ތިޔަ އަސަރު 30
ވަގުތަކީ ރޭގަނޑު ނުވައެއް ޖެހި ވަގުތެވެ. ދެތިން މެއިލް ކިޔާލުމަށްފަހު އިންބޮސް ރިފުރެޝްކޮށްލި ވަގުތު ނުދަންނަ އީމެއިލް އެޑްރެހެކުން ރީމްއަށް މެއިލްއެއް އައިސްފައި އޮތެވެ. ދުވަސްވަރަކީ އޮފީހަށް އައު މުވައްޒަފުން ނަގަމުންދާ ދުވަސްވަރުކަމުން ރީމް ހީކުރީ އެއީ އެއިން ކުއްޖަކު ފޮނުވާފައި އޮތް މެއިލް ކަމަށެވެ. އެހެންކަމުން އެމެއިލް ހުޅުވާލިއެވެ. އެޔާއިއެކު ސްކުރީން ދެތިން ފަހަރެއްގެ ނިވިފައި ކުރިން ހުރި ގޮތަށް ބަދަލުވިއެވެ. މި ލެޕްޓޮޕަކީ ވަރަށް މައްސަލަތައް ގިނަ އެއްޗަކަށް ވުމުން ރީމް ހީކުރީ އެއީ އޭގެ ކަމަކަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. މުޅި ސްކްރީން ގަނޑުވެއްޖެއެވެ. ރީމް ދެތިން ފަހަރަކު ލެޕްޓޮޕް ލައްޕާފައި ހުޅުވި އިރުވެސް ބަދަލެއް ނާދެއެވެ. ލެޕްޓޮޕް އެއްކޮށް ހަލާކުވީ ކަމަށްބަލައި ރީމް ތެދުވާން އުޅުނު ވަގުތު ލޮލުގައި އަޅައިގަތް ފޮޓޯ އެއްކޮށް މުޅި މީހާ ގަނޑުވި ކަހަލައެވެ.
އެއީ ރީމް މިރަށަށް އައިފަހުން ރީމްގެ އަމިއްލަ ފޯނުން ނަގާފައިވާ ފޮޓޯއެކެވެ. ރީމްއަށް ހާއްސަ ފޮޓޯއެކެވެ. ޝަނުމްއާއި އެއްކޮށް ފޮޓޯއެއް ނަގަން ރީމް އާދޭސްކުރުމުންވެސް ޝަނުމްގެ ހުއްދަ ނުލިބުމުން އެއްދުވަހަކު ޝަނުމް ނިދާފައި އޮތްވައި ކައިރީގައި އޮވެގެން ރީމް ނެގި ފޮޓޯއެކެވެ.
ހާސްވެގެން ހަދާނެ ގޮތެއް ނޭނގޭތީ ރީމް އަވަހަށް ޝަނުމް އަށް ގުޅައި ވީ ގޮތް ކިޔައިދިނެވެ. ނަސީބު ކަންދިމާކުރި ގޮތުން ޝަނުމް އުޅުނީ ގެ ކައިރީގައި ކަމުން ރީމް ގުޅިތާ މާގިނައިރެއް ނުވަނީސް ގެޔަށް އާދެވުނެވެ.
“އެއްވެސް ދުވަހަކު ފޯނު ލެޕާއި ކަނެކްޓް ކުރިންތަ، ނޫނީ ލެޕްގައި އިން އީމެއިލް ފޯނުގައި އިންނާނެތަ” ޝަނުމް އެފޮޓޯ މީހަކަށް ލިބިދާނެ އެތައް ގޮތަކާއި މެދު ވިސްނިއެވެ. ރަށަށް އައި ފަހުން ރީމް ލެޕްޓޮޕް ހިފައިގެން ގެއިން ބޭރަކަށް ނުދެއެވެ. އަދި މިކޮޓަރިއަށް އެދެމީހުން ފިޔަވައި އިތުރު މީހެއް ނުވައްނާނެކަން ޔަގީނެވެ.
“ސާވިސް ކުރާ ތަނަކަށް ގެންދަމާ، އެމީހުންނަށް ހަދަންވީ ގޮތެއް އެގިދާނެ ކަންނޭނގެ” ޝަނުމް ލެޕްޓޮޕަށް ވެގެން އުޅޭ ގޮތް ބަލަމުން ދިޔައިރު ރީމް ހުރީ ފިނިވެފައެވެ. ދެއަތް މޮޑެލަ މޮޑެލައި މިއީ އެހާ ބޮޑު ކަމަކަށް ނުވާނޭ ހިތަށް އަރުވަމުންނެވެ.
“އެޔަށް ވުރެ ރަގަޅުވާނީ މާހިލްއާއި ހަވާލުކުރިއްޔާ، މީ އެމީހާގެ ކަމަކަށް ވެދާނެ” ޝަނުމް ލެޕްޓޮޕް ލައްޕާލަމުން ބުނެލިއެވެ.
“ގެނޭ ފޯނުވެސް، ލެޕަށް އެފޮޓޯ ދިޔައީ ރީމްގެ ފޯނުން ނަމަ ތި ފޯނަށް އެމީހެއްގެ ބާރުކޮށްފަ މިހާރު ހުންނާނީ…. އަދި ބުނަން އަހަރެންގެ ހުއްދަ ނެތި އަހަރެންގެ ފޮޓޯ މީގެ ފަހުން ނަގައިގެން ނުވާނެ” ޝަނުމް އަމުރުކޮށްލިއެވެ.
ރީމް އެޔަށް ރައްދެއް ދޭން ބޭނުންވި ނަމަވެސް މީހާ ހުރީ ދެންމެ ވީ ކަންތަކާއި ސިހިފައިކަމުން އަޅާނުލިއެވެ.
ރީމްގެ ފޯނާއި ލެޕްޓޮޕު އަލަމާރީއަށް ލުމަށްފަހު ޝަނުމް ފާހަނައަށް ވަނުމުން ރީމް ޝަނުމް އޮށޯންނަން ގޮދަޑި އަޅައި ތަންމަތި ތައްޔާރުކުރުމައިގެން އުޅުނެވެ. ކޮންމެ ރެއަކު ރީމް އެތައް އާދޭހެއް ކުރި ކަމުގައި ވީ ނަމަވެސް ޝަނުމް އެޔަށް ދެނީ ބީރުކަންފަތެވެ. ސަބަބު ރީމް އަށް އެގެއެވެ. އިނުމުގެ ކުރިން ރީމް ޝަނުމްއަށް އަމުރުކޮށް ހެދި ނަމަވެސް މިހާރު އެހެން ވާހަކަ ނުދައްކައެވެ. ރީމްގެ ފިރިމީހާއަށް ޝަނުމް ވުމުނެއް ނޫނެވެ. އެޔަށް ވުރެ ބޮޑަށް ރީމް ހުންނަނީ އޭނާގެ ދިރިއުޅުމަށް ކުރިމަތިވަމުން ދާ ކަންތަކާއި މެދު ހާސްވެ ކަންބޮޑުވެފައެވެ. އިނުމަށްފަހު ޝަނުމްގެ ލޯބި ހާސިލް ކުރާނަމޭ ބުންޏަސް އެކަންތަކަށް ރީމްއަށް ސަމާލުކަން ނުދެވެނީ މިހެންވެއެވެ.
ޝަނުމް ފާހަނައިން ނިކުމެ ސުވާލުގެ ނަޒަރުން ރީމްއަށް ބަލާލިއެވެ. ޝަނުމް ނިދަން ތަންމަތި ތައްޔާރުކުރުމަށްފަހު އެތަނަށް ބަލަހައްޓައިގެން ރީމް ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޝަނުމް ފާހަނައިން ނިކުތްކަންވެސް ނޭނގިއެވެ. އަތުގައި އޮތް ތުވާލި ގޮނޑި މަތީގައި ރީއްޗަށް ފަތުރާލުމަށްފަހު ޝަނުމް އައިސް ރީމް ބަލަހައްޓައިގެން އޮތް ތަނުގައި އޮށޯވެލިއެވެ. އަދި ރީމްއާއި ދިމާލަށް ބަލާލުމަށްފަހު ދެބުމަ މައްޗަށް އަރުވާލިއެވެ. ރީމްގެ ސަމާލުކަން ލިބޭތޯއެވެ.
“ރީމް” ބުމަ އަރުވާލުމުން ރީމްއަށް އެތަން ނުފެނުމުން ޝަނުމް ރީމްއަށް ގޮވާލިއެވެ. ދެތިން ފަހަރެއްގެ މަތީންނެވެ.އެހެންނަމަވެސް އެއިން ރީމްގެ ހިޔާލުގެ ވާ ފަށް ކެނޑޭ ވަރެއް ނޫނެވެ.
ދެން ޝަނުމް ރީމްގެ އަތުގައި ހިފާލިއެވެ. އެޔާއި އެކު ޖެހުނު ވައިރޯޅިއެއްހެން ރީމް ޝަނުމްގެ ގައި މައްޗަށް ވެއްޓުނެވެ. ޝަނުމް އަވަސް އަވަހަށް ރީމް ދުރުކޮށްލައި ކޮޅަށް އިށީނެވެ.
“ސޮރީ ޝަނުމް، އަހަރެން ގަސްދުގައެއް ނޫން” ޝަނުމް އަވަސް އަރުވާލައި ރީމްއާއި ދުރުވި ތަން ފެނިފައި ރީމް ބުނެލިއެވެ.
“އެއީ މައްސަލައެއް ނޫން.. ރީމް އަށް ގޮވާ ގޮވާ އަޑު ނީވުނީމަ އަހަރެން ރީމްގެ އަތުގައި ހިފީ. ” ދެމީހުން ސަބަބު ބަޔާންކުރަން ނުޖެހޭ ހާލުވެސް މާފަށް އެދި ދެރަވާ ކަމަށް ބުންޏެވެ. ނަމުގައި ދެމަފިރީން ކަމަށް ބުނެވުނަސް ދެމީހުންގެ ދޭތެރޭ ދެމަފިރިއެއްގެ ދޭތެރޭ އޮންނަން ޖެހޭ ގުޅުމެއް ނޯވެއެވެ. ރީމް ކޮޓަރީ ތެރޭ ބުރުގާ ނަގާލާފައި އުޅުނަސް އެވަގުތު ތަކުގައި ޝަނުމް އޭނާގެ ނަޒަރު ރީމްއާއި އަމާޒު ނުކުރެވޭތޯ އުޅެއެވެ.
” އޯކޭތަ އަހަރެން މިރޭ ޝަނުމް ކައިރީ މިތާ އޮތަސް” ލޮލުން ބިންމައްޗަށް އިޝާރާތްކޮށްލަމުން ރީމް އަހާލިއެވެ. ދެންމެ ރީމް ވިސްނަމުން ދިޔައީ ޝަނުމް ކައިރީ އެސުވާލު އަހާނެ ގޮތަކާއި މެދުގައެވެ. އަދި ޝަނުމް ދީފާނެ ޖަވާބަކާއި މެދުގައެވެ. ރީމް އޭނާގެ ފޯނުން ޝަނުމްގެ ފޮޓޯއެއް ނަގާލިކަމަށްޓަކައި ޝަނުމްގެ ނުރުހުން މިރޭ އަޒާމުވެއްޖެއެވެ.
“އެ ކީއްކުރަން” ރީމްއަށް ސުވާލު ފުރިހަމަވީ ކިރިއާއެވެ.
“އަހަރެން ބިރުގަނޭ އެކަނި އޮންނަން.. އެރޭ ހޮޓަލުގައި ހިނގި ކަންތަކަށް ފަހު މިރަށަށް މިއައީ މާޒިންގެ އުދަގޫ ނުފޯރާނެ ކަމަށް. އެކަމަކު އެހެންވާ ތަނެއް ނުފެނޭ.. ދެން މާޒިންގެ ހަމަލާއެއް ލިބޭނެ ގޮތަކާއި މެދު އަހަރެން ވަރަށް ކަންބޮޑުވެ ބިރުގަނޭ.. މިކޮޓަރީގެ ހަތަރު ފާރުން އެތެރޭގަ ހުންނަ އިރުވެސް ހީވޭ މާޒިންގެ ލޯ އަހަންނާއި ދިމާލަށް އަމާޒުވެފަ ހުންނަހެން” ވަށައިގެން ކޮޓަރި ތެރެ ހޯދާލަމުން ރީމް އެހެން ބުނެލީ ކަންބޮޑުވުމުގެ ރާގަކަށެވެ.
