Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ..5

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 11, 2016 8 Mins Read
20 Comments

ފޮތް ކިޔަން އިން އާލިޔާ ކޮޅަށް ތެދުވެލީ ދޮރުން ވަދެގެން އައި އަންހެންކުއްޖާ ފެނިފައެވެ. އެ ކުއްޖާ އައިސް ތަރުކާރީތަށް ބަލަމުން ގޮސް އެއިން އެތިކޮޅެއް ނަގައި ކިރަންފެށިއެވެ. އާލިޔާ އެ ކުއްޖާކައިރި އެހީވުމުގައި ހުރުމަށްފަހު އެ ހުރިހާ އެއްޗެހީގެ ހިސާބު ހަދާލިއެވެ. އާލިޔާ އަގު ބުނާއިރަށް އެ ކުއްޖާ މޫނުމަތިން ފެނުނީ ފޫހިކަމެކެވެ. ހާދަ އަގުބޮޑޭ ތިއުޅެނީ ލާރިގަނޑު ކާން ހޭ ކިޔާފަ އެއްޗެހިކީ ނަމަވެސް ލާރި ނަގާ އާ ލިޔާ އާއި ހާވާލުކޮށްފާ އެ ކުއްޖާ ދިޔައީއެވެ. އާލިޔާ އޭނާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ކޮނޑު ހިއްލާލިއެވެ. ހާދަ ގޮތް ނޭނގޭ ކުއްޖެކެވެ. ބަލާލާފައިވެސް ވަރަށް ފޯރާ އާއިލާއެއްގެ ކުއްޖަކާއި ވައްތަރެވެ. ނަމަވެސް އެންމެ 150ރފ. އަރާއިރަށް އެ ދިޔައީ އޭނާއަށް އެއްޗެހި ކިޔާފައެވެ.

އާލިޔާ އަނެއްކާވެސް އޭނާގެ ކަންތަކައިގެން ކުރިއަށް ދިޔައެވެ.

…..

ދުވަސްތަށް ނިމިގެން ދަނީ އެފަދަ ގޮތަކަށެވެ. އާލިޔާގެ ހިތުގައި އަޔާންގެ ނަން ލިޔެވިގެން ދިޔައީ ދުވަހަކުވެސް ނުފޮހެވޭނެ ގޮތަކަށެވެ. އެ މަދު ދުވަސްކޮޅު ތެރޭގައިވެސް އޭނާ ފިދާކޮށްލިފަދައެވެ. އަލިޔާއަށް ނޭނގޭ ކަމަކީ  އެ ހިތުގެ ރާޖަގެ ހިތުގައި ވަނީ އެހެންނަމެއް ކަމުގައެވެ. އޭނާގެ ކައިވެނީގެ ގޮށް ޖެހިފައިވާ ކަމެވެ. އެހިތުގެ އެދުން ފުރިހަމަ ނުވާނެކަމެވެ. އޭނާގެ ލޯބި އެހެން މީހަކު ޖަހައިގެންފިކަމެވެ.

އަންގާރަދުވަހެކެވެ. އާލިޔާ ސުކޫލް ނިމުނުގޮތަށް ކޯރިޑޯރގެ ފާރުގައި ލައްގަނެލައިގެން ހުރީ ފުން ވިސްނުމެއްގައެވެ. މިރެއާއި މެދު ވިސްނަނީއެވެ. މިއީ ބޮޑުރެއެކެވެ. ދެލޮލުން ފެން އައީ އޭނާގެ ދިރިއުޅުމުގައި މި ހިނގާ ކަންކަމާއި ވިސްނާލުމުންނެވެ. ސްޓާފް ރޫމް އިން ނިކުތް މައިޝާއަށް އެތަން ފެނި އާލިޔާގެ ގައިގާ ކޮށްޓާލުމުން އާލިޔާ ސިހިފައި ބަލައިލިއެވެ. އަދި އިސްޖަހާލުމަށްފަހު އޭނާއާއި އެއްވަރަށް ހިނގައިގަތެވެ. “އެލީ އަންނަންވީނު މިރޭ މިގެއަށް؟” އާލިޔާ ފިކުރުކުރަނީ ކޮންކަމަކާއި މެދު ކަން އިނގޭހާލު މައިޝާ ބުނެލީ ކޮނޑުގައި އަތްއަޅާލަމުންނެވެ. އާލިޔާ ނޫނެކޭ ބުނެލިއިރު އޭނާ ހުރީ ގިސްލެވޭވަރުގައެވެ. “މިރޭވެސް އަންނާނެ.. މިރޭވެސް ނޭނގެ ވާނެ ގޮތެއް ހަމަ ގައިމުވެސް ހަނދާނެއްނުހުންނާނެ…” އާލިޔާ ބުނެލިއިރު އަޑުގައިވަނީ މަޑު ތުރުތުރެކެވެ. އޭނާ ނުރޯން ހަނގުރާމަ ކުރަމުން ދިޔައެއްކަމަކު ރޯންފަށައިފިނަމަ އޭނާ ހުއްޓައެއް ނުލެވޭނެއެވެ. ދެމީހުން އެކީ ސުކޫލުން ނިކުތުމަށްފަހު އަލްވަދާއު ކިޔާލިއެވެ. މައިޝާ ހުރީ އެކުވެރިޔާގެ ހާލުފެނި ވަރަށް ދެރަވެފައެވެ. އޭނާއަށް ކުރެވޭނެނަމަ އެތައް ކަމެއް ކުރީހެވެ. ނަމަވެސް އާލިޔާ އޭނާގެ މަންމައާއި އެއްކޮޅަށް އަރާނެކަން ޔަޤީނެވެ.

