Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (28)

Crystal Level 210 Stories100 Comments
February 12, 2018 5 Mins Read
12 Comments

ކުރީގެ އަދަދާއި ގުޅޭ: ” ޒާރާ އަދި އެކަންޏެއް ނުވޭ.. އަހަރެން މިހިރީއެއްނު.. އަހަރެން މިއުޅެނީ މާލެ ދާން.. ހިނގާ އަހަންނާ އެކީ ދާން.. ޒާރާވެސް ޒާރާގެ އަމިއްލަ ނަފްސު ކުށްވެރިނުކުރޭ.. ތިވާހަކައަކީ އެހެންމީހުންނަށްވެސް އެނގެންޖެހޭ ވާހަކައެއް.. ދިޔާނާ ދައްތަ ނިޔާވިޔަސް ޒާރާގެ ކުށެއް ނެތް.. ތިވާހަކަ ސިއްރުކޮށްގެން ހުންނަން ޖެހުމުގެ ވޭން އެހެންމީހުންނަކަށް އިހްސާސެއް ނުކުރެވޭނެ. ” ރިޔާ މަސައްކަތްކުރީ ޒާރާއަށް ހިތްވަރުދެވޭތޯއެވެ.

” ޓްރިން.. ޓްރިން.. ” އެވަގުތު ކުއްލިއަކަށް ރިޔާގެ ފޯނު ރިންގްވާން ފެށިއެވެ.

” މީ ސުހާއޭ.. އަހަރެމެން މިއައީ ޖެންޑަރއަށް ގޮއްސަ.. އެމީހުން އިރުކޮޅަކުން ޒާރާގެ ބައްޕައާ ސުވާލުކުރަން ގެންދާނެ.. ޒާރާ ގާތުގައި ބުނޭ ދެން ހިތްވަރު ދެރަ ނުކުރާށޭ.. އަހަރެމެން މިތިބީ ޒާރާއާ އެކު.. ޒާރާއާ ރިޔާވެސް ތަންކޮޅެއް ފަހުން މިތަނަށް އަންނަން ޖެހިދާނެއޭ އެމީހުން ބުނީ. ” ރިޔާ ފޯނު ނެގުމާއެކު އެކޮޅުން ވާހަކަދެއްކީ ޒާރާއާ ރިޔާގެ އެކުވެރި ސުހާއެވެ. ސުހާއަކީވެސް ޒާރާމެންނާ އެއްފުރާއެއްގެ ކުއްޖެކެވެ.

ޒާރާ އެވާހަކަ ބުނިވަަަގުުތުގައި ސުހާއާއި ސުހާގެ ދެތިން ރައްޓެހި ކުއްޖަކުވެސް އެތާ ތިއްބެވެ. އެެެެެެެވާހަކަ ބުނުުުުުމުން ކުުުުޑަކޮށް ރިޔާއާ މަޝްވަރާކޮށްލުމަށްފަހު ރިޔާގެ އެެެެެެެދުމުގެެ މަތިން ސުހާމެން އޭރު ޕޮލިހަށާއި ޖެންޑަރ އަށް މައްސަަަލަ ހުުުުުުުުުށަހަޅަން ދިޔައީއެވެ.

” އާނ.. ބުނާނަން.. ސުހާ އެމީހުން ގާތުގައި ބުނައްޗޭ އަދި ޒާރާއަށް ވަގުތުކޮޅެއް ދޭށޭ.. ޒާރާގެ މަންމަވެސް މިއަދު އެ ނިޔާވީ.. އެވާހަކަ އެމީހުން ގާތުގައި ބުނެލާ.. ” ހަދަންވާގޮތް ރިޔާ ކިޔައިދިނެވެ.

” އާނ. މައްސަލައެއް ނޯންނާނެ.. އަހަރެންވެސް ތިގެއަށް އިރުކޮޅަކުން އެބަ ދަން.. ” އެހެންބުނުމަށްފަހު ސުހާ ފޯނުކަނޑާލިއެވެ.

