”ޒަންމަ. އަހަރެންނަކަށް ތިކަމެއް ނުވާނެ. އަހަރެން ޝަމްވީލްދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ބޮޑަށް.” ހަޔާތު އޭނާގެ ހިތުގެ ހާލު އިއްވާލުމަށްފަހު ދޮރާ ދިމާލަށް އެނބުރިލިއެވެ. އެވަގުތު ކުރިމަތީގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނުމުން އޭނާގެ ހިތް ބާރަކަށް ތެޅިގަތެވެ. ހަޔާތުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި މުޖާހުގެ ހިތަށް ހީވީ ލޮޅުމެއް އައި ހެންނެވެ. އެހިތަށް އުނދަގޫވެގެން ދިޔައެވެ. ރަތްވެފައިވި އެދެލޮލާއި މޫނު ފެނި އެހިތަށްވެސް އަސަރުކުރިއެވެ. ވެގެން އުޅޭ ގޮތް […]
“ކޮންތާކުން ދެމީހުން ތި ވަޑައިގަތީ… މިހާރު މިތާ ތިމީހުން އަންނަންދެން މިތިބެނީ ނުކައި..ހިނގާ ދާން އަވަހައް ދެންވެސް ބަނޑަށް ކާއެއްޗެއް ލެވޭތޯ. މިހާރު މަގޭ ބަނޑުން އެބަ އަޑުގޮވާ.”ކިޔާރާ އާއި ނައުފް އައުމުން ނާހާ ފުރަތަމަވެސް ޝަކުވާތައް އޮއްސާލި އެވެ. “ތިއެންމެން ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތޭ..”ޕާން ފޮއްޗެއް ކާން އިން ނައުފް ކިޔާރާ އަށް ބަލައިލަމުން ބުންޏެވެ.”ކޮން ވާހަކައެއް..ޖަލްދީ ކަރޯ.”ނައުހާން ކެތްމަދުވެފައި އަހާލި އެވެ. “އަމް..މީ..މަށާ..މަށާ ކިޔާ އާ..ދެން އެނގިއްޖެ ދޯ..”ނައުފް ގޮސް […]
ދެއަތް ގުޅާލަމުން ދެމީހުންވެސް އެތްވަރަކަށް ހިނގައިގަތީ އެމީހުން އުޅޭ ގެއާއި ހިސާބަށް ދިޔުމަށެވެ. އެއިރު އެތަނުގައި އެމީހުންނޫނަސް އެތައް ޓުއަރިސްޓުން ވާރޭގައި ތެމި ފޯވަމުން ދިޔައެވެ. ***************** އުފާވެރި އަދި ހިތްހަމަ ޖެހުމުގެ ކުލަވަރާއެކު ޖެހިގެން އޮތް ދުވަހު ހަމީހުން މާލެ އައިރު ކުރިއަށް ވުރެ ބޮޑަށް އެކަކު އަނެކަކު ގެ ދެމެދުގައި ވާ ގުޅުން ވަނީ ކުރިއަރާފައެވެ. އެކިއެކި ވާހަކައިގައި ތިބެގެން ގޭތެރެ އަށް ވަން އީނާ އިޝްހާ އަދި ރީހާން ގެ މޫނުމަތީގައި ވަނީ […]
ދިހަ މަސް ފަސް…….. މިއަދަކީ އަހަރެމެންގެ ކައިވެންޏަށް އެއް އަހަރު ފުރޭ ދުވަހެވެ. މިހާރުގެ ކުދިން ގެ ބަހުރުވައިން ނަމަ “އެނިވާރސަރީ” އެވެ. އަހަރެން ހުރީ ވަރަށް އުފާވެފަ އެވެ. އަންހެނުންވެސް މެއެވެ. އާއިލާ މީހުންވެސް މެއެވެ. އަހަރެންނަށް ފަތިހު ހޭލެވުނީ އިރު ފަތިސް ނަމާދު ބަންގި ގޮވަނީއެވެ. އަވަހަށް ފާހާނާ އަށވަދެ ވުޟޫ ކޮށްލައިގެން އައިސް ރީތި ވެގެން ދިޔައީ މިސްކިތަށެވެ. މިސްކިތުން އައި އިރު މަންމަ މެން ސައި ހަދަން އުޅެއެވެ. އަހަރެން ކޮޓަރިއަށް […]
