Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 19

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 31, 2018 14 Mins Read
103 Comments

ކާއިން ޝަނުމްއަށް ވުރެ ބާރަށް ސައިކަލު ދުއްވާލިއެވެ.  އެމީހުންނަށް ވުރެ ކުރިން މަންޒިލާއި ހަމައަށް ދެވޭ ތޯ އެއްނޫނެވެ. ޝަނުމްއާއި އެކީ އެހެން ކުއްޖެއް އިންނަ ތަން ފެނިއްޖެނަމަ އަޝްވާ ދެރަވާނެކަން އެނގޭތީއެވެ.

. އެމީހުންނަށް ދެވުނު އިރު ހިންދުއާއި އަޝްވިން އިންތިޒާރުގައި ތިއްބެވެ.

“ޝޮޕިންކޮށް ނިމުނީތަ މިހާރު” ސައިކަލުން ފައިބަމުން އަޝްވާ ބުނެލިއެވެ.

“އެއް ދުވަހުން ހުރިހާ ކަމެއް ނިމޭތަ. އަޝްވާވެސް މިކައިވެންޏާއި ދިމާކޮށް ވިއްޔާ ވަޒީފާއަށް ތިނިކުތީ” ހިންދު ބުނެލިއެވެ.

“ދެމީހުން އެވަރަށް ޒުވާބުކޮށް ފައިޓުތައް ހިންގީމަ އަހަރެން ހީކުރީ ދުވަހަކުވެސް ކައިވެންޏަކާއި ހިސާބަށް ނުދާނެ ކަމަށް. އެހެންނޫނަސް ބޭބެ އަކީ އެހާ ކުއްލި ކުއްލިއަށް ކަންތައް ކުރާ މީހެއް ނޫން. ލިއުޝާއާއި މެރީކުރަންވެސް ހަމައެކަނި ތައްޔާރުވާން އެއް އަހަރު ނެގި” އަޝްވާ ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ. ލިއުޝާގެ ވާހަކަ ދެއްކުމުން ހިންދު އަޝްވިން އަށް ބަލައިލިއެވެ.

“ތީ މާ ކުރީ ޒަމާނުގެ ވާހަކައޭ. ޒަމާނާއި ވަގުތާއި އެއްވަރަށް އަހަރެންވެސް ބަދަލުވާނެ.. އަދި މިހާ ފުރިހަމަ ކުއްޖެއް ލިބުނީމަ މެރީ ނުކޮށް ހުރުން ވާނީ ބޭކާރު ކަމަކަށް” ހިންދުއަށް ހިނިތުންވެލަމުން އަޝްވިން ތައުރީފުކޮށްލިއެވެ.

“އަހަރަމެންނަށް އިސްތިގުބާލު ކުރަންތަ އެތެރެއަށް ނުވަދެ ތިތިބީ” ޝަނުމް އާއި އެކީ އައި ރީމް ސައިކަލުން ފައިބަމުން ބުނެލިއެވެ.

“ދޭ އެތެރެއަށް.. އަހަރެން އެބަ އަންނަން ސައިކަލު ޕާކުކޮށްލާފަ” ޝަނުމް ވާހަކަ ދެއްކީ އޭނާ ކައިރީ ހުރި ރީމް އާއިއެވެ.

ތައްޓަށް އެކި ބާވަތްތައް އަޅައިގެން އެއްމެން އެއް މޭޒެއްގެ ދޮށުގައި އިށީނެވެ. ޝަނުމް އަޝްވާއާއި ޖެހިގެން އިން ގޮނޑީގައި އިށީންނަން އުޅުމުން ކާއިން އަވަސް އަވަހަށް ގޮސް އެ ގޮނޑީގައި އިށީނެވެ. އެތަން ފެނިފައި ރީމް ޝަނުމްގެ އަތުގައި ހިފާލިއެވެ. އަދި ޝަނުމް ގޮވައިގެން ގޮސް އަޝްވާ އާއި ކާއިން ކުރިމަތީ އިން ގޮނޑިތަކުގައި އިށީނެވެ. ހިންދު އިނީ ކާއިން އާއި ޖެހިގެން އަޝްވިންގެ ކުރިމަތީގައެވެ.

“ބޯނެ އެއްޗެއް ގެންނަންތަ” އެއްމެންގެ ކައިރީ ޖޫސްތަށިތައް ހުރި އިރު އަޝްވާއަށާއި އޭނާއަށް ޖޫސްތައްޓެއް ނެތުމުން ކާއިން އަހާލިއެވެ.

“އާން.. އަނބު ޖޫސް ތައްޓެއް” ކާއިން ޖޫސް ބަލާ ދާން ތެދުވުމުން އަޝްވާ ބުނެލިއެވެ.

“ކާއިން!  އޯކޭ އަޝްވާއަށް ޖޫސް ނުގެނެޔަސް.. އަން މި ތަށި ބޯލާ.. އަހަރެންނަށް އެހާ ކަމުދާ އެއްޗެއް ނޫން އަނބު ޖޫހަކީ” ޖޫސްތަށި އަޝްވާ އާއި ކައިރިކޮށްލަމުން ޝަނުމް ބުނެލިއެވެ. އަޝްވާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. ކާއިން ގާތަށް އައީ ރުޅިއެވެ. ރީމް ސުވާލުގެ ނަޒަރުން ބަލައިލީ ޝަނުމް އަށެވެ.

“އަނބު ޖޫސް ނުބައިވަރު ކީއްވެ އެ ނެގީ.. އޮޅިގެންތަ” ރީމް އަހާލިއެވެ.

“އާން…” ކުޑައިރުކޮޅަކު ވިސްނަން އިދެފައި ޝަނުމް ބުނެލިއެވެ.

“ވެޑިންއަށް އަހަރަމެން ލާންވީ ކޮން ކުލައެއްގެ ހެދުމެއްތަ” ތަނުގައިވި ނުތަނަވަސްކަން ކަނޑުވާލުމުގެ ގޮތުން މައުޟޫ ބަދަލުކޮށްލަމުން ކާއިން އަހަލިއެވެ.

“މެރިން ބުލޫ ކުލަ ދޯ” ދެބުމަ އަރުވާލަމުން ރީމް އަހައިލިއެވެ. އަޝްވާ މެރޫން ކުލައިގެ ވެޑިންއެއް ބާއްވަން ކުޑަ އިރުއްސުރެ ހުވަފެންތަކެއް ދެކެމުން އައިއިރު ރީމްއާއި ހިންދުގެ ހުވަފެނީ ކުލައަކީ އެކުލައެވެ.

“ވަރަށް ރީތިވާނެ.. އީޝްގެ ހެދުން ޑިސައިން ކުރާނީ އަޅުގަނޑު އިނގޭ ބޭބޭ” އަޝްވާ އުފާވެފައި ބުނެލިއެވެ.

“އާން  އަހަރެން ކައިވެނި ކުރަންދެން އަޝްވާ އީޝްގެ ކަންތައް ބަލަހައްޓާ.. މިހާރުވެސް ހިންދުއާއި ދެމީހުން އެއްތަނެއްގަ ތިބި ނަމަ އައިސް އަހަރެންގެ އުގަށް އަރާނެ.. އީޝްއަށް ހީވަނީ އަހަރެން އޭނައާއި ދުރުވަނީހެން. ރޭ އަޝްވާ ކައިރިއަށް ނިދަން ފޮނުވީވެސް އެވަރެއްކޮށްގެން” އަޝްވިން ބުނެލިއެވެ. ލޯބި ލޯބިން ލިބުނު ތުއްތު ދަރިފުޅަށް މިހާރު ތިން އަހަރު ވާން ކައިރިވަނީއެވެ. އެދަރިފުޅު ބައްޕާއޭ ކިޔައި ގޮވައިލުމުން ހިތް ފުރިގެން ބަންޑުންވަނީ އެއީ އެހިތުގެ ވިންދު ކަމުގައިވާތީއެވެ. ބުރަ ދުވަހަކަށްފަހު ނިދަން ދިޔުމުގެ ކުރިން އެދަރިފުޅު ނިދާފައި އޮންނަތަނަން ފެނި ހުރިހާ ހާސްކަމެއް އެކީ އެކަށްޗަކަށް ނެތިގެން ދެއެވެ.

“ދަރިންގެ ވާހަކަ އަޝްވާ ކައިރީ ނުދައްކާ.. ކުރިން ދުވަހު އުޅުނު ކުޑަކުއްޖެއްހެން ހެދުން ދަށަށް ބާލީހެއް ލައްވައިގެން ބަނޑުބޮޑު ކަމަށް ހެދިގެން” ޖޫސް ތަށި ހިފައިގެން އައި ކާއިން އަޝްވާގެ ބޯ ހާވާލަމުން ބުނެލިއެވެ.

“ކާއިން  އަންހެނުން ފަހަތުން ދުވަން ދޭބަލަ. އަހަރެން އުޅޭނަން ދަރިން ގޮވައިގެން، ކޮންމެ މީހަކުވެސް ކުރާނީ އެމީހަކު ކުރާ ހިތްވާ ކަމެއްނު” ކާއިންއާއި ދިމާލަށް ލޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.

“ކާއިން ކޮން ދުވަހަކުންތަ ތިކަން ހުއްޓާލާނީ.. މިދިޔަ ހުކުރު ދުވަހުވެސް އަހަރެން ދުށިން އަންހެން ކުއްޖެއް ގޮވައިގެން ބީޗުގައި އުޅެނިކޮށް.. ގައިމު އެއީ ހަނާ އެއްނޫން” އަޝްވިން ބުނެލިއެވެ.

“އަބަދު އެކަކު ގެންގުޅުނީމަ ފޫހި ދޯ.. އެހެންނޫނަސް އަހަރެން އަންހެނުންނަށް އިތުބާރު ނުކުރަން މިކަހަލަ ކަންތަކުގަ” ކާއިން ބުނެލިއެވެ. އަބަދުވެސް ދައްކާ ބަހަނާއެވެ.

“ކީއްވެ ދޮގު ހެދީ.. ބުނި ހަނާ އެކަންޏޭ ގެންގުޅެނީ މިހާރު” އަޝްވާ ކާއިންއާއި ސުވާލުކޮށްލިއެވެ. އަޝްވާ އެހެން އެހުމުން ކާއިން އަޝްވާއަށް އެކަނި އަޑު އިވޭވަރަށް ފަހުން ކިޔައިދޭނަމޭ ބުނެލިއެވެ.

އެއްމެން އެކި ވާހަކައިގައި ތިބި އިރު ޝަނުމް ދޭތެރެ ދޭތެރެއިން އަޝްވާއަށް ބަލާލައެވެ. ކާއިން އަޝްވާގެ ކަންފަތް ބުޑުގައި ބުނެލާ އެއްޗަކުން އަޝްވާ ހޭތަން ފެނި ޝަނުމްގެ ހިތުގައި ހަސަދަވެރިކަން އިތުރުވާން ފެށިއެވެ. ކުރިން އަޝްވާއާއި ކާއިންގެ ގުޅުމަކީ ރައްޓެހިކަން އެކަނި ކަމަށް ބެލެވުނަސް މިހާރަކަށް އައިސް އެކަން ބަދަލުވާތަން ޝަނުމްއަށް ފެނެއެވެ. ދެމީހުން އެކުގައި ޖަހާ ސަކަރާތާއި ވާހަކަ ދައްކަން ތިބޭ ތަން ފެނި ހިތަށް ތަދުވެއެވެ. ކާއިންގެ މަގާމުގައި އޭނާއަށް ހުރެވޭނެ ނަމައޭ ހިތަށް އަރަނީ މަދު ފަހަރަކު ނޫނެވެ.