“ރީމް އާއި އެއްކޮޓަރިއެއްގައި ތަންކޮޅެއް ދުރުގައި އޮތުމުން އޭގެ ތަފާތެއް އަހަންނަށް ނުފެނޭ.. ރީމް ލޯ ހުޅުވާލާ ބަލާލާ ކޮންމެ ފަހަރަކު އަހަރެން އޮންނާނަން މިތާ” ޝަނުމް ބަހަނާއެއް ދައްކާލިއެވެ. ރީމްއާއި އެއްވެސް ގޮތަކުން ކައިރިވުމަށް ހިތް ނޭދޭތީއެވެ.
“އިޓްސް އޯކޭ” ގަދަކަމުން ހިނިތުންވެލަމުން ރީމް ބުނެލިއެވެ. ފިރިމީހާގެ ލޯބި ހޯދަން ރީމް އާދޭސްކުރަން ބޭނުން ވިޔަސް އެހައްގުން އޭނާ މަހުރޫމް ވެފައިވާ ކަމަށް ރީމް އޭނާގެ ހިތަށް ވިސްނައިދެވޭތޯ އުޅުނެވެ. ހިތުގެ ނުކިޔަމަންތެރިކަމާއި އެކު ގަދަކަމުން ޝަނުމްގެ ލޯބި ހޯދަން އުޅުމުގެ ހިތި އަސަރު ކުރަން ފަށައިފިއެވެ.
“ރީމް!! އަހަރެން ސުވާލެއް ކޮށްލަންތަ؟” ދެމީހުންގެ މެދަށް އައި ހަމަހިމޭންކަން ނަގާލަމުން ޝަނުމް ބުނެލިއެވެ.
“ކީއްވެ މާޒިންގެ އަނިޔާތަކަށް އިއުތިރާފު ނުވީ! އޭނަ ރީމްއަށް މަޖުބޫރުކުރީތަ؟” ރީމް ބޯ ޖަހާލުމުން ޝަނުމް އަހާލިއެވެ. ރޭ ދެކެވުނު ވާހަކަތަކާއި މެދު ޝަނުމް ހުރީ އިތުރަށް ރީމްއާއި ވާހަކަ ދައްކާލަން ގަސްތުކޮށްގެންނެވެ.
“ނޫން.. ދެން ތިވާހަކަ ނުދައްކާ ނިދަން އުޅެމާ” ރޭ ހެން މިރޭވެސް ރީމް އެއުޅެނީ އެވާހަކަ އޮއްބާލާށެވެ. އެހެން ނަމަވެސް ޝަނުމް އެފުރުސަތެއް ދޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ޝަނުމް ރީމް ތެދުވާން އުޅުމުން އަތުގައި ހިފައި ކޮޅަށް ތެދުވުމަށް ހުރަސްއެޅިއެވެ. ރީމް ފޮރުވަމުންދާ ހަގީގަތް ހޯދަން ޝަނުމް ކެތްމަދުވެއްޖެކަން ޝަނުމްގެ މި ހަރަކާތުން އެގެއެވެ.
“އަހަރެން މީ ރީމްގެ ފިރިމީހާ! އަހަންނަށް ރީމް އެއްވެސް ކަމެއް ފޮރުވައިގެންނުވާނެ” ޝަނުމް އެހެން ބުނެލުމުން ރީމްއަށް ކުޑަކޮށް ހެވުނެވެ.
“އަހަރެންމީ ޝަނުމްގެ އަބިމީހާ! ޝަނުމްގެ ހިތުގައި ތިވާ ކުއްޖާގެ ނަން އަހަރެން ކައިރީ ނުބުނެ ސިއްރު ކުރަނީ ކީއްވެ؟ ” ހެމުން ރީމް ބުނެލިއެވެ. ޝަނުމް ދައްކާ ކޮންމެ ބަހަނާއަކަށް ރީމްއަށް ވެސް ބަހަނާއެއް ދައްކާލެވޭނެކަން ޔަގީނެވެ.
“އެއީ މާޒީގެ ކަންތައް! ރީމްއާއި މެރީ ކުރި އިރު އަހަންނަށް ނޭނގެ ރީމްގެ ކުރީގެ ލޯބިވެރިއެއް ހުންނަ ކަމެއް ވެސް.. އެކަމަކު އޭނާ އަލުން ރީމްގެ ދިރިއުޅުމަށް އައުމުން އަހަރެން ޖެހޭނެ ދޯ އެއީ ކާކުކަން ބަލަން. އަދި މިހާރު އޭނަ ރީމް ފަހަތުން އުޅޭ ސަބަބެއް ވެސް ހޯދަން. އޭރުންދޯ ފިރިމީހާ ދޭން ޖެހޭ ރައްކާތެރިކަން އަހަންނަށް ރީމްއަށް ދެވޭނީ” ރީމް ކައިރިއަށް ޖެހިލަމުން ޝަނުމް ބުނެލިއެވެ.
“އަބިމީހާއަށް ބޭނުންވަނީ ހަމައެކަނި ރައްކާތެރިކަމާއި އަޅާލުމެއް ނޫން… އެކަންތަކާއި އެއްވަރަށް ލޯބިވެސް ބޭނުންވޭ.. ޝަނުމް އަށް އެއްމެ ކުޑަ މިނުން އަހަންނާއި ދިމާލަށް ބަލާލަން ވެސް ނުކުރޭ.. މިވަރުން ދަންޏާ ދެމީހުންނަށް ކިހިނެތް އެކުގައި އުޅެވޭނީ.. ” ފުރަތަމަ ފަހަރަށް ރީމް އޭނާގެ ހިތުގައި ވާ ޝަކުވާތައް ބޭރުކޮށްލިއެވެ.
“ރީމްއަށް އެގޭނެ އަހަރެން ރީމްއާއި ކައިރި ނުވާން މިއުޅޭ ސަބަބު.. އަހަރެން ހިތް ނޭދޭ ކަމެއްގެ މައްޗަށް އަހަންނަށް ބާރެއް ނުފޯރުވޭނެ..” ޝަނުމްއަށް އޭނާ ދައްކަން ބޭނުންވި ވާހަކަ ފުރިހަމަ ނުކުރެވުނީސް ރީމް ޝަނުމް ކައިރިއަށް ޖެހިލައި ޝަނުމްގެ ތުންފަތުގައި ބޮސްދިނެވެ. މަދު ސިކުންތުކޮޅަކަށެވެ. އެޔަށްފަހު ރީމް އިންތަނުން ތެދުވެ ޝަނުމްއާއި ދުރަށް ދާން ހިނގައިގަތެވެ. އިހުސާސްތައް ކޮންޓްރޯލް ނުކުރެވުނީތީ ލަދުން ހުރެއެވެ.
އެމަދު ސިކުންތު ކޮޅުން ޝަނުމް އަށް ލިބުނީ ސިހުމެވެ. ރީމް އަކީ ކެރުންތެރި ކުއްޖަކަށް ވިޔަސް އިސްނަގައި އެފަދަ ކަމެއް ކުރުމުންނެވެ.
” ސަބަބު އެގެން ދޯ ޝަނުމް ބުނީ” ލަދުގަތްވަރުން ރީމް އުޅުނީ މައުޟޫ ބަދަލުކޮށްލާށެވެ. ޖެހެމުން ދިޔަ އޮޔާއި އެކު ދޫކޮށްލި ހިތް ރީމް ހަމައަކަށް އަޅުވަން ފަށައިގަތެވެ.
“އަހަރެން މާޒިން ދެކެ ވީ ލޯބި ސިފަކޮށްދޭނީ ކިހިނެތް ކަމެއް އަހަންނަކަށް ނޭނގެ.. ކުރުކޮށް ބުނާ ނަމަ އިންސާނަކަށް އަނެއް އިންސާނެއް ދެކެ ލޯބިވެވޭ އެއްމެ މަތީ ދަރަޖައަށް އަހަރެން މާޒިން ދެކެ ލޯބިވިން. އިތުބާރު ކުރިން. އޯގާވެދިނިން” ރީމް އޭނާގެ މާޒީގެ ސަފުހާތައް ކިޔައިދޭން ފަށައިގަތީ މާޒިންއަށް އެހިތް ދީވާނާ ވެފައިވާ މިންވަރު ބަޔާންކޮށްދެމުންނެވެ.
“އަހަންނާއި އެއްވަރަށް މާޒިން ވެސް އަހަރެން ދެކެ ލޯބިވާ ކަމަށް އަހަރެން ހީކުރިން.. އަހަރެން ބަލިވީމަ މާޒިން ގެޔަށް އައިސް އަހަންނަށް އެއްމެ މީރުވާނެހެން ހީވާ ތަކެތި ކައްކާފަ ކާންދޭނެ.. މަންމަ ބުނާނެ ބައެއް ރޭރޭ ދަންވަރުވެސް މާޒިން އަހަރެންގެ ހާލު ބަލަން ގުޅާނޭ.. ބަލި ވީމަ އެކަންޏެއް ނޫން އަހަންނަށް މާޒިންގެ އޯގާތެރިކަން ލިބުނީ… ގޭގެ މީހުންނާއި ރައްޓެހިންނާއި އެކީ ވަގުތު ހޭދަކުރާނެ. އަހަރެން ކަމެއް ކުރަން ބިރުގަނެއްޖެނަމަ ހިތްވަރު ދޭނެ. އަބަދުވެސް ބުނާނެ ކޮންމެ ކަމެއް ވެސް ރީމްއަށް ވާނޭ… އަހަރެން ކަމަކާއި ދެރަވެއްޖެ ނަމަ މާޒިން މުޅި ދުވަސް ހޭދަކުރާނީ އަހަރެން އުފާކޮށްދޭން… އަހަންނަށް އެއްމެ މީރު ޗޮކްލެޓް ގަނެދީ ނޫނީ ކޮންމެވެސް ސަމާސާއަކުން ނޫނީ މަޖާކަމެއް ކޮށްގެން އަހަރެން ހެއްވާލަން އުޅޭނެ.. ކިޔެވުމަށްވެސް ވަރަށް އެހީވާނެ. އަހަރެންމީ އެހާ އަވަހަށް އެއްޗެހި ދަސްކުރެވޭ މީހެއް ނޫން ކަން މާޒިން އަށް އެގުނު ދުވަހުން ފެށިގެން ޓެސްޓެއް އޮންނަ ކޮންމެ ދުވަހަކު އަންނާނެ އަހަންނާއި އެކީ ފިލާވަޅު ދަސްކުރަން.. ދެމީހުން ވާދައަށް ދަސްކުރީމަ އަވަސްވާނޭ ކިޔާފަ” މާޒިން އޭރު ދިން ހުރިހާ އުފަލަކާއި ލޯތްބެއް ގެއްލި ދިޔަކަމަށް ވިޔަސް ރީމްގެ އޭގެ މަތިން ހަނދާން ނުނެތެއެވެ. އޭރު އެއީ ފޮނި ހަނދާންތަކެއް ކަމަށް ވީ ނަމަވެސް މިއަދު އެއިން ކޮންމެ އަޅާލުމެއްގެ ހަނދާން އާވުމުން ރީމްއަށް ރޮވެއެވެ. މާޒިން ދިރިހުރިކަން އެނގޭ ހިނދު ހިތް ބިރުން ފިލައެވެ.
