Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…6

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 11, 2016 7 Mins Read
21 Comments

 

“ކުޑޭ… ކުޑޭއްތަ އެބަ ގޮވާ….” އާލިޔާގެ ނޭވައި ކޮޅަށް ޖެހި ހުއްޓުނީ އަނާން ވަރަށް ބާރަށް އެހެން ގޮވާލިއަޑުއިވިފައެވެ. އެދެމީހުންގެ ހިމޭންކަން ފުނޑުފުނޑުވީ އެ އަޑުންނެވެ. “ބައި އިނގޭ… އަސްލު ގުޅީ އެއްޗެއް އޮޅުން ފިލުވަން އެކަމް ދެން އޯކޭ..” އަޔާން އެހެން ބުނެލުމަށްފަހު ވަގުތުން ފޯނު ކަނޑާލިއެވެ. އާލިޔާއަށް އެ އިންގޮތަށް އިނދެވުނީއެވެ. އޭނާގެ ހިތުގެ ރާޖާއަކީ މީހެއްގެ ފިރިއެއްބާއެވެ. އޭނާއަކީ އެހެންމީހަކާއި އެކު ދިރިއުޅުން ހިއްސާކުރާ މީހެއްބާއެވެ. އޭނާގެ ރާޖާގެ ރާނީއެއް ހުރޭބާއެވެ. “ކުޑޭއްތަ…. ނޯ.. ކުޑޭއްތަ ނުކިޔާނެ އެހެންމީހަކަށް.. ހީ އިޒް މެރިޑް ހީ އިޒް މެރިޑް… ހީ އިޒް…. ކުޑޭއްތަ. އަޔާން އަޔާން… ކީއްވެ؟ ކީއްވެ… އެނާއާއި މިހާ އެޓޭޗް ވީ ކީއްވެ… ކީއްވެ މިގޮތަށް އިހްސާސްވީ…” އާލިޔާ ރޮމުން ރޮމުން އެހެން ބުނެލާފައި ފޯނު ކައިރި ބޭންދިއެވެ. ހިތާމައިގެ ނިމުމެއްނެތެވެ. ލޯބިވާ ބައްޕަ އަބަދަށް ދިޔައީއެވެ. މަންމައަކީ އާލިޔަގެ ދިރިއުޅުން ސުންނާފަތިކުރާ ނުބައި އަންހެނެކެވެ. ދޮންބައްޕަގެ ކުޅިގަނޑެވެ. އަނެއްކާ އެ ހިތުގައި ރަސްކަންކުރި ރާޖާއެވެ. އެ ހިތުގެ ހަމަޖެހުމާއި ރޭގަނޑުގެ ނިދިން މަހުރޫމްކޮށްލި އަޔާންއެވެ. އޭނާ މިދުނިޔޭގައި މިހުރީ ކީއްވެބާއެވެ؟ މީހުން ބުނާތީ އޭނާ އަހައެވެ. ދުނިޔޭގައި އެމީހަކު އުޅޭނީ މަގުސަދެއް ފުރިހަމަވަންދެންނެވެ. ކޮންމެވެސް ސަބަބަކާއި ހެދިއެވެ. އެ ސަބަބު ނެތިގެން ދާނެ ދުވަހަކީ ނުވަތަ އެ މަގްސަދު ހާސިލްވާނެ ދުވަހަކީ އެ މީހަކު ނެތިފަނާވާނެ ދުވަހެވެ. އޭނާ އޮތީ ކޮން ސަބަބެއްހެއްޔެވެ؟ މި ކަންތަށްގަނޑުހެއްޔެވެ؟ މަންމަގެ އަނިޔާހެއްޔެވެ؟ ދޮންބައްޕަގެ ކުޅެ ކުޅޭ ބުދަކަށްވުންހެއްޔެވެ؟ އެވަރުނުވެގެން ……………. އާލިޔާއަށް ނިދުނީ އެހެން އޮއްވައެވެ.

 

“އާލިޔާ އާލިޔާ އާލިޔާ!! ކިހާ ދެރަކަމެއް އާލިޔާ!!!!!!!!!” ދޮރުގައި ތަޅައިގަތް ސައީދާ ހީވީ ދޮރު ހަލާކުކޮށްލަފާނެހެންނެވެ. ގަދަ ނިދީގައި އޮތް އާލިޔާ ސިހުނީ ހަމަކުއްލިއަކަށެވެ. ދޮރާއި ދިމާލަށް ދުއްވައިގަތީ ތުރު ތުރުއަޅައިގަނެފައެވެ. ކުޑަނަމަވެސް މިނެޓެއް ލަސްވެއްޖެނަމަ އޭނާއަށް ހަދާލާނެގޮތް އޭނާއަށް އިނގެއެވެ. އާލިޔާ ދޮރު ހުޅުވާލުމާއި އެކު ސައީދާ އާލިޔާގެ އިސްތަށިގަނޑުގައި ހިފައިފާ ނެރެލިއެވެ. ގަޑިން ވީވަރެއް ނޭނގުނެއްކަމަކު މިއީ ކޮންވަގުތެއްކަން އޭނާއަށް އަންދާޒަކޮށްލެވުނެވެ. “އާ.. މަންމާ..” އާލިޔާއަށް ތަދުވެގެން ބުނެލެވުނެވެ.

