Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ސޯޅަވަނަ ބައި)

riya Level 3100 Comments10 Stories
February 1, 2018 4 Mins Read
28 Comments

އަލްޔަން ވާހަކަ ދައްކަން ފެށުމުން ޒީކް ދެކަންފަތުގައި އަތް އަޅައިފިއެވެ. އަލްޔަންގެ އަޑު އިވުމުންވެސް ޒީކްއަށް އުނދަގޫވަނީ ކަންނޭގެއެވެ. ހަނދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން އަލްޔަން ނިކުމެގެން ހިނގައްޖެއެވެ. ހުދު އަލްޔަންއަށް ވެސް މިކުރެވެނީ، މިދެވެނީ ކޮންތާކަށް ކަން ނޭނގޭ ކަހަލައެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ހިނގައްޖެއެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ކަމުގައި ހީކުރެވުނު ނަމަވެސް މިއަދު އޭނާ އަންނަން އެޖެހުނީ ހުސްއަތާއެވެ. ނިކަމެތި އަންހެން ކުއްޖެއް ހިތް ކާމިޔާބު ނުކުރެވިގެންނެވެ.

 

ކޮޓަރިއަށް ވަދެވުމާއެކު ފަހަރަކު އެއްޗަކަށް އަލްޔަންގެ ރަހުމެތްނެތް ހަމަލާތައް އަރަން ފަށައިފިއެވެ. މާޓުކުރި ނަގާ އަތަށް ހެޔޮވަރުކޮށްލުމަށްފަހު ޓީވީއާ ދިމާއަށް ހޫރުވާލައިފިއެވެ. ބިއްލޫރި މޭޒުގައި އަތުން ޖެހިޖެހީނުން ތަޅާލައިފިއެވެ. އަތަށް ލިބުނު ޒަހަމަކަށް ފަރުވާލެއް ނެތްކަހަލައެވެ. ލެޕްޓޮޕްވެސް ޓައިލްސް މައްޗަށް ޖެހިޖެހީނުން މުގުރާލައިފިއެވެ. އެހާ ލޯބިން ގެންގުޅުނު އަގުބޮޑު ފޯނުގެ އެކި އެތިކޮޅު ހުރީ އެކިދިމަދިމާގައެވެ. އޮފީހުގެ މުހިއްމު ލިޔެކިޔުންތަކުގެ އެކި އެތިކޮޅު ވަކިވަކިން ވައިގެ ތެރޭގައި އުދުހެމުންދިޔައެވެ. ހިތުގެ އުދާސްތައް ބޭރުކުރުމަށް އަލްޔަންއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވެދާނެއެވެ.

 

މިސައިބާ އަލްޔަންގެ ކޮޓަރިއަށް އައީ ދުވަމުންނެވެ. ކޮޓަރި ތެރެއިން އިވެމުންދާ އަޑުފައްގަނޑުގެ ސަބަބުން އެތަނަށް އައުމަށް މަޖުބޫރުވީއެވެ. ދޮރުހުޅުވާލުމާއެކީ މިސައިބާގެ އަނގަ ބޮޑުވެގެން ދިޔައެވެ. ހައިރާންވިލެއް ބޮޑުކަމުންނެވެ. އަލްޔަންގެ ކޮޓަރިތެރެ ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އައިސްފައިވާ ހެންނެވެ. ރުޅިއައިސްފަައިވާ ސިންގާއެއް ފަދައިން އެއްޗެއްސަށް ގެއްލުން ދެމުން ހަލާކު ކުރަމުން ދިޔަ އަލްޔަން ފެނުމުން ކޮންކަމެއް ކާމިޔާބު ނުވީބާވައޭ މިސައިބާގެ ހިތަށް އެރިއެވެ.

“ދަރިފުޅާ ކިހެނެއްވީތަ؟” މިސައިބާ އަލްޔަންގެ ކައިރިއަށްޖެހިލަމުން ބުނެލިއެވެ.

“އާލް ބުނެބަލަ ކޮންކަމެއް ނުވީތަ؟” އަލްޔަންގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް މިސައިބާ އަހާލިއެވެ. އަދި އަލްޔަންގެ ބޮލުގައި ފިރުމާލައިފިއެވެ.