މިހުރިހާ ކަންތަކެއް ކުރިމަތިން ފެންނަމުން ދާ ހާލު ޝަނުމް އަށް އިތުރު އުދަގުލަކާއި ކުރިމަތިވަމުން ދިޔައީ ކައިރީގައި އިން ރީމްގެ ސަބަބުންނެވެ. ޝަނުމްގެ ސަމާލުކަން ނުލިބުމުން އަތުގައި ކޮށްޓާލައެވެ. ކޮނޑު މަތީ ބޯ އަޅާލައެވެ. ސަމަސާ ވާހަކަތައް ދައްކައެވެ.

“އަހަރެން ޕޭ ކޮށްލާނަން.. ” ވެއިޓަރު ބިލް ގެނެސްދިނުމުން އެއްމެން ފައިސާ ނަގަން އުޅުމުން އަޝްވިން ބުނެލިއެވެ.

“ބޭބޭ! ދޮންބެ ވަރަށް މައްސަލަ ޖައްސާނެ އިނގޭ އަހަރަމެން އެމީހުން ނުލައި އައީމަ.. މަލަކާއަށް މާދަމާ ދަތުރު ނުދެވޭތީ ވަރަށް މޫޑު އޮފް ވެފަ ހުރީ.. އަހަރެން ކައިރީ ބުނި ދަތުރު ގޮސް އައިމަ ޖެހޭނެއޭ އެއްމެން އެއްކޮށް މަޖާކަމެއް ރާވާލަން” މިއަދު ޝައިމް ދެއްކި ވާހަކަ ހަނދާނަށް އައުމުން އަޝްވާ ބުނެލިއެވެ.

“ދެން އެހެން ފަހަރަކުން ދޯ އެމީހުން ގޮވައިގެން އަންނާނީ” ފައިސާ ދައްކާލަމުން އަޝްވިން ބުނެލިއެވެ.


 

ސައިބޮއި ނިންމާލުމަށްފަހު ޝަނުމް ރީމް ގޮވައިގެން ގެޔަށް ލައި ދިނުމަށް ދިޔައެވެ. ރީމް ކޮލެޖުގެ އެސައިމެންޓަކަށް ދާން ޖެހޭތީއެވެ. ރީމް ޝުކުރު އަދާކުރުމަށްފަހު ދިޔުމުން ޝަނުމް ގެޔާއި ދިމާލަށް ދާން ހުންގާނުގައި ހިފާލިއެވެ.

“ޝަނުމް މަޑުކޮށްބަލަ” ޝަނުމްއަށް ސައިކަލު ދުއްވާނުލެވެނީސް އިވުނީ އަމީހާގެ އަޑެވެ. ކޮތަޅުތަކުން އަތް ފުރާލައިވާއިރު ފުޅާ ހިނިތުންވުމަކާއި އެކީ ޝަނުމް ކައިރީ މަޑުކޮށްލިއެވެ.

“ދެކުދިންގެ ކައިވެންޏަށް ޝަނުމް ގޮތެއް ކަނޑައަޅައިފިންތަ މިހާރު” އަމީހާ އަހައިލިއެވެ. ޝަނުމް މަޑު އާހެއް ބޭރުކޮށްލިއެވެ.އަދި ނިތްކުރި މަތީ އަތް ހިންގާލިއެވެ.

“އަޅުގަނޑު ބޭނުންވާ ގޮތް ރީމްއަށް އެގޭނެ މިހާރު.. އިއްޔެވެސް އެވާހަކަ ދެއްކިން، އަޅުގަނޑަށް މާފުކުރައްވާ އެގޮތަށް ނިންމަން ޖެހުނީތީ. އެކަމަކު އަޅުގަނޑަށް ހީވަނީ މިއީ އެއްމެ ރަގަޅު ގޮތްހެން.. ރީމް ދެކެ ލޯބިނުވާ މީހަކާއި އިދެގެން  ރީމްއަށްވެސް އުފަލެއް ނުލިބޭނެ ނޫންތޯ” ޝަނުމް އަމީހާއާއި ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކީގައެވެ.

“ޝަނުމް ދަރިފުޅާ!” ޝަނުމްއަށް ގޮވާލަމުން އަމީހާ ޝަނުމްގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ.

“އަހަރެންގެ ދަރިފުޅަކީ މީހަކަށް ލިބޭނެ އެއްމެ ބޮޑު ނަސީބު، ބުރުސޫރަ ރީތި، އަހުލާގު ރަގަޅު.. ޝަނުމް ބޭނުންވާ ކޮން ސިފައެއް ނެތީ” އަމީހާ ހިނިތުންވެލަމުން ބުނެލިއެވެ.

“އަޅުގަނޑު ގަބޫލުކުރަން ރީމްއަކީ ތިދެންނެވި ހުރިހާ ސިފައެއް ފުރިހަމަ ކުއްޖެއްކަން. އެކަމަކު އަޅުގަނޑު ލޯބިވާ ކުއްޖެއް ހުއްޓައި ކިހިނެތްތޯ ރީމްއާއި އިންނަން އެއްބަސްވާނީ” ރީމްއަށްވެސް ދައްކާ ބަހަނާ ޝަނުމް އަމީހާއަށްވެސް ދައްކާލިއެވެ.


ދަތުރަށް ގެއިން ނިކުތީއްސުރެ ކާއިން ބަލަމުން ދިޔައީ އަޝްވާ ވީހާވެސް ބޮޑަކަށް ޝަނުމްއާއި ދުރުގައި ގެންގުޅެވޭތޯއެވެ. ނަމަވެސް ބައެއް ފަހަރު ފަހަރު ހަގީގަތް ހާމަކޮށްލަންވެސް ބޭނުންވެއެވެ. ރީމް ޝަނުމްއާއި ޖެހިގެން އިން އިރު އެކަމުން އެއްމެ ބޮޑު އަސަރެއް ކުރަމުން ދިޔަ އަޝްވާ އެހުރިހާ ކަމެއް ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވައިގެން އިނެވެ. ދޭތެރެއިން ރީމް ގޮވާލުމުން އެދިމާ ބަލާލިއަސް އަޝްވާ އޭނާގެ ސަމާލުކަން ދެމުން ދިޔައީ އަތުގައި އޮތް ފޮތަށެވެ. އަޝްވާ  ސުކޫލު ދައުރުން ފެށިގެންވެސް ވާހަކަ ކިޔުމަށް ޝައުގުވެރިކަން ހުރެއެވެ. އެހެންނަމަވެސް ހަޔާތަށް އަންނަމުން ދިޔަ ބޮޑެތި ބަދަލުތަކާއި އެކީ ފޮތްތަކާއި ދުރުވާން ޖެހުނެވެ. މިއަދު ފެންނާނީ މިމަންޒަރުކަން އެނގި އަޝްވާ އޭނާއަށް އެއްމެ ކަމުދާ ވާހަކަ ފޮތެއް ކަމުގައިވާ ” ފޯ ދަ ލާސްޓު ޓައިމް” ކިޔާ ފޮތެއް ހިފައިގެން އައެވެ. ލޯބީގެ ހިޔާލީ އެވާހަކާއިގައި އުޅެނީ އެއްމާބަޑު ދެކުދިންނެވެ. ދުވަސްތަކަށްފަހު އެމީހުން ދިމާވުމުން އާއިލީ ލޯބި އުފެދި ދެމީހުން އެކަކު އަނެކަކަށް ލޯބި ހޯދައި ދިނުމަށް އެހީތެރިވެދެއެވެ. މަޖާ އަދި ހެއްވާ އަދި ރޮއްވާލާ އެތައް އަސަރުތަކެއް ހިމެނޭ މިވާހަކަ އަޝްވާއަށް ކިޔުނު އަދަދެއްވެސް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް އަލުން ކިޔަން ފައްޓައިގެންނަނީ އެތައް ޝައުގާއި އެކީގައެވެ.

“އަހަރެންވެސް ތިވާހަކަ ކީން.. ފަހުން ކެންސާރ ޖެހިގެން އެއް ކުއްޖަކު މަރުވަނީ ދޯ ” ކާއިން އަހާލިއެވެ.

“އާން.. ވަރަށް އިމޯޝަނަލް..” އަޝްވާ ބުނެލިއެވެ.

“އިމޯޝަނަލް ވެގެން ގޮސް އަޝްވާ ރޯވަރު ވިއްޔާ އަހަރެން ތި ވާހަކަ ލިޔުނު މީހަކަށް އިނާމެއް ދޭނަން” ކާއިން އަޝްވާއާއި ދިމާކޮށްލަމުން ބުނެލިއެވެ.

“ކާއިން ވާހަކައެއް ކިޔައިގެން ރީތި އަހުލާގާއި ހަގީގީ ލޯތްބަކީ ކޯއްޗެއްކަން ދަސްކޮށްފިއްޔާ އެމީހަކަށް ނޯބަލް ޕްރައިޒު ހައްގުވާނެ” އަޝްވާވެސް ކޮށްލީ ސަމާސާ އެކެވެ. މިހާރަކަށް އައިސް ކާއިންގެ ރުޅިއާއި އަދި އެހެނިހެން ކަންތައް ވަރަށް ބޮޑަށް ރަގަޅުވާހެން އަޝްވާއަށް ފާހަގަވެއެވެ. އެހެންނަމަވެސް އޭގެ ވާހަކަ އެއް ނުދައްކަނީ ކާއިން އެކަންތައް ހުއްޓާލާފާނެތީއެވެ.

ކ.ގުޅިއަށް އަންނަން އެހާ ގިނަ ވަގުތެއް ނުނަގައެވެ. އެހެންނަމަވެސް އަޝްވާ ހުރީ ވަރުބަލިވެފައެވެ. ރޭގައި ރަގަޅަށް ނުކެވުމުން ކަންނޭނގެއެވެ. ރަށަށް އާދެވުނު އިރު ޝަނުމްގެ ގާތް ރައްޓެއްސެއް އެމީހުންނަށް މަރުހަބާ ކިޔަން އައިސް ހުއްޓެވެ.

“ހާދަ ބަދަލުވެއްޖޭ މިހާރު.. މާލެ ދިޔައިމަ ތިއޮތް ހިމަތޮޅިމީހާ އެއްކޮށް ފަލައެއްނު ތިވަނީ. ކޮބާތަ މީކާއިލް؟” ޝަނުމް ގައިގައި ބައްދާލަމުން މިސްބާހު ބުނެލިއެވެ.

“މީކާއިލް ކުއްލިއަކަށް އެކޮޅަށް ދާން ޖެހިގެން ދަތުރުގަ ބައިވެރި ނުވެވުނީ…ނެތްތަ ސައިކަލެއް… އަހަރެން ފޯނުގައި އޮތް ނަންބަރަކަށް ވަރަށް އަވަހަށް ގުޅާލަން އެބަ ޖެހޭ.. ރޭގަ ޗާޖުކުރަން ހަނދާން ނެތުނީމަ ފޯނު ނިވިފަ މިއޮތީ” ޝަނުމް އޭނާގެ ފޯނު ދައްކާލަމުން ބުނެލިއެވެ.

“ކަލޭ ދޭ ސައިކުގަ.. އަހަރެން ދާނަން މިމީހުން ގޮވައިގެން ގެޔާއި ދިމާލަށް” ސައިކަލު ތަޅުދަނޑި ދެމުން މިސްބާހު ބުނެލިއެވެ.

