Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (14)

Crystal Level 210 Stories100 Comments
January 31, 2018 6 Mins Read
14 Comments

ކުރީގެ އަދަދާއި ގުޅޭ : އެހެންނަމަވެސް ހިތާމައަކީ ޒާރާގެ ޑައިރީގައި ދާންގެ އެއްވެސް ވާހަކައެއް އައިސްފައި ނެތްކަމެވެ. އެވާހަކަތައް ޑައިރީގައި އޮތްނަމަ ޔަޒްދާން ކިހާ އުފާވީސް ހެއްޔެވެ. އެހެންނަމަވެސް ޒާރާއާ ދިމާވި ފިރިހެންކުދިންގެ ތެރެއިން އެންމެ ފަހު ވާހަކައަކަށް އޮތީ ރިޝްވާންގެ ވާހަކައެވެ.

އެހެންވެ، ޒާރާ ދާންދެކެ ލޯބިވާ މިންވަރާއި، ލޯބީގެ އިހްސާސްތަކާއި، ލޯބީގައި ޖެހިގެން ޒާރާ އުޅުނުގޮތުގެ ވާހަކަތައް ދެން ދުވަހަކުވެސް ޔަޒްދާންއަކަށް ނޭނގެނެއެވެ. އެއީ އެކަންވުމަށް ތަގްދީރުގައި ލިޔެވިފައިވާ ގޮތް ކަމުގައި ވާތީއެވެ.

********************

ދާންގެ ކޮނޑުގައި ބޯއަޅައިގެން އޮތް ޒާރާއަށް މިއޮވެވުން ގޮތާއި މެދު ވިސްނާލެވުމުން  ލަދުންގޮސް އަވަސްއަވަހަށް ދާންއާ ދުރަށް ޖެހުނެވެ. ޔަޒްދާންވެސް އެކަން ވިސްނުމުން ޒާރާގެ ގައިން ދޫކޮށްލިއެވެ.

ގޮނޑިމަތީގައި ބާއްވާފައި އޮތް ޓީޝާޓު ނަގާފައި އެ ލިއެވެ. އަނެއްކާވެސް ޒާރާ ކައިރިއަށް ގޮސް ޔަޒްދާން ހުއްޓުނެވެ.

” އާދޭ މިތަނަށް ވާހަކަދައްކާލަން އިށީންނަން..”  އެހެންބުނެފައި ޔަޒްދާން އެތާ ހުރި އޭނާގެ އެނދުމަތީގައި އިށީނެވެ. ޒާރާވެސް ގޮސް ޔަޒްދާން ކައިރީ އިށީނެވެ.

ޔަޒްދާން އޭރު ލައިގެން އިން ޓީޝާޓު ހުރީ ގަޔަށް ފިޓްކޮށެވެ. އެތައް ދުވަހަކަށްފަހު އަނެއްކާވެސް ކުރީގެ ހަނދާންތައް އާވާން ފެށިއެވެ. ފުރަތަމަ ދިމާވެގެން ޗެޓް ކުރަން އުޅުނު ދުވަސްކޮޅުގެ މަތިން ދެމީހުންވެސް ހަނދާންވިއެވެ.

އެހަނދާންތައް އާވުމާއެކު އެކަމާ ބެހޭގޮތުން ވާހަކަ ދައްކައި، ޔަޒްދާން ޒާރާއަށް ޖެއްސުން ކުރަން ފެއްޓިއެވެ. ޒާރާވެސް ބައެއްފަހަރު ލަދުން ހީލަހީލާ އިނެވެ. އެއްވެސް ހިތާމައެއްގެ މަތިންވެސް ޒާރާ ހަނދާން ނެތްކަހަލައެވެ. އެގޮތުގައި ވަގުތުތައް ދިޔައީ ކިހިނެއްކަމެއްވެސް ނޭނގުނެވެ.

އެހެންނަމަވެސް އިރުއޮއްސި ބަންގި ގޮއްވުމާއެކު ދެމީހުންނަށްވެސް ގަޑިބަލާލެވުނެވެ. ޒާރާ ގާތުގައި އިޝާ ނަމާދުގެ ފަހުން އަނެއްކާވެސް ވާހަކަދައްކަން އަންނާނަމޭ ކިޔާފައި ޔަޒްދާން ދިޔައީ މިސްކިތަށެވެ. ޒާރާވެސް ވަފިއްޔާ ކޮޓަރިއަށް ނަމާދުކުރަން ދިޔައެވެ.

**********************

އިޝާ ނަމާދުން ފައިބައިގެން ޔަޒްދާން ގެއަށް އައިސް އެޕާޓްމެންޓްގެ ދޮރު ހުޅުވާލިއިރު ގޭތެރެއިން ދުވަންފެށީ ނޫޑުލްސް ވަހެވެ. ބަދިގެ ފަރާތަށް ދިޔައިރު، ޒާރާ ހުރީ ނޫޑުލްސް ކައްކާށެވެ.