އާލިޔާ އިސްޖަހާލައިގެން ދިޔައިރު ދެލޮލުން ކަރުނަ ތިކިތަށް ފައިބައެވެ. އަތުގައި އޮތް ޓިޝޫ އިން އިރު އިރުކޮޅާ ފޮހެލިއެއްކަމަކު ތާޒާ ކަރުނައިން އަނެއްކާވެސް ދެލޯ ފުރިދެއެވެ. އާލިޔާ ސިހުނީ މީހަކު އޭނާގެ ދަބަހުގައި ހިފަހައްޓާލުމުންނެވެ. އެ ހުރިގޮތަށް ހުރެފައި ފަސް އެނބުރުނީ ހަމަ ކުއްލިއަކަށެވެ. އެއާއި އެކު އޭނާއަށް ފެނުނީ ދުވަހަކުވެސް ފެނިފައި ނުވާ ކުއްޖެކެވެ.  ލައިފައި ހުރީ ޖަމާލުއްދީން ސުކޫލުގެ ޔުނީފޯމް ކަމުން އާލިޔާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. އެކުއްޖާ އަކީ ކުޑަކުއްޖެކެވެ. މިތަނަށް އައީ ކިހިނެއްބާއެވެ. އާލިޔާ އެ ކުއްޖާގެ ދެލޮލަށް ބަލައިލި އިރު އެ ދެލޮލުގައި ވަނީ ބިރުވެރިކަމެވެ. ހިންދަމުން ދިޔަ ކަރުނަތަކެވެ. އާލިޔާ ކަންބޮޑުވެލަމުން އެ ކުއްޖާގެ ދަތްދޮޅީގައި ހިފައިލާ ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ.

“ދަ..ދައްތާ ކުޑޭ ނުފެނުނު…. ކުޑޭ އެއް ނެތް..” އެކުއްޖާއަށް ރޮއެގަނެވުނީ ދެނެވެ. އެއަށްފަހު އާލިޔާގެ ގައިގާ ބައްދައިގަތެވެ. އާލިޔާ އެކުއްޖާގެ ބޮލުގައި ފިރުމާލިއެވެ. “ކޮބާ ކުޑޭ؟” އާލިޔާ އަހާލީ އޯގާތެރިކަމާއިއެކުގައެވެ. ކުޑޭ އޭ އެ ކިޔަނީ ކާކަށް ކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. “ބޭބީ ގާލް.. ބަލާ ކުޑޭ ކޮބާ؟ ކުޑޭ ދިޔައީތަ ބަހައްޓާފަ…؟ ދައްތަ ކައިރި ބުނެބަ އޭރުން ހޯދާނަމޭ.. ހުއްޓާލަބަ..” އާލިޔާ ބުނެލަމުން އެކުއްޖަ ދުރަށްލިއެވެ. އަދި ކަރުނަތަށް ފޮހެލަދީ އޭނާއާއި އެއްވަރަށް އިށީނދެލިއިރު އޭނާ ވިސްނަމުން ދިޔަ ކަންތަކާއި މެދު ހަނދާނެއްވެސް ނެތެވެ. “ހުއްޓާލަފަ ބުނެބަ ދިޔަތަނެއް ދައްތަ ކައިރި އޭރުން ހޯދަދޭނަމޭ..” އާލިޔާ ބުނެލިއެވެ. އެކުއްޖާ މައުސޫމް ގޮތަކަށް އާލިޔާއަށް ބަލަންއިނެވެ. “ކު..ކުޑޭ ވަނީ ސު..ސުކޫލް އެތެރެއަށް އަނާ ގޮވައިގެން އެކަމް ކުޑޭ ގެއްލުނީ…” އެއްކުއްޖާ އެހެން ބުނެފައި އަނެއްކާވެސް ރޮއެގަތެވެ. “ޝްޝް ބޭބީ ގާލް… ކުޑޭ ހޯދަދޭނަމޭ… އާދޭ ދައްތައާއި އެކު ސުކޫލްތެރެއަށް…” އާލިޔާ އެހެން ބުނެފައި ސުކޫލުތެރެއަށް ވަންނަން ހިނގައިގަތީ އެ ކުއްޖާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ޖަމާލުއްދީން ކުއްޖަކު ގޮވައިގެން މިތަނަށް އެ އައީ ކާކުބާއޭ ހިތަށްއެރިއެވެ. ކުޑޭ އަކީކާކުބާއެވެ.

“ކީއްވެ އަމީނިއްޔާއަށް ތިއައީ؟” އާލިޔާ އަހާލިއެވެ. “ކުޑޭ ސުކޫލުން ގޮވައިގެން އައިސް ކުޑޭ ގެ އެއް..އެއްޗެއް ބަލައި ވަނީ…. ދެން ނޭނގުނު….” އެކުއްޖާ އުނދަގުލަކުން ބުނެލިއެވެ. “އެއްޗެއް ބަލައި… އެހެންވީމަ އެއީ…. މިތާނގަތަ ކުޑޭ އުޅެނީ.. ވޯރކް ކުރަނީ؟” އާލިޔާ އަހާލުމުން އެ ކުއްޖާ ބޯޖަހާލިއެވެ. “އެހެންވީމަ ހިނގާ ސްޓާފް ރޫމްއަށް އޭރުން އިނގިދާނެނު މިހާރު ކުޑޭވެސް ހޯދާނެ ކުޑޭގެ ބޭބީ ގާލް ދޯ..” އާލިޔާ އެ ކުއްޖާގެ ބޮލުގައި ފިރުމާލިއެވެ. “ކޮން ނަމެއް ކިޔަނީ؟” އާލިޔާ އަހާލީ އޭނާ ހިތްހަމަޖައްސާލުވާ ބިރުކަނޑުވާލަންށެވެ. “އަނާން…” އަނާން ބުނެލިއެވެ. “ދެން ކުޑޭއަ……….” “އޭ އާލިޔާ!!! މާދަމާ އެއްކަލަ ފޮތް ގެނެސްދެއްޗޭ..” އާލިޔާ އަނާން ކައިރި ކުރަން އުޅުނު ސުވާލު މެދުކެނޑުނީ އޭނާގެ ފަހަތުން ކުއްޖަކު ގޮވާލުމުންނެވެ. އެ ކުއްޖާ އޭރު ސުކޫލުން ނިކުންނަނީއެވެ. އާލިޔާ ބޯ ޖަހާލިއެވެ. އަދި އަނެއްކާވެސް ހިނގައިގަތެވެ.

