އެކުށުގެ ސަޒާ
އަހަންނަކީ ޅ.ނައިފަރަށް އުފަން މީހެކެވެ. ނަމަކީ ޝާނާއެވެ. އާއިލާގަ ހުރީ މަންމައެއް އެކަންޏެވެ. އަހަންނަކީ އެމަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ އަކީ ރަށު ހޮސްޕިޓަލުގަ މަސައްކަތް ކުރާ މަސައްކަތު މީހެކެވެ. ދެލޮލުގެ ނޫރުފަދައިން އަހަރެން ބަލާބޮޑުކުރީ ލިބޭ ކުޑަލާރިކޮޅުން އަހަންނަށް ބޭނުންވި ހުރިހާ އެއްޗެއް ހޯދަމުން ކިޔަވައިދެމުންނެވެ. އަހަރެންގެ އުމުރުން ދެއަހަރުގަ ދިމާވި އެކްސިޑެންޓެއްގައި ބައްޕަ އަހަރުމެންނާ އަބަދަށް ވަކިވެގެން ދިޔައީ އަހަރެންގެ ދިރިއުޅުން ފުރިހަމަ ކޮއްދިނުމަށް އެދި މަންމައަށް ވަޞިއްޔަތް ކޮއްފައެވެ. މަންމަ ބައްޕައަށްވީ ވަޢުދު މަންމަ ފުރިހަމަ ކުރަމުން ދިޔައީ މަންމަގެ މިދަރިފުޅަކީކިޔަވައިގެން މޮޅު މީހަކަށް ވުމަށްއެދި ދުޢާ ކުރާހާލުއެވެ. އެހެނަސް އެ މަންމަވީ ޤުރުބާނީގެ އަގުވަޒަން އަހަންނަށް ނުކުރެވުނީ އަހަރެންނަށް ލޯމަރައިގެން ހުރެވުނީމަ ކަންނޭނގެއެވެ. އެހެންނަމަ، މިއަދު މިހެން ނުވީސްކަންނޭނގެއެވެ.
އެއީ މީގެ އަހަރުތަކެއްކުރިއެވެ. ސްކޫލްގެ ފަހު އަހަރުގަ ކިޔަވަމުން ދިޔަ ފުރަތަމަ ހަފްތާގައި ތ.ވޭމަންޑޫ ކުއްޖަކު އަހަރުމެން ކުލާހާ އަލައް ގުޅުނެވެ. ނަމަކީ ނީތާއެވެ. ނީތާ އިންނަނީ އަހަންނާ ޖެހިގެންއިން މޭޒުގައެވެ. ދެތިން ދުވަސް ރަހުމަތްތެރިވާން ނެގިއެވެ. ނީތާގެ ވާހަކައިން އެނގުނު ގޮތުގައި ނީތާ ސްކޫލް އަށް ބަދަލުކުރީ ނީތާގެ އުޅުން ގޯސްވެގެންނެވެ. އަދި ނީތާ ރަނގަޅުވާން ބޭނުން ވާހަކަ އާއި އަހަރެންގެ އެހީ ބޭނުން ވާހަކަ އަދި ނީތާ ދައްކާ ވާހަކަތައް އެހެން މީހަކަށް ނޭނގުމަށްވެސް އަހަރެން ގާތުން އެދުނެވެ. އަހަރެން ނީތާ އެދުނުގޮތަށް ކަންކަން ކޮއްދިނީމެވެ. ދިރިއުޅުމުގަ ފުރަތަމަ ފަހަރަށް މަންމަ އަށް ކަންކަން ސިއްރު ކުރެވެން ފެށުނީ އެހިސާބުންނެވެ. އޭރު މިފުންމާލެވެނީ ކިހާފުން ވަޅުގަނޑަކަށް ކަމެއް ނޭނގެއެވެ. އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެއަށްވުރެ ބޮޑަށް ނީތާ ހުރީ އަހަރެންގެ ބޮލަށް އެރިފައެވެ. އެރުނީއެއްނޫނެވެ. އެމަގު ތަނަވަސް ކޮށްދިނީވެސް ޙުދު އަހަންނެވެ. ކިޔެވުމުގެތެރެއިން ނީތާގެ ކަންކަން އެނގެމުން ދިޔައެވެ. ނީތާ ބޭނުންވަނީ ކިޔެވުން ދޫކޮށް ފިލައިގެން އެހެން