެހޭނީ ކެތްތެރިކަމާއެކު ކުރިމަތިލަން…. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ ބުނާހެން އަދި ނުވެއެއްނު މާޔޫސް ވާކަށް… މާ ބޮޑަށް އެކަނި ވީމަ ވާ ގޮތް ކަންނޭންގެ.. ގުޅާދެންތަ ޔަލްވީ ބެސްޓް ފްރެންޑަށް..” ހައިކަލްގެ ވާހަކަތަކުން އަހަރެންގެ ދިރުމެއްނެތް ހިތައް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ނަމަވެސް ފަހުން އެ ބުނި ޖުމްލައިން މުޅި މޫޑް އިތުރަށް ހަރާބް ވެއްޖެއެވެ.

” ޑިޑް ސަމްތިން ހެޕެންޑް ބިޓްވީން ޔޫ ޓޫ” ހައިކަލްއަށް ރާޔާގެ ނަން ބުނުމުން އަހަރެންގެ މޫނަށް އެރި ކުލަވަރު ފެނުނީ ކަންނޭންގެއެވެެ.

އަހަރެން އިތުރަށް ވާހަކަ ދައްކާ ހިތެއް ނުވިއެވެ.

” ޔަލްވީ.. ކަމެއް ދިމާވީމަ އޭގެ މާނައެއްނޫން ދުނިޔެ މަތިން ފޫހިވެގެން އަމިއްލަ ނަފްސައް ގެއްލުން ދޭށެކޭ.. ވަރަށް ސްޓްރޯންގް ކުއްޖަކަށް ވެގެން ކަންކަމާ ފޭސް ކުރަން ޖެހޭނީ” ހައިކަލް އަދިވެސް ބެލީ އަހަރެން ހިތްހަމަ ޖައްސަދެވޭތޯއެވެ.

އަހަރެން ދުނިޔޭގަ ހުރިއްޔާ އޭނައަށްވެސް ވާނީ ގެއްލުމެވެ. އަހަރެންނާ ދޭތެރޭ ވިސްނާ އަހަރެންނަށް އަޅާލާނެ މީހަކު ނެެތެވެ. ދިރިއުޅުމުގެ މި މައިދާނުގަ ވެއްޓިގެން މިދިޔައީ ފުންމިން ނޭންގޭ ވަޅުގަނޑަކަށެވެެ. ސަލާމަތްކޮއްދޭނެ މީހެއްނެތްތާ އެއްވެސް އަލިކަމެއްވެސް ނެތް އަނދަވަޅެކެވެ.

” ޔަލްވީ ކަމަކާ ވާހަކަ ދައްކަން ބޭނުމިއްޔާ އަހަރެން އަބަދުވެސް ހުންނާން. ކަންތައްތަށް ހިތުގަ ސިއްރު ކުރުމަށްވުރެ ޝެއާ ކޮއްލީމަ މާ ބޮޑަށް ހިތްހަމަ ޖެހުން ލިބޭނެ.. ޖަސްޓް ބީ ހެޕީ..” އެހެން ބުނެފައި ފޯނެއް އައުމުން ވާހަކަ ދައްކަމުން ހައިކަލް ދިޔަ އަޑު އަހަރެންނަށް އިވުނެވެެ.

” މޭމް ބްރެކް ފާސްޓް” ކައިރިން އަންހެނެއްގެ އަޑު އިވުނެވެެ.

ބްރެކްފާސްޓޭ ބުނީމަ ކުޑަކޮށް ހައިރާންވެސް ވިއެވެ. ނަމަވެސް އަހަރެންނަށް ތަނެއް ނުފެންނަންޔާ ދުނިޔެ ދައުރުވަމުންދާގޮތްވެސް އިނގޭނީ ކިހިނެތް ހެއްޔެވެ.

” މިހާރު ނުވައެއްޖެހީ. ބޮސް ބުނެފަ އިންނަނީ ނައިންގަ ބްރެކްފާސްޓް ދޭން” އަނެއްކާވެސް އެމީހާ ބުނެލިއަޑު އިވުނެވެ.

” ބޮސް” ނާސް ޑރ. ހައިކަލްއަށް ބޮސް ކިޔަންވީ ކީއްވެބާއޭ ހިތައް އެރިއެވެ.

” ޔަލްވީ ހޭލީތަ” ތަންކޮޅެއް ހަރު ވަރުގެ މީހެއްގެ އަޑުވެސް އިވުނެވެ.

އަހަރެންނަށް މި އޮވެވުނީ ކޮންތަނަކު ބާވައޭ ހިތައް އެރިއެވެ. އަނެއްކާ އެމީހުން އަހަރެންގެ ނުކުޅެދުންތެރިކަމުގެ ނާޖާއިސް ފައިދާ ނަގަން އުޅެނީ ބާވައެވެ. އެހެންވެއްޖެ ނަމަ އެހީއަށް އެދިވެސް އަހަރެން ގޮވާނީ ވަކި ކާކަށް ހެއްޔެވެ.

