Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..4

Uhthoo Level 210 Stories100 Comments100 Login
January 31, 2018 5 Mins Read
10 Comments

ރީމާގެ މަސާޖުން ދެލޯ މެރިފައި އޮތަސް އަޔާޒުގެ ހިތްވަނީ އެލަވަޔަށް ވަދެ ހުސްވެފައެވެ. އެއާއެއްގޮތަށް ރީމާގެ ހިތްވެސް އެ ލަވަޔަށް ނަށަމުން ދިޔައެވެ. “ރީ…..” އިޝަގީ ރާގެއްގައި އަޔާޒު ގޮވާލިއެވެ. އަޔާޒުގެ ހިތް އޮބިނޯންނަވަރަށް އެމޫނުގައި ފިރުމާލުމަށް ގޮވަމުން ދިޔައެވެ. އެހެންކަމުން ރީމާގެ  މޫނުމައްޗަށް ވެއްޓިފައިި އޮތް އިސްތަށި ކޮޅު އެއްފަރާތް ކޮށްލިއެވެ. ރީމާ މޫނު އަނބުރާލިއެވެ. “ކީއްވެތަ ތިހާ ލަދުގަންނަނީ ރީ…..؟ އަޔާއެއް ނޫޅެން އެއްވެސް ކަމެއްކުރަން… ތި ސްމައިލް ފެނިފަ މިހާރު ބޮލުގެ ރިހުން ރަނގަޅުވެއްޖެ…” އަޔާޒު ތެދުވެ ހިންދަމާލިއެވެ. ލަދުން އިން ރީމާ އިނީ މިހާރު ތަންކޮޅެއް ހަމަޖެހިފައެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ރީމާ ތެދުވެގެން ގޮސް ވަނީ ބަދިގެއަށެވެ. އަޔާޒުވެސް ފަހަތުން އައިސްވަނެވެ. ކުޑަދޮރު ހުޅުވާލުމުން ކެތްމަދުވެފައި ތިބި ވައިރޯޅިތަށް އެތެރެއަށް ދެމިގެންފިއެވެ. ފިޔާތަކެއް ތަށްޓަކަށް އަޅައިގެން މޭޒުކައިރީ ރީމާހުރީ އެފިޔާތަށް ނޮޅުމުގައެވެ. ޖެހިލާ ފިނި ވައިރޯޅީގައި ހޫރެމުން ދިޔަ އިސްތަށިގަނޑު ވަނީ މިނިވަންކަންމަތީގައިވެ.

