Skip to content
އެސްފިޔަ

ޒާރާ (26)

ކުރީގެ އަދަދާއި ގުޅޭ : ” ޒާރާއަށް ވަރަށް ވިސްނޭ.. އަހަރެން ވަރަށް އުފާވޭ ޒާރާ އަހަރެންގެ ހަޔާތަށް އަންނަން އުޅޭތީ.. އަހަރެން ޒާރާގެ ބައްޕަ ގެނެވޭ ގޮތެއް ހަދާނަން.. އެކަމާ ޒާރާ ހާސްނުވޭ.. ޒާރާގެ ވަލީވެރިއަކަށް ވާނީ ޒާރާގެ ބައްޕަ.. ޖަލުން ދޫކޮށްލާ މުއްދަތު ހަމަ ނުވިއަސް އެކަން ކުރެވޭނެ ގޮތްތައް އެބަހުރި.. ” ޔަޒްދާން އިތުރަށް އޮޅުންފިލުވާދިނެވެ.

” ދާން މަންމައަށް އެނގޭތަ؟ ” ޒާރާ ސުވާލުކޮށްލިއެވެ.

” މަންމައަށް އެނގޭނެ ވަރަށް ކުރިން.. މަންމައަށް އެނގޭނެ އަހަރެން ލޯބިވަނީ ޒާރާދެކެކަންވެސް.. އެކަމަކު ޒާރާގެ ހުރިހާ ވާހަކައެއް ނޭނގޭނެ.. ޖިންނީގެ ވާހަކައެއް ނުބުނަން. އޭރުން މަންމަ ބިރުގަނެފާނެ. އަހަރެން ވަރަށް ކުޑަކުޑަކޮށް ކިޔާދިނީ.. މަންމަ ބުނީ އޯކޭއޯ ޒާރާ އަހަންނާ ކައިވެނިކުރިއަސް އެއްވެސް މައްސަލައެއްނެތޯ..” ޔަޒްދާން އިތުރަށް ކިޔާދިނެވެ.

” އެހެންތަ. ދެން ކީއްވެ ވަފިއްޔާއްތަ އަހަރެން ގާތުގައި އެކަހަލަ ވާހަކައެއް ނުދައްކަނީ.. ވަފިއްޔާއްތަ އުޅޭގޮތުން ނުވެސް އެނގޭ..” ހައިރާންވެފައި އިނދެ ޒާރާ ބުނެލިއެވެ.

” އެއީ ޒާރާ ދެރަވެދާނެތީ.. މަންމަ ވަރަށް ވިސްނާނެ ޒާރާއާމެދު.. ” ޔަޒްދާން ސަބަބު ބުނެދިނެވެ.

” އެ ޖިންނި މިހާރުވެސް އާދޭތަ؟ ” ޔަޒްދާން ސުވާލުކޮށްލިއެވެ.

” ހިއެއްނުވޭ. އެކަމަކު އަހަރެން ރުޅިއަންނަ ނޫނީ ދެރަވާކަހަލަ ކަމެއް ކުރަންޏާ ބުނި އަހަންނަށް އެހީވާން އަންނާނަމޭ.. ބުނީ އެކަހަލަ ކަމެއް ވަންޏާ ޒާރާ ނުބުންޏަސް ތިމަންނައަށް އެނގޭނެއޯ.. ” ޒާރާ އެކަމާމެދު ވިސްނާލަމުން ބުނެލިއެވެ.

” ދާން އެއްކަލަ ދުވަހު އަހަރެން ގައިން ދޫކޮށްނުލިނަމަ އެޖިންނި އައީސް ކަންނޭނގެ.. ހީވި އައިހެންވެސް.. އެޖިންނިއަށް ކިޔަނީ ޒިލާލް.. ދާންއަށް ވެސް މިހާރު ހުންނާނީ ޖިންނީގެ ވާހަކަތައްވެސް ޑައިރީއިން އެނގިފައި.. އަހަރެން ނުރުހޭ ކަންތައް ކުރާއިރުން އަސްލު ޖިންނި ގާތަށް ރުޅިއަންނަނީ.. ” ޒާރާ އިތުރަށް ކިޔާދިނެވެ.