” ވަފިއްޔައްތަ ބުނީ މިރޭ ނާދެވޭނެއޯ ގެއަކަށް.. އީޝް މަންމަ ބުންޏޯ މިރޭ މަޑުކޮށްލާށޭ.. އެހެންވެ ޝައިހާ ގޮވައިގެން މަޑުކޮއްލާނީއޯ.. މެންދުރު ކެއްކި ބަތްކޮޅު ހުސްވީމަ.. ނޫޑުުުުުލްސް ގަނޑެއް ހަަަދާލާށޯ ބުނީ.. އެހެންވެ މިއުޅެނީ.. ” ނޫޑުލްސް އެތި ކުޑަކޮށް ދޭފަތަކުން ހަލާލަމުން ޒާރާ އެހެން ބުނެލީ ހިނިތުންވެލާފައެވެ.

” އެހެންދޯ.. ޒާރާ ކައްކާ ނޫޑުލްސް ރަހަ ބަލާހިތުން މިހުންނަނީ.. ގޭތެރޭގައި ހުރި ކުޑަ މޭޒު ގެންދަމާ ކޮޓަރިއަށް.. އަހަރެން މިދަނީ އިނގޭ މޭޒު ހިފައިގެން.. ” އެހެންބުނެފައި މޭޒު ހިފައިގެން ގޮސް ޔަޒްދާން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

އިރުކޮޅަކުން ޒާރާވެސް ބަތްކާ ތައްޓަކަށް ނޫޑުލްސް އަޅައިގެން ކޮޓަރިއަށް ގެންދިޔައެވެ. ނޫޑުލްސް ތަށި ހޫނުކަމުން ޒާރާއަށް ގެންދެވެނީ ފަހަރަކު ތައްޓެކެވެ. އެމަންޒަރު ފެނުމުން ޔަޒްދާން، ޒާާރާ އަތުން އެއްނޫޑުލްސް ތަށި އަތުލައިގެން އެތަށި ކޮޓަރިއަށް ގެނެސްދިނެވެ.

” ހާދަ މީރޭ.. ފަހުން ޒާރާ ކައްކަން ދަސްކުރީދޯ؟ ” ނޫޑުލްސް ސަމުސަލެއް އަނގަޔަށް ލަމުން ޔަޒްދާން ވާހަކަދެއްކިއެވެ. ނޫޑްލްސް ހުރީ ތަރުކާރީ ފަދަ އެއްޗެހި އަޅައިގެން ވަރަށް މީރުކޮށް ހަދާލާފައެވެ.

” ހުމްމް .. ފަހުން ދަސްވީ.. އަސްލު ކައްކަން ދަސްކުރަން ޖެހޭނެއެއްނު.. ” ޒާރާ އެހެން ބުނެލީ ހިނިތުންވެލާފައެވެ.

ނޫޑުލްސްކައި ނިމިގެން ތަށިތަށް ނަގާފައި ޒާރާ އެތަށިތައް ދޮވުނެވެ. ތަށިތައް ބަދިގެއަށް ގެންގޮސް ދިނުމުގައި މިފަހަރުވެސް ޔަޒްދާންގެ އެހީ ލިބުނެވެ.

” ހިނގާ ތާސް ކުޅެން .. ކުޅޭނަން؟ ” ޔަޒްދާން ޒާރާއަށް ޖެއްސުމެއް ކޮށްލާހިތްވެގެން ޒާރާގާތުގައި ތާސް ކުޅޭނަންތޯ އެހިއެވެ. ޒާރާވެސް ކުޅެން އެއްބަސްވިއެވެ.

ތަށިމުށިގަނޑު މަތީގައި ދެމީހުން ދެފައި ވައްކޮށްގެން ކުޅެން އިށީދެލި ގޮތުން ހީވީ އެތަށް ދުވަހެއް ވަންދެން ކުޅިވަރެއް ނުކުޅެވިފައި ތިބި ދެ ކުޑަކުދިން ހެންނެވެ.

ރަނގަ ބޮނޑި ކުޅުނު ފުރަތަމަ ފަހަރުވެސް ޔަޒްދާން ޒާރާއަށް ރަނގަ ބޮނޑިއެއް ދިނެވެ. އެހެންނަމަވެސް ޔަޒްދާން ބަލިކޮށްލެވޭނެ ކަމުގެ އުއްމީދުގައި ޒާރާވެސް ދެވަނަ ފަހަރުވެސް ކުޅުނެވެ. މިފަހަރުވެސް ބޮނޑި އެޅުނީ ޒާރާގެ ބޮލުގައެވެ.

