Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ-6

aminath shiyaa Level 110 Stories
January 31, 2018 4 Mins Read
6 Comments

“މަރުޙަބާ” ނިޝާ ޔާން ދިމާލައް ބަލާލަމުން ބުނެލިއެވެ.

ނިޝާއަށް ޝުކުރުއަދާ ކުރުމައްފަހު ދެ އެކުވެރިން ހޮސްޕިޓަލް އިން ނުކުމެ ގެއާ ވީދިމާލައް މިސްރާބް ޖެހިއެވެ.

“ކޮބާ ޔާން ކޮން ހިޔާލެއްގަތަ އަބަދު ތިއިންނަނީ؟ ، މިހާރު މިއާދެވުނީއޭ ، ދޭބަ ދެންވެސް މަންމަ މެންނައް ތިއުފާވެރި ހަބަރު ދޭން، މަވެސް މިދަނީ ގެއަށް ޖައްސާލަންކަމައް މާދަން ޑިއުޓީއަށްދާން ބޮޑުފަތިހާ ހޭލަންޖެހޭވިއްޔަ” ޒިދާން މާބަގީޗާގޭ ދޮރުމަތީ ސައިކަލް މަޑުކޮށްލުމައްފަހު ވާހަކަ ދެއްކިއެވެ.

“އޯކޭ ބަޑީ، މާދަން ގުޅައްޗޭ ފުރީ ވެލާފަ، ވަރަށް ބޮޑު ވާހަކަ އެއްވެސް ދައްކަން ވެފަ އެބައޮތް” ޔާން ޒިދާންގެ ކޮޑުގައި އަތްޖަހާލުމައްފަހު، މަންމަ މެންނައް އުފާވެރި ހަބަރު ދިނުމައްޓަކާ އަވަސްވެގަތެވެ.

“އައްސަލާމް އަލައިކުމް” ސިޓިންރޫމްގައި ވާހަކަ ކިޔަން އިން ނަސީމާއަށް މީހަކު ދާދި ކައިރިން ސަލާމް ގޮވާހެން ހީވެގެން ބަލައިލިއިރު ލަބީބު ހިނިއައިސްފަހި ނަސީމާ ދިމާލައް ބަލަހައްޓައިގެން ހުއްޓެވެ.

“ވާލައިކުމް ސަލާމް، ކީވެތޯ އަޅުގަނޑައް ނުގުޅާލަ ތިއައީ؟” ނަސީމާ ލަބީބު ދިމާލައް ބަލާލުމައްފަހު ބުނެލިއެވެ.

“ދެން ހިތައްއެރީ ނުގުޅައޭ އަންނާނީ، ކިތަންމެ އިރެކޭ މިތާ ހުންނަތާ ، ނަސީމާ ވާހަކަ ފޮތައް ގެއްލިފަ އިންވަރުގަ އަޅުގަނޑު މިތާހުރި ކަމެއްވެސް ނޭގުން ދޯ” ލަބީބު ހިފައިގެން އައި ފޮށި ސޯފާ ކައިރީ ބަހައްޓާލުމައްފަހު ފެންތައްޓެއް ގެނެސް ދިނުމައް ނަސީމާ ކައިރީ ބުނެލިއެވެ.

“ހިގާ އެއްޗެއް ކާލަންދަމާ ، އަޅުގަނޑު ވަރަށް އަވަހައް ސައިތައްޔާރު ކޮށްލަނީމި، ލަކުސްމީވެސް ވެއްޖެ ބާޒާރައް ގޮސް ، އަދި ލަބީބު އައް ވަރަށް ބޮޑު ޝަޕްރައިޒްއެއް އެބައޮތޭ މަޑުކުރައްޗޭ” ނަސީމާ މިހެންބުނުމައްފަހު މައްޗައް ދެވޭގޮތައް ހަދާފައި ހުރި ސިޑިން އެރުމައްފަހު ޝާޔާގެ ކޮޓަރިއައް ވަދެ ބައްޕަ އައި ވާހަކަ ބުނެލިއެވެ.

ސޯފާގައި ވާނުވާ ނޭގި އިން ލަބީބުގެ މޫނުމައްޗައް އުފާވެރިކަން އައީ ނަސީމާގެ ފަހަތުން އައި ޝާޔާފެނިފައެވެ.