“ޗެރީ އޯކޭތަ” އަޝްވާ ނިތްކުރީގައި އަތް އަޅާލުމުން ކާއިން އަހާލިއެވެ.

“ހިނގާ އަވަހަށް ގެޔަށް ދާން.. ” ފުން ނޭވާ ތަކެއް ލަމުން އަޝްވާ ބުނެލިއެވެ.  އަޝްވާ މީގެ ދުވަސްތަކެއް ކުރިން ހޭނެތިގެން ހޮސްޕިޓަލަށް ގޮސް ކުރި ޓެސްޓުތަކުން ދައްކާ ގޮތުގައި ނަމަ އަޝްވާގެ ހަށިގަނޑުން ބޭނުންވާ ވަރަށް ތައިރޮއިޑް ހޯމޯން އުފައްދާ ނުދެއެވެ. އޭގެ ސަބަބުން އަވަސް އަވަހަށް ވަރުބަލިވުމާއި ފިންޏަށް ނާޒުކު ވުމާއި ބަރުދަން އިތުރުވުން ހިމެނެއެވެ.

“އާދޭ އަހަންނާއި އެކީ ދާން. ސައިކަލު ދިޔައިމަ އަވަސްވާނެ އެއްނު.. މިއަދު ބޭސްވެސް ނުކައި ތިއައީ” ޝަނުމް ހާސްވިއެވެ. އެހެންކަމުން އަޝްވާގެ އަތުގައި ހިފައިގެން ސައިކަލާއި ހަމައަށް ގެންދިއެވެ.

“ނޫނޭ.. ހިނގާފަ ދެވިދާނެ” އަޝްވާ މަޑުމަޑުން ބުނެލިއެވެ.

“ބޮޑާނުހާކާ އަވަހަށް ގޮސް އޮށޯވެލާ.. އަހަރެމެން މިއަންނަނީ އިރުކޮޅަކުން އިނގޭ” ރީމް އަޝްވާ އާއި ވާހަކަ ދެއްކިއެވެ. އަޝްވާގެ މޫނުމައްޗަށް ޖަމާވަމުން ދާ އޮތްދާ ތިކިތައް ފެނިފައި ކަންބޮޑުވިއެވެ.

“ތެދެއް އަޝްވާ ދޭ ޝަނުމްއާއި އެކީ.. ދޮންބެ އަންނާނަން ކުރުބަލެއް ލިބޭތޯ ބަލާފަ.. އިރުކޮޅަކުން ރީމް މެންނަންވެސް ދެވޭނެ” ޝައިމް ބުނެލިއެވެ. އަދި އަޝްވާގެ އަތުގައި ހިފައިގެން ޝަނުމްގެ ފަހަތަށް ސައިކަލަށް އަރުވަން މަސައްކަތް ކުރިއެވެ. ސައިކަލުގައި އިށީނުމާއި އެކު އަޝްވާ ހިފައިލީ ޝަނުމްގެ ގަމީހުގައެވެ. އަދި މަޑުމަޑުން ޝަނުމްގެ ބުރަކަށިމަތީ ބޯ އަޅާލިއެވެ.

ޝަނުމް ސައިކަލު ދުއްވަމުން ދިޔައީ ވަރަށް ބަލައިގެންނެވެ. ދޭތެރެއަކުން އަޝްވާއަށް ގޮވާލަނީ އަޝްވާ ހަމަހޭގައި ހުރިތޯ ބަލާލުމަށެވެ. ގެޔަށް އާދެވުމާއި އެކީ ޝަނުމް ސައިކަލުން ފޭބީ އަޝްވާ ގައިގައި ހިފަހައްޓައިގެން ވަރަށް މަޑުމަޑުންނެވެ. ސައިކަލުން ފޭބުމާއި އެކު ޝަނުމް އަޝްވާއަށް ސައިކަލުން ފޭބުމަށް އެހީވެ ދިނެވެ. ޝަނުމް އަޝްވާގެ ކޮނޑުގައި ހިފައިގެން ގެޔަށް ވަދެ ކޮޓަރީގެ ތަޅު ހުޅުވާލުމަށްފަހު އެނދުމަތީގައި ބޭއްވިއެވެ. މިހުރިހާ ކަމެއް ޝަނުމް ކުރީ ނުހަނު އަވަސް ކަމާއި އެކު ނަމަވެސް ވަރަށް ބަލައިގެންނެވެ. އަޝްވާގެ މެރިފައިވާ ދެލޮލުގެ ސަބަބުން ޝަނުމް ހާސްވިއެވެ. ތައްޓަކަށް ފެން އަޅައިލައި ކޮޓަރީގައި އޮތް ކުޑަ ރުމާލެއް ތެއްމާލުމަށްފަހު އޭގެން އަޝްވާގެ މޫނާއި އަތް ތިލަ ފިނިކޮށްދޭން އުޅުނެވެ.

އަޝްވާ ބޯލުމަށް ފެން ތައްޓެއް ގެންނަން ޝަނުމް ދާން ތެދުވިއެވެ. ނަމަވެސް ޝަނުމްއަށް ކުރިއަށް ހިގައިނުގަނެވުނީ އަޝްވާ އޭނާގެ އަތުގައި ހިފުމުންނެވެ. ޝަނުމް އަޝްވާ އަށް ބަލައިލިއެވެ. އަޝްވާ އޮތީ ކުޑަކޮށް ލޯ ހުޅުވައިލައިގެން އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

“ކިހިނެތް މިހާރު، އެއްޗެއް ބޭނުންތަ.. ފެން ފޮދެއް ގެނެސްދެން؟” އަޝްވާ ކައިރީ އިށީންނަމުން ޝަނުމް ބުނެލިއެވެ.އަޝްވާ ބޮލުން ނޫނެކޭ ބުނެލިއެވެ. ޝަނުމް ނުހަނު އޯގާތެރިކަމާއި އެކީ އަޝްވާގެ ނިތްކުރީގައި ފިރުމާލިއެވެ. އަދި އަޝްވާގެ އަތުގައި ލޯބިން ބޮސްދިނެވެ. “ހުރިހާ ކަމެއްވެސް ރަގަޅުވާނެ އިން ޝާ ﷲ” ޝަނުމް އަޝްވާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.

“ދޭ ފޯނު ޗާޖުކޮށްލަން..” އަޝްވާ ވަރަށް ހިތްވަރުކޮށްލާފައި ބުނެލިއެވެ.

“ނޫން.. އަޝްވާ އެކަނި ބާއްވާފަ ދާން އަހަންނަކަށް ނުކެރޭނެ. އަދި ނުވެސް ދާނަން” ހަމްދަރުދީގެ ހިނިތުންވުމަކާއި އެކީ ޝަނުމް ބުނެލިއެވެ.

“އޯކޭވާނެ.. ޝަނުމް ނެތަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އަހަރެން ނޫނަސް ޝަނުމް ބޭނުންވާ އެހެންމީހުން އެބަ ތިބި.. ދޭ އަވަހަށް” ލޮލަށް ޖަމާވި ކަރުނަތައް އެތެރެއަށް ހިންދާލަމުން އަޝްވާ ބުނެލިއެވެ. ފުން މާނަ އެކުލެވިގެންވާ ބަސްތަކެވެ. ހިތުން ޝަނުމްއަށް އެދޭ ހާލު އަޝްވާގެ ސިކުޑި ދަނީ އެ ހިޔާލުތަކާއި ހަގުރާމަ ކުރަމުންނެވެ. ހުރިހާ ކަމެއްވެސް ރަގަޅުވާނެ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް މިހަގުރާމައިން ހިތަށް ލިބެމުންދާ ޒަހަމްތައް ވަރަށް ފުނެވެ. އަލަތު ލޯތްބަށް ނޫނެކޭ ބުނަން މިޖެހެނީ ކިހާ ހިތްދަތިކޮށް ހެއްޔެވެ؟ ޝަނުމްގެ ލޯތްބިން މަހުރޫމް ވާން ހާލަތާއި ވަގުތު ދެކޮޅު ހަދަނީއެވެ.

ޝަނުމް އަޝްވާ ކައިރީގައި އިންދައި ދިހަ ވަރަކަށް މިނެޓު ތެރޭ އެހެންމީހުންއައެވެ.

“ޗެރީ ، މިހާރު ކިހިނެތް” ކާއިން ހާސްވެފައި ހުރެ އަޝްވާގެ ނިތްކުރީގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“ތިހާ ހާސްވެގެން ނޫޅެބަލަ.. އަހަރެން ރަގަޅޭ މިހާރު” އަޝްވާ ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. އަދި  ތެދުވެ ހަމެޖެހިލަން އުޅުނެވެ.  އަޝްވާ ކޮޓަރިން ނިކުތުމުން ކާއިން އަޝްވާގެ ފަހަތުން ދިޔައެވެ.

“ކިހިނެތް ވެފަ ތިއިނީ؟” އަޝްވާ ދިޔަ ތަން ބަލަހައްޓައިގެން ހުރެފައި ޝަނުމް އިސްޖަހާލުމުން ރީމް ބުނެލިއެވެ.

“ނޫން.. “ފުން ނޭވާއެއް ލުމަށްފަހު ޝަނުމް ބުނެލިއެވެ.ޝަނުމް ދިނީ ރީމް ކުރި ސުވާލާއި މުޅިން ތަފާތު ޖަވާބެކެވެ. އަދި ރީމްއަށް ބަލާ ލުމަށްފަހު ދާން ތެދުވިއެވެ.

ޝަނުމް ބޭރަށް ނިކުތްއިރު ކާއިން އަޝްވާއާއި އެކީ ސިޓިންރޫމެއް ގޮތަށް ހަދާފައިވާ ތަނުގައި ހުރި ސޯފާގައި އިށީދެގެން ތިއްބެވެ. އަޝްވާ ކާއިންގެ ކޮނޑުގައި ބޯ އަޅައިލައިގެން ފުން ނޭވާތަކެއް ލަމުން ދިޔައެވެ.

“ކޮޓަރިއަށް ގޮސް އޮށޯވެލަމާ، ކޮޅަށް އިނީމަ ނޭވާ ލާންވެސް އުދަގޫވާނެއެއްނު” ކާއިން އަޝްވާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ނޫން.. އިހަށް މަޑުކޮށްލާ” އެހެން ބުނަމުން އަޝްވާ ކާއިންއާއި ދިމާލަށް މޫނު އަބުރާލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ޝަނުމް އައިސް ހުސްކޮށް އިން ގޮނޑީގައި އިން މަންޒެރެވެ.

މާ ގިނައިރުތަކެއް ނުވެ ޝައިމް ދެތިން ކުރުބާ ހިފައިގެން އައެވެ. އަޝްވަގެ ނަސީބު ރަގަޅުކަމުން އެއް ކުރުބާ ބޯލުމާއިއެކު ގައިގެ ވަރުޖެހެން ފަށައިފިއެވެ. އަޝްވާއަކީ ދުވާލުގެ ވަގުތުތަކުގައި އާއްމުކޮށް ނުނިދާ މީހެއްކަމުން މިގަޑީ އޮށޯތުމަށް ގަސްދުނުކުރެއެވެ. ކުޑަ ވަގުތުކޮޅަކު ކާއިން އާއި އެކީ ސޯފާގައި އިނުމަށްފަހު އަޝްވާ ފެންވަރާލަން ދިޔައެވެ.

“އަޝް! ކިހިނެތް މިހާރު” ކޮޓަރިއަށް ވަން އަޝްވާ ފެނި ރީމް ބުނެލިއެވެ. އަޝްވާ އައިސް އެނދުގައި އޮށޯތެވެ. ކުޑައިރުކޮޅެއް ކުރިން ގައިގެ ވަރުޖެހެން ފެށުނަސް އަދިވެސް މުޅިން ހަމައަކަށް އެޅޭހެން ހީނުވެއެވެ.

