Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ 20

Muroo.... Level 210 Stories100 Comments
February 11, 2018 4 Mins Read
24 Comments

ވާހަކަ ނުގެނެސް ދެވި ލަސްވި ކަމައްޓަކައި އެންމެހާ ކިޔުންތެރިން ގެ ކިބައިން މާފަށް އެދެން.. އުންމީދު ކުރަން މީޝާ މިވާހަކައަށް ކުރިން ދިން ތަރުހީބު އަދިވެސް ކިޔުންތެރިން ކިބައިން ލިބޭނެ ކަމަށް .. ޝުކުރިއްޔާ…..

*******************************

( 3 މަސް ފަސް )
———————–
ދުވަސް ތައް މަސްތަކަށް ބަދަލުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ތަފާތު ކުލަތަައް ދައްކަމުން ޖައްސަމުންނެވެ. އެއްބަޔަކަށް އުފާވެރިކަން ލިބޭއިރު އަނެއްބަޔަކަށް އުންމީދު ނުކުރާ ވަރު ހިތާމަތަކާ ކުރިމަތި ކުރުވަމުންނެެވެ. ދުނިޔެއަކީ އެފަދަ ތަނެކެވެ. ހީނުކުރާ އެތައް ކަމެއް މިތާ ކުރިމަތި ވެގެން ދެއެވެ..
މީޝް ކޮބާ ރެޑީތަ..؟ ކައިޝްވެސް އެބަހުރި ތިރީގަ.. ކޮޓަރިއަށް ވަދެގެން އައި އާނާ ޑުރެސިން ޓޭބަލް ކައިރީ ރީތިވާން ހުރި މީޝާ ގާތު އެއްސެވެ. މީޝާ ހިނިތުން ވެލުމަށް ފަހު ބޮލުގެ އިޝާާރާތުން އާއެކޭ ބުންޏެވެ. އާނާ ވެސް އޭނާގެ މޭކަޕް ރީތިކޮއްލުމަށް ޓަކައި ލޯގަނޑު ކައިރީ ހުއްޓިލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅާގަތީ އެއްފަރާތެއްގައި ފުރޭމެއްގައި އިން ފޮޓޯލޯގަނޑެވެ. އާނާގެ މޫނުމަތީ ކުަބަދަލު ވެގެން ދިޔައި ހިނދުކޮޅެއްގެ ތެރޭގައެވެ. މީޝާ އަށް އެކަން ފާހަގަ ވިއެވެ. އޭނާ އެ ފޮޓޯ ގަނޑު ނަގާ އޭގައި އަތް ކާތާލިއިރު އެެދެލޯ ވަނީ ކަރުނައިން ފުރިފައެވެ. … އާނާ މީޝާ ގައިގައި ބައްދާލިއެވެ. މީޝާ ދެރަވާނެ ވަރު އޭނާ އަށް އެނގެއެެވެ. މީޝާ އަށް ކެއްވީ އެހިސާބުންނެވެ. އޭނާއަށް ބާރަށް ރޮވުނީ އެވެ. އާނާ ހިތްވަރު ދިންނަމަވެސް މީޝާ ގެ ރުއިމަށް ބަދަލެއް ނާދެއެވެ.
މީޝް ..ހުއްޓާލާ.. އިންޝާ ﷲ މިއަދު އަހަރުމެން ނަށް ކާމިޔާބު ލިބޭނެ.. ޔާނާ މީޝް އަށް އަދި ފެންނާނެ.. އާނާ މީޝާ ބުރަކަށީގައި ފިރުމާލިއެވެ. މީޝާ އޭނާ އަތުގައި އޮތް ފޮޓޯއަށް ބަލާލިއެވެ. އެއީ ޔަނާލް އާއެކު އޭނާ ނަގާފައިވާ ފޮޓޯ އެކެވެ. ޔަނާ ކޮންތާކު ތިއުޅެނީ .. ކީއްވެ މީޝް ދޫކޮއް ދިޔައީ.. މީޝް ހާދަ މަސައްކަތެއް ކުރަމޭ ޔަނާ ހޯދަން.. މީޝާ ހިތާ ހިތުންްޝަކުވާ ކުރަން ފެށިއެވެ.
ދެން ހިނގާ.. ކައިޝް މެން ހުންނާނީ ލަސް ވެފަ.. އާނާ މީޝާ މޫނު ރީތިކޮއްލަމުން ބުންޏެވެ. މީޝާ ފޮޓޯގަނޑު އިންތަނުގައި ބޭންދުމަށް ފަހު ނިކުންނަށް ހިނގާގަތީ މިއަދު ޔަނާލް އާއި ބައްދަލު ވާނެ ކަމުގެ އުންމީދުގައެވެ.
މީޝާތިރިއަށް ފޭބިއިރު ކައިޝް ހުރީ އިންތިޒާރުގައެެވެ. މީޝާ ފެނުމުން އޭނާ މީޝާ އަތުގައި ހިފާލިއެވެ. އަދި ކާރަށް އެރުމަށް ޓަކައި ދޮރު ހުޅުވާލިއެވެ. މީޝާ އިށީނުމުން ކައިޝް މީޝާ ކައިރީ އިށީނެވެ. އެމީހުންގެ ފަހަތައް ފިޒާން އާއެކު އާނާ އެރިއެވެ. ދާން ބޭނުންވާ މަންޒިލަށް ކާރު ދުއްވާލުމުން މީޝާ ބޭރަށް ނުޒަރު ހުއްޓައިގެން އިނެވެ. މީޝާ މަޑުމަޑުން އިނީތީ ކައިޝް ވެސް މީޝާ އިންގޮތައް ބޭންދީ އެހިތުގެ ހާލު ކައިޝް އަށް ވިސްނޭތީއެވެ..

