Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން.. (24)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 1, 2018 10 Mins Read
75 Comments

“އަހަރެންގެ ދިރިއުޅުން ހުހެއްނޫނޭ ދޮންތާ… ލައިފް ޕާރޓް ނާރ އެއްނެތަސް އަހަރެން ގެ ދިރިއުޅުމުގައި ދޮންތަމެން އެބަތިބި… އަހަރެން ގެ ދިރިހުރުން ކަމުގައިވާ ދަރިފުޅު އެބަހުރި. މިވަރުން އަހަރެންނަށް ފުދޭ ދޮންތާ. އިތުރު އެއްޗެއް އަހަރެންނެއް ބޭނުމެއްނޫން” މައިލީން ބުނެލިއެވެ.

މައިލީން ގެ ފޮޓޯ ގަނޑަކަށް ބަލަހައްޓައިގެން އިން ޔުއާން ގެ ހިތް ނުތަނަވަސް ވަނީއެވެ. ނޭގޭ ޖަޒްބާތުތަކެއް އެނާގެހިތުގައި އުތުރި އަރަނީއެވެ. ޖަވާބު ޔަގީން ވި ކަމުގައި ވިޔަސް މައިލީން ގެ ފަރާތުން އެހުމަށް އެ ހިތް ކެތްމަދުވަނީއެވެ. ބޭގަރާރުވަނީއެވެ. ހިތް އެދޭގޮތް ހުދު އެނާއަށްވެސް ނޭގެނީއެވެ. ކިއްވެކަމެއްނޭގެއެވެ. ތަގިދީރުގައި ލިޔެވިފައިވަނީ ކީކޭބާއެވެ؟ މައިލީން އާ ޔުއާން ގުޅޭނެބާއެވެ. ނޫނީ އަބަދަށްޓަކާ ވަކިވާނީބާއެވެ.

ފަތިސް ނަމާދުބަންގީގެ އަޑުން މުޅި ފަޒާ ގުގުމާލާފިއެވެ. އައިކަލް އާއެއު ފަތިސްނަމާދަށް ދާން ނުކުތް އާއިކް އާ އޭނާ ހުރީ ވާހަކަ ދައްކަން ބޭނުންވެފައެވެ. ދެބަފަފައިން ފަތިސް ނަމާދުން ނިމިގެން އައިއިރު ޒާރިވާ ސިޓިން ރޫމްގައި ހުއްޓެވެ. އާއިކް އާއި އައިކަލް ފެނުމާއެކު އޭނާ ޖޫލީ ގާތުގައި ދެ ކޮފީ ޓެރެސް މައްޗަށް ގެންގޮސް ދިނުމަށް އެދުނެވެ. އެހެންބުނެފައި އޭނާ ކޮޓަރިއަށް ވަނީ ކުޑަކޮއް ބޮލުގައި ރިއްސާތީ އަރާމުކޮއްލުމަށެވެ.

އާއިކް އާއެކު އައިކަލް ވެސް ޓެރެސްމައްޗަށް އެރިއެވެ. ދެބަފައިން އާއްމުކޮއް ކޮންމެދުވަހަކުވެސް ފަތިސްނަމާދުން އައިސް ކޮފީއަށް އިންސާފު ކުރަނީ ޓެރެސް މަތީގައެވެ. ޓެރެސްމަތީގައި ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ދެމީހުންވެސް ޖައްސާލިއެވެ. ފަތިހުގެ ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމްވަމުން ދިޔައެވެ. ހިންހަމަ ޖެހުން ލިބިދެމުންދިޔައެވެ. ފަތިސްނަމާދުކޮއްލައިގެން އައުމުން ސިކުނޑިއާ ހަށިގަނޑަށްވެސް ވަނީ ތާޒާ ކަން ވެރިވެފައެވެ. “ދަރިފުޅާ ބައްޕަ އެބަ ޖެހޭ ދަރިފުޅާ ވާހަކައެއް ދައްކަން” އައިކަލް ވާހަކަ ފަށަން ގަސްދުކުރިއެވެ.

“ލައްބަ ބައްޕާ” އާއިކް ޖަވާބު ދިނީ އޭނާގެ ހުރިހާ ސަމާލުކަމެއް އައިކަލް އަށް ދެވިއްޖެކަމުގައި ބުނެލުމުގެ ބޭނުމުގައެވެ.

އެވަގުތަކީ ޖޫލީ ކޮފީ ޖޯޑުތައް ތަބަކަކަށް ލައިގެން އައިސް އެތާހުރި މޭޒު މަތީގައި ގައި ބެހެއްޓި ވަގުތެވެ. އައިކަލް ޖޫލީ އަށް ހިނިތުންވެލިއެވެ. އޭނާ އަކީ އެންމެނަށްވެސް އެހާ އޯގާތެރި މީހެކެވެ. ވަކި މީހެއް ނޯވެއެވެ. ހިތް ހެޔޮ އޯގާތެރި ހިތެއްގެ ވެރިއެކެވެ. ދުވަހަކުވެސް ދަރިއަކާ ދިމާލަށް ބާރަށް އެއްޗެއްނުބުނާނެއެވެ. އެނާ ދެކޭ ގޮތުގައި ހަޅޭއްލަވައި އަނިޔާކޮއްގެން ދަރިން ރަނގަޅެއް ނުވާނެއެވެ. ބަދަލްގައި ދަރިންނަށް ނަސޭހަތް ދީ އޯގާތެރިކަމާއެކު ވާހަކަދައްކައިފިނަމަ ނަތީޖާ މާ ރަނގަޅުވާނެއެވެ. އޭނާ ގަބޫލްކުރާގޮތުގައި ދަރިން ނުބައިމަގަށް އެޅެނީ މައިންބަފައިންގެވެސް އިހްމާލުންނެވެ. އެގޮތުން ދަރިން ގޯސްކޮއް ކަމެއް ކުރުމުން އެއްޗެހި ކިޔާ ހަޅޭއްލަވާ އަނިޔާކުރުމުން ނުބައިމަގު ހިޔާރުކުރެވެނީއެވެ. މައިން ބަފައިންނާ މެދު ހިތް ގޯސްވަނީއެވެ. ހަޔާތުގައި މިވީ ހާ ދުވަހަކުވެސް އޭނާ ދަރިއެއްގެ ގަޔަށް އަތް އިސްކުރުން ކީއްހެއްޔެވެ؟. ބާރަށް އެއްޗެއްވެސް ބުނެފައި ނުވާނެއެވެ. މަސްތުވާތަކެތީގެ އަވައިގައި ޖެހި މުޖްތަމައުއުން ގެއްލިފައިވާ ޒުވާނުން ނުހަނު ގިނައެވެ. އޭނާ ގަބޫލްކުރާގޮތުގައި އެކަން ތައްތައް އެގޮތަށް ދިމާވުމުގެ ސަބަބަކީ އާއިލީ އަދި ވަކި ވަކި ފަރުދުންގެ ޒިންމާތައް ވެސް އަދާނުކުރެވޭތީއެވެ.

“ދަރިފުޅު މީހަކާ އިންނަ ހިޔާލެއް ނުކުރަންތަ؟” އައިކަލް އަހާލިއެވެ. އާއިކް އަށް ލިބުނީ ކުއްލިހައިރާން ކަމެކެވެ. ބައްޕަ ދޮންބެ ހުއްޓައި އޭނާ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކުމުން އޭނާ މާބޮޑަށް ހައިރާންވިއެވެ. އައިކަލް އަށް ވީ ގޮތް އެނގުނު ކަހަލަލައެވެ. “ދަރިފުޅާ… ދޮންބެ އާވެސް މިވާހަކަ ދައްކާނަމޭ ބައްޕަ. އެކަމަކު މި ވަގުތު ދަރިފުޅުގެ ހިޔާލެއްބޭނުން”އައިކަލް އެވާހަކަ އާއިކް އާ ދެއްކީ އޭނާއަށް އެކަހަލަ އިޝާރާތެއް ލިބުނީ އާއިކް ގެ ފަރާތުން ކަމަށް ވީތީއެވެ.

ދަރިންގެ ކަންތައްތަކަށް ބާރުފޯރުވުމަކީ އޭނާ ކުރާނޭ ކަމެއްނޫނެވެ. އެހެނަސް އޭނާ އަބަދުވެސް ދަރިންގެ ހިޔާލުހޯދާނެއެވެ. އެ ކުއްޖާ އިންނާނޭ ކުއްޖަކު ހޯދާނީ އެ ކުއްޖަކު އަމިއްލައަށެވެ. އާއިކްވެސް އޭނާ ދިން ތަރުބިއްޔަތުގެ އަލީގައި ހޯދާނީ ރަނގަޅު ޒުވާން އަންހެންކުއްޖެއްކަން އޭނާއަށް ޔަގީނެވެ.