އެފަރިކަމަށް ހިތާހިތުން ތައުރީފް ކުރާހާލު އަޔާޒުގޮސް ރީމާކައިރި ހުއްޓުނެވެ. އެހިނދު ބޭރުން ބުޅަލެއްގެ  ކޯޅުމުގެ އަޑު  އިވިގެން ދިޔައެވެ.  ބިރުވެރި ފާޑަކަށް  ނުހަނު ބާރަށެވެ.  ސިއްސައިގެން ގޮސް ރީމާއަށް އަޔާޒުގައި ބައްދާލެވުނީ ވަރަށް ބާރަށެވެ. އެކަމަށް ނުވިސްނައި ހުރި އަޔާޒު އަރިއަޅައިލައިފައި ނުވެއްޓުނީ ކިރިޔާއެވެ. ރީމާ ބިރުން ތުރުތުރު އަޅައެވެ. އަޔާޒުމަޑުމަޑުން ރީމާގެ ގައިގައި ބައްދާލީ އެ ލޯބި ކުއްޖާއަށް ހިމާޔަތާ ރައްކާތެރިކަން އިހުސަސާސްކޮށްދިނުމަށެވެ. ބިރުފިލުމުން ހުރެވުންތަން ހިތަށްއަރައި އަޔާޒުގެ މޭގައި އަޅާ ކޮށްޕާލެވުނެވެ. އަދި އަނެއްފަރަތަށް އެނބުރި ސޮރީ އޭ ބުނެވުނެވެ. އަޔާޒު ހިތަށް އަރާނީ ކީކޭކަމެއް ނޭނގޭތީ ރީމާ މާފަށް އެދުނީ އޭނާއަށް ކުށެއް ކުރެވިއްޖެކަމަށް ހީކޮށެވެ. ” ސޮރީ ފޯރ ވަޓް…؟” ފަނޑުހިނިތުންވުމެއްވުމެއް އަޔާޒުގެ ތުންފަތަށްވެރިވިއެވެ. ރީމާ އަނެއްކާވެސް ކުރަންހުރި މަސައްކަތަށް މައްސޫލުވިއެވެ. އަޔާޒުވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ގޮނޑިއެއްގައި ޖައްސައިލަމުން ފޯނަށް ސަމާލުކަން ދިނެވެ. އިރުކޮޅެއް ނުވެ ހަނާއާ އަހުނަފް ވެސް އައެވެ. ދެމީހުންގެ  މޫނުމަތިންވެސް އާދައިގެ މަތިން ނުރުހުމުގެ އަސަރު ފާޅުވޭވޭހުއްޓެވެ. ނަމަވެސް އެދެމެދުގައިވީ ފުންހިމޭންކަމެކެވެ. އަހުނަފާއަޔާޒު ވާހަކަ ފެށިއެވެ. ކުރިއަށް އޮތް ވޯލްޑްކަޕްގެ ވާހަކައެވެ. ހަނާވެސް ރީމާއާއެކު ކެއްކުމުގައި އަވަދިނެތި އުޅުނެވެ. އިރުއިރުކޮޅުން އަހުނަފާ ބެހިލައެވެ.

“ސަޕްރައިޒް….” އަޔާޒުގެ ބައްޕަ އިޝާމް އައިސް އެންމެން ސިއްސުވާލިއެވެ. ވިޔަފާރި ދަތުރެއްގައި ރާއްޖޭން ބޭރުގައި ހުރެފައި ނުބުނެ އައުމުން ހަމަރަނގަޅަށްވެސް އަޔާޒު ހުރީ ސަޕްރައިޒްވެފައެވެ. “ޑޭޑް….ކީއްވެ ނުބުނެ ތިއައީ.. އަޅެ ބުނެލިނަމައެއްނު ދެވޭނީވެސް ބަލާ” ކުޑަކުއްޖެއްހެން އަޔާޒު ޝަކުވާކުރިއެވެ. “އޭރުން ނުވާނެއެއްނު ސަޕްރައޒަކަށް…ޑޭޑްގެ ކުދިންކޮޅު ކިހިނެއްތަ؟ ޗަންކީ ކޮބާ މޮމްމެން… އައި މިސްޑް ޔޫ އޯލް…” .. “ހޮއެ ހޮއެ ބޭބެ ހާދަ ސްމާރޓްވެއްޖޭ ބެންކޮކަށް ދިޔައިމަ…” ހަނާ ދިމާކޮށްލިއެވެ. “އެންމެންވެސް ރަނގަޅު.. ބޭބެ ކިހިނެތް.. ދޮނޭމެންވީ ބަލިމީހަކަށް ގޮވާލަން މާލެ ގޮސް…” ރީމާވެސް ނޯޑްލްސް ތަށްޓަކަށް އަޅަމުން ވާހަކަ ދެއްކިއެވެ. “ނިމުނީ،.. އާދޭ ބޭބެ ވެސް އަހަރުމެންގެ ކެއުމަށް ޖޮއިން ކުރަން..”

