Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..13

Uhthoo Level 210 Stories100 Comments100 Login
February 11, 2018 5 Mins Read
44 Comments

ހަގީގަތުގައިވެސް ރީމާއަށްޓަކައި ޔަޒިން އެކޮށްދިނީ ޝުކުރު އަދާ ކުރުމަށްވުރެ ބޮޑުކަމެކެވެ. އުފަލުން ފެންކަޅިވެފައި ރީމާ އެތަނަށް ބަލަން ހުއްޓެވެ. ދުވެފައި ދިޔަގޮތަށް ރީމާ ޔަޒިންގައިގައި ބައްދައިގަތެވެ. ޔަޒިން ރީމާ އުފުއްލައިލައި އަނބުރާލިއެވެ. އުފަލުން ދެހިތްވެސް ފޮޅިފައިވިއެވެ. ވައިރޯޅިއާއެކު މަގުގައިވި ފަތްތަށްވެސް އެންބުރިގަތެވެ. އެމަންޒަރު ބަލަން ތިބި ބަޔަކު އާޝޯޚުވާހާ ފުރިހަމަ މަންޒަރެކެވެ. ފާރުމަތިން އަތްކަހާލުމުން ޔަޒިންއަށް ހޭވރިކަންވިއެވެ. އެއީ ހިޔާލެކެވެ. ރީމާ އެހެރީ އެމީހުންނާ ވާހަކަދައްކާށެވެ. ހޭލައި ހުއްޓައި ފެނުން ހުވަފެނެކެވެ. އެހެންވާނެނަމައޭ ހިތަށްއެރިއެވެ. އަދިވެސް އޭނާ ރީމާއަކަށް ލޯބިހުށަހަޅަން ނުކެރިފައި ހުރީ ކީއްވެކަމެއްނޭނގެއެވެ. ޔަޒިންގެ ސިއްރުން ފުރިގެންވާ ދެލޯ ރީމާއަށް ސިހުރެއް ހަދާ ކަހަލައެވެ…..

ރީމާވަނީ އެޖާދޫގައިޖެހި ދީވާނާވެފައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ޔަޒިން އެ ފުރިހަމަ ކޮށްދިނީ އޭނާގެ ދިރިއުޅުމުގައި ކުރަން އެންމެ ބޭނުންކަންތަކެވެ. ޔަޒިންގެ އަނދިރިފަރާތް ނޭނގުނަސް އެހިތުގައި ޔަޒިންއަށްޓަކައި ދޮރެއް ހުޅުވިއްޖެއެވެ. އޭނާއަށް ގަދަ ނުދެއްކޭވަރަށް ޔަޒިން ވަނީ ލޯބި އާލާކޮށްދީފައެވެ. ކާރުގައި އިން ރީމާ އެތަށް ފަހަރަކު ޔަޒިން އަށް ޝުކުރު އަދާކުރިއެވެ. “އަޅެ އަސްލުވެސް ޔޫ މޭޑް މީ ކްރައި….” ރީމާ އިނީ އުފަލުން ފެންކަޅިވެފައެވެ. ޔަޒިން ދިޔައީ އަޔާޒުމެން ގެއަށެވެ. އެގަޑިއަކީ އަޔާޒު ގޭގައި ނޫޅޭނެ ގަޑިއެއްކަން ރީމާދަނެއެވެ. އެހާދިސާއަށް ފަހު މުޅިންވެސް ކޮޓަރިތެރޭ އުޅޭ އަޔާޒު ބޭރަށް ނުކުންނާނީ އިރުއޮއްސޭ މަންޒަރުބެލުމަށެވެ. ވައިޖައްސާލައި ހިތްހަމަ ޖައްސާލުމަށެވެ. އޭނާގެ ވިސްނުމަށް އެއްކަމެއް ނަޔަސް ހިތުގައި އެކި އިހުސާސްތައްވެއެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ ހިތުން ބައެއް އުންޏެއް ނުވޭ ވިއްޔާއެވެ. އުނިވިކަމެއް އުނިވީ ސިކުނޑިން ވިއްޔާއެވެ. އެހިތުގައިވި ހުރިހައި ލޯތްބެއް ހަމަ ތާޒާކަންމަތީ ވެއެވެ.