ދެފަހަރުވެސް އެހެންވުމުން ދެން ނުކުޅޭނަމޭ ކިޔާފައި ތެދުވެގެންގޮސް ޒާރާ އެނދުމަތީގައި އިށީދުނެވެ. އެހެންވެ ޔަޒްދާންވެސް ތާސް ބައިގެ ގަނޑުތައް އެއްކޮށްލާފައި އެހިފައިގެން ގޮސް ޒާރާ ކައިރީ އިށީދުނެވެ.

ޒާރާ އިންގޮތުން ހީހީފައި ޔަޒްދާން ޒާރާގެ ގައިގައި ބައްދާލިއެވެ. ” ގަސްދުގައޭ މި ޒާރާ ބަލިކޮށްލީ.. ކުޑަކޮށް ޗީޓްވެސް ކޮށްގެން.. ” އެހެންބުނަމުން ޔަޒްދާން ޒާރާގެ ނޭފަތުކުރީގައި ހިފާލިއެވެ.

*********************

” ޒާރާއަށް އެނގޭތަ އަހަރެން ހާދަ ހަނދާންވިއޭ ޒާރާ މަތިން.. ” އެތައްވާހަކައެއް ދައްކަމުން ދިޔައިރުވެސް ފަހުން ޒާރާ އެއްގޮތަކަށްވެސް އަނގައިން ނުބުނުމުން ޔަޒްދާން ޒާރާއަށް ބަލާލިއެވެ.

ޔަޒްދާން ޒާރާގެ ގައިގައި ހިފަހައްޓާލައިގެން އިންއިރު ޒާރާއަށް އިނީ ޔަޒްދާންގެ މޭގައި ބޯ އަޅާލައިގެން ނިދިފައެވެ.

ނިދިފައި އިން ޒާރާގެ މޫނަށް އިރުކޮޅަކު ބަލަން އިނދެފައި ޔަޒްދާން ޒާރާގެ ނިތްކުރިއަށް ބޮސްދިނެވެ. އެއާއެކު ނިދީގައި ޒާރާ ތެޅިގަތެވެ.  ޔަޒްދާންގެ ތުންފަތްވެސް ޒާރާގެ ނިތްކުރީގައި ޖެހުނު ތަނާހެން ޒާރާ ޔަޒްދާންގެ މޫނު ދުރަށްލާ ކޮއްޕާލިއެވެ. ޒާރާ އެހެންހެދީ ނިދާފައި އިނދެގެންނެވެ.

ޔަޒްދާންއަށް އެކަމުގެ ސަބަބުވެސް އިނގެއެވެ. އެހެންވެ ޒާރާ އެނދުމަތީގައި ރީތިކޮށް ބާއްވާލާފައި ގައިމަތިން ރަޖާ އަޅައިދިނުމަށްފަހު ޔަޒްދާން އެ އެނދާއި ޖެހިގެން ހުރި ސޯފާއެއްގައި ބަލަންއިނެވެ.

ހަމަހިމޭން ކަމާއެކީގައި ޒާރާ ނިދާފައި އޮތްކަމުގައިވިއަސް އިރުކޮޅެއް ފަހުން ޒާރާ ދެފަރާތަށް ފުރޮޅެން ފެށިއެވެ. އުނދަގޫވެގެން އުޅޭފަދަ ގޮތަކަށް ދެފަރާތަށް ބޯވެސް ހޫރަންފެށިއެވެ.

” ނޫން.. ނޫން.. ދޭ.. ” އެއާއެކު ނިދާފައި އޮތް ޒާރާގެ އަނގައިން ބޭރުވީ އެބަސްްްތަކެވެ. އެއާއެކު ޒާރާގެ ދެލޮލުންވެސް ހޯސްލާފައި ރޮނގެއްހެެެން ކަަަރުނަތައް ފައިބަން ފެށިއެވެ.

މިހިސާބަށް ދިއުމުން ޔަޒްދާންއަކަށް ސޯފާގައި މަޑުންނެއް ނީދެވުނެވެ. ޒާރާ ކައިރީ އިށީނދެފައި  ޔަޒްދާން، ޒާރާގެ ބޮލުގައި ފިރުމަންފެށިއެވެ. ޒާރާ ހަމައަކަށް އެޅުނީ އެހެން ފިރުމާތާ އެތައް އިރަކުންނެވެ.

އެއީ މީހަކަށް އެނގުނަސް ނޭނގުނަސް ކޮންމެރެއަކުވެސް ޒާރާ ހަމަ އުޅޭ ހާލެވެ. ޑައިރީގެ އެހީގައި އެކަން ޔަޒްދާންއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް ހަމަ ލޮލަށް އެމަންޒަރު ފެނުމުން ޔަޒްދާންގެ ހިތުގައި އަދި ވަކިން ބޮޑަށް ރިއްސާލިއެވެ.

އަނެއްކާވެސް ޔަޒްދާން ގޮސް ޖައްސާލީ ސޯފާގައެވެ. ޒާރާ އެކަނި ކޮށްލާފައި އެހެން  ކޮޓަރިއަކަށް ދާކަށްވެސް ޔަޒްދާންއަކަށް ނުކެރުނެވެ. އޭރު، ޒާރާގެ ޑައިރީގައި ހުރި ވާހަކަތައް ވެސް  ހަނދާންވާން ފެއްޓިއެވެ.