އޭރު ޔަޒްދާންއާއި ޒާރާއަށް ތިބެވުނީ އަނެއްކާވެސް ޒާރާގެ ދިރިއުޅުމުގެ ކުރީގެ ހަނދާންތަކެއްގެ ތެރެއަށް ވަދެވިފައެވެ.

*********************

” ޓައް.. ޓައް. ޓައް. ” އެޕާޓްމެންޓް ދޮރުގައި ތަޅާއަޑު އިވޭތީ ޒާރާ ސޯފާގައި އިނދެފައި ދޮރު ހުޅުވާލިއެވެ.

ދޮރުމަތީގައި ހުރީ ކުޑަވަރެއްގެ ފިރިހެންކުއްޖެކެވެ. ބަލާބެލުމަށް އުމުރުން 8 އަހަރު ފުރިފައިވާނެހެން ހީވެއެވެ.

އެކުއްޖާގެ ހަމުގެ ކުލަ ކަޅުވެފައި ލައިގެން ހުރި ހެދުން ވަރަށް ބަލެވެ. ހެދުމުގައި ކުދިކުދި ބާކޮޅުތައްވެސް ހެދިފައި ހުއްޓެވެ.

އެކުއްޖާ އަރައިގެން ހުރި ފައިވާންވެސް އެހާ ބަލެވެ. ފައިވާނުގެ އެއްކިބައިގެ ވަދު ހުރީ ކަނޑައިގެން ގޮސްފައެވެ.

” ތިއީ ކޮންކުއްޖެއް؟ ” ދުވަހަކުވެސް ނުފެންނަ ކުއްޖަކަށްވުމުން ޒާރާ އަހާލިއެވެ. އޭރު އެކުއްޖާ ހުރި ހާލަތު ފެނުމުން ޒާރާގެ ހިތްވެސް ވަނީ ހަމްދަރުދީއިން ފުރިފައެވެ.

” ފެންފޮދެއް ދީފާނަންތަ؟ މިއުޅެނީ ވަރަށް ބޮޑަށް ކަރުހިއްކައިގަނެގެން.. ” ކުޑަކޮށް ހީލެވޭތޯ މަސައްކަތްކުރަމުން އެކުއްޖާ ބުނެލިއެވެ.

ޒާރާ ގޭގެ ދެފަރާތަށް ބަލާލިއެވެ. އެވަގުތުވީ އެ އެޕާޓްމެންޓްގައި ޒާރާގެ މައިންބަފައިންވެސް ނެތް ވަގުތަކަށެވެ.

” މިކުއްޖާ އިތުރު މީހަކަށް ފެނިއްޖިއްޔާ ކަމަކު ނުދާނެ.. މިހާރު މީހަކު ބޭނުމެއްނުވާނެ މިކަހަލަ ކުއްޖަކަށް އެހީއެއް ވާކަށްވެސް.. އަދި ތިމާ އެހީނުވެދޭ ތާންގައި އެހެންމީހަކު އެހީއެއް ދޭކަށްވެސް.. ” ޒާރާ ހިތާހިތާ ކިޔާލިއެވެ.

” ވަދޭ. ފައިވާން ގެނޭ ދައްތަ އަތަށް. ވަދެފަ އެކޮޓަރިއަށް ގޮސް އިށީނދޭ. ދައްތަ ފެންތައްޓެއް އަޅައިދީގެން އެބަގެންނަން.. މަޑުކޮށްލާ.. ” ޒާރާ ބޭނުންވީ އިތުރު މީހަކަށް އެކުއްޖާ ފެނުމުގެ ކުރިން ކޮޓަރި ތެރެއަށް ވައްދާށެވެ. އެހެންމީހުން ނުރުހޭނެކަން އެނގޭތީ އެކުއްޖާގެ ފައިވާންވެސް އެޕާޓްމެންޓް ތެރޭ ނޫނީ ބޭރުގައި ބަހައްޓާކަށްވެސް ޒާރާ ބޭނުމެއްނޫނެވެ. އެފައިވާން ޒާރާ ބެހެއްޓީ ކޮޓަރިތެރޭ ހުރި ރެކެއްގައެވެ.

