Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 20 (1)

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 1, 2018 10 Mins Read
63 Comments

ކާއިންއާއި އަޝްވާ ގޮސް އިށީނީ ގޭގެ ވަށައިގެން ރާވާފައި ހުރި ތިރި ފާރުބުޑު މަތީގައެވެ. ރަށަކީ މީހުން މަދު ރަށަކަށް ވުމުން ރޭގަނޑުގެ މިވަގުތުގައި މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ.

“ކާއިން” އިށީދެ ހަމަޖެހިލުމާއި އެކު އަޝްވާ ކާއިންއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“އަހަރެން ބޭނުން ޝަނުމް ކައިރީ އަހަރެން ލޯބިވާ ވާހަކަ ބުނަން.. ކާއިން އަހަންނަށް އެހީވެދޭނަންތަ” އަޝްވާ ބުނެލި ޖުމްލައިން ކާއިންއަށް ލިބުނީ ހައިރާންކަމެވެ. ދެބުމަ ކައިރިކޮށްގެން އަޝްވާއަށް ބަލާލި އިރު ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ހަމަ އަސްލުވެސްތަ” ކާއިންއަށް ގަބޫލުކުރަން ދަތިވިއެވެ. އަޝްވާއަކީ އަބަދުވެސް އެހެން މީހުންގެ އުފާތައް ކުރިއަށް ގެންނަ ކުއްޖަކަށް ވެފައި މިހާރު މަންޒަރު ތަފާތުވުމުންނެވެ.

ކާއިން އެހެން ބުނުމުން އަޝްވާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“އާން.. އަހަންނަށް ވަރަށް މަސައްކަތް ކުރެވިއްޖެ ޝަނުމްއާއި ދުރުގަ އުޅެން. އެކަމަކު އަހަންނަށް އަހަރެންގެ ހިތަށް ބާރެއް ނުފޯރުވުނު.. ” އަޝްވާގެ އަޑުގައި ވަނީ ސީރިއަސްކަމެވެ.

“އަހަންނަށް މާފުކުރޭ ޗެރީ.. ތިކަމަށް އަހަންނަށް އެއްބަސް ނުވެވޭނެ.. ޗެރީ ތީ އިހުސާސްތައް ފޮރުވައިގެން އުޅުނަސް ވަރަށް ނާޒުކު ހިތެއްގެ ވެރިއެއް.. ޝަނުމްކޮށްލާ ކިތައްމެ ކުޑަ ކަމަކުންވެސް ޗެރީ ދެރަވާން ޖެހިދާނެ” ކާއިން އޭނާގެ ހިތުގައި އަޝްވާއަށް ދެވިފައިވާ އޯގާތެރިކަން ބަޔާންކޮށްދިނީ އަޝްވާއަށް އެބަސްތަކުން އެމާނަ ދޭހަވާ ގޮތަށް ކަމަށް ނުމެދާނެއެވެ.

“ކާއިން.. އަހަންނަށް މިވާހަކަ ދެއްކޭނެ ހަމައެކަނި މީހަކީ ތިއީ.. އެކަމަކު ކާއިން ތިބުނަނީ ތިހެންތަ ހަމަ.. ކީއްވެތަ؟ ކީއްވެތަ އެހީ ނުވާން ތިއުޅެނީ” ކޮޅަށް ތެދުވެ ކާއިން ކުރި މައްޗަށް ހުއްޓިލަމުން އަޝްވާ ސުވާލުކޮށްލިއެވެ.

“އެއީ އަހަރެން އަޝްވާގެ އިހުސާސްތަކަށް ވިސްނާތީ” އަޝްވާގެ މޫނަށް ބަލައި އިންތަނުން ތެދުވަމުން ކާއިން ބުނެލިއެވެ.

“ކާއިން އަހަރެންގެ އިހުސާސްތަކަށް ވިސްނާ ނަމަ ތި ބުނާ ނާޒުކު ހިތަށް އެހިތުގެ ލޯބި ހޯދައިދޭން މަސައްކަތް ކޮށްދީ ބަލަ…ކާއިން ނޫން ދެވަނަ މީހަކަށް ނޭނގޭނެ އަހަރެން ޝަނުމް ދެކެ ވާ ލޯބި. ރީމް ޝަނުމް އާއި އެހާ އެއްކޮށް އުޅޭތީ އަހަރެންގެ ހިތަށް ކުރާ އަސަރު އަހަރެން ނުބުންޏަސް ކާއިންއަށް އެގޭނެ.. އެހެންވީމަ އަހަރެން އާދޭސްކުރަން.. އަހަންނަށް އެލޯބި ހޯދަދޭން އެހީވެދީ” އަޝްވާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

ކާއިން އަޝްވާގެ ދެއަތުގައި ހިފައި އޭނާގެ ނިންމުން ބުނެލިއެވެ.

“މައްސަލައެއް ނެތް.. އަހަރެން އަޝްވާއަށް އެހީވެދޭނަން” ކާއިން އެހެން ބުނެލީ ހިތާއި ދެކޮޅަށެވެ. ލޯބީގެ ވޭނީ ފަސާނާގައި އަޝްވާ ޖެހިގެން ދާ ތަން ބަލަން އޭނާއަށް ނުހުރެވޭނެކަން އެނގޭތީއެވެ.

ކާއިންގެ އާބަސް ލިބުމުން އަޝްވާގެ މޫނު މައްޗަށް އުފާވެރިކަން ވެރިވިއެވެ.

“ވަރަށް އުފާވެއްޖެ.. ޔޫ އާރ ދަ ބެސްޓް” ހީލަމުން އަޝްވާ ބުނެލިއެވެ.

“މާ ބޮޑަށް ތައުރީފު ނުކުރޭ..” އަޝްވާ ހީލުމުން ކާއިންވެސް ހެވިފައި ބުނެލިއެވެ.

“އޯކޭ އޭ.. ދެން ބުނެބަލަ އަހަރެން ރީމް ކައިރީ ބުނާނީ ކީކޭ.. ނޫނީ ރީމް ކައިރީ ބުނުމުގެ ކުރިން ޝަނުމްއަށް ކައިރީގަތަ ބުނަންވީ؟”  އަޝްވާ އަށް ހަދަންވީ ކިހިނެތް ކަމެއް ނޭނގެއެވެ. މިއަދުވެސް އެވާހަކަ ރީމް ކައިރީ ދައްކަން އެތައް ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް އެކުވެރީޔާގެ ހިތަށް ލިބިދާނެ ދެރައަކަށް ވިސްނެނީއެވެ. އަޝްވާއަށް ލޯބި ހާސިލް ނުވުމުން ލިބޭނެ އިހުސާސް އެނގެއެވެ. އެހެންކަމުން ރީމް އެފަދަ ހާލެއްގައި ޖައްސަން ވަރަށް ބޮޑަށް ޖެހިލުންވެއެވެ. ނަމަވެސް އަޝްވާ ވެސް އޭނާގެ އަލަތު ލޯބި ހޯދަން ބޭނުމެވެ. މީ އަމިއްލަ އެދުމަށް ކުރާ ކަމެއް ކަމަށް އެހެން މީހުންނަށް ހީވިއަސް އޭނާގެ ހިތަށް އެހިތުގެ ހަމަޖެހުމާއި އުފާ ހޯދަދޭން ބޭނުމެވެ. އެ އުފާ ހޯދަން ހާލަތު ތަން ނުދިނަސް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހުރަސްކުރަން އަޝްވާ އަޒުމް ކަނޑައެޅިއެވެ.

“އަހަންނަށް ހީވަނީ އެއްމެ ފުރަތަމަ ޝަނުމް ކައިރީ ބުނެގެން ހެން ތިކަން ކުރަން އަޝްވާއަށް އެއްމެ ފަސޭހަވާނީ.. އޭރުން ދެމީހުން އެއްކޮށް ގޮސް ރީމްއަށް ވިސްނައިދެވޭނެއެއްނު” ކާއިން އޭނާއަށް ވިސްނުނު އެއްމެ ރަނގަޅު ގޮތް ބުނެލިއެވެ.