************************

” އަހަރެން ރޯތަން މީހަކަށް ނުދައްކަނީވެސް ބަލަން ހުންނަ މީހަކުވެސް ދެރަވެދާނެތީއެވެ. އަދި އެހެންނޫނަސް އަހަރެން ރޯތީ ކޮންމެހެން މީހަކު އަހަންނާމެދު ހަމްދަރުދީ ނުވިއަސް ހެވެވެ. ރަނގަޅީވެސް ހަމަ ނުފެނުނިއްޔާއެވެ. ފެނުނީމާ އެމީހަކު އެކުރާ ސުވާލުތަކަށްވެސް ޖަވާބުދޭންޖެހެނީ ހަމަ އަހަންނަށެވެ.

އެއީ އަދި ކުރަން މާ އުނދަގޫ ކަމެކެވެ. ޖަވާބު ނުދިނިއްޔާ އެމީހަކު ހީކުރާނީ އަހަރެންމީ މާ ފޮނިމީހެއް ކަމުގައެވެ. ނޫނީ އެމީހަކާ ވާހަކަނުދައްކަންވެގެން އެމީހެއްދެކެ ރުޅިއައިސްފައި ހުރީކަމަށެވެ. އެހެންވެފައިވެސް އެބަހުއްޓެވެ.

އެމީހަކު ބުނާ އެއްޗަކުން ދެރަވާން ޖެހޭނީވެސް ހަމަ އަހަންނެވެ. އެމީހަކަށް ކިޔާ އެއްޗެއް ނުވިސްނިއްޖެނަމަ ދެން ޖެހޭނީ ދެވަނަ ފަހަރަށްވެސް އަނެއްކާ ކިޔައިދޭށެވެ. މީހަކަށް ކުރެވޭ އިހްސާސްތައް ދުލުން ބުނެދިނުމަކީ ކިހާ އުނދަގޫ ކަމެއްކަން މިހާރު އަހަންނަށް ވިސްނެއެވެ.

އެވަރުންވެސް ނޭނގިއްޖެނަމަ ދެން ޖެހެނީ ސިކުނޑީގެ ބޭނުންކޮށްގެން އެމީހަކަށް އެނގޭގޮތަށް އޮޅުންފިލުވައިދޭށެވެ. އެވަރުންވެސް ބައެއް މީހުންނަށް ނޭނގިފައި އެބަހުއްޓެވެ.

ނޭނގޭމީހުން ކޮންމެވެސް އެއްޗެއް ބުނެފައި ކުއްވެރިކުރަނީ އަހަންނެވެ. އަހަރެންވެސް ކުރިން ހީކުރަނީ އެއީ އަހަރެންގެ މައްސަލައެއް ކަމުގައެވެ. އެހެންވެ ވަރަށް ދެރަވެސްވިއެވެ.

ކިހައި ދުވަހަކު އުޅުނިން ހެއްޔެވެ؟ އެކަމަކު މިހާރު އެއީ އަހަރެންގެ މައްސަލައެއް ނޫންކަން އެނގެއެވެ. އެހެން ދެރަކުރިއަސް ދެރައެއްވެސް ނުވެއެވެ. މީހަކު ކިތަންމެ އެއްޗެއް ކިޔަސް ހެވެވެ. ހަމަ ބޮޑު ވަރިހަމައެވެ.

އަހަރެން ކިޔާ އެއްޗެއް އެހެންމީހަކަށް ވިސްނައިދިނުމުންވެސް ނުވިސްނިއްޖިއްޔާ އަހަރެން ބަލާނީ އެއީ އެމީހެއްގެ މައްސަލައެއްކަމުގައެވެ. އެކަމާހެދި އަހަންނާ ވާހަކަ ނުދައްކާ މީހަކާ އަހަރެންވެސް ކޮންމެހެން ވާހަކައެއް ނުދައްކާނަމެވެ. އެކަމާ އަޅައެއްވެސް ނުލާނަމެވެ.

އެމީހަކަށް ވިސްނައިދޭން އުޅެގެން ގެއްލެނީ އަހަރެންގެ ހަށިގަނޑުގައި ހުރި ހަކަތައެވެ. އެވަރެއްވެސް މީހެއްގެ ސިކުނޑިއަކަށް ނުވިސްނެއެވެ.

ހަކަތަ ސުމަކަށް ދާއިރުވެސް ބައެއް މީހުންނަށް އަހަރެން ބުނަން އުޅޭ އެއްޗެއް އިނގޭ ކަމަކަށް ނުވެއެވެ.