” ގެނޭ މާމަ އަތައް.. ނާރީ ދޭ ދެން ގޭތެރެ ކުނި ކަހާލަން” އަނެއްކާވެސް އެމީހާގެ އަޑު ތަކުރާރުވިއެވެ. އެ ވާހަކަ ދެއްކީ އަހަރެންނަށް ބްރެކް ފާސްޓް ހިފައިގެން  އައި މީހާއާކަން އަހަރެންނަށް އިނގުނެވެ.

” ޔަލްވީ އަަވަހަށް ތެދުވޭ ކާލަން. އެއްޗެއް ނުވެސް ކައެއްނު ތި އުޅެނީ”  އެ މާމަ އަަހަރެންނާ މުހާތަބްކޮށް ވާހަކަ ދެއްްކިއެވެ. އަދިވެސް އަހަރެންނަކަށް ވާނުވާ އޮޅުން ފިލާ ގޮތެއް ނުވެއެވެ.

” ޔަލްވީ މީ އަހަރެންގެ މާމަ. ހޮސްޕޓަލް އިން ޔަލްވީ ޑިސްޗާޖް ކުރީމަ  އަހަރެންގެ ގެޔަށް ގެނައީ… ޔަލްވީގެ ހާލް އަހަރެންނަށް ކޮންމެސް ވަރަކަށް އިނގޭތީ… ޑިސްޗާޒްވާތީ ޔަލްވީ މަންމައަށް ހޮސްޕިޓަލް އިން ގުޅީމް ވަަަރަށް ހަޑިއެއްޗެއްސައް ދަންދެން ކިޔާފަ ފޯން ބޭއްވީ… ދެން އިތުރު ޗޮއިސް އެއް ނެތީމަ އަހަރެން ގެޔަށް ގެނައީ.. އަހަރެންގެ ޕޭޝަންޓެއް ވީމަ ކޮންމެސް ވަރެއްގެ އެހީއެއް އަހަރެންނައްވެސް ވެވިދާނެެތާ ދޯ..” ހައިކަލްގެ ވާހަކަ އަޑުއަހަން އަހަރެންނަށް އޮވެވުނީ ބުނާނެ އެޗެއް ނޭންގިފައެވެ.

” އަހަރެންނަކަށް ނޭންގެ ޑރ. އަށް ޝުކުރުވެރިވާނެ ގޮތެއްވެސް.” ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ހައިކްލް އަަހަރެން ހުއްޓުވިއެވެ.

” މާމާ ދެން ޔަލްވީއަށް ކާންދީ. އަހަރެން ދަނީ ޑިއުޓީއަށް” އެހެން ބުނެފަ ހައިކަލް ދިޔުމުން މާމަ ވަރަށް ލޯބިން އަހަރެންނަށް ސަމުސަލުން ކާންދިނެވެެ. ދުވަހަކު ލޯބި ނުލިބޭ ވަރަށް މި ކުޑަ ވަގުތުކޮޅުގަވެސް އަަހަރެންނަށް ލޯބި ލިބިއްޖެއެވެ.

” ދަރިފުޅައް އިނގޭތަ.. މާމަ މި ހުންނަނީ ހަމަ ހައިރާންވެފަ.. ޔަލްވީ ގެނެސްފަ ބުނީ މި ވަރަށް ހާލުގަ އުޅޭ ކުއްޖެކޭ.. އެކްސިޑެންޓްވެގެން ލޮލުގެ ފެނުމަށް ނުކުޅެދިފައިވާ އަޅާލާނެ މީހެއްނެތް ކުއްޖެކޭ.. މާމަ ވަރަށް އުފާވި.. އެއީ ދުވަހަކުވެސް ހައިކަލް ކުރި ކަމެއް ނޫންވިއްޔާ” މާމަ ވަރަށް ލޯބިން އަހަރެންނާ ވާހަކަ ދައްކަމުން ދިޔައެވެ. ކަންތަށް އޮޅުންފިލުވާދެމުން ދިޔައެވެ.

މާމަ ފަރާތުން އެނގުނު ގޮތުގަ ހައިކަލް އުޅެނީ އޭނަ ބައްޕަ މެންނާ ވަކިންނެވެ. އެކްސިޑެންޓެއްގަ ހައިކަލް މަންމަ މަރުވިފަހުން ބައްޕަ އުޅެނީ އެހެން މީހަކާ ކައިވެނިކޮއްގެންނެވެ. ދޮންމަންމަ ކިތަންމެ ހެޔޮ ނަމަވެސް ހައިކަލް އަކީ އަބަދުވެސް އެކަނިވެރިކަމަށް ލޯބި ކުރާ މީހެކެވެ. އަދި މި ގޭގަ އުޅެނީ ހައިކަލްއާ ހައިކަލް ގެ ރައްޓެހި ޑޮކްޓަރ އެކެވެ. ނާރީ އަކީ ގޭ މަސައްކަތްތައް ކުރަން ގެންގުޅޭ ލަންކާ މީހެކެވެ.