ރުޅިއައިސް ދެރަވެފައިވާ އަލްޔަންއަށް މަންމަގެ އޯގާތެރި ފިރުމުންތައް އިހްސާސް ކުރެވުނު ހިނދު ހިފައިހައްޓައިގެން ހުރި ކަރުނަތައް އޮހިގެންފިއެވެ. އަދި މިސައިބާގެ ގައިގާ ބާރަށް ބައްދާލަމުން ހިތުގައިވާ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. މިސައިބާވެސް ދަރިފުޅުގެ ވާހަކަތައް އަޑުއަހަމުން ދިޔައީ އޭނާގެ ހިތުގެ އެދުންވެސް އެއްފަރާތް ކުރަމުންނެވެ. ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއްކަން މިސައިބާއަށް އިހްސާސްކުރެވިފައިވާތީ އޭނާ ނިންމާފައިވާ ނިންމުންވެސް ބަދަލުކުރުމަށް ހިތުގައި އަޒުމު ކަނޑައެޅިއްޖެއެވެ.

 

އަރައިގެންއައި އިރާއެކު ޒީކް ތައްޔާރުވަމުން ދިޔައީ ޔުނިވަސިޓީއަށް ދިޔުމަށެވެ. މޭޒުމަތީގައި އޮތް ނޯޓްފޮތް ދަބަހަށްލުމަށްފަހު ލައިބްރަރީއިން ގެނައި ފޮތް އަތުން ހިފައިގެން ހިނގައިގަތެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންދިޔަ ޒީކްއަށް ހުއްޓެވުނީ ކުރިމަތިން ފެނުނު އަލްޔަންގެ ސަބަބުންނެވެ. ޒީކްގެ މޫނުން ފެންނަމުންދިޔަ އުފާވެރިކަން ފޫހިކަމަށް ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

“ޒީކް” އަލްޔަންގެ ކުރިމަތިން ދުރަށް ދިޔުމަށް ހިނގައިގަތް ޒީކްގެ ފިޔަވަޅުތައް ހުއްޓުމެއް ގެނައީ އަލްޔަންގެ އަޑުންނެވެ.

“ޒީކް” އަލްޔަން އަނެއްކާވެސް ޒީކްއަށް ގޮވާލިއެވެ. އެތައް ބައިވަރު ވާހަކަތަކެއް ޒީކް ގާތުގައި ބުނުމަށް ބޭނުންވި ނަމަވެސް ދުލާހަމައަށް އެންމެ ބަހެއްވެސް ނުގެނެވުނެވެ.

“ޒީކް” އަލްޔަންއަށް މިފަހަރުވެސް ބުނެވުނީ ހަމައެހެންނެވެ. ބުނަން ބޭނުންވާ އެތި ނުބުނެވިގެން އުޅެނީ ކީއްވެގެން ކަމެއް ހުދު އަލްޔަންއަށްވެސް ނޭނގެއެވެ.

 

ޒީކްގޮސް ލޯކުރިމަތިން ގެއްލެންދެން ޒީކް ދިޔަދިމާއަށް ބަލަހައްޓައިގެން އަލްޔަންއަށް ހުރެވުނެވެ. އަލްޔަންއަށް އަމިއްލަ ނަފްސްދެކެ ރުޅިއާދެވުނެވެ. އެހާ ރީތި ފުރުސަތެއް ލިބުމުންވެސް އެފުރުސަތުވެސް ބޭކާރު ގޮތުގައި ނަގައިލެވުނީއެވެ. މިހާރު ޒީކް ފެނުމުން އަލްޔަންއަށް ވަމުންދާގޮތް ހުދު އަލްޔަންއަށް ވެސް ބުނެދޭން ނޭނގެއެވެ. ޒީކްއާ ވާހަކަ ދެއްކުމަށް ގަސްތުކުރާ ކޮންމެ ފަހަރު ދުލުގައި ތަޅުލެވޭ ކަހަލައެވެ. ޒީކް ފެންނަ ހިސާބަށް ދާން ކިތަންމެ ހިތް އެދުނަސް ޖެހިލުންވެފައި ހުރެވެނީ ޒީކް އަލްޔަންއަށް ކުރާ ނަފްރަތުގެ ބޮޑުކަމުންނެވެ. ޒީކްގެ ރުޅިވެރިބަސްތަކާއި އަލްޔަންއަށް ކުރަމުންގެންދާ ނަފްރަތަކީ އަލްޔަންއަށް ބަރުދާސްތު ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. ކޮންމެ ދުވަހަކު ގޭތެރެއިން ފެންނަ ފެނިލުންތަކުންނާއި ބުނެލާ ރުޅިވެރި ބަސްތަކުން އަލްޔަންގެ ހިތް ދަނީ ދުވަހެއް ދުވަހަކަށް އިތުރަށް ޒަހަމްވެ ހިތުގައިވާ ފާރުތައް ފުންވަމުންނެވެ.

