Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (އަށްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
December 11, 2016 8 Mins Read
7 Comments

ހަމަ އެ ވަގުތު ތާރާގެ ފޯނު ރިންގްވާން ފެށިއެވެ. އެހެންކަމުން ތާރާ އެނދުން ތެދުވެ ފޯނު ނަގަން އަވަސްވެގަތެވެ. ތާރާގެ ފޯނު ނަގަމުން އިކާންގެ ފޯނުވެސް ނަގާ އިކާން އަތަށް ދިއްކޮށްލިއެވެ.

“ހަލޯ… އާން ބައްޕާ.. މިހިރީ މިހާރު ރޫމްގަ.. ވަރަށް ސަޅި ހޮޓަލެއްގަ މިތިބީ…” ތާރާ އެނދުން ތެދުވެގެން ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. އިކާންގެ ފޯނުގެ ޑިސްޕްލޭ ހުޅުވާލަމުން ދެންމެ އައި މެސެޖް ބަލާލަން ވައިބާ ހުޅުވާލިއެވެ. މެސެޖް ފޮނުވި މީހާ ފެނުމުން އިކާނަށް ބަލާލެވުނީ ބެލްކަނީގައި ހުރި ތާރާއާ ދިމާއަށެވެ.

ފޯނަށް ވާހަކަ ދައްކާ ނިންމާލުމަށްފަހު ތާރާ އެތެރެއަށް ވަނީ ވަރަށް އުފަލުން ހުރެއެވެ. އޭރު ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ބަލަން އިކާން އޮތް ތަން ފެނުމުން އިކާނާ ތާރާ ގާތްވެލިއެވެ. އިކާންގެ މަގަތުގައި އިށީންދެ އިކާންގެ މޭގައި ފިރުމާލިއެވެ. ހިނިތުންވަމުން އިކާން ބަލާލީ ތާރާގެ މޫނަށެވެ.

“ދެންމެ އެ ގުޅީ ބައްޕަމެން… އަޒްކާވެސް ހުރީ ވަރަށް އެކްސައިޓްވެފަ… ބައެއް ފޮޓޯތައް އަޒްކާއަށް ދައްކާލަން ވައިބާ ކޮށްލިން… ކާކު އިކާނަށް މެސެޖް ކުރީ….” ތާރާ އިކާންގެ މޫނާ ގާތްވަމުން އަހާލިއެވެ.

“އެއީ ސްޓޫޑިއޯ ކަމެއްގަ ފިއްޓެ މެސެޖް ކުރީ…” ތާރާގެ ދެ ލޮލަށް ފުން ނަޒަރަކުން ބަލާލަމުން އިކާން ޖަވާބު ދިނެވެ.

“އޯކޭ… ތާރާ އެބަ އަންނަން ޓޮއިލެޓަށް ވަދެފަ އިނގޭ…” ތާރާ މިހެން ބުނަމުން އެނދުން ތެދުވިއެވެ. ފާޚާނާއަށް ވަދެ ތާރާ ދޮރު ލައްޕާލުމުން އިކާން އެނދުމަތިން ތެދުވެ އޭނާގެ ދެއަތް އުފުލާލަމުން ކިހިލިފަތްދަށުން ވަސް ބަލާލިއެވެ. އެއަށްފަހު ރީތިވާ މޭޒު މަތީހުރި ބޮޑީ ސްޕްރޭ ފުޅި ގަޔަށް ބުރުއްސާލިއެވެ. ކޮޓަރި ތެރެއަށް އެއަރފްރެޝްނާ ކޮޅެއް ޖަހާލަމުން ކޮޓަރީގައި ހުރި ނިދާ ބޮކީގެ އަލި މަޑުކޮށްލިއެވެ. އެއަށްފަހު އެނދާ ހަމައަށް ގޮސް އެނދުމަތީގައި އޮތް ކަފަ ރަޖާގަނޑު ރީތި ކޮށްލުމަށްފަހު ކުރިންވެސް އޮތް ގޮތަށް އެނދުގައި އޮށޯތެވެ.

ފާޚާނާއިން ނުކުތް ތާރާ ފެނުމުން އިކާން އަތުގައި އޮތް ރިމޯޓުން ޓީވީ ނިއްވާލިއެވެ. އަލަމާރި ކައިރިއަށް ތާރާ ހިނގައިގަތެވެ. ދަބަސް ހާވާލަމުން އަނބުރާ ފާޚާނާއަށް ވަނެވެ. ތާރާ އިތުރު ސަޕްރައިޒެއް ދޭން އުޅެނީއޭ އިކާނަށް ހީވުމުން އިތުރަށް އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ.

