Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..3

Uhthoo Level 210 Stories100 Comments100 Login
January 31, 2018 6 Mins Read
12 Comments

އާދުވަހަކަށް އިރުއޭގެ މަގާމުގައި ފިޔަޖަހަންފެށިއެވެ. ކޮވެލި ކާޅުތަށް އެކަން އިއުލާންކޮށްލަމުން އެސޮރުމުންގެ ހާލިތަށް ދޫކޮށް ނުކުތީ ބަނޑުފުރާނަ މުއްތިކުރުމަށެވެ. މިއީ ދުނިޔޭގެ އާދައެވެ. މަގުތަށް ހަލަބޮލިވެގެން ދިޔައީ ބަންދު ދުވަހެއް ނޫންކަން އަންގައިދެމުންނެވެ. ފަތިހުހޭލިގޮތަށް ނަމާދުކޮށްގެން ކިޔަވަން އިން ރީމާ ގަޑިބަލާލަމުން ޙަތިމް ލައްޕާލިއެވެ. ކޮޓަރިން ނުކުމެގެން ބަދިގެއަށް ވަންއިރު އާދައިގެ މަތިން ފާތުމަ ހުރީ ސައިހަދައިފައެވެ. މިއަދަކީ ސުކޫލަށް ދާންޖެހޭ ދުވަހެކެވެ. ރީމާމެންގެ ގްރެޖުއޭޝަން އަދި ބާއްވަން ރޭވި ޕާރޓީގެ އިންތިޒާމްތަށް ކުރަން ދިއުމަށް ދިވެހި ޓީޗަރު މެސެޖް ކޮށްފައި އިން ވާހަކަ ފާތުމަ ކައިރިން ރީމާ ބުންޏެވެ. ހަނާ އަވަސް އަރުވާލަމުން އައިސް ސައިބޮއެ ނިންމާލައިފައި ހިނގައްޖެއެވެ.

“ކޮބާ ދޮންބޭބެ؟” އެހެންޏާ ގަޑިއަށް ސައިބޯން އަރާ ފިރާގު މިއަދު ފެންނާކަށް ނެތެވެ. “އޮފީސް ދަތުރެއްގަ މާލެ ގޮއްސި… މިއަދު އަޔާ ވެސް ނާދޭ ދޯ ސައިބޯކަށް؟” ފާތުމަ ވެސް ސައިބޯން އިށީނެވެ. ދެމީހުން އެކަނިކަމުން މާ ލަހެއްނުވެ ސައިބޮއެ ނިމިއްޖެއެވެ. ނިމުންތަނާހެން ފާހާނަޔަށް ދާންވެއްޖޭ ތަށިތަށް ނަގާލަށްޗޭ ރީމާ ކައިރި ބުނުމަށްފަހު ފާތުމަ ގޮސް ކޮޓަރިއަށް ވަނެވެ. ރީމާ ތަށިތަށް ނަގައިގެން ގޮސް ޒިންކަށް ލައިގެން ދޮންނަން ފެށިއެވެ. *ފުން އަސަރުގައި ޖެހޭގޮތްވެދާނޭ އިނގޭ….*ސާހިބާ ހެޔޮ ހިތުން މޫނު ފަރުދާ ކުރޭ…*ހިތުގެ ވިންދާ ހިނގުން އެބަ އޮޅޭ ގޮތްވެޔޭ… ހިތްމި ތެޅެނީ މަގޭ ޔާރު ދުރުގައި ހުރޭ……”.ހޫނ ހޫނނ…”