ދެމީހުން އެކު އެކީ ސްޓާފް ރޫމްއަށް ވަދެލިއެވެ. އޭރު އެތާ ތިބީ ދެތިން ބިދޭސީ ޓީޗަރުންނެވެ. އެމީހުންވެސް ދާން ތައްޔާރުވަނީއެވެ. އެމީހުންނަށް ބަލައިލާފައި އަނާން އަނެއްކާވެސް ރޮއެގަތީ ކުޑޭ ނެތޭ ބުނެފައެވެ. “އަނާން ބޭބީ ގާލް.. ކުޑޭ އަށް ކިޔަނީ ކޮންނަމެއް؟ އޭރުން ދައްތައަށް ހޯދޭނޭ…” އާލިޔާ އަނެއްކާވެސް އަނާންގެ ކަރުނަތަށް ފޮހެލަދިނެވެ. “އަ..އަޔާން” އަނާން އެހެން ބުނެލުމުން އާލިޔާ ދެލޯބޮޑުކޮށްލިއެވެ. “އަޔާންގެ ކޮއްކޮތަ ތީ؟” އާލިޔާ އަހާލީ ސިހިފައެވެ. އޭނާ ބޯޖަހާލުމުން އާލިޔާ އަށް ހިނިތުންވެވުނެވެ. “ހިނގާ އަވަހަށް ކުޑޭ ހޯދަން ދާން ދޯ..” އާލިޔާ އޮފީހާއި ދިމާލަށް ދާން ހިނގައިގަތީ ހިތްހަމަޖެހިފައި ހުރެއެވެ. އަޔާންގެ ކޮއްކޮއަށް އަޔާން ހޯދައިދޭން އެހީވާކަން އިހްސާސްކޮށްލެވުމުން ވަރަށް އެހެން ކަހަލަ ގޮތެއް ވިއެވެ. މީގެ ކުރިން އޭނާއަށް އުނދަގޫކުރި ހިޔާލުތަށް މަތިން އޭނާ އެކީ ހަނދާންނެތުނުފަދައެވެ.

އާލިޔާ އެކި ދިމާ ހޯދަމުން ގޮސް ކޯރިޑޯރ ސާފްކުރަންހުރި މުވައްޒިފެއް ކައިރި މަޑުކޮށްލިއެވެ. “ކޮބާ އަޔާން ސަރ؟” އާލިޔާ އަދަބުވެރިކަމާއި އެކު އަހާލިއެވެ. “އަޔާން ސަރ ދެންމެ މިތާނގަ ކުއްޖަކު ހޯދަ ހޯދާފަ އެދިމާލަށް ގޮއްސި…” އެމީހާ އެހެން ބުނެލުމަށްފަހު ކަނާތްފަޅިއަކަށް އިޝާރާތްކޮށްލިއެވެ. އާލިޔާ ޝުކުރުއަދާކޮށްލުމަށްފަހު ހިނގައިގަތީ އެނާ އިޝާރާތްކުރި ފަޅިއަށެވެ. “ދެން އަނާން ނުރޮއްޗޭ އިނގޭ ދައްތަ މިހުރީނު ކުޑޭ ހޯދަދޭނަމޭ ކޮންމެ ގޮތެއް ހަދާފަވެސް.. ކުޑޭވެސް އެ ހޯދަނީ އަނާން ކަންނޭނގެ.. އެ ދިޔައީ އޮފީހާއި ދިމާލަށް ކަންނޭނގެ އެނައުންސް ކުރަން..” އާލިޔާ އޭނާއަށް ހީވާގޮތް ހާމަކޮށްލިއެވެ. “އައުޗް…” ކުއްލިއަކަށް އަނާން ހުއްޓެމުން ބުނެލިއެވެ. “ކިހިނެއްވީ؟” ކަންބޮޑުވެލާފައި އާލިޔާ ބުނެލީ އަނާން ފައިގާ ހިފަހައްޓާފައި ހުރުމުންނެވެ.

“އަނާ ކުޑޭ ހޯދަނިކޮށް ވެއްޓުނީ ބޭރަށް ދެން ފައި މަށައިގެން ދިޔައީ…” އަނާން އެހެން ބުނެލިއިރު ރޮވެނީއެވެ. “ނުހިގޭތަ؟” އާލިޔާ އަހާލީ މަށައިގެން ގޮއްސާ ހުރިތާ އަތްއަޅާލަމުންނެވެ. ގޮއްސާ ހުރީ ވަރަށް ބޮޑަށްކަމުން ހިނގާއިރު އެތަނަށްވާންވެ ދިލަނަގާނެކަން އާލިޔައަށް އިނގުނެވެ. އަނާން ބޯޖަހާލީ ވަރަށްބޮޑަށް ތަދުވާތީއެވެ. “އާދޭ ދައްތަ ބުރަކަށްޓަން އަރަން….. އަނާން ބޭގްކޮބާ؟” އާލިޔާ އޭނާ އަޅުވައިގެން ހުރި ދަބަސް ކުރިމައްޗަށް އަޅުވާލައިފައި އަނާންގެ ކުރިމައްޗަށް ވާގޮތަށް އިށިނދެލަމުން ބުނެލިއެވެ. އަނާން އަކީ އިސްކޮޅުން ކުރު ހިކި ކުއްޖެއްކަމުން އާލިޔާއަށް އޭނާ ކޮނޑަށް ލައިގެން ހިނގާލާކަށް އުނދަގުލެއް ނުވާނެއެވެ. “ބޭގް ކުޑޭ ސައިކް ގަ ބައިންދާފަ އައީ..” އަނާން ބުނެލީ އާލިޔާގެ ކަރުގައި ދެއަތް އޮޅާލަމުންނެވެ. އަނާންގެ ދެފައި އާލިޔާގެ އުނަގަނޑުގެ ދެފަރާތުން ގެނެސް ހިފަހައްޓާލައިގެން ހިނގައިގަތެވެ. “އުނދަގޫތަ އަނާންއަށް؟” އާލިޔާ އަހާލުމުން އަނާން ނޫނެކޭ ބުނެލިއެވެ. “ފުރަތަމަ ހިނގާ ބޭސް އަޅާލަން ދޯ.. އެއަށްފަހު ކުޑޭ ހޯދާނީ… ކުޑޭ ނަމްބަރު އެބައިނޭ ދައްތަ އަތުގައި… ބޭސް އަޅާފަ ގުޅާނީ ދޯ..” އާލިޔާ އެހެން ބުނެފައި ހިނގައިގަތީ ބޭސް އަޅައިދޭންށެވެ.