 

ކުލާސްރޫމްގެ ތެރޭގައި ޒީކް އިށީދެލައިގެން އިނެވެ. ޓީޗަރ ކުލާހުގައި ނެތުމުން ހުރިހާ ކުދިންނަށް ފުރިހަމަ މިނިވަންކަން ލިބިފައިވާ ކަހަލައެވެ. ނީލާ ކައިރީގައި އިށީދެލައިގެން އިން ރުއާން އިރުއިރުކޮޅާ ޒީކްއާ ދިމާއަށް ބަލާކަން ޒީކްއަށް ފާހަގަ ކުރެވުނުތާ އިރުކޮޅެއް ވެއްޖެއެވެ. ޒީކްއަށް އެތަން ނުފެންނަ ކަމަށް ހަދާލައިގެން އިސްދަށަށް ޖަހަލައިގެން ފޮތުގައި އެއްޗެއް ލިޔެލަ ލިޔެލާ އިނެވެ. އަޒްބާއަށް އެތަން ފެނުނު ހިނދު މޫނު މައްޗަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

“ޒީކް ރުއާން އެބަލަނީ ކީއްވެގެންތަ؟” އަޒްބާ ޒީކްގެ އަތުގައި ޖަހާލަމުން އަހާލިއެވެ.

“މަށަށް ކިހެނެއް އެނގޭނީ. އަޅެ ގޮސް އޭނަ ކައިރީގަ އެހި ނަމައެއްނު ޖަވާބު އެންމެ ފަސޭހައިން ލިބުނީހީ” ޒީކް ފަރުވާކުޑަ ގޮތަކަށް ޖަވާބުދެމުން އޭނާ ކުރަމުން ދިޔަ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

“އޯކޭ! ޒީކް ނުބުނަންޏާ އަހަރެން ރުއާން ކައިރީގަ އަހާލަފާނަން” އަޒްބާ ތެދުވެގެން އެދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

“އަޒް މަޑުކޮށްބަލަ” ޒީކް އެހެން ބުނިއަޑު އަޒްބާއަށް ނީވެނީވެސް ކަންނޭގެއެވެ. އަޒްބާއަކީ ވަރަށް ކެރޭ ސަކަ މިޒާޖެއްގެ ކުއްޖެއްކަމުން ކޮންމެފަދަ ކަމެއްވެސް ކޮށްލަފާނެކަން ޒީކްއަށް އެނގެއެވެ.

“ތީ ރުއާންދޯ” ރުއާންއާ ޖެހިގެން ހުރި ހުސްގޮނޑީގައި އިށީންނަމުން އަޒްބާ އަހާލިއެވެ.

“ޔެސް މީ ރުއާން. ވަޓް ހެޕަން” ރުއާން ޒީކްއާ ދިމާއަށް ބަލާލަމުން އަޒްބާއަށް ބުނެލިއެވެ.

“ޒީކް ދަންނަންތަ؟ ކީއްވެތަ މާވަރަކަށް ތިބަލަނީ. މިހާރު މަށަށް އުނދަގޫ ވެއްޖެ. އެހެންވީއަރު ޒީކްއަށް ކިހާ އުނދަގޫވާނެ” އަޒްބާ ހިނިއައިސްފައި އިނދެ ވާހަކަ ދެއްކިއެވެ.