ބަދިގެތެރެއިން އިވެމުންދާ ލަވަޔާ އެއްވަރަށް ހޫނ އަޅުވަމުން ދިޔަ ރީމާ ހުއްޓުން އެރީ ފަހަތުން އައިސް ރީމާގެ ދެއަރިމަތީގައި ފިނި އަތަކުން ހިފާލުމުންނެވެ. “ތިނުން ލޮތްބެއް އަރާމެއްދެން މި ދުނިޔޭގައި އަރާމެއްދެން މިހިތް ނޭދޭ ކަލާނޫނީ ހުވާކޮށްފާ ބުނަން..” ރީމާ ފުރަތަމަ ހީކުރީ ވަހުމެއްކަމަށެވެ. ނަމަވެސް އަޔާޒު ލަވަޔާ އެއްވަރަށް ކިޔަން ފެށުމުން ޔަގީންކުރަން މަޖުބޫރުވީ މީ އަސްލެއްކަމެވެ.އަދި އަބަދުވެސް އަޔާޒުއައުމުން ދުވާ ޓައިޓޭންގެ ސްކިންގެ ފިރިހެންވަންތަ ވަހުން ރީމާގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް ހުއްޓުން އެރިކަހަލައެވެ. ހަގީގަތުގައިވެސް އަޔާޒުގެ ހޫނު ނޭވާތަކުން ބުނެދޭން ނޭނގޭ ކަހަލަަ އިހުސާސެއް ކުރުވިއެވެ. ލޭދައުރުވުން އަވަސްވެ މޭގައި ނޭވާތާށިވާހެންވެސް ހީވެއެވެ. “ގުޑްމޯރނިން ޕްރިޓީ..” އަޔާޒު ދުރުވެލަމުން މަޑުމަޑުން ބުނެލިއެވެ. ހުއްޓުން އަރާފައިވާ ރީމާ އާދައިގެ މަތިން ރަކި ހިނިތުންވުމަކުން ފުއްދާލަމުން އަވަހަށް ތަށިތަށް ދޮވެފައި ހަރުގަނޑުގައި އެޅުވިއެވެ. “އަހާ އަޔާ ދަރިފުޅު ސައިބޮއެފިންތަ؟” ފާތުމަ އައިސް ވަންގަޑީ އައިސްއަލަމާރި ކައިރީހުރި އަޔާޒުފެނި ސުވާލުކުރިއެވެ. ރީމާ އެބަ އަންނަމޭ ބުނެ ވައިރޯޅިއެއްހެން ގޮސް ކޮޓަރިއަށް ވަނެވެ. އަޔާޒުވެސް ސައިބޮއެފީމޭ ބުނެ ސިޓިންރޫމްގެ އަރާމު ކައުޗްތަކުން ކައުޗެއްގައި އޮތެވެ. ހީވާގޮތުން އޭނަޔަކަށް ސުކޫލަށްދާން އެންގި ކަމެއް ނޭނގެއެވެ. އޭރު ގަޑިން 8.15 ވަނީއެވެ. ލަދުން ކޮޓަރިން ނުކުންނަން ޖެހިލުންވެފައިހުރި ރީމާ މަޑުމަޑުން ނިކުތެވެ. ބަދިގެއަށްވަދެ ފާތުމަ ކައިރިން އާދެވޭނީ ތަންކޮޅެއް ލަހުންނޭ ބުނެލައިފައި ނުކުމެގެން އައެވެ. ރީމާ ސިޓިންރޫމްގެ ކައުޗާ އަރާ ހަމަވުމުން އަޔާޒަށް އަންނަން އެންގިއެވެ. ހަގީގައތުގައިވެސް ސުކޫލަށް ދާންޖެހޭކަމެއް އަޔާޒަކަށް ނޭނގެއެވެ. ލެޕްޓޮޕް ނަގައިގެން ހުރި ރީމާއަށް ސުވާލުގެ ނަޒަރެއް ރައްދުކޮށްލަމުން އަޔާޒު ކައުޗުން ތެދުވިއެވެ. ސުކޫލަށް ދާންޖެހެޔޭ ބުނުމުން ބުމަޔަށް ގޮތެއް ހަދާލަމުން ތެދުވެގެން ރީމާއާއެކު ހިނގައިގަތެވެ.