އެކުއްޖާވެސް ކިޔަމަންތެރިކަމާއެކު ދެފައިވާން ޒާރާގެ އަތަށް ދީފައި ކޮޓަރިއަށް ވަނެވެ. ފެންތައްޓަކާއި ފެންފުޅިއެއް ހިފައިގެން އައިސް އަވަހަށް ދޮރު ލައްޕާފައި ޒާރާ ކޮޓަރީގެ ދޮރު ތަންޑު އެޅުވިއެވެ.

” ކޮއްކޯ.. އަން ފެންތަށި.. މިއޮތީ ދައްތަ ކޮއްކޮއަށް ގެނަ އިތުރު ފެންފުޅިއެއްވެސް.. ކާއެއްޗެއްވެސް ބޭނުންތަ؟ ދައްތަ ދީފާނަން ކާއެއްޗިހިވެސް.. ކޮއްކޮ ވަރަށް ބަނޑުހައިވެފައި އިންހެންވެސް ހީވޭ.. އަންނާނަން ކޮންމެވެސް ކާއެއްޗެއް ހިފައިގެން.. ” އެކުއްޖާގެ އަތަށް ފެންތަށި ދީފައި ޒާރާ އުޅުނީ ކާއެއްޗެއް ބަލާ އަނެއްކާވެސް ކޮޓަރިން ނުކުންނާށެވެ.

އެހެންނަމަވެސް އެވަގުތު އެކުއްޖާ ޒާރާގެ އެއްއަތުގައި ހިފެހެއްޓިއެވެ. އޭރު އެކުއްޖާ އިނީ އެއްއަތުން ޒާރާ ދިން ފެންތަށި ތުނބުގައި ޖައްސައިގެން ފެންބޯށެވެ.

އެކުއްޖާ ހިފެހެއްޓުމުން ޒާރާވެސް ނިކުންނަން ނޫޅެ އެކުއްޖާ އިށީނދެއިން ގޮނޑި ގާތުގައި އިން ގޮނޑީގައި އިށީނދެލިއެވެ.

ޒާރާ އިށީނުމުންވެސް އެކުއްޖާ ޒާރާގެ އަތުން ދުލެއް ނުކޮށްލައެވެ. ޒާރާވެސް އިނީ އެއީ ކޮންތާކުން އައި ކުއްޖެއްތޯ އޮޅުންފިލުވުމުގެ ޝައުގުވެރިކަން ބޮޑުވެފައެވެ.

” ކޮއްކޮއަށް ކޮންނަމެއް ކިޔަނީ؟ ” ފެންތަށި ހުސްކޮށްލާފައި އަތަށް ދިނުމުން ޒާރާ އަހާލިއެވެ.

” ޒިލާލް ކިޔަނީ.. ” އެކުއްޖާ ޖަވާބުދިނެވެ. “ޒިލާލްއޭ؟ ކޮއްކޮގެ ނަން ހާދަ ތަފާތޭ؟ އަދި ދުވަހަކުވެސް އަޑުނާހާ ނަމެއްތީ.. އެކަމަކު ތިނަން ރީތި އިނގޭ.. ” ހުސްވެފައިވާ ފެންތަށި އެތާހުރި ކުޑަމޭޒެއް މަތީ ބަހައްޓާފައި ޒާރާ ޒިލާލްއާ ވާހަކަދެއްކިއެވެ.

” ކާއެއްޗިއްސެއް ބޭނުމެއްނޫން.. އަސްލު ފެނެއްވެސް ބޭނުމެއްނޫން.. މިއައީ ޒާރާ ގާތުގައި ވާހަކައެއް ބުނަންވެގެން.. ” އެެެެެހެންބުނެފައި އެކުއްޖާާ ޒާާާާާރާގެ އަަަަަަތުން އަތް ދޫކޮށްލިއެވެ.

” ކީކޭ؟ ޒާރާއޭ؟ ކިހިނެއް ނަން އެނގުނީ؟ ނަން  އެނގުނަސް ތިހާ ކުޑަ ކުޑަކުއްޖެއް ކިޔަންވާނީވެސް ދައްތައެއްނު؟ ” އެކުއްޖާ ދެއްކި ވާހަކައަކުން ޒާރާ އަޖައިބުވެ އަންތަރީސްވާވަރުވިއެވެ.