ޒާރާ މުޅިދުވަހު ރިޔާމެން ގޭގައި އިންއިރުވެސް ޒާރާގެ މަންމަ ފަރާތު އާއިލާގެ މީހަކު ނޫނީ ބައްޕަ ފަރާތު އާއިލާގެ މީހަކު ޒާރާގެ ހާލު ބަލާލަންވެސް ނާދެއެވެ. ޒާރާ ގާތަށް ހާލުބަލާލަން އައި މީހުންނަކީ ސުހާފަދަ ރައްޓެހިންނެވެ.

އޭގެ އަނެއް ދުވަހު ރިޔާގެ ފޯނަށް ޒާރާގެ އާއިލާގެ މީހުން ގުޅަމުން ގެންދިޔައެވެ. އެމީހުން ގުޅާ ކޮންމެފަހަރަކު ރިޔާ ޒާރާގެ އަތަށް ފޯނުދެއެވެ.

އެމީހުން ގުޅަމުން ދިޔައީ ޒާރާއާ ދެން އެއްވެސް ގުޅުމެއް ނުބާއްވާނެ ވާހަކަ ބުނަންވެގެންނެވެ. އަދި އެއްވެސް ކަމެއްގައި ދެން އެމީހުންނަށް ނުގުޅާށޭ ބުނަންވެގެންނެވެ.

އެހުރިހާ އަޑެއް ޒާރާ އެހީ ހިތާމައާއި ވޭނުން ފުރިފައިވާ ހާލުގައެވެ. މަންމަ ވަކިވުމުން ލިބުނު ހިތްދަތިކަމުގެ ތެރެއަށް އިތުރު ހިތާމަތަކެއްވެސް އިތުރުވީއެވެ.

” ދެން ހެޔޮ.. އަހަރެން މި ހީކުރީ ކޮންމެ މީހަކުވެސް އެ ގުޅަނީ ޒާރާގެ ހާލުބަލައި ކުރިން ކިޔުނު ބަސްތަކަށް މާފަށް އެދެން ކަމަށް. އެކަމަކު އެހެންނެއް ނޫން މިވަނީކީ.. ޒާރާ ދެރަނުވޭ.. އަހަރެން މިއުޅެނީ މާލެ ބަދަލުވާން.. ކުދިން ބަހައްޓާ ގެއަކަށް.. އެގޭގައި އަދި އެއްޖާގަ އެބައިން.. ޒާރާ އަހަންނާ އެކީ ދާނަންދޯ؟ ” އާއިލާގެ މީހުން ޒާރާއާމެދު އަމަލުކުރަމުންދާ ގޮތް ފެނިފައި ޒާރާ މާލެ ގެންދަން ރިޔާ ބޭނުންވިއެވެ.

” އަހަރެންވެސް މިރަށުގައި ދެން ހުންނާކަށް ބޭނުމެއްނޫން.. އަހަރެންވެސް ރިޔާއާއެކު މާލެ ދާނަން.. ” ދެއަތުން މޫނުގައިވާ ކަރުނަތަށް ފޮހެލަމުން ޒާރާ އެހެންބުނެލީ އާހިތްވަރަކާ އެކުގައެވެ.

ދިޔާނާ ނިޔާވިތާ ހަތަރުވަނައަށްވީ ދުވަހު ޒާރާ ރިޔާއާއެކުގައި ޖެންޑަރއަށް ދިޔައެވެ. ޖެންޑަރ ގައި ތިބި މީހުން ޒާރާއާ ރިޔާގެ ކިބައިން އެދުނީ އެކަންތައްވީގޮތް ކިޔާދިނުމަށެވެ.

ޒާރާވެސް ވަރަށް ހިތްވަރުކޮށްފައި ކަންތައްވީގޮތް  ކިޔާދިނެވެ. ޒާރާއަށް ނުކިޔާދެވިގެން އުޅޭހެން ހީވާއިރަށް ހިތްވަރުދިނުމުގެ ގޮތުން ރިޔާ ޒާރާގެ އަތުގައި ހިފާލައެވެ.