ޔުނާން ހައްޔަރު ކުރިރޭގައި މީޝާ ގެއަށް އައި ގޮތަށް އޮށޯތީ ބޮލަށް ތަދުވާ ވަރުންނެވެ. ދަންވަރު މީޝާ އަށް ހޭލެވުނީ ފާހާނާއަކަށް ދާންޖެހިގެނެވެ. ފާހާނާއިން ނިކުން ވަގުތު ހުހަށް ހުރި އެނދު ފެނުމުން މީޝާ ޔަނާލް ކޮބާތޯ ބަލަން ކޮޓަރިން ބޭރަށް ނިކުތެވެ. މުޅި ގެ ހޯދިއިރުވެސް ޔަނާލް ގެ ހަބަރެއް ނުވުމުން މީޝާ ހިތް ބިރު ގަންނަ ގޮތްވިއެވެ. މިދަންވަރު ޔަނާލް އަނެއްކާ ކޮންތާކަށްދިޔައީ ބާއެވެ. މީޝާއަވަސް ވަގަތީ ޔަނާލް ފޯނަށް ގުޅޭތޯ އެވެ. އަވަހަށްކޮޓަރިއަށް ވަދެ އޭނާގެ ފޯނު ހޯދަން ފެށިއެވެ. މީޝާ ނިދާ ތަނުގައި އޮތް އޭނާގެ ފޯނު ލޮލުގައި އަޅާގަތީ އެތައްއިރަކު ފޯނު ހޯދިފަހުންނނެވެ.
އަވަސް އަވަހަށް ފޯނުނަގާ ބަލާލިއިރު ޔަނާލް ނަން ބަރުން މެސެޖެއް އިނުމުން ތެޅިތެޅި އޮތް ހިތަކާއެކު މެސެޖު ހުޅުވާލިއެވެ.
މީޝް.. ޔަނާ އަށް މާފްކުރޭ.. ނުބުނެ މީޝް ދޫކޮއް ޔުނާ މިދަނީ މީޝް އަށް އިނގެގެން ޔަނާ އަށް ނުދެވޭނެކަން އިނގޭތީ.. މީޝް ޔަނާ އަށް އިނގޭ ޔަނާ ގެ ދޮންބެގެ ސަބަބުން މީޝް އާއިލާ އަށް ކުރިމަތިވީ ވަރަށް ބޮޑު ހިތާމަ އެއްކަން.. މާފު ހައްގު ނޫން ހިތާމަ ތަކެއްކަން….މީޝް ކުރިމަތީ ޔަނާ އަށް އުޅެން ވަރަށް އުނދަގޫ.. އައި އެމް ސޮރީ އައި ހޭވްޓް ލީވް ހިޔަރ.. ސޮރީ.. ޔަނާ އުންމީދު ކުރަން މީޝް ކޮންމެވެސް ދުވަހަކުން ޔަނާ އަށް މާފް ކުރާނެކަމަށް.. މެސެޖު ކިޔާ ނިމުން އިރު މީޝާ އަށް ހުރީ ރަނގަޅަށް ވެސް ރަވިފައެވެ. ދެވަފައި ކަހަލަ ގޮތަކަށް ގޮސް މީޝާ އޭނާ ބައްޕަ ކޮޓަރީ ދޮރުގައި ތަޅާގަތެވެ. ނިދިފައި އޮތް ސަލީމްއަށް ހޭލެވުމުން އަވަސް އަވަހަށް ދޮރު ހުޅުވީ މީޝާ އަށް ކަމެއް ވީ ކަމަށް ހީކޮށެވެ.
ބައްޕާ؟ ޔަނާ.. މީޝާ އޭނާ ބައްޕަ ގައިގާ ބައްދައި ގަތެެވެ. ޔަނާލް ކުއްލިއަކަށް އެފަދަ ނިންމުމެއް ނިއްމުމުން މީޝާ އަށް ވަނީ ވަރަށް އަސަރު ކޮއްފައެވެ.
ކިހިނެއް ވީ؟ މީޝާ އަށް ވެފައި ހުރިގޮތް ފެނުމުން ސަލީމް ބިރުގަތެވެ. އޭނާގެ ދަރިފުޅަށް ކަމެއްވީ އޭ އޭނާގެ ހިތަށް އެރިއެރިއެވެ. މީޝާ އޭނާގެ ފޯނުގައިވާ މެސެޖު އޭނާގެ ބައްޕަ އަށް ދެއްކިއެވެ. ސަލީމް ވެސް ހުރީ ގަބޫލް ނުކުރެވިފައެވެ. ޔުނާން އެހެން ކަންތައް ކުރިއެއް ކަމަކު ޔަނާލް ގެ ކުށެއް ކޮބާ ހެއްޔެވެ؟ ސަލީމް އަވަސް އަވަހަށް އަޔާޒް ނިދާ އެނދު ބަލާލިއެވެ. އޭނާ އޮށޯން އިރު އަޔާޒް އެނދުގައި އޮތެވެ. އެނެއްކާ އަޔާޒް… ހިތައް އެރި އެއްޗަކުން ސަލީމު އޭނާގެ ފޯނުން އަޔާޒް ނަންބަރަށް ގުޅާލިއެވެ ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. ދެބަފައިންގެ ފޯނުވެސް އޮތީ ނިއްވާލާފައެވެ ސަލީމް ހާސްވާ ގޮތް ވިއެވެ. މިއޮއް ދަންވަރު އެމީހުން އެދިޔައީ ކޮންތާކަށް ބާއެެވެ. ؟ ފަތިސް ވަންދެން މީޝާމެން ޔަނާލް މެންގެ ހަބަރެއްވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ކުރި އެރުމެއް ލިބޭގޮތެއް ނުވިއެވެ.
ދެދުވަސް ވެގެން ދިޔައިރުވެސް ޔަނާލް ގެ ހަބަރެއް މީޝާ އަކަށް ނުލިބެއެވެ. ޔަނާލްގެ ކުއްލި ވަކިވުމުން މީޝާ އަށް ވަނީ ފުން ހިތާމައެއް ކުރިމަތި ކުރުވާފައެވެ. ކައިޝް ވެސް އޭނާއަށް ވީ އެންމެ ފުރިހަމަ ގޮތެއްގައި މީޝާއަށް އެހީ ވެދެމުން ދިޔައެވެ. ނަމަވެސް ކައިޝް އަށް ވެސް ޔަނާލް ފެންނާނެ ގޮތެއް ނުވިއެވެ. އެނގޭހާވެސް ކަމަކީ ޔަނާލް އެނބުރި މާލެ ނުދާކަމެވެ.
ޔުނާންގެ މައްސަލާގައި ކޯޓަށް ހާސިރުވާން ޖެހުނު ދުވަހު މީޝާ އުންމީދު ކުރީ ޔަނާލް ގެ ހަބަރެއް ވާނެކަމަށެވެ. ޔުނާން އަށް ހައްގު އަދަބު ލިބޭނެ ކަމުގެ ގެރެންޓީ އޮތް ނަމަވެސް އެއަށް ވުރެއް މީޝާ ހިތުގައި ޔަނާލް އާއި ދިމާވެދާނެތީ ލިބޭ ހިންހަމަ ޖެހުން ބޮޑެވެ. އެހެން ނަމަވެސް އެދުވަސް ވެސް ނިމިގެން ދިޔައީއެވެ. ޔުނާން އޭނާގެ ކުށަށް އިއުތިރާފްވެ އޭނާއަށް ހުކުމް ކުރުން ހަފްތާއެއް ފަހުން ކުރެވިގެން ދާނެކަން އިއުލާނު ކުރެވިގެން ދިޔެއެވެ. ނަމަވެސް ޔަނާ އެއް ދިމައެއް ނުވިއެވެ. މީޝާ އަށް ކެއް ނުވެގެން ޔުނާން އާއި ވެސް ސުވާލު ކުރިއެވެ. ނަމަވެސް ޔުނާން ގެ ޖަވާބަކީ އޭނާ ބަންދުކުރި ފަހުން އެކަކާވެސް ދިމާ ނުވާކަމެވެ.
ދުވަސްތައް ފާއިތުވެގެން ދެއެވެ. ޝަވަން އޭނާގެ ޗެއްޓީ ހަމަވެގެން އެނބުރި މާލެ ދިޔައީއެވެ. ފީޒާން އާއި އާނާ އެމީހުންގެ ފުރިހަމަ އެއްބާރު ުން މީޝާ އަށް ދެމުން ދިޔައެވެ. ކައިޝް އޭނާގެ ވަގުތު ތައް މީޝާ އަށްޓަކައި ހުސް ކުރިއެވެ. އެދެމެދުގައި ވީ ލޯބި މިކަމުގެ ސަބަބުން ކުރިއަރަމުން ދިޔައީ އިތުރަށް ވަރުގަދަ ވަމުންނެވެ.