“އަހަރަމެންނަކީ ލޯބީގައި އެހެން މީހުންނަށް ނަމޫނާ އެއްކަމަށް އަޝްވާއާއި ހިންދު ބުނި ހަނދާން އަދިވެސް އެބަ ހުރި.. އެކަމަކު ކަންތައް ބަދަލުވެގެން ދިޔައީ ހިކާ ހިތިކޮށް.. މާޒިން ދިން ކޮންމެ އަޅާލުމަކަށް އޭގެ ދެގުނަ ބޮޑަށް އަހަންނަށް އަނިޔާ ލިބެން ފެށި.. މާޒިން ކައިރީ އެތައް ފަހަރަކު އެހުމުންވެސް އަހަންނަށް އެދެވޭ ޖަވާބެއް ނުލިބުނު.. ގޭތެރޭ ކޮންމެވެސް ކަމެއް ވަތީ މޫޑް އޮފުވެފައި ކަމަށް ބަހަނާ ދައްކާނެ. އެހެންވެ އަހަރެން މާޒިން މަންމައަށް ގުޅައިގެން ހަގީގަތް ހޯދިން.. އެދުވަހު އަހަންނަށް އެގުނީ މާޒިން އަހަންނަށް ދޮގު ހަދަން ފެށިކަން.. ދެމީހުންގެ ޒުވާބު ކުރުންތައް ފެށުނީ އެދުވަހުން ފެށިގެން.. އެޔާއި އެކު މާޒިން އަހަންނާއި ދުރުވާން ފަށައިފި.. ބައްދަލުކޮށްލަން އަންނަނީ ހިތަށް އެރި ދުވަހަކު ހިތަށް އެރި ވަގުތަކު.. އަހަރެން އެކަމާ ޝަކުވާ ކުރަން ފެށުމުން އަނިޔާކުރަން ފަށައިގަތީ..” ރީމްގެ ލޮލުން ކަރުނަ ހިލާލިއެވެ. މާޒީއަކީ އެބުރި އިޔާދަވާނެ އެއްޗެއްކަން އިހުސާސްވާން ފެށުމުންނެވެ.
“ދެން ކީއްވެ ރީމް އެކަން ސިއްރުކުރީ؟” ކޮޅަށް ތެދުވެ ރީމް ކައިރިއަށް ހިނގައިގަންނަމުން ޝަނުމް އަހާލިއެވެ.
“ޝަނުމް އަޑުއަހަންތަ ލޯބި ބައެއް ފަހަރު ކަނު އެއްޗަކަށް ބަދަލުވާ ވާހަކަ؟ އަހަންނަށް ވެސް ވީ އެހެން.. މާޒިންގެ ޖަލަށް ލާން ކޯޓަށް ގެންދިޔަ ދުވަހަކު ޕޮލިހުން އަހަންނަށް ގުޅާފަ ބުނި ހެކި ދެވިއްޖެނަމަ މާޒިންއަށް އޭނާ ކުރި ކުށްތަކުގެ އަދަބު ލިބޭނޭ… އެކަމަކު ހިތުގައި އޮތް ކަނު ލޯތްބެއްގެ ސަބަބުން އަހަރެން ހީކުރީ މާޒިން ރަގަޅުވާނޭ… މަސްތުގެ ހާލަތުގައި ނެތްނަމަ މާޒިން އަހަންނަށް އަޅާލާނޭ.. އަހަންނަށް ދެރައެއް ނުދޭނޭ… ލޯތްބަކީ ހިތަށް ލިބޭ ފަރުވާ އަކަށް ވިޔަސް މާބޮޑަށް އަނެކާއަށް އިތުބާރު ކުރެވުމުން އެ ހުރިހާ ލޯތްބެއް އަނިޔާއެއް ބަދަލުވެގެން ގޮސްދާނެކަން އަހަންނަށް އިހުސާސް ކުރެވެން ފެށުނީ އަހަރެންގެ ގާތް ރަހުމަތްތެރީންނާއި މަންމަމެންގެ އެތައް ނަސޭހަތަކަށް ފަހު.. ލޯބިވާނަމަ އެއްވެސް މީހަކު އަނެކާއަށް އަނިޔާއެއް ނުދޭނެ ކަން އަހަންނަށް ވިސްނުނު.. އެކަމަކު އޭރު ވަގުތު ފާއިތުވެއްޖެ.. މާޒިން ދެ އަހަރަށް ޖަލަށް ލައި ކޭސް ނިންމާލާއިފި.. ދެން އިތުރަށް މާޒިންއާއި ކުރިމަތި ލެވޭނެ ހިތްވަރެއް ނެތުމުން އަހަރެން ގަސްދުކުރީ އެއީ މާޒީ ކަމަށް ބަލައި އެއިން ފިލާވަޅު ނަގައިގެން އަހަންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭތޯ” ޝަނުމްއަށް ބަލައި ގަދަކަމުން ހިނިތުންވެލަމުން ރީމް ބުނެލިއެވެ.
ރީމްގެ ދެލޯ ކަރުނައިން ފުރިފައިވާ ތަން ފެނި ޝަނުމްގެ ހިތުގައި ރީމްއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ލޯތްބަކީ މިހާ އޮޅުންބޮޅު އެއްޗެއް ހެއްޔެވެ؟ ލޯތްބާއި ހެދި ދެރަ ލިބެއެވެ. އުފާވެއެވެ. ލޯތްބަކީ ފަރުވާއެކެވެ. އަދި އެޔާއި އެއްވަރަށް އެއީ ޒަހަރެއްވެސް މެއެވެ.
“އަދި ވަގުތު ފާއިތު ނުވޭ.. އެއްވެސް މީހަކަށް އަނިޔާއެއް ދީފައި އަނެކާއަށް އުފަލުގައި ނޫޅެވޭނެ.. އަހަރެން ރީމް އަށް އެހީވެދޭނަން.. އަދި މާޒިންގެ ކިބައިން ރީމް ރައްކާތެރި ވެސް ކޮށްދޭނަން” ރީމްގެ އަތުގައި ހިފައި ހިތްވަރު ދެމުން ޝަނުމް ބުނެލިއެވެ. އަދި އެޔަށްފަހު ރީމް ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.
“އާދޭ ނިދަން… މާދަމާ ފަތިހު ފަތިހާ ހޭލަންވެސް ވާނެ” އެނދުގައި އޮށޯވެ ހަމަޖެހިލަމުން ޝަނުމް ބުނެލިއެވެ. ރީމް ޝަނުމްއަށް ބަލާލިއެވެ. ޝަނުމް އެނދުގައި އޮތް ނަމަ ރީމް އޮންނަން ޖެހޭނީ ތަޅުންގަނޑު މަތީގައި ކަމަށް ހީކޮށް ރީމް އިތުރު ވާހަކައެއް ނުދައްކައި އެނދުން ތިރިވިއެވެ.
“ކީއްވެ ތިތާގައި ތި އޮތީ..އާދޭ އެނދަށް” އެނދުން ތިރި ބަލަލާމުން ޝަނުމް ބުނެލިއެވެ.
ރީމް އެޔަށް ޖަވާބެއް ނުދީ ޝަނުމްއަށް ބަލަހައްޓައިގެން އޮތެވެ. އެހެން އެއް މިނެޓް ވަރަކަށް އޮތުމަށްފަހުވެސް ރީމް އެނދަށް ބަދަލުވާން އުޅޭހެން ހީނުވުމުން ޝަނުމް އެނދުން ބާލީހެއް ނަގައިގެން ރީމް ކައިރީގައި އޮށޯތެވެ. އަދި ރީމްއާއި ވީ ފަޅިއަށް އެބުރިލައި ރީމްގެ ބަނޑުމަތީގައި އޮތް އަތުގެ މަތީގައި ޝަނުމްގެ އަތް ބާއްވާލިއެވެ.
ޝަނުމް އެހެން ކަންތައް ކުރުމުން ރީމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސް އަވަހަށް ޝަނުމްގެ މޫނަށް ބަލާލިއިރު ޝަނުމް އޮތީ ދެލޯ މަރައިގެންނެވެ. ޝަނުމްއަށް ގޮވައި ސުވާލުކުރަން ރީމް ބޭނުން ވިއެވެ. އެހެންނަމަވެސް އަޅާލުމާއި އޯގާތެރިކަމަށް ފެން ބޮވައިގެންފައި ހުރި ވަރުން ރީމް ސުވާލުނުކޮށް ނިދޭތޯ ލޯ މަރާލިއެވެ. ޝަނުމް އޭނާގެ އަތުގައި ހިފައިގެން އޮތުމުން ރައްކާތެރިކަން ލިބޭ ހާލުގައެވެ.
މާލެ އައުމަށްފަހު އަޝްވާ އޭގެ އަނެއް ދުވަހު އޮފީހަށް ދިޔައިރު ކުރަންޖެހޭ މަސައްކަތްތައް ފުނިޖެހިފައި ހުއްޓެވެ. މަލަކާ ބަލިވެ އުޅޭތީ ޝައިމް އޮފީހަށް ނައުމާއި ރީމް ހަނީމޫނަށް ދިޔުމާއި އެކީ އޮފީހުގެ ދެން ތިބި މުވައްޒަފުންގެ މަސައްކަތްތައްވެސް ވަނީ ގިނަވެފައެވެ.
ކާއިން އަކީ އަބަދުވެސް ގަޑިޖެހިގެން އޮފީހަށް އަންނަ މީހަކަށް ވުމުން އަޝްވާ ކާއިން އަންނާނެ އިރެއްގެ އިންތިޒާރުގައި އިނެވެ. މިދިޔަ ހަފުތާގައި ކެންސަލު ކުރި މީޓިންތަކުގެ ތެރެއިން ދެ މީޓިންއެއް ނިންމާލުމަށްފަހު އަޝްވާ ކެބިންއަށް އައި އިރު އެގާރަ ޖަހަނީއެވެ. އަދިވެސް ކާއިންގެ ހަބަރެއް ނުވާތީ އަޝްވާ ކާއިންގެ މަންމައަށް ގުޅައި ކާއިން އޮފީހަށް ނައީ ކީއްވެތޯ ސުވާލުކުރިއެވެ. ކާއިން އޮފީހަށް ނައީ ވަރަށް ބޮޑަށް ހުން އައިސްގެން ބޯ އަބުރާތީ ކަމަށް ބުނުމުން ކުރަން ހުރި މަސައްކަތްތައް އެއް ފަރާތް ކޮށްލުމަށްފަހު އަޝްވާ ދިޔައީ ކާއިން އުޅޭ ގެޔަށެވެ.
“އެތައް ފަހަރަކު ކާން ތެދުވަން އާދޭސް ކުރުމުންވެސް ލޯ ނުހުޅުވައި އެބަ އޮތް ގަދަ ހަދާލާފަ. ހައްސާނު ގޮވަން ދިޔުމުން ބުނި ކައިފިއްޔާ ހޮޑުލެވޭނޭ.. އެހެންވީމަ ނުކާނަމޭ… އަޅެ އަޝްވާ ގޮސް ކާއިންއަށް ގޮވާބަލަ..” ގޭގެ ދޮރުން އަޝްވާ ވަނުމާއި އެކު ކައުސަރު އެދުނެވެ. މިވީ އެއް ހަފުތާއެއްހާ ދުވަސް ތެރޭގައި ކާއިންއާއި އަޝްވާގެ ގުޅުމުގެ ވަރުގަދަކަމުގެ ވާހަކަ ކައުސަރު އަބަދުހެން ހައްސާނު ކައިރީ ދައްކައެވެ.
“އަޅުގަނޑު ގޮވައިގެން ނުތެދުވެއްޖެ ނަމަ ވަރުގަދަ ލަޑެއް ދޭނަމޭ” ފުޅާ ކޮށް ހިނިތުންވެލަމުން އަޝްވާ އެހެން ބުނެލުމަށްފަހު ގޮސް ކާއިންގެ ކޮޓަރިއަށް ވަނެވެ.
ކާއިން ގުޑިވެސް ނުލާ އޮތެވެ. ހަށަމް ބަދެ ކޮނޑާއި ހަމައަށް މުޅި ހަށިގަނޑު ހުދު ރަޖާގަނޑަކުން ފޮރުވައިގެންނެވެ.
“ކާއިން” އަޝްވާ ކާއިންގެ ކައިރީގައި އިނދެ ދެތިން ފަހަރެއްގެ މަތިން ގޮވާލިއެވެ. ކާއިންގެ ހިލަމެއް ނުވުމުން އަޝްވާ މޭޒުމަތީގައި ހުރި ފެންތަށިން އަތަށް ފެން ފޮދެއް ނަގާލުމަށްފަހު ކާއިންގެ މޫނަށް ބުރުވާލިއެވެ.