“އަޒްބާއަށް ވެސް އެނގޭ ވަރަށް މަށަށް އެނގެނީ. ތިސުވާލު ޒީކްއާ ކުރިނަމަ މާ ރަނގަޅުވީސް ކަންނޭނގެ” ރުއާން ވާހަކަ ދައްކަމުން ދިޔައީ ވަރަށް އެކުވެރި ކަމާއެކުގައި ކަމުން އަޒްބާ ބޭނުންވާ ކޮންމެ އެއްޗެއް ބުނެވިދާނެކަން އަޒްބާއަށް ވިސްނުނެވެ.

“ޒީކް ބުނިނަމަ މިތަނަށް އަންނާކަށް ނުޖެހުނީހެއްނު. އެހެން ނޫނަސް މަށަށް ހީވަނީ ކުރިންވެސް ގުލުމެއް އޮންނަ ދެމީހުންހެން ތިޔައީ” އަޒްބާ ބުނިއެއްޗަކުން ރުއާން ކުޑަކޮށް ސިހިގެން ދިޔައެވެ. ޒީކް ހަގީގަތް ކިޔަދީފިނަމަ އެންމެންގެ ތެރޭގައި އޭނާ ބޭޒާރުވެގެން ހިނގައި ދާނެއެވެ. ނީލާ ކުލާހަށް ވަދެގެން އައިސް ރުއާންގެ ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން އަޒްބާ ތެދުވެގެން ހިނގައްޖެއެވެ.

 

ހަވީރުވަމުން އައި ވަގުތެވެ. މުޅިމާހައުލަށް ވެރިވެފައިވީ ހޫނުކަންވެސް ފިނިކަމަށް ބަދަލުވަމުން ދިޔައެވެ. ބަގީޗާތެރޭގައި އުދުހެމުން ދިޔަ ކޮކާލެއް ފަހަތުން ޒީކް ކުޑަކުއްޖެއް ފަދައިން ދުވަމުން ދިޔަ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހިނިތުންވެލައިގެން ޒީކްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އަލްޔަން ހުއްޓެވެ. ޒީކްގެ ކައިރިއަށް ދިޔުމަށް ހިތް އެދި ގޮވަމުން ދިޔައިރުވެސް ހިތުގެ ގޮވުންތަކަށް އިޖާބަނުދީ ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރީ ޒީކްގެ އެ އުފާވެރިކަން ގެއްލުވާލަން ބޭނުންނުވާތީއެވެ. ބަގީޗާގެ ތެރެއަށް ނިކުންނަން އައި މިސައިބާއަށް އަލްޔަންގެ ހިނިތުންވެފައިވާ މޫނު އެތައް ދުވަހަކަށްފަހު ފެނުމުން ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޒީކް ދުވަމުންދިޔަ މަންޒަރު ބަލަން ގެއްލިފައި ހުރި އަލްޔަން ފެނުމުން މިސައިބާގެ ތަޖުރިބާކާރު ސިކުނޑިއަށް ހުރިހާ އެއްޗެއް ވިސްނުނު ކަހަލައެވެ.

 

ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގައި ރައުނާ އުޅެމުންދިޔައިރު ޒީކްވެސް އެހީތެރިވަމުން ދިޔައެވެ. މިސައިބާ ބަދިގެތެރެއަށް އައިސް ވަނީ އެވަގުތުއެވެ.

“ރައުނާ ކައްކަނީދޯ. ޒީކް އަލްޔަންގެ ކޮޓަރީގެ ފާހާނާ ސާފުކޮށްލަދީބަލަ” މިސައިބާ ޒީކްގެ މޫނަށް ބަލަންހުރެ ބުނެލިއެވެ.