އެކަމާ ވަރަށް ދެރަވެގެން، ރުޅިއައިސްގެން އުޅުނު ޒަމާނެއްވެސް ދިޔައެވެ. އެއީ އޭރު އެކަންވަނީ އެހެންކަން ނޭނގޭތީއެވެ.

އެކަމަކު، މިހާރު އެކަމާ ދެރައެއްވެސް ނުވެއެވެ. ރުޅިއެއްވެސް ނާދެއެވެ. އެއީ އަހަރެން ކިތަންމެ ވިސްނައިދޭން އުޅުނަސް، އަދި އަހަރެންގެ ހަކަތަ ހުސްވިއަސް ބައެއް މީހުންނަށް ހަމަ ނުވިސްނޭނެކަން އެނގުނީމައެވެ.

ބައެއް މީހުން އަހަންނަށް އެހެން ހަދަނީ ގަސްދުގައި ހެންވެސް ހީވެއެވެ. އެކަމާވެސް ކުރިން ދެރަވިއެވެ.

އެކަމަކު މިކަމުގައި ވަނީ ކިހިނެއްކަން އެނގުނު ދުވަހު އަހަރެންގެ ހިތުގައި އެމީހުންނާމެދު ވެސް ބުރަކަމެއް ނުވެއެވެ.

އަހަންނަށް ހީވާގޮތުން އެނގުމަށް މަސައްކަތް ކުރާމީހުންނަކީވެސް ކޮންމެވެސް ބޮޑު ހިތާމައެއް ތަހައްމަލް ބައެކެވެ. އެމީހުންގެ ކިބައިގައި ދެނެގަތުމުގެ ބާރުވެއެވެ.

އެކަމަކު ހިތާމައަކީ ކޯޗެއްކަން އަހަންނަށް ވުރެ ބޮޑަށް މީހުންނަށް އިނގޭހެންނެއްވެސް ހިޔެއް ނުވެއެވެ.

އެހެންވެ ކުރިން މީހަކަށް ވާހަކައެއް ކިޔާދިނަސް މިހާރު ކިޔާދޭހިތެއްވެސް ނުވެއެވެ. ނުވެސް ކިޔާދޭނަމެވެ. އެމީހުންނަށް އޮޅުވާވެސް ލާނަމެވެ.

އެމީހުން އަހަރެންމީ ފޮނިމީހެއް ކަމުގައި ހީކުރިއަސް ހެވެވެ. ދެރަކުރިއަސް ހެވެވެ. ރުޅިއަޔަސްވެސް ހަމަ ހެވެވެ.

ދެރަވެފައި އިން މީހަކަށް އިތުރު ދެރައެއް ލިބޭ ފަދަ ވާހަކައެއް ކިޔާދިނުމަކީ ވޭނެކެވެ. އެކަންވެސް މިހާރު އަހަރެން ވަރަށް ރަނގަޅަށް ދަންނަމެވެ.

ކޮންމެ މީހެއްގެ ކިބައިގައި އެހުރިހާ ވޭނެއް އުފުލުމުގެ ވިސްނުންތެރިކަމެއްވެސް ނުހުރެދާނެއެވެ. މިކަންވެސް މިހާރު އަހަރެން ދަސްކޮށްފީމެވެ.

މިހުރިހާ ކަމެއް އެނގި އަހަންނަށް އުޅެވުނަސް.. އެހެންމީހުންނަށް ހަމަ ނޫޅެވިދާނެއެވެ. މިކަން އެމީހުންނަށް ނޭނގޭތީ ކަމުގައިވެސް ވެދާނެއެވެ.

މީހުން އަމިއްލައަށް މަރުވަނީވެސް ކޮންމެވެސް ބޮޑުހިތާމައެއް ލިބިގެން އެކަމަށް ކެތްކުރާނެ ގޮތް ދަސްވެފައި ނެތުމުގެ ސަބަބުންނެވެ.

އެހެންމީހުން ހީކުރަނީ އެމީހުންގެ ނުލަފާކަމުން އެހެން ހެދީކަމުގައެވެ. އެކަމަކު އެއީ ތެދެއް ނޫންކަން އަހަންނަށް އިނގެއެވެ.

ގިނަފަހަރަށް އެގޮތަށް މަރުވަނީ ހަމަ ވަރަށް ރަނގަޅު މީހުންނެވެ. ރަނގަޅު ކުދިންނެވެ. އެމީހުންނަށް އެހެންވަނީ ކުއްލި ހިތާމައެއް ލިބޭއިރު އެމީހުންނާ އެކީ އެހިތާމައިގައި ބައިވެރިވެލާނެ މީހަކު ނެތުމުގެ ސަބަބުންނެވެ.

މާތްﷲ މީހުންނަށް ވިސްނުންތެރިކަން ދެއްވަވަނީވެސް އެކިމީހުންނަށް އެކި ވަރަށެވެ. ވޭނާއި ބުރަ އުފުލުމުގެ ކުޅަދާނަކަންވެސް ދެއްވަވަނީވެސް އެކިމީހުންނަށް އެކިވަރަށެވެ.