ޖެންޑަރއިން އެމައްސަލަ ތަހްގީގްކުރީ ފުލުހުންނާއި ގުޅިގެންނެވެ. އެމީހުން ސުވާލުކުރަން ފެއްޓުމުން ފުލުހުންގެ ހައްޔަރުގައި އިން އިޔާޒްވެސް އެކަމަށް ފަހުން އެއްބަސްވިއެވެ.

އެއާއެކު އިޔާޒްގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކުރެވުނެވެ. އޭރު އެރަށު ޖަލުގައި ޖާގައިގެ ދަތިކަންތައްތަކެއް ހުރުމާއެކު އިޔާޒް ގެންދެވުނީ މާލޭ ޖަލަށެވެ.

ދުވަސްކޮޅެއް ފަހުން ޒާރާވެސް ރިޔާއާއެކު އަނެއްކާވެސް މާލެ ބަދަލުވިއެވެ. ފުރަތަމަ ޒާރާ ރިޔާއާ އެކީގައި އުޅުނީ ކުދިން ބަހައްޓާ ގެއަކުއެވެ.

މާލޭގައި އުޅޭތާ ދުވަސްކޮޅެއް ވީތަނާ ރިޔާއާ އިރުފާން ދިމާވެގެން ލޯބީގެ ގޮތުން ގުޅުނެވެ. ރައްޓެހިވެގެން އުޅެފައި ދުވަސްކޮޅެއް ފަހުން އެދެމީހުން ކައިވެނިކުރިއެވެ. ކައިވެނިކޮށްފައި އެޕާޓްމެންޓަކަށް ބަދަލުވަމުން ރިޔާމެން ދިޔައީ ޒާރާވެސް ގޮވައިގެންނެވެ.

******************

” ޒާރާ.. ކިހިނެއްވީ؟ މަންމަ މަތިން މާބޮޑަށް ހަނދާންވީތަ؟ ” ޒާރާގެ ލޮލުން ކަރުނަތައް ފައިބަން ފެށުމުން ޔަޒްދާން ކަންބޮޑުވިއެވެ.

” މަންމަ މަތިން ވަރަށް ހަނދާންވޭ.. ” އަޑު ކުރެހިފައިވާ ގޮތަކަށް ޒާރާ އެހެންބުނެލިއެވެ. “ދެން ނުރޮއި.. ” ޒާރާގެ ކޮނޑުގައި ހިފާފައި ޔަޒްދާން ޒާރާ އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ.

އެވަގުތު ޒާރާގެ ފޯނަށް މެސެޖެއް އައެވެ.

” އިރުފާން ބުނީ އެއީ ވަރަށް ރަގަޅު ކުއްޖެކޯ.. ޒާރާ އަވަހަށް އޭނައާ ކައިވެނިކުރޭ.. އަހަރެން ނެތީމަ ކޮންމެހެން ކައިވެނިނުކޮށް މަޑުކުރާނެ ކަމެއްވެސް ނެތް.. އަހަރެންވެސް އަދި އިރުފާންވެސް އެދޭ ގޮތަކީ އެއީ.. ” ރިޔާ ފޮނުވި އެމެސެޖްގައި ވަނީ އެހެންނެވެ.

ސިއްރު ސިއްރުން ޒާރާ އެމެސެޖް ކިޔާފައި އަނެއްކާވެސް ފޯނުބޭއްވިއެވެ.

” ހިނގާދޯ އަހަރެމެން އަވަހަށް ކައިވެނިކުރަން..” ޒާރާ ދެރަވެފައި އިންނާތީވެ ޔަޒްދާން އަވަހަށް އެހެންވާހަކައެއް ފެށިއެވެ.