“ދަރިފުޅާ ޝާޔާ، އަޅެ ބައްޕަ ކައިރީ އެކަކުވެސް ނުބުނޭ ދަރިފުޅުއައިސް އުޅޭވާހަކައެއް، އެހެންނޫނަމަ އެންމެ ހިނދުކޮޅެއްވެސް މަޑުނުކޮށް ބައްޕަ ދަރިފުޅާ ބައްދަލު ކުރުމައް އައްނާނު” ލަބީބު ޝާޔާގެ ބޮލުގައި ލޯބިން ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

“ބައްޕާ އަޅުގަނޑު ބުނީއޭ މަންމަ ކައިރީ އަޅުގަނޑުއައިސް އުޅޭ ވާހަކަ ނުބުނަން، ބައްޕަ ކުރަން ދިޔަ މަސައްކަތް ނިމުނީތަ؟” ޝާޔާ ބައްޕަގެ ކޮޑުގައި ބޯއަޅާލަމުން ވާހަކަ ދެއްކިއެވެ.

“އާން މިހާރު ވަރަށް ބޮޑުބައި ނިމިއްޖެ، ދަރިފުޅު ވާނެ އެތަން ބަލައިލަން ބައްޕައާއެކު ދާން”

“މައްސަލައެއް ނެއް ދާންވީ ދުވަހެއް ހަމަޖައްސާފަ ބައްޕަ އަޅުގަނޑައް އަންގާލާ” ޝާޔާވެސް ހުރީ ބައްޕަ އަލައް ހެދުމައް ހަމަޖެހިފައިވާ ހޮޓެލް ބަލާލުމައް ޝައުގު ވެރިވެފައެވެ.

ސައި ތައްޔާރު ކުރުމައްފަހު ނަސީމާ ގޮވުމުން ސައިކޮޓަރިއަށް ބައްޕައާއެކު އައިސް ޝާޔާވަނެވެ.

“ބައްޕާ އަޅުގަނޑަށް ބަލާދެންވީނު ރަންގަޅު ތަނަކުން ވަޒީފާ، އަޅުގަނޑު ބޭނުމެއްނޫން އެންމެ ދުވަހެއްވެސް ބޭކާރު ކަންކަމުގަ ދުއްވާލަން” ޝާޔާ ސައިތަށި އަތައްލައިގެން އިދެ ވާހަކަ ދެއްކިއެވެ.

“ބައްޕަގެ ފުދޭ ވަރަކަށް ރައްޓެހިން އުޅޭނެ އޭޑީކޭ އަދި އައިޖީއެމް އެޗް ގަވެސް…  ދަރި ފުޅު ބޭނުން ވަނީ ކުލިނިކަކުންތަ؟

“އަޅުގަނޑައް ބޮޑައް ރަންގަޅީ ހޮސްޕިޓަލް އަކުން ލިބުނިއްޔާ” ޝާޔާ ޓިޝޫއަކުން އަތް ފޮހެލަމުން ބުނެލިއެވެ.

“މައްސަލައެއްނެއް ބައްޕަ ވަރަށް އަވަހައް ތިކަންތައް ހަމަޖައްސާނަން” މިހެންބުނުމައްފަހު ނަސީމާ ކައިރީ މީޓިން އަކަށް ދާންޖެހޭ ކަމަށް ބުނެ ކޮޓަރިޔާ ވީދިމާލައް ދިއުމައްޓަކާ ހިނގައިގަތެވެ.

އާދުވަހަކަށް އިރު އެރީ ޔާން އައް އުފާވެރި ކަމުގެ މެސެޖަކުންނެވެ. އެއީ ވަޒީފާ ހަމަޖެހި މެންދުރު ޑިއުޓީއައް ނުކުތުމައް އަންގާފައި އޮތް މެސެޖަކުންނެވެ. އެހެންކަމުން އަވަހައް ފުރެސް ވެލައިގެން އައިސް މަންމަ އަދި ބައްޕަ ކައިރީ ވަޒީފާގެ ކަންތައްތައް ހަމަޖެހި މެންދުރު ޑިއުޓީއައް ނުކުންނަން އަންގާފައިވާ ވާހަކަ ބެނެލިއެވެ.  ހުސްނާ ޔާންގެ ވާހަކަ ތައް އަޑު އިވުމައްފަހު ހެއްދެވިފަރާތައް ޝުކުރުރިއެވެ.