ރުޅި މޫނު ހަދާލައިގެން ކާއިން ދެލޯ ހުޅުވާލީ އެއީ މަންމަ ކަމަށް ހީކޮށް އެތަނުން ދިޔުމަށް ބުނުމަށެވެ. ނަމަވެސް ފެނުނު އަޝްވާގެ ސޫރަ ފެނުމާއި އެކު ކާއިންއަށް ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ. ހުން އައިސް ފައި ހުރި ވަރު ބޮޑު ކަމުން ކާއިން ހުރީ ދެބަ ދޭތެރޭގައި ކަމުން މީ ނިދިފައި އޮތްވައި ފެންނަ ހުވަފެނެއް ކަމަށް ހީކުރެވެމުން ދިޔައެވެ.
“އައި މިސް ޔޫ އަޝްވާ” ކައިރީގައި އޮތް އަޝްވާގެ އަތުގައި ހިފާލަމުން ކާއިން ބުނެލިއެވެ.
“އަހަރެންވެސް މިއައީ ކާއިން މަތިން މިސް ވާ ވަރުން އޮފީހުގައި ނީދެވިގެންނޭ” އަޝްވާ ކާއިންގެ ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކުރަމުން ބުނެލިއެވެ.
“އަހަރެން މާ ބޮޑަށް އަޝްވާ މަތިން ހަނދާންވި.. ” އަޝްވާގެ އަތުގައި ހިފައި ބޮސްދެމުން ކާއިން ބުނެލިއެވެ. ކާއިން އުޅޭ ގޮތް ފެނިފައި އަޝްވާ ގާތަށް ހިނިއައެވެ.
“އެނގޭ ތިކަން… ކާއިން އަހަރެން ދެކެ ވަރަށް ލޯބިވަމެއްނު” އަޝްވާ މަޖާވެލާފައި ބުނެލިއެވެ.
“އާން! އެ ޝަނުމްގަނޑަށް ވުރެ ބޮޑަށް” ކާއިން އޮތީ ނިދި ނިދި ކަމަށް ވިޔަސް އަޑުގައި ސީރިއަސްކަންވެއެވެ.
“ޝަނުމްއަށް ވުރެ ބޮޑަށް ލޯބިވާމަ ކާއިން ޖެހޭނެ އަހަރެން ގެނެސްދޭ އެއްޗެހި ކައިގެން ބޭސްކާން.. އޯކޭތަ” ކާޢިން އޭނާއަށް އެވާހަކަ ދެއްކެނީ ހުވަފެނުގައި ކަމަށް ހީކުރާ ގޮތަށް އަޝްވާވެސް ހީކޮށްގެން ހުރީ އެގޮތަށެވެ. އެހެން ނޫންނަމަ ކާއިންގެ ދުލުން އޭނާއަށް އެކަހަލަ ބަހެއް ރައްދުނުވާނެކަން ޔަގީނެވެ.
ކާއިން ގާތުގައި އިރުކޮޅަކު މަޑުކުރުމަށްފަހު އަޝްވާ ކާއިން ކާނެ އެއްޗެއް ހިފައިގެން އައެވެ. އަޝްވާއަށް އާދެވުނު އިރު ކާއިން އަނެއްކާވެސް ގަދަ ނިންޖަކުން ނިދިއްޖެއެވެ. އަޝްވާ މަޑުމަޑުން ކާއިންގެ މޫނުމަތީ ފެން ހާކާލުމަށްފަހު ނިދިން ތެދުވުމަށް ގޮވިއެވެ.
ނިދިގެން ވެއްޓޭ ހާލު ކާއިން އަޝްވާ އެދުމުން ކޮޅަށް ތެދުވެ އިށީނެވެ. އޭރު ދެލޯ ވަނީ މެރިފައެވެ.
އަޝްވާ އޭނާގެ އަތުން ކާއިންއަށް ކާން ދީން ބޭސްދިނެވެ. އަދި ކާއިންގެ ކަރާއި ނިތްކުރީގައި ފޮތިގަނޑަކުން ފެންލައި ހުމުގެ ހޫނުކަން ތިރި ކުރެވޭތޯ މަސައްކަތް ކޮށްދިނެވެ.
އަޝްވާ ކާއިންއަށް ކޮށްދެމުންދާ ކަންތައް ބެލުމަށް ކައުސަރު ދޭތެރެ ދޭތެރެއިން އެކޮޓަރީގެ ދޮރު ހުޅުވާލާ ބަލާލައެވެ. އަޝްވާ ބުނުމުން އެއްވެސް ފަސްޖެހުމެއް ނެތި ކާއިން ކޮންމެ ކަމެއް ކުރާނެކަން ފެންނަމުން ދިޔައެވެ.
ޖެހިގެން އައި ދުވަހު ކާއިން ކަންނެތްކަމާއި އެކީގަވެސް އޮފީހަށް ނިކުތީ ރޭ ޝައިމް ގުޅާފައި އަޝްވާއަށް އެހީވެ ދިނުމަށް އޮފީހަށް ނިކުތުމަށް ބުނުމުންނެވެ. ކާއިން އުޅުނީ ބައްޕަގެ ކަންތައް ކުރުމަށް ގޭގައި މަޑުކުރުމަށް ވީ ނަމަވެސް، އަޝްވާ ރޭ ގެޔަށް ދިޔައިރު އަށެއް ޖަހާ ބޮޑު ވި ކަމަށް ޝައިމް ބުނުމުން، އެހާ ލަސްވަންދެން އަޝްވާ އޮފީހުގައި މަސައްކަތް ކުރަން މަޑުކުރުމަށް ކާއިން ބޭނުމެއް ނޫނެވެ.
އާފުރެމުން ކާއިން އަޝްވާގެ ކެބިންއަށް ވަދެ އަޝްވާ ކުރިމަތީގައި އިށީނެވެ. އަދި ހިފައިގެން އައި އަޝްވާގެ ސޮއި ހޯދަން ޖެހޭ ލިޔެ ކިޔުންތައް ދިއްކޮށްލިއެވެ.
“ހުން ކިހިނެތް މިހާރު” ކާއިން ދިއްކުރި ގަނޑުތަކުގައި ހިފަމުން އަޝްވާ ބުނެލިއެވެ.
“ރަގަޅު” އެއްވެސް އަސަރެއް ނެތި ކާއިން ބުނެލިއެވެ.
“މިއަދު އަހަރެން މަތިން މިސްވާވަރުން ގޭގަ ނޯވެވިގެން ދޯ ތިއައީ” ކާއިންއާއި ދިމާލަށް ބަލައި ހިނިތުންވެލަމުން އަޝްވާ އަހާލިއެވެ.
“އަހަރެން ނޫޅެން އަޝްވާ މަތިން މިސްވެގެންނެއް… މާ ބޮޑަށް ފޮނި ތިކަޑަނީ!” އަޝްވާ އާއި ދިމާލަށް ލޯ އަޅާލަމުން ކާއިން ބުނެލިއެވެ.
“ހޫމް.. ދެން މައްސަލައެއް ނެތޭ!!! ކާއިން ގެންގުޅޭ ކުދިންނާއި އަޅާ ބަލާ އިރު އަހަރެން މީ ކާކު ދޯ! ކާއިން ކަހަލަ ކާމިޔާބު މީހުންނަށް ރީތި ކުދިން ވާނެ” އަޝްވާ އެހެން ބުނެލީ ދެރަވެގެން ނޫނެވެ. ބޭނުމީ ކާއިން އިއްޔެ ވީ އެއްވެސް ކަމެއް ހަނދާނުގައި ހުރި ތޯ ބެލުމެވެ.
“މިޒަމާނުގަ ކާމިޔާބު ވާނީ ރީތި މީހުންނެއް ނޫން. ލާރި ހުރީމަ އެނިމުނީ.. އަހަރެން މިހާރު ބިކަވީމަ އެއްވެސް ކުއްޖެއް ނުލިބޭ.. އެ ހަނާވެސް ގުޅީމަ ފޯނެއް ނުނަގާ.. އެކަމަކު މިހާރުވެސް ޝޮޕިންއަށް ދާން މެސެޖެއް ކޮށްލާ އިރަށް އަންނާނެ ކުދިންތައް ތޮޅެމުން ފޮޅެމުން” އަޝްވާ ސޮއި ކުރި ގަނޑުތައް ނަގަމުން ކާއިން ބުނެލިއެވެ.
“އަހަރެން ގުޅަންތަ ހަނާއަށް ، ކާއިން ބޮޑު މުއްސަންޖަކަށް ވެއްޖޭ ކިޔާފަ” ކާއިން އެތަނުން ދާން ހިނގައިގަތުމުން އަޝްވާ ބުނެލިއެވެ.
“ނޫން! އޭނަ އަދި އަންނާނެ އަހަރެންގެ ފަހަތުން ރޮމުން ރޮމުން” ކާއިން ބުނެލީ ޔަގީންކަމާއި އެކީގައެވެ.
ކާއިން އެތަނުން ނިކުތްތާ ފަސް މިނެޓް ވެސް ނުވެއެވެ. ލިބުނު ފޯނު ކޯލާއި އެކު މީހާގެ ހަރަކާތްތަކަށް އަވަސްކަން އައެވެ. މޭޒުމަތީ އޮތް ފޯނު ޖީބަށް ލަމުން އަވަސް ހިނގުމެއްގައި ގޮސް އަޝްވާގެ ކެބިންއަށް ވަދެ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އަދި އޭނާއާއި އެކީ ހޮސްޕިޓަލަށް ދާން އެދުނެވެ.
ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ބާރު ހިނގުމެއްގައި ކާއިންއާއި އަޝްވާ މިސްރާބު ޖެހީ އިންޓެންސިވް ކެއާރ ޔުނިޓަށާއި ދިމާލަށެވެ. އެމީހުންނަށް އެތަނަށް ދެވުނު އިރު ކައުސަރު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ކާއިން މަޑުކުރުމެއް ނެތި ޑޮކްޓަރާއި ބައްދަލުވެ ވެގެން އުޅޭ ގޮތެއް ހޯދަން އުޅުނެވެ. އަޝްވާ ކައުސަރު ގޮވައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. އަދި ހިތްވަރު ދިނުމުގެ ބަސްތައް ދޭންފެށިއެވެ.
“ކީކޭ ޑޮކްޓަރު ބުނީ” ކާއިން އައުމުން އަޝްވާ އަހައލިއެވެ.
“މަޑު ކުރާށޭ ބުނީ، އިރުކޮޅަކުން ޑޮކްޓަރު ނުކުންނާނޭ ހަބަރަކާއިގެން” ކާއިން އައިސް އިށީނީ ކައުސަރު އާއި ޖެހިގެން އިން ގޮނޑީގައެވެ.
“މަންމާ ބައްޕަ ކީއްކުރަން ހުއްޓާތަ މިހެންވީ” ކާއިން އަހައިލިއެވެ.
“ބައްޕަ މެންދުރު ނަމާދުން ފައިބައިގެން ގެޔަށް އައުމުން މަންމަ ކާން އަންނާށޭ ކިޔާފަ ބަދިގެޔަށް ދިޔައީ، މަންމަ ހީކުރީ ބައްޕަ މަންމަ ފަހަތުން އައިކަމަށް އެކަމަކު ނައިސް ގިނައިރުވެ ދެތިން ފަހަރު ގޮވުމުން ހަބަރެއް ނުވުގެން ވީ ގޮތެއް ބަލާލަން ދިޔައިރު ސޯފާ ގޮނޑި މައްޗަށް ވެއްޓިފަ އޮތީ” ކައުސަރު ހިތްވަރާއި އެކީ ކިޔާދިނެވެ.
މާގިނައިރެއް ނުވެ ޑޮކްޓަރު އައިސީޔޫ އިން ނިކުތެވެ. ކާއިން އާއި ކައުސަރު އަދި އަޝްވާ އެދިމާލަށް ހިނގައިގަތެވެ. އެއްމެންގެ ވެސް ހިތް އަވަސްވެފައިވާ ހާލުގައެވެ.