“އާއިކް… ދަރިފުޅުގެ ހިޔާލު ހުރިގޮތް ބަލާލަން ވެގެން ބައްޕަ މިސުވާލު މިކުރީ” އައިކަލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އަޅުގަނޑަށް ކަމުދާ ކުއްޖެއް އެބަ ހުއްޓޭ ނަންގަނެފިއްޔާ” އާއިކް އިސްޖަހާލިއެވެ.

“ބައްޕަ އާއި ބައްދަލުކުރުވާނީ ކޮންއިރަކުންތޯ އަހާލާ ހިތްވަނީ” އައިކަލް އާއިކް ގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އެއާއެކު އާއިކް އިސްއުފުލާލާ ބަލާލިއެވެ. “ބައްޕާ” އާއިކް ގޮވާލިއެވެ. “ކީކޭ ދަރިފުޅާ” އައިކަލް އޭނާގެ ސަމާލުކަން އާއިކް އަށް ދިނެވެ.

“ބައްޕަ… އަޅުގަނޑު އިންނަ އަންހެންކުއްޖަކު ވާން ޖެހޭނީ ކޮން ކަހަލަ ކުއްޖަކަށް ތޯ. އަޅުގަނޑު މި ނަންގަތީ ކޮން ސިފަތަކެއްތޯ އޭ ހުންނަން ޖެހޭނީ” އާއިކް އެނާ ބުނަން އުޅޭ ވާހަކަ ސީދާ ނުބުނެއެވެ.

އެހެން ނަމަވެސް އައިކަލް ގެ ވިސްނުން ތޫނު ސިކުނޑިއަށް އެކަން ވިސްނުނެވެ.

“ދަރިފުޅާ… ބައްޕަ ވަރަށް ބޮޑު ވާހަކަ އެއްބުނަންތަ؟ މީހާގެ މުއްސަނދިކަން ނޫނީ ފަގީރުކަމަށް ބަލާ އެއްޗެއްނޫން. ހަޔާތާ ގުޅުވަން ވާނީ ދީން ވެރި އަޚްލާގުރަނގަޅު ކުއްޖެއް… ދުނިޔެއަކީ ވަގުތީ ތަނެއް. މިހުރިހާ މުދަލަކާފައިސާއަކީވެސް ވަގުތީ އެއްޗެހި. މީހަކާ އިންނައިރު ނޫނީ ދިރިއުޅުމެއް ފަށަން ކޮންމެހެން މުއްސަނދި އަންހެންކުއްޖަކު ނޫނަސް ރަނގަޅުވާނެ. ބައްޕަ ބަލާ ކަންތަކެއްނޫން އެއީ… ” އައިކަލް ބުނެލިއެވެ. އާއިކް ވެސް ބޯޖަހާލިއެވެ. އޭނާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.

އެހެން އެންމެނާ އޭނާގެ ބައްޕަ ގެ ހިޔާލާ ވަރަށް ތަފާތުވާނެއެވެ. ބައްޕަ އަކީ ހިތްތިރި މީހެކެވެ. އެހެން މީހުންގެ އިހްސާސްތައް ރަނގަޅަށް ދެނިގަންނަ މީހެކެވެ. އެއްޗެކޭ ބުނުމުގެ ކުރިން އެ ބަހެއް ބުނެވެން އޮންނަ އެންމެ ރީއްޗަކަށް އައިކަލް ބުނާނެއެވެ. ރުޅި އިސްކުރުމުގެ ކުރިން ކޮންމެ ކަމެއްވެސް މަޑު މައިތިރި ކަމާއެކު ނިންމޭތޯ ބަލާނެއެވެ.

ބަހެއް ތިމާގެ ދުލުން ބޭރުކޮއްލުމަށްފަހު އެ ބަހަކީ އަނބުރާ ގެނެވޭނޭ ބަހެއްނޫނެވެ. އަނެކާގެ ހިތުން ފިލުވާލެވޭނޭ ބަހެއްނޫނެވެ. އެ ހިސާބުން ތިމާ އަޅު ވެތިވީއެވެ.

މޭޒުމަތީގައި ކުޑަކޮއް ނިދިޖެހިފައި އޮތް ޔުއާން އަށް ހޭލެވުނީ ފޯން ގެ އެލާރމް ގެއަޑަށެވެ. އެނާ އެލާމް ކަނޑާލަމުން ގަޑި ބަލައިލިއެވެ. އޭރު ގަޑިން ހައެއްޖެހީއެވެ. އޭނާ ތެދުވެލިއެވެ. މޭޒުމަތީގައި ބައިންދާފައި އިން ލޯގަނޑުން އޭނާ ކުޑަކޮއް ބަލާލިއެވެ. މުޅީ ބޯ ވަނީ ހޭވިފައެވެ. ދެލޮލުން އަދިވެސް ފާޅުވަމުން ދިޔައީ ވަރުބަލިކަމާ ނިދީގެ އަސަރެވެ. އޭނާ މޫނު މަތީގައި އަތް އުނގުޅާލިއެވެ. އަދި އެތަނުން ވަދެވެން ހުންނަ ފާހާނާއަށް ވަނެވެ.

ހެނދުނު އަށެއްޖެހިއެވެ. މައިލީން އޭނާގެ ޑިއުޓީ އަށް އައިސް ކައުންޓަރ ގައި އިށީނެވެ. އޭނާ ހުރީ ޔުއާން އާ ކުރިމަތިލާން ޖެހިދާނެތީ ބިރުންނެވެ. ކޮންޕިއުޓަރ ގެ ސްކްރީން އަށް ނަޒަރުހުއްޓާލުމާއެކު އޭނާ އަވަސްވެގަތީ ޑިއުޓީ ޗެކްކުރުމަށެވެ. ޑޮކްޓަރުންގެ ނަންތަކަށް ބަލަމުން ދިޔަ މައިލީން ހަމަ ޖެހުމުގެ ނޭވާއެއްލީ ޔުއާން ގެ ޑިއުޓީ މިއަދު ނެތުމުންނެވެ.

އޭނާ މަސައްކަތް ފަށަން އަވަސްވެގަތެވެ.

ކުއްލިއަކަށް މައިލީން ސިހުނީ އެތަނަށް އައިސް ހުއްޓުނު ޔުއާން ފެނިފައެވެ. “ޔުއާން މިވަގުތު މިތާ ޑިއުޓީ އެއްނޫން.. ” މައިލީން އަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭގެއެވެ.

“އާ. އެކަމް އައި ތޯޓް ވީ ޝުޑް ޓޯކް” ޔުއާން ބުނެލިއެވެ. “ޑޯންޓް ވީ” އަނެއްކާވެސް އޭނާ ބުނެލިއެވެ. “އައި ޑޯންޓް ތިންކް ސޯ” މައިލީން ވެސް މިފަހަރު ޖަވާބުދިނެވެ. މައިލީން ގެ އެ ޖަވާބުން ޔުއާން ގެ ބޮލު ރިހުން އިތުރުވިކަހަލައެވެ. އޭނާ މޭޒުގެ އަނެއްފަރާތަށް ވަދެ މައިލީން ގެ އަތުގައި ހިފާލިއެވެ. “އަހަރެން މިވަގުތު މިހުރީ ސަކަރާތް ޖަހާ ކަހަލަ މޫޑެއްގަ އެއްނޫން. މައިލީން ވެސް މީހުން މިތަނަށް މީހުން އެއްކުރަން ބޭނުން ނުވިއްޔާ އަހަރެން ނާއެކު އާދޭ” ޔުއާން ގެ އަޑުގައިވާ ސީރިއަސްކަމުން މައިލީން ޖެހިލުންވިއެވެ. އޭނާ އެއަތް ފޮޅުވާލަން އުޅުނެވެ. އެހެންނަމަވެސް އެކަމެއް ނުވިއެވެ.

އޭނާ ޔުއާން އެދޭގޮތަށް ކަންތައް ކުރަން ނިންމިއެވެ. “އަހަރެންގެ އަތުން ދޫކޮއްބަލަ. އަހަރެން ގޮސްދާނަމޭ” މައިލީން ގެ ޖުމްލައާއެކު ޔުއާން އެ އަތުން ދޫކޮއްލިއެވެ. މައިލީން ގެ އަތް ޔުއާން ގެ އަތުން މިނިވަން ވުމާއެކު އޭނާއަށް އަނެއްއަތުން އެއަތުގައި އަތް ކާތާލެވުނެވެ. އެއަތް ވަނީ ރަތްވެފައެވެ. ޔުއާން ވެސް އެ އަތަށް ނަޒަރުހުއްޓާލިއެވެ.

“ސޮރީ” ޔުއާން އަށް ހިފެއްޓިފައި ހުރީ ނުހަނު ބާރަށް ކަން އޭނާއަށް އިހްސާސްވީ ދެނެވެ. އެއާއެކު މާފަށް އެދުނެވެ.

ޔުއާން މިގޮތަށް އޭނާގެ ގައިގައި ކިތައް ލަކުނު ލައްވާނެހެއްޔެވެ؟. އެއިން ކޮންމެ ތަނެއް ފެނުމުން މައިލީން މޮޔަވާވަރު އަދި ޔުއާން ކުރާނެއެވެ.