މީޝް.. ހިޔާލަކަށް ގެއްލިފައި އިން މީޝާ ސިހުނީ އޭނާގެ ކޮނޑުގައި ކައިޝް ހިފުމުން ނެވެ. އާދެވުނީ މި.. ކުރިމަތީ ހުރި ގެ ދައްކާލަމުން ކައިޝް ބުންޏެވެ. މީޝާ ހިތް އަވަސް ވަމުން ދިޔައެވެ. ތިންމަސް ފަހުން އެންމެ ގާތް އެކުވެރިޔާ އާއި ބައްދަލު ކުރެވެނީއެެވެ. މީޝާ މިދުވަހަށް ޓަކައި ކިހާ މަސައްކަތެއް ކޮއްފި ހެއްޔެވެ؟ ޔަނާލް މީޝާ ދޫކޮއްލީ މީޝާ ޔަނާލް ދޫކޮއްލާނެ ކަމައް ހެއްޔެވެ؟ ޔަނާލް އެއީ މީޝާ އަށް ކިހާ މުހިންމު މީހެއްކަން ޔަނާ އަށް ނޭނގުނީ ހެއްޔެވެ.؟ ޔަނާ ހީކުރީ މީޝް ޔަނާ ދެކެ ފޫހިވާނެ ކަމައް ހެއްޔެވެ؟ ނޫނެކެވެ. މީޝާ ހިތާ ހިތުން އެތައް ޝަކުވާއެއް ކުރަމުން ކުރިމަތިން ފެންނަން ހުރި ގެއާ ދިމާލަށް ހިނގާގަތެވެ. ފަހަތުން ފިޒާން އާއެކު އާނާ ވެސް ހިނގާގަތެވެ. އެންމެން ވެސް ތިބީ ހިތް އަވަސް ވެފައެވެ. ކައިޝް މީޝާ އަތުގައި ހިފާ ބާރު ކޮއްލިއެވެ. މީޝާ ފަނޑު ހިނިތުން ވުމެއް ކައިޝް އަށް ރައްދު ކުރިއެވެ. އެހިނިތުންވުމުން ވެސް މީޝާ ހިތުގައިވާ ޝަކުވާ ކައިޝް އަށް ފެނިގެން ދިޔައެވެ.