ރީމާ ހުރީ އަދިވެސް ލަދުގެންފައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އަޔާޒުވެސް ކުރާނީ އެކަހަލަ ކަންތަކޭ ރީމާ ހިތަށް އެރިއެވެ. އޭނާ ލަދުގަންނަވަން އެކަހަލަ ކޮންމެސްކަމެއް ކުރާނެއެވެ. އަޔާޒު ވިސްނަމުން ދިޔައީ ރީމާއަށް ލޯބި ހުށަހަޅާނޭ ގޮތަކާމެދުގައެވެ. ޕެރިސްވަލީ ގެ އިޓްސް ޑެލިޝިއސް ސެންޓްގެ މީރުވަސް މުޅި ހިސާބުގަނޑަށް ފެތުރެމުންދިޔައެވެ. އަޔާޒު ނޯއް ދަމާލިއެވެ. މަޑުމަޑު މީރުވަހެކެވެ. އެއީދެވަނަ މީހެއް ނޫނެވެ. ރީމާ ޖަހައިފައި ހުރި ސެންޓެވެ. ސިކުނޑި ތާޒާވާކަހަލަ ވަހެކެވެ. ނަމަވެސް ހިތަށް ވެރިވަމުން ދިޔައީ މުޅިން ރީމާގެ ހިޔާލު އެކަންޏެވެ. ކުރަންވީ ކޮންކަމެއްކަމެއް ނޭނގުނެވެ. އޭނާ ޖެހޭނީ އެކަމުގެ އެކްސްޕާރޓު ހަނާގެ ހިޔާލު ހޯދާށެވެ. ލޯބި ހުށަހަޅަން ކުރާނޭކަމެއް އޭނަގެ ސިކުނޑިއަކަށް ނައެވެ. “ހާދަވަރަކަށް ތި ވިސްނަނީ.. ކޮންކަމަކާ ތަ ތިވަރަށް ތި ވިސްނަނީ” އަބަދުވެސް ކޮންމެސް ތައުރީފަކުން ރީމާ ހެއްވާލަން އުޅޭ މީހާ މިއަދު ހުންނަނީ ކަމަކަށް ގެއްލިފައެވެ. ކޮންމެސް ވިސްނުމެއްގައެވެ. “އޯ… ނޫނޭ ނުވިސްނަން ތީ ރީއަށް ހީވިގޮތެއް..” ރީމާއަށް ޝައްކުވުމުން އަޔާޒު އަވަސް އަވަހަށް މައުޟޫއު ބަދަލުކޮށްލަމުން އެހެން ވާހަކައެއްފެށިއެވެ. މުޅިރަށަށް ޖަނބުރޯލް މޫސުން އައިސްފައި އޮތް ވާހަކައެވެ. ގަސްތަށް ދަށުގައި ޖަންބުރޯލުތަކުން ބިންމަތި ފުރިފައި އޮންނަ ވާހަކައެވެ. “އަޔާމެންގޭ ގާރޑެންގަ ހުންނަގަހުގަ ވެސް އޮންނާނެ ދޯ މިހާރު އެހެންވީމަ….” ރީމާވެސް އެވާހަކައަށް އިތުރު ކޮށްލަމުން ބުނެލިއެވެ. “ނޯން ނެތް އެހައި ބައިވަރެއް ނާޅާ މިފަހަރު…” ޖަނބުރޯލުގެ ވާހަކައިގައި ތިބެ ސުކޫލާ ހަމަޔަށް ދެވުނެވެ. މަސައްކަތްތަށް ފެށުނީ ކުދިން ހަމަވީމައެވެ. އެކި އެކި މަސައްކަތުގައި ރީމާ އުޅެންފެށިއެވެ. ފިރިހެން ކުދިންނާއެކީ އަޔާޒުވެސް ސްޓޭޖު ރީތިކުރުމުގައި އުޅުނެވެ. ދޭތެރެއަކުން ރީމާއަށް އުނދަގުލެއް ކޮށްލައެވެ. ދުވަހުގެ ބޮޑުބައެއް ހޭދަވީ ޑެކޮރޭޝަންގެ މަސައްކަތުގައެވެ.ނަމަވެސް ނިންމާލެވޭވަރެއް ނުވިއެވެ. ޖަލްސާ އޮތީ އަނެއް ދުވަހުގެ ރޭކަމުން 3.15 އަށްވުރެ ބޮޑުވުމުން ކުދިންތަށް ގެއަށްދާންފެށިއެވެ. ރީމާ ލެޕުނަގައިގެން އިނީ އެރޭ ޓީޗަރުންނަށް ޝުކުރު އަދާކުރުމަށް ހަމަޖެހުނީ އޭނައަށްކަމުން އެ ސްޕީޗް ލިޔުމަށެވެ. “ހިނގާ ދަމާ…” އަޔާޒު އައިސް އެހެން ބުނުމުން ލެޕުނަގަމުން ރީމާވެސް މަޑުކުރުމަށް ބުނެ އޮފީސްބަޔަށް ވަނެވެ. އިރުކޮޅެއް ނުވެ ރީމާ އައެވެ. އަޔާޒު ހުރީ ވަރުބަލިވެފައެވެ. އެކަން މޫނުމަތިން ފާހަނގަވެއެވެ. އެއާ އެއްވަރަށް ރީމާވެސް ހުރީ ވަރުބަލިކަން މޫނުމަތިން ދިއްލިފައެވެ. ގެއަށްދިޔައިރު ފާތުމަ ހުރީ ކާންހަދާފައެވެ. ބަނޑުހައި ވެފައި ހުރިވަރުން އަޔާޒާ ރީމާ އަށް ވަރަށް ގަދަޔަށް ކެވުނެވެ. ކައިނިމުމުން ރީމާ ވަނީ ފެންވަރާލާ ތާޒާ ވެލުމަށެވެ. އަޔަޒުވެސް ގެއަށްގޮސް ފެންވަރައިގެން ޖައްސާލި ގޮތަށް ނިދިން ބަރުވެ ލޯ މެރިއްޖެއެވެ.