ތަނަކަށް މިނިވަންކަމާއެކު، އުޅުމަށްދާން ކަމަށްވެސް ވަނީ ކިޔައިދީފައެވެ. ނީތާ ބޭނުންވި ގޮތަށް އަހަރެންގެ ބޭނުން ހިފަމުން ދިޔައީ އަހަންނަށް ރޭކާވެސްނުލައެވެ. އެގޮތުގައި ދުވަސްތަށް ވޭތުވަމުންގޮސް ފުރަތަމަ ސެމިސްޓާގެ ކިޔެވުންނިމި ކުޑަވަރެއްގެ ޗުއްޓީއެއް ލިބުންވެގެން ދިޔައީ ނީތާގެ މަޤްސަދު ހާސިލް ކުރަން ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. ނީތާ ބޭނުންވާގޮތަށް ކަންކުރުމަށް ހުރިހާކަމެއް ތައްޔާރުކޮއްނިންމާލާފަ އަހަރެންގާތަށް އައިސް ހުރިހާ އެއްޗެއް ކިޔައިދީފަ ތައްޔާރުވާން ބުންޏެވެ. ނީތާ އައުންވެގެންދިޔައީ އަހަރެންގެދިރިއުޅުމުގަ އާ ކުލައެއް ޖެހުންކަމުގައި އަހަންނަށް ވިސްނުނީ ކީއްވެހެއްޔެވެ؟ ކޮންމެޔަކަސް ނީތާ ބުނިގޮތައް އެރޭގެ ބާރަ ޖެހުމުން ބަނދަރަށް ނުކުތީމެވެ. ނީތާ ހުރީ އަހަރެން އައުން ލަސްވެގެން ކަންނޭނގެއެވެ. އަހަރެން ފެނުމާއެކު އައިސް އަތުގަހިފައިގެން ފަޅުގަ އޮތް ލޯންޗަކަށް އަރައިފިއެވެ. ލޯންޗުގަ ދެފިރިހެން ކުދިން ތިއްބެވެ. އަހަރުމެން އެރުމާއެކު ދުއްވަން އިންކުއްޖާ ނީތާ އަށް އެއްލޯ މަރާލުމުން ނީތާ ބޯޖަހާލުމާއެކު ލޯންޗު ފަޅުން ނުކުތުމަށް ދުއްވާލިއެވެ. ދަނީ ކޮންތާކަށް ކަން ނޭނގޭތީވެ ނީތާއާ ސުވާލު ކުރުމުންބުނީ މަންޒިލަށް ދެވުމުން ބުނާނެކަމުގައެވެ. ކުރު ދަތުރަކަށްފަހު، ލޯންޗު ރަށަކަށް ބަނދަރުކުރިއެވެ……………
12 Comments!
Comments are closed.
Nice
♡♡
Nimuneetha story..? Haadha kurey.. Hope mi waahaka kuriyah gendhaane kamah ithurah.. Nice. Waiting for de next part.
Varah kuru ekm vx stry is nyce
Varah reethi story, but varah kuru
….Story varah reethi
Mi story kuriah dhaane
???kamah unmeedhu kuran…
Hehehe Aharenge Rah varah reethi mivaahaka
Haadha kury ….but vrh nice story eh
Nimuneetha???
Varah reethi????
Keehveh tha rply nukuraneeh
sry… stry ehkoh up nukohdhevunyma. now last part kiyaaleveyne. N I’m new to this…n this is my first.. i hope rythivaane kamah.. but next tym i’ll try best.. once again sry..
Your first try was awesome
Varah reethi story eh. Mi story ge next part ah mk wait kuranee. ??