“މައްސަލައެއް ނެތް.. މާލެ ދެވުނުހާ އަވަހަކަށް އަހަރެން ޝަނުމްއަށް ހުރިހާ ހަގީގަތެއް ކިޔާ ދޭނަން.. ” ކުޑަކޮށް ލަދުގެންފައި ހުރެ އަޝްވާ ބުނެލިއެވެ. ލޯބި ހާސިލްވާނެ ކަމުގެ އުއްމީދު އާވުމުންނެވެ.

“އެހެންވީމަ އަހަރެން އެއްމެނަށް ގުޅާފަ ބުނަންވީ ދޯ ދެ ކައިވެންޏެއް އޮންނާނެއޭ.. އަސްރާރު ބޭބެ އަޝްވިންގެ ކައިވެންޏަށް ހުރިހާ ލާރިއެއް ހަރަދު ނުކުރަނީސް އެންގީމައެއްނު އަޝްވާގެ ބޮޑު ކައިވެނި ބޭއްވޭނީ” އެދޭތެރެއިންވެސް ކާއިން ބޭނުން ވީ އަޝްވާ އާއި ސަމާސާކޮށްލާށެވެ. އަޝްވާ މިހާރު ލަދުގެންފައިވާ ވަރަށް ވުރެ ބޮޑަށް ލަދުގަންނަވާލާށެވެ.

އަޝްވާ ދެކޮޅަށް ބޯ ހޫރުވާލުމަށްފަހު ގޮސް ކާއިންއާއި ޖެހިގެން އިށީނެވެ.

“އަހަރެންގެ ބޮޑު ކައިވެންޏާއި އެކު ކާއިން ވެސް ހަނާ އާއި މެރީކުރަން އުޅެންވީނު. ދެމީހުން ޑަބަލް ވެޑިންއެއް ބޭއްވީމަ ކިހާ މަޖާވާނެ” އަޝްވާ ވެސް ކާއިންގެ ސަމާސާގައި ބައިވެރިވިއެވެ.

“ހަނާ އަކީ ކޮންމެހެން އަހަރެންގެ ގާލްފުރެންޑެއް ނޫނޭ.. އަހަރެން ހަނާ މާ ކައިރިކޮށް މިގެންގުޅެނީ ހަނާ އަކީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކަށް ވީމަ.. ބައްޕަ ކިޔާދިން ގޮތުން ނަމަ މަންމަ އެމީހުންނާއި ގުޅިގެން ވިޔަފާރި ބަގުރޫޓްކޮށްލަން އުޅެނީ. އަދި ފައިދާއެއް ވާނަމަ ހަނާގެ ބައްޕައަށް ލިބޭ ގޮތަށް އެގްރީމެންޓު ބަދަލުކުރަން އުޅެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ.. އެކަމަކު ބައްޕަގެ ވިސްނުން ރަނގަޅު ކަމުން އެކަން ނުކުރެވި މިހާ ގިނަ ދުވަސްވަންދެން އުޅެވުނީ” ކާއިން އޭނާއާއި ހަނާގެ ގުޅުމުގެ ތަފުސީލް ކިޔާ ދިނެވެ. ހުދު ޝައިމްއަށްވެސް ނޭނގޭ ސިއްރެއް އަޝްވާ ކައިރީ ބުނެލިއެވެ. ޝައިމް މަލަކާ އާއި ކައިވެނި ކުރި ފަހުން ކާއިންއާއި އެކީ ހޭދަކުރާ ވަގުތު މަދުވުމުން ކާއިންގެ ގިނަ ކަންތައް އެނގޭ މީހަކީ އަޝްވާއެވެ.

“ވިޔަފާރި ސަލާމަތްކުރުމުގެ ބަދަލުގައި ކާއިން އުޅެބަލަ ކާއިންގެ މަންމައާއި ބައްޕަގެ ގުޅުން ރަނގަޅު ކުރަން.. މިހާ ގިނަ ދުވަސް ކައިވެނިކޮށްގެން އުޅުމުން އެމީހުންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް ވާނެކަން ޔަގީން.. ” އަޝްވާ އޭނާއަށް ފެންނަ ގޮތް ބުނެލިއެވެ. މިއީ ކުރިންވެސް އަޝްވާ ކާއިންއަށް ދިން ނަސޭހަތެއް ނަމަވެސް ކާއިން އުޅުނީ މުޅިން އެހެން ގޮތަކަށް ކަންތައް ކުރެވޭތޯއެވެ. މަންމައަށްޓަކައި ހިތުގައި ވާ ރުޅިއެއްގެ ސަބަބުން ކަމަށް ވެދާނެއެވެ.

ދެމީހުން އެކި ވާހަކަ ދައްކަން ތިބުމަށްފަހު ގެޔަށް ވަންއިރު ޝައިމް ސިޓިންރޫމުގައި ޓީވީ ބަލަން އިނެވެ. އަޝްވާ ނިދަން ކޮޓަރިއަށް ދިޔުމުން ކާއިން ގޮސް ޝައިމް ކައިރީގައި އިށީނެވެ.

“ދެމީހުން ކޮން ވާހަކައެއް ދައްކަން ތިބެފަ ތިއައީ” ޓީވީ  ބަލަން އިން ޝައިމް އަހާލިއެވެ.

“ބައްޕަމެންގެ ވާހަކާއި އެކި ވާހަކަ” އިތުރު ތަފުސީލަކަށް ދާން ބޭނުން ނުވާތީ ކާއިން ބުނެލިއެވެ. އަދި ޝައިމް އަތުން ޓީވީގެ ރިމޯޓް ނަގައި މިރޭ ކުޅެވޭ ފުޓްބޯޅަ މެޗް ބަލަން އެޗެނަލަށް ބަދަލުކޮށްލިއެވެ.

“ރައްޓެހިކަމުގެ ގުޅުން ފިޔަވައި އިތުރު ގުޅުމެއް އަޝްވާއާއި ބާއްވައިގެން ނުވާނެ.. އަޝްވާ އަކީ ވަރަށް އަވަހަށް މީހުންނަށް އިތުބާރު ކުރާ ކުއްޖެއްކަން ކާއިންއަށް އެގޭނެ” އެހެން ބުނެލަމުން ޝައިމް ކާއިންއަށް ބަލާލިއެވެ. ކާއިންއާއި އަޝްވާގެ ގުޅުން ނަފުރަތުން އެކުވެރިކަމަށް ބަދަލުވި ނަމަވެސް ދެން އިތުރު ގުޅުމަކަށް ފުރުސަތު ދޭން ޝައިމް ބޭނުމެއް ނޫނެވެ. ހުރި ހަމައެކަނި ކޮއްކޮ އަށް ވެފައި ޝައިމްގެ އިތުރުން ގޭގެ އެހެން ފިރިހެނުން އަޝްވާއަށް ބަހައްޓާ ސަމާލުކަން ބޮޑެވެ. އެހެންކަމުން ކާއިން ފަދަ ބޭކާރު ގުޅުންތަކަށް ފުރުސަތު ދޭ މީހަކާއި އަޝްވާ ގުޅެން އެކަކުވެސް ނޭދޭނެއެވެ.

“އިތުރު ގުޅުމެއް ބާއްވަން އަހަރެން ބޭނުން ވެއްޖެނަމަ ކީއްކުރާނީ… އަހަންނަށްވެސް މީހެއް ދެކެ ލޯބި ވެވިދާނެ ދޯ” ކާއިން އެހެން ބުނެލީ ސީރިއަސްވެލާފައެވެ.

“އަހަރެން ބުނިންތަ ކާއިން އަށް ކުއްޖެއް ދެކެ ލޯބި ނުވެވޭނޭ؟ އަހަރެން ބުނީ ތި ލޯބީގެ ލިސްޓުގައި އަޝްވާ ހިމަނައިގެން ނުވާނޭ” ޝައިމް ވެސް އިތުރަށް ސީރިއަސްވެލަމުން ބުނެލިއެވެ.