“އަދިވެސް ވަރުބަލިވަނީތަ” ރީމް އައިސް އަޝްވާގެ ބޮލާވީ ފަރާތުގައި އިށީނެވެ. އަދި އިސްތަށުގަނޑުގައި އަތުން ފުނާ އަޅައިދީ ބޯ މޮޑެދޭން ފެށިއެވެ.

“ކުޑައިރުކޮޅަކަށް އޮށޯވެލަންވީ ކަންނޭނގެ. ކޮޅަށް ތެދުވީމަ އަނދިރިވާން ފަށާ” އަޝްވާ ބުނެލިއެވެ.

“ސުވާލެއް ކޮށްލަންތަ” ރީމްއާއި ދިމާލަށް މައްޗަށް ބަލައިލަމުން އަޝްވާ އަހާލިއެވެ. ރީމް ހިނިތުންވެލިއެވެ. އަދި ސުވާލެއް ކުރަން ހުއްދައަށް އެދެން ނުޖެހޭނެކަމަށް ބުންޏެވެ.

“ޝަނުމް ދެކެ ކިހާ ވަރަކަށް ލޯބިވޭތަ” އަޝްވާ އަހައިލިއެވެ. ރީމް ޝަނުމް ދެކެ ލޯބިވާ ވާހަކަ ބުނި ދުވަހުން ފެށިގެން އަޝްވާ މަސައްކަތް ކުރަމުން އެދަނީ ޝަނުމް މަތިން ހަނދާން ނައްތާލެވޭތޯއެވެ. އެހެންނަމަވެސް ޝަނުމްގެ ނަން ހިތުން ފުހެލަން ވަރަށް އުދަގުލެވެ. އަދި މިހާރު ޝަނުމް އޭނާ ހާސިލްކުރަން އުޅޭއިރު މިކަން ވެގެން ދާނީ އަޝްވާއަށް ކުރިމަތިވާ އިތުރު ދައްޗަކަށެވެ.

“ވަރަށް ބޮޑަށް.. ޝަނުމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް އިހުސާސްކުރެވުނު ތަފާތު ކަމެއް. ތެދައް ބުނަންޏާ މާޒިންއާއި އެކީ ކުރެވުނު އިހުސާސަށްވުރެ ފުން އެޔަށްވުރެ ބާރުގަދަ އިހުސާސަތަކެއް ޝަނުމް ފެނުމުން ކުރެވޭ. ޝަނުމް ހީލާއިރު ދެކޮލުގައި އުފެދޭ އަޑިކޮޅު ފެނި އަހަރެން މޮޔަވާވަރުވޭ.. ހިތަށް އަރާ އަބަދުވެސް ކުރިމަތީ ފެންނަން ހުންނާނެ ނަމައޭ.. ލޯބި ކަނޑައަޅާ މިންވަރެއް އޮންނަމަ އޭގެން އަހަންނަށް އެވަރެއް ކަނޑަނޭޅޭނެ.. އެޔަށް ވުރެ އެތައް ހާސްބައި ބޮޑުކޮށް އަހަރެން ޝަނުމް ދެކެ ލޯބިވޭ.. އަހަރެން މި އުއްމީދުކުރަނީ ޝަނުމްއަށްވެސް އަހަރެން ދެކެ އެވަރަށް ލޯބިވެވޭނެ ކަމަށް، އެދުވަހަކުން އަހަރެންވާނީ ދުނިޔޭގައި ހުރި އެއްމެ އުފާވެރި މީހަކަށް” އަޝްވާގެ ބޮލުގައި ފިރުމަމުން ރީމް އެވާހަކަތައް ދެއްކިއަސް އެއިން ކޮންމެ ލަފުޒެއް ހީވަނީ އަޝްވާގެ ނާޒުކު ހިތަށް އަމާޒުވަމުންދާ ތީރު ތަކެއްހެންނެވެ.

“އަހަރެންގެ ވާހަކަ ނުދައްކާ އަޝްވާގެ ވާހަކަ ދައްކަމާ.. ކޮން ދުވަހަކުންތަ ކާއިންއާއި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށް އެއްބަސްވާނީ” ދުރު ބަލަހައްޓައިގެން އޮތް އަޝްވާގެ ކޮލުގައި ހިފާލަމުން ރީމް ބުނެލިއެވެ. ކާއިން ކިޔަވާ ނިންމާލުމަށްފަހު މާލެ ބަދަލުވި ފަހުން އަޝްވާއާއި ދޭތެރޭ ބަހައްޓާ ގާތްކަން ރީމްއަށް ފެނެއެވެ. އަދި އަޝްވާވެސް ކާއިން ދެކެ އައި ނަފުރަތުގެ ރުޅި މަޑުވެ ދެމީހުން އެކުގައި ސަކަރާތް ޖަހާތަން ފެނެއެވެ.

“ކިތައް ދުވަހު ބުނާނީ އަހަރެން ނޫޅެމޭ ކާއިންއާއި ހެދިއެއް، އެހެންނޫނަސް ކާއިން ހަނާ އާއި އެއްކޮށް އުޅޭތަން ތިމީހުންނަށް ފެންނާނެ” އަޝްވާ ބުނެލިއެވެ. އެއްމެން ކާއިންއާއި އެދެމީހުން އަޅުވައި ކިޔާތީ ހަނާގެ ހިތުގައި ހަސަދަވެރިކަން އުފެދިގެން މޫނުމަތީ ޖެހީ އިހަށް ދުވަހުއެވެ.

ކައިވެންޏަށް ތައްޔާރުވުމަށް އެތައް ކަމެއް ކުރަން ޖެހުމުން އަޝްވިން އާއި ހިންދު އެކަންތަކާއި އުޅުނީ ވަރަށް ބުރަކޮށެވެ. ކައިވެނި ކޮށްގެން ދެމީހުން އުޅޭނީ އަޝްވިންގެ ގޭގައި ކަމުން ހިންދު މިއަދު އެގެޔަށް އައިސްގެން އުޅެނީ އެކޮޓަރި އޭނާވެސް ބޭނުންވާނެހެން ތަރުތީބުކޮށްލުމަށެވެ. އަޝްވިން އާއި ދެމީހުން ކޮޓަރީގައި ލީ މަޑު ނޫކުލައެކެވެ. ހިންދު އަންނަންވާ އިރަށް އަޝްވިން ބޭނުންވީ މުޅި ކޮޓަރިއެއްކޮށްހެން ފަރުމާ ކޮށްލުމަށެވެ. އާ ކުލަ އަކާއި ފަރުނީޗަރުތަކެވެ. އެހެންނަމަވެސް ހިންދު ހުރިހާ އެއްޗެއް ބަދަލުކުރުމަށް އެއްބަސް ނުވުމުން ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނީ އަޝްވިން ކޮޓަރިއަށް ނުގަނެއެވެ.

ދެމީހުން ކުލަ ލާން އުޅުނު ވަގުތަކުގައި ވަރަށް މަޖާކޮށް ހެދިއެވެ. ހިންދުއަށް އަޝްވިންގެ ސަމާސާ މިޒާޖު ފެނިގެން ދިޔައެވެ.

“ތަބުތަކުގައި ގަދަ ނޫކުލަ ލީމަ ވަރަށް ފުރިހަމަ.. ވެޑިންއާއިވެސް ގުޅުވިއްޖެދޯ” ކުލަލައި ނިންމާލުމަށްފަހު މުޅި ކޮޓަރިއަށް ނަޒަރެއް ހިންގާލަމުން އަޝްވިން ބުނެލިއެވެ.

“އަހަންނަށް ހީވަނީ އީޝްގެވެސް އެއްމެ ފެވެރިޓު ކުލައަކަށް ނޫކުލަ ވެއްޖެހެން، ބަލާބަލަ” ހިންދު އިގިލި ދިއްކޮށްލީ ކުލަ ޓައްޕު ތެރެއަށް އަތްކޮއްޕައިގެން ހުރި އީޝް އަށެވެ. އީޝް ލައިގެން ހުރި މުޅި ހެނދުމުގައި ނޫކުލައެވެ. އަދި މޫނާއި ދެއަތުގައިވެސް އެކުލައެވެ. ހިންދު އިގިލި ދިއްކޮށްލުމުން އީޝް ޓައްޕު ތެރެއިން އަތް ނަގައި އަޝްވިންއާއި ދިމާލަށް ދިއްކޮށްލިއެވެ. އަދި ފުޅާކޮށް ހިނިތުންވެލިއެވެ. ހިންދުއާއި އަޝްވިންއަށް ހެވެން ފެށުނީ އީޝްގެ ސަކަ ގޮތް ފެނުމުންނެވެ.

“ދޫނި ހީވަނީ ސްމާފެއްހެންނު މިހާރު.. އަވަހަށް ހިނގާ ފެންވަރާލަން ދޯ” އަޝްވިން އީޝް އުރާލަމުން ބުނެލިއެވެ. އީޝް ހުރީ އަދިވެސް މަޖާވެފައެވެ. އަތުގައި ހުރި ކުލަތައް އަޝްވިންގެ ބޮލުގައި ހާކާލިއެވެ. އަޝްވިންއަށް އެކަން ނޭނގުނަސް ދުރުގައި އެތަން ބަލަން ހުރި ހިންދުއަށް ހެވެން ފެށުނެވެ.  އަޝްވިން ހީކުރީ ހިންދު ހޭން ފެށީ ސްމާފެކޭ ބުނެ އޭނާ އީޝްއާއި ދިމާކުރުމުން ކަމަށެވެ.

މެދާއި ހަމައަށް ހުރި ބާތް ޓަބުގައި އީޝް ބޭންދުމަށްފަހު އަޝްވިން އީޝް ކުޅެން ގެންގުޅޭ އަސްދޫނުތައް އޭގެ ތެރެއަށް ލިއެވެ. ކުލަތައް ހުރީ ހަރުވެފައި ކަމުން އިރުކޮޅަކަށް ފެން ތެރޭ ބެއިންދުމުން ފެންވަރުވާއިރު ފަސޭހައިން ފިލާނެތީއެވެ.

“ކައިގެން ދޯ ދެން ގެޔަށް ދާނީ، އަހަރެންވެސް ވަރަށް ބަނޑުހައިވެފަ މިހިރީ” ފާހަނައިން ނުކުންނަމުން އަޝްވިން ބުނެލިއެވެ.

“އާން، އަހަރެންވެސް.. ހިނގާ އަވަހަށް މިތަން ސާފުކޮށްލާފަ ދަމާ” ހިންދު ބުނެލިއެވެ. އަދި ފިހިގަނޑު އަތަށް ނަގައި ކުނިތައް އެއް ފަރާތަކަށް ޖަމާކުރަން އުޅުނެވެ.

“ހިންދު “ހިންދުގެ އަތުން ފިހިގަނޑު ނަގައި އެއްފަރާތުގައި ބަހައްޓަމުން އަޝްވިން ގޮވާލިއެވެ.

“ހިންދު އަދިވެސް ބިރުން އުޅޭހެން ހީވޭ.. ހިންދުއަށް ހީވަނީތަ އަހަރެން ހިންދުއަށް ދެރައެއް ދީފާނޭ” އަޝްވިން މަޑުމަޑުން ބުނެލިއެވެ. ހިންދު އެޔަށް ޖަވާބު ދިނުމުގެ ގޮތުން ދެކޮޅަށް ބޯ ހޫރުވާލިއެވެ.