އެރޭގެ ބާކީބައި ހޭދަވީ ހަދިޔާ ބެހުމުގައެވެ. އަހުނަފް ހުރުމުން އިޝާމް އަހުނަފަށްވެސް ހަދިޔާއެއްދިނެވެ. އިޝާމްގެ އެ ހިތްހެޔޮކަން އަހުނަފްގެ ހިތްރޮއްވާލިއެވެ. އަވަސް އަވަހަށް ފާހާނަޔަށޭ ބުނެލުމުން ހަނާ އިޝާރާތް ކުރީ އޭނަގެ ކޮޓަރިއާ ދިމާއަށެވެ. އޭނާބޭނުންވީ އެކަނިވެލުމަށެވެ. މީހުންތެރޭ ހިތްހަރު ކޮށްގެން އުޅުނަސް ހަގީގަތުގައި އޭނައަކީ ހިތްބަލި ކުއްޖެކެވެ. ފާހާނަޔަށް ވަދެވުމާއެކު ފުންނޭވާއެއްލިއެވެ. އެދިގު އެސްފިޔަތަކުގެ ނިވަލުގައި މިނިވަންވާން ބޭނުންވެގެން އުޅޭކަރުނަތިކިތަކަށް އެފުރުސަތު ނުދޭން އަހުނަފް ކިތަންމެހައިވެސް މަސައްކަތްކުރިއެވެ. ނަމަވެސް އެކަމެއް ކާމިޔާބެއް ނުކުރެވުނެވެ. އެސްފިޔަތަށް ފޫއަޅުވައިލައިފައި ކަރުނަތަށް ތިރިއަށް ދެމިގެންފިއެވެ. “ބައްޕާ.. ކީއްވެތަ އަހަރެމެން ޔަތީމްކޮށްފަ ތިދިޔައީ… ” ހިތާހިތާ ވާހަކަ ދައްކަމުން އަހުނަފް ދެކަނކޫ މައްޗަށް ތިރިވިއެވެ. މިދުނިޔެއިން އޭނައެންމެ ބޭނުންވި މީހާ ކުދަ ދުވަސްކޮޅަކު ފެނިފައި ގެއްލުނީއެވެ. ބައްޕަ ހުރިނަމަ،އޭނަ އެހާލުގަ އުޅޭކަށް ނުޖެހުނީހެވެ. އެންމެ ކުޑައިރުވެސް މިސްކިތުން ބައްޕަގެ އަތުގައި ހިފައިގެން ކުދިން ދާތަން ފެނުމުންވެސް އޭނަ ފެންކަޅިވެއެވެ. އެކުދިންނާއެއްކޮށް ކުޅެން އެކުދިންގެ ބައްޕަ އުޅޭތަން ފެނުމުން ކުޅޭހިތްކެނޑި ގެއަށް އައީ ކިތަށް ދުވަހު ހެއްޔެވެ؟… މަންމަގެ ބުރަ މަސައްކަތްތަށް ފެނި މިދުނިޔެއަށް ނައިނަމައޭ އެހިތަށް އެރީ ކިތައްދުވަހުހެއްޔެވެ؟.. ފާހައިނައިގެ ހަތަރު ބިތަށް ވެރިވަމުން ދިޔަ ގިސްލުން ބާރުވަމުންދިޔައީ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

ލިބުނު ހަދިޔާތަށް ހިފައިގެން ކޮޓަރިއަށްވަން ހަނާގެ ކަންފަތުގައި މަޑު ގިސްލުމެއްގެ އަޑުޖެހުނެވެ. ހަނާ ފާހައިނައިގެ ދޮރާ ކައިރިވަމުން ދިޔަވަރަކަށް އެއަޑު އިވޭލެއް ފުދޭވަރަކަށް ބާރުވިއެވެ. އެއީ އަހުނަފްގެ އަޑުކަން ހަނާ ޔަގީންކުރިއެވެ. ނަމަވެސް އަހުނަފް ރޯންވީ ސަބަބެއް ހަނާގެ ސިކުނޑިއަކަށް ނައެވެ. އޭނައަށް އަހުނަފް ދެރަވާކަހަލަ ބަހެއް ނުބުނެވެއެވެ. ދެންކޮންކަމަކާބާވައެވެ. ކުއްލިއަކަށް ގިސްލުމުގެ އަޑުކެނޑި އިސްކޫރުން ފެންފައިބަންފެށި އަޑުއިވުނެވެ