” އަހަރެން ކިޔާނީ ޒާރާ.. ޒާރާ ވަރަށް ކުޑައިރުއްސުރެ އަހަންނަށް ޒާރާ އިނގޭ.. ޒާރާ އަހަންނަށްވުރެ ހަގުވާނެ.. ” ޒިލާލް ބޮޑުމީހެއްހެން ވާހަކަދައްކަން ފެށިއެވެ. ” ކިހިނެއް؟ ” ޒާރާގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ.

” އެހާ އުމުރުން ކުޑަ ކުއްޖަކަށް ކިހިނެއް އަހަރެން އެނގޭނީ؟ އެބުނީ އަހަރެން އެކުއްޖާއަށްވުރެ ހަގު ވާނެއޭ.. އަނެއްކާ ފެންބޮއިފަ އެބުނީ ފެނެއްވެސް  އަސްލު ބޭނުމެއް ނޫނޭ. އަނެއްކާ ސިކުނޑީގެ މައްސަލައެއް ހުރި ކުއްޖެއްބާ؟ ” ޒާރާ ހިތާހިތާ ކިޔާލިއެވެ.

” އަހަންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން.. ސިކުނޑީގެ އުނިކަމެއް ހުރި ކުއްޖެއް ނޫން.. އަހަރެން ޒާރާ ގާތުގައި ފެންދޭށޭ ބުނީ ކޮންމެހެން ފެން ބޯހިތަކުންނެއްވެސް ނޫން.. އަހަރެން އަސްލު ފެންދޭށޭ ބުނީ.. އެއީ ޒާރާ އަހަންނަށް ދިން އެއްޗަކަށް ވާނެތީ.. ” އެވަގުތު އަނެއްކާވެސް ޒިލާލް ވާހަކަދައްކަން ފެށިއެވެ.

ޒާރާގެ ހިތުގައި އޮތް އެއްޗެއް ޒިލާލްއަށް އެނގުނީތީ އަނެއްކާވެސް ޒާރާ ހައިރާންވިއެވެ. އެހެންނަމަވެސް ޒާރާގެ ޝައުގުވެރިކަންވެސް ވަރަށް ބޮޑަށް އިތުރުވިއެވެ. އެހެންވެ ޒާރާ އިނީ ޒިލާލް ދައްކާ ވާހަކައެއް ކަނުލައި އަޑުއަހާށެވެ.

” މިހެން އިނަސް އަސްލު އަހަންނަކީ ކުޑަކުއްޖެއް ނޫން.. ޒާރާއަށް ފެންނަގޮތަށް ޒާރާ ގާތަށް އަންނަން މިހާރު މިޖެހުނީ ކެތްނުވެގެން.. ޒާރާ އުޅޭ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ.. ޒާރާ ކުޑައިރު ބޭރަށްލާ ގަޑީގައިވެސް އަހަންނަށް ޒާރާ އުޅޭގޮތް ފެނޭ.. ޒާރާ ކުޑައިރު ކުޅޭތަން ބަލަންވެސް ހުންނަން. އެކަމަކު ޒާރާއަށް ނޭނގިދާނެ.. ” އެހެން ބުނެފައި ކުޑަކުޑަ ޒިލާލް ޒާރާގެ މޫނަށް ބަލާލިއެވެ.

ޒިލާލް ބުނި އެއްޗަކުން ހައިރާންވެގެންގޮސް ޒާރާގެ ދެލޯވެސް ބޮޑުވިއެވެ. އިތުރަށް ދެން ބުނާނީ ކީކޭ ކަމެއްވެސް ޒާރާއަކަށް ނޭނގުނެވެ.