“މައްސަލައެއް ނެތް” އިތުރު ބަހުސަކަށް ނުގޮސް ކާއިން އެހެން ބުނެލީ އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.


 

އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ހިންދުއަށް ޕުރީ ސްކޫލަކުން ޓީޗަރެއްގެ މަގާމް ލިބުނެވެ. އޭލެވެލް ނިންމާފައި ހުއްޓަސް ކިޔަވައި ދިނުމުގެ ދާއިރާއިން ފާހާއި ތަމްރީން ލިބިފައި ނުވާތީ ވަޒީފާއަށް އިންޓަވިއުއަށް ދިޔަ ތަންތަނުން ވަޒީފާއެއް ލިބޭ ގޮތެއް ނުވިއެވެ.

ވަޒީފާގެ ފުރަތަމަ ދުވަހު ހިންދު އެސްކޫލަށް ލައިދޭން ދިޔައީ އަޝްވިން އެވެ. ފަސްގަޑި އިރުގެ ތަމްރީންނާއި އެކު ފުރަތަމަ ދުވަސް ނިންމާލުމަށްފަހު ހިންދު ސްކޫލު ގޭޓް ކައިރީގައި މަޑުކޮށްގެން ހުރީ އަޝްވިންގެ އިންތިޒާރުގައެވެ. ސްކޫލުން ދިން ތަމްރީން ޝީޓްތަކާއި އެކި ފޮތްތަކުން ދެއަތް ވަނީ ބަރުވެފައެވެ.

“ވަރަށް ގިނަ އިރު ވެއްޖެ ދޯ.. ސޮރީ އިނގޭ.. ހާލު ބޮޑު ބަލިމީހެއް އައުމުން އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދާން ޖެހުނީ” ސައިކަލުގައި އައިސް ހިންދު ކުރިމަތީ މަޑުކޮށްލަމުން އަޝްވިން ބުނެލިއެވެ.

“ނޫން އެހާ ގިނަ އިރެއް ނުވޭ.. ހިނގާ އަވަހަށް ދާން” ފޮތްތަކާއި އެކު ހިންދު ސައިކަލުގެ ފަހަތަށް އެރިއެވެ.

ގެޔަށް ދެވުމާއި އެކު އިތުރަށް މަޑުނުކޮށް ހިންދު އެތެރެއަށް ދާން ހިނގައިގަތެވެ.

“ހިންދު ، ކިހިނެތްވީތަ” ތަނަކީ ސައިކަލު ޕާކުކުރުން މަނާ ތަނަކަށް ވިޔަސް އެތާނގައި ސައިކަލު ބެހެއްޓުމަށްފަހު އަޝްވިން ހިންދު ފަހަތުން ދިޔައެވެ.

“ފުރަތަމަ ދުވަސްވީމަ ހާސްވެފަތަ ތިހިރީ” ހިންދު ޖަވާބެއް ނުދިނުމުން އަޝްވިން އޭނާއަށް ހީވަނީ ރަނގަޅަށްތޯ އަހާލިއެވެ.

މައުނަވީ ގޮތަކަށް އަޝްވިންއަށް ބަލާލުމަށްފަހު ހިންދު ދެކޮޅަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ދެން ކިހިނެތް ވެފައި ތިހިރީ… ގައިމު މިއަދު ހެނދުނު އުޅުނު ވަރަށް ފޯރި އަރައިގެން” ހިންދު ގެ މިޒާޖަށް ކިތައްމެ ކުޑަ ބަދަލެއް އައި ކަމުގައި ވިޔަސް އަޝްވިން އެކަންތައް ދެނެގަންނަން މާ ބޮޑު ދައްޗަކަށް ނުވެއެވެ.

“ހިތް ބިރުގަންނަނީ އަދިވެސް.. ހީވަނީ ކައިވެނި ނުކުރެވެނީސް މަންމަމެން މާލެ އައިސް އަހަރެން ގެންދަން އުޅެފާނެހެން.. ގޭގެ ދޮރުގަ ޓަކި ޖަހާލިއަސް ތުރުތުރު އަޅަން ފަށައިގަނޭ.. މަންމަމެންނަށް މިހާ އަވަހަށް ނާދެވޭނެކަން އެނގޭއިރުވެސް ހިތް ހުއްޓޭހާ ވަރުވޭ” ހިންދު ކިޔާ ދިނެވެ. އެ ވާހަކަތައް އަޑުއަހަން ހުރި އަޝްވިންއަށް ހިންދުގެ އަޑުގައިވާ ނުތަނަވަސްކަން ފާހަގަވިއެވެ.

“ތިހެން ހިތަށް ނާރުވާ.. އަހަރެން އޭރުވެސް ބުނީމެއްނު އަހަރެން ހުރިހައި ހިނދަކު އެއްވެސް މީހަކަށް ހިންދުއަށް ގޯނާއެއް ނުކުރެވޭނޭ” ހިންދު ކައިރިއަށް ޖެހިލަމުން އަޝްވިން ބުނެލިއެވެ. ހިންދުއަށް އެބަސްތަކުން ހިތްވަރު ލިބުނަސް އިސްޖަހާލެވުނީ އޭނާއަށް ގޯނާ ކުރަން އުޅެނީ އޭނާގެ މައިންބަފައިން ކަމަށް ވާތީއެވެ.

“އަޝްވިން، އެއީ އަހަރެންގެ މައިންބަފައިންނޭ.. އެމީހުން އަހަރެން ގެންދާނެ.. އަހަރެން އަޝްވިން އާއި ކައިވެނި ނުކުރާ ހިނދަކު އަހަރެން ހުންނަން ޖެހޭނީ އެމީހުންގެ ބެލުމުގެ ދަށުގައި” ހިންދު ބުނެލިއެވެ. އަޝްވިންއަށް ކިރިއާ އަޑުއިވޭ ވަރަށެވެ.

“ތިހާ ވަރަށް ހާސްނުވޭ އިނގޭ.. މިރޭ އަހަރެން އަންނާން ހިންދު ގޮވައިގެން ހޮސްޕިޓަލަށް ދާން.. ލިއުޝާ އުޅޭނެ މިރޭ ޑިޔުޓީގަ.. ލިއުޝާ ކައިރީ ބުނެގެން އަހަރެން ހިންދުއަށް ލިބިފައި ހުރި އަނިޔާގެ ތަފުސީލް ހޯދާނަން.. އޭރުން މައިންބަފައިންގެ މަޖުބޫރުން ހިންދުއަށް އެއްވެސް މީހަކާއި ކައިވެނި ނުކުރެވޭނެ. އެހެންނޫނަސް ހިންދުއަށް އަށާރަ އަހަރު ފުރިފައި ވުމުން ޕޮލިހުންނަށްވެސް ހިންދު ގަދަކަމުން މައިންބަފައިންނާއި ހިސާބަށް ނުގެންދެވޭނެ… ”

“އަދިވެސް ކިޔަން ވީތަ ހިންދުއަށް ރައްކާތެރިކަން އޮތް އެތައް ގޮތްތަކެއް؟” ހިންދުގެ އިސްއުފުލައި ދެމުން އަޝްވިން ބުނެލިއެވެ.

ކުޑަކުއްޖެއް ހިންދު ދެކޮޅަށް ބޯހޫރުވާލުމުން އަޝްވިންއަށް ހެވުނެވެ.

“ވަރަށް ލޯބިވޭ އިނގޭ.. ބިރުގަންނަ ނަމަ އަހަންނަށް ގުޅާލާތި. އޭރުން ލިސްޓުގައި ބާކީ ހުރި ކަންތައް ކިޔައިދޭނަން” ހިންދުގެ ކޮލުގައި މަޑުމަޑުން ހިފާލަމުން އަޝްވިން ބުނެލިއެވެ.


 

 

“މައްސަލައެއް ނެތް” އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީ ކާއިން އެހެން ބުނެލުމަށްފަހު ނިދަން ކޮޓަރިއަށް ދާން ތެދުވިއެވެ. ކާއިންއަށް ކޮޓަރީގެ ތަޅުގައި ހިފާ ނުލެވި އުޅެނިކޮށް ޝަނުމް ދޮރު ހުޅުވާފައި ބޭރަށް ނުކުތެވެ.