މިކަންވެސް ނުވިސްނެނީ އެހެން މީހުންނަށެވެ. އެކަން ނޭނގި އެކަމާ އެއްޗެހި ކިޔާތީ ބައެއްފަހަރު އަހަރެން ގާތަށް ރުޅިވެސް އާދެއެވެ.

ކޮންމެއިރަކުވެސް ހިތާމައެއް ހަމަ ކޮންމެ މީހަކަށްވެސް ލިބިދާނެއެވެ. ކިތަންމެ އީމާންތެރިކަން ގަދަ މީހަކުވެސް ހަމަ ދެރަވާނެއެވެ. އެމީހުންގެވެސް އިންނަނީ ހިތެކެވެ. ހިލަގަނޑެއް ނޫނެވެ. ހިތެއް އިނިއްޔާ ތަދުވެސް ވާނެއެވެ. ދެރަ ވާނެއެވެ. މަރުވަންވެސް ހިތަށް އަރާފާނެއެވެ.

އެވަގުތު އެތަނަށް އަންނާނީ ޝައިތާނާއެވެ. އެކަމަށްވެސް ވިސްނަންޖެހޭނީ ދެން ތިބި މީހުންނެވެ.

މީހުންނަށް ނުވިސްނޭ ހާލުގައިވެސް ކޮންމެސް އެއްޗެއް ކިޔާމީހުންނަކީ އަހަރެން އެންމެ ރުޅިއަންނަ އަދި އެބައެއްދެކެ އެންމެ ފޫހިވާ މީހުންނެވެ.

ހަގީގަތުގައި އެމީހުންނަށް އެހިތާމަ އަނެއް މީހާއަށް ލިބެން އުޅޭކަން ކޮންމެވެސް ގޮތަކުން ކޮންމެސް މީހަކަށް އެނގެންޖެހެއެވެ. އެމީހަކަށް ލިބޭ ވޭނަކަށް ލުއި ވާނީވެސް އޭރުންނެވެ.

ޝައިތާނާ އަނެއް މީހާގެ ބޮލުތެރެއަށް ވަންނަ ގަޑީގައި އެމީހަކު ސަލާމަތްކުރަން އެތާ ހުރެވޭނީ އޭރުންނެވެ.

އެހެންވުމަށްޓަކައި ހިތާމަ ލިބޭމީހާގެ އިތުބާރުލިބިފައިވާ މީހަކަށް، ވާހަކަ އަޑުއަހަން އިންނަ މީހާ ވާންޖެހެއެވެ. އެކަހަލަ މީހަކަށް ވެވޭނީވެސް މީހުންގެ އިހްސާސްތައް ދަންނަ މީހުންގެ ވާހަކަތައް  އަޑުއަހާ ރަގަޅު މީހަކަށް އެމީހަކު ވާނަމައެވެ. އަދި ސިއްރުތައް ހިފަހައްޓާ ސިފަވެސް ހުންނަން ޖެހެއެވެ. އެއިތުބާރު އެގޮތަށް %100 ގައި އަބަދުވެސް ހިފަހައްޓަންވެސް ޖެހެއެވެ.

އެހެންމީހަކަށް އެތަނަށް ނާދެވުނަސް އޭރުން އެމީހަކަށް އެތަނަށް އާދެވޭނެއެވެ. އެކަމުގެ ކޮންމެވެސް މައުލޫމާތެއް މާކުރިން އެމީހަކަށް ލިބޭނެއެވެ.

ދެން ހިތަށް އަރާފާނެއެވެ. އީމާންތެރިއެއްގެ ބޮލަށް ޝައިތާނާ ވަންނަނީ ކީއްވެގެން ހެއްޔެވެ.

އަޅުވެރި ބަރުސީސާގެ ވާހަކައިން އެކަން އިނގޭނެއެވެ. ޝައިތާނާ އަބަދުވެސް ބަލާނީ އެންމެ ރަނގަޅު މީހާ މަގުފުރެއްދޭތޯއެވެ. ރަނގަޅަށް އުޅޭ މީހަކު މަގުފުރައްދާލެވުމަކީ އޭއްޗަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަހަލަ ފުރުސަތެއް ލިބޭތޯ އޭތި ހުންނާނީ އަބަދުވެސް ބަލަބަލައެވެ.

ވިސްނާލީމާވެސް އެނގޭނެއެވެ. މާދަމާ އިރުއަރާއިރު ތިމާއަށް ހީނުކުރާވަރުގެ ބޮޑު ހިތާމައެއް ލިބިދާނެއެވެ. އެއީ އެނގޭ އެއްޗެއް ނޫނެވެ. ވާނެ ގޮތާއި ވާނީ ކިހިނެއްކަން އެއީ ކުރިން އެނގޭ އެއްޗެއް ނޫނެވެ.