ހަނާ އަވަސް އަވަހަށް ބޭރަށް ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ބާރުއަތަކުން ހިފާއޭނާ ހައްޔަރު ކުރިއެވެ. ހަނާ ކޮންޓޮރޯލެއް ނުވިއެވެ. ކާޕެޓުމަތިން ކައްސާލުމުން ހިފުނީ އަހުނަފްގެ ގަމީހުގައެވެ. އަހުނަފް ހަނާ ވެއްޓުނަކަ ނުދިނެވެ. ނަމަވެސް އަހުނަފްގެ ގަމީހުން ގޮށެއް ނެއްޓުނެވެ. ހަތަރުކަޅި ހަމަވެފައިވި ދެމީހުންގެ މާނަފުން ވާހަކަތަކެއް ދެ ހިތުން ގެތެން ފެށިއެވެ. ހަނާގެ ހައިރާންކަމުން ފުރިގެންވި ދެލޮލުން އަހުނަފްގެ ލޮލަށް ބަލަން ހުރުމުން އެނގުނީ އެ ދެލޯ ރަތްވެފައިވާ ވަރެވެ. އަހުނަފްއެއީ ރޮއެފައެވެ. އެކަމަކު ކޮންކަމަކާބާވައެވެ. ހަނާ ކުއްލިއަކަށް ދުރުވެލަމުން އަހުނަފަށް ފުންނަޒަރެއް ދިނެވެ. ހަނާ ބިންމަތީގައި އޮތް ގޮށްނަގައި އަހުނަފްގެ އަތަށް ލަމުން ހިނގައިގަތެވެ.  މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާންނެތް އަހުނަފް އަނެއްކާވެސް ހަނާ އަތުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލަމުން ދަތްކުނޑި ވިކާލަމުން ލޯއަޅާލިއެވެ. “މިގޮށް އަޅުވަން ޖެހޭނީ މިގޮށް ނެއްޓި މީހާ…” ” އަތްދިއްޔޯތް…!!ހުން.. އަހަރެންގެ އަތުން ނެއްޓުނީ ތިފިރިހެނާގެ ސަބަބުން.. މަޑުކުރޭ..” ހަނާގެ އަތަށް މިފަހަރު ތަދުވެއްޖެއެވެ. އަހުނަފާ ދިމާއަށް ލޯ އަޅާލަމުން ގޮސް ޑްރެސިންގް ޓޭބަލްގެ ވަތްގަނޑުން ބަރަންޏަކާ ތިނޯހެއް ނަގަމުން އައިސް ހަނާ މަޑުކޮށްލީ އަހުނަފްގެ ކުރިމަތީގައެވެ. ތިނޯހަށް ރޮދި ލެއްވުމަށްފަހު ހަނާ ގޮށް އަޅުވަން ފެށިއެވެ. ދުރުގައި ހުރެ އެކަން ކުރުން ހަނާ އަށްވީ ބޮޑު އުނދަގުލަކަށެވެ. ދެފަހަރު އަތަށް ތިނޯސް ހެރުނެވެ. “ތިއަހަންނާ ތަންކޮޅެއް ކައިރިވިޔަސް ކައެއް ނުލާނަމޭ.. ” ހަނާގެ އުޅަނބޮށީގައި ހިފައި އަހުނަފާ ކައިރި ކޮށްލަމުން އެހެން ބުނީ ތިންވަނަ ފަހަރަށް އެއަތަށް ތިނޯސް ހެރިދާނެތީއެވެ. ހަނާ އެހާ ދިގުކޮށް ހުރި އިރުވެސް އޭނާގެ ބޯ އަރަނީ އަހުނަފްގެ ދަތްދޮޅިޔާ ހަމަޔަށެވެ. އަހުނަފްގެ ހޫނު ނޭވާތަށް ހަނާގެ މޫނަށް އެޅެމުންދިޔައެވެ. އަހުނަފަށް ހަނާގެ އިސްތަށިގަނޑުން މަޑުމަޑު މީރުވަހެއް ދުވައެވެ. ގޮށް އަޅާ ނިމުމުން ހަނާ ރޮދި ކެނޑާލުމުން ވައިރޯޅިއެއްހައި އަވަހަށް ނުކުމެގެން ގޮއްސިއެވެ. ހަނާ ބަލާލީ އަހުނަފް ހިފާލި އަތަށެވެ. އެއަތުގައި ކުރެހުމެއްހެން ވަނީ އަހުނަފްގެ އަތް އަރާފައެވެ. ވާނީވެސް އެހެންނެއް ނޫހެއްޔެވެ. ދަތްކުނޑި ވިކާލި ބާރަށް ހަނާގެ އަތުގައިވެސް ހިފި ވިއްޔާއެވެ.