ދިޔަ މަގުމަތީގައި އޭނާއަށް ފެނުނީ ކުރިމަތިން ހުރަސްކުރި އަޔާންއެވެ. “އަޔާން ސަރ..” “ކުޑޭ” ދެމީހުންނަށް އެކީ އަޔާންއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އަޔާން ފަހަތަށް ޖެހެމުން ޖެހެމުން އެމީހުންގެ ކުރިމައްޗަށް އެރުނެވެ. އެއާއި އެކު ދެލޯ ބޮޑުކޮށްލާފައި އާލިޔާއާއި ދިމާލަށް އާދެވުނެވެ. “އޯމައިގޯޑް ވަޓްސް ވްރޯންގް؟” އަޔާން އަހާލީ އާލިޔާގެ ކޮނޑުން އަނާން ނަގަމުންނެވެ. “ކުޑޭ!!!” ޖަވާބެއް ނުދީ އަނާން އަޔާންގެ ގައިގާ ބައްދައިގަތްއިރު އޭނާއަށް ރޮވުނެވެ. އަޔާން އަނާންގެ ބޮލުގައި ފިރުމާލިއެވެ.  އާލިޔާ ލޯބިގޮތަކަށް އެ ދެމީހުންނަށް ބަލަންހުއްޓެވެ. “ކީއްވެ އަނާ ދިޔައީ ކުޑޭ ބުނީމެއްނު ހުންނައްޗޭ..” އަޔާން ބުނެލީ ހާސްވެފައި ހުރެއެވެ. އަދިވެސް އޭނާގެ ހިތުން ބިރުވެރިކަން ފިލައި ނުދަނީކަންނޭގެއެވެ. “އާލިޔާ ކޮންތާކުން…  ކިހިނެއްވެ އުރީ؟” އަޔާން އަހާލިއެވެ. “ސަރ އަޅުގަނޑު ގެއަށް ދަނިކޮށް ފެނުނީ ދެން ބުނީ ވެއްޓުނީއޯ… ފައި މަށައިގެން ގޮއްސަ ވަރަށް ބޮޑަށް ނުވެސް ހިނގޭނޭ ބުނީމަ އަޅުގަނޑު އުރައިގެން މިގެންދަނީ ބޭސްއަޅަން އެއަށް ފަހު ސާރ ހޯދަން..” އާލިޔާ ކުރު ގޮތަކަށް ކިޔައިދިނެވެ. އޭރުވެސް އަނާން އެ އޮތްގޮތަށް އޮތީ އެއްވެސް އެއްޗެއް ނުބުނެއެވެ.

“ހިނގާ އަވަހަށް ބޭސް އަޅަން ދާން ދޯ އަނާ.. ތެންކްސް އިނގޭ… އާލިޔާ… ވަރަށް ބޮޑަށް ތެންކްސް..” ރީތި ހިނިތުންވުމަކާއި އެކު އާލިޔާއަށް ބަލަންހުރެ އަޔާން ބުނެލިއެވެ. އާލިޔާ އަށް ފުޅާކޮށް ހިނިތުންވެލެވުނެވެ. “ބައި އަނާ.. ދެންވެސް ބަލައިގެން އުޅެއްޗޭ.. ބައި ބައިއިއިއ..” އާލިޔާ އަނާން ކައިރި އެހެން ބުނެލުމަށްފަހު ހިނގައިގަތީ އަޔާންވެސް ހިނގައިގަތުމުންނެވެ. އަނާން އާލިޔާއަށް ހަނާ އަޅާލިއިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

އާލިޔާގެ ހިނގަމުން ދިޔައިރުވެސް ސިފަވީ އަޔާން އާނާން ގެ ގައިގާ ބައްދާލައިގެން ހުރި ގޮތެވެ. އެ ދިން ރީތި ހިނިތުންވުމެވެ.

“ކުޑޭ އެ ދައްތަ ވަރަށް ރަނގަޅު އަނާއަށް… އަނާ އުރައިވެސްލީ ނުވެސް ބުނަނިސް…” ބޭސްއަޅާލަންދެން އިށިނދެ އިން އަނާން ބުނެލިއެވެ. “އެހެންތަ… އެހެންވީމަ އަނާ ޖެހޭނެއެއްނު އެ ދައްތައަށް ތެންކިޔު ބުނަން އަނާ ނުވަސް ބުނަމެއްނު..” އަޔާން ބުނެލިއެވެ. އަނާން ނިތްކުރީގައި މަޑުމަޑުން ޖަހާލުމުން އަޔާން ހޭންފެށިއެވެ. ބޭސް އަޅައިނުމުމުން އަޔާން އަނާން އުރާލައިގެން ސުކޫލުން ނިކުތީ އަޔާންގެ ބޭގް ކޮނޑުގައި އަޅުވާލައިގެން ހުރެއެވެ. އެއަށްފަހު އައިސް ސައިކަލުގައި އިށީނދެލާ އަނާންފަހަތުސީޓްގައި ބޭންދުމަށްފަހި ވަށިގަނޑުގައި އިން އަނާން ގެ ދަބަސް ނުވެއްޓޭހެން ހަމައްޖައްސާލިއެވެ. އަދި ސައިކަލް ސްޓާރޓްކޮށްލިއެވެ.

މަގުމަތީ ދަމުންވެސް އަނާން ދެއްކީ އާލިޔާގެ ވާހަކައެވެ. އަޔާން ނިންމީ އާލިޔާއަށް ޝުކުރުއަދާކުރުވަން އަނާން ލައްވާ އާލިޔާއަށް ގުޅުމަށެވެ. އާލިޔާ އަކީ ތަފާތު ކުއްޖެކެވެ. އެހެންކުދިންނާއި ބަލާފައި އާލިޔާއަށް އިސްކަންދެވެނީ ކީއްވެކަމެއް އަޔާންއަކަށް ނޭނގެއެވެ