“ހާދަ އަވަހަކަށް ފުރަން ދާން ތިއުޅެނީ” ޝަނުމްގެ ކޮނޑުގައި އޮތް ދަބަސް ފެނިފައި ކާއިން އެހެން ބުނެލިއެވެ.

“އާން.. ޝައިމް އާއި އަޝްވާ ކައިރީ ބުނެލާތި އަހަރެން ކުއްލިއަކަށް ޑިޔުޓީއަށް ނުކުންނަން ޖެހިގެން ދާން ޖެހުނީއޭ” އޭނާގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި ޝައިމް އިން ކަން ނޭނގި ޝަނުމް ބުނެލިއެވެ.

“ޗުއްޓީގަ ހުރެވެސް ޑިޔުޓީއަށް ނިކުންނަން ޖެހޭތަ” ޝަނުމްގެ ވާހަކަ އަޑުއިވިގެން  ގޮނޑީގައި އިން ޝައިމް ފަހަތް ބަލާލަމުން އަހާލިއެވެ. ޝައިމްގެ އަޑު އިވުމުން ކާއިން އެއް ފަރާތަކަށް ޖެހިލައި އެދެމީހުންނަށް ވާހަކަ ދައްކަން ފުރުސަތު ދިނެވެ.

“ދެން މިފަހަރު ދާން ޖެހުނީ” މައްސަލައިގެ ބާވަތުން ޝަނުމްއަށް އިތުރު ތަފުސީލް ދެވޭކަށް ނެތެވެ.  މިކަހަލަ ކަމަކަށް އެއްމެ ބޮޑަށް ތަމްރީން ލިބިފައި ތިބި ސިފައިން މިއޭރިއާގެ ކޮމާޑިން އޮފިސާރގެ ކޯލަށް އިޖާބަދީ މި އޮފެރޭޝަނަށް ނިކުންނަން ޖެހުނީއެވެ.

ލަސްކުރުމެއް ނެތި ބާރު ހިނގުމެއްގައި ޝަނުމް ދިޔައީ އޭނާގެ އަށް ދިން އިރުޝާދުގެ މަތިން ގުޅީގައި ހުންނަ ޕޮލިސް ސްޓޭޝަނަށެވެ. އެތަނަށް ދިޔުމާއި އެކު އެ ޕޮލިސް ސްޓޭޝަނުގެ އިން ޗާރޖު ޝަނުމްއަށް ވެގެން އުޅޭ ގޮތުގެ ތަފުސީލް ކިޔާ ދޭން ފެށިއެވެ.

މާލެ އަތޮޅުގެ ސަރަހައްދުގައި ގޮތް ނޭނގޭ ބޯޓެއް ހަރަކާތްތެރި ވަމުން ދާތީ މިސަރަހައްދުގައި ދަތުރު ކުރަމުން އުޅަނދުތަކުން ސިފައިންގެ ކޯސްޓްގާރޑަށް މައްސަލަ ހުށަހަޅައިފައި ވުމުން އެކަން ތަހުގީގު ކުރަން ކުރި މަސައްކަތުން މިބޯޓަކީ މަސްތުވާތަކެއްޗާއި އެކު މީހުން ރަހީނުންގެ ގޮތުގައި ގޮވައިން ދިވެހިރާއްޖެއަށް ވަންނަން އުޅޭ އުޅަނދެއްކަން އެގުނެވެ.  ބޯޓުގައި ތިބީ ކިތައް ފަޅުވެރިން ކަމެއް އަދި ކިތައް ރަހީނުންގެ ކަމެއް ނޭނގެއެވެ. އެވަގުތު އެސަރަހައްދުގައި ޑިޔުޓީއަށް ތިބި ސިފައިންގެ ކޯސްޓްގާރޑުން އެބޯޓަށް އެރުމާއި އެކު ބަޑިންނާއި އަދި އެހެން ހަތިޔާރުތަކުން ސިފައިންނަށާއި ރަހީނުންނަށް ވަނީ އެތައް ގެއްލުމެއް ދީފައެވެ.

މި ބޯޓް މިހާރު ދަތުރު ކުރަމުން ދަނީ ގުޅިއާއި މާލެއާއި ދެމެދުގައެވެ.    ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު މަސައްކަތް ކުރަނީ އެބޯޓް ރާއްޖޭގެ ރަށަކަށް ބަދަރު ކުރުމުގެ ފުރަސަތު ނުދީ އޭގައި ތިބި ރަހީނުން ސަލާމަތް ކުރުމެވެ. އަދި މިބޯޓުން އެސަރަހައްދުގައި ދަތުރުކުރަމުން އަންނަ އެހެން އުޅަނދުތަކަށް ގެއްލުމެއް ދީފާނެ ކަމަށް ބަލައި އެކަންތައްތައް ވީހާވެސް ފަރުވާތެރިކަމާއި އެކު ގާތުން ބެލުމަށެވެ.

“އެއްވެސް ގޮތަކަށް މިހަބަރު ރައްޔިތުންނާއި ހަމައަށް މިހަބަރު ވާސިލްވެ ދިޔަ ނުދޭތި. އަދި މިރަށުގެ ހޮސްޕިޓަލަށް ގުޅައި އަވަސް ފަރުވާ ދޭން ޖެހިއްޖެނަމަ އެފަދަ ފަރުވާއެއް ދެވޭނެ ހާލަތެއް ގާއިމް ކުރުމަށް ބުނޭ” ޝަނުމް އެމީހުނަށް އިރުޝާދު ދިނެވެ. މިއީ އޭނާއަށް މިފަދަ ކަމެއް ކުރަން ޖެހުނު ފުރަތަމަ ފަހަރު ނަމަވެސް އެތައް ތަމްރީނަކާއި އެކު ކަންތައް ކުރަންވީ ގޮތުގެ މަގު އެގެއެވެ.

ޕޮލިސް ސްޓޭޝަނުން މާލެއާއި ގުޅައި ބޭނުންވާ މައުލޫމާތު ހޯދުމަށްފަހު ޝަނުމް ދެން ދިޔައީ ގުޅީ ބަދަރުގައި އޮތް ކޯސްޓުގާރޑުގެ އުޅަނދަށެވެ.

“އައްސަލައިމަލައިކުމް.. ޝަނުމް. މީގެ ދެތިން މިނެޓް ކުރިން ބަޑީގެ އަޑު އިވުނު ކަމަށް މައުލޫމާތު ލިބިއްޖެ.. އެއްވެސް މީހަކަށް ގެއްލުމެއް ވީކަމެއްގެ މައުލޫމާތު ނުލިބޭ” ޝަނުމް އާއި ވާހަކަ ދެއްކި ކޯސްޓްގާރޑުގެ އިސްވެރިއެއް ބުނެލިއެވެ. ޝަނުމް ގޮވައިގެން އޭނާ ޖީޕީއެސްއާއި އެހެނިހެން ވަސީލަތްތައް ހުރި ބަޔަށް ގެންދިޔައެވެ. ޝަނުމް އައުމުން ފުލް ސްޕީޑުގައި ކޯސްޓްގާރޑުގެ އުޅަނދު ގުޅީގެ ފަރުން ނިކުމެގެން މައްސަލަ ދިމާވެފައިވާ ސަރަހައްދަށް ދިޔައެވެ.

“ކީއްވެ އެމީހުން ނުދުއްވާ މަޑުކޮށްގެން އެތިބީ.. އެއްވެސް ގޮތަކަށް މުއާމަލާތް ކުރަން އުޅެފިތަ” ޝަނުމް އެހެން ބުނެލަމުން އެތާގައި ހުރި ހުސްގޮނޑިއެއް ގައި އިށީންނަން އުޅުނެވެ. އެހެންނަމަވެސް އިވުނު އަޑާއި އެކު އެއްމެނަށް ލިބުނީ ސިހުމެކެވެ. ޝަނުމް އޭނާ އަތުގައި އިންޓުރާ ޓީމް ރޭޑިއޯއިން ވެގެން އުޅޭ ގޮތުގެ ހަބަރު އެވަގުތު އޮން ކޯލުގައި ތިބި މާލޭގެ އޮފިސަރުންނަށް އެންގިއެވެ.