“މިހާރު ހާރޓް ރޭޓް ނޯމަލް ވަމުން އަންނަނީ، މާބޮޑަށް ލޭގަ ހަކަރުގެ އަސަރު ހުރުމުން ބުލަޑް ޕްރެޝާރ މަތިވެގެން ވީ ކަމެއް ކަމަށް ލަފާ ކުރެވެނީ، ޓެސްޓުތަކުގެ ރިޕޯޓް ލިބުމުން ވެގެން އުޅޭގޮތް ޔަގީންވާނެ، އިރުކޮޅަކުން ވޯޑަށް ބަދަލުކޮށް ބައްދަލުކޮށްލަން ފުރުސަތު ލިބޭނެ” މީގެ އިތުރުން ދެން ކަންތައް ކުރަންވީގޮތުގެ ތަފުސީލް ކާއިންއަށް ޑޮކްޓަރު ދިނެވެ.
އިންޖީނުގައި ޖެހުނު މައްސަލައަކާއި ގުޅިގެން މާލެ ޝަނުމް މެންނަށް މާލެ އައުން އޭގެ އަނެއް ދުވަހަށް ފަސްކޮށްލަން ޖެހުނެވެ. މާލެ އައިސް ރީމް ގެޔަށް ލުމަށްފަހު ޝަނުމް ދިޔައީ ރީމްގެ ލެޕްޓޮޕާއި ފޯނު މާހިލްއާއި ހަވާލުކުރުމަށެވެ. އެޔަށް ފަހު ގެޔަށް އައިސް ޑިޔުޓީއަށް ދާން ތައްޔާރުވިއެވެ.
“ޝަނުމް! މިހާ އަވަހަށް ޑިޔުޓީއަށް ނިކުންނަން ފެށީތަ” ޔުނީފޯރމު ލައިގެން ނިކުތް ޝަނުމް ފެނިފައި އަމީހާ އަހާލިއެވެ.
“ލައްބަ! ޗުއްޓީގަ ބާކީ ދެން ނެތް އެހާ ގިނަ ދުވަހެއް.. މުހިއްމު ކަމެއް ދިމާވެގެން ޗުއްޓީ ނުނެގިދާނެތީ މިއުޅެނީ ދާން” ޝަނުމް ކިޔާދިނެވެ. އަދި އެޔަށްފަހު ރީމްއާއި އެއްކޮށް ސައިބޯން އެރިއެވެ.
ރީމްއާއި ޝަނުމް އަރާރުންނުވެ ހަމަޖެހިގެން އުޅޭތީ އަމީހާ ހުންނަނީ އުފަލުންނެވެ. ފުރާނަ ފަދައިން ލޯބިވާ ދަރިފުޅަށް ދުނިޔޭގައިވާ ހުރިހާ އުފަލެއް ހޯދައިދޭންވެސް ފަސްނުޖެހޭނެކަން ކަށަވަރެވެ.
ޝަނުމް އަކީ ޑިޔުޓީގައި އުޅޭ އިރު ލިބޭ ހުސްވަގުތުތަކުގައި އަމިއްލަ ބޭނުން ތަކަށް ގެޔަށް އައިސް އުޅޭ މީހެއް ނޫނެވެ. ގިނަ ވަގުތު އުޅެން ޖެހެނީ ކަނޑުމަތީގައި ކަމަށް ވުމުން އެގޮތަށް ހޭނިފައި ހުރީއެވެ. ލިބުނު އަނިޔާއަށް ފަހު ޝަނުމް މި ދުވަސްކޮޅު މަސައްކަތް ކުރަން ޖެހުނީ ކޯސްގާރޑުގެ މާލޭ އިދާރާގެ އޮފީސް ބައިގައެވެ. އެހެންނަމަވެސް ޝަނުމް މިއަދު ގެޔަށް އައީ ރީމް ބިރުންއުޅޭތީ އެކަމުގެ ހަބަރެއް ބަލާލުމަށެވެ. އަދި ރީމްއާއި އެކީ މެންދުރުގެ ކެއުމަށް އިންސާފުކޮށް ރީމްގެ ހިތް ހަމަ ޖެއްސުމަށެވެ.
ގެޔަށް އައިސް ވަންތަނާ ޝަނުމްގެ އިންތިޒާރުގައި ދެކޮޅަށް ހިނގަ ހިނގައި ހުރި އަމީހާ ޝަނުމް ކައިރިއަށް ހިނގައިގަތެވެ.
“ދައްތާ ކޮބާ ރީމް؟ އަހަރެން ޑިޔުޓީއިން އަންނަމުން ގުޅާލިން ކާނެ މޭވާ ކޮޅެއް ގެންނަންތޯ އަހާލަން ، އެކަމަކު ރީމް ފޯނު ނުނަގާ. ނިދިފަތަ އޮތީ؟” ޝަނުމް ލައިގެން ހުރި ބޫޓު ބާލަމުން ބުނެލިއެވެ.
“ޝަނުމް! އަހަރަމެން މިއުޅެނީ ރީމް ދިޔަ ތަނެއް ނޭގިގެން، ޝަނުމް ކާން އަންނަން ވާ އިރަށް އެއްޗެއް ގަނެގެން އެބަ އަންނަމޭ ބުނެ ފިހާރައަށް ދިޔަތާ މިހާރު ބައި ގަޑިއިރު ވަނީ” އަމީހާ ހާސްވެފައިވާ ރާގެއްގައި ބުނެލިއެވެ.
“ބައި ގަޑި އިރޭ! ކޮންތާކު ހުރި ފިހާރައަކަށް ދިޔައީ؟ ރީމް ބިރުން އުޅޭއިރު ދައްތަ ކީއްވެތަ ރީމް އެކަނި ބޭރަށް ފޮނުވީ” ޝަނުމްގެ ހާސްކަން އިތުރުވިއެވެ. އަވަސް އަވަހަށް ބޫޓް ބޭލުމަށްފަހު ފައިވާނަށް އަރައި ބޭރަށް ނުކުމެ ރީމް ވީ ތަނެއް ހޯދަން މަސައްކަތް ފަށައިގަތެވެ. ކައިރީގައި ހުރި ފިހާރަތަކުން ފެށިގެން ކަންމަތީ ފިހާރަތަކަށް ވަދެ މުޅި އެ ސަރަހައްދު ހޯދަން ފެށިއެވެ. އަމީހާވެސް ޝަނުމް އާއި އެއްކޮށް ނުކުމެ ދެވަނަ ފަހަރަށް އެތަންތަން ހޯދުމާއިގެން އުޅުނެވެ.
“އަހަރެން ނަމާދުގެ ދެވަނަ ރަކުއަތާއި ހަމައަށް ދެވުނު ތަނާ ރީމް އައިސް ދޮރުގައި ޓަކި ޖަހާލުމަށްފަހު އެބަ އަންނަމޭ ބުނެ ދިޔައީ، ނަމާދަށް ނެތް ނަމަ އަހަރެން އޭނަ ނުފޮނުވީސް” އަމީހާ ވީ ގޮތް ކިޔާ ދިނެވެ. އަމީހާ ވާހަކަ ދައްކަމުން ދިޔައިރުވެސް ޝަނުމް ރީމް ހޯދުމަށް މަސައްކަތެއް ހުއްޓައެއް ނުލައެވެ. ހިތް އަވަސް ވެފައިވާ ވަރުން ދާ ހިތްލަން ފެށިއެވެ. ރީމް ހެޔޮ ހާލުގައި ވުމަށް ހިތުން ދުއާ ކުރެވެމުން ދިޔައެވެ.
“ރީމް! ރީމް!” ފާރުގައި އަތް ކާއްތަމުން އެމަގުގައި ހުންނަ ގޯޅި ގަނޑަކުން ނިކުތްނަމުން ދިޔަ ރީމް ފެނިފައި ޝަނުމް ގޮވައިގަތެވެ. އަދި އިތުރަށް ލަސްކުރުމެއް ނެތި ރީމް އާއި ދިމާލަށް ދުއްވައިގަތެވެ.
“ރީމް! ކީއްކުރަން މިތަނަށް އައިސްގެން ތިއުޅެނީ؟” ރީމް ގައިގައި ބައްދާލަމުން ޝަނުމް ބުނެލިއެވެ. މޭގައި ބޯއަޅައިލައިގެން އޮތް ރީމްއަށް ޝަނުމްގެ ހާސްކަން ހިތް ތެޅެމުންދާ ހިތުގެ ވިންދުން ފާހަގަވާނެ ކަން ޔަގީނެވެ. އެހެންނަމަވެސް ރީމްގެ ބޯ އެބުރުމާއި އެކު އެއިން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ވަރެއް ނޫނެވެ.
“ޝަނުމް” ރީމްގެ އަޑު ބޭރުވީ ކިރިއާއެވެ. މުޅި މީހާ ހުރީ ގަނޑުވެފައެވެ. ބޯ އެބުރުމާއި އެއްވަރަށް އެހެން އަޑުތަކުން ކަންފަތަށް އުދަގޫކުރަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ކޮންމެ އެއްޗެއްގެވެސް ދެ ތަސްވީރެވެ.
“ހިނގާ އަވަހަށް ގެޔަށް ދާން ދޯ” ޝަނުމް އާއި އަމީހާގެ އެހީތެރިކަމާއި އެކު ރީމްއަށް ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ގެޔާއި ހިސާބަށް ދެވުނު އިރު އަމީހާގެ ލޮލުން ކަރުނަ ހިލާލިއެވެ. ލޯބިވާ ދަރިފުޅުގެ މުޅި މޫނާއި އަތް އެއްކޮށް ފިނިވެފައިވާ ވަރުންނާއި ލޮލުން އޮހެރެމުން ދިޔަ ކަރުނަ ފެނުމުންނެވެ.
ގެޔާއި ހިސާބަށް ދެވުމާއިއެކު ޝަނުމް ރީމް އަތްދަނޑި މައްޗަށް ނަގައިގެން ގޮސް އެމީހުންގެ ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. އަދި އެމްބިއުލާންސަށް ގުޅައިލުމަށްފަހު ރީމްއާއި އެކީ ހޮސްޕިޓަލަށް ދާން ލައިގެން ހުރި ޔުނީފޯރމު ބަދަލުކޮށްލަން ފާހަނައަށް ވަނެވެ.
އަމީހާ ރީމް ކައިރީގައި އިދެގެން ރީމް ހޭހަން ކުރުމުގައި އަވަދިނެތި އުޅުނެވެ. ރީމްއަށް ވާ ގޮތް އޮޅުންފިލުވަން ވާހަކަ ދެއްކޭތޯ އުޅުނެވެ.
“މަންމާ! އަހަރެން މަރުވަނީ ކަންނޭނގެ” ރީމް އެހެން ބުނި އަޑު އެވަގުތު ފާހަނައިން ނިކުތް ޝަނުމްއަށްވެސް އިވުނެވެ. އެއަޑު އިވުމާއި އެކީ ޝަނުމްގެ ހިތަށް ސިހުމެއް ލިބިގެން ދިޔައެވެ. އަވަސް ހިނގުމެއްގައި އައިސް ރީމްގެ ބޯ ކޮޅުގައި އިށީދެ މޫނުގައި ފިރުމާލިއެވެ.
“އެހެން ނުބުނޭ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަގަޅުވާނެ އިނގޭ” ޝަނުމް ތަކުރާރުކޮށް ބުނެލިއެވެ.
އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދެވުނު އިރު ރީމްގެ ހާލަތު ކުރިއަށް ވުރެ ގޯހެވެ. ނޭވާ ކުރުވެއްޖެއެވެ. ލޯ ހުޅުވައިގެން އޮތަސް ފެންނީ ކަޅުކުލައެވެ. ދުލުގައި ތަޅުލެވި އެދަތްޕިލަ ދުރުނުކުރެވޭހާ ބޮޑަށް ބާރު ވެއްޖެއެވެ.
“ޕޭޝަންޓް އެއްވެސް އެއްޗަކަށް އެލާޖިކްތޯ” ރީމްގެ ހާލަތު ބަލަމުން ދިޔަ ޑޮކްޓަރުންގެ ޓީމުން ޑޮކްޓަރެއް އައިސް ޝަނުމް އާއި އަމީހާ ކައިރިން ސުވާލުކުރަން ފެށިއެވެ.