“ބަލާބަ” ހިންދު އިސްޖަހައިލަމުން އަޝްވިން ހިންދު ކައިރިއަށް ޖެހިލައި ދަތްދޮޅީގައި ހިފައި އިސްއުފުލައި ދިނެވެ.

“އަހަރެން ވަރަށް ލޯބިވޭ ހިންދު ދެކެ.. އަހަންނަށް ހުރިހާ ހަގީގަތެއް އެގުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް. ހިންދުއަށް އަނިޔާއެއް ލިބުމަކީ ހިންދުގެ ކުށެއް ނޫން. އަދި އެހެންމީހުން ތެރޭ ހިންދު އަމިއްލަ ނަފުސަށް ތުހުމަތު ކުރަންވީ ސަބަބެއް ނޫން. އައި ލަވް ޔޫ.. ކޮންމެ ހާލަތެއްގައި އަދި ކޮންމެ ވަގުތެއްގައި ނަމަވެސް.. އަހަރެން ހިންދުއަށް އުފަލަކީ ކޮބައިކަން އަންގައިދޭނަން. އަދި ހިންދުއަށް އަމިއްލަ ނަފުސަށް އިތުބާރު ކުރެވޭވަރު ކޮށްދޭނަން.. މިކަމުގައި އަހަންނަށް އިތުބާރު ކުރޭ އިނގޭ” އަޝްވިން ހިންދުގެ އަތުގައި ހިފައި މެޔާއި ކައިރިކޮށްލަމުން ބުނެލިއެވެ.

“އަހަރެންގެ އަމިއްލަ ނަފުސަށް އިތުބާރު ކުރާ ވަރަށްވުރެވެސް ބޮޑަށް އަހަރެން އަޝްވިންއަށް އިތުބާރު ކުރަން. އެނގޭ ދެރައެއް ނުދޭނެކަން.. އެޔަށްވުރެ ބޮޑަށް ލޯބިވަމެއްނު ދޯ.. ” ހިންދު ހަމަޖެހިލަމުން ބުނެލިއެވެ.

“ދެން ކޮންކަމަކާތަ ދެރަވެފައި ތިހުންނަނީ.. ކައިވެނި ކުރަން ބުނި ދުވަހުން ފެށިގެން ކޮންމެވެސް ކަމަކާ ނުރުހުންވެފައި ހުންނަތަން މިފެންނަނީ” އަޝްވިން ބުނެލިއެވެ. ހަމްދަރުދީގެ ރާގަކަށެވެ.

“މަންމަމެން އެކަކުވެސް ނާންނާނެކަން އެނގޭތީ ދެރަވަނީ، މީ އަހަރެންގެ ހަޔާތުގައި އަންނާނެ އެއްމެ އުފާވެރި ދުވަސް، އެކަމަކު…” ހިންދު ލޮލަށް ކަރުނަ ޖަމާވުމުން ހުއްޓާލިއެވެ.

“ބައެއް ފަހަރު އެއްމެ ބޮޑު ހަތުރުންނަކީ އެއްމެ ގާތުގައި އުޅޭ މީހުން. އަނެކާ މަރު ވިޔަސް އެމީހުން ބޭނުންވާ ކަންތައް ހާސިލްވުމުން ނޫނީ އެމީހުން ހުއްޓާނުލާނެ. އަހަންނަކަށް ނޭނގެ ހިންދުގެ މައިންބަފައިންގެ މަގުސަދަކި ކޮބައިކަމެއް.. އެކަމަކު އަހަރެން އެއްމެ ސިކުންތެއްވެސް މަޑުނުކުރާނަން އެމީހުން ހިންދުއަށް އަނިޔާ ދޭތަން ބަލާކަށް.. ތި ހަށިގަނޑާއި ތި ނަފުސަކީ އަގުކުރެވޭނެ އެއްޗެއް ނޫން، އެމީހުންނަށް އެވަރު ނުވިސްނޭތީ އަހަރެން ހިތާމަ ކުރަން” އަޝްވިން ހިންދު ހަމަޖެއްސޭތޯ އުޅުނެވެ.

“އަހަރެން ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. އެއްވެސް މީހެއްގެ ސަބަބުން ތިލޮލުން ކަރުނަ އޮހެރޭތަން ފެނިއްޖެނަމަ އަހަރެން އެމީހެއްގެ ފަރާތުން ބަދަލު ހޯދާނަން. ހިންދު އާއި އީޝްއަކީ އަހަރެން ދުނިޔެ. އަހަރެންނަށް ކެތްނުކުރެވޭ ހިންދު މުޅި އުމުރުށް އަހަރެން މީހަކަށް ހެދޭނެ ދުވަހަކަށް. އިން ޝާ ﷲ އެދުވަސް ވަރަށް އަވަހަށް އެބަ އާދޭ” އަޝްވިން ވަރަށް އަޒުމާއި އުއްމީދާއި އެކީ ބުނެލިއެވެ. ހިންދު ބަލައިލީ އަޝްވިންގެ ދެލޮލަށެވެ. އިންތިޒާރު ކުރި ލޯބި އެދެލޮލުން ފެންނަމުން ދާތީ ހިނިތުންވެވުނީ ބޭއިހްތިޔާރުގައެވެ. ހިތްވެސް އުފަލުން ނަށަމުން ދާ ހާލުގައެވެ.


ހެނދުނު ގޭގައި މަޑުކުރުމަށްފަހު މެންދުރު ކައިގެން އަޝްވާ އާއި ޝައިމް އަދި ކާއިން ދިޔައީ ޕުރޮޖެކްޓު ހިންގަމުން ދިޔަ ސައިޓަށެވެ. ރީމް ގޭގައި މަޑުކޮށްލީ ޝަނުމް އާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލެވޭތޯއެވެ.

ކައިގެން ޝަނުމް ގޮސް ސޯފާގައި އިށީދެ ޓީވީ ހުޅުވާލިއެވެ. ޓީވީ އިން ދައްކަމުން ދިޔަ ހަބަރު ބަލަން ޝަނުމް އިންދައި ރީމް އައިސް ޝަނުމް ކައިރީ އިށީނެވެ. އަދި ޝަނުމްގެ އަތުގައި އޮތް ރިމޯޓު ނަގައި އަޑު މަޑުކޮށްލިއެވެ.

“ދެމީހުން އެކަނި ވާހަކަދައްކާލަން ވަގުތެއްވެސް ނުލިބެއެއްނު.. އަހަރެން ވަރަށް ހަނދާންވޭ ޝަނުމް މަތިން” ނުރުހުމުގެ ނަޒަރަކުން ޝަނުމް ބަލައިލުމުން ރީމް ބުނެލިއެވެ.

“އިއްޔެވެސް ރެސްޓޯރެންޓަށް ގޮސް ވާހަކަ ދެއްކީމެއްނު.. މިހާ ކައިރީ އިންދައިވެސް ހަނދާންވަނީތަ” ޝަނުމް ޓީވީގެ ރިމޯޓު ރީމް އަތުން އަތުލަމުން ބުނެލިއެވެ.

“ލޯބިވާއިރު ކިތައްމެ ކައިރީގައި ހުއްޓަސް ހަނދާންވާނެއޭ.. ޝަނުމްއަކަށް ނޭނގޭތަ އެކަމެއް” ރީމް ޝަނުމްގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ.

“ރީމް މަންމަމެން ކައިރީ އަހަރެންގެ ވާހަކަ ދެއްކިންތަ” ޝަނުމްއަށް ހަބަރަށް ސަމާލުކަމެއް ނުދެވުނެވެ.

“އާން.. އަހަރެން ކުރިން ރައްޓެހިވި ކުއްޖާ މަންމަމެންނަށް ކަމުނުދިޔައީމަ ރުޅިވީ.. އެކަމަކު ޝަނުމްގެ ވާހަކަ ދައްކަން ފެށީމަ ވަރަށް އުފާވެފަ ތިބީ،ބުނި ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ކުރަންވީނުންހޭ” ރީމް ބުނެލިއެވެ. އަދި ޝަނުމްގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ.

“ރީމް…އަހަރެން ރީމް ދެކެ ލޯބިނުވާއިރު އިނދެގެން ރީމްއަށް ކޮން އުފަލެއް ލިބޭނީ.. ” ޝަނުމް އަހާލިއެވެ.

“ޝަނުމްއަށް އަހަރެން ދެކެ ލޯބިވެވޭނޭ” ރީމް ބުނެލީ ޔަގީންކަމާއި އެކީގައެވެ.

“ރީމް އެއްފަހަރުވެސް އަހާލިންތަ އަހަރެން ލޯބިވަނީ ކާކު ދެކެކަން. އެއްފަހަރުވެސް އަހަރެން ބޭނުންވާ ގޮތް އަހާލިންތަ” ޝަނުމް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ދިމާވެފައިވާ ހަމައެކަނި މަޖުބޫރީ ހާލަތުން ސަލާމަތްވެވެން އޮތީ ރީމްގެ ހިޔާލު ބަދަލުކޮށްގެން ކަމަށްވާތީއެވެ.

“އަހަރެން ކުރިންވެސް އެހީމެއްނު އެއީ ކާކުހޭ.. ޝަނުމް ބުނީ އެކުއްޖެ ފަރާތުން ވަރަށް އަވަހަށް އެގޭނޭ، އެކަމަކު އަހަރެން ކައިރީ އެއްވެސް މީހަކު ޝަނުމްގެ ވާހަކައެއް ނާހާ” ރީމް ބޯ ހިއްލާލައި ޝަނުމް އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“އެކުއްޖެއްގެ ނަން ބުނުމުން އަހަންނަށް ފައިދާ ވިޔަސް މިހާލަތުގައި އެކުއްޖަކަށް ލިބޭނެ ގެއްލުމަކަށް އަހަރެން ބިރުގަނޭ.. ” އެހެންނޫނަސް އަޝްވާ އޭނާ ދެކެ ލޯބިވާކަމުގެ ޔަގީންކަމެއް ނެތެވެ. ހާލަތު މިހާ ނާޒުކު ފައްތަރެއްގައި އޮތް އިރު ގޮތެއް ނިންމަން އޮތް ވަގުތު ކުޑަތަން ވަނީއެވެ.

“އެހެންމީހުންނާއި ދޭތެރޭ ވިސްނަން ވެއްޖެއްޔާ އަމިއްލަ ނަފުސަށް ކޮން އުފަލެއް އޮތީ.. ދެމީހުން އެކަކު އަނެކާކާއި ދޭތެރޭ ވިސްނަމާ..” ރީމް ޝަނުމްގެ ކޮނޑުގައި ދެވަނަ ފަހަރަށް ބޯ އަޅައިލިއެވެ. ލޯބިވާކަން ހާމަ ކުރެވުނު އަދެދެއްވެސް ނޭނގެއެވެ. އެކަމަކު ޝަނުމްއަށް އޭނާގެ ހިތުގެ ހާލަތު ނޭނގެނީ ހެއްޔެވެ؟ ނޫނީ ފަރުވާ ކުޑަކަމުން އަޅާނުލަނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ހިތަށް ލިބެމުންދާ ތަދު ނުހުއްޓެއެވެ.


އެދުވަހު ހަވީރެވެ. ރަށު  ތެރެ ބަލާލުމަށްޓަކައި އެއްމެން ޝަނުމް އާއި އެކީ ހިނގާލަން ނުކުތެވެ. ހަވީރު ފިންޏަށް އަންހެންވެރިންނާއި ކުދިންވެސް ބޭރަށް ނުކުމެ އުޅެއެވެ. ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން ތަފާތު ކުޅިވަރުތައް ރަށުގެ އެކޮ ސަހަރައްދުތަކުގައި ކުޅެވެމުން ދިޔައެވެ.