އާލިޔާ ގެއަށް ދެވެންދެންވެސް ހުރީ ރީތިގޮތަކަށް ހިނިތުންވެލައިގެންނެވެ. ނަމަވެސް ދޮރުމައްޗަށް އެރުމާއި އެކު ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާ އަށް ހަނދާންވިއެވެ. ހަނދާންކުރަން ބޭނުންވާ އެއްޗެހި ހަނދާނަށްއައެވެ. މަޑުމަޑުން ދޮރުހުޅުވާލި އިރު ގޭތެރެއަކު މީހަކު ފެންނާކަށް ނެތެވެ. އާލިޔާ އަވަސް އަވަހަށް އެތެރެއަށް ދެމިގަނެފައި ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ދޮރު ހުޅުވަން ދިމާކޮށްލި އަތް ހުއްޓުނީ ބާރަކަށް ފަހަތުން މީހަކު ގޮވާލުމުންނެވެ. އާލިޔާ ތެޅިގަނެފައި ފަހަތް ބަލައިލިއެވެ. “މިރެއަށް ތައްޔާރު ވާތި އެހެންނޫނީ…” ސައީދާ އާލިޔާއާއި ކައިރިވެލަމުން ބުނެލިއެވެ. އާލިޔާ ގެ ދެލޯ ވަގުތުން ކަރުނުން ފުރުނެވެ. އިސްޖަހާލުމަށްފަހު ކޮޓަރިތެރެއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އެއާއި އެކު ރޮއެގަނެވުނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އަމިއްލަ ނަފްސް ކޮންޓްރޯލްކޮށްލިއެވެ. ކޮންމެވެސް އެއްދުވަހަކުން އޭނާއަށް ރަނގަޅުގޮތެއް މެދުވެރި ކުރަށްވާނެއެވެ. އާލިޔާ ފާހަނައަށް ވަނދެ ފެންވަރާލީވެސް އެ ވިސްނުމުގައި ހުރެއެވެ. ކޮންމެ އަންގާރަރެއެއް އަންނަނީ ބިރުވެރިކަމާއި އެއްވަރަށް ހިތާމަ އޭނާއަށް ކުރިމަތިކުރުވަމުންނެވެ. އަދި އެ ރޭ ނިމިގެން ދަނީ މުސްތަޤުބަލަށް ކުރާ އުއްމީދުތަށް ފުނޑުފުނޑުކޮށްލާފައެވެ.

އާލިޔާ ކާކަށްވެސް ބޭނުމެއްނުވިއެވެ. ނުކުންނައިރަށް އޭނާއަށް ކުރިމަތި ލެވޭނީ މަންމަމެންނާކަން އިނގޭތީ ކޮޓަރިތެރޭ އޮވެލިއެވެ. ފިހާރައަށް ދާން ބޭނުންވިއެއްކަމަކު އޭނާއަށް ދާކަށް ނުކެރޭނެއެވެ. ކޮންމެ އަންގާރައަކީ އޭނައަށް ބޭރަށްދިޔުން މަނާވެފައި ވާ ކަހަލަ ދުވަހެކެވެ. އާލިޔާ އެނދުމަތީ އޮވެލުމަށްފަހު ފޯނު ހުޅުވާލިއެވެ. އަދި ވައިބާރ އޯޕަންކޮށްލުމަށްފަހު އަޔާންގެ ފޮޓޯގަނޑަށް ނަޒަރު ހިންގާލިއެވެ. އެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނީ އެ ރީތި ހިނިތުންވުން ފެނިފައެވެ. އެ ހިތްގައިމު މޫނުމަތީގައި ވާ އުޖާލާކަން ފެނިފައެވެ. އަޔާން ދަނީ އާލިޔާގެ ހަށިގަނޑުގެ ކޮންމެ ތަނެއްގައިވެސް ރަސްކަންކުރަމުންނެވެ. ހިނިތުންވެވެނީ އަޔާންގެ ސަބަބުންނެވެ. ދެލޮލުގެ ވިދުން އިތުރުވަނީ އަޔާންގެ ސަބަބުންނެވެ. މޫނު އުޖާލަވަނީ އޭނާގެ ސަބަބުންނެވެ. ހިތުގެ ވިންދު އަވަސްވެ ހަށިގަނޑުގައި އުފެދޭ މަޑު ރާޅުބާނިއެއްވެސް އުފެދެނީ ހަމަ އަޔާންގެ ސަބަބުންނެވެ. ދިރިއުޅެން ލިބުނު ސަބަބަކަށް އޭނާ ވެގެންދިޔައެވެ. އަޔާން ރަސްކަން ކުރަމުން އެ ދަނީ ވަރަށްވެސް މިނިވަންކަމާއި އެކުގައެވެ.

ނަމަވެސް….. އޭނާއަކީ ކޮންކަހަލަ ކުއްޖެއްހެއްޔެވެ؟ އާލިޔާ އަކީ ކާކުހެއްޔެވެ؟ އާލިޔާގެ މަންމައާއި ދޮންބައްޕަ ގެންގުޅޭ އަޅެކެވެ. އެމީހުންނަށް ލާރި ހޯދައިދޭ މަގެވެ. އޭނާ ބޭނުންނުވިޔަސް އޭނާ އަކީ މަންމަ ސައީދާ ފަދައިން ނުބައި އަންހެނަކަށްވެ ނިމިފައެވެ.  އާލިޔާ އަކީ ކޮންކަހަލަ ކުއްޖެއްކަން އިނގޭނެނަމަ އަޔާން އިސްއުފުލާ ބަލައިވެސް ނުލާނެ ތާނގާ އާލިޔާ ހުންނަތާކު ނުވެސް ހުންނާނެކަން ޔަޤީނެވެ. އަޔާން ކަހަލަ ރީތި ރަނގަޅު ހިތްހެޔޮ މީހަކަށް ލިބެންޖެހޭނީ ވަރަށް އާދައިގެން ރަނގަޅު ކުއްޖެކެވެ. އާލިޔާ އަކީ އެކަހަލަ އާދައިގެ ކުދިން ތެރޭ ހިމެނޭ ކުއްޖެއްނޫނެވެ. އާލިޔާއަށް ރޮވުނެވެ. އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ފޯނު ދުރަށް އެއްލާލާފައި އެނދުމަތީ މޫނު ފޮރުވާލިއިރު އެ ދެލޮލުން ފައިބާހާ ކަރުނައެއް އެނދު ތެއްމަމުން ދިޔައެވެ. އަޑު ނުނެރެން ކުރާ ހަނގުރާމަ ކާމިޔާބެއްނުވިއެވެ. އޭނާގެ އަޑުގަދަވިއެވެ. ގިސްލެވެން ފެށިއެވެ. އޭނާއަށް މިދުނިޔޭގެ އެއްވެސް އުފަލެއް ހައްޤެއްނޫނެވެ. އެންމެ ކުޑަމިނުން އުޅެންވެސް ހައްޤެއްނޫނެވެ. އޭނާއަށް ނޭނގިވިޔަސް އަދި ހަމައެހެންމެ ގަދަކަމުންކޮށްގެން ވިޔަސް އެނާ ލައްވުވާ އެ ކުރުވަނީ ފާފައެކެވެ. އެކަމަށް އިޖާބަ ދެވެނީވެސް އޭނާއަށް ކަންނޭނގެއެވެ. އަނގައިން އެއްޗެއް ނުބުންޏެއްކަމަކު އެ ވޭނީ ކަރުނަތަކުން ވާހަކަދެއްކުމާއި އާދޭސްކުރުމުގެ މާނައަކީ އެކަމަށް އާބަސް ބުނުންބާއެވެ. އެހެންނަމަ އެމީހުން  އެންމެ ފަހަރަކުވެސް އޭނާ އަށް ރައްކާތެރިކަމާއި ހިމާޔަތްކަން ހޯދާދިނީހެވެ. އެ ކަރުނަތަށް ފޮހެދޭނެ އަތަެއެއް މެދުވެރިކޮށްދިނީހެވެ.