“މައިލީން އަށް ޔުއާން އާ ދިމާލަށް ބަލާލެވުނެވެ. އެބަސްތައް ޔުއާން ހިތުގެ އެންމެ އަޑިން ބުނާނެ ދުވަހަކަށް އޭނާ އަށް އިންތިޒާރުކުރެވެނީ ކީއްވެހެއްޔެވެ؟ މާ ބޮޑު މާނައެއްނެތް ގޮތަކަށް ޔުއާން އެހެން ބުނެލިކަމަކަށްވެސް އެ ހިތް ތަށް އެނގުންވެގެން ދިޔައެވެ. އަދި ޔުއާން އެހެން ހިތުގެ އެންމެ ފުން މިނުން ބުނިނަމަ ކިހާވަރެއްވާނެބާއެވެ؟.

ޔުއާން ގެ ފަހަތުން ހިނގައިގަތް މައިލީން ގެ ހިތް އަވަސްވެފައިވެއެވެ. އޭނާ އަށް ޔުއާން ދައްކަން އުޅެނީ ކޮން ވާހަކަ އެއްކަން އެނގޭކަހަލައެވެ. އަބަދު ޔުއާން އަށް ނުފިލޭނެކަން ޔަގީން ވުމާއެކު މައިލީން މިއަދު އެ ދަނީ ޔުއާން އާ ކުރިމަތިލާށެވެ.

މައިލީން ގެ ކުރިމަތީގައި ހަރުކަށިކަމާ ބޮޑާކަން ދެއްކުމަށް ފަހު މައިލީން އަށް ނޭގުނުކަމުގައިވިޔަސް ޔުއާން ގެ ހިތް ވެސް މިއަދު އެދަނީ ނޭގޭ ބާރުމިނުގައި ތެޅެމުންނެވެ. އެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ހޯދުމަށް އެހިތް އެދަނީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. އޭނާގެ ހިތް ނުތަނަވަސްވެފައިވާވަރު ނޭގުމަށްޓަކައި އިސްކުރެވެނީ ހަރުކަށިކަމެވެ.

ޔުއާން ރޫމް އާ ހިސާބަށް ގޮސް މައިލީން އަށް ވަނުމަށް އިޝާރާތްކޮއްލިއެވެ. އެއާއެކު މައިލީން ވަނެވެ. ޔުއާން ވެސް މައިލީން ގެ ފަހަތުންވަދެ ތަޅުލިއެވެ. ޔުއާން އަށް ފުރަގަސްދީގެން ކުރި މައިލީން އަށް ޔުއާން ބަލާލިއެވެ.

“އެއީ… އެއީ” ޔުއާން އަށް ވާހަކަ ކުރިއަށް ގެންދާކަށް ނޭގެއެވެ. އެނާ ހުއްޓާލަމުން ފުންނޭވާއެއްލިއެވެ. ޔުއާން ގެ އަޑުގައި ވި ޖެހިލުންވުން މިފަހަރު މައިލީން އަށް ސިއްރެއްނުވިއެވެ. އޭނާ ޔުއާން އާ ދިމާލަށް އެނބުރުނެވެ. ޔުއާންގެ އެ ޖެހިލުންވުން އޭނާއަށް ހިތްވަރަކަށް ވެގެން ދިޔައެވެ. “އަހަރެން މިތާ މިހުރީ ޑިއުޓީ ގަޑީގައޭ ޔުއާން. އަބަދަކު ނުހުރެވޭނެ. ކޮން ވާހަކައެއްދައްކަން ތަ ތިގެނައީ” މައިލީން ވާހަކަ ދެއްކިއެވެ. “ޔުއާން އަށް ތި ބުނަން އުޅޭ އެތި ނުބުނެވެންޏާ އަހަރެން ދަނީ” މައިލީން ޔުއާން ފަސްދީ ހިނގައިގަތެވެ. އެއާއެކު ޔުއާން މައިލީން ގެ އަތުގައި ހިފެއްޓިއެވެ.

އޭނާ މައިލީން ގެ އަތަށް ފިތާލިއެވެ.

މައިލީން ގެ ހިތުގެ ހިނގުން އިހުނަށްވުރެ ބާރު ވި ކަމުގެ އިހްސާސްއެއް ކުރެވިގެންދިޔައެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބު ދީ މައިލީން” ޔުއާން އެހެން ބުނެ އެނބުރުނެވެ.

މައިލީން ގެ އަތް މިނިވަން ވުމާއެކު އޭނާވެސް ޔުއާން އާ ދިމާލަށް އެނބުރުނެވެ. އެއާއެކު ހަތަރުކަޅި ހަމަވިއެވެ. ދެހިތަށްވެސް ގޮތެއްވެގެން ދިޔައެވެ. ޔުއާން ގެ ހިތް ނޭދުނަސް މައިލީން ގެ ދެލޯ ފެނި އޭނާ ގެ ހިތުގައިވެސް ޖަޒުބާތުތައް އުތުރިގަންފިއެވެ. “އެއީ ކޮން ކުއްޖެއްތަ މައިލީން” ޔުއާން އަހައިލިއެވެ. އެ އަޑުގައި މަޑުމައިތިރިކަން އެކުލެވިފައި ވެއެވެ.

ކިތަންމެ ޖަވާބުދޭން އެ ހިތް ނޭދުނަސް މިއަދު މައިލީން ބޭނުންވަނީ ޔުއާން އާ ކުރިމަތިލާށެވެ. ހަށިގަނޑު ގައި ހުރިއްޔާ ހުރި ބާރެއްލާފައި މައިލީން ވާހަކަ ދައްކަން ފެށިއެވެ.

“ޔުއާން އަހަންނާ ތި ސުވާލު ކުރާކަށް ލަދެއް ނުގަނޭތަ؟” މައިލީން އޭނާގެ ސުވާލު ޔުއާން އަށް އަމާޒުކޮއްލިއެވެ. “ޔުއާން އަހަންނާ މިއަދު ތިސުވާލު ތިކުރަނީ ކީއްވެ؟” މައިލީން އަނެއްކާވެސް ސުވާލުކޮއްލިއެވެ. އޭނާ ޔުއާން އާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. “ޔުއާން އަށް ތި ސުވާލު ކުރަން ކެރިއްޖެ؟. ކީއްކުރަން ތަ ތި ސުވާލު ތިކުރީ މިއަދު؟ ޔުއާން ގެ ދިރިއުޅުން ހަލާކުވާނީ. އަހަރެން ބޭނުން ވި ކަމެއްނޫން އަހަރެން ގެ ދަރިފުޅު ޔުއާން އަށް ފެނުން”

“މައިލީން މީހަކާ އިދެގެންތަ ތި އުޅެނީ” ޔުއާން ގެ ހިތް އަވސްވެފައިވެއެވެ.

“ޔުއާން އަށް އަހަރެން ކުރާ ސުވާލުގެ ޖަވާބެއް ނުދެވޭތަ؟” މައިލީން ގެ ލޮލުން ކަރުނައިގެ އަސަރުފެނިލިއެވެ. “އަހަރެން މީހަކާ ނީންނަން” މައިލީން ކުއްލިއަކަށް ބުނެލި ޖުމްލައިން ޔުއާން ގެ ފައިން ވާގިދޫވި ކަހަލައެވެ.

“އަހަރެންގެ ހިތުގައި ޔުއާން އަޅުވާފައި ދިޔަ ވޭންތައް ދުވަހަކުވެސް ނުފިލާނެ…ޔުއާން އަށް ހީވަނީތަ އެކަންތައް މަތިން ހަނދާން ނައްތާލަން އަހަންނަށް ފަސޭހައޭ… ނޫން….” މައިލީން މަލާމާތުގެ ހިނިތުންވުމެއް ކަރުނައިގެ ތެރެއިން ޔުއާން އާ ބައްދަލުކޮއްލިއެވެ.

“އަހަރެން ދުވަހަކުވެސް މީހަކާ ނީންނަން” މައިލީން ގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ފެންތައް ދެކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދިޔައެވެ.

“އަހަރެންވެސް” ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން އަށް ސިހުން ގެނުވިއެވެ. އޭނާ ކީކޭ ހޭ އަހައިލިއެވެ.

“އަހަރެންވެސް އަދި މީހަކާ ނީންނަމޭ ލީން” ޔުއާން ގެ އަނގައިން “ލީން” އެބަސް ނުކުތުމާއެކު މައިލީން އިތުރަށް ހިތް ދަތިވެގެން ދިޔައެވެ.