ސައީދާ އެއެއްމިއެއް ބެލުމެއްނެތި އާލިޔާގެ އިސްތަށިގަނޑުގައި ހިފައިގެން ވަނީ ސައީދާގެ ކޮޓަރިއަށެވެ. އެއަށްފަހު އާލިޔާ ހުރި ދިމާލަށް ކޮށްޕާލީ ރަހުމްކުޑަ ގޮތަކަށެވެ. އާލިޔާ ގޮސް ތަޅުންގަނޑުގައި ޖެހުނުގޮތުން ހިރިނުލެވިފައި އޮތެވެ. “މަންމަ ޕްލީސް…” އާލިޔާ ބުނެލިއެވެ. ސައީދާ އޭނާގެ އަތުގައި އޮތް ފުޅި ހިފައިގެން އާލިޔާއާއި ދިމާލަށް އައި އިރު ދޮންބައްޕަ ނިމާލް އެނދުމަތީ ރީއްޗަކަށް ހެވި ދިއްލިފައި އޮތެވެ. ސައީދާ އައިސް އާލިޔާގެ ދެކޮލުގައި ހިފައިލިއެވެ. އެ ދެލޮލުން ފައިބާ ކަރުނަތަކަކަށް ބަލައިލުމެއްނެތި އަތުގައި އޮތް ފުޅި އާލިޔާގެ އަނގައަށް ޖެހިއެވެ. އާލިޔާ އަށް އެ ބޮވެނީކޯޗެއްކަން އިނގި އަނގައިން ނެރެމުން ދިޔައެވެ. ސައީދާ އައި ރުޅީގައި އާލިޔާގެ ކަންކަށިމަތީ އެތިވަރެއް ޖެހިއެވެ. އާލިޔާ ގެ ބޯ ގޮސް ޖެހުނީ ތަޅުންގަނޑުގައެވެ. އަނެއްކާވެސް އޭނާ ނަގައި އެ ފުޅީ ޖެއްސިއެވެ. ގަދަކަމުން އެ ބޯންދީ ނިންމިއިރު އާލިޔާ ގެ ގަޔަކު ހަކަތައެއްނެތެވެ. މަސްތުވެފައި ހުރި މީހެއްހެން އޭނާ ހުރިއިރު އޭނާއަށް ވާނުވާއެއްނޭނގެއެވެ. އިރުކޮޅަކުން އޭނާއަށް އިހްސާސްވީ އޭނާ މަޑު ތަންމައްޗެއްގައި ބޭއްވިއިހްސާސްއެވެ. ކަމެއްނުކުރެވޭ ހާލު އެ ވާންއުޅޭކަންތަކާއި މެދު ވިސްނާލާނެހާ ވަރަށް ވުރެ އޭނާ ހަމައެއްނޫނެވެ. ބީހުންތަކަކުން އާލިޔާގެ ހަށިގަނޑަށް އުނދަގޫވަމުންދިޔައެވެ. ދެލޯ ހުޅުވާލެވުނަސް ފެންނަނީ ނުސާފްކޮށްނެވެ.

……….

އާލިޔާ ދެލޯ ހުޅުވާލިއެވެ. ދެފަހަރަށް ތަޅުވާލުމަށްފަހު އޭނާ އޮތްތަނުން ހިއްލާލިއެވެ. އަމިއްލަ ހާލު ފެނިފައި އާލިޔާގެ ދެލޯ ބޮޑުވިއެވެ. ރޭވެސް މަންމަ އޭނާގެ ހަށިގަނޑު ވިއްކާލީއެވެ. އާލިޔާ އޮތީ އޭނާގެ ކޮޓަރިގައެވެ. ކޮޓަރީގައި ވަނީ ހިމޭންކަމެއްކަމަކު އާލިޔާގެ ސިކުނޑިހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ރޭގައި ވީ ކަންތަށް އާލިޔާ ހަނދާންކުރަމުންދިޔައެވެ. ނަމަވެސް ނުވިއެވެ. އޭނާ ކައިވެނީގެ ކުރިން ކުރަން ބޭނުންނުވި އެތަށްކަމެއް ހަމަހޭގައި ނެތްއިރު ވަނީ އެތަށް ބަޔަކު ކޮށްފައެވެ. އެ ކަމުގައި އެމީހުންނަށް ފަސޭހަކޮށްދެނީ ދެވަނަ އެހެން މީހެއްނޫނެވެ. އޭނާގެ މަންމައެވެ.  އެއީ ކޮންމެ އަންގާރަ ވިލޭރޭގެ ހަޤީޤަތެވެ. އާލިޔާ ހޭލާއިރު އޮންނާނީ އޭނާގެ ކޮޓަރީގައެވެ. ވާކަމެއް ހަނދާން ނުހުއްޓެއްކަމަކު އެނާއަށް ވާނުވާ އިނގެއެވެ. އިހްސާސްވެއެވެ. އާލިޔާ ފޯނުން ގަޑިބަލައިލަން ތެދުވެލި ގަޑީގައި އެނދުގެ އެއްފަޅިއަށް އުކާލެވިފައި ހުރި ހެދުންތަށް ފެނުނެވެ. އާލިޔާގެ ހިކިފައި ހުރި ތުންފަތް ތުރު ތުރުލައިގަތެވެ. ދެލޯ ކަރުނުން ފުރުނެވެ. ގަޑި ބަލައިލި އިރު އޭރު ގަޑިން 7 ޖަހަނީއެވެ. ސުކޫލަށް ދާ ގަޑި ޖެހުނެވެ. ނަމަވެސް އާލިޔާ ލަހުންވިޔަސް ކުލާހަށް ދާނެއެވެ.  އާލިޔާ ހިތްވަރުކޮށްލައިގެން އެނދުން ތެދުވެލިއެވެ. އޭނާ ގެ ގައިގާ ހަކަތައެއްވެސް ނެތެވެ. ހިނގާލާނެ ވަރެއްވެސް ނެތެވެ. އުނަގަނޑުން ތިރި ވަނީ އައްސިވެފައެވެ. ތުރު ތުރު އަޅާހާލު ފާހަނައަށްވަނެވެ. އަދި ފެންވަރައިގެން ގައިގައި ތުވާލި އޮޅާލުމަށްފަހު އަލަމާރި ކުރިމައްޗަށް ހުއްޓުނެވެ.