އާލިޔާ ރޮއެ ރޮއެ ހާސްވާގޮތްވިއެވެ. ނޭވައިލާން އުނދަގޫވެ މެއަށް އުނދަގޫވާހެން ހީވިއެވެ. ކަރުނަތަށް ފޮހެލަމުން އޭނާ އެނދުމަތީ އިށީނދެލާ ގެންގުޅޭ ބާލިސް ގެނެސް އޭގާއި ބައްދާލިއެވެ. އޭރުވެސް ކަރުނަތަށް ހުއްޓުމެއްނެތި ދެލޮލުން ފައިބަމުން ދިޔައެވެ. ކުއްލިއަކަށް އޭނަ ސިއްސައިގެން ދިޔައީ ފޯނަށް ކޯލެއް އައުމުންނެވެ. ދުރަށް އެއްލާލެވިފައި އޮތް ފޯނު ނަގައި ބަލައިލުމާއި އެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ނޭފަތް ދަމާލާ ކަރުކެހެލިއެވެ. އެއީ އަޔާންގެ ނަމްބަރުން އަންނަ ކޯލެކެވެ. ކިހިނެއްވީބާއޭ ހިތާ އާލިޔާ ފޯނު ނަގައިލިއެވެ. އޭރުވެސް އޭނާ ހުރީ ނޯށަށް އަރާފައެވެ. އެ އަޑު އެހި މީހަކަށް އޭނާ ރޮއެފައިކަން ޔަޤީންވާނެއެވެ.

“ހަ..ހަލޯ؟” އާލިޔާ ބުނެލީ އުނދަގުލަކުންނެވެ. ގިސްލުން މަތަކޮށް އަޑަށް ބާރުލާފައެވެ.

“ހަލޯ ދައްތާ…..” އެކޮޅުން އިވުނީ އަނާންގެ އަޑެވެ. އާލިޔާއަށް ފުންނޭވައެއް ދޫކޮށްލާ މޭމަތީ އަތް އަޅާލެވުނެވެ.

“ދައްތާ… އަޅުގަނޑު ހަނދާން ނެތުނީ ތެންކިޔު ބުނަން ދައްތަ ކައިރި އެހެންވެ ކުޑޭ ކައިރި ބުނީ ދައްތައަށް ގުޅާލަދޭށޭ… ތެންކިޔު އިނގޭ ދައްތާ…” މައުސޫމްގޮތަކަށް އަނާން ބުނެލިއެވެ. އެއްވެސް އުޖާލާކަމެއް އާރޯކަމެއްނެތް އާލިޔާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.

“ވެލް…ވެލް ކަމް… ބޭބީ..ގަ….ގާލް..” އާލިޔާ ކެއްސާލިއެވެ. އޭނާއަކަށް ވާހަކައެއް ނުދެއްކޭނެއެވެ. އޭނާ އަޑު ނުނިކުމެއެވެ. އެހެންކަމުން ހުއްޓާލިއެވެ. އަނާން ހިމޭންވިއަޑުއިވުނެވެ.

“ދައްތަ ބަލިވެފަ؟” އަނާން ކަންބޮޑުވެފައި އަހާލުމުން އާލިޔާ ހުމްމް އަޅުވާލިއެވެ. އޭނާގެ ދެލޯއަނެއްކާވެސް ކަރުނުން ފުރުނެވެ. އިރު އިރުކޮޅާ އޭނާ ނޭފަތް ދަމާލައެވެ.

“ފައި… ކިހިނެއް… މިހާ..މިހާރު؟ ހިނގޭ..ތަ؟” އާލިޔާ ބުނެލިއެވެ. ކިތަންމެ ހަމަޖެހިގެން ވާހަކަ ދައްކަން ބޭނުންވިޔަސް އޭނާއަކަށް ނުދެއްކޭނެއެވެ.

“ލައްބަ އެކަމް އަނާ އަށް އުނދަގޫ ހިނގަން…ބޮޑު މަލަމެއް އެޅީ” އަނާން ޖަވާބު ދިނީ އިރުކޮޅަކުންނެވެ.

“ދައްތަ ރޮނީތަ؟” އަނާން ކުއްލިއަކަށް ކޮށްލި ސުވާލަކުން އާލިޔަ ދެލޯ ބޮޑުވިއެވެ. އެއާއި އެކު ފޯނު ދުރަށްލާ އަނގަމަތީ އަތްއަޅާލިއެވެ. ކުޑަކުދިންނަށް އެންމެ ފަސޭހައިން އެއްޗެހި ދެނެގަނެވޭނޭ މީހުންބުނެއެވެ. އަނާންއަށްވެސް އެ އިނގުނީއެވެ. އާލިޔާ ދެތިން ފަހަރު ކެއްސާލިއެވެ.