އެއީ އަޖައިބެއްކަހަލަ މީހެކެވެ. ގާތްކޮށްލަންވެސް ބޭނުންވެއެވެ. ނަމަވެސް ހަނާދެކެ ފޫހިވެސް ވެއެވެ. ހަނާގެ ހައިރާންކަން 4ގުނަޔަށް ދިޔައެވެ. “ވިއަރޑް..” ހިތާހިތުން ހަނާއަށް ކިއުނެވެ. ހަނާ އިރުކޮޅަކުން ބޭރަށް ނުކުތެވެ. ސިޓިންރޫމްގައި މަދުވީ އޭނަ އެކަންޏެވެ. އޭނާގެ މަންމަޔާ ބައްޕަވެސް އައިސްފިއެވެ. އެއްމެން ތިބީ ވާހަކައިގައި ޖެހިފައެވެ. އަހުނަފްވެސް ކައުޗްގައި އިނެވެ. ހަނާ އައިސް އިނީ ނެގިމަޑުވެފައެވެ. އެކަމާ ފަތުމަ އެއްޗެކޭ ބުނެލިއެވެ. ” ނޫނޭ މަމް.. ނުވޭ ކަމެއް…” ފާތުމަ ހަނާއަށް ޗަންކީ ޗޮކެއް ދިއްކޮށްލުމުން ހަނާ އޭގައި ހިފިއެވެ. ވަށްލޮލުން އޭނާ ބަލައިލީ އަހުނަފަށެވެ. އަސަރެއް ނުވާ މާނަފުން ބެލުމަކުން އަހުނަފް އިނީ ހަނާއަށް ބަލަންށެވެ. “މާ ލަސްވެއްޖެ ކަންނޭނގެ… ހިނގާދާން ދަރިފުޅާ…” އިޝާމް ކައުޗުން ތެދުވަމުން ގަޑިބަލާލިއެވެ. އަޔާޒާ އަހުނަފްވެސް ނުކުމެގެން ގޮސް ކާރަށް އެރިއެވެ. އިޝާމް ފުރަތަމަ ދިޔައީ އަހުނަފް ގެއަށްލާށެވެ. ދެބަފައިންނަށް ގެއަށް ދެވުނު އިރު 10.50 ހިނގަނީއެވެ. “ޑޭޑް އެބޮތް ކުޑަ ޓޯކެއް.. ” ކާރު ޕާރކޮއްފައި އައި އިޝާމް ނިތްއަރުވާލިއެވެ. “އަމް ގޯންނަ ޕްރޮޕޯސް ހާރ….” އަޔާޒު ކުޑަކޮށް ހީލިއެވެ. “އޮހް… ހޫޒް ދަ ލަކީ ގާރލް….” އަޔާޒު ޖެހިލުމެއްނެތި ފާޅުކޮށްލުމުން އިޝާމް ހުރީ ވަރަށް އުފާވެފައެވެ. “ރީ…” “އޭރުވެސް އިނގޭ… ރީވެސް ވަރަށް ލޯބިވޭދޯ….” އަޔާޒު ބޯ ޖަހާލިއެވެ. އެޔަގީންކަން އޮތީމައެވެ. “އޯކޭ ގުޑް ނައިޓް…” އަޔާޒު އަވަހަށް އެހެން ބުނަމުން ގޮސް އޭނާގެ ތަނަވަސް ބޮޑު ކޮޓަރިއަށް ވަނެވެ.