ޔުނީފޯރމްއެއް ނަގައި އެ ލުމަށްފަހު ބޮލުގައި ފުނާ އަޅާލިއެވެ. އަދި މޫނުމަތީ ފުއް ހާކާލީ އެ މޫނުމަތީގައި ވާ ކަންތަށް ފޮރުވޭނެހެންނެވެ. ކޮލަށް އަރައިފައި އިން އަތްތިލަ ފެނުމުން އެތަނުގައި ފުއްގިނައިން ހާކާލިއެވެ. އެއަށްފަހު ހިންދިރުވާލިއެވެ. އަމިއްލަ ސޫރަ އަށް އާލިޔާ ބަލައިލިއެވެ. އެއްވެސް އުޖާލާކަމެއް ނެތް މޫނެކެވެ. އާލިޔާ ހިނިތުންވެލިއެވެ. މިހާރު އެ ފެންނަމޫނަކީ އޭނާ ދުނިޔެއަށް ދައްކަމުން ދާ މޫނެވެ. އާލިޔާ ދަބަހަށް ފޮތްތަށް އަޅާލުމަށްފަހު ދަބަސް އަޅުވައިގެން ނިކުމެލިއެވެ. އެއަށްފަހު ބަދިގެއަށް ވަނީ ކާއެއްޗެއް ފެނޭތޯއެވެ. ފްރިޖް ތެރޭ އޮތް މައިލޯ ޕެކެޓެއް ފެނި އެ އަވަހަށް ހިފައިގެން ގެއިން ނިކުތްއިރު ގޭގާއި މީހަކު އުޅޭހެންވެސް އޭނާއަށް ހީނުވެއެވެ.

މައިލޯ ޕެކެޓް ބޮމުން އާލިޔާ ހިނގާލާފައި ދިޔައީ ސުކޫލަށެވެ. މަގުމަތިން ފެންނަ މީހަކު އޭނާއަށް ބަލައިލައެވެ. ނަމަވެސް އާލިޔާއަށް އެމީހުންގެ އެ ބެލުންތަކަކުން އުނދަގުލެއްނުވިއެވެ. އެއީ އާދައެވެ. މަގުމަތިން ފެނުނު ގާތް އަވަށްޓެރިއަކު އާލިޔާ ހުއްޓުވާލިއެވެ. “އެކޮއެ ހާދަލަހަކުން..” އޭނާ އަހާލީ ވަރަށް ލޯބިންނެވެ. އާލިޔާ ހިނިތުންވެލިއެވެ. “ލައްބަ ލަހުން ހޭލެވުނީ..” އާލިޔާ އެހެން ބުނެފައި ހިނގައިގަތެވެ. ސުކޫލަށް ވަނުމަށްފަހު ފުރަތަމަވެސް ދިޔައީ އޮފީހަށެވެ ލަހުން އައީތީ ފުރިހަމަ ކުރަން ޖެހުނު ސްލިޕް ކޮޅު ފުރިހަމަކޮށްލާފައި ސްޕަވައިޒަރުގެ ސޮއި ހޯދުމަށްފަހު ކުލާހަށް ދާން ހިނގައިގަތެވެ..

 