ރީމާ ނުކުމެ ޖައްސާލީ ސިޓިންރޫމްގެ ކައުޗްގައެވެ. އޭރު މުޅި ދުނިޔެއަށް އަނދިރިކަން ފެތުރި ހިތްގައިމު ރޭގަނޑެއް ފެށިއްޖެއެވެ. ހަނާ އިނީ ފިލްމެއް އަޅުވާލައިގެންނެވެ. “ކޫ…” ހަނާ ގޮވާލިއެވެ. “ޔެސް.. ހައުސް ދަ ޑޭ… ؟” ހަނާ ގޮވާލުމުން ރީމާ އަހާލިއެވެ. މިއަދު އަދި ދެމީހުން މިދިމާވީއެވެ. ހަނާ އެދުހުގަ ހިނގި ހުރިހައި ކަމެއްގެ ތަފްސީލް ކިޔާދިނެވެ. ސުކޫލުގެ ހުރިހައި ކަމެއްގެ ވާހަކައެވެ. އެއްކަލަ އަހުނަފާ ދިމާވިވާހަކައެވެ. “ހަނާ ކީއްވެތަ އަހުނަފްދެކެ ތިހާ ރުޅިއަންނަނީ… އަހުނަފް އެއީ ވަރަށް ބެސްޓް މީހެކެއްނު؟” ރީމާ ޖެއްސުންކޮށްލިއެވެ. “ރީ … އަދި ބުނެއުޅޭދޯ ލޯބިވާނީ ހަމަ އެވަރަށް ނަފްރަތުވެސް ކޮށްފައޭ…..” ރީމާާާއާ އެއްބައިވެލަމުން ފާތުމަވެސް ހަނާއާ ދިމާކޮށްލިއެވެ. ފާތުމައަކީ ކުދިންނާާ ވަރަށް ރައްޓެހިކަން ބާއްވާ އެގޮތަށް ސަމާސަ ކޮށްއުޅޭ ލާނެތް މީހެކެވެ. “ލޯބި ؟އަދި އެވެސް އެ ފިރިހެނާދެކެ؟ ނޯވޭ… ކަނޑުން ލޮނު ހުސްކޮށްދިނަސް، ހަނދު ބާލައިގެން ގެނެސް މިއުގަށް ލިޔަސް، އުޑުގައި ވާހައި ތަރިއެއް ބާލަދިނަސް މި ހަނާ އެ ފޮނި ފިރިހެނާގެ މީހަކަށް ނުވާނެ…!!” ހަނާ މޭ ފުއްޕާލައިފައި އެހެން ބުނުމުން މަޖާވެގެން ފާތުމަ ތިއުޅެނީ އުނބަށްޖެހެންހޭ މަމްގެ މޮޔަ ހަނާއޭ ބުނެލިއެވެ. އެވަގުތަކީ އަޔާޒާއެކީ އަހުނަފްއައިސް އެގެއަށް ވަން ވަގުތެވެ. އެއްކަލަހަނާއަށް ދުލުގައި ދަތް އަޅާލެވުނެވެ. ފާތުމައާ ރީމާއަށް ހިނިގަނޑެއް ޖަހާލެވުނެވެ. “އަހުނަފް ކޮބާ ކިހިނެތް؟ މަންމަ ރަނގަޅުތަ؟” ފާތުމަގެ ހިތްހެޔޮކަން އަހުނަފްގެ ހިތުން ބޮޑު ޖާގައެއް ހޯދިއެވެ. “މަންމަ މިހާރު ތަންކޮޅެއް ރަނގަޅު މި ދެތިން ދުވަހު ބަލިކޮށް އުޅެފަ..” އަހުނަފް ޖަވާބުދެމުން އަޔާޒާއެކު ކައުޗްގައި އިށީނެވެ. އަދި ވަށްލޮލުން ހަނާއަށް ބަލާލއެވެ. “ރީ…ކޮންކަމެއް ދެން އޮތީ މިރޭ.. ހިނގާ ކަމެއް ރާވަން..” “ކެއްކުން ގަނޑެއް ހަދާބަލަ ހަތަރު މީހުން… ރީ ދޮނޭމެން މިއުޅެނީ މިރޭ އައި.ޖީ.އެމް.އެޗްގަ އޮތް ރައްޓިއްސަކަށް ގޮވާލަންދާާން އަޔާ މަޑުކުރަށްޗޭ މިގޭގަ.. ” ފާތުމަ އަހުނަފަށް ހިޔާލެއް ދެމުން ރީމާއާ އަޔާޒަށް ބުނެލިއެވެ. ވޮލެޓް ހުޅުވާލުމަށްފަހު ރީމާގެ އަތަށް ލާރި ދިނުމަށް ފަހު ފިރާގާ ދެމީހުން ނުކުމެގެން ހިނގައްޖެއެވެ. “ހިނގާ އެބުނާހެން ނޫޑްލްސް ގަނޑެއް އަނބުރާލަން ދޯ..” އަހުނަފް އަޔާޒުގެ ކޮނޑަށް އަތްވަށްޓާލިއެވެ. “އާނހް…” ހަނާ އިނީ ތުން ފިއްތައިގެންނެވެ. “ހަނާއާ އަހުނަފް ދާންވީނު ފިހާރަޔަށް؟ މޭން އަހަރުން ދެމީހުން ވަރަށް ޓަޔަރޑް ދޯ ރީ….؟” އަޔާޒާ ދެމީހުން އެކަނި ވެލުމަށް އެހެންބުނި ކަމުގައިވިއަސް އަސްލުވެސް އޭނާ ހުރީ ވަރުބަލި ވެފައެވެ. “ބެންބެ އައި ހެވް ހެޑޭކް….” ހަނާ ތުން ފިއްތާލީ އަހުނަފާ އެއްކޮށް ނުދާންވެގެންނެވެ. “އޯ މައި ލިޓިލް.. ގޯ އެން އެންޖޯޔީ ދަ ފްރެޝް އެއަރ… ސޯ އައި ތިންކް ޔޫ ވިލްބީ ފައިން … ޖަސްޓް ގޯ…؟” ހަނާ މޫނު ބަނަ ވިލާކޮޅެއްހެން ހަދައިގެން ކޮޓަރިއަށް ވަނީ ހިތާދެކޮޅަށްވެސް ފިހާރައަށް ދިއުމަށް އެއްބަސް ވަމުންނެވެ. ރީމާ އިނީ ޓީވާއަށް ނަޒަރު ހުއްޓައިގެންކަމަށްވިޔަސް އެމީހުންގެ ވާހަކަޔަށްވެސް ކަންފަތް އިނީ ހުޅުވިފައެވެ. “ރަނގަޅަށް ބަލައްޗޭ!” އަހުނަފަށް އިތުބާރު ކުރިއަސް އަޔާޒު ބުނެލިއެވެ.