“ޔުއާން އަށް އަދިވެސް ނޭގޭތަ؟ ނޫނީ އިނގޭ ކަމަށް ހަދަން ބޭނުން ނުވަނީތަ” މައިލީން އަދިވެސް އެއްފިޔަވަޅު ކުރިއަށް އަލަމުން ވާހަކަ ދެއްކިއެވެ. “އަހަރެންގެ ދަރިފުޅު ފެނިފަ ތި ސިކުނޑިއަށް އެއްވެސް އެއްޗެއް ނުވިސްނޭތަ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ދަރިއަކާ ޔުއާން ވައިވެސް އެޅޭކަން. އެންމެ ފަހަރަކު ގާތް ވެވުނީތީ އެ ކުއްޖާ ކިރިޔާ ސަލާމަތް ވީ” މައިލީން ކުއްލިއަކަށް އައިސް ޔުއާން ގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. އެހެންނަމަވެސް މިއަދު ޔުއާން އެއްވެސް ކަމެއް ކުރާކަށް ނޫޅުނެވެ. “އެދަރިފުޅުގެ ދެލޯ ފެނިފަވެސް އެއްވެސް އެއްޗެއްހަމަ ނޭގެނީތަ” ޔުއާން ގެ މަޑުމައިތިރިކަމުން މައިލީން ބޭނުންވީ ޔުއާން ގެ ކުރިމާތީގައި ހުރިހާ ޝަކުވާއެއް ބަންޑުން ކޮއްލާށެވެ.

“އަހަރެން… އަހަރެންގެ ދަރި…” ޔުއާން އަށް ބުނެވުނީ އެވަރަށެވެ. “އާ އެއީ ތި ޔުއާން ގެ ދަރިއެއް. އެހެން އެއްވެސް މީހެއްގެ ދަރިއެއްނޫން… ހަމަ ތި ޔުއާން ގެ.” މައިލީން ރޮމުން ވާހަކަ ދެއްކިއެވެ. އޭރުވެސް އެނާ ހުރީ ޔުއާން ގެ ގިރުވާނުގައި ހިފައްޓައިލައިގެންނެވެ. ޔުއާން ދިގުކަމުން އޭނާ ހުރީ ކުޑަކޮއް ކޮރައިލައިގެންނެވެ.

“އަހަރެންނާ ދިމާލަށް ޔުއާން ބުނި ކޮންމެ އެއްޗެއް މި ސިކުނޑީގައި ހަރުލާފައި އެބަހުރި… ކޮންމެ ލަފްޒެއް މިހިތުގައި ވޭން އަޅުވާ… ކޮންމެ ބަހަކުން އެތައް ކަރުނައެއް އާދޭ… ކޮންމެ ޖުމްލައެއް އަހަރެން މަރާލާ… އެކަމަކު ޔުއާން އަށް އެކަން އިހްސާސްވޭތަ؟ ނުވޭ… ނުވެސް ވި… އަދިވެސް ކުރިއަށް އޮތް ތަނުގައި ނުވެސް ވާނެ…… އެއިން ކޮންމެ އަކުރެއް އަހަރެންގެ އުންމީދުތައް ގެއްލުވާލާ… ހިތަށް އަރާ އަހަރެން ނަށް މި ހިތްވަރުގައި ހިފައްޓާލެވޭނީ ކިތަށް ދުވަހު ބާއޭ” މައިލީން ގެ ދެފައިން ބާރު ދޫވާހެން ހީވިއެވެ. އޭނާއަށް ވާހަކަ ދެއްކުނީ ވެސް އުދަގުލުންނެވެ.

ޔުއާން މައިލީން ގެ އަތް ނައްޓުވާލިއެވެ. އަދި މައިލީން އަށް ބަލާލިއެވެ. މައިލީން ގެ ކަރުނަވީ ދެލޯ އެނާގެ ހިތަށް ތަދުކުރުވައިފިއެވެ. އެ ކުއްޖާ ފެނުނު ހިސާބުން ޔުއާން އަށް ޔަގީންވިއެވެ. އެއީ އެނާގެ ދަރިއެއްކަމެވެ. އެކަމަކު މައިލީން ގެ އަނގައިން އެހެން ބުނުމުން އޭނާއަށް ކިރެވުނީ ވަރަށްވެސް އެހެން ކަހަލަ އިހްސާސްއެކެވެ.

ވަގުތުން އެ ދަރިފުޅު އުރާލަން ބޭނުންވިއެވެ. އެހެންނަމަވެސް އެކަމަކީ މައިލީން ހަމަހޭގައި ހުރެގެން ހުއްދަ ދޭނޭ ކަމެއްނޫނެވެ. އެހެންކަމުން އޭނާ މިވަގުތު އިތުރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. މިހުރިހާ ދުވަހު މައިލީން ދެރަ ކުރިވަރާ ރޮއްވި ވަރު ޔުއާން އަށް ސިފަވަމުން ދިޔައެވެ. އޭނާ ކިތައް އިލްޒާމު މައިލީން ގެ ގައިގައި އެޅުވި ހެއްޔެވެ؟ މައިލީން ގެ އަމިއްލަ ނަފްސުގެ އަގުވެސް އޭނާ މައިލީން ގެ ކުރިމަތީގައިވެސް ވައްޓައިލައިފިއެވެ. މައިލީން ރޮމުން މިއަދުދާއިރު އެ ލޮލުން އޮހޮރިގެންދާ ކޮންމެ ކަރުނަތިއްކެތްގެ ފަހަތުގައި ވަނީ އެނާގެ ބޭވަފާތެރިކަމެވެ. އޭނާގެ މަކަރުވެރިކަމެވެ.

މުމާއެކު މިއަދު މައިލީން ގެ ލޮލުން އަންނަމުންދާ ކަރުނަ ތައް ފޮހެދޭނޭ އެއްވެސް ހައިސިއްޔަތެއް ޔުއާން ގެ ކިބަޔަކުނެތެވެ. އެ ހައްގު އޭނާ ވަނީ އަމިއްލައަށް ނިގުޅައިގަންފައެވެ. މައިލީން ކުއްލިއަކަށް ޔުއާން ގެ ގަމީހުގެ ގިރުވާނުން ދޫކޮއްލިއެވެ. އަދި އަނެއްފަރާތަށް އެބުރުނެވެ. އޭރުވެސް އޭނާ ދިޔައީ ގިސްލަމުންނެވެ.

“އަހަރެން ނަކަށް ނޭގޭ… ހަދަންވީ ގޮތެއް ކުރަން ވީ ކީއްކަމެއް. އަހަރެން ހުރީ ދުވަހަކުވެސް ޔުއާން އަށް ހަގީގަތް ކިޔާދޭކަށް ނޫން. އަހަރެން މި ހަޤީގަތް ކިޔައިދިނުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވޭ. އެއީ ހަމަ އެކަނި އަހަރެން ގެ ދަރިއެއް” މައިލީން ބުނެލިއެވެ. އޭނާ ގެ އަޑުވެސް ވަނީ ބަދަލުވެގެން ގޮސްފައެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނާގެ އަޑުގައިވެސް މަޑު މަޑު ތުރުތުރެއް ހުއްޓެވެ. ޔުއާން މައިލީން ގެ ކޮނޑުގައި އަތް ޖައްސާލަން ނެގި އަތް އަނެއްކާވެސް ތިރިކޮއްލިއެވެ. މައިލީން ވާހަކަ ދައްކާ ވަރަކަށް ވާހަކަދައްކަން އޭނާ މިއަދު އެ ހުރީ ދޫކޮއްލައިގެންނެވެ.

“އަހަރެން… ގެ ކޮން ކުށެއްތަ އޮތީ ޔުއާން އެ ގޮތަށް ކަންތައް ކުރަން. އަހަރެން އުޅުނު ހާލު ނޭގޭނެ ޔުއާން އަކަށް. އިނގޭތަ އަހަރެން ބަނޑުބޮޑުކަން އނގުނީމަ ޔުއާން އަށް ގުޅި ވަރު. ފޯން ވެސް ނިއްވާލީ.. ނަމްބަރުވެސް ބަދަލް ކުރީ ކީއްވެ؟” މައިލީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ޔުއާން އަށް އެނގޭތަ؟ މިހާރު އަހަރެންގެ ހުރިހާވެސް އެއްޗަކީ އެ ދަރިފުޅު. އެ ދަރިފފުޅު ނެތް ދުވަހަކުން އަހަރެން ނަކަށް ވެސް ދިރި ނުހުރެވޭނެ. އަހަރެން އެކަނިވީ ދުވަހު އަހަރެން ހިތްވަރު ނެރުނީ އެ ދަރިފުޅާ ދޭތެރޭ ވިސްނާފަ… މިއަދުވެސް ޔުއާން ގެ އެތައް ގޯނާއަކަށް އަހަރެން މި ކެތް ކުރަނީ އެ ދަރިފުޅައްޓަކާ. އެއީ އަހަރެންގެ ހިތްވަރު. އަހަރެން ގެ ދިރިއުޅުން. އަހަރެންގެ ދިރިހުރުން” މައިލީން އަށް ބުނެވުނެވެ. އެއާއެކު އޭނާގެ އަޑު ބެދޭގޮތްވިއެވެ.