އޭރު މުހިންމު ފައިލްތަކެއް ހިފައިގެން އަހުނަފާ ހަވާލްކުރަން ހަނާއައިސް އުޅޭކަމެއް ރީމާއަކަށް ނޭނގެއެވެ. ރީމާ ގޮސްވަނީ ބަދިގެއަށެވެ. ޔަޒިން ބަދިގެއަށް ވަންތަނުން އޭނާގެ ފޯން ރިންގްވެ ބޭރަށް ނުކުމެގެން ގޮއްސިއެވެ. އިރުއޮއްސި އަނދިރިވާންފެށުމުން ހަނާ ގެއަށްދިއުމަށް ނުކުތެވެ. އަހުނަފްގެ ކޮޓަރިން ނުކުމެގެން އައި ހަނާއަކަށްވެސް ބަދިގޭގައި ރީމާ އުޅޭކަމެއް ނޭނގެއެވެ. ހަނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ޔަޒިން ބުނެލި ޖުމްލަ ކަންފަތުގައި ޖެހުމުންނެވެ.

ދެލޯ ބޮޑުކޮށްލަމުން ހަނާ އިސް އުފުލާލިއިރު ޔަޒިން ހުރީ ފޯނެއްގައެވެ. ހަނާއަށް ފުރަގަސްދީގެން ހުރި ޔަޒިންއަކަށް އެކަމެއް ނޭނގެއެވެ. “ކައެ ބަލާބަ އޭތި…މަ އިންނާނީ މިހާރު ޕްރޮޕަރޓީ ދަމާލެވޭހެން ހުރިހައި ލިޔެކިޔުމެއް ތައްޔާރު ކޮށްފަ..ކަލޯ އޭގެ އެއްކަމެއްވެސް ނެތް….އޭނަގެ މެމޮރީ ކާލައިފިން މަ…އެ** ހީކުރަނީ މަމީ އަލިފެއްކަމަށް … އޭނަގެ ލޯބިވެރިޔާ މަދެކެ ހޭބަލިވެފަ…މަމީ ކާކުކަމެއްވެސް އެންމެ ކުޑަމިނުން އިގެނީއެއް ނޫން…ކަލޯ މަށަށް މިކަންތައް ކޮށްލަދޭތި…އިނގޭ ވަރަށް ވެދުންދެން…………” ފޯން ކަނޑާލަމުން އަނެއްކޮޅަށް އެނބުރުން ޔަޒިން ސިހިގެން ދިޔައީ ދެލޯ ހަނިކޮށްގެން ހުރި ހަނާ ފެނުމުންނެވެ. “ކަލޭ…..ތީކާކު؟………އަހަރެން ކަލޭގެ ވާހަކަ ކޫގެ ކައިރި ބުނާނަން…ކަލޭ ތިއުޅެނީ އަހަރެންގެ އާއިލާ ބަނގުރޫޓް ކޮށްލަންތަ؟……….ތިކަމެއް ކަލެއަކަށް ލާހިކެއްނޫން ކުރާކަށް… އަހަރެން މިދަނީ ކަލޭގެ ހުރިހައި ހަގީގަތެއް އެންމެން ކައިރީ ބުނަން…….” އިންޒާރެއް ދެމުން ހަނާ ޝަހާދަތް އިނގިލި ޔަޒިންއަށް ދިއްކޮށްލިއެވެ. އަދި ނުކުމެގެން ދިޔައެވެ. ހަނާ ހީކުރީ ރީމާވީ ގޭގައި ކަމަށެވެ. ދޮރާށިން ނުކުމެގެން ދިޔަ ހަނާއަށް ބަލަން ހުރި ޔަޒިންގެ މޫނުން ހާސްކަން ފާޅުވީ ހިނދުކޮޅަކަށެވެ. “ހެހެހެ….މަންޖެ ހީކުރާގޮތްދޯ…..؟….ކަލެއަށް ގެޔާހަމައަށްވެސް ދެވިގެންނެއްނު އަދި ބުނެވޭނީ….” ޖީބަށް އަތްޖަހައިގެންހުރެ އަޔާޒު ނުލަފާހިންޏެއް ތުންފަތަށް ވެރިކޮށްލިއެވެ.އޭނާ ހުރީހަމަޖެހިލައިގެންނެވެ.