ވަގުތު ކާރިވާ ވަރަކަށް ޔާންގެ ހިތް ބާރައް ތެޅެމުން ދިޔައެވެ. ފުރަތަމަ ޑިއުޓީކަމުން ފުރިހަމަ ތައްޔާރީތައް ވުމައްޓަކާ ފެންވަރައިގެން އައިސް ލޯގަނޑު ކުރިމަތީ މަޑުކޮށްލިއެވެ. އަދި ޓައީ ކަރަށް ހެޔޮވަރު ކުރުމައްފަހު ، ބޮލުގައި ރީތި ގޮތަކަށް ފުނާއަޅާލިއެވެ.އެވަގުތު ހުސްނާ ޖޫސް ތައްޓެއް ހިފައިގެން އައިސް ކޮޓަރިއަށްވަނެވެ.

“ދަރިފުޅު މިއަދު ހާދަ ސްމާޓޭ” ހުސްނާއަށް ޔާން ފެނުމާއެކީ ބުނެލެވުނެވެ.

“މަންމާ އަޅުގަނޑަކީ އަބަދުވެސް ސްމާޓު މީހެކޭ” ޔާން ހުސްނާ ދިއްކުރި ފިނި ޖޫސްތަށި ބޯލަމުން ހިނިއައިސްފައި ބުނެލިއެވެ. އެވަގުތު ޔާންގެ ފޯން ރިންގް ވާ އަޑައް ބަލައިލިއިރު ޒިދާން ގުޅަނީއެވެ.

“ހެލޯ ޔާން މަ މީނީ ބޭރުގަ އަވަހައްއާދޭ” ޔާން ފޯނު ނެގުމާ އެކީ ޒިދާން ބުނެލިއެވެ. މިދަނީ ކަމައްބުނެ ޔާން ފޯނު ބޭވުމައްފަހު އަލަމާރިން ޔާން މަސައްކަތު ދާއިރާއާބެހޭ ބައެއް ސާމާނުތައް އަޅާފައި ހުރި ފައިލް ނެގިއެވެ. އަދި ހުރިހާ އެއްޗެއް ހަމަތޯ ބެލުމައްފަހު މަންމަ އަދި ބައްޕަ ކައިރީ ދަނީކަމައް ބުނެ ގޭން ނުކުތެވެ.

“ޒިދް ވަރަށް ބޮޑަށް ސޮރީ އެގޭ، އަސްލު ގެއާ ހޮސްޕިޓަލް އާ ދުރު ވީމަ ޒިދް ކައިރީ ލިފްޓަކަށް އެދެން މިޖެހުނީ، ހަމަޖެހިލައިގެން ސައިކަލްއެއްވެސް ގަނެވޭނީ”  ޒިދާން ފެނުމާ އެކީ ޔާން ބުނެލިއެވެ.

“އެއްކަލަ ޔާން އަޅެ އެއްފަހަރުވެސް އަހަރެން ބުނިންތަ ޔާން އާ ހެދީ މަށައް އުދަގޫވޭ، ޔާން އައް އޯކޭ ވެއްޖެއްޔާ އިޒާންބޭބެގެ ސައިކަލް ޔާން ވަގުތީ ގޮތުން ސައިކަލް އެއް ލިބެންދެން ގެންދަންވީނު ، ބޭބެ ރިސޯޓްގަ އުޅޭތީ ސައިކަލް އެއްކޮށްހެން އެހުންނަނީ ހުސްކޮށް، އޭރުން ޔާން އައް ވެސް ފަސޭހަވާނު” ޔާންގެ ހާލަތު އެގިހުރެ ޒިދާން ބުނެލިއެވެ.

“މައްސަލައެއް ނެއް ތިކަމާ ޑިއުޓީ ނިންމާލާފަ އައިސް އުޅޭނީ، ހިނގާ ގަޑި ނުޖެހެނީސް ދެވޭތޯ” ޔާން ޒިދާންގެ ސައިކަލް ފަހަތައް އަރާ ހަމަޖެހިލުމައްފަހު ބުނެލިއެވެ.