އަލްޔަންގެ ކޮޓަރިއަށް ވަދެގެން ދިޔައިރު އަލްޔަން ކޮޓަރީގައި ނެތުމުން ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ފާހާނާގެ ދޮރު ހުޅުވާލަމުން އެތެރެ ބަލާލިއެވެ. ސާފު ސާފު ފާހާނާ ފެނުމުން ރައުނާއްތަ ފާހާނާ ސާފުކުރީ މިއަދު ހެނދުނުކަން ހަނދާންވެއްޖެއެވެ. ރައުނާއްތަ އަލްޔަންގެ ކޮޓަރި ސާފުކުރުމަށް އައީ ޒީކް ކައިރީގައި ބުނުމުންވެސް އޭނާ ދެކޮޅުހެދިލެއް ބޮޑުކަމުންކަން ޒީކް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ޒީކް ފާހާނާގެ ދޮރު ލައްޕާލުމަށްފަހު އެނބުރުނު ވަގުތު ޒީކްގެ ގައިގައި ޖެހޭ ނުޖެހޭ ގާތުގައި ހުރި އަލްޔަން ފެނުމުން ޒީކްއަށް ހަޅޭލަވައިގަނެވިއްޖެއެވެ. ސިއްސައިގެން ދިޔަލެއް ބޮޑުކަމުންނެވެ. ޒީކްގެ މޫނަށް ބަލަމުންދިޔައިރު އަލްޔަންގެ ހޫނު ނޭވާތަކުގެ އިހްސާސް ޒީކްއަށް ކުރެވެމުން ދިޔައެވެ. ޒީކްގެ ކޮނޑުގެ ދެފަރާތުން ފާހާނާގެ ދޮރުގައި އަތްވިއްދާލައިގެން ހުރީ ފިލައިގެން ގޮސްދާނެތީ ކަންނޭގެއެވެ.

“ޒީކް” އަލްޔަންގެ އަޑުން އެ ހަމަހިމޭންކަން ފޫއަޅުވާލިއެވެ.

“ޒީކް އަހަރެންނަށް މާފް ނުކުރާނަންތަ؟” އަލްޔަންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ރިހުމެއް އެ އަޑުގައި އެކުލެވިފައިވާކަން ޒީކްއަށް ފާހަގަ ކުރެވުނު ނަމަވެސް ސިކުނޑި އެކަން ގަބޫލުކުރާކަށް ބޭނުން ނުވިކަހަލައެވެ.

“ޒީކްގެ ތިޔަ ދުރުހިލޭކަމަކީ އަހަރެންގެ ހިތަށް ކެތްވާވަރުގެ ކަންތައްތަކެއް ނޫން”

“އަހަރެން ދާން ތަންދައްކާ” ހަރުކަށިކަމާއެކު ޒީކް އެހެން ބުނެލުމުން އަލްޔަންގެ ހިތަށް ތޫނު ތަދެއް އިހްސާސް ކުރެވިގެން  ދިޔައެވެ.

“ޒީކް އަހަރެން އެނގޭ އަހަރެންނަށް ކުރެވުނީ ކުށެއްކަން. ޒީކްއަށް ދެރައެއް ދިނުމަކީ އަހަރެންގެ މަގުސަދެއް ނޫނޭ. ޕްލީޒް ފޮގިވް މީ” އަލްޔަން ތަކުރާރުކޮށް މާފަށް އެދެމުން ދިޔައިރުވެސް ޒީކް ހަމަހިމޭނުން ހުއްޓެވެ.

“ޒީކް ޕްލީޒް ކޮންމެވެސް އެއްޗެކޭ ބުނެބަލަ” އަލްޔަން  ޒީކްއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.

“މިރޭ އަހަރެން މިކޮޓަރިއަށް ގެނައުން މީވެސް އަލްޔަންގެ ރޭވުމެއް ނޫންތަ؟”

“ޒީކް ކީކޭތަ ތިޔަ ކިޔަނީ. ކީއްވެތަ އަހަރެން ޒީކް މިތަނަށް ގެންނަން ވީކީ” އަލްޔަންއަށް ޒީކް ބުނި އެއްވެސް އެއްޗެއް ނުވިސްނުނެވެ.

“އަލްޔަންއަށް މީހުންނަށް އޮޅުވާލުން ނޫން ކަމެއް ކުރަން އެނގޭތަ؟” ޒީކްގެ އަޑުގައި އެކުލެވިފައިވީ ނުރުހުމެވެ.