“އަހަންނަށް އެގިގެން އެއްވެސް އެއްޗަކަށް އެލާޖިކް ނުވާނެ” އަމީހާ ޖަވާބު ދިނެވެ.
“ފާއިތުވި ސައުވީސް ގަޑިއިރު ތެރޭ ޕޭޝަންޓްގެ ކެއުމުގެ މައުލޫމާތާއި އުޅުނު ތަނުގެ ތަފުސީލް ދެއްވިދާނެތޯ” ރީމްގެ ހާލަތަށް ބަލައި މިއީ އެލާޖިކްގެ ކަމަކަށް ވެދާނެ ކަމަށް ލަފާކުރެވޭތީ ޑޮކްޓަރު އެއްސެވެ.
“ރީމް އެހެންޏާވެސް ކާ އެއްޗެހި މިއަދުވެސް ކެއީ. ޕާނާއި ޖަހައިގެން ޖޭމާއި ދެން ބިސްގަނޑެއް” ޝަނުމް ކިޔާ ދިނެވެ. އަދި ދެންމެ ހިނގި ހާދިސާ ކިޔާދިނެވެ.
“މިތާ މަޑުކޮށްލައްވާ އިގޭތޯ. އަޅުގަނޑުމެން އަޕްޓޭޑްސް ތަކާއި އެކީ ބައްދަލުކޮށްލަން ނިކުމެލާނަން” ޑޮކްޓަރު އެތެރެއަށް ވަނުމުގެ ކުރިން ބުނެލިއެވެ.
“މިއީ ކިހިނެތްވި ކަމެއް ކަމަށްތޯ ލަފާކުރެވެނީ؟ ހުން އައިސްގެން މިހާވަރު ވެދާނެ ވޭތޯ” ޝަނުމް އަހައިލިއެވެ.
“ހުން އައިސްގެން މިހާވަރު ވެދާނެ! އެކަމަކު އެއީ ވަރަށް ރެއާރ ކޭސްތަކެއްގައި. އެހެން ކަންތަކާއި ކޮންޕެއާރ ކުރުމަށްފަހު އެއްޗެއް ޔަގީންކަމާއި އެކީ ބުނެލަން އެގޭނީ” ޑޮކްޓަރު އަތުގައި އޮތް ޝީޓަށް ބަލާލުމަށްފަހު ބުނެލިއެވެ.
ޝަނުމް އާއި އަމީހާ ޑޮކްޓަރުގެ ހަބަރަކަށް އިންތިޒާރުގައި ގޮނޑީގައި އިށީދެގެން އިންދައި އަޝްވާ އާއި ކާއިން އެތަނަށް އައެވެ. ކާއިންގެ ބައްޕަ އަދިވެސް ހޮސްޕިޓަލުން ދޫނުކުރާތީ އެމީހުންވެސް ތިބީ އެތާގައި ކަމަށްވާތީ ހަބަރު ލިބުމާއި އެކީ އައީއެވެ.
“ޝަނުމް! ރީމްއަށް ކިހިނެތް ވީ” ދެއަތް ޖޯޑުކޮށްގެން ފުން ހިޔާލެއްގައި އިން ޝަނުމްގެ ކޮނޑުގައި އަތް އަޅާލަމުން އަޝްވާ އަހާލިއެވެ.
“ނޭނގެ! ޑޮކްޓަރު ބުނި ހަބަރަކާއިގެން އިރުކޮޅަކުން އަންނާނަމޭ، އެކަމަކު އަދިވެސް ނާދޭ” މިހާރު އެއްގަޑި އިރަށް ވުރެ ބޮޑުވަނީއެވެ. ޝަނުމްގެ ހާސްކަން ގަޑިން ފާއިތުވަމުންދާ ކޮންމެ ސިކުންތަކާއި އެކީ އިތުރުވަމުން ދިޔައެވެ. އަނބިމީހާ އެހާލަތުގައި އޮތްވައި ފެނުމުން ހިތަށް އަސަރުކޮށްފިކަން ޔަގީނެވެ.
މާދަމާ އަކީ ހުކުރު ދުވަހަށް ވުމުން އަޝްވިން މިއަދު ޑިޔުޓީ ކެންސަލް ކުރުމަށްފަހު އީޝް ގޮވައިގެން އުޅުނީ ލިއުޝާ އަކީ ކާކުކަން އީޝްއަށް ކިޔައިދިނުމަށެވެ. މިގޭގައި މަންމަގެ ލަފުޒަކީ ގިނައިން ބޭނުން ކުރެވޭ ލަފުޒަކަށް ވުމުން އީޝްއަށް ލިއުޝާއަކީ އޭނާގެ މަންމަ ކަމަށް ބުންޏަސް ނޭނގޭނެކަން ޔަގީނެވެ.
“އީޝް! މަންމަ ކައިރިއަށް ދާނަންތަ ދަރިފުޅު” މެންދުރުގެ ނިންމާލުމަށްފަހު ކޮޓަރިއަށް ވަދެ އީޝް ގޮވައިގެން ގޮސް އެނދުގައި އިށީންނަމުން އަޝްވިން އަހާލިއެވެ.
“ނޫން! ނުދާނަން. އީޝް ބޭނުމީ ބައްޕަ އެކަނި” އަޝްވިންއާއި ދިމާލަށް ބަލާލަމުން މައުނަވީ ގޮތަކަށް އީޝް ބުނެލިއެވެ.
“އެކީއްވެ ޔޯ؟ ހުރިހާ ކުދިންވެސް ބޭނުންވާނެއޭ މަންމައާއި ބައްޕަ ކައިރީ ހުންނަން” އަޝްވިން ބުނެލިއެވެ.
“މަންމަ އީޝް ދެކެ މިހާ ވަރަށް ލޯބިވޭތަ” އަތް ފުޅާކޮށްލަމުން އީޝް އަހާލިއެވެ. އަޝްވިން އަބަދުވެސް އީޝް ދެކެ ލޯބިވާ ކަމަށް ބުނެއެވެ.
“އާން! މަންމަވެސް އީޝް ދެކެ މިހާ ވަރަށް ލޯބިވޭ. އެހެންވީމަ އީޝްވެސް ޖެހޭނެ އިނގޭ މަންމަ ދެކެ ލޯބިވާން.. އީޝް އަށް އެނގޭތަ މަންމަ ދެކެ ލޯބިވާނީ އެއްމެ ބަސްއަހާ ކުދިން.. މަންމަ ދެކެ ލޯބިވީމަ ސުވަރުގެޔަށްވެސް ދެވޭނީ” އީޝް އޭނާ ކައިރީ ނިދަން އޮށޯންނަ ދުވަހެއް ނަމަ އަޝްވިން ސުވަރުގޭގެ ވާހަކަތައް އީޝްއަށް ކިޔައިދީ ހަދައެވެ. ކުރުސިއާއި ފަލަގި ނާސި ސޫރަތް ކިޔަވަނީ ކީއްވެތޯ އީޝް އެހި ދުވަހުން ފެށިގެންނެވެ. ސުވަރުގޭގައި ބޭނުން ކޮންމެ އެއްޗެއް ލިބޭނެ ކަމާއި އެއެއްޗެއް ލިބޭނީ ބަސްއަހާ ކުދިންނަށް ކަމަށް ބުނެ ހަދައެވެ. އަޝްވިން ބޭނުންވަނީ އީޝް އަކީ ދީނަށް ލޯބިކުރާ ސާލިހު ދަރިއަކަށް ވުމުވެ. އަސްރާރު އޭނާއަށް ދެއްކި ނަމޫނާގައި ހިފަމުންނެވެ.
“އީޝް މަންމަ ދެކެ ލޯބިވާނަން.. ” ފުޅާކޮށް ހިނިތުންވެލަމުން އީޝް ބުނެލިއެވެ.
“ބައްޕާ! ކީއްވެ މަންމަ އީޝް ކައިރިއަށް ނާންނަނީ” އީޝްއަށް ލިއުޝާ ފެނުނީ އަތުން ގުނާލެވޭހާ މަދު ފަހަރެއްގައެވެ. އެހެންކަމުން ލިއުޝާގެ ހަނދާންތައް އެޅަ ސިކުޑިން ހަނދާން ކުރަން ދަތިވިއެވެ. ދެމީހުން ވާހަކައިގައި ތިއްބައި ހިންދު އައެވެ. ހިންދުއަށް އީޝް ކުރި ސުވާލުގެ އަޑުއިވުނެވެ.
” އީޝްގެ މަންމަ އަބަދު އުޅެނީ ކުދިން ބަލިވީމަ އެކުދިންނަށް އެހީވެދޭން ކަމަށް ވާތީ އީޝް ކައިރިއަށް ނާދެވެނީ” އަޝްވިންއަށް އެސުވާލަށް ޖަވާބު ދޭން އުދަގޫވުމުން ހިންދު އައިސް އީޝް ކައިރީ އިށީންނަމުން ބުނެލިއެވެ.
“އޯ” މާ ބޮޑު ސިއްރެއް އެގުނުހެން އަނގަ ވަށްކޮށްލަމުން އީޝް ބުނެލިއެވެ. އަދި އެނދުން ފައިބައިގެން ގޮސް ކުޅޭ އެއްޗެހި އަޅާފައި ހުރި ވަށިގަނޑު ކައިރިއަށް ދިޔައެވެ.
“މަންމަމެންގެ ވާހަކަ ދައްކާއިރު ކޮބާ މިހާރު ހިންދުގެ މަންމަމެންގެ ހަބަރެއްވެސް ނުވޭދޯ… ” އެމީހުން އިން ފަހުން ހިންދުގެ މައިންބަފައިންގެ ހަބަރެއް ނުވާތީ އަޝްވިން ބުނެލިއެވެ.
“އާން! މަންމަމެން ކައިވެންޏަށް ހުރަސް ނޭޅީތީ އަހަރެން އުފާކުރަން.. އެކަމަކު ހިތަށް އެބަ އަރާ ގުޅާލާނަމޭ ވެސް” ހިންދު ބުނެލިއެވެ. މަންމަމެންނަށް ލާރީގެ ދަތިކަން އިހުސާސް ވާނެ ކަން އެނގި ހިންދު ދެރަވެއެވެ. އެހެންކަމުން އަޝްވިން ކައިރީ އަހައިގެން ރަށަށް ކޮންމެ މަހަކު ލާރި ހޯދޭނެ ގޮތަކާއި މެދު ހިންދު އެބަ ވިސްނައެވެ. އަނިޔާކުރިއަސް އެއީ މައިންބަފައިންނެވެ. އެހީވެދިނުމަކީ ދަރިންގެ ވާޖިބެކެވެ.
ރީމްގެ ހާލު ހަމައަކަށް އެޅެން ދެތިން ގަޑިއިރުގެ ވަގުތު ނެގި ނަމަވެސް ހޭވެރިކަން ވެރިވާން އަދި އިތުރު ވަގުތު ބޭނުންވާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެތާގައި އިތުރަށް މަޑުނުކޮށް އަނެއްކާވެސް ޝަނުމް ޕޮލިސް ސްޓޭނަޝަށް ދިޔައެވެ. ރީމްއަށް މިހެން ކަންތައް ދިމާވި ގޮތް ހަދަމުން ދާ ޓެސްޓުތަކުގެ ނަތީޖާ ލިބުމުމުން ނޫނީ ނޭނގުނަސް އެއީ މާޒިންގެ ކަމެއް ކަމަށް ލަފާކުރެވޭތީއެވެ.
“އައްސަލައިމަލައި ކުމް” މާހިލްގެ ކެބިންއަށް ވަދެ ޝަނުމް ސަލާމް ގޮވާލިއެވެ. ޝަނުމްއަކީ މީކާއިލްގެ ގާތް މީހަކަށް ވުމުން އިތުރު އެޕޮއިންޓްމެންޓަކާއި ނުލައި ޝަނުމްއަށް އޭނާ އާއި ބައްދަލުކުރެވޭނެ ގޮތް ހެދިއެވެ. އަދި ޝަނުމް އަކީ ސިފައިންގެ ހިދުމަތުގައި އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދީފައި ވާ ފަރާތެއް ކަމުންނާއި އެކީގައި މާހިލް ދަނީ ރީމްގެ ކޭސް އޭނާގެ ހާއްސަ ބެލުމުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.