“އަޅޭ… ވަރަށް ބަށި ކުޅޭ ހިތްވޭ.. ރީމް ހިނގާބަލަ ކުޅެން އަރަން” ބަށި ކޯޓާއި އަރައިހަމަވުމުން ރީމްގެ އަތުގައި ހިފާލަމުން އަޝްވާ ބުނެލިއެވެ.

“މިއަދަކު ނޫންދޯ” ރީމް ދެކޮޅު ހެދިއެވެ. ސްކޫލުގައި އުޅުނު ދުވަސްވަރު ތިން މީހުންނަކީ ވަރަށް ކުޅިވަރަށް ފޯރި ހުންނަ ތިން އެކުވެރީންނެވެ. އަޝްވާ ފަލަކޮށް ހުންނާނީ ދުވެފައި އުޅޭ ކުޅިވަރުތައް ނުކުޅެވުނަސް ކެރަމް އާއި ބައްޓަށް ވަރަށް މޮޅުވާނެއެވެ.

“ރީމް އަހަރެން ނަމަވެސް ނުދާނަން ޗެރީއާއި އެކީ، އެހާ ފަލަކޮށް ހުރުމުން މީހުން އެއްޗެހި ކިޔާނީ ގޮވައިގެން އަންނަ މީހަކަށްނު” ކާއިން އަޝްވާއާއި ދިމާކޮށްލިއެވެ.

“ދިމާ ނުކޮށް ހުރޭ އިނގޭ. އެހެންނޫނީ ކާންދީ ފަލަކޮށްލާނަން” އަޝްވާ ރުޅި އައިސްގެން ކާއިންގެ މޭމަތީ ޖަހާލަމުން ބުނެލިއެވެ.

“ކެރަމް ކުޅެމާ މިރޭ.. އެގޭގަ އެބަހުރި ކެރަމް ބޯޑެއް ދޯ ޝަނުމް” ރީމް ބަލަމުން ދިޔައީ ޝަނުމްއާއި ވީހާވެސް ކައިރިން އުޅެވޭތޯއެވެ. ހިނގާފައި ދިޔައިރުވެސް ހުރީ ޝަނުމްގެ އަތުގައި ހިފައިގެންނެވެ. އެހެންޏާއި ހިލާފަށް ޝަނުމް އޭނާ ދުރުކުރަން ނޫޅޭކަން ރީމްއަށް ފާހަގަވަމުން ދިޔައެވެ.

“ކާއިން ބަލިކުރާނަން އިނގޭ” އަޝްވާ ނިތްކުރި އަރުވާލަމުން ބުނެލިއެވެ.

“ތިއެއް އެގިދާނެތާ މިރޭ.. ޝަނުމް އާއި އަޝްވާ އެއް ޓީމަކަށް ދޯ” ކާއިން ފޮރުވެފައިވާ މާނައަކާއި އެކީ އަޝްވާ އާއި ދިމާކޮށްލަމުން ބުނެލިއެވެ.

“އަހަރެން އެބަ އުޅެންތަ ކާއިންއާއި އެއް ޓީމަކަށް ކުޅޭ ހިތުން.. ޝަނުމް ޖެހޭނެ ދޯ މިރޭ މިމީހުން ބަލިކޮށްލަން” އަޝްވާ ހީލަމުން ބުނެލިއެވެ. ކާއިންއަށް އަޝްވާ ކެރަމް ކުޅެން މޮޅުކަން ނޭނގޭނެކަން ޔަގީންކަމާއި އެކު އެގޭތީއެވެ.

ހަވީރު ރޭވި ގޮތަށް ރޭގަނޑުގެ ކެއުމަށްފަހު އެއްމެން ގޮނޑިތައް އަތުރައިގެން ކެރަމް ކުޅެން ތައްޔާރުވެލިއެވެ.

“އަހަރެން އިންނާނަން ރެފުރީ އަކަށް .. ހަތަރު މީހުން ކުޅެން އަރާ” ޝައިމް އައިސް ފޮތިބައި ކެރަމް ބޯޑު މަތީގައި އަތުރާލިއެވެ.

“ދޮންބޭ މޮޅުވާ ބަޔަކަށް އިނާމެއް ދޭންވާނެ އިނގޭ” އަޝްވާ އައިސް ޝަނުމް ކުރިމަތީ އިން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

“މައްސަލައެއް ނެތް. ތިން މެޗު ކުޅޭނީ.. މޮޅުވާ ބަޔަކަށް އަހަރެންގެ ފަރާތުން މާދަމާ އިނާމެއް ދޭނަން” މެޗުގެ ފޯރި ގަދަކޮށްލުމަށް ޝައިމް ބުނެލިއެވެ.

“ރީމް.. އަހަރެން ބޭނުން ކޮންމެ ގޮތެއް ވިޔަސް އަޝްވާ ބަލިކުރަން. ވީހާވެސް މޮޅަކަށް ކުޅެވޭތޯ ބަލާތި” ކާއިން އޭނާ ކުރިމަތީ އިން ރީމްއާއި ވާހަކަ ދައްކާލަމުން ބުނެލިއެވެ.

“ތިކަން ކުރަން ވަރަށް އުދަގޫވާނެ.. އަޝްވާ އަކީ ސްކޫލު ޓީމް ކެޕްޓަނޭ ތިން އަހަރު ވަންދެން.. ތިން އަހަރު ސިންގަލްސް އިން ތަށި ހޯދި އަދި ޑަބަލްސް އިން ދެފަހަރު ތަށި ނެގި..”  ރީމް އަޝްވާ އަށް ތައުރީފުކޮށްލަމުން ބުނެލިއެވެ. އަޝްވާ ވަނީ މެޗު ފެށެން ވާއިރަށް އެކަން ސިއްރުކޮށް ދިނުމަށް ރީމް ކައިރިން އެދިފައެވެ. އަދި ކާއިން ބަލިކުރަން ބޭނުންވާ ވާހަކަވެސްމެއެވެ.  އަޝްވާ ބަލައިލީ ކާއިންގެ މޫނުމައްޗަށް އައި ކުލަވަރެވެ. ހައިރާން ވިޔަސް އެކަން މޫނުމަތިން ނުދެއްކޭތޯ އުޅޭކަން ފާހަގަވުމުން އަޝްވާއަށް ހެވުނެވެ.

“އަޝްވާ އަށް އެގޭތަ ކާއިން…” ޝައިމް އަށް ބުނެވުނީ އެހާ ހިސާބަށެވެ. ކާއިން ޝައިމްގެ އަތުގައި ބާރަށް ވިކައިގަނެ ދެކޮޅަށް ބޯ ހޫރުވާލީ އެޖުމްލަ ފުރިހަމައަށް އަޝްވާއަށް އަޑުއިއްވަން ބޭނުން ނުވާތީއެވެ.

ޝައިމްއަށް ކާއިންގެ ބޭނުން އެގުނީ އެހިސާބުންނެވެ. އަޝްވާ ހައްލައިލައިގެން މެޗު ކާމިޔާބު ކުރުމަށް ޖެހީ ބޮޑު މަޅިއެކެވެ. އަޝްވާ ވިދާލީ ކެރަމްގައި ކަމަށް ވިޔަސް ކާއިންއަކީ ކެރަމްގައި އަޝްވާ ހީނުކުރާހާ ވަރަށް މޮޅު ކުޅުންތެރިއެކެވެ.

ފުރަތަމަ މެޗްގައި އަޝްވާ އާއި ޝަނުމް ވަރަށް ފަސޭހައިން މޮޅުވިއެވެ. ކާއިން ހުރީ އަޝްވާއަށް ދޫދީގެން ކަމުންނާއި ރީމް ބަލަމުން ދިޔައީ ޝަނުމް މޮޅު ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ވުމުންނެވެ. ދެވަނަ މެޗު ފެށިގެން ކާއިންއާއި ހިސާބަށް ދެވުމުން ކާއިން އަޝްވާއަށް ބަލާލައި ހިނިތުންވެލިއެވެ. އަޝްވާވެސް ކާއިން ބަލާލުމުން ހިނިތުންވެލިއެވެ. ކުރީގައި އޮތީ އޭނާ ކަމުންނާއި ކާއިންގެ ދެރަ ކުޅުމާއި އެކީ މިމެޗުންވެސް ފަސޭހައިން މޮޅުވެވޭނެކަމަށް ގަބޫލުކުރެވޭތީއެވެ.

އަޝްވާ އަށް ބަލާލުމަށްފަހު ކާއިން ބޯޑަށް ފަރުވާތެރިކަމާއި އެކީ ބަލާލިއެވެ.

ކާއިން އެއްބުރުން ހުދު ފޮތީގެ ދެބައި ކުޅަ އެއްބައި ނެގިއެވެ. އަޝްވާ އިނީ ދެލޯބޮޑުކޮށްގެން އޭނާއަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލުނުކުރެވިފައެވެ.

“ސޮރީ ބޭބް” އެއް ލޯމަރާލަމުން ކާއިން ހެވިލާފައި ބުނެލިއެވެ.

“މަކަރު ހެދީ ދޯ، އަހަރެން ގަބޫލުނުކުރާނަން” އަޝްވާ ޝައިމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“ކާއިންއަކީ އިންޓަނޭޝަލް ޕުލޭއާރ އެކޭ.. އެވަރު ކުރެވިދާނެ އެއްނު” ޝައިމް ބުނެލިއެވެ. އަޝްވާ ހައިރާންކަން އަދިވެސް ކުޑަވާ ގޮތެއް ނުވިއެވެ. ގަބޫލުނުކުރާނަމޭ ބުނެ ކާއިންއާއި ދިމާލަށް އިގިލި ދިއްކޮށްލިއެވެ.

“ދެން ފަހަރަކުން ބާކީ ބައި ނަގާނަން އިނގޭ.. ރަގަޅަށް ބަލާތި އަހަރެން މަކަރު ހަދާތޯ” ކާއިން ބުނެލިއެވެ. އަޝްވާއަށް ވަމުން ދިޔައީ އޭނާ ހީކުރި ވަރަށް ވުރެވެސް ބޮޑު ވަރެކެވެ. އަޝްވާގެ ބުރު އައުމުން މިފަހަރު އެއްވެސް ފޮއްޗެއް ނެގޭ ވަރެއް ނުވިއެވެ. ހާސްވެފައި ހުރިވަރުން ކަންނޭނގެއެވެ. ކާއިން އަޝްވާ އާއި ދިމާކޮށްލަމުން ހޭން ފެއްޓިއެވެ.

“ވަރަށް ފޫހި މީހެއް އިނގޭ.. ކީއްވެ ނުބުނީ” އަޗްވާ ބޮޑާ ހާކާލަމުން ބުނެލިއެވެ.

“އަޝްވާވެސް އެތައް ސިއްރެއް އެބަ ގެންގުޅެން ދޯ.. މުޅި އުމުރަށް އެހުރިހާ ކަމެއް ފޮރުވައިގެން ނޫޅެވޭނެ” ކާއިން ބުނެލިއެވެ.

“ކޮން ސިއްރެއްތަ އަޝް” ރީމް އަހާލިއެވެ.