“ހީ ނުކުރައްޗޭ އަހަރެން މިއަދު މިތަނަށް އައިސް ޔުއާން އަށް މިކިޔާދިނީ ޔުއާން ގެ ހަމްދަރުދީ ބޭނުންވެގެންނޭ. އެހެންނެއްނޫން. އަހަރެންނަށް ކެތް ނުކުރެވުނީ” މައިލީން ހިތްވަރު ކުރަމުންދިޔައެވެ. މައިލީން އޭރުވެސް ހުރީ ޔުއާން އަށް ފުރަގަސްދީގެންނެވެ.

“އޭނާ ހިނގައިގަތުމާއެކު އެވަގުތު އެތަނުގައި އޮތް ކަރުދާސްގަނޑަކަށް އެރި ކައްސާލައިގެން ވެއްޓުނެވެ.

“ލީން” ޔުއާން އަށް ބުނެވުނެވެ. މައިލީން ވެއްޓުނު ގޮތަށް ގިސްލަމުން ރޯން ފެށީއެވެ. މައިލީން ރޮމުން ދިޔަ ގޮތުން ޔުއާން ގެ ހިތަށް ވެސް އަސަރުކުރިއެވެ.

“ލީން މައިލީން ގެ ގާތަށް ހުއްޓި މައިލީން ގެނެސް އެމޭގައި ޖައްސާ ބޮޑިކޮއްލަމުން ޔުއާން ބުނެލިއެވެ. މައިލީން ޔުއާން ގެ އަތުގެ ތެރެއިން ވިއްލިގަނެގެން ދާން މަސައްކަތް ކުރިއެވެ. “އައެމް ސޮރީ ލީން. އައެމް ސޮރީ” ޔުއާން އަށް މަޑުމަޑން ބުނެލެވުނެވެ. އޭރު އޭނާގެ ލޯވެސް ވަނީ ފެންކަޅިވެގެން ގޮސްފައެވެ.

“ޔުއާން ފެނޭތަ ބަލާބަލަ. އަހަރެންގެ ފައިގައި މިއިން ލަކުނު ފެނޭތަ؟ މީ އެރޭ އެރޭ ޔުއާން… ޔުއާން އަހަރެން ކޮއްޕާލީ” އިތުރަށް މައިލީން އަށް ކުރިއަކަށް ނުގެންދެވުނެވެ. ޔުއާން މައިލީން ގައިގައި އެއަށް ވުރެ ބާރަށް ބައްދާލީ ވީ ގޮތް އޭނާއަށް ފަހުމްވުމުންނެވެ.

“މި ލަކުނު… މީ އެރޭގެ ހަނދާން. ދުވަހަކުވެސް ހިތުން ފިލައިގެނެއް ނުދާނެ…”

“ލީން… ޕްލީޒް” ޔުއާން އަށް ބުނެވުނެވެ.

ޔުއާން ގެ އަޑުގައިވި އޯގާތެރިކަމުން މައިލީން އަށް ވެސް އިތުރަށް އެމޭގައި ބޮނޑިވެވުނީއެވެ. ނާޒުކް މި ވަގުތުގައި ބަލިކަށިވެގެން ގޮސް މީހާ ގެ ހިތްވަރު އެލިފައިވާ މިފަދަ ވަގުތުގައި ކޮންމެ މީހަކު ހުއްޓަސް ހިމާޔަތަށް އެދެވޭނެއެވެ. އަދި ހާއްސަކޮއް ތިމާ ލޯބިވާ މީހަކު އެފަދަ ހިމާޔަތާ ލޯބި ދޭނަމަ މާ ބޮޑަށް ދެރަވާނެއެވެ. “ޔުއާން… އަހަރެން ކިހިނެތް ތަހަދާނީ. އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވުނަނުނީ އެ ހިފައްޓާ ދެނީ އަހަރެންގެ ލޯބި ވާ ދަރިފުޅު. އެ ދަރިފުޅަށް ކަމެއްވިއްޔާ…”

“ޝްޝްޝް… ހުއްޓާލާ ލީން” ޔުއާން ބުނެލިއެވެ.

“ޔުއާން އަށް އެނގޭތަ؟. މިހާރު އަހަރެން ގެ މަންމަ އެއްވެސް ނެތް. ހުރިހާކަމެއްވެސް ވީ އަހަންނާހެދި. އަހަރެން ކުށްވެރިއަކީ” މައިލީން ވާހަކަ ދައްކަމުން ދިޔަވަރަކަށް ޔުއާން ގެ ހިތަށް ކުރަމުން ދިޔަ އަސަރު ބޮޑުވަމުންދިޔައެވެ.

“ލީން. ލީން…. ލީން ގެ ދަރިފުޅަށްވެސް އެއްވެސް ކަމެއްނުވާނޭ” ޔުއާން ބުނެލިއެވެ.

“އަހަރެން……” މައިލީން ރޮމުން ވާހަކަ ދައްކަން މަސައްކަތްކުރަމުންދިޔައެވެ.

އޭނާގެ ކަރުނައިން ޔުއާން ގެ ގަމީހުގެ މޭމަތި ތެތް މަމުންދިޔައެވެ.

މިއަދު ޔުއާން ވެސް އެއިނީ މައިލީން ރޯނެ ވަރަކަށް ރޮންދެނެވެ. ޝަކުވާ ކުރާވަރަކަށް ޝަކުވާ ކުރަންދެނެވެ.

މައިލީން އަށް ގޮށްމުށުން ޔުއާން މޭމަތީގައި ދެތިން ފަހަރު ޖަހާލެވުނެވެ. އޭރުވެސް އޭނާ ދިޔައީ ރޮމުންނެވެ. ޔުއާން ވެސް މައިލީން ހުއްޓުވާކަށް ނޫޅުނެވެ. “ޔުއާން އަހަރެންނާ އަހަރެން ގެ ދަރިފުޅާ ވައިވެސް އެޅިގެން ނުވާނެ. އެ ދަރިފުޅަކީ އަހަރެން ގެ އެކަނި ދަރިއެއް. ” މައިލީން ޔުއާން ގެ މޫނަށް ބަލާލިއެވެ.

“ލީން”

“ޕްލީޒް ޔުއާން… އަހަރެންގެ ދިރިއުޅުމުން ދުރަށް ގޮސްދީ އަހަރެންގެ ހާލަށް އަހަރެން ދޫކޮއްލާ… އަހަރެން މިހާ ރު މިކުރާ ހިތްވަރުވެސް ގެއްލިގެން ހިނގައިދާނެ. ޔުއާން އަކަށް މާފެއްނުކުރެވޭނެ. ދުވަހަކުވެސް ނުކުރެވޭނެ. އެ ހިތްވަރެއް އަހަރެންނަކަށް ނުކުރެވޭނެ. އެފަދަ ހިތްވަރެއްނެތް.” ކިތަންމެ ހިތްވަރު ކުރަން ބޭނުންވިޔަސް މައިލީން މިހާރުއެވަނީ ބަލިކަށިވެފައެވެ. އެހެންނަމަވެސް އޭނާ އަދިވެސް ތެދުވާނެއެވެ. ހިތްވަރުކޮއްގެން ދިރިއުޅޭނެއެވެ.

“އެދުވަހަކު ހިތަކަށް ނާރާ ޔުއާން އެހެން ހަދާފާނެޔޭ.. ލިބެން ނެތް ލޯއްބަކަށް މާ ބޮޑަސް އިތުބާރުކުރެވުނީ… މިހިތް… މިހިތް ނުދޭން ވާ މީހާކަށް ދެވުނީ…”

އޭނާ ރުއިން ހުއްޓާލިއެވެ. އަދި ކަރުނަތަށް ފޮހެލިއެވެ. ދެން ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތެވެ. “ލީން… އަހަރެންނަށް މާފުކުރޭ” ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން ގެ ފިޔަވަޅުތައް ހުއްޓުނެވެ. “ޔުއާން އަށް ވަރަށް ފަސޭހަ ދޯ ތިހެން ބުނަން. އެދުވަހު އަހަރެން އާދޭސް ކުރިވަރު ނޭގޭތަ. ދެފައި ބުޑަށް ވެއްޓި ރުއިވަރު ތި ދެލޮލަށް ނުފެނޭތަ؟ އެދުވަހު ތި ހަރު ހިލަ ހިތަށް އަސަރުކުރިތަ؟ އަހަރެންގެ އިހްސާސްތަކަށް އެދުވަހުވެސް ޔުއާން ގަދަރެއްނުކުރީމު. އަހަރެން ގެ ހާލަށް އެ ދުވަހު ޔުއާން ދޫކޮއްލީ. ދިރިއުޅުން އަލުން އަހަރެން ހިތްވަރު ހޯދީ ކިހިނެތްކަން އިނގޭތަ؟ ނުނިދާ ރޮއި ރޮއި އަމިއްލަ ހާލަށް ޝަކުވާ ކޮއްލަ ކޮއްލާ އޮތީ ކިތަށް ރޭކަން އިނގޭތަ؟. މީހުންގެ ބަސްތައް އަޑުއަހަން ކެތް ނުވެގެން އަހަރެން އަމިއްލަ ނަފްސައްވެސް ފިލީ. އެދުވަހު ޔުއާން ކޮބާ؟ އެންމެ ފަހަރަކުވެސް އަހަރެންގެ ހާލު ބަލާލިންތަ؟ މައްސަލައެއްނެތް؟ ފުރަތަމަ ވިސްނާލަބަލަ. ޔުއާން އަހަރެންގެ އިހްސާސްތަކާ ކުޅުނަސް އޯކޭޔޯ؟ އެކަމް އެ ހުރިހާކަމަކަށް ފަހު އަހަރެން ދޫކޮއްލާފަ ދާން އަސަރު ނުކުރިހިތަކަށް މިއަދު އެބަ އަސަރުކުރެޔޭ ބުންޏަސް އަހަރެން ގަބޫލްކުރާނީ ކިހިނެތް؟” މައިލީން ގެ ރުއިން ހުއްޓިފައި ވީ ނަމަވެސް އެ ހިތުގައި އަޅަމުން ދާ ވޭން އަޑުން ހާމަ ވޭވޭ ހުއްޓެވެ.