އެންމެންގެ ލޯތަށް ނިދިންބަރުވެ ނިދީގެ އަރާމުކަން ހޯދަމުންދިޔަ އިރުވެސް ހަނާގެ ލޮލަށް ނިދި އަންނާކަށް ނޫޅެއެވެ. ފޫހިކަމާއެކީ އޮތް ހަނާ ލެޕްޓޮޕް ނަގައި ލަވައެއް ޕްލޭ ކޮށްލީ ހިތާ ސިކުނޑި ދެބަސްވެ ތަަޅާ ފޮޅާވަރުންނެވެ. ހިޔާލުތަކުން ބަރުވެފައިވާ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. *ނެނގި ވެވޭ އިހުސާސެއްމީ…*މޭގައި ހިނގާ ޖަޒުބާތެއްމީ…*ހާސިލްވުމަށް އެދި ހިތްރޮނީ.. ޔާރާ ވިސްނާށޭ…އިންސާނާއޭ… އޯ އޯ……………… ލަވައިންވެސް ހަނާއަކަށް ހިތްހަމަޖެހުމެއް ނުިބުނެވެ. އެހެންކަމުން ލެޕު ނިއްވާލަމުން ބާލީހުގައި ބާރަށް ބައްދަމުން ލޯ މަރާލިއެވެ.

އެ ހިސާބާ މާދުރު ނޫން ހިސާބެއްގައި ހުރި އާދައިގެ ގެއެއްގެ އާދައިގެ ކުޑަ ކޮޓަރިއެއްގެ ތެރޭން މަޑުމަޑު ލަވައެއް އިވި އިވި ހުއްޓެވެ. ހިންދީ ލަވައެކެވެ. ނަމަވެސް މާނަ ފުން އެލަވައިން ބުނެދެނީ ލޯބީގެ ކަނޑުން ސަލާމަތް ވެގެން ފަޅާ ހިސާބަށް އަންނަން ނޭނގޭވަރަށް އަހަރެން ދެކެ ލޯބި ނުވަށްޗެވެ. ތި މޫނު ފެންނަންފެށިފަހުން  ހަފްތާގެ ނިދި ހަމައަކަށް ނުލިބެ އެވެ. ބުނެބަލާށެވެ. ތިހިތުގައި ސިއްރެއް ވާކަން އެނގެއެވެ. އަހަރެން އެކަކުކައިރީވެސް ނުބުނާނަމެވެ. އެކަނި އަހަންނަކަށް ނުނިދޭމެއެވެ. ހުވަފެނުގައި ނަމަވެސް އަންނާށެވެ. އަހަރެންގެ މީހަކަށް ވެބަލާށެވެ. އަހަންނަކަށް އެންމެ ދެރަމިނުން ހިނގޭނީއެއްވެސް ނޫނެވެ. ތިބާދެކެ ލޯބިވުން ނޫންކަމެއް އަހަންނަކަށް ނުކުރެވެއެވެ. ކުޑަކުޑަ އެކޮޓަރީގައިވަނީ ފަނޑު އައްޔެކެވެ. އެނބުރެމުންދިޔަ ފަންކާއިން ކިޔަނީ ބަރު އަޑެކެވެ. އެކޮޓަރިތެރޭގައިވަނީ ފޮތްތަކެއްބަހައްޓާފައި ހުރި މޭޒެއްގެ އިތުރުން އެނދަކާއި އަލަމާރިއެކެވެ. ހުޅުވިފައިވާ ކުޑަދޮރުކައިރީ އަހުނަފް ހުރީ ފުންހިޔާލަކަށް ގެއްލިފައެވެ.  ނިދިމޫނަކާ ވަށްތަރުކޮށް ހުއްޓަސް އަހުނަފްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ލަވައެއް އިވުނަސް ބޮލަށް އުނދަގޫވާ އަހުނަފަށް އެލަވައިން ނޭނގޭކަހަލަ ހިތްހަމަ ޖެހުމެއް ލިބެމުންދިޔައެވެ. ހިތަށް ލުއިލިބޭ ކަހަލަ މާނަ ރީތި އެލަވައިން ހިތުގެ ކޮންމެސް ކަނަކުން ގޮވަމުންދިޔައީ ހަނާއަށެވެ. ހަނާއާ ދޭތެރޭ ކަންތަށް މިކުރެވެނީ ރަނގަޅަށްބާއޭ އެ ހިތަށް އެރިއެވެ.. ހަނާގެ މާނަ ފުން ދެލޯ އިރުއިރުކޮޅާ އަހުނަފްގެ ކުލަނުވާ ސްކްރީނަށް އަރަމުން ދިޔައެވެ.