ފަސްވަރަކަށް މިނެޓް ވީފަހުން ތާރާ ނުކުތެވެ. އިކާން މަޑުމަޑުން ތާރާއާ ދިމާއަށް ބަލާލިއެވެ. އޭނާ ލައިގެން ހުރި ހެދުން ވަނީ ބަދަލުވެފައެވެ. ކުރު ޝޯޓް ބުރިއަކާ ޓީޝާޓް ކޮޅެކެވެ. އިކާން ކައިރިއަށް އައިސް އެނދުގައި ތާރާ އޮށޯތެވެ. ހަށަން ބަނދެލައިގެން ސީލިންގާ ދިމާއަށް ތާރާ ބަލަން އޮތެވެ. އިކާނަށް ތާރާގެ ފަރާތުން ތަފާތުކަމެއް ފާހަގަ ވިއެވެ. ތާރާއާ ދިމާއަށް އެނބުރެމުން އިކާން އޭނާގެ އަަތް ތާރާގެ ގައިވަށާލިއެވެ. އިކާނާ ކުރިމަތިލާން ތާރާ އެނބުރިލީ އިރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔަކަން އިކާނަށް އެނގުނެވެ. ހުއްޓުން އަރާފައިވާ ތާރާގެ މޫނަށް ބަލަން އިކާނަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ. “ކިހިނެއްވީ؟… އަޒްކާ މެން މިސްވަނީ ދޯ…”

އިކާން ވާހަކަ ދެއްކީ ތާރާގެ ބޮލުގައި ފިރުމާލަމުންނެވެ. އިކާންގެ އަތުތެރޭގައި ބޮޑިވެލަމުން ތާރާ ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. “ވަރަށް ފޫހިވާ ކަމެއް ވެއްޖެ… ދެން… ވަރަށް ފޫހިވޭ…” ތުންގަނޑު ހަދައިގެން އޮތް ތާރާގެ ދަތް ދޮޅިގައި ހިފާ އިކާން އުފުލާލަމުން އެމޫނަށް ބަލާލީ ވެގެން އުޅޭ ގޮތެއް އިކާނަށް ނޭނގޭތީއެވެ.

ކުސްތަޅަމުން ސިއްރުސިއްރުން ތާރާ ބުނި ޖުމްލައިން އިކާންގެ ދެލޯ ބޮޑު ކޮށްލިއެވެ. އެއަށްފަހު އެއީ މާ ބޮޑު ކަމެއް ނޫނޭ ބުނަމުން ތާރާގެ ގައިގާ އިކާން ބައްދާލިއެވެ.

*** *** *** *** *** ***

ހަނީމޫނު ދަތުރުގެ ތިންވަނައަށް ވީ ދުވަހު ތާރާމެން ޝޮޕިންގް ކުރަން ބޮޑު ޝޮޕިންގް މޯލެއްގައި ތިބި ދުވަހެވެ. ތާރާގެ ފޯނު ރިންގްވުމުން ފޯނަށް ޖަވާބުދޭން އެއްފަަރާތަކަށް ޖެހިލިއެވެ. “ހެއި މިސްޑްޔޫ ސޯމަޗް…. ކިހިނެއްތަ ހުރިހާ ކަމެއް؟.. ކޮބާތަ އިކާން…؟” އުލްފާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

“އިކާންވެސް އެބަ އުޅޭ… މި ތިބީ ޝޮޕިންގް މޯލެއްގަ… އުލްފާ މެން ރަނގަޅުތަ؟” ތާރާ ވާހަކަ ދައްކަމުން އެއްފަރާތުން ހުރި ރެއިލިންގް ދަގަނޑުގަނޑާ ކައިރި ވެލިއެވެ.

“ހެހެހެ.. އެވާހަކަ އެއް ނޫނޭ… ޖަސްޓް ވޯނަ ހިޔަ ހައުވޯޒް ޔޯ ފަސްޓް ނައިޓް…” އުލްފާ ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.

“އެވާހަކަ ދޯ!… އަސްލު އަދިވެސް އެއްވެސް ކަމެއް ނުވޭ… މިކޮޅަށް އައި ތަނުން އަހަރެން ޕީރިއަޑް ވެއްޖެ!… ވަރަށް ވައިދެން…. މިހެން ހުރެ ޓްރެވެލް ކުރަންވީމަ… ފޫހި ކަމެއް… ބަޓް ނޯ އަދަރ ޗޮއިސް… އުލް… ގެއިން އެބަަ ގުޅާ… ވިލް ކޯލް ޔޫ ލޭޓަރ…”

އުލްފާގެ ކޯލް ކަނޑާލަމުން އަޒްކާގެ ކޯލް ތާރާ ނަގާ ހަލޯ އޭ ބުނެލީ ދަތް ދިލުވައިގެން ހުރެއެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔަ އިރު އެ ހުރިހާ ވާހަކަ ތަކެއް ކަނުލާ އަޑުއަހަން އިން ތާރާގެ މޫނުމައްޗަށް ކަންބޮނޑުވުމުގެ ކުލަތައް ފާޅުވާން ފަށައިފިއެވެ.