ހިމޭން މަގުތައް އޮތީ ނާމާން ގޮތަކަށެވެ. ސޫފާސޫފީގެ ގޮވެލީގެ އަޑު އިވިއިވި ވާ ފަދައިން މަދުމަދުން ސައިކަލުވެސް އެ މަގުން ފެނިލައެވެ. ބޮޑެތި ގަސްތަށްވެސް ވަޔާއެކީ ހެލިލާ ގޮތުން ހީވަނީ ބިރުވެރި އެއްޗިހިތަކެއްހެންނެވެ. ޖައްވަށް ފުދޭވަރަކަށް ފިނިކަން ވެރިވެފައިވީވަރުން ހަނާހުރީ ހީކަރުވައިގަނެފައެވެ. ހަނާހުރީ މަގަށް ވާގޮތަށެވެ. މަގުގެ އެތެރެއަށް ވާގޮތަށް ހުރި އަހުނަފްގެ ކުއްލި ހަރަކާތަކާއެކު ހަނާ ދަމައިގަނެ ދުވާރުގެ އެތެރެފަޅިއަށް ލިއެވެ. ހަމަޖެހިލަމުން ފުންނޭވާއެއް ފަޒާއަށް މިނިވަންކޮށްލިއެވެ. “އެކްސްކިއުޒް.. ތިއަށްވުރެ ރަނގަޅުވާނެ ދޯ ބުނެލިނަމަވެސް..” ހަނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. “ކީއްކުރަން ބުނަން ބޭނުންވިނަމަ ބުނާނެ ދޯ… އަހަރެން ހިފީ އަތުގަ އެކަނި ދޯ މައްސަލައަކަށް ވީތަ؟” އަހުނަފް ހުރީ ހަމަ ޖެހިލައިގެންނެވެ. ” އަހުނަފް ތީ ހާދަ…” ރުޅިއައިސް ރަތްވެފައި ހުރުމުން ހަނާ ކިޔަން އުޅުނު ޖުމްލަ ފުރިހަމައެއްވެސް ނުކުރެވުނެވެ. “ހޫމް އަހަރެން ކީކޭ.. ސްމާޓޭ ބުނަންދޯ ތިއުޅުނީ.. ހަހަހައް … އަހަންނަށް އިނގޭ އަހަރެން ސްމާރޓްކަން..” އަހުނަފް ގެ އެ ޖުމްލައަށް ހަނާ އިތުރު އެއްޗެކޭ ނުބުންޏަސް ހަނާގެ ރުޅިގަނޑު މަތައެއް ނުކުރެވުނެވެ. އަހުނަފަށް ބަލާލުމެއްނެތި މަގުގެ އަނެއްފަޅިއަށް އެރިއެވެ. ހިނގުންވެސް ބާރުކުރިއެވެ. އަހުނަފްވެސް ހަނާއާ އެއްވަރަށް ހިނގައިގަތެވެ.