އާދުވަހަކަށް އިރު ދޮންކުރަން ފެށިއިރު ރީމާއާ ހަނާ ފާތުމައަށްވުރެ ކުރިން ތެދުވެ ސައިހަދާފައެވެ. ފާތުމަ އާދައިގެ މަތިން ގޮސް ދެމީހުންގެ ކޮޓަރި ދޮރުގައި ތަޅަތަޅައިފައި އައިސް ބަދިގެއަށް ވަނެވެ.”ޕޮއް…” ހަނާ މޭޒުކައިރީ ހުރެފައި ފާތުމަ ސިއްސުވާލިއެވެ. ސިހިފައި ފާތުމަ ބަލާލި އިރު އަސްތާ… މިހިރީ ސައިހަދާފައެވެ. ފިރާގު އައިސް މޭޒުގައި ޖައްސާލިއެވެ. ހަތަރު މީހުން މިއަދު ސައިބޯން ފެށީ އެއްފަހަރާއެވެ. “ޗަންކީ… މިއަދު ސުކޫލަށް ނުދާ ދުވަހެއްތަ؟” ފިރާގު ހޫނު ކޮފީތަށި ކައިރި ކޮށްލިއެވެ. “އާނ ކީއްކުރަން ދާތަނެއް.. ދެން މިއަހަރު ބާކީ އޮތް އެއްވެސް ދުވަހެއްގަ ނުދާނަން… ” ” އެޔޯ…އަނެއްކާ ހިތްހަމަ ނުޖެހޭކަމެއް ދިމާވީތަ؟” ހައިރާންކަމާއެކު ފިރާގު އެހެން ބުނެލުމުން ފާތުމައާ ރީމާގެ އިތުރުން ހަނާ ޕަކަޕަކަ އަޅައިފައި ހީގަތެވެ. “ސާބަސް ފިރާ… މި އެއްކަލަ ގަރަހިތައެއްކަހަލަ މީހެކޭ … އެހެންވީމަ ނޭނގޭނެ ދަރިފުޅާ… މިއަހަރު ކިޔެވުންބަންދުވީ.. ދެން.. މިއޮތީ ކުރިމަށްޗަށް ބޮޑު ޗުއްޓީއެއް” ފާތުމަ ކިޔާލިއެވެ. ހުނުމުގައި ތިއްބައި އިޝާމާއި އަޔާޒު އައިސްވެނެވެ. “ކޮންކަމަކާ މާހެވިފަ ތިތިބީ…؟ ޖޯކު ކިޔަނީތަ؟” އެންމެންގެ މޫނުތަކަށް ބަލަމުން އިޝާމް އަހާލިއެވެ. “ބޭބެ އާދޭ އަވަހަށް… އަޔާވެސް…!” މޭޒަށް އިތުރުވި ދެމީހުންވެސް ވާހަކައިގައި ބައިވެރިވިއެވެ. ޗުއްޓީގައި ވަރަށް ޙާއްސަ ކަންތައްތައް ހިނގާނޭ ބުނަމުން އިޝާމް ބަލާލީ އަޔާޒުގެ މޫނަށެވެ. އަދި އަޔާޒަށް ދޯދިނެވެ.