ސަލާމް ބަލައިގަނެ މާހިލް ޝަނުމް އިށީންނަން ގޮނޑި ދައްކާލިއެވެ.
“އެރޭގެ އަލިފާންގަނޑަށްފަހު އަހަރެން މިދަނީ ލިބުނު މައުލޫމާތުގެ އަލީގައި މިކަމުގައި ބައިވެރިވާ މީހުންނާއި އެމީހުން ރީމްއަށް ޓާގެޓް ކުރާ ކަންތައް ބަލަމުން.. މައްސަލައެއް އެންމެ ފުރަތަމަ ހުށަހެޅުމުން އަހަރެމެން އެންމެ ފުރަތަމަ ބަލަނީ އެކަން ކުރި މީހަކާއި އެމީހާއާއި ވިކްޓިމްއާއި ދޭތެރޭ އޮތް ގުޅުން ފާހަގަކުރަން. އެޔަށްފަހު އެމީހާ އެކަން ކުރަންވީ މަގުސަދު ހޯދަނީ.. އަދި އެފުރުސަތު އޭނާއަށް ފަހިވެފައިވާ ވޭތޯވެސް ބަލަން. މިގޮތުން ބަލާ ނަމަ މާޒިން އަކީ ރީމްގެ ކުރީގެ ލޯބިވެރިޔާއަށް ވެފައި މާޒިންގެ މަސްތުވާތަކެތީގެ މައްސަލަ ޕޮލިހަށް ހުށަހެޅުމުން އެކަމުގެ ބަދަލު ހޯދަން މާޒިން އުޅެފާނެ ކަމަށް ބެލެވޭ. އެއީ މަގުސަދު. ދެން އޮތީ އެކަން ކުރަން ފުރުސަތު އޮތްތޯ ބެލުން.. ޔެސް! މާޒިންއަށް ޖަލުން މިނިވަންވެގެން ރީމް ހުރި އިމާރާތުގައި ރޯކޮށްލުމަށް ފުރުސަތު ލިބިދާނެ. އެކަމަކު މާޒިންއަށް ކިހިނެތް އޭނާ ޖަލުގަ އޮތްވައި ރީމްއަށް އަނިޔާއެއް ދެވޭނީ” ރީމް ކިޔައިދިން ގޮތުން ނަމަ އޭނާގެ ފަހަތުން މީހަކު އުޅޭތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެދާނެއެވެ.
“އެމީހަކީ މާޒިންގެ އެހީތެރިއަކަށްވެސް ވެދާނެއެއްނު.. ޖަލުގައި އޮތަސް މިކަހަލަ ބޮޑު ކަމެއް ރޭވިދާނެ!” ޝަނުމް ޔަގީން ކަމާއި އެކީ ބުނެލިއެވެ. އެފަދަ އެތައް މައްސަލަތަކަކާއި ބެހޭ ގޮތުން އެމީހުންނަށް ތަމްރީން ދީފައި ވުމުން އެކަންތައް ހަނދާނަށް ގެންނަމުންނެވެ.
“ތީ ހަގީގަތެއް! މިއަދު އަހަންނަށް ލިބިއްޖެ މާޒިން ޖަލުގަ އޮތްވައި އެތަނަށް މާޒިންއާއި ބައްދަލުކޮށްލަން ދިޔަ މީހުންގެ ލިސްޓް.. އާއިލާގެ ދެތިން މެންބަރަކާއި މާޒިންގެ ވަކީލު ފިޔަވައި ދެން އިތުރު މީހެއް އެތަނަށް ގޮސްފަ..އަހަރެން މިއަދު މިއުޅެނީ އެމީހުން ގެނެސްގެން މިކަމާއި ބެހޭ ގޮތުން އިތުރަށް ސުވާލުކުރަން ” ޝަނުމް ދިޔައީ މާހިލް ދެއްކި ހުރިހާ ވާހަކައެއް ކަނުލައި އަޑުއަހަމުންނެވެ. އަދި މިކަން ދެން އިތުރަށް ތަކުރާރު ނުވާނެ ގޮތަކާއި މެދު ވެސްމެއެވެ.
“މާހިލް! ކިތައްމެ ސުވާލެއް ކުރިއަސް އެމީހުން ޖަވާބު ދޭނެތަ؟ އެއްވެސް މީހެއް ބޭނުމެއް ނުވާނެ އެމީހެއްގެ އާއިލާ މެންބަރެއް އިތުރަށް ޖަލުގެ ކުޑަ ގޮޅީގައި ބަހައްޓަން. ދެން ތިބުނީ ވަކީލުންގެ ވާހަކަ. ގޯނިގޯންޏަށް ލާރި ހޯދައިގެން ތިބެ އިތުރަށް އެމަޅީގައި ބެދިއްޖަނަމަ މާޒިން އެމީހުންނަށް ދީފާނެ ގެއްލުމަކަށް އެމީހުން ވެސް ވިސްނާނެ. މީ ރީމް އަށް ކޮށްލާ ވަރު ނަމަ ދެން ކޮބާ އެމީހުންގެ ހާލަތަކީ. ގައިމު ރީމްއަށް ވުރެ ބޮޑަށް އެމީހުންނަށް މާޒިންގެ ކަންތައް އެނގޭނެ” ޝަނުމްއަށް ދެން ކުރިއަށް ދާންވީ މަގެއް ނޭނގުނެވެ.
“ގަބޫލުކުރަން ތިކަން. އެކަމަކު މައުލޫމާތު ލިބެން އޮތް އެއްވެސް ކަމެއް ނުކޮށް އަހަރެން ބޭނުމެއްނޫން އިތުރު ފިޔަވަޅެ އަޅަން.. ލިބޭ ކިތައްމެ ކުޑަ މައުލޫމާތަކުންވެސް އަހަރަމެންނަށް މުޅި ކޭސް ނިންމާލެވިދާނެ.. ” މާހިލް ބުނެލިއެވެ.
“އެތައް ދުވަހެއް ވެއްޖެ މީކާއިލް ކައިރީ ބުނެގެން މިމައްސަލަ ޕޮލިހަށް ހުށަހެޅިތާ! އޭގެ ފަހުން ރީމް ދެ ފަހަރެއްގެ މަތިން މާޒިންގެ މަގުސަދާއި އޭނާގެ އެތައް ބައިވަރު މައުލޫމާތެއް ދީފި.. މިވަރުން މި ކޭސް ނިއްމާލުވޭނޭތަ ތިބުނަނީ؟ ދެން އިތުރަށް ކޮން މައުލޫމާތެއް ބޭނުން ވަނީ؟ ޖަލުން މިކަހަލަ މީހުން މިނިވަންވެގެން ދާއިރު އެމީހުންނާއި ބެހޭ ކަންތައް މިތަނަށް ނޭނގުމަކީ ގަބޫލުކުރަން ވަރަށް ދަތި ކަމެއް!! ” ޝަނުމް ކޮޅަށް ތެދުވަމުން އެހެން ބުނެލިއެވެ. ކަންބޮޑުވެފައިވާ ވަރު މޫނުމަތިން ފެންނަމުން ދިޔައިރު ނުރުހުމުގެ އަސަރު އަޑުގައިވެއެވެ.
ޝަނުމްއަކީ ވަކި ހަމަތަކާއި އުސޫލުތަކެއްގެ ވެރިއެކެވެ. އެހެންނަމަވެސް ރީމްއަށް މި ވާ ވަރު ފެނިފައި އެހަމަތަކުން ބޭރަށް ޝަނުމް ނިކުމެދާނެ ހެއްޔެވެ؟
107 Comments!
Comments are closed.
mee kaain ge sis guess kuran emme last part… hope u like this part too. tc . loves
Wow Maroon
Vrh reethi mi prt ves
Vrh ufaavey thihaa dhigu koh up kohdheythee
Really waiting for the next prt
♡☆♡☆
Thanku icy ?
Haadha lahun thi up kohlee
Normally 2000 words part aku innaany. Ekam miee almost eyge double. Ehenve las vy. Thanku GR ?
Varah reethi
Thanku hairaan ?
Finally up v dhw.??. Adhi nukiyan .. Kiyaalaafa comment eh kollanan.
Thanku navii. ? waiting ngey
Just awesome … Mi vaahaka aky mihaaru Navii ge favorite story ey bunevidhaane .. Kaain ge sis aky kaaku kan engumah keimadhuvefa mihury.. Next part ge inthizaaruga.. Avaha up kodhechey???
Thanku navii. Was waiting for ur comment. Yes in sha Allah ehaa las nukuraanan.v ufaa vejje comment kiyaalaafa ?
މިވާހަކަ މިހާރު ވަރަށް ހަޑި
Ok. Can u tell me the reason ?
V reethi mi part ves ?
Thanku navya ?
V.nice dear….????
Thanki xxxx ?
Amazing
Thanku thoo ?
Wow v reethi mi part ves.. Waiting for the next?
Thanku blu ?
Story ah inthixaaru kohkoh indhaa thi up kohly.. Ekam baby nidhen dhen mi madukohly story nukiyaa.. Ekam eyruves hama kethah hury hifahahtaigen story nukiyaa.. Ehaaves bodah kiyaahithun mihunnany.. Alhe maroon haadha haadha molhey story liyan,Masha Allah.. ❤❤.. Alhe kihinehtha thihaa molhah story liyan dhaskury.. Shann ves v kuraahiyvi kamehthy.. Ekam thigothah hama yagyn neyngeynekan shann ahves story liyaakah.. Haahsakoh thigothah sifakohdheyn hama yagynunves neyngeyne.. Ehaaves molhu.. Maroon kuryge story thakah vure myga maa molhah ebahuri sifakurun genesdhyfa.. Khonme story ehves athuraalaafa hunnagoeh hama v ves molhey buneveyny..??.. Khonme jumulaeh kiyamun dhaairu hama hyvany aslah e manzareh loa kurimathyga fennamun dhaahen.. V v ves rythi,Masha Allah.. Maroon thy story liyumun kuriah dhevidhaane kuhjehkan v rangalhah eba saabithu kohdhey.. Thigothuga dhemihurveytho balaathi igey.. Luv u n Miss u..??????????
Well maroon ves story liyan fashaigathy v udhagulun. Ekam thi kahala kudhinhe heyo comment thakaai eku mihaa hisaabah ves mi aadhevuny. I wish u and ur baby a happy life. Mucj love from me…i have no words to describe how happy i am to see ur comment. One of my fav readers ey bunan dhw komme faharaku.hehe. ei hama fav vyma ngey. ❤❤❤ loves and tc shann
Hii maroon… Mi part vx hama superb ???… V v v reethi ???… Mi Story akee mi site ga liyaa vaahaka thakugetherein enme reethi eh vaahaka ???… Knme part akah comment publish nuviyas knme part akahvx comments kuran n miee v v v v inthizaaru kuraa story eh ❤️❤️❤️… N v v ufaavey maroon ehaa dhigukoh Story genesdheythy ??… Maroon ge story in v v madhun mistakes vx fennaneee… U are improving a lot ??????… N u are one of my favourite writer.. Maroon ge hurihaa story ehvx v v v v reethi ❤️❤️❤️.. I really like them all ???… Curiously waiting for the next part…
Thanku pinky shifoo. So happy to see ur beautiful comment ? much love .. yes dhigukoh genesdheythw v balan. So glad to know u like this story. Hope u will read it till the end ? see u loves tc
Varah reethi …….i think kaain ge sis aky reem hen….. Lots of love❤?
Thanku maikko. Hama vedhaane. Loves ?
Kaain ge sis akee hindh
Thanku zann . Possible ?
TBH i read every comment mi storyge ves adhi ehen story thakugaves. I have noticed i lot of people started hating this story when shanum got married to reem. Story aky liyuntheriaa beynuvaa gothah genesdhey vaahaka eh. Kiyuntherin beynuvaa gothah vaahaka nugenesdhevey nama eyga maana eh noon liyuntheriaa dheravaanehen comment kurun. Most of the stories in this dhivehi community is about finding the first love. But mi storyga except hind emmenves gulheny their second love aa (mihaa thanah). Its not a reason to hate the story. Mi dhiri ulhumaai behey gothun v gina info libey story eh. So if hate the story do not comment discourage. Comment contructive critism. This is far the best story i have read. Hats off to the writer. And i really love your sign”yellow heart” ?