ނަމަވެސް ކުރިމަތިން އޮތް އަނދިރި ގަނޑުން ނުކުތް 5 މީހުންގެ ގުރޫޕުގަނޑާ ލައްވާލީ ހަނާއަށެވެ. “އޯ… ހާދަ ރީތި މަންޖެއެއް.. މަންޖެ އެކަނި ތިހެން ނުކުމެ އުޅޭކަން ނުވާނެ…” އެމީހުންތެރޭން މީހަކު ބުނެލިއެވެ. އެ ފަސް މީހުން ހަނާއާ ވަށައިލިއެވެ. “ވާއު..ހާދަ ރީތި ކޮލެކޭ..” ހަނާގެ ކޮލުގައި އެތަނުން މީހަކު އަތްލަން ނެގި އަތް ކޮލާހަމައަށް ނުދަނިސް އަތަކުން ކޮންޓްރޯލް ކުރިއެވެ. ދެވަނަ އެެހެން މީހެއް ނޫނެވެ. އަހުނަފް ހަނާގެ އަތުގައި ހިފައިގެން އެތަނުން ދިއުމަށް ބާރަށް ހިނގައިގަތެވެ. ނަމަވެސް ދެތިން ފިޔަވަޅު އެޅުންތަނާ ހަނާ ހުއްޓުނެވެ. އޭރުވެސް އެފަސް މީހުން އެތާ ތިއްބެވެ. އަނބުރާލުމަށްފަހު އަހުނަފަށް ފަސްދީފައިގޮސް ހަނާ އެފަސް މީހުންނާ ކުރިމަތި ލިއެވެ. މަލާމާތުގެ ރާގަކަށް ހޭން ތިބި ފަސްމީހުންނަށްވެސް ހަނާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. “އަޅެ ތި މީހުން ވިސްނާލަބަލަ.. ތިހެން ކިތަންމީހުންގެ ދިރިއުޅުން ބަރުބާދު ކޮށްފިން؟ އިނގޭތަ އިސްލާމްދީނުގަ އަންހެން ކުދިންނަށް އަންހެނުންނަށް ކިހާ ޤަދަރެއް ދެވިފަވާކަން..ތި ނޫނަސް ކުރެވޭނެ ބައިވަރު ކަންތަށް އޮންނާނެދޯ.. ހަމަ މަގުމަތިން އަންހެން ކުއްޖަކު ފެންނަ އިރަށް މިނިކާވަގުންތަކެއް ފިޔޮކެއް ކާލާހެން އެ ކުދިންގެ ޢިއްޒަތާ ޤަދަރު ވެއްޔާ މޮޑެލާއިރު ވިސްނަބަލަ.. ތީން ކޮންމެ މީހަކީ އަންހެނަކު ގުރުބާނީ ތަކެއްވެގެން މި ދުނިޔޭގަ ފައިއެޅިފަ ތިބި މީހުން.. ކޮންމެ މީހެއްގެ އަންހެން ދައްތައެއް ނޫނީ އަންހެން ކޮށްކޮއެއްވާނެ..ނޫނީ ތީން ކޮންމެ މީހަކީ ފިރިއެއް.. ނޫނީ އަންހެން ކުއްޖެއްގެ ބައްޕައެއް.. އެމީހުން އެކަހަލަ ވޭނެއްގަ ތެޅެން ތިމީހުން ބޭނުންވާނެތަ؟…” ހިތްދަތި ނަމަވެސް މި އިބުރަތްތެރި ބަސްތަކުގެ ސަބަބުން އެ ހަރު ހިލަ ހިތްތަށް މަޑުވެ ކަފަކޮޅެއްހެން ވެއްޖެއެވެ. އެކަން އެމީހުން އިސްޖަހާލުމުން ވަރަށް ރަނގަޅަށް ދޭހަވިއެވެ. ހައިރާންވެފައި ހުއްޓަސް އަހުނަފް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަނެއްކާވެސް އަހުނަފް ހީވީ ހަނާގެ އަތުގައި ހިފާލިއެވެ. އެއާއެކު ހީވީ ބާރު ހިނގުމެއްގައި ގޮސް ކައިރީގައި އިން ހޮޅިދަނޑީގައި ހަނާ ތަތްކޮށްލަން އުޅުނުހެންނެވެ. ހަނާ ހުރީ ނޭވާލާންވެސް އުނދަގޫވެފައެވެ. “އެ މީހުންގެ އަތުން ބޮނޑިއެއް ބޯންތަ ތިއުޅެނީ އޭނ؟” ދަތްކުނޑިވިކާލަމުން އެހެން ބުނެލި އިރު އަހުނަފްގެ މޫނު ހަނާގެ މޫނާ ކިރިޔާ ނުޖެހޭ ކަމެވެ. އަހުނަފްގެ ރުޅިގަދަ ދެލޮލުން ކަނި ބުރާކަހަައެވެ. ހަނާ ހުރީ ފާޑަކަށް ޖެހިލުންވެފައެވެ.