ކުއްލިއަކަށް ބޮޑު ބައްޔެއް ޖެހިދާނެއެވެ. ތިމާ ލޯބިވާ މީހަކު މި ދުނިޔެއިން ވަކިވެގެން ހިނގައިދާނެއެވެ. ތިމާގެ ކުށެއް ނެތަސް ބޮލުގައި ބޮޑު ދަރަންޏެއްވެސް އެޅިދާނެއެވެ.

މިފަދަ ހިތާމައެއް މީހަކަށް ލިބިއްޖިއްޔާވެސް ހަމަ  އެމީހަކު އެގޮތަށް އެއްޗިހި ކިޔާނެތޯ އަހަރެން ހިތަށް އަރައެވެ. އެކަމަކު އޭރުން ހަމަ އެމީހަކުވެސް ދެރަވާނެއެވެ.

އެހެންވެ، ތިމާއަށް އެއްޗިހި ނޭނގޭ ހާލުގައި އެހެންމީހުންނަށް އެއްޗިހި ނުކިޔާނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. އެމީހަކަށް ހިތާމައެއް ލިބުނީމާ އެ ލިބޭ ވޭން ވެސް އިނގޭނީ ހަމަ އެމީހަކަށެވެ.

އެހެންނަމަވެސް ވިސްނަންޖެހެނީ ހަމައެކަނި މިކަމަކަށްވެސް ނޫނެވެ. މަރުވާން ހިތަށް އަރާފަދަ ވޭނެއް ލިބެމުންދާ މީހެއް، އެހެން މީހަކަށް އެކަން އެނގޭނަމަ، އެންމެ ރަނގަޅުވާނީ އެމީހެއްގެ ވޭން އަނެއް މީހާއަށް ނުކިޔާދިނީއާއެވެ. ބުއްދިވެރި ގޮތަކީވެސް އެއެވެ.

އެހެންނޫނީ ފަހަރެއްގައި މަރުވާން ހިތަށް އަރާ މީހާއަށް ލިބޭވޭން އަނެއްމީހާއަށް ކިޔާނުދީވެސް ފާނެއެވެ. އޭރުން އަނެއްކާ އެމީހާ އެކަނި ވެދާނެއެވެ. މަރުވަން ހިތަށްއަރާފާނެއެވެ. އެގޮތްވެސް ވިސްނަންޖެހޭނީ ދެންހުންނަ މީހާއެވެ. މިއީ އެމީހަކު ސަލާމަތް ކުރެވިދާނެ ގޮތެވެ.

އަހަންނަށް މިކަން ވިސްނުނަސް އެހެންމީހަކަށް ހަމަ ނުވިސްނިދާނެއެވެ. އެކަމަކު އެމީހަކު ސަލާމަތްކުރަން ބޭނުންވާނެކަންވެސް އެނގެއެވެ. ވިސްނޭ މީހާ ޖެހޭނީ އަނެއް މީހާއަށް ބުނެދޭށެވެ. އޭރަށް އެމީހަކަށްވެސް އެނގޭނެއެވެ.

އެކަމަކު އަހަރެން މިވާހަކަތައް ދުލުން ކިޔާދޭން އުޅެފިއްޔާ އަހަރެން މީ މާ ފޮނިބޮޑު މީހެއް ކަމުގައި އެހެންމީހުން ހީކުރާނެއެވެ. އިލްމެއް ލިބިގެން މިހިރީ ދެން މާމަތީގައި ކަމުގައިވެސް ހީކޮށްފާނެއެވެ.

ބައެއް މީހުންނަކީ މީހަކުދޭ ހެޔޮ ނަސޭހަތެއްވެސް އަހާލާފަދަ މިޒާޖެއް ލިބިފައިވާ ބައެއްވެސް ނޫނެވެ. އެމީހުންނަށް ކުއްލި ހިތާމައެއް ލިބޭ ހިނދު ޝައިތާނާ އެމީހެއްގެ ބޮލުތެރެއަށް ވަދެއެވެ.

އެމީހަކަށް އެކުރެވެނީ ކީއްކަން ވިސްނެނީ ޝައިތާނާ އެމީހަކު ދޫކޮށްލާފައި ދިއުމުންނެވެ. ޝައިތާނާ އައިސްފައި ދަންދެންވެސް އެހެންމީހަކު އެމީހާގެ އެކުވެރިއަކަށްވެ އެމީހާގެ ގާތުގައި ހުންނަންޖެހެއެވެ.

އެކަން ރަނގަޅަށް ވިސްނުމަށްފަހު އެމީހަކު ދެން މަރުވާކަށް ނުވެސް އުޅޭނެއެވެ. މަރުވަން ހިތަށް އެރުވުނީތީ ދެރަވެސް ވާނެއެވެ. ތައުބާވެސް ވާނެއެވެ. މިހާ ހިސާބަށް ދާންދެންވެސް އޭނާގެ އެކުވެރިޔާ އޭނާގެ ގާތުގައި ހުންނަން ޖެހެއެވެ.