“ޒޯޔާއޭ؟ ކާކު ބުނީ ޒޯޔާ ދެކެ އޭ އަހަރެން ލޯބިވަނީ؟” މިފަހަރު ވާނުވާގައި އިނީ މާނިއު އެވެ. “ޒޯޔާ ނޫނިއްޔާ ދެން ކާާކު؟” މިޒްނާ ކެއްމަދުވެފައި އެއްސެވެ. “އިޓްސް…” މާނިއު ބޭނުންވީ މިޒްނާ ތަޅުވާލަންށެވެ. “އިޓްސް ހޫ؟” މިޒްނާއަށް އެހެން އެހުނީ ތަންކޮޅެއް ބާރަށް ކަމުން އެތާ ތިބި ކުދިންތަކެއް ބަލަން ފެށިއެވެ. މިޒްނާ ލަދުން މޫނު އަތުތެރޭ ފޮރުވާލިއެވެ. މާނިއުއަށް އެތަން ފެނި ކުޑަކޮށް ހިނި އަންނަ ގޮތްވިއެވެ.”އިޓްސް ޔޫ ބޭބީ. އިޓްސް ޔޫ ހޫ […]
“ދެންވެސް ތި ދިމާނުކޮށް ސައިބޮއެބަލަ އަވަހަށް ދެމީހުން. ވަޒީފާގެ ފުރަތަމަ ދުވަހު ދެމީހުން ގަޑިޖެހުނީމަ ރިއްޗެއް ނުވާނެ. ހެހެހެ…” ޝަހީން އެހެން ބުނެލުމުން ޝިޔާ އާއި ޝަޔާން ވެސް އަވަހަށް ސައިބޮއެގެން މަގުމައްޗަށް ނިކުތެވެ. މަގުގެ އެއްފަރާތެއްގައި ޕާކްކޮށްފައި ހުރި ޝަޔާންގެ ސައިކަލު ހިފައިގެން ޝަޔާން އައުމުން ޝިޔާ ސައިކަލަށް އެރިއެވެ. އެއާއެކު ޝަޔާން މިސްރާބުޖެހީ ‘ހެޕީ ބީޓްސް’ ކްލިނިކާ ދިމާއަށެވެ. މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް އޮފީސް ކަމަށްވާ ‘ގްރީން ވޭވް ‘ […]
ކައިލާން އެނދުމައްޗަށް ވެއްޓިގަތެވެ. ސިނކުޑީގައި އެނބުރެނީ ވީރާގެ ހިޔާލުތަކެވެ. އެ ރީތި ބޮޑު ދެލޮލެވެ. ކަޅު ކަން ގަދަ ކަޅިއެއް ލިބިފައި ވީއިރު ލިބިފައި ވަނީ ދިގު ފަން އިސްތަށިގަނޑެކެވެ. އެ ރީތި ބޮޑު ތުންފަތެވެ. ނިއްކުރިމަތިން އިސްތަށިގަނޑު ވަނީ ކޮށާލާފައެވެ. ” ވަޓްދަ ހެކް. ވައި އޭމް އައި ތިންކިން އޮފް ދެޓް މިޑިލް ކްލާސް ގާލް. އާރް” ކައިލާން ބޮލުގައި ހިފާ ބާރުކޮށްލިއެވެ. އީރަމް ބެލަކަންޔަށް ނުކުމެލީ ކޮޓަރި ތެރޭ އޮވެ އޮވެ ފޫހިވެގެންނެވެ. […]
” ފާރިޝް ވާހަކަދައްކަނީ، ހެނދުނުވެސް ދެފަހަރަކު ގުޅާލިން، ކިހިނެއް ކަންތައްތައް؟” ކަންތައްތައް ރަނގަޅު ކަމުގަޔާއި މިއަދު ހޭލީ ތަނކޮޅެއްލަހުން ކަމުގައި އަހަރެން ބުނީމެވެ. “މިއަދު ބަންދު ދުވަހެއްވީމަ ލަންޗައް ބޭރަށްދާން އިންވައިޓް ކުރަން ހެނދުނު ގުޅާލީ” ވަރަށް ގިނަކަންތައް ކުރަން ހުރީމަ ގުޅާނުލެވިގެން އުޅެނިކޮށް އަނެއްކާވެސް ފާރިޝް ތިގުޅީ ކަމުގައި އަހަރެން ބުނީމެވެ. ” އެނގޭ ވަރަށް ބިޒީ ވާނެކަން، ކޮންމެވެސް ވަގުތަކުން މީޓް ވެލަން ބޭނުން.” އަހަރެން ވަގުތެއް ލިބުނީމަ ގުޅާނެ ކަމުގައި ބުނަމުން ފޯން […]
ފުރަތަމ ބައި އުޑުމަތި ސާފު ރީތި ދުވަހެކެވެެ. ގަޑިން މިހާރު ހެނދުނު 6 ޖެހީއެވެ. ނަމަވެސް އެ ކުޑަކުޑަ ށާމިން އަކައް އަދިވެސް ނުނިދެއެވެ. ށާމިން އަކީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ. އޭނަގެ މަންމަ ހަނާ ވަނީ މީގެ 1 އަހަރު ކުރިން ނިޔާވެފައެވެ. ށާމިންގެ ހުރިހާ ކަމެއް ބަލަނީ އޭނާގެ ބައްޕަ ޒާހިރުއެވެ. ޒާހިރަކީ ށާމިން އައް ވަރަށް އިހާނެތިކޮށް ކަންކުރާމީހެކެވެ. އޭނައަކީ މުއްސަނދި ކަމާގެން އުޅޭމީހެކެވެ. ހަނާ ނިޔާވީއްސުރެ ށާމިން ދަނީ އަބަދާ […]