” އަހަންނަށް އިނގޭ ޒާރާ އަޖައިބުވާނެކަން.. އަހަންނަށް ހުރިހާކަމެއް އެނގުނީ ކިހިނެއްތޯ ޒާރާގެ ހިތަށް އަރާނެ.. އެހެންވީމަ އަޑުއަހާ.. ކުޑަކުއްޖެއްހެން އިނަސް އަހަންނަކީ އަސްލު އިންސާނެއްނޫން.. އަހަންނަށް ހުރިހާ ކަމެއް އެނގެނީ އެހެންވެ.. ” ޒިލާލް އެހެންބުނިއިރު އިނީ ޒާރާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ޒިލާލް ހަމަ އެހެންބުނުމާއެކު ޒާރާގެ ހިތަށް ބިރުވެރިކަން ވަދެގަތެވެ. އެހެންނަމަވެސް އެ އިންތަނުގައި ޖެހި ބުދެއްހެން އަނގައިން ނުބުނެވިފައި ޒާރާއަށް އިނދެވުނީއެވެ.

” ބިރުނުގަނޭ ޒާރާ.. އަހަރެން ޒާރާއަށް އެއްވެސް ކަމެއް ނުކުރާނަން.. ކުޑަކުއްޖަކަށްވެގެން އަހަރެން މިއައީވެސް އެހެންވެ.. ޒާރާ ބިރުގަންނަވަން ބޭނުންނުވާތީ.. އަހަރެން ކުރިންވެސް ބުނިން މިއައީ ވާހަކައެއް ބުނަންވެގެންނޭ.. އެވާހަކަ ޒާރާއަށް އެނގުން މުހިންމުވާތީ މިއައީ.. އެކަމަކު އެހަށް އެވާހަކަ ބާއްވާ.. ޒާރާ ހަނދާންވޭތަ ޒާރާ ކުޅޭއިރު ތިގެއަށް އަންނަ ކުއްޖެއް މަތިން އަހްމަދު ކިޔާނީ.. ” އެތައްވާހަކައެއް ދައްކާފައި ޒިލާލް އަހާލިއެވެ.

ޒިލާލް އެބުނާާ އަހްމަދު ކިޔާ ކުއްޖާ މަތިން ޒާރާ ހަނދާންވިއެވެ. އެއީ ޒާރާ ތަންކޮޅެއް ކުޑައިރު ވެލިކުޅެން އިންނަ ގަޑީގައި އެތަން ބަލަން އަންނަ ޒާރާގެ ކްލާހު ކުއްޖެކެވެ.

” މަންމާ.. އެއްކަލަ އަހުމަދު އައިސްފި.. ” ޒާރާ ކުޅެން އިންނަ ގަޑީގައި އަހުމަދު އައުމުން ޒާރާ ވަރަށް ބާރަށް މަންމައަށް ގޮވާލާފައި އެހެންބުނެއެވެ.

އަހުމަދު ހުންނާނީ ގޭގެ ބޭރުދޮރު ކުޑަކޮށް ހުޅުވާލައިގެން ކުޑަކޮށް އެތެރެއަށް ވަދެއެވެ. ޒާރާ މަންމައަށް ގޮވާފައި ބުންޏަސް އަހުމަދު ހުންނާނީ ހަމަ ހުރިތާއެވެ. ކުޅެން އިނދެފައި ޒާރާއަށް  ބަލާލެވިއްޖެނަމަ އަހުމަދު ހީލާނެއެވެ.

” އަހުމަދު.. ދެން ގެއަށް ދާންވީއެއްނު.. މިހާރު ކިހާ އިރެއްވެއްޖެ ތިތާ ތިހެން ހުންނަތާ.. އަހުމަދުގެ ގޭ މީހުންވެސް މިހާރު ލަސްވެގެން ހޯދާނެއެއްނު. ” ޒާރާގެ މަންމަ ދިޔާނާއަށް ބޭރުދޮރު ކައިރިއަށް އާދެވުން ދުވަހެއްގައި އަހުމަދު އެގޮތަށް ހުއްޓައި ފެނުމުން ބުނެލިއެވެ.

” ތިހާ ދާހިތްވަންޏާ ކަލޭ ދޭބަލަ.. ” ދިޔާނާއަށް ކުރި ސުވާލަށް އަހުމަދު ދިނީ އެޖަވާބެވެ. އެޖަވާބު ދީފައި އަހުމަދު ހަމަ އެހުރިތާގައި ހުރީއެވެ.