އާލިޔާ ކުލާހަށް ދިޔަ މަގުމަތީ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ ފަދަ އިހްތިރާމާއި ގަދަރުވެރި ކުއްޖަކު ލަހުން އައުމަކީ އެހެންކުދިންނަށް ނޭދެވޭ އަސަރު ކުރާނެކަމެވެ. އޭނާގެ ފަރާތުން އެހެން ކުދިން ނަމޫނާ ލިބިގަންނަންޖެހުމުގެ ބަދަލުގައި އޭނާގެ ފަރާތުން އެމިހުންނަށް ފެންނަނީ އެހެން ސިފަތަކެވެ. ސުކޫލަށް ލަހުން އައުމެވެ. އެދުވަހެއްގެ އެސެމްބްލީގައި ބައިވެރިނުވެވުމެވެ. އާލިޔާގެ ދެލޯ ކަރުނުން ފުރުނެވެ. މަޑުން ހިނގާލާފައި ގޮސް އޭނާގެ ކުލާހުގެ ދޮރުމައްޗަށް ހުއްޓުނެވެ. އާލިޔާ އިސްއުފުލާ ބަލައިލުމެއްނެތި ސަލާމް ގޮވާލިއެވެ. “ވައަލައިކުމް ސަލާމް..” އާލިޔާ އިސްއުފުލާ ބަލައިލީ އަޔާންގެ އަޑުއިވިގެންނެވެ. މިއަދު ގެ އެސެމްބްލީއަށްފަހު އަބަދުވެސް އިންނާނީ އަޔާންގެ ގަޑިކަން އޭނާ ހަނދާނެއްނެތެވެ. އެ ބޮޑު ދެލޮލުގައި ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގެން ދިޔައީ އިހްތިޔާރަކާއި ނުލައެވެ. އެކަން އިހްސާސްވުމާއި އެކު އާލިޔާ އިސްޖަހާލާ އެތެރެއަށް ވަނެވެ. އެހެންޏާ އޭނާ ކިތަންމެ ހިތްވަރުކޮށްގެން ކުލާސް ހުރިހާ ކުދިންނާއިވެސް ވާހަކަ ދައްކާ ހަދާނެއެވެ. މިއަދު އެ ހިތްވަރެއް ނުލިބުނެވެ. ރޭގައި އޭނާއަށް އެއްފަހަރާ ދެ ހިތްދަތިކަން ލިބުނެވެ. އެހިތްވަނީ ފަޅިފަޅިވެފައެވެ. އަޔާން ދެބުމަ ގޮށްޖަހާލައިގެން ހުރެ އާލިޔާ ގޮސް އިށީންނަންދެން ބަލަން ހުއްޓެވެ. އާލިޔާގެ ކައިރި އިން މައިޝާ އާލިޔާގެ ގައިގާ ބައްދާލިގޮތް އަޔާންއަށް ފެނުނެވެ. އަޔާން ކިޔެވުމައިގެން ކުރިއަށް ދިޔައިރު ކުދިންގެ ނަޒަރު މަޑުން އިން އާލިޔާއަށް ދެއެވެ. އާދައިގެ މަތިން ކުރިމަތި ވާ ސުވާލު އާލިޔާއަށް ކުރިމަތިވިއެވެ.

“އޭ އެލީ.. ކިހިނެއްވަނީތަ ކީއްވެތަ ބުދަ ދުވަހު ލޭޓް ވަނީ؟ މިއަދު ހާދަ މަޑުން ތިއިނީވެސް..؟؟ އެހެންޏާ ލަހުން އަޔަސް ހީވަނީ މަތަނުވެގެން އުޅެހެން..” ފަހަތުގައި އިން ކުއްޖެއް ސިއްރުން ބުނެލީ އަޔާންއަށް ނުފެންނާނެހެން ގުދުވެލާފައެވެ. އާލިޔާ އެއްޗެއް ނުބުނެ ގޮނޑި ފަހަތަށް ޖައްސާލިއެވެ. “ނަތިންގް މިއަދު ވަރަށް ބޮލުގަ ރިއްސާ އެހެންވެ..” އާލިޔާ ބުނެލުމަށްފަހު އަނެއްކާވެސް ގޮނޑި ކުރިއަށް ޖައްސާލިއެވެ. ކައިރި އިން މައިޝާ އިނީ އާލިޔާއާއި ވާހަކަ ދައްކާނެ ގޮތެއް ނޭނގިފައެވެ. ރޭ އެފަކީރަށް ވީ ކިހިނެއްބާއޭ ހިތަށް އަރާ ހާލުގައެވެ.