“ކާއިން ތީ ކާކު އަހަރެން ހުރިހާ އެއްޗެއް ކިޔައިދޭކަށް” ރުޅިވެރި މޫނެއް ހަދާލަމުން އަޝްވާ ބުނެލިއެވެ. މިރޭގެ ތިންވަނަ މެޗު ނިމުނު އިރުވެސް ކާއިންއާއި އަޝްވާ ތިބީ އެކަކު އަނެކަށް އެއްޗެހި ކިޔަކިޔައެވެ. ބައެއް ފަހަރު ފޮރުވިފައިވާ މާނަތަކެއް ދޭހަވާ ޖުމްލަތަކަކުންނެވެ. ކާއިން ޝަނުމްއާއި ބެހޭ އެއްޗެއް ބުނެފިނަމަ އަޝްވާ ގެ ރުޅި ގަނޑު ކެކިގެން ދެއެވެ.

މެޗް ނިންމާލުމަށްފަހު ނިދަން ދިޔުމުގެ ކުރިން އަޝްވާއާއި ކާއިން އެކުގައި ބޭރަށް ނިކުތީ ޖެހެމުން ދިޔަ ފިނިވައިރޯޅިތަކުން ހަމަޖެހުން ހޯދާށެވެ. ރެއަކީ ކުޑަކޮށް ވިއްސާރަ ރެއެކެވެ. ހުދު ކުލައާއި ކަޅު ކުލައިގެ ވިލާތަކުން ރޭގަނޑު ރާނީ އާއި އެރާނީގެ އެކުވެރީން ވަނީ ފޮރުވިފައެވެ. ޖެހެމުން ދާ ފިނިވައިރޯޅިއާއި އެކުވެ ގަސްގަތަކުގެ މާލަލުގެ ހުވަނދު ވަސް ފަޒާގައި ހިފާލާފައިވެއެވެ.

ކާއިންއާއި އަޝްވާ ގޮސް އިށީނީ ގޭގެ ވަށައިގެން ރާވާފައި ހުރި ތިރި ފާރުބުޑު މަތީގައެވެ. ރަށަކީ މީހުން މަދު ރަށަކަށް ވުމުން ރޭގަނޑުގެ މިވަގުތުގައި މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ.

“ކާއިން” އިށީދެ ހަމަޖެހިލުމާއި އެކު އަޝްވާ ކާއިންއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“އަހަރެން ބޭނުން ޝަނުމް ކައިރީ އަހަރެން ލޯބިވާ ވާހަކަ ބުނަން.. ކާއިން އަހަންނަށް އެހީވެދޭނަންތަ” އަޝްވާ ބުނެލި ޖުމްލައިން ކާއިންއަށް ލިބުނީ ހައިރާންކަމެވެ. ދެބުމަ ކައިރިކޮށްގެން އަޝްވާއަށް ބަލާލި އިރު ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ހަމަ އަސްލުވެސްތަ” ކާއިންއަށް ގަބޫލުކުރަން ދަތިވިއެވެ. އަޝްވާއަކީ އަބަދުވެސް އެހެން މީހުންގެ އުފާތައް ކުރިއަށް ގެންނަ ކުއްޖަކަށް ވެފައި މިހާރު މަންޒަރު ތަފާތުވުމުންނެވެ.

ކާއިން އެހެން ބުނުމުން އަޝްވާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“އާން.. އަހަންނަށް ވަރަށް މަސައްކަތް ކުރެވިއްޖެ ޝަނުމްއާއި ދުރުގަ އުޅެން. އެކަމަކު އަހަންނަށް އަހަރެންގެ ހިތަށް ބާރެއް ނުފޯރުވުނު.. ” އަޝްވާގެ އަޑުގައި ވަނީ ސީރިއަސްކަމެވެ.

“އަހަންނަށް މާފުކުރޭ ޗެރީ.. ތިކަމަށް އަހަންނަށް އެއްބަސް ނުވެވޭނެ.. ޗެރީ ތީ އިހުސާސްތައް ފޮރުވައިގެން އުޅުނަސް ވަރަށް ނާޒުކު ހިތެއްގެ ވެރިއެއް.. ޝަނުމްކޮށްލާ ކިތައްމެ ކުޑަ ކަމަކުންވެސް ޗެރީ ދެރަވާން ޖެހިދާނެ” ކާއިން އޭނާގެ ހިތުގައި އަޝްވާއަށް ދެވިފައިވާ އޯގާތެރިކަން ބަޔާންކޮށްދިނީ އަޝްވާއަށް އެބަސްތަކުން އެމާނަ ދޭހަވާ ގޮތަށް ކަމަށް ނުމެދާނެއެވެ.

“ކާއިން.. އަހަންނަށް މިވާހަކަ ދެއްކޭނެ ހަމައެކަނި މީހަކީ ތިއީ.. އެކަމަކު ކާއިން ތިބުނަނީ ތިހެންތަ ހަމަ.. ކީއްވެތަ؟ ކީއްވެތަ އެހީ ނުވާން ތިއުޅެނީ” ކޮޅަށް ތެދުވެ ކާއިން ކުރި މައްޗަށް ހުއްޓިލަމުން އަޝްވާ ސުވާލުކޮށްލިއެވެ.

“އެއީ އަހަރެން އަޝްވާގެ އިހުސާސްތަކަށް ވިސްނާތީ” އަޝްވާގެ މޫނަށް ބަލައި އިންތަނުން ތެދުވަމުން ކާއިން ބުނެލިއެވެ.

“ކާއިން އަހަރެންގެ އިހުސާސްތަކަށް ވިސްނާ ނަމަ ތި ބުނާ ނާޒުކު ހިތަށް އެހިތުގެ ލޯބި ހޯދައިދޭން މަސައްކަތް ކޮށްދީ ބަލަ…ކާއިން ނޫން ދެވަނަ މީހަކަށް ނޭނގޭނެ އަހަރެން ޝަނުމް ދެކެ ވާ ލޯބި. ރީމް ޝަނުމް އާއި އެހާ އެއްކޮށް އުޅޭތީ އަހަރެންގެ ހިތަށް ކުރާ އަސަރު އަހަރެން ނުބުންޏަސް ކާއިންއަށް އެގޭނެ.. އެހެންވީމަ އަހަރެން އާދޭސްކުރަން.. އަހަންނަށް އެލޯބި ހޯދަދޭން އެހީވެދީ” އަޝްވާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

ކާއިން އަޝްވާގެ ދެއަތުގައި ހިފައި އޭނާގެ ނިންމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބިއެހެނަސް..3

Next

ޒާރާ (14)

Next
January 31, 2018

ޒާރާ (14)

Previews
January 31, 2018

ލޯބިއެހެނަސް..3

103 Comments!

  1. maroon says:
    January 31, 2018 at 6:56 am

    salam, baajaveri hedhunkah edhen.. So you guys like kaain and ashwa or shanum and her.. tell me in the comment section. tc. loves

    1. maroon says:
      January 31, 2018 at 7:06 am

      And will kaain help her ?

  2. Maai says:
    January 31, 2018 at 7:14 am

    Shanum n ashwa plss. Kaaina a ashwa hulhuvaigen ma anhen kujjakaai firihen kujjegge best friend gulhumakee ehen gulhumakee badhaluviyyaa gulhumeh kamah beleven feshidhaane. Anhen kujjakaai firihen kujjegge dhemedhugai best friend gulhun ves beyvvynekan qaboolukuraane meehun ginavaan fashaane

    1. maroon says:
      January 31, 2018 at 1:07 pm

      Thankuu maai ?
      Such beautiful ideas ?
      That might happen hama

  3. Maa says:
    January 31, 2018 at 7:32 am

    Thanx a lot marooon…. vvvv nice ingey…….

    1. maroon says:
      January 31, 2018 at 1:09 pm

      Thanku maa ?

  4. Naanii says:
    January 31, 2018 at 7:52 am

    Kaain n ashwa plx

    1. maroon says:
      January 31, 2018 at 1:10 pm

      Hehe. Why? They hate each other ennu
      Thanku naanii ?

  5. sof says:
    January 31, 2018 at 7:59 am

    kaain and asfa gulhunihyaa reethivaanee…varah reethi mivaahska.

    1. maroon says:
      January 31, 2018 at 1:10 pm

      Thanku sof. ?

  6. Zaaraa says:
    January 31, 2018 at 8:08 am

    Morning maroon?? a’lhy heevani kaain bunaani ashava dheke loabivaa vaa haka kannyge ?? waiting for next part ??? adhi one more part miadhu pls ☺☺pls

    1. maroon says:
      January 31, 2018 at 1:11 pm

      Kaain bunaanetha. Mihaaruves hana ge ithurun ehen kujje gengulhey…
      Thanku zaaraa ?

  7. tink says:
    January 31, 2018 at 8:19 am

    Shanum and Ashwa

    1. maroon says:
      January 31, 2018 at 1:11 pm

      Thanku tink. Thats a possibility ?

  8. Mixuhan says:
    January 31, 2018 at 8:19 am

    Alhe maroon.. Shanum and ashwa ..pls pls.. Kaain akaa nugulhey ashwa yakaa..hama shanum aa gulheny..2 myhun vx 2 myhun dheke ehaa loabi vey .dhn ehn v ma loabi vaa 2 myhunnah e loabi haasil v ma story maa nice vaane… Knme vaahaka eiiga vx bestfriend ahtakaa eyna emyha dhekevaa loabi gurubaan kuryma salaamatheii netheii nun..ashwa and shanum is perfect? mi part vx varah salhi ..next part kiyaa hithun keii madhu vehje

    1. maroon says:
      January 31, 2018 at 1:12 pm

      Thanku mixuhan. She did sacrifice her love until now. But mihaaru e ulheny bunanthaa dhw ?

  9. Shiu says:
    January 31, 2018 at 8:22 am

    Shanum n ashwa

    1. maroon says:
      January 31, 2018 at 1:13 pm

      Thanku shiu ge khiyalah ?

  10. Pinky shifoo says:
    January 31, 2018 at 8:30 am

    Wow… Mi part vx as always varah varah varah reethi ???… This story is soooooo interesting ???… Alhey maroon plxxxxx ashvaa and shanum gulhuvaa… Plxx… N kaain plxx ashvaa ah help vahchey… Eba huri kudhi kudhi tying mistakes… After writing read it 1 or 2 times eyrun mistakes thah faahagavaane… Varah curious vehje dhn vaagotheh balan… Curiously waiting for the next part maroon.. Tc loves ❤️??❤️???.. Kury part gavx comment kurin bt publish nuvey… So sad ??

    1. maroon says:
      January 31, 2018 at 1:15 pm

      I will tell him to her help her.
      Kuh madhu kureveythw balaanan ngey.. publish nuiyas i know u will read it. ?
      Much loves and tc ?

  11. Reader says:
    January 31, 2018 at 8:44 am

    Shanum and Ashva pls

    1. maroon says:
      January 31, 2018 at 1:18 pm

      Thanku reader ?

  12. Ash says:
    January 31, 2018 at 8:45 am

    Shanum and Ashwa pls

    1. maroon says:
      January 31, 2018 at 1:22 pm

      Thanku ash. Might happen ??

  13. syle says:
    January 31, 2018 at 8:48 am

    Shanum and ashwa plzzzz????

    1. maroon says:
      January 31, 2018 at 1:22 pm

      Thanku dear. There is a Possiblity
      ?

  14. Zuam says:
    January 31, 2018 at 8:50 am

    Masha Allah … varah varah varah reethi….
    Waiting
    ❤❤❤❤❤

    1. maroon says:
      January 31, 2018 at 1:23 pm

      Thanku zuam ?