މެންދުރުވަންދެން އެތަށް ވާހަކައެއް ދައްކަން އިނުމަށް ފަހު މާމަ ދިޔައީ މެންދުރު ނަމާދު ކުރާށެވެ. އެހެން އޮއްވާ އަހަރެންނަށް ނިދުނު ގޮތެއްވެސް ނޭންގެއެވެ. ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ.

” ސޯ ވަޓް އާ ޔޫ ގޮނަ ޑޫ ޓް ހާ” އަޑުން އެ ވާހަކަ ދައްކަނީ ހައިކަލް ނޫންކަން އަހަރެންނަށް އެނގުނެވެ.

? ނުނިމޭ ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

އަދިވެސް ވަރަށް ލޯބިވޭ!!! ( 3 ވަނަ ބައި)

Next

ކަތިފިޔަވަޅު…

Next
December 11, 2016

ކަތިފިޔަވަޅު…

Previews
December 11, 2016

އަދިވެސް ވަރަށް ލޯބިވޭ!!! ( 3 ވަނަ ބައި)

24 Comments!

  1. Ekkala kujjaa says:
    December 11, 2016 at 11:16 pm

    Ehmn wes eyna kairi huregn thr hurihaa vaahaka eh dhahkany?? Stwrii hama prfct.. ekam hama kury ey.. ethan kolhu rangalhu kohlaba.. plx.. nxt prt kn irakun? Avas kohlahcheyy.. and dhogukoh genes dhehche.. me 26th kahneyge.. llllooollllxxx..

    1. Ekkala kujjaa says:
      December 11, 2016 at 11:18 pm

      *dhigu koh..
      *1st
      Yey.. cngrtx to me..
      Dhogu koh noa.. lol

    2. pretty says:
      December 12, 2016 at 12:23 am

      Thankx ?
      Next partga ekanthah rangalhu kohladheynan.. tuesdayga new episode update kohdheveythw try kuraanan ?

  2. Anonymous says:
    December 11, 2016 at 11:18 pm

    vvvv reethi

    1. pretty says:
      December 12, 2016 at 12:21 am

      Thankx ?

  3. laala says:
    December 11, 2016 at 11:24 pm

    thankolheh avahah up kohdheynama. kiyaa part handhaan netheyfahun thi up kohdheny. ?

    1. pretty says:
      December 12, 2016 at 12:24 am

      Next partga ekanthah rangalhu kohladheynan ingey ?

  4. Faathee says:
    December 11, 2016 at 11:29 pm

    V reethi mi story.. v kiyaa hiy vey.. but haadha inthizaareh kuraa fahuney thi up kohla dhenee. Week eh ga madhu vegen 2 parts up koh nudheveyne tha alhe??

    1. pretty says:
      December 12, 2016 at 12:25 am

      Thankx ?
      Dhen try kuraanan ingey weekehge 2 part update kureveythw ?

  5. Hooooo. says:
    December 12, 2016 at 2:30 am

    Varah reethi mi story.and varah kiyaahhiyvey
    Ekam hope kuran den thankolhey avahaa update kohfa dhigu vaaney kamah.

    1. pretty says:
      December 12, 2016 at 12:53 pm

      Thankx ?
      Next part egothah genesdheveythw try kuraanan ?

  6. ?mixoo says:
    December 12, 2016 at 9:52 am

    reethi

    1. pretty says:
      December 12, 2016 at 12:54 pm

      Thankx ?

  7. SoMeOnE says:
    December 12, 2016 at 4:55 pm

    hey pretty can i have your number ?
    just wanna be friends
    and um a girl

  8. Apherna c says:
    December 12, 2016 at 10:32 pm

    Nice..

    1. pretty says:
      December 15, 2016 at 9:36 am

      Thankx ?

  9. Nish says:
    December 12, 2016 at 11:34 pm

    Nice keep it up

    1. pretty says:
      December 15, 2016 at 9:36 am

      Thankx ?

  10. Faathee says:
    December 13, 2016 at 9:01 pm

    Pretty alhe story up kohla dheebaa. V kiyaa hithun mi bunee

    1. pretty says:
      December 15, 2016 at 9:37 am

      Sorry ingey lahun update kohdhevunyma. mom balivegen varah bxykoh hospitalga miulheny.. ehnve midhuvas kolhu ehaa lahun update kohdheveny ?

  11. Azuna says:
    December 14, 2016 at 1:53 am

    Pls up koh dhybala

    1. pretty says:
      December 15, 2016 at 9:37 am

      Sorry ingey lahun update kohdhevunyma. mom balivegen varah bxykoh hospitalga miulheny.. ehnve midhuvas kolhu ehaa lahun update kohdheveny ?

  12. Nish says:
    December 21, 2016 at 3:06 pm

    Kobaatha mi story ge part 1 and 2

    1. MiXu says:
      December 22, 2016 at 11:53 am

      https://www.esfiya.com/author/mixu-2/ Mi link check kohlaba.. Author Mixu ah dhiyaima fennaane ?

Comments are closed.

Next Episodeފުން ލޯބި (4)←


All Right Reserved!