އާލިޔާ އަށް އަޔާން ކިޔާ އެއްޗެއް ބޮލަކަށްވެސް ނުވަދެއެވެ. އަޔާންއަށް ބަލައިލުމާއި އެކު ހަނދާންވަނީ އަނާންގެ ޖުމްލައެވެ. ކުޑޭއްތައެވެ. އާލިޔާ ފުންނޭވައެއް ދޫކޮށްލިއެވެ. “އެލީ.. ކީއްވެ މަޑުން ތިއިނީ.. އެލީ އަށް ކޮންމެ ގޮތެއްވިޔަސް އަބަދުވެސް ސްމައިލް ކުރަމެއްނު ދެން މިއަދު ކީއްވެ އެލީ.. ވަރަށް ދެރަވޭ އެބަ؟ ރޭ މާ ބޮޑު ކަމެއްވީތަ؟” ސިއްރުން މައިޝާ ބުނެލިއެވެ. އޭނާ ހަމްދަރުދީވެވުނީ އާލިޔާގެ ފަރާތުން އެއްވެސް މަޖާކަމެއް ނުފެންނާތީއެވެ. ކިތަންމެ ކަމެއް ދިމާވިޔަސް އޭނާ ހިނިތުންވުމާއި އެކު އެންމެންނާއި ބައްދަލުކޮށް މަޖާ ކުރާއިރު މިއަދު އެހެން ނުވުމުން ސުވާލުއުފެދުނީއެވެ. “މާއި.. އަސްލު ހުރިހާ ކަމެއް ބެއަރ ކުރެވޭނެ.. މަންމަމެން ކޮންމެ ކަމެއް ކުރިޔަސް.. އެކަމް….. އެކަމް ލޯބިވާ މީހަކު… ނުލިބޭނެކަން އިނގުނީމަ…. އިޓް ހާރޓްސް އަލޮޓް މާއި… އެކަން ޓޮލެރޭޓް ކުރެވުނަސް އެކަން ހިނިތުންވުމާއި އެކު ހިންދާލިޔަސް އައި ކާންޓް ޑޫ ދިސް ތިންގް…” އާލިޔާ އިސްޖަހާލައިގެން އެހެން ބުނެފައި މައިޝާއަށް ބަލައިލިއެވެ. އެ ދެލޮލުން ފައިބަމުން ދާ ކަރުނަތަށް މައިޝާ އަށް ފެނުނެވެ. ނަމަވެސް އެ ބުނި އެއްޗެއް ނޭނގުނެވެ. “އެލީ ޕްލީސް ބުނެބަ ކިހިނެއްވީތަ؟” މައިޝާ އާލިޔާގެ އަތުގައި ހިފައިލިއެވެ. “މާއި…. ހީ އިޒް މެރިޑް.. އަޔާން އިޒް މެރިޑް..” އާލިޔާ ފަޅައިގެން ދިޔައީ ދެނެވެ. އިސްޖަހާލަމުން ތުންފަތުގައި ދަތްއަޅައިގެން އާލިޔާ އިން އިރު އޭނާގެ އަތަށް ކަރުނަތިއްކަކަށްފަހު ތިއްކެއް ވެއްޓެމުން ދިޔައެވެ. މައިޝާ އަށް ސިހެވުނެވެ. އާލިޔާގެ އަތުން އަތް ދަމައިގަނެވުނީ ހަމަކުއްލިއަކަށެވެ. އެނާވެސް ދެރަވިއެވެ. ނަމަވެސް އެކުވެރިޔާއަށް ހިތްވަރުލައިދޭން ބެނުންވިއެވެ. “އެލީ… އެލީގެ ލޯބިވާ މަންމަ އެ ހުރިހާ ކަމެއް ކުރިއިރު އެކަން ބަރުދާސްތް ކުރެވޭހެން މިކަންވެސް ވާނެ… އެލީ ޕްލީސް ޑޯންޓް ކްރައި… ޔޫ ކޭން ޑޫ އިޓް… އެހާ ބޮޑެތިކަންތަށް ކުރިމަތިލެވޭ އެލީއަށް މިކަހަލަ ކުޑަ ކުޑަ ކަމަކުން……” “މާއި މީ ކުޑަ ކަމެއްނޫނޭ…. މި ހިތުގެ ހަމަޖެހުމަކީ އެހެންމީހެއްގެ ހަމަޖެހުން.. މި ހިތުގެ ރާޖާއަކީ އެހެންމީހެއްގެ ރާޖާ… ހީ އިޒް މައި ސްޓްރެންތް… ލޯބިވެވިއްޖެ މާއީ.. ލޯބި ވެވިއްޖެ… އެން ލޯތްބަކީ އެންމެ ވޭންދެނިވި އެތި… އެހެން ހުރިހާ ކަމަކުންވެސް… އައި ކާންޓް ބެއަރ އިޓް ލައިކް ދެޓް ތިންގް… ހިތަށް އެރި އޭނާ ފެނުނީމަ ދިރިހުރުމުގެ ސަބަބަކަށް އެވީއޭ… އެކަމް ދެން… ނޯ… ހީ އިޒް މެރީޑްޑް… ހީ އިޒް….. އެއީ އެހެންމީހެއްގެ ހައްޤެއް… މާއި… މިހާރު ނެތެއްނު ދިރިހުމުގެ އެއްވެސް ސަބަބެއް……. މާއި……………” އާލިޔާ މައިޝާގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ. ބުނާ ކޮންމެ ބަހަކާއި އެކު އޭނާގެ ރުއިން ދިޔައީ އިތުރުވަމުންނެވެ. އޭނާ އިނީ ވަރަށް ކޮންޓްރޯލްކޮށްލައިގެންނެވެ.

“އެލީ ޕްލީސް ދެރަ…………….” “އެސްކިއުޒްމީ ގާލްސް… ކިހިނެއްވަނީ..؟؟؟” މައިޝާ ދެއްކި ވާހަކަ މެދުކެނޑުނީ ބޯޑުކައިރި ހުރި އަޔާންއެވެ. އާލިޔަވެސް ސިހުނެވެ. ނަމަވެސް އިސްއުފުލާލާ ބަލައެއްނުލައެވެ. މައިޝާވެސް ސިއްސައިގެން ދިޔައެވެ. “ނަ..ނަތިންގް ސަރ..” މައިޝާ އަވަސް އަވަހަށް ބުނެލިއެވެ. “ޕޭ އެޓެންޝަން…” އަޔާން އެހެން ބުނެލީ އާލިޔާއަށް ބަލައިލުމަށްފަހުގައެވެ. އެއަށްފަހު ބޯޑާއި ދިމާލަށް އެނބުރިލިއެވެ. މައިޝާ ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވިޔަސް އޭނާ ހުރީ ފަހުން ދައްކާށެވެ. އާލިޔާ އަށް އޭނާގެ ރުއިން ކޮންޓްރޯލް ނުކުރެވޭނެކަން އިނގުމުން މައިޝާގެ ގައިގާ ކޮށްޓާލިއެވެ. “އައި ވޯންޓް…. ގޯ ޓު ވޮޝްރޫމް…. ޕްލީސް….. ” އާލިޔާ ބުނެލިއެވެ. މައިޝާ ބޯޖަހާލުމަށްފަހު އަޔާން އަށް ގޮވާލިއެވެ. “ސަރ.. އެލީ ވޮޝްރޫމްއަށް ދާން ހުއްދަދެވިދާނެތަ…؟” މައިޝާ އަހާލީ އަޔާން ބަލައިލުމުންނެވެ. އަޔާން އާލިޔާއަށް ބަލައިލިއެވެ. “އިރުކޮޅަކުން ކުލާސް ނިމޭނެ މަޑެއްނުކުރެވޭނެތަ؟” އަޔާން ބުނެލީ އާލިޔާއަށެވެ. އާލިޔާ އެ އިންގޮތަށް އިނދެ ބޯޖަހާލިއެވެ. އަޔާން ހުއްދަދިނުމުން އާލިޔާ ނިކުމެގެން ދިޔައީ އިސްޖަހާލައިގެން ހުރެއެވެ. “އެލީއަށް ކަމެއްވެއްޖެ ދޯ…” ކުއްޖަކު އެހެން ކުއްޖެއް ކައިރި އަހާލިއެވެ. އަޔާންއަށް އެ އަޑުއިވުނެވެ. ހިތާހިތުން ކިހިނެއްވީބާއޭ ހިތަށް އަރާ ހާލު އޭނާގެ ފިލާވަޅު ކުރިއަށް ގެންދިޔައެވެ. މައިޝާ އިންގޮތް ފެނިފައިވެސް މި ވަނީ ރަނގަޅު ކަމެއް ނޫންކަން އަޔާންއަށް އިނގެއެވެ.