  15. Kokko says:
    January 31, 2018 at 9:09 am

    Kaain lwbivaane kanneynge ashwa dheke…and kokko ah heevany enme fahun hindhu mamma men male annaanee ehen miihakaa marry kuruvanhen..ashvin aa marry kurumug kurin

    1. maroon says:
      January 31, 2018 at 1:24 pm

      They r my fav too
      Emyhun buni dhw annaanamey. Lets see what problems they will cause if they do ?

  16. Lubu says:
    January 31, 2018 at 9:15 am

    Shanum n ashwa pls
    Kaain N ashwa r just frnds
    Errun stry dhiguvess kureveene
    Kaain Will help her to find her true love
    True love have to join together

    1. maroon says:
      January 31, 2018 at 1:25 pm

      Thanku lubu…story kuru nuvaane komme gothe viyas ngey
      Yh they r frnds ?

  17. Eliin says:
    January 31, 2018 at 9:17 am

    Ashvaa n shanum plxx…d

    1. maroon says:
      January 31, 2018 at 1:25 pm

      Thanku dear. Might might ?

  18. Shifa says:
    January 31, 2018 at 9:55 am

    Shanum and aswha

    1. maroon says:
      January 31, 2018 at 1:26 pm

      Thanku dear ?

  19. ss says:
    January 31, 2018 at 10:00 am

    Ashwaa & shanum

    1. maroon says:
      January 31, 2018 at 1:27 pm

      ? might
      ?

  20. Awa says:
    January 31, 2018 at 10:02 am

    Tbh vaahaka kiyan feshi dhuvahuga vx i thought it would be kaain and ashwaa.. dhn ekm nimey iruga ingidhaanethaa dhw?? .. btw i like hindh and ashwin the most

    1. maroon says:
      January 31, 2018 at 1:36 pm

      They might hama nimey iru. ?
      I like them the most too ?

  21. Zuzu says:
    January 31, 2018 at 10:26 am

    Shanum and Ashwa hama ❤❤❤
    #ashum hama ?
    Fab as usual maroonn cant wait for the next partt

    1. maroon says:
      January 31, 2018 at 1:29 pm

      Thanku dear ..
      #ashum ?
      ?

  22. Choppi says:
    January 31, 2018 at 10:38 am

    Hurihaa part eh ves kiyan…. Comment nukuriyas but plz make kaain n ashavaa as a couple….

    1. maroon says:
      January 31, 2018 at 1:28 pm

      Thanku dear. Might hama ?

  23. Nathoo says:
    January 31, 2018 at 11:27 am

    Shanum and ashwa beynunanee?? i love this story

    1. maroon says:
      January 31, 2018 at 1:29 pm

      Thanku nathoo ?
      ?

  24. _Fan says:
    January 31, 2018 at 11:40 am

    kaain &ashwa❤best couple

    1. maroon says:
      January 31, 2018 at 1:30 pm

      Thanku dear. ?
      There is a possibility

  25. yooly says:
    January 31, 2018 at 12:06 pm

    mi vaahaka varah salhi.. and guyxx. knmx kuhjeh bunedheebala mikyan and yaanaa ulheny kn story ehgatha? and reethitha? kiyaalan kamah.. ….

    1. Pinky shifoo says:
      January 31, 2018 at 1:05 pm

      Hii yooly… E story alhugadah varah varah varah reethi ??.. E story ah kiyaanee sihrun mihithaa kulhenyhey ??… Aee Ram ge story eh… Varah varah reethi vaane…

    2. maroon says:
      January 31, 2018 at 1:30 pm

      Thanku yooly. Neyge maroon ah
      ?

  26. Jilaa says:
    January 31, 2018 at 12:10 pm

    Shanum and ashwaaa …..next part vx avahah genesdheyne kamah ummeedh kurannn….thnkwwww maroon ah vrh bodah

    1. maroon says:
      January 31, 2018 at 1:31 pm

      Thanku jilaa ? in sha Allah

  27. Shann says:
    January 31, 2018 at 12:45 pm

    Wow maroon haadha ryhchey mibaives.. Kihineh vaanbaan dhw anehka miulheny.. Alhe ashwa ge loabi libeyne nama dhw.. Thy v molhu kuhjeh story liyan.. N Maroon ge khonme story ehves hama v v interesting.. Maroon ge khonme story ehves mikiyaalany hama v kiyaahithun indhe.. Luv u

    1. maroon says:
      January 31, 2018 at 1:38 pm

      Thanku shann ? ashwa ah vaa gotheh adhi fahun kiyaala dheynan
      Loves

  28. Mixuhan says:
    January 31, 2018 at 12:59 pm

    Shanum and ashwa is the best couple❤️pls shanum ah ashwa dhehchey..alhey when is the next part?? Kiyaa hiyy vanyyy

    1. maroon says:
      January 31, 2018 at 1:39 pm

      Thanku mixuhan. Tmrw
      Yh they wilk make a nice couple ?

  29. Shudha says:
    January 31, 2018 at 1:03 pm

    alhey nooooo…. pleeeeeaaase shanum ashwa aa gulhuvadhy… story ah haadha bodethi twist thakeh thi gennany… hama shocked… Masha Allah v reethi… waiting for next part… loveeesss?❤

    1. maroon says:
      January 31, 2018 at 1:40 pm

      Thanku shudha ?
      Ashwa e ulheny bunanthaa dhw.
      U dnt like twists??? Loves tc

    2. Shudha says:
      January 31, 2018 at 3:15 pm

      no no i like ey… just shocked… hehe?❤

  30. Icy♡ says:
    January 31, 2018 at 1:21 pm

    WOW
    NICE
    ☆

    1. maroon says:
      January 31, 2018 at 1:56 pm

      Thanku dear ?

  31. ރީމް says:
    January 31, 2018 at 1:42 pm

    ކާއިން އާ އަޝްވާ. ޕްލީޒް ޕްލީޒް

    1. maroon says:
      January 31, 2018 at 1:57 pm

      Mi reem hama shanum hoadhan bunaa vaahaka dhw.. just kiddiing ?
      Thanku reem ?

  32. Eyra says:
    January 31, 2018 at 1:45 pm

    Varah reethi mi bai ves?

    1. maroon says:
      January 31, 2018 at 1:57 pm

      Thanku eyra ?

  33. Aail says:
    January 31, 2018 at 2:07 pm

    Kaain and Ashwa gulhuvahchey. Eyrun reethi vaany. They’ve a chemistry. Vaahaka kiyaa iru ves can feel that.

    1. maroon says:
      January 31, 2018 at 8:41 pm

      Thanku Aail.. its nice to know u can feel the connection without exact words?

  34. maikko says:
    January 31, 2018 at 2:19 pm

    Varah varah reethi….. Kaain nd ashwaa gulhuvaaba…..they r so nice together…. Lots of love

    1. maroon says:
      January 31, 2018 at 8:42 pm

      Thanku maikko. Might happen ? loves

  35. Mysh says:
    January 31, 2018 at 2:58 pm

    Kaain nd ashwa..plx plx plxplx

    1. maroon says:
      January 31, 2018 at 8:42 pm

      Thanku mysh ?

  36. Girl says:
    January 31, 2018 at 3:01 pm

    Kaain nd ashwa.maa gulhey

    1. maroon says:
      January 31, 2018 at 8:42 pm

      Nuvaaney nubunaanan ?

  37. Lyn says:
    January 31, 2018 at 3:03 pm

    Aain aa ashwa maa gulhey..plx edhemyhun gulhuvahchey..hama best couple

    1. maroon says:
      January 31, 2018 at 8:43 pm

      Thanku lyn ? possible hama

  38. Blume says:
    January 31, 2018 at 3:04 pm

    I want kaain aai ashwa..kaain maa caring nd edhemyhun nulaahiku gulhey

    1. maroon says:
      January 31, 2018 at 8:46 pm

      Yh he is improving day by day. All thanks to ashwa and shaim. Lets wat happen. Thanku blume?

  39. alky says:
    January 31, 2018 at 3:37 pm

    I like kaain nd ashwa mo the shanum nd ashwa

    1. maroon says:
      January 31, 2018 at 8:46 pm

      Hehe. ??

  40. ash says:
    January 31, 2018 at 3:39 pm

    ?????Ashwa aai kaain

    1. maroon says:
      January 31, 2018 at 8:47 pm

      Thanku dear ? might might

  41. eram says:
    January 31, 2018 at 3:41 pm

    stwry v v v v rythi..maroon kiyaa hurihaa vaahaka ehves rythi..mi stry ah v inthixaaru kurevey..one of the best..stry..nd ashwa aai kaain gulhuvadhehchey?❤

    1. maroon says:
      January 31, 2018 at 8:47 pm

      Wow happy to see ur comment eram
      Maybe ?

  42. mie says:
    January 31, 2018 at 3:44 pm

    I’m in love with this stwry???..hama obiness to the max..ashva aa shanum ves ok..ekm ashva aa kaain gulhuvihyaa maa ufaavaane

    1. maroon says:
      January 31, 2018 at 8:48 pm

      Hehe. Dhn vaa gotheh balama ?? thanku dear

  43. Ihusaan says:
    January 31, 2018 at 4:14 pm

    Knirakun dhen next part v upload kohdheynii v rythi stwry eh meii

    1. maroon says:
      January 31, 2018 at 8:50 pm

      In sha Allah tmrw. See u then. Thanku dear ?

  44. Laylerr says:
    January 31, 2018 at 7:42 pm

    Alheyy .. pls shanum n ashva ingeyyyy

    1. maroon says:
      January 31, 2018 at 8:50 pm

      Thanku laylerr ?

  45. Xxxx says:
    January 31, 2018 at 8:55 pm

    V.v reethi dear.???????

    1. maroon says:
      February 1, 2018 at 4:56 pm

      ޝުކުރިއްޔާ?

  46. Hana says:
    January 31, 2018 at 11:36 pm

    Shanum and ashwaa pls gulhuvaba

  47. Mal. says:
    January 31, 2018 at 11:43 pm

    Hey maroo.. mi part vx v best… waiting for the next egey.. keep it up..?? much love..??

    1. maroon says:
      February 1, 2018 at 4:57 pm

      ހޭ ލަވް. ވަރަށް ޝުކުރު . މަޗް ލަވް ?

  48. Meee says:
    February 1, 2018 at 1:40 am

    Vahaka nimuneema kiyaalan kamah miinii. Ummeedhu kuran varah reethivaane kamah as always

    1. maroon says:
      February 1, 2018 at 4:57 pm

      ކިޔާލާފަ ފަހު ޕާރޓުގަ ހިޔާލެއް ދެއްޗޭ ?

  49. Alooka says:
    February 1, 2018 at 9:38 am

    Alhey next part kiyaalaa hithun kehtheri kan kuda vepherr mihunnanii

    1. maroon says:
      February 1, 2018 at 4:58 pm

      ޝުކުރިއްޔާ. މިހާރު ލިޔާލެވޭނެ ?

  50. Aail says:
    February 1, 2018 at 9:46 am

    Hey maroon
    Up kolla dheebala miadhu ge part. Varah kiyaalaa hithun mihury ?

  51. Sifaa says:
    February 1, 2018 at 2:13 pm

    Shanum and Aswa plx plx plx???… mivaahaka hama 1 vana… can’t wait…. Maroon avahah upkohladheebala dear… ???

    1. maroon says:
      February 1, 2018 at 4:58 pm

      ޝުކުރިއްޔާ ?

  52. Maa says:
    February 1, 2018 at 3:59 pm

    Maroon…….. kobaaatha miadhuge part…. waiting……….waiting

Comments are closed.

Next Episodeތިޔަ އަސަރު 20 (1)←


All Right Reserved!