” ކޮންދުވަހަކުން އަހަރެމެން ކައިވެނި ކުރާނީ.. ޒާރާ ކޮންމެވެސް ދުވަހެއް ބުނެބަލަ.. ” ޔަޒްދާން ބޭނުންވީ ދުވަސް ކަނޑައެޅުމުގެ ފުރުސަތު ޒާރާއަށް ދޭށެވެ.

“މިއަދު އޭޕްރީލް 28.. މި މަސް ނިމެނީ.. މެއި 10 ރަގަޅުތަ؟ ” ޒާރާގެ ވިސްނުންވެސް ކައިވެނީގެ ކަންތައްތަކަށް އެނބުރުނެވެ.

” އެދުވަސް ހަމަ އޯކޭ. ރަންކިޔާނީ ކޮންދުވަހަކު؟” ޔަޒްދާން އަނެއްކާވެސް ސުވާލެއްކޮށްލިއެވެ.

” މެއި 6. އެދުވަސްވެސް ރަގަޅުދޯ.. ” ޒާރާ ބަލާލީ ޔަޒްދާންގެ މޫނަށެވެ.

” އާނ.. އެހެންވީމަ އެދުވަހު އަހަރެން 2 ހެކިވެރީން ޒާރާގެ ގާތަށް ފޮނުވާނަން.. އަދިވެސް އެއް ސުވާލު އެބައޮތް.. ޒާރާ ބޭނުމީ ކޮންތާކު ކައިވެނިކުރަން؟ ބޮޑު ޕާޓީއެއް ބާއްވަން ބޭނުންތަ؟” ޔަޒްދާން ބޭނުންވަނީ ކައިވެނީގެ ހުރިހާކަމެއްވެސް ޒާރާ އެދޭގޮތަށް ގެންދާށެވެ.

” ބޮޑު ޕާޓީއެއް ބޭނުމެއްނޫން.. ވަރަށް ސިމްޕަލްކޮށް ބޭނުމީ.. ގޭގަ އޯކޭވާނެ. ” ބޮޑު ޕާޓީއެއް ބާއްވާކަށް އެއްވެސް އިރެއްގައި ޒާރާ ބޭނުމެއްނުވެއެވެ.

” ވިއާމްމެންގެ އޯކޭތަ. އެއީ އަހަރެންގެ ވަރަށް  ގާތް ރައްޓެއްސެއް. އެގެއަކީ ޖާގަ ބޮޑު ގެއެއް.. އެގެއަކީ ސެކިއުރިޓީވެސް ވަރުގަދަ ގެއެއް. ވިއާމްގެ ބޮޑުބޭބެއަކީ ޕޮލިހުގައި ވަރަށް އިސްމީހެއް.. އެގެއަށް ޒާރާގެ ބައްޕަވެސް  ވަގުތީގޮތުން ގެނެވިދާނެ.. ” ކަންއޮތްގޮތް ޔަޒްދާން ޒާރާއަށް ކިޔާދިނެވެ.

” އޯކޭ މައްސަލައެއްނެތް.. ” ހީލަމުން ޒާރާވެސް ޖަވާބުދިނެވެ.

” ބަލާބަލަ ނިކަން.. ދަރިފުޅު މަންމައަށް ސިއްރުން ކޮށްލި ކަންތައް.. ސިއްރު ސިއްރުން ކައިވެނިވެސް ތި ހަމަޖެއްސީ.. ” އެވަގުތު އެހެންބުނަމުން ވަފިއްޔާ ހިފީ ޔަޒްދާންގެ ކަންފަތުގައެވެ.

ޒާރާމެން ވާހަކަތައް އެހިސާބަށް ދިޔައިރު ވަފިއްޔާއަށްވެސް އެތަނަށް އާދެވުނީއެވެެ. އެހެންވެ، ކައިވެނީގެ ކަންތައްތަކުގެ ވާހަކަދެއްކިއިރު ވަަފިއްޔާއަށްވެސް އެވާހަކަތައް އަޑުއިވުނީއެވެ.