“ނޫނޭ.. ދައްތަ ބަލިވީއޭ..” ކުރުގޮތަކަށް އާލިޔާ ޖަވާބު ދިނީ އޭނާ އާދައިގެ ގޮތަށް ވާހަކަ ދައްކާ ގޮތަށް ވާހަކަ ދައްކަން މަސައްކަތްކުރަމުންނެވެ. “އޯކޭ ދައްތާ… އަނާ ދަނީ ކިޔަވަން އިނގޭ… ބައި ދައްތާ…. ދައްތަ އަދި ވާނެ ދޯ ވާހަކަދައްކަން އަނާ ގުޅާނަން އިނގޭ…”

“އޯކޭ ބޭބީ ގާލް… އަވަހަށް ދޭ.. ރަނގަޅަށް ހަދައްޗޭ… ބަ..ބައި..” އާލިޔާ އެހެން ބުނެފައި ފޯނު ދުރަށް އެއްލާލީ ހަމަކުއްލިއަކަށެވެ. ހިފަހައްޓައިގެން ހުރި ރުއިންގަނޑު ބޭރުވީ ދެނެވެ. އޭނާ އެނދުމަތީ އަނެއްކަވެސް އޮށޯވެލިއެވެ. “އައި ވިޝް މަރުވާނެ ނަމައޭ.. މަރުވެސް މިހާ ވޭނެއް ނުދޭނެކަންނޭނގޭ.. ޔާ ﷲ މިއަޅާ މިކަމުން ވެސް މި އަނިޔާވެރި ދުނިޔެއިންވެސް މިންޖް ކުރަށްވާންދޭވެ…” އާލިޔާ ރޮއެގަތެވެ.

ފޯނު ކަންފަތުގައި ޖަހާލާފައި ހަލޯ ބުނި އަޔާންއަށް އެ އަޑު ސާފްކޮށް އިވުނެވެ. ކަންބޮޑުވެފައި އެ އަޑުއަހަން ހުރެވުނީއެވެ. އާލިޔާ އަށް މިވަނީ ކިހިނެއްބާއެވެ؟ އޭނާއަކީ އެހާ މަޖާކޮށް އުޅޭ ކުއްޖެއްނޫންހެއްޔެވެ؟ މިކަމުގެ ސިއްރަކީކޮބައިބާއެވެ. އަޔާންދެންވެސް ހުރީ އަޑުއަހަންށެވެ. ނުސާފުކޮށް މަޑުން އިވުނަސް އިވެނީ އާލިޔާ ގިސްލަ ގިސްލާފައި ރޯއަޑެވެ. އެހިތުގެ ހަމަޖެހުން ކެނޑުނެވެ. ވީ ގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ.  ޓީޗަރެއްގެ ހައިސިއްޔަތުން އޭނާގެ ދަރިވަރަށް ވާނުވާ ބެލުމަކީ މައްސަލައެއްނޫންކަން ހިތާހިތުން ބުނެލިއެވެ. އެދުވަހު ކުލާހުގައި ވެސް އާލިޔާ ރޮމުން ދެއްކި ވާހަކަ އޭނާއަށް އަޑުއިވުނެވެ.

އަޔާން ފޯނު ކަނޑާލުމަށްފަހު އަނެއްކާ ގުޅާލިއެވެ. އާލިޔާ ސިހިފައި އަނެއްކާވެސް ދުރުގައި އޮތް ފޯނަށް ބަލައިލީ ރިންގް ވާންހެދީމައެވެ. އެއީ އަޔާންގެ ކޯލެއްކަމުން އެއީ އަނާންކަމަށް ލަފާކޮށްލިއެވެ. އަނެއްކާވެސް އޭނާ ހަނގުރާމަ ކުރަމުން ދިޔައީ އެ ރުއިން ކޮންޓްރޯލްކޮށް ހަމަޖެހެވޭތޯއެވެ. އޭނާ ފޯނު ނަގާލިއެވެ. “ހަ..ހަލޯ އަނާ.. ބޭބީ ގާލް.. ބު..ބުނީމެއްނު ފިލާވަޅު ހަ..ހަދަން ދަނީއޭ… ނު..ނުދަނީތަ؟ ކި.ކިހިނެއްވީ؟” އާލިޔާ ބުނެލީ އުނދަގުލަކުންނެވެ. އޭނާއަށް ވާހަކަދައްކަން ވާ އުނދަގޫ ދެނެގަންނާނެ މީހެއްނެތެވެ. އޭނާ ދެރަވެ ރޮވޭވަގުތަކީ ވާހަކަދައްކަން އުނދަގޫ ވަގުތެކެވެ. ބަސްތަށް އެއްނުވެ ހުއްޓުން އަރައެވެ. އެކޮޅުން ޖަވާބެއް ނައެވެ. އާލިޔާ ވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ. “ހަލޯ؟” އަނެއްކާވެސް އާލިޔާ ބުނެލިއެވެ.

“ނޭނގިގެން ކަންނޭނގެ….” އާލިޔާ އެހެން ބުނެފައި ފޯނު ކަނޑާލަން އުޅުނެވެ. ނަމަވެސް އެކޮޅުން އޭނާއަށް އަޑުއިވުމުން ކަންފަތުގައި ޖަހާލިއެވެ. “އާލިޔާ!!!!!!” އާލިޔަ ދެލޯ ބޮޑުވެ ލޯލިތަށް ކޮޅަށްޖެހުނެވެ. ވަގުތުން ފޯނު ކަންފަތާއި ދުރުކޮށްލާ ދެލޯ ފޮހެލިއެވެ. އެއީ އަޔާންގެ އަޑެވެ. އެ ހިތުގެ ރާޖާގެ އަޑެވެ. އެކަމް އޭނާއަށް އާލިޔާގެ އަޑުއިވިއްޖެއްޔާ އިނގޭނެއެވެ. އާލިޔާ ގޮތްހުސްވިއެވެ. ދެތިން ފަހަރު ކަރުކެހިލާ ފޯނަށް ޖަވާބުދިނެވެ.