“ކަމެއް ވީނަމަޔޯ.. މަށޭ ދުހުޒިންމާ ނަގަން ޖެހޭނީ.. ބަލަ ތީ ނުވިސްނޭ ކުޑަ ކުއްޖެއްތަ؟” އަހުނަފް އެއްއަތުން ހަނާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އިރުކޮޅެއްފަހުން އަހުނަފަށް ހުރެވުންތަން އެނގި އަވަހަށް ދުރަށް ޖެހިލިއެވެ. ހަނާ އަނގައިންވެސް ނުބުނެ ހުރިގޮތަަށް ހުރީއެވެ. އޭނަ މިހާރު ކީއްކުރީހެއްޔެވެ؟ ބަޔަކަށް ނަސޭހަތެއް ދިނުމުންވެސް ގޯސްވީ އޭނައެވެ. އަހުނަފް އޭނަދެކެ އެވަރަށް ރުޅިއަންނަންޏާ އޭނައަށް ވާނެކަމެއްވާން ދޫކޮށްލި ނަމައެވެ. އެމީހަކަށް އެމީހެއްގެ ކުށް ފެންނާނެހެއްޔެވެ. ހަނާއަށްވެސް މިވީ އެވަރެވެ. ފިހާރަޔަށް ގޮސް ދެމީހުންވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އަހުނަފް ހަނާގެ އެހީތެރިކަމަކާ ނުލާ ކަށްކަން ބޭނުންވާ އެއްޗިހި ހަމަކޮށް ލާރިވެސް ކެނޑިއެވެ. އެކަމާ ހަނާ ހުރީ އަޖައިބުވެފައެވެ. ފިރިހެނަކަށްވެހުރެ އަހުނަފް ނޭނގިވިޔަސް އެ ސާބިތުކޮށްދިނީ އޭނާ އެކަނި ކައްކާއުޅޭ ކަމެވެ.

ރީމާއާ އަޔާޒުގެ ލޯބީގެ ވަގުތުތަށް ފެށުނީ އަހުނަފްމެން ނުކުތުމުންނެވެ. ކަކުލާ ހަމައަށް ހުރި ކަޅު ޓައިޓާ އެއްކޮށް ލާފައިހުރި އޮރެންޖް ކުލައިގެ ޓޮޕްކޮޅުގައި ރީމާ ފެންނަލެއް ލޯބިކަމުން އުނގަށްލައި ބޮނޑިކޮށްލަން އަޔާޒުގެ ހިތްއެދުނެވެ. އަޔާޒާއެއްކޮށް އެކަނި ވުމުން ރީމާ އިނީ ރަކިވެފައެވެ. “ހެވް ހެޑޭކް… ރީ .. ކޮންމެވެސް ވަރަކަށް.. ގިވް އަ ޓްރީޓް…” ރީމާގެ ގާތަށް ޖެހިލަމުން އަޔާޒު ބޯރީމާގެ އުނގުގައި އެޅިއެވެ. އިހަށް ވެއިޓްއޭ ބުނެފައި ރީމާގޮސްފައި ސިކުންތުކޮޅެއްތެރޭ ތެޔޮ ފުޅިޔެއް ހިފައިގެން އައެވެ. “މީ ދޮނޭ ރީ ގެ ބޮލުގައި ރިއްސާތީ އެއްދުހު ދިން މެޑިސިން އޮއިލް އެއް.. ވަރަށް އަވަހަށް ރަނގަޅުވާނެ މި ލީމަ..” ރީމާ އެހެން ބުނުމަށްފަހު މަޑުމަޑުން އަޔާޒުގެ ބޯ މަސާޖް ކޮށްދޭން ފެށިއެވެ. އަޅުވައިފައި އިނީ ބިރުވެރި ފިލްމެއް ނަމަވެސް އެގަޑީ އައީ އެ ފިލްމްގެ ލަވައެކެވެ. ދެމީހުންވެސް ލޯބީގެ ފުންކަނޑަށް ފެތިގެން ދިޔައެވެ. ލޯބީގެ ސަންގުމަރުމަރު ހިލައިން ގަނޑުވަރެއް ބިނާ ކުރަން ފެށީ އެ ހިޔާލީ ދުނިޔޭގައެވެ. އެކެއްގެ ހިތުގެ ހާލަތު އަނެކަކަށް އެލަވައިން ބަޔާން ކޮށްދެމުން ދިޔައެވެ. *ލޯބިވާޔާ ނުލާ ނޫޅެވޭނޭ އިނގޭ….*ތީމަގޭ ހިތްއެދޭ ލޯބިވެރިޔާ އިނގޭ… ބޭނުމީ ގާތުގައި ލޯބިވާ ވުންއިނގޭ… *ހިތް ވަނީ އަދު ތިލޯބީގަ ބެދިފައި އިނގޭ………………*ދަންނަހާ އެންމެނާ މާތަފާތޭ ކަލާ…..*ހާދަ ކުޅަދާނަޔޭ ލޯބި އަތުލަން ކަލާ…..*ގާތްވެލާގޮތް އަހަންނާ މޮޅީއޭ ކަލާ…*ލަންބުވާލީ މިހިތް ނޭނގިހުއްޓާ ކަލާ…..*މާނަ ލޯބީގެ ސިއްރުން ކިޔައިދީބަލާ..*މަޑުމަޑުން ހާއްސަ ވެއްޖޭ މިހިތުގާ ކަލާ…. ރީމާގެ މަސާޖުން ދެލޯ މެރިފައި އޮތަސް އަޔާޒުގެ ހިތްވަނީ އެލަވަޔަށް ވަދެ ހުސްވެފައެވެ. އެއާއެއްގޮތަށް ރީމާގެ ހިތްވެސް އެ ލަވަޔަށް ނަށަމުން ދިޔައެވެ. “ރީ…..” އިޝަގީ ރާގެއްގައި އަޔާޒު ގޮވާލިއެވެ. އަޔާޒުގެ ހިތް އޮބިނޯންނަވަރަށް އެމޫނުގައި ފިރުމާލުމަށް ގޮވަމުން ދިޔައެވެ. އެހެންކަމުން ރީމާގެ މޫނުމައްޗަށް ވެއްޓިފައިި އޮތް އިސްތަށި ކޮޅު އެއްފަރާތް ކޮށްލިއެވެ. ރީމާ މޫނު އަނބުރާލިއެވެ. “ކީއްވެތަ ތިހާ ލަދުގަންނަނީ ރީ…..؟ އަޔާއެއް ނޫޅެން އެއްވެސް ކަމެއްކުރަން… ތި ސްމައިލް ފެނިފަ މިހާރު ބޮލުގެ ރިހުން ރަނގަޅުވެއްޖެ…” އަޔާޒު ތެދުވެ ހިންދަމާލިއެވެ. ލަދުން އިން ރީމާ އިނީ މިހާރު ތަންކޮޅެއް ހަމަޖެހިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ތިޔަ އަސަރު 18