މަންމައަށް އެކަހަލަ ޖަވާބެއް ދިނީތީ ޒާރާއަށްވެސް އަހުމަދާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު އަހުމަދު ޒާރާއާ ދިމާއަށް ބަލާލާފައި ވަރަށް ބޮޑަށް ހިނިތުންވެލިއެވެ.

” މަންމައާ ދިމާއަށް އެއްޗިހި ކިޔަންޏާ އަހުމަދު ސަކަރާތް.. ކްލާސްމޭޓަކަސް އެހެން ހަދަންޏާ އަހުމަދު ދެކެ ޒާރާ ފޫހިވޭ.. ” އަހުމަދު ކަންތައް ކުރިގޮތް ފެނުމުން ކުޑަކުޑަ ޒާރާ ދެން އިތުރަށް އަހުމަދާ ދިމާއަށް ނުބަލައި ކުޅެން ފެށިއެވެ.

ޒާރާ އެންމެ ފޫހިވީ އެގޮތަށް ކަންތައް ކޮށްފައި އަހުމަދު ހިނިތުންވީމައެވެ. މަންމަގެ ކިބައިން މާފަށް ނޭދުނީމައެވެ.

އަހުމަދު ބުނި އެއްޗެއް އަޑުއިވުމުން ދިޔާނާ ވަރަށް އަޖައިބުވިއެވެ. އެކަމަކު އަހުމަދަކީ ޒާރާއާ އެއްފުރާއެއްގެ ކުޑަކުއްޖަކަށް ވާތީ ދިޔާނާ އިތުރަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންވެ އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު ދިޔާނާވެސް ބަދިގެ ފަރާތަށް ދިޔައީއެވެ. އޭރުވެސް އަހުމަދު އެތާ ހުއްޓެވެ.

އެދުވަހު އަހުމަދު ދިޔައީ އަހުމަދު ބޭނުންވަރަކަށް ޒާރާ ކުޅޭތަން ބަލަން ހުރެހުރެފައެވެ.

” މަންމާ.. ކީއްވެތަ އަހުމަދު އެހެން އެބުނީ؟” މަންމައާ ދިމާއަށް އެހެން ބުނީތީ ފަހުން ޒާރާ ދިޔާނާއާ ސުވާލުކުރިއެވެ.

” ނޭނގެ.. އަޅާނުލާ ދަރިފުޅާ.. އަހުމަދު ހުންނަތާ މާގިނައިރުވީމަ މަންމަ އެހެން މިބުނީ އަހުމަދަށް ރަނގަޅަކަށް.. އެކަމަކު ހީވަނީ އެކަމާ އަހުމަދު ރުޅިއައިހެން.. މިއަދު އެއްޗެއް ބުނެވުނަސް ދެން މަންމަވެސް އެއްޗެއް ނުބުނާނަމޭ.. އަސްލު ދަރިފުޅަށް އެނގޭތަ.. އަހުމަދު އުޅެނީ ވަރަށް ނިކަމެތިކޮށް.. އަހުމަދުގެ މަންމަ މަރުވީމާ އަހުމަދު ބައްޕަ އުޅެނީ އެހެން މީހަކާ ކައިވެނި ކޮށްގެން.. ދެން އެގޭ އެކަކުވެސް އަހުމަދަކާ މާބޮޑަށް އަޅައެއްނުލާ.. އެއީ މަންމަ އަހުމަދު ފޮނުވާލަންވެގެން ބުނި އެއްޗެއް.. އެހެންނޫނީ ސްކޫލަށްދާ ގަޑި ހަމަވާއިރުވެސް މިތާ ހުންނަންޏާ ކިހިނެއް ތައްޔާރުވެގެން ދާނީ.. އެކަމަކު ދެން އެއްޗެއް ނުބުނާނަން.. ދަރިފުޅުވެސް އެކަހަލަ އެއްޗެއް ނުބުނައްޗޭ.. ” ދިޔާނާ ޒާރާއަށް އަހުމަދުގެ ވާހަކަ އޮޅުންފިލުވައިދިނެވެ.