ކޮފީހަދަން ހުރި ރީމާއަށް ގޮވާ އެބައަންނަމޭ ބުނެ ކާރަށް އަރައިގެން ބާރުސްޕީޑްގައި ދުއްވާލިއެވެ. އެ ވިހަ ހިނިތުންވުން އަދިވެސް އެ ތުންފަތުގައިވިއެވެ. ބާރުފިޔަވަޅުތަކެއްގައި ހިނގަމުންދިޔަ ހަނާ ހުރީ މާނޭވާލެވިފައެވެ. ކުރިންވެސް ޔަޒިން އެއީ ފާޑެއްގެ މީހެއްކަން އޭނާއަށް އިނގެއެވެ. އެހިތްހެޔޮކަމުގެ ފަހަތުގައި ނުބައިބައި ކުޅެން ހުރެދާނެކަން އޭނާއަށް އިނގެއެވެ. މަޑަކުން ހުންނާކަށް ހަނާ ބޭނުމެއް ނުވެއެވެ. އޭނާގެ ލޯބިވާ ދައްތަގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓޭ މަންޒަރު ބަލަން ދެއަތް އުރައިލައިގެން އޭނާ ހުރެދާނެ ހެއްޔެވެ؟ އޭނާއަށް ޔަގީންވި އަނެއްކަމަކީ އަޔާޒުގެ އެކްސިޑެންޓް އެއީވެސް ޔަޒިން ކުރި ކަމެއް ކަމެވެ. ފިލްމަކުންވެސް ހަނާއަށް އެފަދަ ވިލަންއެއް ފެނިފައެއްނުވެއެވެ.މީހަކު ފެންނަން ނެތް އެ މަގަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ހަނާ ހިނގުން ކުރިއަށްވުރެވެސް ބާރުކޮށްލިއެވެ. އަހުނަފްގެ ކޯލެއް އައެވެ. ޝުކުރުކުރަމުން ހަނާ ފޯންނަގައި ކަންފަތުގައި ޖެއްސެވެ. “ހަ ހަލޯ…އަހޫ..ވަރަށް….” ހަނާއަކަށް އިތުރަށް ފިޔަވަޅެއް ނޭޅުނެވެ. އިތުރު ބަހެއްވެސް ބުނެވޭ ގޮތެއް ނުވިއެވެ. ފަހަތުން ބާރު ސްޕީޑުގައި އައި ކާރުން ހަނާއަކަށް ރެކިއެއްވެސް ނުގަނެވުނެވެ. ކޯލްގައި ހުރި އަހުނަފްގެ ކަންފަތުގައި ހަނާގެ ތޫލި ހަޅޭކުގެ އަޑު ޖެހުނެވެ. ސިއްސައިގެން ގޮސް އަހުނަފަށްވެސް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ.

ޖެހިގެން ހުރި ގޯޅިން ގެއަށްދާން އައި އަޔާޒަށް އެ އެކްސިޑެންޓް ރީއްޗަށް ފެނުނެވެ. ބާރު ސްޕީޑްގައި އައި ކާރު ހަނާގައިގައި ޖެހުނު ގޮތެވެ. ކާރުމަތިން ފުރޮޅެމުން ހަނާ އައިސް ވެއްޓުން ތަނެވެ.މުޅި އެތަން ލެއިން ކޯރުހެދިގެން ދިޔަތަނެވެ. ހަނާގެ އަތުގައިވި ފޯނުން އަހުނަފް ހަނާއަށް ގޮވާއަޑު އިވުނެވެ. ހަނާގެ ޚަބަރު ހުސްވިއެވެ. އަހުނަފް ފޯން ލޮކޭޝަން ބަލަމުން ކާރަށް އަރައި ދުއްވާލިއެވެ. ޞުބުޙާނަﷲ އޭ ބުނެވުނު ބާރުގައި އަޔާޒަށް ބޮލުގައި އަތް އަޅައިލެވުނެވެ. ދުނިޔެ އެނބުރެންފެށިހެން ހީވި އަޔާޒުގެ ހުރިހައި ހަނދާންތަކެއް އެ ސިކުނޑިއަށް ރުޖޫޢަވެ ހޭހުސްވެގެން އެތަނަށް ކަނޑާލި ރުކެއްހެން ވެއްޓުނެވެ. ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އަހުނަފްގެ ކާރުއައިސް އެތަނަށް މަޑުކުރިއެވެ. ހާސްވެފައިހުރި އަހުނަފް ހުރީ ރޮވިފައެވެ. “ހަނާ….ލޯހުޅުވަބަލަ…” އަހުނަފް ހަނާ ނަގައިގެން ހޮސްޕިޓަލަށް ދިޔައެވެ. ކާރު ދުއްވާލިއިރުވެސް އަހުނަފަށް އެމަގުގެ އަނެއްފަރާތުގައި ވެއްޓިފައި އޮތް އަޔާޒެއް ނުފެނެއެވެ. އަހުނަފްގެ އަޅިކުލައިގެ ޓީޝާޓްވަނީ ލެއިން ކަޅިވެފައެވެ. ހަނާއަށް އެމަރޖެންސީގައި ފަރުވާދެވެން ފެށުނެވެ. ހޮސްޕިޓަލަށް އައި ފާތުމައާ ފިރާގަށްވެސް ވެގެން އުޅޭ ގޮތްކިޔައިދިނީ އަހުނަފެވެ. ފާތުމަ ދެތިންފަހަރަކަށް ރީމާއަށް ގުޅިއެވެ. އެހެންޏާ  ގުޅާއިރަށް ފޯންނަގާ ރީމާ މިރޭ ފޯނެއް ނުނަގައެވެ.