*** *** *** *** *** ***

ސިޓިންގް ރޫމް ސޯފާގައި އިށީނދެގެން އިން ޒުމްރާ ވާހަކަ ދައްކަމުން ދިޔައީ ތަހުމީނާ އާއެވެ. “ދެން މަޑުކުރާކަށް އަހަންނަކަށް ނުފެނޭ… މާ ބޮޑުވަރު ނުވަނީސް ހިނގާ ފުރަން… އެކޮޅުގަ ސްޓޭގެ ހުރިހާ ކަމެއް ހަމަޖެހިފަ އޭނީ… ތާރާމެން ހަނީމޫނުގަ ތިއްބާ މިވާހަކަތައް ހިއްސާ ކޮށްފިއްޔާ އޭނާ އެތާކު ނުހުންނާނެކަން ތަހުމީނާއަށް އިނގޭނެ…”

“ތިކަން އިނގޭ…. އެކަމަކު ތާރާއަށް ނޭނގި ފުރަންވީމަ… އެކަމަކު ބުނެފިއްޔާ އޭނާ މަޑެއް ނުކުރާނެ… އެންމެ ރަނގަޅު ގޮތަކީ ފުރުން އަވަސްކުރުން… އަހަރެން ފުރަން އެއްބަސް…” ފުން ވިސްނުމެއްގައި އިނުމަށްފަހު ތަހުމީނާގެ ނިންމުން ހާމަ ކުރިއެވެ. ތަހުމީނާގެ ހިޔާލު ބަދަލުކޮށްލެވުނީތީ އެކަމާ އާތިފްވެސް ވަރަށް އުފާ ކުރިއެވެ. ޒުމްރާގެ އަތުގައި ހިފާލަމުން އާތިފް އޭނާގެ ފޯނު ނެގީ ރިޒަރވޭޝަން ހަމަޖައްސަން އޭނާގެ ސެކެޓްރީއަށް ގުޅާށެވެ.

ފޯނު ކަނޑާލި ތަނާހެން އާތިފްގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް ހުޅުވާލި އިރު އެއީ ތާރާ ފޮނުވާފައިވާ މެސެޖެކެވެ. މިރޭގެ ފްލައިޓުން ތާރާ މާލެ އަންނަ ވާހަކަ ބުނެފައިވުމުން އެކަމާ އާތިފް ހައިރާންވިއެވެ. އާތިފްގެ މޫނަށް ބަލަން ތިބި ޒުމްރާއާ ތަހުމީނާއަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. އާތިފްގެ ފަރާތުން ޖަވާބެއް ލިބޭނެކަމަށް އެމީހުން އެދިގެން ހުރި ނަމަވެސް އާތިފްގެ ދޫ ހަރަކާތެއް ނުކުރިއެވެ. އާތިފްއާ ދިމާއަށް ނަޒަރު ހުއްޓިފައި ތިބި އެންމެންގެ ސަމާލުކަން ދަމައިގަތީ އޭރު ކޮޓަރި ތެރެއިން ނުުތް އަޒްކާގެ އަޑަށެވެ. “ހެއި މިރޭ ދޮންތަ އެބަ އާދޭ… ޝީޒް ކަމިންގް ޓުނައިޓް….”

“ވަޓް…” ޒުމްރާއަށް ބުނެވުނީ އެހިސާބަށެވެ. އެންމެންވެސް ތިބީ ހައިރާންވެފައެވެ. ޖަވާބެއްގެ އިންތިޒާރުގައި އެންމެން ބަލަން ތިބީ އަޒްކާއާ ދިމާއަށެވެ.

“އައި ޓޯލްޑްހާ.. މަންމަ ބަލި ވާހަކަ… އެންޑް ސިންގަޕޯރ އަށް ދާން އުޅޭ ވާހަކަ… ސޯ ދޮންތި ބުނި މި ބަލަނިއްޔޯ މާލެ ދެވޭނެ އެންމެ އަވަސް ފްލައިޓަކުން ޖާގަ ލިބޭތޯ… އެންޑް ލުކް ޝީ ޑިޑް އިޓް…” އަޒްކާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން އާތިފް އުނަގަނޑުގައި އަތްވިއްދާލިއެވެ.

“ސާބަސް އަޒްކާ.. ދޮންތި ހަނީމޫންގަ ހުރީމަ ބައްޕަމެން މިއުޅުނީ ދޮންތައަށް ނާންގަން… އިޓްސް ހަރ ހެޕީ މޯމަންޓް… ފަހުން ތާރާއަށް ސިންގަޕޯރއަށް އާދެވިދާނެ ނޫންތަ؟…” އާތިފް ހިތްހަމަނުޖެހި ހުރެ ވާހަކަ ދައްކަމުން ސިޓީންގް ރޫމުގައި ދެކޮޅަށް ހިނގަން ފެށިއެވެ.

“ދޮންތައަށް ނާންގާ އަަހަރެމެން ތިބިއްޔާ އޭނާ ދެރަވާނެ… މަންމައަށް ކަމެއް ވެއްޖިއްޔާ ޝީ ވޯންޓް ފޮގިވް އެނީ އޮފް އަސް… ދޮންތަ އަށް އިނގެން ޖެހޭނެ… ނޫންތަ ދައްތާ….” ޒުމްރާ އިށީނދެގެންއިން ސޯފާގެ އަތްގަަނޑު މަތީ އިށީންނަމުން އަޒްކާ ވާހަކަ ދެއްކީ އެންމެންގެ މޫނަށް ވަކިވަކިން ބަލަމުންނެވެ.