ރީމާ ކޮށިއަރައިގަންނަ ކަހަލަ ގޮތެއްވިއެވެ. ލާނެތް ހުނުމަކާއެކު ހަނާ ފެންތަށްޓެއް ރީމާއަށް ދިއްކޮށްލިއެވެ. ރީމާ ލަދުން އިސްޖަހާލިއެވެ. ސައިބޮއެގެންވެސް ވާހަކައިގައި އެތަށް އިރަކު ތިއްބެވެ. އެންމެން ސަޔަށްފަހު ސިޓިންރޫމްގެ ކައުޗްތަށް ފުރާލިއެވެ. ފާތުމަ ގަޑިބަލާލަމުން ފިހާރަޔަށްދާންވީކަމުގައިި ބުނެލިއެވެ. ހުކުރު ދުވަސް ކަމުން އާދައިގެ މަތިން ކެއްކުންގަނޑެއް ހެދުމަށް އެއްޗެހި ގަންނާށެވެ. އެއީ ދިވެހިންގެ ވަރަށް ކުރިއްސުރެ އޮންނަ އާދައެކެވެ. ހުކުރު ދުވަހުގެ މެންދުރަށް ކެއްކުމެވެ. ހަނާއާ ރީމާވެސް ދާން ތައްޔާރުވުމުން ފާތުމަ ބޭރަށް ނުކުންނަން ހިނގައިގަތެވެ. “އަޔާވެސް ދާނަން…” އަޔާޒުވެސް ރީމާމެންނާ އެއްވަރުކޮށްލަމުން ނުކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

އިންތިހާ-6

Next

އެހަތަރު އަހަރު..ފެށުން

Next
January 31, 2018

އެހަތަރު އަހަރު..ފެށުން

Previews
January 31, 2018

އިންތިހާ-6

10 Comments!

  1. Icy♡ says:
    January 31, 2018 at 8:51 pm

    WOW

    1. thuhoo says:
      January 31, 2018 at 8:54 pm

      First dhw❤️ thanks Icy

  2. Minna says:
    January 31, 2018 at 10:27 pm

    Wow
    Mi bai ves varah reethi

    1. thuhoo says:
      January 31, 2018 at 10:45 pm

      Thanks dear

  3. Angel says:
    February 1, 2018 at 9:45 am

    Wow haadha reechey when next part. I love this story

    1. thuhoo says:
      February 1, 2018 at 10:44 am

      Thanks Angel… Mireah wait kohlaaa ?❤️

  4. thuhoo says:
    February 1, 2018 at 2:13 pm

    Next part may be evening or tonight.. thanks Angel❤️..

  5. Uney says:
    February 1, 2018 at 5:39 pm

    V salhi ingey
    ??

    1. thuhoo says:
      February 1, 2018 at 6:49 pm

      ތެންކިޔޫ…

  6. Xoo says:
    February 4, 2018 at 4:16 pm

    V v v loabi
    Keep it up thuhoo❤❤❤ i love it

Comments are closed.

Next Episodeލޯބިއެހެނަސް..5←


All Right Reserved!