ބަދިގޭގައި ކޮފީގިރަން އުޅުން ރީމާސިހިގެން ދިޔައީ ޔަޒިން ފަހަތުން އައިސް ގޮވާލުމުންނެވެ. މަޑުމަޑުން ރީމާ ހީލިއެވެ. ފުރަގަސް ދީގެން ހުރި ރީމާގެ ފޯން އޮތީ މޭޒުމަތީގައެވެ. ޔަޒިން އިނގިލިން އޭގެ ސްކްރީންގައި ކޮށްލި ކުޑަކުޑަ ހަރަކާތަކުން ފޯން ސައިލެންޓް ކޮށްލިއެވެ. އޭނާއަށް ޔަގީނެވެ. ރީމާއަށް އެމީހުން ގުޅާނެކަމެވެ. އެކަމް މީން އެއްވެސް ކަމެއް ރީމާފަކީރަކަށް ރޭކާވެސް ނުލައެވެ. އަޔާޒަށް ހޭވެރިކަންވީ 15ވަރަކަށް މިނެޓް ފަހުންނެވެ. ބޮލުގައި ރިހުމެއް ހުއްޓަސް އެހިތުގައިވި ހުރިހައި ސުވާލަކަށް އޭނާގެ ސިކުނޑި ޖަވާބުދީފިއެވެ. ﷲއަށް ޝުކުރު އަދާކުރަމުން ތެދުވިއެވެ. ދެވަނަ ސިކުންތުގައި ހަނާގެ އެކްސިޑެންޓް ހަނދާންވުމުން ދެރަވެސް ވިއެވެ. ފޯން ބަލައިލުމުން ހައިރާންވީ 2020/4/2މިހެން އިން ތާރީޚްފެނިއެވެ. އެހެންކަމުން ކޯމާގައި އޭނާ ދެއަހަރު ހޭދަކުރެވުންކަން ހިތަށް އެރުމުން ދެރަވިއެވެ. ރީމާގެ ޙާލެއް ބަލަން ދާން އެ ހިތް އެދުނެވެ. ރީމާ ހާދަދެރައެއްވާނެވެ. އެ ހިތުގައި ހާދަ ޝަކުވާއެއްވާނެއެވެ. އެހެންތަގުދީރުގައި ލިޔެވިފައިވީ ކީއްވެބާއެވެ. ކޮށްކޮ މަރުގެ އަނދަވަޅަށް ވެއްޓިފައި އޮއްވައިވެސް އެ ހިތް އެދުނީ ލޮތްބައްޓަކައި ފެންބޮވައިގަނެފައި ވުމުން ރީމާދެކިލަން ދާށެވެ. އެމޭގައި ރީމާ ފޮރުވާލާށެވެ. އޭނާއަށް ޔަގީނެވެ. ރީމާ ހުންނާނީ އޭނާގެ އިންތިޒާރުގައެވެ. ރީމާމެންގެއަށް ދާން ހިނގައިގަންނަމުން ކުއްލިއަކަށް ފޯން ނަގައި ބަލާލީ ރީމާ އަބަދުވެސް ހުންނާނީ ފޯން ލޮކޭޝަން އޮންކޮށްފައެވެ. ހައިރާންވީ ރީމާވަނީ އަޔާޒުމެންގޭގައި ކަން އެނގުމުންނެވެ. ހިތާހިތާ އެގޭގައި ރީމާ ކުރަނީ ކީއްބާއޭ ސުވާލުކުރަމުން އަޔާޒު ގެއަށް ދިޔައެވެ. ދޮރާށިން ވަދެގެން ދިޔަ އަޔާޒަށް އިވުނީ ރީމާގެ ހުނުމުގެ އަޑެވެ. އަނެއްކާރީމާއަށް ކިހިނެތްވީބާއޭ ހިތަށް އެރިއެވެ. ބޭރުން ހިނގަމުން ބަދިގެ ފަރާތަށް ދިޔަ އަޔާޒުގެ އަތުގައިވި ފޯން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.ފެނުން މަންޒަރު ގަބޫލުވެސް ނުކުރެވިފައި ބަލަން ހިދުކޮޅަލު ހުރެވުނެވެ. އެއީ ހަމަ ރީމާހެއްޔެވެ؟ ފުރަގަސްދީގެން އިށީންދެގެން އެއިނީ ޔަޒިންކަމާމެދު އަޔާޒު ޝައްކެއް ނުކުރެއެވެ. އޭނާގެ ބައްޕަ ޔަޒިންގެ ވާހަކަ އޭނާކައިރިން ބުނެފައިވެއެވެ. ޔަޒިން އަތުގައިވި މަލުން ރީމާގެ މޫނުގައި ފިރުމަމުން ދިޔަ މަންޒަރުން އަޔާޒުގެ ހިތް ޒަޙަމްވެ ލޭކޮށުނެވެ. ދުވަހަކުވެސް އޭނާ ރީމާއަކަށް ޝައްކުކޮށްފައެއްނުވެއެވެ. މަޑުމަޑުން ހިނގަމުންގޮސް އަޔާޒަށް މަޑުކޮށްލެވުނީ ގޮނޑުދޮށުގައެވެ. އަޔާޒުގެ ހިތަށް ތޫނު ހަންޖަރެއް ހެރިފައިވީ ފަދައެވެ.