“އަޒްކާ އެބުނީކީވެސް ދޮގު ވާހަކައެއްނޫން… ތާރާއަށް އަންގަންވާނެ… ފަހުން ހަމަޖެހިގެން އެކުދިންނަށް ހަނީމޫނު ދަތުރެއް ދެވިދާނެ ނޫންތަ؟… ސޯ އެމީހުން އަންނަ ކަމަށް ވަންޏާ ތާރާ ކައިރީ އަހައިގެން ސިންގަޕޫރަށް ދާ މީހުން ބަލާފަ ރިޒާރވޭޝަން ހަމަޖައްސާ…” ޒުމްރާ މިހެން ބުނެ ސޯފާއިން ތެދުވެ ތަހުމީނާގެ އަތުގައި ހިފާލިއެވެ. ދުރުގައި ހުރި ކަމްލާވެސް އެވަގުތު އައިސް ތަހުމީނާގެ ގައިގާ ހިފެހެއްޓިއެވެ. އެ ދެމީހުންގެ އެހީގައި ތަހުމީނާ ކޮޓަރިއަށް ގެންދިޔައީ ތަހުމީނާ އަރާމުކޮށްލަން ބޭނުންވާތީއެވެ.

*** *** *** *** *** ***

ލަގެޖްތައް ޑިކީބަޔަށް ލުމަށްފަހު ތާރާއާ އިކާން ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ. ތާރާގެ އަތުގައި އިކާން ހިފާލީ ތާރާ ހާސްވެފައި ހުރިވަރު އެނގެތީއެވެ.

“ދެންމެ އެ ގުޅީ ބައްޕަ… ސިންގަޕޯރއަށް މާދަމާ ފުރާ ފްލައިޓެއް އިނީމަ… ރިޒަރވޭޝަން ހަމަޖައްސަން… އިކާންވެސް ދާނަންދޯ!…” އިކާންގެ މޫނަށް ތާރާ ބަލާލިއެވެ.

“ނޫން… އައިމްގޯނަ ސްޓޭ… ސްޓޫޑިއޯގެ މަސައްކަތްތައް ނިންމާލަން ހުރީމަ… ބަޓް ކަމެއް ގޯސްވަންޏާ އަންގާލާތި އަހަރެން އެންމެ އަވަހަށް ފުރާ އެއްޗަކުން ދާނަން… އެގޮތް އޯކޭ ވާނެތަ؟…” އިކާންގެ ހިޔާލު ހުރިގޮތް ހިއްސާކޮށްލުމުން ތާރާ ބޯޖަހާލީ ހިނިތުންވަމުންނެވެ. އެމީހުން ތިބި ކާރު މިސްރާބު ޖެހީ ޑުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓާ ދިމާއަށެވެ.   ފޯނުން ތާރާގެ ބައްޕައަށް މެސެޖް ކޮށްލީ ސިންގަޕޯރަށް ދާނީ ތާރާ އެކަނި ކަމަށް ބުނާށެވެ.

ދިގު ދަތުރަކަށްފަހު އިކާންމެންގެ ދެމަފިރިން މާލެ އާދެވުނު އިރު އެމީހުން ބަލާ އާތިފް  ފޮނުވި ޑްރައިވަރ އިންތިޒާރުގައި ހުއްޓެވެ. ތާރާ ބޭނުންވީ އޭނާގެ މަންމަ ދެކިލަން ގެއަށް ދާށެވެ. އެގޭ ކައިރިއަސް ކާރު މަޑުކޮށްލުމުން ތާރާއާ އިކާން އަވަހަށް މިސްރާބު ޖެހީ ގޭތެރެއަށް ވަންނާށެވެ. ސެކިއުރިޓީ މީހާގެ އެދުމަށް އެ ދެމަފިރިންގެ ލަގެޖް މައްޗަށް ގެންދިޔުމަށް ޑްރައިވަރާ އެކީ އެގޭ މަސައްކަތު މީހެއް އަވަސްވެގަތެވެ.

އެޕާޓްންޓްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ތާރާ އަވަސްވެގަތީ ތަހުމީނާގެ ކޮޓަރިއާ ދިމާއަށެވެ. އިކާން ގޭތެރެއަށް ވަދެ ސިޓިންގް ރޫމްގައި މަޑުކޮށްލިއެވެ. ތަހުމީނާ އޮތް ހާލު ފެނުމާއެކީ ތާރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގަތެވެ. “ތާރާ… ކޮން އިރަކު އައީ؟… ކޮބާތަ އިކާން؟…” ބަލި އަޑުން ތަހުމީނާ ވާހަކަ ދެއްކި އިރު އޭނާގެ ގައިގާ އެއްވެސް ވަރެއް ނެތްކަހަލައެވެ.

އިކާނަށް ތާރާ ގޮވާލިއެވެ. އޭރު އިކާނާ އެކީ އާތިފް ބޭރުގައި ވާހަކަ ދައްކަން ހުއްޓެވެ. އެ ދެމީހުންވެސް ތަހުމީނާމެން ކޮޓަރިއަށް އަަވަސްވެގަތެވެ. އެނދު ވަށާ އެންމެން ތިބީ ތަހުމީނާ ދައްކާ ވާހަކައެއް އަޑުއަހާށެވެ.