” މަންމާ. ދެން ކީއްވެ އަހުމަދު ވާހަކަނުދައްކަނީ.. ކުޅެންވެސް ނާންނާނެ.. ހަމަ އެތާ ބަލަން ހުންނާނީ.. ދެން ހީލާނީ.. ޒާރާ ހީކުރަނީ އަހުމަދު ކުޅެންވެސް އަންނާނެ ކަމަށް.. އެކަމަކު ނާދޭ..” ޒާރާ މަންމައަށް އަހުމަދު އުޅޭގޮތް ކިޔާދިނެވެ.

” ވެދާނެއެއްނު އެގޭ މީހުން ރުޅިއައިސްފާނެތީކަމަށް ވެސް.. މިގޭގައި އަހުމަދު ކުޅެން އިންދާ މީހަކަށް ފެނިއްޖިއްޔާ އަނެއްކާ ގޮސް އެގޭ މީހުން ގާތުގައި ބުނެފާނެއެއްނު.. ދަރިފުޅުވެސް އަހުމަދު މިގެއަށް އަންނަ ވާހަކަ ނުބުނައްޗޭ. މަންމަވެސް ނުބުނާނަން. ” ދިޔާނާއަށް ހީވާގޮތަކަށް ދިޔާނާ ބުނެލިއެވެ.

” ޒާރާއެއްވެސް ނުބުނާނަން.. ” އެހެން ބުނެފައި ޒާރާ މަންމައާ ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ.

އޭގެ ފަހުންވެސް އެކި ދުވަސްދުވަހު ޒާރާ ވެލިކުޅެން އިންނަ ގަޑީގައި އަހުމަދު އާދެއެވެ. ކުރިއެކޭވެސް އެއްފަދައިން އަހުމަދު ދަނީ ހަމަ އަހުމަދު ބޭނުންވަގުތެއް އަންނަންދެން އެތާ މަޑުކޮށްފައެވެ.

ދިޔާނާއަށް ފަހުންވެސް މިމަންޒަރުތައް ފެނެއެވެ. އެހެންނަމަވެސް ފަހުން ފަހުން ދިޔާނާވެސް އަހުމަދާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. GR

    Kiyaa name in heevanee varah reethi vaanehen

    1. Crystal
      GR

      GR kaakuge which name ?

  2. Kokko

    Haadha kurey..adhi eh part miadh pls

    1. Crystal
      Kokko

      Hehe.. it’s 1100 konmes v kah words..evarah type nukureveny

  3. chumpu

    Shaiko ah kithah aharu

    1. Crystal
      chumpu

      Chumpu .it’s a secret ? vahaakaiga thankolheh fahun annanee evaahaka..

  4. Alyss

    haadha shorty ey dhw when’s the best part
    Is zilaal and Ahmed same person.

    1. Crystal
      Alyss

      Alyss.. it’s 1100 words.. type kureveyvaraky ei.. enme dhigukohvs
      .. hehe nyge dho.. then kuriah oi part GA ingeynee egotheh.. let’s see ?

  5. Faarish

    V reethi mi part vess? but maakuryy my dear

    1. Crystal
      Faarish

      Hehe.. mee crystal ah liyevey enme dhigu koh miothy
      … 1100 sthn words.. Thankyou ☺???

  6. Hairaan

    Varah reethi. Haaha kurey

  7. Hairaan

    Varah reethi. Haadha kurey

    1. Crystal
      Hairaan

      Hehe ingey hairaan iny kiyaahithun Kan .. but mee type kohgen genesdheveytho ???Thankyou ☺

    2. Crystal
      Hairaan

      Type kohgen Hama genesdhevey varu *

  8. Pinky shifoo

    Hii crystal.. Mi part vx nice ?… I think zilaal n Ahmed is same n shaiko aeee vx jinni eh kanneynge… Heheheh.. Waiting for next part..

    1. Crystal
      Pinky shifoo

      Hehehe.. u were right. Yeah.. vedhane dho ??

    2. Crystal
      Pinky shifoo

      Thankyou shifoo ☺???

  9. aish

    Vrh reethi . . . ❤
    Waiting for next part . . . . when next part

    1. Crystal
      aish

      Thankyou aish ☺???

Comments are closed.