މުޅި ދުނިޔެ ބޭވަފާތެރިވިޔަސް ރީމާ އޭނަޔަށް ބޭވަފާތެރިވެދާނެކަމަކަށް އޭނަ ހުވަފެނަކުންވެސް ދެކެފައެއްނުވެއެވެ. ލޯބިވާ ބީވުމުން އަޔާޒުގެ ހިތުގައި ހާދަ ރިއްސައިފިއެވެ. އަންހެނެއްފަދައިން ރޮވިފައި އަޔާޒަށް އިނދެވުނެވެ. ކަނުއަނދިރިކަން ވަށާލެވިފައިވި އެ ހަޔާތަށް އަލިކަމެއް ގެނެސް ދިނީ ރީމާއެވެ. ޅަފަތުގައި މަންމަ ނިޔާވުމުން އަޔާޒު ބަލަމުންއައީ ފާތުމަކަމުން ރީމާ އާ އޭރުއްސުރެ ގާތް ގުޅުމެއް އުފެދުނެވެ. އެ ގުޅުން ރީމާ ހަނދާން ނެތިވުމުން ހާދަ ދެރައެވެ. ހިތްހަލާކުވެފައި އަޔާޒު ވިސްނަން އިނެވެ……… *މާޒީވި ޅަފަތުގެ ފުންހަނދާންތައް……ހިތުތެރޭ އާލާވެޔޭ….ލޯބީގެ ހުޅުކޮޅުދިއްލެމުންނިވެމުން…….މަގޭ ހިތުގައި ދެޔޭ…….. ތިޔަ ލޯބި ހިތުގައި ވަންހަނާ….ކުރުމަށް މަށަށް މަޖުބޫރުވޭ……..ތިޔަ ސޫރަ އެހެނަސް ދާއިމަށް މިހިތުގެ ތެރޭ ވެ ކުރެހިފައި…. ތިޔަ ލޯބި ޙާސިލް ވުންމަގޭ ތަގްދީރުގައި…..ދުވަހަކު  ނެތަސް…….ހިޔަހާސްފަށުން އެހެނަސް ކަލާދެކެ ލޯބިވޭ ބުނެވެން ނެތަސް…..ހަމަ އެންމެ ފަހަރަކުވެސް ކަލާ….ބުނެދޭށެ ލޯބިވަމޭ ދުލުން… ރިޙުމާ ހިތުގެ ވޭންތައް ފިލާ…ލިބިދާނެޔޭ އޭރުން ޝިފާ….ލޮތްބައްޓަކާ…..ހިތްއެދި ރުޔަސް…ލޯބިންވަނީ މަޙުރޫމްވެފައި…..އެހެނަސް ބުނަން ލޮތްބައްޓަކައި…. ގުރުބާންވުމީ މިހިތުގެ އުފާ….މިޙަޔާތުގައި ހިނިތުންވުމާ….ރުއިމާއިމިވަނީ އެކުވެފައި…އުފަލާ ހިތާމަތަކުންވަނީ …ދިރިއުޅުމުގައި ކުލަ ޖެއްސިފައި…………………………ދެންކުރާނީ ފަހެ ކޮންކަމެއްހެއްޔެވެ؟ ލޯބީގައި އަޔާޒު ނާކާމިޔާބުވެއްޖެއެވެ. ބޭބެގެ އެ ގުޅުމަށް އޭނައަށް ނުރުހެވޭނެ ހެއްޔެވެ؟ ލޮލުން ފެނުނަސް ދެން އޭނަ ޖެހޭނީ ކަނުމީހެއްހެން ހުންނާށެވެ. ކަންފަތަށް އަޑު ބީރުވެގެން ހުންނާށެވެ. ކެތްކޮށްގެން ހުންނާށެވެ. އެލޯބި ހިތުގައި ކަފުންކޮށް ވަޅުލަން އޭނަ މަސައްކަތް ކުރާނެއެވެ. އެ ހިޔާލްތަކުން ބޯ ބަރުވެފައި ހުރެ އެނބުރި ގެޔަށްދާން ހިނގައިގަތް އަޔާޒަށް ކާރަށް އެރި ރީމާއާ ޔަޒިން ފެނުނެވެ. ހީވާގޮތުން އެމީހުން އެދިޔައީ ހޮސްޕިޓަލަށްދާށެވެ. ދިރުމެއްނެތް މޫޑަކާއެކު އަޔާޒު ގޭތެރެއަށް ވަދެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. އޭނާގެ ހަނދާންތައް އައި ވާހަކަ ސިއްރުކުރަން އޭނާ ނިންމިއެވެ. ޔަޒިންއަށް ރީމާ ހިނިތުންވެލި އެ މަންޒަރު ސިފަވުމުން އަތްމުށްކަވާލެވުނެވެ.