“ލައްބަ ސަރ… ކިހިނެއް… ވީ…ތޯ؟” އާލިޔާ ބުނެލީ ހަމަޖެހިލަމުންނެވެ. “ނޯ ނަތިންގ…” އަޔާން ބުނެލިއެވެ. އޭނާ ބުނަން ބޭނުންއެއްޗެއް ނުބުނެވެއެވެ. އޭނާ ހިމޭންވީ އެހެންވެއެވެ. އަހާނީވެސްވަކި ކިހިނެއްހެޔެވެ؟ އޭރުން އާލިޔާ ހީކުރާނީ ކީކޭހެއްޔެވެ؟ އާލިޔާ އިރުކޮޅަކު އިނެވެ. ދެމީހުންވެސް ވާހަކައެއްނުދައްކައެވެ. އެ ހިމޭންކަމުގައި އާލިޔާގެ ހިތް އަޔާންއަށް ބަންޑުންކޮށްލެވުނެވެ. ނަމަވެސް އާލިޔާއަށް ނޭނގޭ ކަމަކީ އާލިޔާ ހިތުގެ ޒަރިއްޔާއިން އެ ފޮނުވާ މެސެޖްތަށް އަޔާންގެ ހިތާއި ހަމާއަށް ނުފޯރާކަމެވެ. އަޔާންގެ ހިތުގައި ރަނިކަމަނާއެއް ރަސްކަން ކުރާއިރު އެ ހިތުގެ ދޮރުފަތް ވަނީ އިތުރު މީހަކަށް ނުހުޅުވޭނެހެން ލައްޕާލެވިފައެވެ.

“ކުޑޭ… ކުޑޭއްތަ އެބަ ގޮވާ….” އާލިޔާގެ ނޭވައި ކޮޅަށް ޖެހި ހުއްޓުނީ އަނާން ވަރަށް ބާރަށް އެހެން ގޮވާލިއަޑުއިވިފައެވެ.

ނުނިމޭ…

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިންތިހާއަށް އާދޭސް 18…

Next

ޢަޞްރު (ފަނަރަވަނަ ބައި)

Next
December 11, 2016

ޢަޞްރު (ފަނަރަވަނަ ބައި)

Previews
December 11, 2016

އިންތިހާއަށް އާދޭސް 18…

20 Comments!

  1. Ryn says:
    December 11, 2016 at 1:09 pm

    Hey guys. Good afternoon. Well, mi story ohnaany ehkh nimifa and ninmaafa part thakah behy ehnve eki part ga like dialogues gina vefa aneh part ga maa details hurefa and ehbai parts ga no sifakurun and all.. ehnve v gwtheh eii.. nimifa oi vaahaka eh parts thakah bahaafa words hamakhfa and plus dhn ahna part akah aa kameh ingigendhaane gothakah kuryge part thah hamajehsun is so difficult.. So im sorry for the last part but upcoming part thah vx huhnaany ekahala gothakah may b but i will try to add more details and edit them if it includes more odd parts.. mi hurihaa parts thah ehkhlaign kiyan vehjenama may b it will turn to b a nice story with sifakurun and dialogues hama ehvarakah.. Anyway i’ll try to upload 6th part tonight 😉 enjoy 😉

  2. aina says:
    December 11, 2016 at 1:21 pm

    varah varah reethi mi vaahaka ryn.. thank u up koh dhinyma

  3. Ram. says:
    December 11, 2016 at 1:27 pm

    Hamaalakah noon hamayah…

  4. niha says:
    December 11, 2016 at 1:45 pm

    VVVV reethi…
    AAAlia and AYAAN PLS..

  5. Me says:
    December 11, 2016 at 1:49 pm

    Wowwww ..vvvvvv rythi .. Waiting fr tonyt 🙂

  6. Flower says:
    December 11, 2016 at 2:46 pm

    Wowwwww story is awesome…vrh ufaavey daily koh mi story kiyaalan libeythy..thanks rynnn????

    1. Faathee says:
      December 11, 2016 at 8:56 pm

      Flower thee story liyaa flower tha?

  7. Sweety says:
    December 11, 2016 at 2:47 pm

    So konme dhuvahaku 1 part reygandu 1part upkohdheynan dho?
    Avahah kiyaalaa hiyvanee.

  8. Almaa says:
    December 11, 2016 at 3:03 pm

    V nice mi part vx thanks ryn next part ge inthixaaru ga

  9. SAMAA says:
    December 11, 2016 at 3:32 pm

    NIMIFA OTHIYA DHN EHKOH UPLOAD KOHLABAA. HAADA REEHCHEYY M VAAHAKA

  10. mary says:
    December 11, 2016 at 4:06 pm

    vvv reethi. next part kiyaahithun mihaaru mi hun nany

  11. Chapo says:
    December 11, 2016 at 4:41 pm

    waiting for tonight. vvvvvvvvvvvv reeethi mi story vex… thanx

  12. Fin says:
    December 11, 2016 at 5:17 pm

    Hadha salhi ey… Alhe.. Impatiently waiting for tonight

  13. Pop says:
    December 11, 2016 at 5:39 pm

    Vvvv reethi… Tonight 7 ha iru dhw upkurany

  14. GORGEOUS says:
    December 11, 2016 at 5:57 pm

    Varah Varah Varah salhi mi part… Next part vxx avas kohlache

  15. Mop says:
    December 11, 2016 at 6:20 pm

    Varah Varah Varah salhi.. Hama mi vahaka upkurihto balan vegen mi check kury vxx.. Bt ma kurin upkohfa myni.. Nd anekka tonite upkurany.. Yay.. Luvyw ryn

  16. Rizoo says:
    December 11, 2016 at 8:35 pm

    Wow v reethi. Aneh episode v avas up kohdhy plx.

  17. Faathee says:
    December 11, 2016 at 8:53 pm

    Wow speechless. Maasha Allah. Vara vara reethi mi part. Vara furihama. Sifa kurun ves vara furihama mi part ga. Keep going girl ??.. in sha Allah future ga vara molhu liyun theriyakah vaane.. next part ge inthizaaru ga kei madhu vefa

  18. ?mixoo says:
    December 11, 2016 at 9:48 pm

    Good work ryn..
    love it

  19. Kalhu handi says:
    December 15, 2016 at 1:56 am

    Rythi thafaathu vaahakaeh miee

Comments are closed.


All Right Reserved!