“ސާރ.. އިތުރު އެހެން ދޯންޏަކުން އެއަޑު އިވުނީ.. ބަލާބެލުމަށް ހީވަނީ މަސްވެރިކަމުގެ ދޯންޏެއް ހެން.. ” އެހަބަރު ދޭން އައި އޮފިސަރު ބުނެލިއެވެ.

“ސެޓްލައިޓުން އިތުރު އުޅަނދެއް ފެންނަތޯ ޗެކް ކޮށްބަލަ… ރާއްޖޭގެ އުޅަނދަކަށް ވިޔަސް މިސަރަހައްދުގައި އުޅޭނަމަ އެމީހުން ހިފަހައްޓާ ޗެކް ކުރުމަށް ބުނޭ… ޝަނުމް އާދޭ އަހަންނާއި އެކީ ” ޝަނުމް ކައިރީގައި ހުރި ކެޕްޓަން އެހެން ބުނެލުމަށްފަހު ޝަނުމް އާއި އެހެން އޮފިސަރުން ގޮވައިގެން ހަތިޔާރު ހުރި ބަޔަށް ގެންދަން ހިނގައިގަތެވެ.

ބޭނުންވާ ހަތިޔާރު އަތަށް ލިބުމާއި އެކު ޝަނުމްއާއި އެކު ދެންތިބި ސިފައިން އެދޯނި އޮތް ދިމާލަށް ދިޔައެވެ. އޭރު އެދޯނިން އެއްވެސް މީހެއް ފެންނަން ނެތް ކަމުގައި ވިޔަސް ދެތިން މިނެޓް ތެރޭ މޫނު ފޮރުވައިގެން ބަރު ހަތިޔާރާއި އެކު މީހުންތައް ފެންނަން ފެށިއެވެ. ވަގުތަކީ ރޭގަނޑު ކަމުން އެމީހުންގެ ސިފަތަކާއި ބޯޓާއި ބެހޭ މައުލޫމާތުތައް ދެނެގަންނަ އުނދަގޫވިއެވެ.

ޝަނުމް އިސްވެ ހުރެ ކެޕްޓަން ފިރުޝާން އާއި އެކު ކުރިއަށް ޖެހިލިއެވެ.  ކެޕްޓަނުގެ އިރުޝާދާއި އެކު އެހެން ސިފައިން ވަޒަންތައް ސީދާކޮށްލައި ހަމަލާ ދޭން ތައްޔާރުވިއެވެ.

“މަޑު ކުރޭ’ ޝަނުމް އަވަސް އަވަހަށް އެހެން ބުނެލީ އޭނާއަށް އަޑެއް އިވުމުންނެވެ. ދެވަނަ ފަހަރަސް ކަނުލައި އަޑުއެހި އިރު އެއީ މީހެއްގެ ކުކުރުމުގެ އަޑުކަން ޔަގީންވިއެވެ. ޝަނުމް އެކަން ކެޕްޓަނަށާއި އެހެން ސިފައިންނަށް އެންގިއެވެ. އަދި މިހާލަތުގައި ސީދާ ހަމަލާ ބަދަލު ކުރުމުގެ ބަދަލުގައި ރަހީނުންގެ ސަލާމަތަށް ވިސްނަން ޖެހޭނެތީއެވެ.

ސިފައިންގެ މައި އިދާރާއިން ފޮނުވަމުންދާ މައުލޫމާތާއި އެކު ޝަނުމް އަވަސްވެގަތީ ރަހީނުންގެ ހާލަތު ބެލުމަށެވެ.

ފިރުޝާންއަށް އެމީހުންނާއި ވާހަކަ ނުދެއްކެނީސް އެމީހުން މޫނުމަތީގައި އަޅާފައިހުރި ފޮތިގަނޑުތައް ނަގައި މޫނު އެއްމެނަށް ފެންނާނެހެން ހާމަކޮށްލިއެވެ. އެމީހުންގެ ހަމުގެ ކުލައާއި މޫނުމަތީގެ ސިފަތަކުން އެއީ މިސަރަހައްދަށް ނިސްބަތްވާ މީހުން ކަން ދެނެގަނެވުނެވެ. އެމީހުންގެ އެއްމެ ކުރިއަށް ހުރި މީހާ ފިޔަވައި ދެން ތިބި ފަސް މީހުންގެ ނިތްކުރީގައި ކަޅު ކުލައިން ބޮޅެއް އަޅައި ނަންބަރު ޖަހާފައި ހުއްޓެވެ.

ފިރުޝާން ރަހީނުންނާއި ބެހޭ ގޮތުން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ނަސީބު ދެރަކަމުން އެއިން އެއްވެސް މީހަކަށް އުރުދޫ، ހިންދީ، ބެންގާލީ އަދި ޓަމިލް ބަހަކުންވެސް ވާހަކަ ދައްކާކަށް ނޭނގުނެވެ.

އިތުރު ގޮތެއް ނެތުމުން ޝަނުމް ކުރިއަށް ޖެހިލައި އަތުގެ އިޝާރާތުން އެމީހުންނާއި ވާހަކަ ދައްކަން އުޅުނެވެ. އޭރު އަތުގައި އޮތް ބަޑި ވަނީ އެމީހުންނާއި ދިމާލަށް ސީދާ ކުރެވިފައެވެ. އިދިކޮޅުން  ކުއްލިއަކަށް ދީފާނެ ހަމަލާއަކަށް ޝަނުމް ހުރީ ތައްޔާރުވެގެންނެވެ.

ޝަނުމް އަތުން ކޮބާހޭ ބުނެ އިތުރު ކުދި ބަސްތައް ބޭނުން ކޮށްގެން ރަހީނުންނާއި ބެހޭގޮތުން އެހިއެވެ. އެދޯނީގައި އެއްމެ އިސްކޮށް ހަރަކާތްތެރި ވަމުން ދިޔަ މީހާއަށް ޝަނުމް ބުނަން އުޅުނު އެއްޗެއް ސާފުވީ ކަމެއް ނޭނގެއެވެ. އޭނާގެ ކަނައަތް ފަރާތުގައި ހުރި މީހާއާއި ދެތިން ބަހެއްގެ ޖުމްލައެއް ބުނެލިއެވެ.

އެވަގުތު އެތާނގެ ހާލަތު ރިކޯޑްގެ ޒަރީއާއިން މާލޭގެ ހެޑްކުއާޓާސްއަށް ފޮނުވަމުން ދިޔައެވެ. ހާލަތުގެ ނާޒުކު ކަމުން އެއިން މީހަކަށް އެގިއްޖެނަމަ ހަމަލާ ދީފާނެ ކަމަށް ސިއްރުންނެވެ. ދެރައީ އެމީހުން ވާހަކަ ދެއްކީ އަމިއްލައަށް ހަދައިގެން އުޅޭ ކޯޑު ބަސްތަކުން ކަމަށް ވުމެވެ.

އެތާނގެ އިސްކޮށް ހުރި މީހާ ބުނި ދެތިން ބަހުން ކައިރީގައި ހުރި މީހާ ދޯނީގެ އިންޖީނު ހުންނަ ބައި ހުޅުވާލިއެވެ. އަދި ވާ ފަށެއްގައި އައްސައިގެން ހުރި ދެތިން މީހުން އެތަނުން ނެރުނެވެ. ތަނުގެ ޖާގައިގެން ދަތިކަމުން އެމީހުން ތިބީ އަތް ފައި ގަޔާއެއްކޮށް ބަދެ ލާފައެވެ. އެމީހުން ނެރުމާއި އެކު މުޅި ތަނުގައި ނުބައި ވަހެއް ފެތުރިގެން ދިޔައެވެ. މޫނާއި ދެއަތާއި ފައި ވަނީ ފާރުވެފައެވެ. ހީވަނީ އެއްޗަކަށް އެލާޖިކް ވެފައި ތިބި ބައެއް ހެންނެވެ. ބައެއް ތަންތަން ރަގަޅުވެ ލަކުނުތަކަކަށް ބަދަލުވެފައިވާ އިރު އަނެއްބައި ތަންތަނުން ލޭގެ އަސަރު ފެންނަމުން ދިޔައެވެ. އެމީހުން ތިބީ ހޭނެތިފައި ކަމަށް ވިޔަސް ނޭވާ ލަމުން ދާކަން އެމީހުންގެ ހަށިގަނޑަށް ބަލާލުމުން އެނގެއެވެ.