“މަންމަމެން އެއްކޮށް ސިންގަޕޫރަށް ބަދަލުވާން މިވިސްނަނީ.. އަޒްކާ އެކޮޅުން ކޮލެޖަށް ވައްދަން ހުރިހާ ކަމެއް ދައްތަ ހަމަޖައްސާނެ… އެހެންވީމަ އެކޮޅުގަ އަހަރެމެން މަޑުކުރާތީ މިގެ ހުންނާނީ ހުސްކޮށް.. މަންމަ ބޭނުންވަނީ ތި ދެކުދިން މިގޭގަ ދިރިއުޅެން… މަންމައާ އެކީ ކަމްލާވެސް އެކޮޅަށް ދާނެ… އެކަމަކު ދައްތަމެން ގެއިން ނޯކަރެއް މިގެއަށް ހަމަޖައްސާނަން… އެގޮތް ކިހިނެއްވަނީ… މަންމަ ބޭނުމެއް ނޫން މިތަން ހުހަށް ބަހައްޓާކަށް.. އަދި ކުއްޔަށް ދޭކަށްވެސް…”

ތަހުމީނާގެ އެދުން ހާމަކުރުމުން ތާރާއަށް ބަލާލެވުނީ އިކާންގެ މޫނަށެވެ. އިކާންމެން ގެއިން އެމީހުންނަށް ތައްޔާރުކޮށްފައިވާ ރީތި އެޕާރޓްމަންޓް ހިތަށް އެރުމުން އިކާން ދޭނެ ޖަވާބަކާ މެދު ތާރާއަށް ވިސްނާލަން މަޑުކޮށްލެވުނެވެ. ތާރާގެ މޫނަށް ބަލަން ހުރުމަށްފަހު އިކާން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ.

“އަޅުގަނޑުގެ މައްސަލައެއް ނެތް؟… މިގޭގަ އުޅެން ވިޔަސް… ތާރާ މަންމަގެ އެދުމެއްނު… އަޅުގަނޑު ހަމަ ހިިތުން ރުހުމާއެކު ގަބޫލު… އަޅުގަނޑުމެން އުޅޭނީ މިތާގަ… ކީކޭ ތާރާ ބުނަނީ؟…” އިކާންގެ ނިންމުން ހާމަކުރުމުން ތާރާގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަ ފާޅުވެގެން ދިޔައެވެ. އުފަލުން ތާރާ ބޯ ޖަހާލުމަށްފަހު އޭނާގެ މަންމަ ގާތަށް ޖެހިލަމުން މަންމަގެ އަތުގައި ފިރުމާލިއެވެ. އެއަށްފަހު އިކާންގެ މޫނަށް ބަލާލިއިރު ތާރާ ހިނިތުންވެލަމުން ތުންފަތް ހަރަކާތްކޮށްލިއެވެ. އިކާން ހުރީ ތާރާގެ ހަރަކާތަށް ބަލަން ކަމުން ތާރާ ބުނީ ކީކޭކަން އޭނާއަށް އެނގުނެވެ.

“އައި ލަވް ޔޫ….” ތާރާ އެހެން ބުނީ އޭނާގެ މަންމަގެ އެދުމާ އެއްގޮތަށް އިކާންގެ ނިންމުން ހާމަ ކުރީމަކަން އިކާނަށް އެނގުނެވެ. ހިނިތުންވެލަމުން އިކާން އެކޮޓަރިން ނުކުންނަން ހިނގައިގަތީ ސްޓޫޑިއޯއަށް ވަދެލަން ޖެހޭ ވާހަކަ ބުނަމުންނެވެ.

ނިދިފައި އޮތް ތާރާއަށް ހޭލެވުނީ އޭނާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. ދެލޯ ހުޅުވާލަމުން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމުން މިއޮވެވުނީ ކޮންތާކުކަން އޭނާއަށް ރޭކާލިއެވެ. ތަހުމީނާގެ މޫނަށް ބަލާލަމުން ތާރާ އެނދުން ތެދުވިއެވެ. އަދި ފޯނުގައިވާ ގަޑިއަށް ބަލާލުމަށްފަހު ފްލައިޓް އޮތް ގަޑި އޮޅުން ފިލުވަން އާތިފްގެ ނަންބަރަށް ގުޅާލިއެވެ.

“ކޮބާ ހޭލެވުނީދޯ… ބައްޕައާ އެކީ ކޮފީއެއް ބޮއެގެން އިކާން ސްޓޫޑިއޯއަށް ރޭގަ ދިޔައީ… މިހާރު ސައިބޮއެގެން ފުރަންދާން ނައްޓާލަންވީ.. ތާރާއަށް ނިދިފަ އޮތީމަ ބައްޕަ ނުގޮވީ….” ސިޓިންގްރޫމަށް ތާރާ ނުކުތީ އަޒްކާ ހޭލައިފިތޯ ބަލާށެވެ. އޭނާއަކީ އެހާ ތަތްކޮށް ތައްޔާރުވާ ކުއްޖަކަށް ވީމައެވެ. ތާރާއާ އިކާންގެ ލަގެޖް ސިޓިންގް ރޫމުގައި ހުރިތަން ފެނުމުން ތާރާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ދަތުރަށް ތައްޔާރީތަކެއްވެ ޕެކްކުރަން ނުޖެހޭނެކަން އޭނާއަށް އެނގުމުން ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

އަޒްކާއަށް ގޮވާލަމުން އެކޮޓަަރީގެ ދޮރު ތާރާ ހުޅުވާލިއެވެ. އަޒްކާ ހުރީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ދަބަސްވެސް ޕެކް ކޮށްގެންނެވެ. ސިންގަޕޯރއަށް ދެވޭތީ އެކަމާ އުފަލުން ރޭގަަ އޭނާ ނުނިދާ ހުރެ ޕެކްކޮށް އެންމެނަށް ވުރެ ކުރިން އޭނާ އެހުރީ ތައްޔާރު ވެގެންނެވެ.