ގޭދޮރުމައްޗަށް ހުއްޓި މީޝާ ބެލް އަޅާލިއެވެ. އޭނާގެ ހިތް އަވަސް ވެފައިވަނީ އޭނާއަށް ވެސް އުނދަގޫވާވަރަށެވެ. ޔަނާ މީޝާ ފެނުމުން ހަދާނީ ކިހިނެއްބާއޭ މީޝާ ހިތައް އެރިއެވެ. މިނިޓެއްހާ އިރު ފަހުން ގޭ ދޮރު ހުޅުވާލިއެވެ.
މީޝް.. ކުރިމަތީ ހުރި މީޝާ ފެނުމުން ޔަނާލް ހުރީ ހުއްޓުން އަރާފައެވެ. އެއީ ހަމަ މީޝާ ހެއްޔެވެ؟

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ތިޔަ އަސަރު 30

Next

ނޫރު (ފަންސަތިރީސްވަނަ ބައި)

Next
February 11, 2018

ނޫރު (ފަންސަތިރީސްވަނަ ބައި)

Previews
February 11, 2018

ތިޔަ އަސަރު 30

24 Comments!

  1. starme says:
    February 11, 2018 at 9:25 pm

    Vaahaka varah reethi. Ekamaku dheraee mihaa ginadhuvas kohfa genai iruves varah kurukoh genes dhineema. Uhmeedhu kuran dhen kuriah huri pertthah dhigukoh genes dheyne kamah.

    1. Muroo.... says:
      February 12, 2018 at 7:24 am

      Thanks starme … Foanu halaaku v ma story las v nugenes dhevi.. V bodah adhivs ehfaharu maafah edhn..

  2. Pinky shifoo says:
    February 11, 2018 at 9:26 pm

    Ohhh ????… I was surprised… V v surprise vehje… Ebaame ufaavx vehje ???… Muroo is back… ???… Heheheh I’m soooooo happy ???… Mi part vx hama vvv reethi.. Mi Story ge knme partehvx v v reethi.. V v v inthizaaru kohfin mi vaahaka ah ???… Finally I got to read it ??… Insha Allah pinky shifoo ge support kuriekeyvx egothah libeyne ??.. I hope mifaharu Muroo story nimemdhen genesdheyne kamah ??… Waiting for next part.. Keep up the good work.. Take care ❤️❤️❤️… I missed you soooooo much..

    1. Muroo.... says:
      February 12, 2018 at 2:52 pm

      Wow.. Thanks pinky shifoo.. Insha allah dhn vaahaka up kohdheynan. … Thanks for ur support… Miss u

  3. Aishaa says:
    February 11, 2018 at 9:30 pm

    Alhea eha inthixaru kurymaves eha kurukoa thi genesdhiny…..

    1. Muroo.... says:
      February 12, 2018 at 7:27 am

      Thanks aisha.. In sha Allah dhen faharakun rangalhu vaane..