ޑިއުޓީގެ ފުރަތަމަ ހަފުތާވީ ޔާންއައް ވަރަށް ބުރަ ހަފުތާއަކަށެވެ. އާ މާހަލުކަށް ހޭނި ކަންތައްތައް ހަމަޖެއްސުމައް ދުވަސް ކޮޅެއް ނެގިއެވެ. ކިރިޔާވެސް ހުސްވަގުތެއް ލިބޭއިރަށް ބައްޕައާ އެކު ގިނަ ވަގުތު ހޭދަކޮށް ހޮސްޕިޓަލްގަ ދެންތިބި ޑޮކްޓަރުންގެ އެހީއާއެކު ބައްޕައައް އެކިކަހަލަ ކަސްރަތުތައް ދެއެވެ.

ނިޝާ އަބަދުހެން ހުންނަނީ ޔާން ފަހަތުގައި ވިއްދާފައެވެ.. ހުދު ޔާންއައްވެސް ނިޝާގެ ހަރަކާތްތައް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް ޔާންގެ ހިތްވަނީ މާކުރިން އެހެން މީހަކަށްދީ ހިބަކުރެވިފައެވެ. އެއާޕޯޓުން ފެނުނު އެ ރީތި އަންހެން ކުއްޖާގެ ތަސްވީރު ހިތުގައި ވަނީ ކުރެހިފައެވެ. ހިތާމައަކީ އެ އަންހެން ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ޔާންއަށް ނޭގުމެވެ.

ކޮޓަރީގެ ކުޑަދޮރުން ބޭރުބަލަން ހުރި ޝާޔާގެ ސަމާލުކަން ހުއްޓިފައި ވަނީ ކައިރީގަ ހުރި އިމާރާތުގެ ޓެރަސްމަތިން ގައިގޯޅި ވަމުންދިޔަ ދެ ބައިވެރިންނަށެވެ. މާލޭގެ އިމާރާތްތައްމިހާއުސްވެ މީހުންތޮއްޖެހިފައިވާތަނެއްގައި މިފަދަ ހަޑި ހުތުރު އަމަލު ހިންގަން ކެރޭބާއޭ ޝާޔާ ހިތައް އެރިއެވެ.

“ދަރިފުޅާ ޝާޔާ” ބޭރުބަލަން ހުރި ޝާޔާ ފަހަތްއެބުރި ބަލައިލީ ބައްޕަ ލަބީބުގެ އަޑަށެވެ.

“ކިހިނެއްވީތޯ ބައްޕާ؟” ބައްޕަގެ މޫނުމަތިން ވާހަކަ ތަކެއް ދައްކަން ބޭނުންވެފައި ހުރިހެން ހީވެގެން ޝާޔާ އަހާލިއެވެ.

“ދަރިފުޅު ގެ ވަޒީފާ އައިޖީއެމްއެޗް އިން ހަމަޖެހިއްޖެ، މާދަން ފެށިގެން ޑިއުޓީއަށް ނުކުތުމައް ބުނީ، ޑިއުޓީއައް ނުކުތުމައް ފަހު ދަރިހުޅައް ކަންތައް ތައް ކިޔާ ދިނުމައް އެތާގެ ހެޑް މާއިޝް ހުންނާނެ” ލަބީބު އުފާވެރި ހިނުތުން ވުމަކާ އެކު ވަޒީފާ ހަމަޖެހުން ވާހަކަ ޝާޔާކައިރީ ބުނެލިއެވެ.

“އަސްލުވެސްތަ ބައްޕާ، އޫ އާ ދި ބެސްޓް ހަމަ” ޝާޔާ ބައްޕަ ދިން އުފާވެރި ހަބަރު އެހުމައްފަހު ފޯނުނަގާ ތިޔާ އައް ގުޅާލިއެވެ.

“ހެލޯ،ޑާލިން ފައިނަލީ ޖޮބް ލިބިއްޖެ” ތިޔާ ފޯނު ނެގުމާއެކު ބާރައް ޝާޔާ ބުނެލިއެވެ.

“އަސްލުވެސްތަ ، މައި ޕްރެޓީ ޑޯލް ކޮންގުރާ…. އެހެންވީމަ ވާނު ސެލެބުރޭޓް ކުރަން” ޝާޔާގެ ވަޒީފާ ހަމަޖެހުން ވާހަކަ އަޑު އިވުމުން ތިޔާ ވަރަށް އުފާވިއެވެ.

“ޔަގީނު ސެލަބުރޭޓް ކުރަންވާނެ ކޮންމެ ގޮތަކުން ވިޔަސް …. ތިޔާ އާދެބަ މިގެއައް އަޔާވެސް ގޮވައިގެން އަންނައްޗޭ” ތިޔާގެ ފޯނު ބޭވުމައްފަހު ފުރެޝްވެލުމައްޓަކާ ޝާޔާ ފާހާނާއައް ވަނެވެ.