Hehe. Last sentence.????
Yes mi storyge eh magsadhu ei. Ekam dhn ok dhw.. emmen like vaa gothah story eh nuliyeveyne. Totally cool.. thanku sammy ? loves
Something i also wantes to say
Very well said ??
Wow
Varah varah varah reethi
Thanku zuam.?
Mivaahaka mihaaru ehaa reethi noon.. maa haasaru bondi Gina kamun ?
Its ok bunny. Mi story mi genesdheny not only abt love. M trying to write a detective story within. So haasaaru bodi ey bunaa kanthah hunnaane baeh readers ah. And i m trying to show family love too . So its going to be long. ? thanku bunny
Alhe ashwa aa shanum aa gulheyne gotheh nuvaane tha
Alhe e 2 meehun gulhuvabaa
No comment on that. Just want to why do think ameehaa wallet shanum athah dhiny..
Thanku samaa ?
Athah fenfodheh nagaalumah fahu ehnooon…. ingey…. negumah fahu…. keep improving ur good work marroon…. tc
Oh v ufaa vejje mistakes faahaga kohdheythy.thanku maa.? loves
Kaainge sis aky reem hn heeveny Varah nice story waiting for next part e part vx dhigu koh genesdhehche
Thanku rash ? in sha Allah. Yes thats possible
Ashwa and shanum ah nugulhairu eba dheravefa ?
Nugulheveythy*
Eba dheravey* sorry about these mistakes
Its okay crystal hehe ? shanum and ashwa is still possible. Thanku
When is the next part
Tmrw in sha Allah ?
Kaain ge sis akee reem dho Dad r dhekudhin ehkon hospitalga admit kuree. Adhives beynumee ashwa ah shanum libun
Thanku shanum ? yes that is possible. Shanum ah ashwa nulibeyneykey nubunaanan
Readers ehen kiyaa ehchkah alhaa nulaa maroo. Ehgothakah vaahaka kiya kiyaafa thafaathu veema e ulheny. Story v reethi. Kudhi mistakes ragalhu kollahchey
Thanku faxu. Yes will write this story till the end emme kujjeh kiyan beynun viyas. ?
Reem dw kaainge sis akee? Nice story ! Keep it up
Might be. Thanku rose ?
ކާއިންގެ ސިސް އަކީ ރީމް ނުންވީ ރީމްގެ ޓްވިންސް. އެހެންވީމަ ރީމް އަށް ޓާގެޓް ކުރަނީ. އޭރުން ކާއިންގެ ޑޭޑް އަށް އިންޒާރު ދެވޭނީ. ވ.ވ.ވރީތި މިޕާޓް ވެސް. އެނީވެސް ޕްލީޒް މެރޫން ކާއިން އަށް ދެރަ ގޮތެއް މެދުވެރި ނުކުރައްޗޭ ޕްލީޒް. އީޝް ގެ ޕާޓް ވަރަށް ލޯބި. އަޅޭ ރީމް އަށް ދިމާވި ގޮތުން ވަރަށް ދެރަ ވެއްޖެ. ވެއިޓިންގް ފޯ ދި ނެކްސްޓް ޕާޓް
Kaainge sis aky reem ge twins ah vejjeyya that means he have two sisters! Possible. And annoying reader v molhu ngey hiyaalu athuraalan. Buneveyny hama molhey. Eesh dhw. I love her.thanku annoying reader ?
Thankx maroon..inthizaaru vrh kurevijje..varah varah lwbi mi prt vx..haadha …
Tomorrow 2part up kolla dhevvahche.plx..kaain ge sis vx haamakohdhehche….luv uu☺☺ molhey..masha allah❤❤
Thanku kkkk. Yes in sha Allah dhe part genesdhevythw v try kuraanan. Kaain ge sis egeyne yageenunves. Hope to see u in next part too. Loves tc ?
Now I feel that it’s Reem
Btw the story is awesome ?❤
Hind henves heevi dhw. Hehe. Thanku ruby ?
I think reem aky kaainge sis v nice mi story. .keep it up maroon ..loves ❤??
Gina kudhin bunany reem kmah. Yes vedhaane. Or not.thanku juvey.loves ?
Alheyy.ahannah shanum libeyne gotheh hadhaidhy..plx maroon. I love shanum a lot ??
Thanku ashwa. Yes he is a real man with character.maybe still possible ?
Plx sanum ah ashwa??
Thanku shaai? vedhaane hama
Dhen shanum reem dheke loabi vaaneekee noon. Reem mamam ge plan aa ehgothah shanum ashwa aa dhuruvy. Reem dheke varah foohi vey shanum aa maa challenge kuri fahun. Shanum deserves someone like ashwa.
Alhe shanum and ashwa gulhuvaba dhen
Thanku faathuma. Agree with u. Ameehaa ge atheh mikamuga vaahen heevey. Wat will happen if so when he knws the truth! Ashwa and shanum is still possible..twits and turns might turn the whole story arnd ?
Habeys hama story.. ❤❤❤❤ ekamaku ameehaa ah shanum dhahtha kiyanee
Mamma keema dhw reethy. Ragalhu kollaanan ngey. Thanku orchid ?
Mi story vv hub…plx plx kaain annd aswa glhuvabala
Thanku maai. Possible hama dhw. Hehe. ?
Next pls
Assalaamu Alaikum. Maroon. Mi story ehkoh innaani kurin liyunu story aa gulhifatha?. Eyi Hi Mi kee story eh nun kureege story aki. Eyi loabin hinithun velaashey dw. Ehenve mi story nukiyan mihuree e story kiyaafa kiyan kamah. And vaashey oagaa hithaa Aki maroon ge Hi Mi ah kiyunu enme reethi story eyh bunevidhaane. Asluves e story varah reethi hi mi ah. ??????
Hey HiMi…va alaikumu’salaam. Noon. Ekko gulhifaeh noon. Juts that dheythereakun ashwa and ashwin shaim aai eky malaka men rashah dhaa vahaka. Vaashe oagaa hithaa dhw ..hehe something thing i have written i against my blf. V ufaa vejje mihaa dhuvas koffaves estory ah complimenteh libunyma. And maroon busy kamun hama Hi Mi ge story nukiyeny. But vaguthu hoadhaigen kiyeythw balaanan in sha Allah. Much love ???
vvv reethi maroon haadha molhey v loabi plx plx plx Ashwa n Shanum gulhuvadheythi gasthuga Ashwa ah kandeh dhiny Ameeha gandu v foohi kn irakun next part vvv inthixaaru kurevey eba love n miss u maroon
Thanku ashwa. Thts possible hama adhivss if the boundries are taken. Ameehaa hama komme kamehves koffaane reem attakai. So yes. In sha Allah today . Loves tc ?
Reem e kaain ge sister.. ehenve kaain maa kurissure reem dheke rulhi aissa bahattanee ves maroon.. ehenve mazin ves reem fahathun e ulhenee aslu
Hehehe. Vedhaane hama. Yes maazin ah badhalu hifan ragalhu furusatheh dhw. Molhu idea eh.. thanku Ayra ?
kaainge sis aky hindhu hen hyvany..cox hindhuge parents hindhu dheke v rulhi aadhe ehnu vedhaane ehnu aee hassaan e landu dhyfa dhiyaima eyge rulhi hindhu ah balaany kamah vs..anyways this story is awesom..and shanum and ashwa gulheveyne goi hadhaa dhehchey <3
Alu .. yes thee vun v v gaaiy kameh.. anekaa kuraa kushuge rulhi baalany libey dhariah.. ashwa and shanum is still possible .. but she loves kidss? vedhaane dhw hama. Thanku alu ?
kaain sis aky hindhu hen heevany e ee hindhu mom men hindhu dheke rulhi anna sababaky vx e ee reem ge mom vx dad reem loabi v loabi vey ehenve hama heevany hindhu hen
Thanku ashwa again. Yes thts possible… ?
Varah Hadi mi vaahaka. Nuveskiyaa mathimathin balailaafai comment kollee. Vedhaane loabivaa dhe meehun (shanum n ashwa) nugulhuneema ahannah hadivee kamahvves sorry
Its totally fine. And thanku maai.
?
Baeh readers heevany ashwa and shanum gulhen beynun vany 1st love kamah balaafa ey dhw. Rangalhah kiyaaleema ingeyne reem loabi vegen buneema shanum dhin javaab. Shanum ashwa ah loabi hushahelhi goi. Eee loabi vaameehun hoadhan vaahaka dhakka gothaky. Not like reem inzaaru dhey gothah. My vote for Ashhwa and shanum. ? Pls maroon reem egothah shanum aai
. kairi nukurey
Yes dear. Emme furathama ashwa ves birun dhw ulhuny friend ah hurt vedhaanethy.. but she stood up to get her what she needs… shanum ves reem evrah udhagoo kuri iruves ashwa libeythw ulhuny.. Reem goas hedhy. Friendshipaai medhu suvaalu koh love ves gadhakamun hoadhan ulhuny.ashwa and shanum still might happen. Hehe shanum nuvaane reem viyas.thanku Me. ? loves
Varah bodah ehbbas me ge vaahaka aa
Again totally cool. I cnt put out words like everyone want. ?
enmenna reethi vaa gothakah nuliyeveyne . vaahaka ragalhu vaanee hiyeelee adhi e mujuthamau akaa gulhey gothah adhi ibratheh ves libey gothah liyun . huriha readers ufaa kosheh nudheveyne. vaahaka mihaaru kuriyah dhaagoi v reethi .
Thanku ninna. V ebbas thikamah. Eventhough mi storyga baeh kanthah ei adhi mi raajjeyga nuvaa kanthakah viyas still is possible. ?
I agree with you. vaahaka thakuga mi dhakaa goi badhalu kuran v kahneyge abadhu 1st love aa ekoh noonee noolheveyne kameh.
Yes ninaa.. readers therein gina kidhinnahves ehenvefa huredhaane. Thanku again ?
Pls ashwa and kaain gulhuvahchey. Reem and shanum. Hurihaa dhivehi vaahaka eh ga ehgotheh vaathy varah vai. Thafaathu kohlaba. Life isn’t a fairytale. Not everyone gets their happily ever afters. Mi vaahaka mihaaru dhaa goiy varah realistic. Dhen anekkaa shanum aa ashwa gulhuvan reem aa shanum divorce kuryma ryhcheh nuvaane. Kaivenyaky kulhey kulhivareh noon. Raajjeyga mihaaru vs emme divorce rate high ee which is not something to be proud of. So please think about this. Anyway vaahaka varah rythi. P.s I think Kaain’s sister is Reem.??
yes v v thedhu vaahaka thibuny. divorce ratun maldives ah first libeyne and congrats ur answer is correct hehe.. ? much love. story in sha Allah thafaathu vaane
Plx adhwa n kaain gulhuva dhechey
thanku dear. yes possible hama ?
Matron Ashwa aa Shanum gulhuvahchey. This story has a nice storyline eiy so far maroon dhakkuvaidheefi anhen kuhjjaka firihen kuhjjaka hama ekani best friends gothuga thibeveynekan. Ashwa aa Kaain gulhuvyma thibeyne baeh meehun dheken aan anhen kuhjjeh nuvaaney firihen kuhjjehge best friend ah eiy hama loabi verinney. A simple story could change the view.
Anyways I read your stories daily and am impressive with your work. Keep going
ashum is still possible hama. so dnt loose hope adhi.. hehe. Thanku comment kollyma ? i agree with u dear
plx plx kaain ans ashwa .ingey..
thanku non. yes vedhaane hama ?
hii roon stry v lobii ..thankx .. love u waiting next part ..
hey love thanku ?
Hei when next part ???
its up.
Kaain sis akee hindhu hen heevanee mi baives varah interesting keep it up .waiting for next part
hehehe rose. go read the next part for kaain ge sis … thanku rose ?