“ޒީކް ޕްލީޒް! އަހަރެންގެ ދެލޮލަށް ބަލާލަބަލަ. މިހަދަނީ ތެދުކަން ސާބިތުވާނެ” އަލްޔަން ޒީކްގެ އަތުގައި ހިފަހައްޓާލިއެވެ.

“ތީ ހުސް ދެއްކުންތެރިކަން. ތީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެއްް” އަލްޔަންގެ ދެލޮލަށް ބަލާލަމުން އަލްޔަންގެ އަތުތެރޭގައިވީ ޒީކްގެ އަތް ފޮޅުވާލަމުން ޒީކް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ޒާރާ (15)

Next

ތިޔަ އަސަރު 20 (1)

Next
February 1, 2018

ތިޔަ އަސަރު 20 (1)

Previews
February 1, 2018

ޒާރާ (15)

28 Comments!

  1. Icy♡ says:
    February 1, 2018 at 10:58 am

    WOW
    Nice
    ♡

    1. riya says:
      February 2, 2018 at 3:51 pm

      thank u

  2. Inaa says:
    February 1, 2018 at 11:09 am

    Nice story .mi vaahaka up vaairu knme gadiyaku vx kiyan ekm mii my 1st comment for this story ..love this story

    1. riya says:
      February 2, 2018 at 3:52 pm

      thank u

  3. Shann says:
    February 1, 2018 at 11:10 am

    Khonireh story up veytho balaathaa.. V v rythi story eh mee.. Masha Allah

    1. riya says:
      February 2, 2018 at 3:52 pm

      thank u

  4. Ju says:
    February 1, 2018 at 11:18 am

    Haadha Kurey

    1. riya says:
      February 2, 2018 at 3:53 pm

      thank u

  5. Ufaa says:
    February 1, 2018 at 11:45 am

    Story reethi.zeek vx dhen alyan ah maafkohbala.insaanun veema kun vx kureveynethaa

    1. riya says:
      February 2, 2018 at 3:53 pm

      thank u

  6. R says:
    February 1, 2018 at 12:28 pm

    .Miadh haadha kurey ekamves vvv reethi

    1. riya says:
      February 2, 2018 at 3:53 pm

      thank u

  7. Friends says:
    February 1, 2018 at 12:48 pm

    Salhi .but kuru dhw mi part dear .next part upload soon .waiting waiting

    1. riya says:
      February 2, 2018 at 3:54 pm

      thank u

  8. Pinky shifoo says:
    February 1, 2018 at 2:09 pm

    Wow riya… Varah varah reethi ingey mi part vx ??… Waiting for next part

    1. riya says:
      February 2, 2018 at 3:55 pm

      thank u

  9. Fiya says:
    February 1, 2018 at 9:04 pm

    Varah reethi vaahaka … thanks. By the way koba Iyaan … then anna episode in dhow. .. ? The story..

    1. riya says:
      February 2, 2018 at 3:57 pm

      thank u

  10. Xa says:
    February 1, 2018 at 11:26 pm

    V reethi

    1. riya says:
      February 2, 2018 at 3:58 pm

      thank u

  11. Icy♡ says:
    February 2, 2018 at 11:57 am

    Vaahaka avahah up kohdheebaa riya
    Curiously waiting
    ☆♡☆♡☆♡

    1. riya says:
      February 2, 2018 at 3:59 pm

      sorry for keeping u waiting

  12. Jeyz says:
    February 2, 2018 at 12:17 pm

    Zeek alyan ah maAfu kuraa ne kameh neh

    1. riya says:
      February 2, 2018 at 4:02 pm

      lets see what is going to happen

  13. Lam says:
    February 2, 2018 at 5:22 pm

    Mivaahakah avaha up kohdheebaa

    1. riya says:
      February 3, 2018 at 10:42 pm

      sorry for keeping u waiting

  14. Icy♡ says:
    February 3, 2018 at 9:13 am

    Plx avahah up koh dheebaa riya
    ♡☆♡☆

  15. Icy♡ says:
    February 3, 2018 at 12:51 pm

    Riya
    Plx plx
    Avahah up kohdheebaaa

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ސަތާރަވަނަ ބައި)←


All Right Reserved!