މައިލީން ދޮރުން ނުކުމެގެން ދިޔަތަން ބަލަން ހުރި ޔުއާން އަށް ބޮލުގައި ދެއަތުން ހިފާލެވުނެވެ. މައިލީން ގެ ހިތުގައި އޭނާއަށް ޖެއްސިފައިވަނީ ކޮންފަދަ ދަރަޖައަކަށްހެއްޔެވެ؟ އެ ހިތް ހަލާކުކޮއްލެވިފައިވާ ވަރު މިއަދު އޭނާ އަށް އަންދާޒާ ކޮއްލެވިއްޖެއެވެ. އެހިތުގައި އަޅަމުން ދާ ކޮންމެ ވޭނެއްގެ ޒިންމާ އޭނާ އުފުލަން ޖެހޭނެއެވެ. އެޅިފައިވާ ކޮންމެ ކޫރުމެއްގެ ފަހަތުގައި ވަނީ އޭނާގެ ރަހްމެއްނެތް އަތެވެ. ލެވިފައިވާ ކޮންމެ ލަކުނެއްގެ ފަހަތުގައި ވަނީ އޭނާގެ އަނިޔާވެރިކަމުގެ ވަކިތަކެވެ. އެނާ ބުނެފައިވާ ކޮންމެ ރަހްމުކުޑަ ބަސްތަކެއްގެ ސަބަބުން އެ ހިތް މިއަދު އެވަނީ އެއްކޮއް ހަލާކުވެފައެވެ. ދެވަނަ ފަހަރަށް އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ ވަރަށެވެ. ހުދު އޭނާއަށްވެސް މައިލީން ދެން މާފެއް ނުކުރާނެއެވެ. މިއަދު އޭނާ މާފަށް އެދުނީ ހިތުގެ އެންމެ ފުނުން ކަމަށް ވިޔަސް މައިލީން އަށް ހީވާނި އެއީ ދެއްކުން ތެރިކަމެއްހެނެވެ. އޭރު ނޫނަސް މިހާރުވެސް، މިވީ ދުވަސްތަކުގައިވެސް އޭނާ ދިޔައީ އެ ހިތުގައި ޖައްސަމުންނެވެ. ހަލާކުވެފައިވާ އެ ހިތް އިތުރަށް ފުޑު ފުޑުކުރަމުންނެވެ. ސުބްހާނަﷲ އެވެ. އެނާ އަކީ މާފު ހައްގުވާވަރުގެ ވެސް މީހެއްނޫބާއެވެ.

މައިލީން ގެ އާ މެދު ވިސްނަން ޔުއާން އަށް މަޖުބުރުވަމުންދިޔައެވެ. އޭނާ ކިހާ ހިތްވަރުގަދަހެއްޔެވެ؟. ނެތް ހިތްވަރު ނެރެގެން ކެތް ކުރަމުން ދިޔައިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ ހިތްވަރު ވެސް ދުއްވާލާށެވެ. ދެރަކޮއްލާށެވެ. ހަގީގަތް އެނގިހުރެ ކަންތައް ކުރެވިފައި މިވަނީ ހާދަ ރަހުމްކުޑަކޮށެވެ.

އޭނާ ވިސްނި ވަރަކަށް ސިކުނޑި ދިޔައީ ހާސްވަމުންނެވެ. އެ ހިތް އެދިގޮވަމުން ދިޔައީ މައިލީން އެމޭ ގައި ފޮރުވާލުމަށެވެ. ކުރެވިފައިވާ ކޮންމެ ކުށަކަށް ވަކިވަކިން މާފަށް އެދުމަށެވެ. އެދެއަތުގެ ހިމާޔަތް މުޅި އުމުރަށް ދިނުމަށެވެ. އޭނާގެ ސަބަނުން ވެއްޓުނު ކޮނެމެ ކަރުނަތިއްކެއްގެ ބަދަލް ދިނުމަށެވެ. ދުނިޔޭގައި ދެވެންޏާ ދެވޭހާ އުފަލެއް ދިނުމަށެވެ.

އެހެންނަމަވެސް…..

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔަ އަސަރު 20 (1)

Next

ޒާރާ (16)

Next
February 1, 2018

ޒާރާ (16)

Previews
February 1, 2018

ތިޔަ އަސަރު 20 (1)

75 Comments!

  1. Aki says:
    February 1, 2018 at 8:26 pm

    hi mi dhooni haadha rangalhey.. thigothah avahah up kohla dheythee varah ufaavey ❤❤❤

    1. Aki says:
      February 1, 2018 at 8:44 pm

      haadha reethi ey mi part ves. hama rohvaalaifi

    2. Hi Mi says:
      February 1, 2018 at 8:50 pm

      Thankyou so much. Rovuniyya eyge maana aki hi mi beynun vi varah emotions thah and feelings thah genevijje yey. Thanks dear. Aki ge comment konme part alun fennaathy haadha ufaa veyey. ???

  2. Hi Mi says:
    February 1, 2018 at 8:27 pm

    Assalaamu Alaikum. Alhamdhulillah. Yet another emotional part is here. Hi Mi balaafa hunnaane feelings thah enme bodakah kiyaa dheveythoa kiyun therinnah feel vaa varah. Mi aslu Friday ga genesdheyn buni part. Ekam maadhamaa hi mi kudakoh bixi vedhaanethy time velima hama up kohli. And guys mi part ah commemt kohlaathi. One of the most emotional episode of the story. ??? Much loves every1. Tc. Thankyou All. Jazakallah Khairan.

    1. Hi Mi says:
      February 1, 2018 at 8:43 pm

      And Hi Mi bunin cover pic ga bunaa vhk bunaanamey. So here u go. The girl who is blind folded is maileen who was cheated by yuaan. Who is unaware of the truth. It describes that. And the boy whos wearing the grey colour t shirt is yuan. And the couple he looking is maileen and him in the past. Hes remembering his past with her, how they lived. Bodah yuaan ah sifa vaakan bunedheyn vegen. Dhen the cute little girl aki yashm. Ingey. Hama Hi Mi ge hiyaal mi. And kurin part ga yashm yuan ah furathama fenunuiru sifa kohdheeva ves innaanee ehen. ??? who knew???. Hehe. Thanks all again. ???

  3. Greeny says:
    February 1, 2018 at 8:34 pm

    Me first dhw varah salhi
    ingey mi part ves

    1. Hi Mi says:
      February 1, 2018 at 8:51 pm

      Greeny ni faharu thi dhiyaee second ah. Ekam dhen faharakum try kohlahchey. First ah. ??? Thankyou dear.

  4. Axy says:
    February 1, 2018 at 8:40 pm

    Mi part ves v v v reethi Thankyou ????

    1. Hi Mi says:
      February 1, 2018 at 8:52 pm

      Thanks axy. Vvv ufaa vehjje. ???

  5. Hashaa says:
    February 1, 2018 at 8:44 pm

    Wow this story realy nice?????

    1. Hi Mi says:
      February 1, 2018 at 8:52 pm

      Thanks. Hashaa. ?????????

  6. miya says:
    February 1, 2018 at 8:46 pm

    varah salhi mi vaahaka. Komme dhuvahaku ves update eh indheytho beley. Keep up the good work Hi Mi
    fansavees vana bayah inthuzaarukuran
    V salhi mi part ves. Hama rovifa inee (-:

    1. Hi Mi says:
      February 1, 2018 at 8:55 pm

      Hello miya dear. Rovuniyya eyge maana aki himi beynu vi kahala emotional part eh ges dhevuniyyey. Vvv happy vehjje… Thanks again. Abadhuves thi gothah support dheyne kamah yageen kuran. In Sha Allah. ???