******************************************

ޝާޔާއަކީ އެންމެންނާވެސް ގުޅޭ މަޑުމައިތިރި ޒުވާނެއް ކަމުން ވަޒީފާގެ މާހައުލުން ރައްޓެހިން ހޯދުންވީ ވަރަށް ފަސޭހަކަމަށެވެ. އަދި ޝާޔާގެ ހުނަރުވެރި ކަމާ ، ޕޭޝަންޓުންގެ ފުށުން ލިބޭ ތައުރީފުގެ ބަސްތަކުން އިސާހިތަކު ޝާޔާގެ ނަން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގެ އެންމެ މޮޅު ޤާބިލް ޑޮކުޓަރުންގެ ލިސްޓުގެ އެންމެ ކުރި ހޯދިއެވެ. މިކަމުގެ ނަތީޒާއަކަށް ވީ އަތޮޅުތަކަށް ބާވާ މެޑިކަލް ކޭންޕް ދަތުރުގައި ޝާޔާގެ ނަންވެސް ހިމެނުމެވެ. އެގޮތުން މިފަހަރުގެ މެޑިކަލް ކޭންޕް ބޭވުމައް ހަމަޖެހިފައިވަނީ ށ.ފުނަދޫ ކަމުން ޖެހިގެން އަންނަ ހަފުތާގައި ފުރަން ތައްޔާރު ވެތިބުމައް  ބައިވެރިވި ހުރިހާ ޑޮކުޓަރުންނައް އެންގިއެވެ.

ދޮރު ގައި ޓަކިޖެހުމައްފަހު އެތެރެއިން ވަނުމުގެ ހުއްދަ ދިނުމުން ނިޝާ ޔާން ބަލިމީހުން ބެލުމައް ހަމަޖެހިފައިވާ ކޮޓަރިއައް ވަނެވެ.

“ޑޮކުޓަރ ޔާން މިޔަދު 11.30 ގައި މީޓީއެއް އޮތް ވާހަކަ ބުނެލަންވެގެން މިއައީ” ފައިލް ތަކެއް ހިފައިގެން ނިޝާ އައިސް ޔާންގެ ކުރިމަތީގައި މަޑުކޮށްލިއެވެ.

“އޯކޭ ޓެންކިޔޫ” މިހެން ބުނުމައްފަހު ކުރަމުން ދިޔަ މަސައްކަތައިގެން ޔާން މަސްއޫލުވިއެވެ. އިތުރު ވާހަކައެއް ޔާން ނުދެއްކުމުން ނިޝާއައް އިތުރަށް މަޑު ކުރާކަށް ނުކެރުނެވެ.

 

-ނުނިމޭ-

 

 

ނޯޓް: މިހާ ލަހުން ވާހަކަ އަޕް ކުރެވުނީމަ ކިޔުން ތެރިން ކިބައިން ވަރަށް ބޮޑައް މާފައްއެދެން، ވަރަށް ބަލިކޮށް އުޅުނީމަ އެހާ ލަސްވީ ، އިންޝާﷲ ދެން ހުރި ބައިތައް ވަރަށް އަވަހައް ގެނެސް ދޭނަން.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ހިތާ ފުރާނައިން… (23)

Next

ލޯބިއެހެނަސް..4

Next
January 31, 2018

ލޯބިއެހެނަސް..4

Previews
January 31, 2018

ހިތާ ފުރާނައިން… (23)

6 Comments!

  1. Aki says:
    January 31, 2018 at 8:46 pm

    varah furihama

  2. Naz says:
    January 31, 2018 at 10:05 pm

    .. shiyaa avahah anehbai up kohdhehchey
    Varah reethi

  3. Pinky shifoo says:
    February 1, 2018 at 9:25 am

    Wow.. Varah varah reethi ??… Waiting for next part..

  4. Marie says:
    February 1, 2018 at 10:05 am

    🙂 Vrh reethi

  5. aminath shiyaa says:
    February 1, 2018 at 1:49 pm

    Thank you…. V avahah up kohdheynan inshaa Allah

  6. Misha says:
    March 26, 2018 at 6:41 pm

    Reethi keep going

Comments are closed.

Next Episodeއިންތިހާ-7←


All Right Reserved!