Next

ތިޔަ އަސަރު 19

Next
January 31, 2018

ތިޔަ އަސަރު 19

Previews
January 30, 2018

ތިޔަ އަސަރު 18

12 Comments!

  1. Aal says:
    January 31, 2018 at 6:34 am

    Me first dhww wow salhi ngey stry…..
    Keep going like that…❤❤

    1. thuhoo says:
      January 31, 2018 at 8:34 am

      Thanks… Aal.. ..❤️

  2. Pinky shifoo says:
    January 31, 2018 at 9:48 am

    Hii thuhoo ??… Mi part vx very nice ingey ??.. Keep it up… Dhn avahah iyaa bunebaa ree gaathu loabi vaavaahaka… Heheheh ??.. Waiting for next part

    1. thuhoo says:
      January 31, 2018 at 12:06 pm

      Yes pinky shifoo… Yaa heevanee bunaanehen varah avahah.. ekam nubuneveynethanks ves ekasheegen vey… Dhn balamaa dhw vaagoih.. ??

  3. Angel says:
    January 31, 2018 at 10:00 am

    Wow v sali mi partvaxx. When next part??

  4. thuhoo says:
    January 31, 2018 at 10:09 am

    Thanks Angel.. haveerah balamaa ☺️dhww

  5. thuhoo says:
    January 31, 2018 at 10:27 am

    Next part may be ..at evening thanks … ❤️

  6. Angel says:
    January 31, 2018 at 2:34 pm

    Hmm k . Thuhoo ehen vaahaka eh nuliyan thah

    1. thuhoo says:
      January 31, 2018 at 4:24 pm

      Mihaaru mi stry ekani miliyanee ehen story eh ves kiyan fashaanan varah avahah… kurin liyan ulhun story .. eythi fashan gasthukuran eba?

  7. thuhoo says:
    January 31, 2018 at 6:38 pm

    evaahaka fashanveedhw.. mihaaru… any Idea…???anyone..

  8. Anonymous says:
    February 1, 2018 at 11:20 am

    Hei i cant understand . Furathama principle bunany mi rashun kuhjaku olevel ge top ten in first ah dhiya ama varah ufaa vehjo.. Ekam erashuga hurey ih aa dinamore aa vx. Mi dhimaleh nuvey mi vaahaka eh. Plus meegen dheny varah negative message eh. Like nukiyavaa avahah myhunnaa inaashey. Comoj. Adhi grade ten ga ulhey bayekey. Thi varu vool bain fain hiyeh nuvey nidhuniyeyga ulheyne henneh

  9. thuhoo says:
    February 2, 2018 at 9:53 am

    Hehe understand nuvee thi.. I think I wrote principal bunee mi school ge dharivarekey.. and adhi neih kanneynge vaahakain mi nukiyavaa marry kuran ulhefa… Mee loabeeege vaahaka eh veema ehbai eyndhee adhi cool mainbafain thibeyne harukashi meehun Vs thibeyhen.. dhw.. and e meehun dhiriulheythanuge e rashuge vaahaka ves vaahakain adhi engigen dhaane.. that’s your opinion thanks

Comments are closed.

Next Episodeލޯބިއެހެނަސް..4←


All Right Reserved!