ހަނާގެ ހާލް ބަލަން ދާން އެ ހިތް އެދި ގޮވިޔަސް ދާން ބޭނުން ނުވީ ރީމާ ފެންނާނެތީއެވެ. އަދި އޭނާގެ ހަނދާންތައް އައިކަން އެނގިދާނެތީއެވެ. އަހުނަފް ހުރީ އަވަސްފަރުވާދޭ ކޮޓަރީގެ ކުރިމަތީގައެވެ. އެންމެންވެސް އެތަނަށް އައިސް ތިއްބެވެ. މަދުވީ ހަމައެކަނި އަޔާޒެވެ. ރޯލަރޯލަ އިން ފާތުމަގެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. އޭނާގެ ކުދިންނަށް މިދިމާވަނީ ކާކުގެ ހަސަދައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ގަބުވެފައި ހުރި އަހުނަފް މަޑުމަޑުން އެއްކައިރިވެ ހަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރިއެވެ. އޭނާ ހިތް ރޮމުންދިޔައީ އޮބިނޯންނަވަރަށެވެ. އެރެއަކީ އޭނާ ހަނާއަށް ލޯބިހުށައަޅަން ޑިނާރ އަކަށް ދައުވަތު ދޭން އުޅުނު ރެއެވެ. އަހުނަފް އެގަޑީ ހަނާއަށް ގުޅީ އެވާހަކަ ބުނާށެވެ. ކަންތައްވީ ދިމާ އިދިކޮޅަށެވެ.އަހުނަފް އަޔާޒުމަތިން ވަރަށް ހަނދާންވިއެވެ. އަޔާޒަކީ އޭނާ  ބޮޑު ހިތާމައެއް ލިބޭއިރަށް ބުރަކަށީގައި ފިރުމައިދޭން ހުންނަ އޯގާތެރިޔާއެވެ. “ހަނާ އެހައި އަވަހަށް އަހަރެން ދޫކޮށް ނުދައްޗޭ…. އަހަރެން ވަރަށް ލޯބިވަން ހަނާ….ހަނާ ނެތިއްޔާ އޮފީހުގައިވެސް ވަރަށް ބުރަވާނެ…ޕްލީސް ގެޓް ވެލް ސޫން…” ތަނބުގައި ލެނގިލަމުން ހިތާހިތާ އަހުނަފް ވާހަކަ ދެއްކިއެވެ. ހިތާމައިގެ ކަނޑަކަށް އެންމެންހެން ފެތިފައި ވެއެވެ. ނަމަވެސް އުފަލުން ފޮޅިފައިވި ހިތެއް އެތަނުގައި އެމީހުންނަށް ނޭނގިވިޔަސް ވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ހިތާ ފުރާނައިން… (36)