  7. Icy♡ says:
    February 1, 2018 at 8:52 pm

    Vrh reethi hi mi
    Desperately waiting for the next part
    ♡♡♡♡♡♡♡♡

    1. Hi Mi says:
      February 1, 2018 at 8:56 pm

      Thanks Icy. ??? vvv happy vehjje.

  8. Minna says:
    February 1, 2018 at 8:52 pm

    Wow
    Mi bai ves varah reethi
    ?❤❤

    1. Hi Mi says:
      February 1, 2018 at 8:57 pm

      Thanks Minna dear… vvv ufaa vehjje. ???❤❤❤❤❤

  9. Maa says:
    February 1, 2018 at 9:01 pm

    Wow….????????? u r doing great….. vvvvvvvvv salhi ingey mi part ves….. ??????love u hi mi.. pls one more part tonite….. now cant wait…. tc

    1. Hi Mi says:
      February 1, 2018 at 11:10 pm

      Hello. Maa. Thankyou soooo much. It means alot ingey. Varah avahah next part kiyaalan libeyne. In Sha Allah. ?????????

  10. Pinky shifoo says:
    February 1, 2018 at 9:02 pm

    Alhey… I’m surprised Hi Mi ?????…. Hama rohvihje mirey ?????… Haadha emotional ey… Maasha Allah varah varah varah furihama mi part ???… Varah varah reethi.. I just can’t tell by words Hi Mi… Varah varah varah reethi mi part… Not only mi part the whole Story is very well n knme partehvx ehaa reethi n ehaame interesting ??… I just can’t tell how happy I am Hi Mi story kiyaalan libunyma n ehaa dhigukoh genesdhinyma varah varah ufaavey n varah varah surprise vehje… Friday ga up kuraanamey bunyma hama Friday naisgen mihunnanee ???❤️❤️❤️… U are a great writer Hi Mi… Vaahaka kiyaa iru hyvany vaahakaige thereyga ulheveyhenn ???❤️❤️❤️… Ehaa vx furihama… Kudhi kudhi typing mistakes eba huri ingey… Hi Mi aky Maasha Allah varah varah molhu writer eh n u are my favourite writer n this is my favourite story ❤️❤️❤️❤️❤️????????????❤️❤️❤️… U are the best n this story is also the best ❤️❤️❤️?????❤️❤️… Next part kiyaalan varah varah curious vehje… Waiting for next part ???… Love you Hi Mi… Much much loves ❤️❤️❤️❤️❤️❤️?????????????????????????????…

    1. Hi Mi says:
      February 1, 2018 at 11:14 pm

      Alhey. Pinky dear. Shifoo koyas loabin hama pinky mi keyeny. Hi Mi hama mihunnani pinky ge loabi comment gr inthixaaruga. And gavaaifhun comment kuraa hurihaa kudhinnah ves inthixaar kurerevey. Roviyyjeyya Hi Mi beynun vi gothah emotions thakaa feelings thah deliver kohdhevijje. Eyi hama enme happy vaa thankolhu. Pinky ge comment kiyaalaafa hama bunaane ehcei ves neygey. Thankyou so much dear sis. ???❤????????❤????❤❤❤❤❤❤❤??? much much much much more loves dear. Vvvvvvvvvvv ufaa vehjje. ❤❤❤❤❤❤❤❤❤❤❤❤❤❤

  11. shaba says:
    February 1, 2018 at 9:07 pm

    Vvvvvvvvv reethi

  12. Shann says:
    February 1, 2018 at 9:09 pm

    Masha Allah, Hi Mi haadha furihamaey mibaives.. Alhey Hi Mi haadha best ey.. Shann bunaany thy hama number one ey.. Thaureef ge gothuga hama bunaane ehchehives husvehje.. Luv u Hi Mi bodukoh

    1. Hi Mi says:
      February 1, 2018 at 11:16 pm

      Thankyou so much dear. Alhamdhulillah. Hi Mi varah ufaavehje mi story ah mihaa tharuheebu libeythy. And shann ge comment ah bunaane ehchei Hi Mi akah ves neygey. Thanks dear. Loves more. ???????????????????

  13. annoying reader says:
    February 1, 2018 at 9:10 pm

    ކޮންމެ ދުވަހަކު ކޮމެންޓް ނުކުރެވުނަސް މިހާރު މި ސައިޓް އިން އެންމެ ކިޔާ ހިތް ވާ ވާހަކަ މެރޫންގެ ސްޓޯރީ އެންޑް މި ސްޓޯރީ. އައި ޖަސްޓް ލުކް ފޯވާޑް ޓު އިޓް އޯލްވެއިސް. އައިމް އަ ޑެއިލީ ރީޑާރ ކޮމެންޓް ވެސް ކުރަން ބަޓް ނައު އިޓްސް ޑިފިކަލްޓް ޓައިޕިން. އެނީވެއިސް ހީމީ ޕްލީޒް ޔުއާން އެންޑް މައިލީ ގުޅުވަބަ. ވ.ރީތި މިޕާޓްވެސް

    1. Hi Mi says:
      February 1, 2018 at 11:17 pm

      Thankyou annoying reader. Vvv ufaavehjje comment fenifa. ??????????????? ita okay type kuran dfclt vaanama. ??? happy vehjje kiyaa kan jngunima.

  14. Pinky shifoo says:
    February 1, 2018 at 9:12 pm

    Hii Hi Mi again… ???.. Cover pic varah varah nice aslu… The way I thought cover pick aaa dhimaavi varah bodu bai ??… Bt actually behind there was a couple dhw I thought aee aaik n aaraa kamah… Heheheh… I knew that last part ga Hi Mi yashm sifakohfa iny hama cover pick ga in gothahkan… Hehehe ???❤️❤️❤️.. Varah varah reethi ingey loves ❤️?❤️❤️❤️??????

    1. Hi Mi says:
      February 1, 2018 at 11:21 pm

      Hi again pinky. Yes. Hi Mi story hedhi iru aslu ehaa bodah aaik and aaraa ge bai gennan nuvisnan. E hiyaal ai thankolheh fahun. Anyway eti hama himi visnaafa in goi. Thanks dear. Pinky ge comment fenumun aslu varah hiyy varu ves libey. Konme part akah ves anna reoly ehaa loabi vaane. And ehen readers too. Vvv ufaavey guys. ???

  15. Kai says:
    February 1, 2018 at 9:15 pm

    Mi e lakunu dhuvahakuves hadhaan nunetheyne mi hen e bunany kaaku yuaan tha or mailee tha?hehe vvv reethi story hyvany kiyamun dhiya iru e manxaru tha
    fenun hen yuaan n mailee kai ah ves rovihje ????
    Kn irakun aneh part ??????

    1. Hi Mi says:
      February 1, 2018 at 11:23 pm

      Hello. thanks dear. Kai ehen bunaani maileen ingey dear. Eyi kureege maazee genes dheefa in iruves innaane nailyn ge fai halaaku vi vaahaka genevifa. ??? hehe. Hi Mi v ufaavehjje. Hi Mi beynun vi gothah mi part genesdgevjje. Alhamdhulillah.

  16. reader says:
    February 1, 2018 at 9:18 pm

    Varah salhi. One of the best story ??

    1. Hi Mi says:
      February 1, 2018 at 11:24 pm

      Thanks reader. Means a lot. ?????????

  17. Black beauty says:
    February 1, 2018 at 9:22 pm

    Hama rovijje ingey varah reethi?

    1. Hi Mi says:
      February 1, 2018 at 11:25 pm

      Thanks black beauty. V ufaavehjje. And sorry maa bodah nurothi ingey. ???

  18. Shai says:
    February 1, 2018 at 9:51 pm

    Alhe haadha asarugadhaey Hama rovihje

    1. Hi Mi says:
      February 1, 2018 at 11:25 pm

      Thanks shai. Ehaa varah nurothi ingey. Hehe. ???

  19. Lam says:
    February 1, 2018 at 9:52 pm

    Hama best..lov it…alhey avahah up kohdehchay..c
    Curiously waiting…Vvvvvv emotional

    1. Hi Mi says:
      February 1, 2018 at 11:26 pm

      Thanks lam. Vvv ufaavehjje. In Sha Allah. Disspoint nukoh varah avahah up kohdheynan.

  20. Xxxx says:
    February 1, 2018 at 9:59 pm

    Wooooowww ??? v reethi mi story

    1. Hi Mi says:
      February 1, 2018 at 11:27 pm

      Thanks. Xxxx. Comment fennaathy vvv ufaavey ingey. ???

  21. Ilu says:
    February 1, 2018 at 10:24 pm

    ވާހަކަ ވ. ރީތި. އާނ ލިޔާ އިރު ހުސްނޫނެއް ލިޔުނީމާ ރަނގަޅު ވަނީ. ފޮޓޯ އާ ވަރަށް ގުޅޭ ވާހަކަ. މި ބައި ހީވަނީ ފިލްމެއްގެ މަންޒަރުހެން ސިފަކޮށްދީފައިވާ ލެއް މޮޅުކަމުން.?