“ތާރުގަނޑޫ.. ދޭ ފެންވަރައިގެން ރީތިވާން… ގަޑިއަށް ރެޑީވެގެން ހުންނާތި.. ޑޯންޓް ބީ ލޭޓް… ކޮބާ މަންމަ..” އަޒްކާ އެކޮޓަރިން ނުކުމެ ތަހުމީނާ ކޮޓަރިއަށް ދާން އަވަސްވެގަތެވެ. ތާރާވެސް އަވަސްވެގަތީ އަވަހަށް ތައްޔާރުވާށެވެ. ތާރާގެ ކޮޓަރިއަށް ވަންނަމުން ޖިންސު ޖީބުގައި އޮތް ފޯނު ނަގާ އިކާންގެ ނަންބަރަށް ގުޅާލިއެވެ.

“ހެއި.. ސޮރީ ސްޓޫޑިއޯގަ އިންދާ ނިދުނީ… ކޮންއިރަކު ފުރަނީ؟…” ފޯނު ނެގުމަށްފަހު އިކާން ވާހަކަ ދެއްކީ ކަންނެތް ގޮތަކަށެވެ.

“އިރުކޮޅަކުން ނައްޓާލަން މިއުޅެނީ…. ފުރުމުގެ ކުރިން ގެއަށް އާދެބަލަ.. ބައްޕަ ބުނި އިކާނަށް ތަޅުދަނޑި ދޭންވެގެން އިކާން ކޮބާހޯ… އާދޭ އަވަސްކޮށްލައިގެން ސައިބޯން… ލަސް ނުކުރައްޗޭ….” ތާރާ ފޯނު ކަނޑާލުމަށްފަހު އަވަސްވެގަތީ ފާޚާނާއަށް ވަދެ ރީތިވާށެވެ.

ރީތިވެގެން ތާރާ ބޭރަށް ނުކުތް އިރު އިކާން ސިޓިންގް ރޫމުގައި އިންތަން ފެނުމުން ހިތްހަމަޖެހުމެއް ލިބުނެވެ. އިކާން ގާތަށް ގޮސް ސައިބޯން އަންނާށޭ ތާރާ ބުނެލުމުން އިކާން ސޯފާއިން ތެދުވެ ތާރާގެ އަތުގައި ހިފާލިއެވެ. “ބައްޕަ ތަޅުދަނޑި ދީފި…” ތާރާއާ ގާތްވެލަމުން އިކާން ބުނެލިއެވެ.

“ބަޓް.. ތާރާ އަންނަންދެން އައިވިލް ސްޓޭ އިން މައި ޕްލޭސް… އޯކޭތަ؟…” ތާރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އިކާން ބޭނުންވާގޮތް ހާމަކޮށްލިއެވެ. އެކަމުގަ އެއްވެސް މައްސަލައެއް ނެތޭ ބުނެލަމުން ތާރާ ބޯޖަހާލީ ހިނިތުންވަމުންނެވެ. ތާރާގެ މަންމައާ ބައްޕައާ އަޒްކާ އަދި އިކާންމެންގެ ދެމަފިރިން ސައިބޯން މޭޒުދަށުގައި ތިބިއިރު އެކި ކަހަލަ ވާހަކަތައް ހިއްސާ ކުރަމުން ދިޔައެވެ.

ހުޅުލެއަށް ދާންޖެހޭ ގަޑި ކައިރިވުމުން ތާރާ އިކާންގެ ގައިގާ ބައްދާލިއެވެ. ގޭޓްކައިރީ ތިިބި އެންމެންނަށް އެމަންޒަރު ފެނުމުން ތާރާއާ ދިމާކޮށްލިއެވެ. ތާރާއާ ސަލާމް ކޮށްލަމުން އިކާން މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާއަށެވެ. ތާރާމެން ހުޅުލެއަށް ދާން ޓަރމިނަލާ ދިމާއަށް ދަތުރު ފެއްޓިއެވެ.

*** *** *** *** *** ***

އިކާން ގެއަށް ވަނުމާއެކީ ކޮއްކޮ އަލީޝާއާ މަންމަ އާމިރާގެ ސުވާލުތަކުން އިކާންގެ ސިކުނޑި ގޮއްވާނުލީ ހަމަ ކިރިޔާއެވެ. “ދޮންބޭ.. އަޅެ ހާދަ އަވަހަކަށް ތިއައީ… ގައިމު ބުނި ދިހަ ދުވަހުގެ ޓްރިޕްއެކޭ… ކޮބާ ތާރާ؟…”

“އޯކޭ… ހަމަ ޖެހޭ.. ހުރިހާ ވާހައެއް މިކިޔައި ދެނީ….” އިކާން އަވަހަށް މާލެ އަންނަން ޖެހުނީ ކީއްވެކަމާ، ކުއްލި ގޮތަކަށް ތަހުމީނާ ގޮވައިގެން ތާރާމެން ސިންގަޕޫރަށް ފުރަން ދިޔަ ވާހަކަ ބުނެ ނިންމާލުމުން އާމިރާއާ އަލީޝާ މުޅިން ހިމޭން ވިއެވެ.