  4. rose says:
    February 11, 2018 at 11:21 pm

    Alhe magey hykury mivaahaka ehkoh nimuny kamah

    1. Muroo.... says:
      February 12, 2018 at 7:28 am

      Hehe.. Ehaa dhuva vehjje viyya dhw story up nuve.. Dhn in sha allah nimen dhn up kohlaanan

  5. Shann says:
    February 12, 2018 at 5:29 am

    Maroon dhoony haadha inthixaareh kuruvaafaey thigenesdhiny.. Mee ves v kiyaahithun kee story eh.. Kyhve mihaa lasvy?.. Maroon ge haal kihinehtha.. Mives maroon ge story thakun v kiyaahithun shann kiyanfeshi story eh.. Mi story gaves meesha bandhukohgen gengulhun bai kiyamun dhiyairu hama hyvany aslu e manzaru hama lolah fenunhen.. Dhen geyga roakoli manzaruves v v furihamaey bunelaany.. Shann bunymehnu maroon khonme story ehves sifakurun hama obinoavey dhw..???.. Luv u n Miss u..❤❤?????????????

    1. Anonymous says:
      February 12, 2018 at 6:28 am

      Hey mee maroon ge story eh nooney… it’s muroo… nt maroon…

    2. Shann says:
      February 12, 2018 at 9:01 am

      Oh thank u buneladhinyma.. Olhuny igey.. Thanks a lot anonymous

  6. Hairaan says:
    February 12, 2018 at 7:32 am

    Muroo Aharen mivaahaka reyga 1in20 miky kiriyaa.mi esfiy in kiunu ehme reethi ehme thafaathu vaahaka.

    1. Muroo.... says:
      February 12, 2018 at 2:45 pm

      Thanks hairaan… Happy to knw that..

  7. Hairaan says:
    February 12, 2018 at 7:36 am

    Furathama vaahaka ah balaafa varah furihama.nimun kada nukuraathi.gina vaahakathakuga vany ehgoiy thakeh.mivaahaka varah habeys.

    1. Muroo.... says:
      February 12, 2018 at 3:00 pm

      Thanks egain hairaan.. Insha allah muroo ah v emme furihama ah nimun vs genevey thoa try kuraanan

  8. Sana says:
    February 12, 2018 at 3:33 pm

    Omg! You are muroo!
    I can’t believe it!
    Surprise vehje varah bodah!?
    I am so so so happy to see you again insha Allah sana ge support abadhuves muroo will got?
    When next part?

    1. Muroo.... says:
      February 12, 2018 at 7:59 pm

      Thanks sana.. Foanu halaaku v ma las v .. Ingey v inthixaar kuraakan kudhin kolhu.. Insha allah maadhama ge vaguthehga next part up khlaanan… Thank for ur support..

  9. Hairaan says:
    February 12, 2018 at 7:34 pm

    Kba21

  10. Sana says:
    February 17, 2018 at 8:36 pm

    Kobaatha next part?
    Alhey muroo ???
    Pls up kohdeeybaa pls??

  11. Ram says:
    February 23, 2018 at 1:15 pm

    Kobaatha 21 vana part????
    Alhey muroo ?

  12. Ais says:
    March 18, 2018 at 11:02 pm

    alhey anehkaa mivaahaka hutaaly dho.. e part hadhaan netheyfahun ane part… miee varah dhera kame

  13. player says:
    April 20, 2018 at 1:58 pm

    Kobaatha story
    Medhukandaaleetha vaahaka up kurun
    11-02-2018
    20-04-2018
    Kihaadhuvaheh vehje

  14. Anonymous says:
    November 21, 2018 at 1:51 pm

    Mee alhe kihineh up vaa vaahaka eh tha vee gotheh vx angaalhaa nama dho Aharaku eh faharu one part up vaa story eh tha mee
    Mi vaahaka varah reethi ekam up eh nuveyy

  15. Amin says:
    August 25, 2024 at 5:15 pm

    Me vaahaka vr reethi eg akmku koba next part vvvr baanun a part kiy plx plx part up vaahaka

Comments are closed.


All Right Reserved!