އެމީހުން އެތަނުން ނެރުނު މީހާ ތިން މީހުން ބަދެފައިވާ ބޮޑު ވާ ފަށުގައި ހިފައި ދަމަމުން ގޮސް މޫދަށް ވައްޓާލަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޝަނުމް އަވަސް އަވަހަށް އެހެން ނުހެދުމަށް އަތުން އިޝާރާތްކޮށް ބާރަށް ހަޅޭތްލަވައިގަތެވެ. އަދި އަތުގައި އޮތް ބަޑި އެމީހާއާއި އަމާޒުކޮށް މަޑުމަޑުން ކުރިއަށް ޖެހުނެވެ.

ޝަނުމްގެ ބާރު ހަޅޭތްލެވުމާއި އަތުގައި އޮތް ބަޑިން އެމީހާ ބިރެއް ނުގަތެވެ. އިތުރު ފޯރިއާއި އެކު ކުރިމަތީގައި ވެއްޓިފައި ތިބި މީހުންގެ ގައިގައި ފައިން ޖަހައި މޫދަށް ވައްޓާލިއެވެ. އެހިސާބުން މުޅި ތަން ގުގުމާލީ ބަޑީގެ އަޑުންނެވެ. ދެފަރާތުން ވެސް ހަމަލާ ބަދަލުކުރަން ފެށުނެވެ.

ޝަނުމް އާއި ޝަނުމްގެ ފަހަތުގައި ހުރި ނާހިލް މޫދަށް ފުއްމާލިއެވެ. ގެބެމުންދާ ތިން މީހުން ސަލާމަތް ކުރުމަށެވެ. ގަދަ އޮއިވަރާއި އެކު ބަދެފައި ތިބި ހަށިގަނޑުން ބިޔަ ތިން މީހުން ސަލާމަތްކުރަން އެމީހުނަށް އިތުރު ދައްޗެއް ކުރިމަތިވީ އެމީހުންނާއި ދިމާލަށްވެސް ބަޑީގެ ވަޒަންތައް އަމާޒުވާން ފެށުމުންނެވެ.

އަމިއްލަ ނަފުސަށްވުރެ އެތިން މީހުންގެ ސަލާމާތް އިސްކޮށްގެން ޝަނުމް އާއި ނާހިލް އަނދިރީގެ ތެރޭގައި ވަރަށް ހިތްވަރާއި އެކީ މަސައްކަތް ކުރަމުން ދިޔައެވެ. ޝަނުމް އެއިން އެކެއްގެ ގައިގައި ހިފަހައްޓައިގަތެވެ. އަދި ކޯސްޓް ގާރޑުގެ ބޯޓުގެ އެހީތެރިކަމާއި އެކު ލައިފް ޖެކެޓް އަޅުވައި އެމީހާ ނަގަން އުޅުނެވެ. ނަމަވެސް ނަސީބު އަތުން ވީއްލައިލީ ބަޑީގެ ވަޒަނެއް ޝަނުމްގެ އަތަށް އެރުމުންނެވެ. ތަދު އޭގެ އެއްމެ ފުން މިނަށް އިހުސާސް ވިޔަސް އެކަމަށް ފަރުވާލެއް ނުދީ ޝަނުމް ދެން ހުރި މީހާވެސް ބޯޓަށް އެރުވިއެވެ. ވަގުތު ފާއިތު ވަރަކަށް ޝަނުމް ގައިން ލޭ މަދުވެ ހޭނެތޭ ހާ ހިސާބަށް ދިޔައެވެ. ޝަނުމްއަށް ދެލޯ މަރާލެވުނީ މިއީ އެއްމެ ފަހުގެ ނޭވާ ކަމަށް ޝަހާދަތް ކިޔައި ނިމުނު ތަނާއި އެކުގައެވެ.


 

ހިންދު ގޮވައިގެން އަޝްވިން ހޮސްޕިޓަލަށް ދިޔަ އިރު މުޅި އެތަން ވަނީ ހަލަބޮލިވެފައެވެ. އެއް ބަޔަކު ސިއްރު ސިއްރުން ވާހަކަ ދައްކަމުންދާ އިރު އަނެއް ބަޔަކު ހަޅޭތް ލަވައި ކޮޅު ކޮޅަށް ދުވަނީއެވެ. އަޝްވިން އައީ އިމަޖެންސީ ބައި ހުންނަ ފަރާތުން ކަމުން އެވަގުތު ފުލުފުލުގައި އެއްބިއުލާންސް އެތަނަށް އައި މަންޒަރު ދުއްޓެވެ. ވަރަށް ބޮޑު ކަމެއް ވެގެން އުޅޭ ކަމުގެ އިހުސާސާއި އެކު އަޝްވިން ހިންދު ގޮވައިގެން ލިއުޝާގެ ކޮޓަރިއަށް ގެންދިޔައެވެ.

“ކިހިނެތް ވެގެން އެއްމެން މިއުޅެނީ.. ތަނެއްގަ ރޯ ވީތަ” މިކަހަލަ ހާލަތަކަށް ހޮސްޕިޓަލު މީގެ ކުރިން ދިޔައީ މާލޭގެ އިމާރާތެއް އަނދާ ހުލި ދުވަހު އެކަންޏެވެ.

“ތިއަށްވުރެ ބޮޑު ކަމެއް ވެގެން މިއުޅެނީ.. ހޮސްޕިޓަލުން ނުގުޅާތަ އަޝްވިންއަށް.. އަހަރެން ވެސް މިއުޅެނީ އިމަޖެންސީއަށް ދާން” ވީ ގޮތް ނުބުނެ ލިއުޝާ އިން ގޮނޑިން ތެދުވެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އަދި އަޝްވިންގެ އަތުގައި ހިފައި އެއް ކައިރިއަށް ގޮސް ކުރު ގޮތަކަށް ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ. އަޝްވިންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ހިންދު މިތާ މަޑުކޮށްލާ އިނގޭ.. އަހަރެމެން އެބަ އަންނަން” ލިބިފައިވި ސިހުން ކުޑަށްލަމުން އަޝްވިން ބުނެލިއެވެ. ހިންދު އިތުރު ސުވާލެއް ނުކުރެ އެތާގައި ހުރި ގޮނޑިއެއްގައި އިށީނުމުން އަޝްވިން ލިއުޝާއާއި އެކީ އައި ސީ ޔޫ އާއި ދިމާލަށް ހިނގައިގަތެވެ.  ބާރު ހިނގުމެއްގައި ގޮސް އައި ސީ ޔޫގެ ދޮރުން ނުވަދެވެނީސް އަޝްވިންއަށް އަސްރާރުގެ ފޯނެއް އައެވެ.

“ދަރިފުޅާ ވަރަށް އަވަހަށް އާދެބަލަ ޝަނުމް ސަލާމަތް ކުރަން.. އެފަކީރު ހޭނެތިގެން އުޅޭތާ ކޮން އިރެއް މިހާރު” ކަންބޮޑުވެފައިވާ ރާގަކުން އަސްރާރު ބުނެލިއެވެ.

“ބައްޕާ! ޝަނުމްއަށް ކިހިނެތްވީ” އައި ސީ ޔޫގެ ދޮރުގެ އެއް ފަރާތުގައި ހުރި އަޝްވިން އަހާލިއެވެ.