އެ ހަމަހިމޭންކަމުގެ ތެރޭގައި އިކާނަށް ހުންނަން އުނދަގޫވުމުން އޭނާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ދޮރު ހުޅުވާފަ ހުރުމުން އާމިރާ އެކޮޓަރިއަށް ވަދެ އިކާން ކައިރީީ ހުއްޓިގެން ހުރެ ވާހަކަ ދެއްކިއެވެ. “އަޅެ މަންމަ ގާތު އިކާން ނުބުނީ ކީއްވެ.. މިހާރު މީ އާއިލީ ގުޅުން އޮތް ބަޔަކަށް ވާއިރު އެމީހުންނަށް ދިމާވާ ކަންކަަމުގަ މަންމަމެންވެސް ވީ ވަރަކުން އެހީ ވާންވާނެ ދޯ…. އިކާން ބޮޑުވެގެން މީހަކާ އިނަސް އަދި ސިކުނޑި ޅަވީމަ ވާ ގޮތްމީ… ދެންވެސް އެކަހަލަ ކަމެއް ވެއްޖިއްޔާ މަންމަމެން ކައިރީ ބުނެލާތި.. އެހެންނޫނީ އާތިފްމެން ހީކުރާނީ ކީކޭ… އަހަރެމެން ވާނެ ދޯ އެންމެ ގާތުގަ އެހީވާން ތިބެން…”

އިކާންގެ މަންމަ ދައްކަމުން ދިޔަ ވާހަކަތަކަށް އާން ހޫން އަޅުވާލަމުން އިކާން އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ފޯނަށް ބަލަން އޮތީ ތާރާގެ މެސެޖެއް ލިބޭތޯއެވެ. އެހެން އޮއްވާ އިކާންގެ ދެލޮލަށް ބަރުވެ އޭނާގެ ލޮލަށް ނިދި ސަވާރުވީއެވެ.

ނިދިފައި އޮތް އިކާނަށް ހޭލެވުނީ ބިއްލޫރި ތައްޓެއް ތަޅައިގެން ދިޔަ ޒާތުގެ އަޑަކަށެވެ. ސިއްސައިގެން ދިޔުމުގެ ސަބަބުންނާ އެކީ އިކާނަށް އަވަގުތު ހުރެވުނީ ކޮޅަށެވެ. “ކާކު…” އަޑު ބާރުކޮށް އިކާން އަހާލިއެވެ.

“ސޮރީ ދޮންބޭ… އަހަރެން އަތުންތައްޓެއް ތެޅުނީއްޔޭ!…” އަލީޝާ ބާރު ބާރަށް ވާހަކަ ދައްކަމުން ދިޔައީ އިކާނަށް އަޑު އިވޭނެ ވަރަށެވެ. ބެލްކަނިން ބޭރު އިކާނަށް ފެނުމުން ކޮޓަރީގައިވާ ގަޑިއަށް އޭނާއަށް ބަލާލެވުނެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. އިކާނަށް އެހާ ގިނަ އިރުވަންދެން ނިދުނީކަން އެނގުމުން ވަރަށް ދެރަވިއެވެ. ފޯނު ނަގާ ކޯލް ލިސްޓް ބަލާލިއިރު ތާރާ ފަސްފަހަރަށް ގުޅާފަ އޮތެވެ. އިކާނަށް މެސެޖްވެސް ކޮށްފަ ހުއްޓެވެ. ވައިބަރ އިން ތާރާގެ ނަބަރަށް ގުޅޭތޯ އިކާން މަސައްކަތް ކުރަމުން ގޮސް އެކޮޓަރީގައި ހުރި އަލަމާރީގެ ދޮރު އިކާން ހުޅުވާލިއެވެ. އަލަމާރީ ހުރީ ހުސްކޮށެވެ.

ތާރާއާ ކައިވެނި ކުރުމަށްފަހު އެމީހުން ދިރިއުޅެން ނުވަވަނަ ބުރީގައިވާ އެޕާޓްމަންޓް ތައްޔާރުކޮށް އެތަނަށް އިކާންގެ ސާމާނުތައް ބަދަލުކުރި ހަނދާންވުމުން ބޮލުގެ އިސްތަށިގަނޑުގައި އިކާނަށް އަތް ހާކާލެވުނެވެ.

“ހެއި.. އިކާނަށް ވަރަށް ގުޅިން… މިހާރު މިތިބީ ހޮސްޕިިޓަލުގަ… މަންމަ އެޑްމިޑްކޮށްފި… ވަކި އެއްޗެއް ބުނަން އެނގޭނީ ޓެސްތުތައް ހެދުމަށްފަހު ކަމަށް ބުނަނީ…” ތާރާ ވާހަކަ ދެއްކުން ވަރަށް އަވަސްވެފައި ވަރަށް ދޫފަރިތައެވެ. ތާރާ ކީ ހުރިހާ އެއްޗެއް އިކާންގެ ސިކުނޑިއަށް ނަގައެއް ނަގަނެވުނެވެ.