އަމިއްލައަށް މަރުވެއްޖެނަމަ އެމީހާ ދާނީ ނަރަކައަށެވެ. އަމިއްލައަށް މަރުވެއްޖެނަމަ އޭރުން ކުރެވޭނޭ އިތުރުކަމެއްވެސް ނޯންނާނެއެވެ. އެހެންވީމާ ރަގަޅު މީހަކަށް އެހެންވިޔަ ދީގެންވެސް ނުވާނެތާއެވެ.

މީހާއަކީ ކޮންމެފަދަ މީހެއްކަމުގައިވިއަސް ހެޔޮނަސޭހަތެއް ދީފިނަމަ ގަބޫލްކުރަންޖެހެނީ މިހެންވެގެންނެވެ. އިލްމަކީ މިގޮތަށް ލިބޭ އެއްޗެކެވެ.

އެފަދަ ހިތާމައެއް ކޮންމެ ބަޔަކަށް ދިމާވިއަސް އަހަރެން ވަރަށް ދެރަވެއެވެ. ”

************************

” ޒާރާގެ އިހްސާސްތައް ” ޑައިރީގައި ޒާރާ ލިޔެފައި ހުރި ވާހަކަތަކާމެދު ވިސްނަންއޮވެފައި ޔަޒްދާން ހިތާހިތާ ކިޔާލިއެވެ.

” ޒާރާގެ އިހްސާސްތައް ގުޅިފައިވަނީ ޒާރާގެ ދިރިއުޅުމުގެ ވާހަކަތަކާ.. އަހަންނަށް ޒާރާއަށް ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ދެވޭން އަންނަނީ ޒާރާ އަހަރެންގެ މީހަކަށް ހަދައިގެން .. ވީހާވެސް އަވަހަށް އަހަރެން އެކަން ކުރަން ބޭނުން.. ދެން ޒާރާ އިތުރު ހިތާމައެއް ތަހައްމަލް ކުރާކަށް އަހަރެން ބޭނުމެއްނޫން.. ޒާރާ އެއުޅެނީ ކިހާ ހިތްދަތި ދިރިއުޅުމެއް.. ދެން އިތުރަށް އަހަންނަކަށް ކެތެއް ނުވާނެ.. ” ޑައިރީގައިވާ ޒާރާގެ ދިރިއުޅުމުގެ ވާހަކަތައް ފިލްމެއްގެ މަންޒަރުތަކެއްހެން ޔަޒްދާން ގެ ލޮލަށް ސިފަވާން ފެއްޓިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ތިޔަ އަސަރު 19

Next

ނޫރު (ތިރީސްވަނަ ބައި – ދިގުކުރެވިފައި)

Next
January 31, 2018

ނޫރު (ތިރީސްވަނަ ބައި – ދިގުކުރެވިފައި)

Previews
January 31, 2018

ތިޔަ އަސަރު 19

14 Comments!

  1. Friends says:
    January 31, 2018 at 1:53 pm

    First dhw
    Stry vvvv nice masha allah. when next part dear .waiting waiting
    Have great day

    1. Crystal says:
      January 31, 2018 at 3:18 pm

      Thank you friends.. varah avahah genesdheveytho mibalanee..☺

  2. Mai says:
    January 31, 2018 at 1:54 pm

    … Woww me first dhw

    1. Crystal says:
      January 31, 2018 at 3:19 pm

      Hehe yeah..Mai and friends first akee ☺thankyou

  3. Icy♡ says:
    January 31, 2018 at 2:25 pm

    Nice
    ♡☆

    1. Crystal says:
      January 31, 2018 at 3:20 pm

      Thank you icy ☺

  4. Pinky shifoo says:
    January 31, 2018 at 2:58 pm

    Hiii crystal ??… Mi part vx very nice ??… Waiting for next part..

  5. Shhh.. says:
    January 31, 2018 at 7:22 pm

    ??

  6. Shhh.. says:
    January 31, 2018 at 11:49 pm

    ♥nice

  7. Crystal says:
    February 1, 2018 at 9:56 pm

    Thankyou shh.. and pinky shifoo ☺ ??

  8. Jeyz says:
    February 5, 2018 at 5:22 pm

    Noodles kaan indha e aee zaaraa noodles kah kan ulhey vaahaka

    1. Crystal says:
      February 5, 2018 at 6:55 pm

      Hehe ? jeyz..

    2. Crystal says:
      February 5, 2018 at 6:58 pm

      Naseebeh mi part balaalevun Kan .. ehnnoonama jeyz ge comment ves nufenunees ?

  9. Jail_amm18 says:
    March 10, 2018 at 3:22 pm

    ahahaha

Comments are closed.

Next Episodeޒާރާ (15)←


All Right Reserved!