އާލިޔާ އިސްޖަހާލައިގެން ހިނގައިފައި ގޮސް ވޮޝްރޫމްއަށް ވަތްއިރު ދެތިން ކުޑަކުދިން އުޅެއެވެ. އެއިން މީހަކަށް މޫނު ނުދައްކަން އާލިޔާ ވަދެލީ ފާހަނައަށެވެ. އެއާއި އެކު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގެން ދިޔައެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ ރޮމުން ދިޔައީ އެއިން އަޑެއް އިތުރު މީހަކަށް ނީއްވަންށެވެ. ތެދެކެވެ. ލޯތްބަކީ އެންމެ އުފާވެރި އަދި ވޭންދެނިވި އެއް އިހްސާސްއެވެ. ލޯބީގެ ބާރުގަދައެއްޗެކެވެ. އާލިޔާއަށް ވެސް ލޯބިވެވިއްޖެއެވެ. ނަމަވެސް އެ ލޯބި ފުރިހަމަނުވާނެކަން އިނގުމުން އެ ހިތަށް ކުޅަދާނައެއްނުވިއެވެ. އޯގާތެރި އަޅައިލުމެއް އެދި އެދި ހުރި ކުއްޖަކަށް ވާނީވެސް އެހެންތާއެވެ. އާލިޔާ މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށިތަށް އެއްފަރާތަށް ޖައްސާލުމަށްފަހު ފާހަނައިން ނިކުމެލީ ބެލްޖެހިއަޑަށެވެ. އަޔާން އާއި ކުރިމަތި ލާން އޭނާ ބޭނުންނުވާތީވެ އެ ގަޑި ނިމުމުން ކުލާހަށްދާށެވެ. ބޮޑު ދިގު ލޯގަނޑުން އާލިޔާއަށް އޭނާގެ މޫނު ފެނުނެވެ. އޭރު ފާހަނައިގައިވެސް ކުދިން އުޅެއެވެ. އެ އެންމެންނަށްވެސް އާލިޔާގެ މޫނުފެނުނެވެ. “އޭ އާލިޔާ؟ ކިހިނެއްވެފަ؟” ދަންނަ ކުއްޖަކު އަހާލިއެވެ. އާލިޔާ ހިނިތުންވެލަފައި ކަމެއް ނުވެއޭ ބުނެ މޫނު ދޮވެލިއެވެ. ނަމަވެސް ކިތަންމެ ފަހަރަކު ދޮވެފައި ފޮހުނަސް އެ މޫނުމަތިން ފެންނަ ހިތާމަ އެއް ނުފޮރުވޭނެތާއެވެ. އާލިޔާ އެހެން ހުރުމަށްފަހު ފާހަނައިން ނިކުމެފައި ކުލާހަށް ދާން ހިނގައިގަތެވެ.