“އެހެންތަ؟..  އަހަރެން ގެއަށް އައިސް ޖައްސާލައިގެން އޮއްވާ ނިދުނީ.. ދެންމެ މި ހޭލެވުނީ…. ވާނުވާ އަންގައްޗޭ… ތާރާ ކައިފިންތަ؟…” ފޯނަށް ވާހަކަ ދައްކަމުން އިކާން އެ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންގް ރޫމުގައި ފިހިގަނޑަކާ ޖަސްތުގަނޑެއް ހިފައިގެން އަލީޝާ އުޅުނީ ޓައިލްސް މަތީ ހުރި ބިއްލޫރިކޮޅުތައް ނަގާށެވެ.

ފަހުން ގުޅާނަން ކަމަށް ބުނުމަށްފަހު ތާރާ ފޯނު ކަނޑާލިއެވެ. އިކާންވެސް އެވަގުތު އަވަސްވެގަތީ ނުވަވަނަ ބުރިއަށެވެ. އެޕާޓްމަންޓްގެ ދޮރު ހުޅުވާލުމަށްފަހު އިކާން ލައިގެން ހުރި ހެދުންތައް ގައިން ވަކިކޮށްލުމަށްފަހު އޭނާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ.

ރީތިކޮށްް ފެންވަރައިގެން އިކާން ނުކުމެ ގައިން ފެންހިއްކާލިއެވެ. އެއަށްފަހު އަލަމާރި ހުޅުވާލުމަށްފަހު އޭގެންނެގި ހުދު ކުލައިެ ޝޯޓުބުރި ލިއެވެ. އިސްތަަށިގަނޑުގައި ހުރި ފެންތައް އަތުން ފޮޅާލަމުން އެނދާ ދިމާއަށް އިކާން އެނބުރިލީ ވަގުތު ބެލްކަނީ ދޮރު ހުޅުވިފަ ހުރިކަން އެނާއަށް އެނގުނެވެ. ވަޔާއެކީ ދޮރުކައިރި ހުރި ދޮރުފޮތިތައް ވިހުރެމުން ދިޔައެވެ. އިކާން ކުރިއަށް ޖެހިލީ އެ ދޮރު ލައްޕާށެވެ. ނަމަވެސް އެ ވަގުތު އިކާންގެ ކަންފަތުގައި ޖެހުނު އަޑުން އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. ވޭނީ ރިހުމެއް އެއަޑުގައި ހުރިކަހަލައެވެ.

ނުހަނު ލޯބިން މިތާ، ކުރީ ވައުދާ ހުވާ….

ދެހިތް ވަކިވެވި ނުދާ. އަރަންޏާ އިރުހަނދާ….

ތެމިއްޖެލޯ ކަރުނައިން. ރޮވިއްޖެ ތިޔަ ހަނދުމައިން…

ހިނގައްޖެ އުންމީދުތައް، މުޅިން ބޭކާރުވެގެން…

ޚިޔާލާ ފިކުރުގާ، ހުރީ ވަރުބަލިވެފާ…

     ވަނީ ވެވިފާ ބާކީ…

(ނުނިމޭ)

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ޢަޞްރު (ފަނަރަވަނަ ބައި)

Next

ހިތް އެކީ ދެވިއްޖޭ…6

Next
December 11, 2016

ހިތް އެކީ ދެވިއްޖޭ…6

Previews
December 11, 2016

ޢަޞްރު (ފަނަރަވަނަ ބައި)

7 Comments!

  1. aina says:
    December 11, 2016 at 7:58 pm

    salhi dhen

  2. shai says:
    December 11, 2016 at 8:14 pm

    Yeyy me 1st… shax vaahaka varah reethi hama …next part avahah up kohdhyba

  3. Eyna says:
    December 11, 2016 at 9:15 pm

    V rythi..

  4. poor her says:
    December 11, 2016 at 10:16 pm

    Alhe adhives emeehunna kameh nuvi dhw… ??? shaz thihen nuhadhabala… But v realistic… Aammukoh mihenvaaneee

  5. nunnu says:
    December 12, 2016 at 1:27 pm

    Alheyyy kaaku anehka thara dhaa irah ikan kairiah aee?konthaakun anna kaaku ge adehba ikan ah ivuny???waiting waitin for next part.love this story.

  6. fazloon says:
    December 13, 2016 at 11:30 am

    v furihama Lyn

  7. Reesh says:
    December 13, 2016 at 8:50 pm

    Shaz dear I am not happy with this story and the previous story
    “MANSHA”. Me, my sisters and my mom use to read you stories before. Kandu fen story was one of our favorite story. That story was unique and perfect. Concept and everything was so good. But lately the stories you are writing is not as good as the stories you wrote before. my mom she doesn’t even want to read this story. I tried to explain her that its a 18+ story but she said its bit too much. But i have been reading this story from the beginning haven’t stopped it. But it seems I’m kinda losing interest now. I know you have talent and I hope you will try to do better than this. I’m looking forward for a better story. Wish you all the best. Have a good day. 🙂

Comments are closed.


All Right Reserved!