“ބައްޕަމެންނަކަށް ނޭނގެ ވެގެން މިއުޅޭ ގޮތެއް.. ދެންމެ ސިފައިން ގެއިން ގުޅާފަ ބައްޕަމެން ކައިރީ ބުނީ ޝަނުމްއަށް އަނިޔާވެގެން ސެނެހިޔާއަށް ގެނެސްފިއޭ.. ” އަސްރާރު އާއި އޭނާ ކައިރީގައި ހުރި ހަފީޒާ ހުރީ ޝޮކެއްގެ ތެރޭގައެވެ.   ވެގެން އުޅޭ ގޮތް އެތައް ފަހަރަކު އެހުމުންވެސް އިތުރު މައުލޫމާތެއް ނުލިބޭތީއެވެ. މީކާއިލްވެސް އޭނާއަށް ވީ ވަރަކުން ޝަނުމްގެ ހަބަރެއް ލިބޭ ތޯ އުޅެއެވެ.

“އާން ބައްޕާ އަޅުގަނޑު މި އަންނަނީ” ފޯނު ކަނޑާލަމުން އަޝްވިން ބުނެލިއެވެ. އަދި އޭނާ އަތުގައި އޮތް ހޮސްޕިޓަލުގެ ޑޮކްޓަރެއްކަން އެނގޭ ކާރޑު ފުލުސް އޮފިސަރަށް ދެއްކުމަށްފަހު އައި ސީ ޔޫ އަށް ވަނެވެ.

އެތެރެއަށް ވަދެ އަޝްވިން މުޅި ތަނަށް އަވަސް ނަޒަރެއް ހިންގާލިއެވެ. އޭނާއަކީ ޓްރާމާ ޑޮކްޓަރަކަށް ނުވިނަމަވެސް އެހީވެދެވޭނެ ގޮތެއް ހޯދަން އުޅުނެވެ.

“އެންބިއުލާންސްގައި ހަތަރު މީހުން މިހާރު މަރުވެއްޖެ. ބާކީ ތިބީ ދެމީހުން.. ޑރ. ޝާދިޔާ އާއި ޑރ.ހެސެއިން އެބަ އުޅޭ ޓްރާމާ ރޫމްތަކުގައި އެމީހުންނަށް ފަރުވާދޭން” އަޝްވިން އާއި ވާހަކަ ދެއްކީ އެވަގުތު ޑިޔުޓީގައި ހުރި މަލަކާއެވެ.

“މީ ކޮންތާކުން އައި ބައެއް ކަން އެނގޭތަ” އޭނާ އަތަށް ޗާރޓު ދިން މަލަކާއާއި ވާހަކަ ދައްކާލަމުން އަޝްވިން ބުނެލިއެވެ. ޗާރޓުތަކުން އެމީހުންގެ ބުލަޑް ޕުރެޝާއާއި އާއްމު މައުލޫމާތު އެގުނަސް ވެގެން އުޅޭ ގޮތެއް ބުނެފައެއް ނެތެވެ.

“މީ މިރޭ ކޯސްޓްގާރޑުން ގެނައި ބައެއް.. އެއްބައި މީހުން ސެނެހިޔާއަށް ގެންގޮސްފި.. ބަލާބަލަ އެމީހުންގެ ހަށިގަނޑަށް.. އެއްކޮށް ނޫފައިގެންފަ.. މުޅި ހަށިގަނޑުގައި އެހަރަ ފާރުތަކުން އެކަނިވެސް ކިހާ ޖަރާސީމެއް ވަންނާނެ…ދެ ލޯ ވެސް ކުޑަވެ ރަތް ކުލައަށް ބަދަލުވެފަ އެހެރީ.. ޑރ.ޝާދިޔާ ބުނި އަޑު އެހިން އެއީ މިހާރު އަލަށް ތައާރަފުވި މަސްތުވާ އެއްޗެއްގެ ސަބަބުން ވީ ކަމެކޭ” މަލަކާ އޭނާއަށް އަޑުއިވުނު ގޮތަށް ބުނެލިއެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކުރިން އެނގުނުނަމަ (ސޯޅަވަނަ ބައި)

Next

ހިތާ ފުރާނައިން.. (24)

Next
February 1, 2018

ހިތާ ފުރާނައިން.. (24)

Previews
February 1, 2018

ކުރިން އެނގުނުނަމަ (ސޯޅަވަނަ ބައި)

63 Comments!

  1. maroon says:
    February 1, 2018 at 5:01 pm

    Kudhin hithah araafaane mee hus beykaaru kanthakey. But mi haadhisaa aky v muhimmu haadhisaa eh. And give me ur opinion on this part. I have no idea on how to write a detective story but i tried my best. Give me ur opinion . They will be a
    Loves. ?lot mistakes i think ?

    1. maroon says:
      February 1, 2018 at 5:04 pm

      In sha Allah mi part ge ithuru thafseelaai eku dhevana bayakaai eku bahdhalukollaanan v avahah ?

    2. Reader says:
      February 1, 2018 at 7:19 pm

      What do you mean by varah avahah vaanetha? m???????

    3. maroon says:
      February 1, 2018 at 7:32 pm

      Not tonight . By tmrw morning 9 ge kurin ?

    4. Reader says:
      February 1, 2018 at 7:23 pm

      Mirey vaanetha*

    5. Reader says:
      February 2, 2018 at 8:41 am

      Seems like kaain will find his sis

    6. maroon says:
      February 2, 2018 at 8:58 am

      he will.. in a very unexpected way.. 🙂

  2. Shina says:
    February 1, 2018 at 5:16 pm

    Me first tha.. mi stry v nice .. stry kiyan comment nukuriyas.. stry kiyaalaafa adhi comment kohlaanan

    1. Shina says:
      February 1, 2018 at 5:44 pm

      Hithahwex naaraagotheh evee.. maroon haadha molhey masha allah stry v nice???

    2. maroon says:
      February 1, 2018 at 5:52 pm

      Shina. V ufaa vejje. I love suspense ?

  3. lym says:
    February 1, 2018 at 5:23 pm

    Sanam an guthen nahadhathi v rithi???asva sanam

    1. maroon says:
      February 1, 2018 at 5:47 pm

      Thanku dear ?

  4. Anonymous says:
    February 1, 2018 at 5:26 pm

    Wow v nyc mi part vx
    ..hmmm…detective…interesting…

    1. maroon says:
      February 1, 2018 at 5:47 pm

      Yh trying something different . Thanku dear ?

  5. Shudha says:
    February 1, 2018 at 5:40 pm

    oh no dont tell me he’s dying?… he is brave inge… a true soldier of my dreams?… hehe.. ashwa v v v dhera vaane… dont let him die… thi genai twist in ibratheh haasil vaane kamah.. ummeed kuran… Masha Allah.. hats off maroon… thivareh nei… just let ashwa confess her love for shanum… thanku my dear for bringing shanum ge job part… loveeeesss❤?❤?

    1. maroon says:
      February 1, 2018 at 5:50 pm

      Hey. I was waiting for your comment. Neyge hama liyuny v v visnaafa mibai. Ehenve lasvyves miadhu. Ashwa ufaa kohdheynan in sha Allah
      I surely respect mndf officers. This is just my imagination. I dnt know how much trouble they go through to keep us safe.
      Loves ❤?❤ mndf ge idea ah hama v shukuru ❤

  6. Zaaraa says:
    February 1, 2018 at 5:42 pm

    Kommevex sanum ah gotheh nuhadhaa ayrun reem a ashava maruvedhane ROI ROI?????ayrah Zara vex dherave?? story Hama super ??? kon iraku next part ? keevetha mihaaru one part up kurani ?? waiting for next part ???

    1. maroon says:
      February 1, 2018 at 5:52 pm

      Oh zara.. mihen ulhelaafa 2 parts ves gennaanan in sha Allah.
      Shanum in sha Allah will be safe ?