ވިސްނަން ބޭނުންނުވިޔަސް އޭނާއަށް ވިސްނެނީއެވެ. އެތައްކަމަކާއެވެ. އަޔާން އަންހެނުން ހުރުން ރަނގަޅެވެ. އޭނާއަކީ އެފަދަ މާތް މަޤާމެއްގައި ހުރުމުގެ ހައްޤު ނުވެސް ނެތްކުއްޖެކެވެ. އެކަންވެސް އޭނާގެ މަންމަމެންގެ ސަބަބުން ވަނީ ނިގުޅައިގަނެފައެވެ. އޭނާއާއި އިންނާނީ ކާކުހެއްޔެވެ؟ އޭނާގެ މުސްތަގުބަލުގައި ވާނީ ކިހިނެއްހެއްޔެވެ؟ އަޔާން ފަދަ އިހްތިރާމް ލިބޭ މީހަކާއި އާލިޔާފަދަ ކުއްޖަކަށް ލޯބި ވެވުމަކީ ވެސް ކުށެކެވެ. ލޯތްބަށް ދެވޭ ހުތުރުނަމެކެވެ. އާލިޔަ ފަދަ ކުއްޖަކު ކައިވެންޏޭ ހިތަށް އަރާލުންވެސް ވާނީ ފާފައަކަށެވެ. އާލިޔާއަށް ރޮވެންފެށުނެވެ. އަޑު ނުނެރެން މަސައްކަތްކުރަމުން އޭނާ ދިޔައީ ވެއްޓޭހާ ކަރުނައެއް އަތުން ފޮހެލަމުންނެވެ. ކުއްލިއަކަށް އޭނާ ސިހުނީ މީހަކު އޭނާގެ ކުރިމައްޗަށް އެރުމުންނެވެ. ހުއްޓިލާފައި އިސްއުފުލާލުމާއި އެކު އޭނާއަށް ލިބުނީ ޝޮކެކެވެ. ބޮޑު ދެލޮލުން ފައިބަ ފައިބަ ހުރި ކަރުނަތަށް އަނެއްކާވެސް ފައިބައިގެން ދިޔައެވެ. އާލިޔާ ކުރިމަތީ ހުރި އަޔާންއަށް ނުބަލަން އިސްޖަހާލައިފައި އެއްފަޅިއަކަށް ޖެހިލިއެވެ. އަދި ދާން ހިނގައިގަތީ ފަޔަށް ލެވުނުހާ ބާރެއްލާފައެވެ. “އާލިޔާ އައި ނީޑް ޓު ޓޯކް ކޭން ޔޫ ކަމް ވިދް މީ..” އަޔާން ބުނެލި އަޑާއި އެކު އާލިޔާގެ ދެފައި ހުރިތަނަށް ގަނޑުވިފަދައެވެ. އަވަސް އަވަހަށް ދެލޮލުގައި ވާ ކަރުނަތަށް ފޮހެލާ ހަމަޖެހިލިއެވެ. އަދި ފުންނޭވައެއްލާ ފަސް އެނބުރުނީ އަޔާން އާއި ދިމާލަށެވެ. އަޔާން ހިނގައިގަތީ ލައިބްރަރީއަށެވެ. އާލިޔާ އަޔާންގެ ފަހަތުން ދިޔައީ ވާނުވާ ނޭނގޭ ހާލު އޭނާގެ ހިތާމައިގެ މައްޗަށް ކުރި ހޯދާ މޫނުމަތި އުޖާލާކޮށްލައިގެންނެވެ. ލައިބްރޭރިއަން އާލިޔާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އާލިޔާވެސް އެ ގޮތަށް ހިނިތުންވެލައިފައި އަޔާންގެ ފަހަތުން ހިނގައިގަތެވެ.

އަޔާން ފުރަތަމަވެސް އޭނަގެ އަތުގައި އޮތް ބޯ އެކައުންޓު ފޮތް ވަކިން ހުރި މޭޒެއްގައި ބޭއްވިއެވެ. އާލިޔާ ކައިރި ކުރިމަތީ އިށީންނަން އެދުމުން އާލިޔާ އިސްޖަހާލައިގެން އިށީނދެލިއެވެ. އަޔާން އޭނާގެންގުޅުނު ފޮތް ހުޅުވާލާ އާލިޔާއަށް މިއަދު ނަގައިދިން ފިލާވަޅުން ސުވާލުކޮށްލީ އޭނާއާއި ދިމާލަށް ފުން ނަޒަރަކުން ބަލަން އިނދެފައެވެ. އާލިޔާއަށް ޖަވާބެއް ނުދެވުނެވެ. ނުވެސް އިނގެއެވެ. އޭނާގެ ސަމާލުކަން މިއަދު އިނީ ކިޔެވުމަކު ނޫންތާއެވެ. “އާލިޔާއަށް އިނގޭތަ މި ކުރި ސުވާލަކީ އާލިޔާ ކުލާހަށް އައި ފަހުން ކިޔަވައިދިން ބައެއްގެ ސުވާލެއްކަން؟” އަޔާން އަހާލިއެވެ. އާލިޔާ ޖަވާބެއް ނުދީ އިސްޖަހާލައިގެން ދެއަތް ދެއަތާއި މޮޑެލަ މޮޑެލަ އިނެވެ. “އެންމެ ރަނގަޅު… އާލިޔާ ގެ ޓީޗަރެއްގެ ހައިސިއްޔަތުން އެނގެންޖެހޭ ބައެއް ކަންތަށް އެބަހުރި.. އާލިޔާގެ ކިޔެވުމަށް ބުރު އަރާފާނެތީވެ ސަރ ވެސް ބޭނުންވޭ އެނގެން… ދަރިވަރަކަށް އުނދަގުލެއް ނުވަތަ ކަމެއް ދިމާވާކަން ޓީޗަރަކަށް އިނގުމުން ސުވާލުކުރާނެ ކޮންމެމީހަކަށް ވިޔަސް.. ސޯ… އާލިޔާ ކީއްވެ މިއަދު ފިލާވަޅަށް ކޮންސެންޓްރޭޓް ނުކުރީ؟ ކިތަންމެ ފޮރުވިއެއްކަމަކު ސަރ އަށް އިނގޭ އާލިޔާ ރޯކަން..ރޮނީ ކީއްވެ؟ ކޮންކަމެއްވަނީ؟ ޓީންއޭޖް ކުއްޖަކު މިހާ މައްޗަށް ކަންތަށް ދާއިރު ނޭނގި ނުބުނެ ހުރުމަކީ ގޯސްކަމެއް… މިހާރު ގެ ގޮތުންނަމަ ބޯއިފްރެންޑް މައްސަލައެއް؟ ހާނ؟؟” އަޔާން ގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އާލިޔާ އަޔާންއަށް ބަލައިލެވުނީ ކުއްލިއަކަށެވެ. އޭނާގެ ދެލޮލުގައިވާ ހިތާމައަޔާންއަށް ނަގައިގަނެވުނެވެ. އެހިތަށް އުނދަގުލެއްވިއެވެ ތެޅުން ދެގުނަ ކޮށްލިއެވެ.