    1. Hi Mi says:
      February 1, 2018 at 11:29 pm

      Thanks Ilu. Dhen faharakum visnaani. Thikahala hiyaal thakah abadhuves maruhabaa kiyan. Hi Mi gabool kuraa gothugai kuri araani readers faahaga kohla dhey mistakes rangalhu kohgen. ??? and thanks dear. Cover aa hama gulhuvaaalaafa. ???

  22. Firoo says:
    February 1, 2018 at 10:43 pm

    V rythi story. .. Keep it up

    1. Hi Mi says:
      February 1, 2018 at 11:30 pm

      Thanks firoo. ???

  23. Aail says:
    February 1, 2018 at 10:52 pm

    Wow???? Varah varah reethi. Hama rangalhah ves rovijje. Next part ves mihaa reethi kurahchey. ?

    1. Hi Mi says:
      February 1, 2018 at 11:32 pm

      Thanks Aail. Hi Mi beynun vi gothah emotions and feelings genesdhevijje. In Sha Allah. Konme part eh ves shauguverikamaa eku kiyaa levey gothah genesdheveythoa masayykai mikurani. ???

  24. maikko says:
    February 1, 2018 at 11:01 pm

    Varah varah emotional…rovihjje ….waiting for the next part

    1. Hi Mi says:
      February 1, 2018 at 11:33 pm

      Thanks. Maikko. Rovvaa levunima varah bodah sorry. Ekam beynun vi mihaa emotional kohlan. Hehe. ?????????

  25. Saa says:
    February 1, 2018 at 11:18 pm

    Masha allah masha allah alhey hama rovije mi part kiyaafa.. ?????? nd story up vaane kamah heekoshe nun balaeliy nd it was suprice again himi u ar the best writer ey buneveaniy I love ur ol stories.. ???❤ nd this story is so nice I just dono wat to say I’m just speechless woww himi vvvvvvv vv reethi mi story.. ?????????????so curiously waiting for the next part ??❤

    1. Hi Mi says:
      February 1, 2018 at 11:34 pm

      Thankyou so much saa. Hi Mi beynun vi gothah genes dhevijje kamuge yageen kan libijje. Alhamdhulillah. And rovvaalevunithy sorry. Adhi maileen ah kihaa vareh vaane dw. Anyway vvvv thanks. So happy dear. ???

  26. Naaanu says:
    February 1, 2018 at 11:33 pm

    Haadha emotional eyy.. Vvvv rythi mi part vx
    … Waiting for next part… ????

    1. Hi Mi says:
      February 1, 2018 at 11:36 pm

      Thanks Naanu. Vvv happy vehjje. V haaves avahah genes dheynan. Ingey.In Sha Allah.

  27. Mariyam Ubaid says:
    February 1, 2018 at 11:36 pm

    Varah Reethi

    1. Hi Mi says:
      February 2, 2018 at 8:44 am

      Thanks dear. ???

  28. Eliin says:
    February 1, 2018 at 11:38 pm

    Yuan mihaaru hunnaani kuda gothakah bunaanama moya vefa dhw..btw story vvvvvvvv reethi. .?kiyaa hithun indhaa nimuny..maadhan eh part kiyaalan libeyne kamah unmeedhh kuran?Hi Mi gud job???keep go ing darling?waiting for the next part??

    1. Hi Mi says:
      February 1, 2018 at 11:41 pm

      Hehe. Eliin… hingaa balamaa yuan dhen kanthah kuraa gotheh. What do u think?. Hehe. Anyway himi varah ufaavehjje. Vvvv. In Sha Allah v haabes avahah libeyne. Maadhan kiriyaa time eh veliyas balaanan. Ingey. In Sha Allah. Thankyou so much dear. ?????????

  29. Nathoo says:
    February 1, 2018 at 11:47 pm

    Alheyyy alheyyy rovijje hama ???vvvvv furihama and vahaka up vefa otheema i was suprised and vvvv happy ..hi mi thee hama best and hama speechless asluvx lolun karuna vx faibaafi aslu hama himi ????❤️?And vvvv wait kurevey dhen oii bayah andlurve yuh hi mi darlin ?????

    1. Hi Mi says:
      February 1, 2018 at 11:54 pm

      Sorry my dear nathoo. ??? sorry dhera kohlevunima. Ekam Hi Mi beynun v emotional kohlaafa feelings thah deliver kohdheyn. Alhamdhulillah. Ekanthah vehjje. Amd dhen huttaalaa dear. Eyrun kaakutha maileen ah hiyy varu dheyni. Hehe. Thanks dear once again. ??? love yuh more nathoo darls.

  30. AISH says:
    February 2, 2018 at 1:25 am

    Mi story varah reethi ..comment nukuriyas gavaidhun kiyan..mi part kiyafa comment nukoh nuhurevuny..hi mi this number1 writer eh…miharu aish fav writer..keep it up dear..

    1. Hi Mi says:
      February 2, 2018 at 8:46 am

      Thanks AISH. V happy vehjje story kiyaakan ingunima. VVV ufaavehjje. Abahuves thikahala comments thakaki hi mi ge hiyy varu. Thanks so much dear. ???

  31. AISH says:
    February 2, 2018 at 1:30 am

    *Thi

  32. Kai says:
    February 2, 2018 at 3:07 am

    Ehen bunefa Yuaan ge adu ga vi ogaaveri kamun ney inyma kai ah aslu olhuny kai hitha eri yuaan ah kihineh baa ey inguny ???

    1. Hi Mi says:
      February 2, 2018 at 8:47 am

      Hehe. Nolhey gothah hi mi ethan kolhah kuda edit eh kohlaanan ingey dear. In Sha Allah. ???

  33. Xaaaan says:
    February 2, 2018 at 8:07 am

    Wooooooooow masha allah haadha reechey ehaame asarugadha hama rovijje????????????????????????? hi mi darlin haadha reechey???????????

    1. Hi Mi says:
      February 2, 2018 at 8:50 am

      Thanks dear. Dhen ehaavarah nuroi dear. Adhi maileen kihaa dhera vaane yey hi mi ge hithah arani. Hehe. Anyway vvv ufavehjje. Hi Mi beynun vi gothah genes dhevijje. Alhamdhulillah. ??????????????????????? rovaaalevuniythy sorry. ??? Thankyou so much Xaaaan… ???

  34. Mixuhan says:
    February 2, 2018 at 9:17 am

    Haadha reeeiichey Himi..Himi akeee varah molhu vaahaka liyun theri eii..maashaa allah ..knme part eii vx ehaa furihama ..varah kiyaalaa hithun knme part eii vx kiyaalevey..varah interesting mi story .. Dhn vaane gotheii neygign keii madhu vefa mi idheveny ..avahah upkhla dhehchey..thihaa bxy kh ulhemun vx ehaa gina dhuvas nunagaa upkhla dhey theee varah varah ufaa vey..next part up vehjethw irukolhakaa balailevey..love your stories Himi❤️❤️good luck dear

  35. Hi Mi says:
    February 2, 2018 at 10:50 am

    Thanks mixuhan. Vvv ufaavehjje. Hehe. Hingaa dhen vaa gotheh balailamaa. Dw. Thikahala commets thah fennaathy varah bodu hiyy varakah vey. Thanks once again. Dear. ❤❤❤❤

  36. Shaan says:
    February 2, 2018 at 11:08 am

    Alheyy vvreethi

    1. Hi Mi says:
      February 3, 2018 at 9:57 am

      Thanks shaan. Happy vehjje. Comment eh fenunima. ???

  37. Shiya says:
    February 2, 2018 at 11:15 am

    Hi Mi kn irakuntha next story up kohdheyn fashaany

    1. Hi Mi says:
      February 3, 2018 at 9:59 am

      Mi story nimmaalaafa. In Sha Allah. Or bodubai eyge kurin liyevunas fashaanan. ??? Thanks dear. ???

  38. Shiya says:
    February 2, 2018 at 11:17 am

    Can’t wait ur stories r so good keep it up ❤❤❤❤

    1. Hi Mi says:
      February 3, 2018 at 10:00 am

      Thanks shaya. In Sha Allah. ???

  39. Suney says:
    February 2, 2018 at 11:24 am

    V emotional. Hama rovijje?????. Vv nice mipart ves and this is my favorite story and u’r the my favorite writer himi. Avahah next part up kohladhy. Waiting waiting……

    1. Hi Mi says:
      February 3, 2018 at 10:02 am

      Thanks suney. Dhen nuroi ehaa ginain. Rovvaalevunima vaeah bodah sorry ingey. Hehe. Ekam hi mi beynun vi varah mi part gens dhevijje kamah yageen vehjje. Eyi ehaa varah feelings thakaa emotion thah deliver kohdheveythoa balaafa hunnaane. Thanks dear. ???

Comments are closed.

Next Episodeހިތާ ފުރާނައިން… (25)←


All Right Reserved!