Next

ތިޔަ އަސަރު 30

Next
February 11, 2018

ތިޔަ އަސަރު 30

Previews
February 11, 2018

ހިތާ ފުރާނައިން… (36)

44 Comments!

  1. Beauty?? says:
    February 11, 2018 at 3:50 pm

    Me first thuhoo

    1. thuhoo says:
      February 11, 2018 at 4:07 pm

      Own…yeah… Lot’s of love.. beauty ❤️❤️? varah dhera dhw dhn miveegoih

  2. maan says:
    February 11, 2018 at 4:04 pm

    . V intresting vaahakaeh love it please new part up kohlacchey v avaha cant wait for next part well done keep it up ???

  3. maan says:
    February 11, 2018 at 4:09 pm

    V intresting

    1. thuhoo says:
      February 11, 2018 at 4:24 pm

      Thanks dear ?

  4. aish says:
    February 11, 2018 at 4:19 pm

    Wow . . . . vrh reethi mi wrhaka . . . . sifa kohdhyfa hurileh vrh furihama?❤?

    1. thuhoo says:
      February 11, 2018 at 4:26 pm

      Thanks aish❤️❤️

  5. aish says:
    February 11, 2018 at 4:21 pm

    Thuhoo when is next part ???

    1. thuhoo says:
      February 11, 2018 at 4:28 pm

      Next part on tonight maybe…or tomorrow inshallah ❤️?

  6. Beauty?? says:
    February 11, 2018 at 4:29 pm

    E yazin gandaa reemaa nugulhuvaathi ayaz and reemaa plxx dear thuhoo ly dear sissy

    1. thuhoo says:
      February 11, 2018 at 4:40 pm

      Haha.. dhw.. dhn neynge vaagotheh

  7. Beauty?? says:
    February 11, 2018 at 4:31 pm

    Varah dhera Dhen thuhoo, how old are you

    1. thuhoo says:
      February 11, 2018 at 4:44 pm

      Haha it’s okay.. thoo ah 19years and mee thooge first story veema kanneynge mistakes ehunnanee…?

  8. Aki says:
    February 11, 2018 at 4:33 pm

    e yazin gadah kaamiyaabu viya nudheythi

    1. thuhoo says:
      February 11, 2018 at 4:49 pm

      Hehe dhw …balamaa

  9. Beauty?? says:
    February 11, 2018 at 4:37 pm

    Mihen vx mi ahaaly heevany 10 ga ulhey kuhjeh liyaa vaahaka eh hen ،maai allah thuhoo ah vaahaka liyumugai kaamiyaabu dheh vaashi Aameen, kudhi kudhi mistake eba huri heekuran kuriah huri prt thakugai mistake nuhunnaane kamah, beauty how old are you ey eheema ehcheh hee nukurahchey beynumiyya javaabu dhinas ehme ragalhu??.

    1. thuhoo says:
      February 11, 2018 at 5:37 pm

      Aameen.. Owh…ehentha..thoo varah try kuran mistakes thah rangalhu kureveytho.. and I’m from huvadhoo veema dhivehibas mibunee male’ bas neyngidhaane but trying my best dear…. And love to your prayer for me inshallah that’s my dream being successful from stories… lol❤️❤️ beauty

  10. Beauty?? says:
    February 11, 2018 at 4:38 pm

    *Eh hen heevaathy

  11. EHLEE says:
    February 11, 2018 at 4:48 pm

    Wow v reeti mi partvaxx when next part

    1. thuhoo says:
      February 11, 2018 at 4:56 pm

      Thanks ❤️ …maybe tonight……

  12. Shaa says:
    February 11, 2018 at 5:30 pm

    V reethi Hanaa numarahchey yazinnah landeh leynvane

    1. thuhoo says:
      February 11, 2018 at 6:06 pm

      Yes.but I think yazin is also not wrong ….through his think dhn ekma vaagoih balamaa next part ga thanks shaa..❤️❤️❤️

  13. Minna says:
    February 11, 2018 at 5:41 pm

    Wow thuhoo
    Varah reethi mi part ves
    Waiting for next part
    ????