  7. maikko says:
    February 1, 2018 at 5:45 pm

    Varah reethi its really interesting now……waiting for the next part……lots of love

    1. maroon says:
      February 1, 2018 at 5:53 pm

      Thanku maikko ? loves from me

  8. Hairaan says:
    February 1, 2018 at 5:47 pm

    Reem ah sanum nudheythi

    1. maroon says:
      February 1, 2018 at 7:28 pm

      Hehe. ? thanku ?

  9. Zuzu says:
    February 1, 2018 at 5:49 pm

    Oh no Shanum will be alright dho maroon? Please shanum ah dheragotheh nahadhachey. Ashwa kiha dheravaane .eyrah. Anyways mi bai ves v reethi as usual maroon

    1. maroon says:
      February 1, 2018 at 7:28 pm

      In sha Allah thanku zuzu ?

  10. Pinky shifoo says:
    February 1, 2018 at 6:07 pm

    Fabulous… Mi part vx varah varah varah reethi ???.. Detective part eh dhw mee… Varah interesting ingey ??.. Dhuvaheh dhuvahakah mi Story ah shaugverikan ithuruvanee maroon… Miadhu vx varah gina faharu balaifin up vithr… I was waiting for your story ?????… Soooooo happy kiyaalan libunyma ??????… Shanum ah dhera gotheh nahadhahchey maroon ??… Keep up the good work… U doing great ??????… Curiously waiting for the next part… Loves n tc ❤️??????

    1. maroon says:
      February 1, 2018 at 7:29 pm

      Thanku pinky shifoo. Such a heart warming comment.
      In sha Allah
      Thanku loves ?❤

  11. Mal. says:
    February 1, 2018 at 6:10 pm

    Hey maroom.. mi part vx hma perfect egey.. love it..??????

    1. maroon says:
      February 1, 2018 at 7:29 pm

      Thanku mal ?

  12. Icy♡ says:
    February 1, 2018 at 6:16 pm

    Mi bai vrh reethi
    ♡☆♡☆♡☆

    1. maroon says:
      February 1, 2018 at 7:30 pm

      Thanku icy ?

  13. Mixuhan says:
    February 1, 2018 at 6:23 pm

    Alhey varah heenukuraa gotheii e v ..haadha interesting ey..❤️nice story..dhn vaane gotheii balan keii madhu vehje….avahah upkh dhehchey

    1. maroon says:
      February 1, 2018 at 7:30 pm

      Thanku mixuhan ?

  14. Unkown says:
    February 1, 2018 at 6:52 pm

    V rythi when next part

  15. Eysha says:
    February 1, 2018 at 6:57 pm

    V v nice. Aneh part in ingeyne dho ashwa kan shanum hithuga othy bodu dhaithaya?❤️❤️❤️ Heyaramun ashwa ge name kiyaani

    1. maroon says:
      February 1, 2018 at 7:30 pm

      Haha nice idea ? thanku eysha

  16. Maa says:
    February 1, 2018 at 7:16 pm

    Aaaah…. kon kahala twisteh….. btw vvvvv intereting ingey…..plzzzz one more part tonite…ingey…..tc

    1. maroon says:
      February 1, 2018 at 7:31 pm

      Hate twists??
      Cnt promise but will try my best. In sha Allah emme lasvegen maadhama hedhunu ngey ?

    2. Maa says:
      February 1, 2018 at 10:13 pm

      Noooooney…… hama vvvvv surprising twisteh… love you maroon

    3. maroon says:
      February 1, 2018 at 11:42 pm

      Hehe. Kiyuntherin khiyaalu muhimmu vyma haaly. Much love maa ?

  17. Reader says:
    February 1, 2018 at 7:21 pm

    Hih bunany mithanun kaain and hind ge dhiriulhumaa v bodu gulhumeh veyey

    1. maroon says:
      February 1, 2018 at 11:44 pm

      Hey Reader. Thts 50% true ??

  18. Lumm says:
    February 1, 2018 at 8:08 pm

    Raavaafai huri noon kiyaanee.. its raanaafai huri… Story varah nice….

    1. maroon says:
      February 1, 2018 at 11:27 pm

      Oh. Thanku ragalhu kohdhineema.
      ?

  19. fajuah says:
    February 1, 2018 at 8:09 pm

    Pls avahah up kohdachey.????Nice vvinthizaarkuravey

    1. maroon says:
      February 1, 2018 at 11:28 pm

      Thanku dear ?

  20. Zuam says:
    February 1, 2018 at 8:10 pm

    Wow… varah varah reethi
    Waiting
    ❤❤❤

    1. maroon says:
      February 1, 2018 at 11:28 pm

      Thanku zuam?

  21. Rose says:
    February 1, 2018 at 8:11 pm

    V nice .waiting for next part

    1. maroon says:
      February 1, 2018 at 11:28 pm

      Thanku rose ?

  22. Zukko says:
    February 1, 2018 at 8:19 pm

    Hi maroon maasha allah haadha furihama vaahaka ehkey my. Plx Next part avahah up kohdhehcey dear. Can’t wait. Heheh. N dear plx ashva and shanum gulhuvabala plx haadha deravey shanum ulhey gothun. Keep it up dear. Ly ♥♥

    1. maroon says:
      February 1, 2018 at 11:29 pm

      Thanku zukko.. i cnt give 100%.
      Loves . V happy vejje comment kollythy?

  23. Ashy says:
    February 1, 2018 at 9:14 pm

    I read this story daily. But this is my first coment. U r a great writer. Feels like this incidents are happening infront of my eyes. I was so in. U r very brilliant and ur story is very unique. U have focused a lot of life issues. I think that will make readers more exciting. I am sure u have talent to write a crime story or something like that. Seems like u have reserched a lot. Knowledge is one of the most importan thing and u already have. Maasha Allaah u will be a successful writer in the future . Ur story is fabulous. If I wanted to say anything abt the story. I love both of them shanum and kaain. Both cares ashwa. And I really dnt kno whom ill choose. They both r so cute. I love aĺl the main characters. So im in the middle of shanum and kaain. Hehe. Love the way u described people. Cause I think im going to like one of those hehe. Waiting curiously for next episode. Upload as soon as possible dear. Iot of loves.
    I have a request. When u finish this story nd if u want to start a new story, please write a crime story for me if u can. ???

    1. maroon says:
      February 1, 2018 at 11:41 pm

      Oh my.. this is the most beautiful comment someone has ever given to me. I m just so happy showing all my teeths ?
      First comment nukuriyas vaahaka shaugaai eky kiyaathy shukuru.
      Second maroonge beynumaky vaahaka kiyaa kudhin mi issues thakaai medhu visnai eygen iburai haasil kurun. Like geveshi aniyaa,drugs and love between family. I personally dnt have any brothers. But include them so i can get the experience in writing. And yh i research before i put words out. Like spending days learning abt hypothyroidism… if u feel kaain and shanum both r great for ashwa tht means my goal has achieved. ❤
      Ashwa will have a great love life ?
      Lots of love from me ….
      And writing a crime story dhw… yes dear i will do my research and try my best. Much love again ??? Tc ❤
      Special thanks to shudha who helped me a lot and to u too ashy. ❤❤❤

    2. Shudha says:
      February 2, 2018 at 6:05 am

      ur welcome ur welcome… thanu for accepting my idea… loves…?❤?❤

    3. Reader says:
      February 2, 2018 at 10:21 am

      Detective ehcheh salhi vaane

  24. Shai says:
    February 1, 2018 at 9:53 pm

    Wow varah reethi

    1. maroon says:
      February 1, 2018 at 11:41 pm

      Thanku shai ?

  25. Xxxx says:
    February 1, 2018 at 10:01 pm

    V.reethi..waiting??

    1. maroon says:
      February 1, 2018 at 11:41 pm

      Thanku xxxx ?

  26. Fathimath Inaa Yaa says:
    February 2, 2018 at 9:15 am

    ????

    1. maroon says:
      February 2, 2018 at 10:21 am

      ?

  27. Aaakko❤❤ says:
    February 3, 2018 at 8:34 am

    maroo how can i contact you

    1. maroon says:
      February 3, 2018 at 10:00 am

      Contact me at [email protected]

Comments are closed.


All Right Reserved!