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހުރީ ވެވިފާ ބާކީ… (އަށްވަނަ ބައި)

Next

އަދިވެސް ވަރަށް ލޯބިވޭ!!! ( 3 ވަނަ ބައި)

Next
December 11, 2016

އަދިވެސް ވަރަށް ލޯބިވޭ!!! ( 3 ވަނަ ބައި)

Previews
December 11, 2016

ހުރީ ވެވިފާ ބާކީ… (އަށްވަނަ ބައި)

21 Comments!

  1. Ryn says:
    December 11, 2016 at 10:04 pm

    Hey… Good night and tc.. In sha Allah dhe part daily up kureveythw balaanan.. Its damn difficult to up 2 parts daily cx i need a lot of time to recheck and these days im busy.. sorry for being late tonight.. im doing it just for u guys cx u ppl support me so much that i just love reading ur comments and knowing u guys like this part and like my stories.. ur comments really make my day and you guys r the reason why im doing what i love. thankyou for being so sweet.. may b u guys not know it but i really love u guys… and u ppl appreciating me and saying good things , it really means alot to me.. Thankyou 😉 enjoy.. Nights 🙂

  2. Apherna c says:
    December 11, 2016 at 10:06 pm

    Me first.. nice..keep it up ryn..luv u ?

  3. naxu says:
    December 11, 2016 at 10:06 pm

    me first furathama comment kollimi nukiyaa?

  4. Rizoo says:
    December 11, 2016 at 10:17 pm

    Wow. V nice.

  5. Hooooo. says:
    December 11, 2016 at 10:18 pm

    ?????????????
    Varah salhi.

  6. fin says:
    December 11, 2016 at 10:23 pm

    rynn vvv salhi mi part vxx.. thnkxx ruyn 2 parts daily upkura gothah ninmyma… gudnyt 🙂

  7. Aff says:
    December 11, 2016 at 10:38 pm

    Haadha kurey… kiyaahithun indhaa nimuny ? mi part ves varah reethi. N thankx daily koh upkohdheythyve. Love it ??

  8. Aff says:
    December 11, 2016 at 10:44 pm

    Avahah dhaanvy nidhan dhw eyrah heylaa gothah aneh part kiyaalan libeyne kanneynge dhw ?☺ I’m curious to read this story

  9. thoo says:
    December 11, 2016 at 10:53 pm

    Maa shaa allah…ryn v reethi mi part vx… Thee hama best ???

  10. Faathee says:
    December 11, 2016 at 11:21 pm

    V v v v reethi.. v furihama.. Maasha Allah.. daily koh 2 part up koh nudhevunas 1 part up kohla dhecehy alhe. And thanks daily koh up kohla dheythee.. gud night ryn.. we readers love u too

  11. Ba says:
    December 11, 2016 at 11:26 pm

    Vrh reethi ryn. ❤

  12. Flower says:
    December 11, 2016 at 11:26 pm

    Speechless hama..story hama ehaa vx reethi….emme kiyaa hiy vefa in hisaabun thi ninmaaly…alheyy cant wait for nxt part….plxxx avahah up kohdhehchey…ryyn thi kuraa hihvarah hama saabas…luv u r stories sooooo much…????

  13. Chapo says:
    December 12, 2016 at 12:08 am

    Ryn……………. bunaane ehcheh hama ehgothakah ves nyge. Mi part ves hama nahlla SUPER. I like it. plx daily koh up kurahchey..

  14. Hafy says:
    December 12, 2016 at 12:30 am

    Wow thanks mirey nidhaaleveyne
    🙂 i just love ur story

  15. Azuna says:
    December 12, 2016 at 1:17 am

    Varah salhi

  16. Nafu says:
    December 12, 2016 at 1:18 am

    Anything i say about this wont be enough to praise your hard work……. I am just speechless cant think of any praises this story is super awesome and my sis who is never fond of reading dhivehi stories she is quite curious about this story we both eagerly waiting for all the parts and she told to comment that she really likes the plot of this story!??? keep it up and thnx for updating daily ????

  17. Sweety says:
    December 12, 2016 at 2:56 am

    Wow!!!!!!!! Awesome?????

  18. MM says:
    December 12, 2016 at 6:50 am

    Egey igey mi dhebas ragalhah beynun koffaanantha? Mulhi vaahakaigaves igey igey. Egey beynun kuran jehey thanthaa.

  19. ?mixoo says:
    December 12, 2016 at 9:24 am

    its really nice..
    thanks a lot ryn 4 updating it real soon

  20. Faxoo says:
    December 14, 2016 at 12:10 pm

    vrh reethi mibaives 😀 poor poor Aliya 🙁 Aliya ah ehen nahadhaba ryyn 😉

  21. Kalhu handi says:
    December 15, 2016 at 2:09 am

    Hyvany aminiya school ga ulhevey henn

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ.. 7←


All Right Reserved!