    1. thuhoo says:
      February 11, 2018 at 6:13 pm

      Thanks Minna…akah dhw comment mikohlee…

  14. Eee ram says:
    February 11, 2018 at 5:46 pm

    Nooooooooooo aya n reema gulhenyyyy but woww this stry is just perfect

    1. thuhoo says:
      February 11, 2018 at 6:24 pm

      Thanks Eee ram ❤️ yeah asluves dhw.. thoo ah ves but reema just started loving him and dhn neynge dhw vaane goih balamaa..

  15. Pinky shifoo says:
    February 11, 2018 at 5:58 pm

    Wow… Mi part vx v v v reethi.. ??… It’s really very nice… I hate that yazin ????… V foohivey mi yazin dheke ??.. Alhey plxxxxx yazin ge hageegai falhaa aruvaalaa thuhoo… Now onwards I m waiting for that moment… Anyways story kuriah dhaa goi v v reethi.. Keep up the good work thuhoo ??… Curiously waiting for the next part ?????

    1. thuhoo says:
      February 12, 2018 at 8:59 am

      owh..shifoo…<3 varah wait kurin thi comment ahnan dhen asluves happy to see your comment darlin… don't hate yazin a lot.. hehe btw thanks for the lovely comment…??

  16. Beauty?? says:
    February 11, 2018 at 6:07 pm

    Huvadhoo ehen viyya beauty ah ok thoo sissy ah ingey gothah liyunas beauty Dhen ehen kiyaafa shakuvaa eh nukuraanan

    1. thuhoo says:
      February 11, 2018 at 6:28 pm

      Hehehehe ?? u r lovely beauty ❤️? thanks…hihi

  17. Maya says:
    February 11, 2018 at 6:17 pm

    Heyy.. Thuhoo reema and yazin nugulhuvaathi and hana ah dhera gotheh nuhadhaathi ahnaf loves her a lot.. Story hama awesome vvv reeethi…. ?????

    1. thuhoo says:
      February 11, 2018 at 6:37 pm

      Yes. Dhw um so impressed he called her to propose her…dhw…but haadha dhera ey dhw…. yazin ah kihineh baa dhw vaani.. dhn see dhw…

  18. Icy♡ says:
    February 11, 2018 at 6:24 pm

    Wow thuhoo
    Vrh reethi
    Alhey hana ah dhera gotheh nahadhahchey
    Curiously waiting for the next part

    1. thuhoo says:
      February 11, 2018 at 6:45 pm

      Thanks Icy ❤️✨ vaagotheh balamaa.. I missed your comment ..and ehme fahun Icy he comment miaee…?

  19. Lov says:
    February 11, 2018 at 6:59 pm

    Yaxin vara foohi

    1. thuhoo says:
      February 11, 2018 at 8:03 pm

      Hehe ehn?

  20. Lov says:
    February 11, 2018 at 7:02 pm

    Yazin ah molhulibigen nuvaane plz plz???

  21. Anonymous says:
    February 11, 2018 at 8:27 pm

    Maa bodah lavaige baithah aisfa huryma kamakunudhey… Thankolheh lavakuru kurehvun edhen.

    1. thuhoo says:
      February 12, 2018 at 8:52 am

      okay thankson next part..

  22. Sis says:
    February 11, 2018 at 8:31 pm

    Thankolheh lava dhiguvany.. kudakoh kurukohladhiniyya v furihama vaane.

  23. minna says:
    February 11, 2018 at 11:41 pm

    thuhoo dhn kniraku next part. very nice. i love itt… ❤❤❤???

    1. thuhoo says:
      February 11, 2018 at 11:58 pm

      sorry minna…Mirey ninmey gotheh nuvi… sure maadhan 12 ge kurin veythw balaanan? thanks loves..❤️ for all those support guys…tc Minna❤️❤️

  24. ishnash says:
    February 12, 2018 at 1:09 pm

    Thuhoo plx yazin r ryma r nugulhuvahche adhi yazin ah kaamiyaabu viya vx nudhehche yazin haadha goahey BTW vvvv rythi mi part vxx curious to know wat will happen next good luck dear

    1. thuhoo says:
      February 13, 2018 at 9:15 am

      Thanks Nash…. Yazin and reemaa dhw… Hehe

Comments are closed.

Next Episodeލޯބިއެހެނަސް..14←


All Right Reserved!