” އައުޗް. މަންމާ.. އެބަ ތަދުވޭ.. މަންމަ ތި އަހަރެންގެ ކަންފަތް އަނބުރާލީ.. ” ވަފިއްޔާ ޔަޒްދާންގެ ކަންފަތް ކުޑަކޮށް އަނބުރާލުމުން ތަދުވެގެން ޔަޒްދާން ބުނެލިއެވެ.

” ޝައިކޮވެސް ވަރަށް ބޭނުން ދޮންބެގެ ކަންފަތް އަނބުރަން.. ” ވަފިއްޔާ ޔަޒްދާންއަށް ހެދިގޮތް ފެނިފައި ޝައިހާވެސް އެތަނަށް އައިސް ވަފިއްޔާ ހިފަހައްޓައިގެން އިން ޔަޒްދާންގެ ކަންފަތް ނޫން އަނެއް ކަންފަތުގައި ހިފިއެވެ. އަދި ހިނިތުންވަމުން ޔަޒްދާންގެ އެކަންފަތް އަނބުރަންފެށިއެވެ.

” އަޅޭ.. މިއީ ކަންފަތް އެނބުރުމުގެ މުބާރާތެއްތަ؟ ” ދެފަރާތުން ދެކަންފަތް އަނބުރާވަރުން ޔަޒްދާންއަށް އެއްގޮތަކަށްވެސް ސޯފާގައި މަޑުން އިނދެވޭވަރެއް ނުވިއެވެ.

މިމަންޒަރުތައް ބަލަންއިން ޒާރާ އިނީ ހީހީހަލާކު ވާވަރުވެފައެވެ. ހެވޭވަރުން ޒާރާ އިނީ އަނގަމަތީ އަތްވެސް އަޅައިގެންނެވެ. ވަފިއްޔާވެސް ޔަޒްދާންއަށް ނުފެންނަގޮތަށް ޒާރާއާ ދިމާއަށް ބަލާލާފައި ހީލައެވެ.

” ދަރިފުޅާ ޒާރާ.. ބޮޑު ޕާޓީއެއް ނުބޭއްވިއަސް ދަރިފުޅުވާނެ އެކަމަކު ކައިވެންޏަށް ލާން ރީތި ކުލައެއްްްްގެ ހެެެެެެެދުމެއް ފަަަހަަން.. ” އިރުކޮޅަކަށްފަަަހު ޔަޒްދާންގެ ކަންފަތުން އަތް ދޫކޮށްލަމުން ވަަަަަަފިއްޔާ ބުނެލިއެވެ.

” ކޮންކުލައެއް.. ؟ ” ޒާރާ އަހާލިއެވެ.

” ރެޑް .. ” ވަފިއްޔާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެސުވާލަށް ޖަވާބުދިނީ ޝައިހާއެވެ. އޭރުވެސް ޝައިހާ އިނީ ޔަޒްދާންގެ ކަންފަތް އަނބުރާލަ އަނބުރާލައެވެ.

” ޝައިކޮ ދެން ދޮންބެ ކަންފަތުން އަތް ދޫކޮށްލާ.. މަންމަވެސް މިދޫކޮށްލީ.. މާ ގިނައިން ތިވަރަށް ކަންފަތް އަނބުރަންޏާ ދޮންބެގެ ކަންފަތް އިންތަނުންވެސް ވަކިވެދާނެ.. ” ވަފިއްޔާ އެހެންބުނުމުން ޝައިހާވެސް ޔަޒްދާންގެ ކަންފަތުން އަތްދޫކޮށްލިއެވެ.

” ޝައިހާ އެ ބުނި ކުލަ މަންމައަށްވެސް ވަރަށް ކަމުދޭ.. ޒާރާވެސް ދެން ކިޔަންވާނީ މަންމަ އިނގޭ.. ފޮތި ގަންނަން ދަމާ.. އެހެންނޫނީ އީބޭއިން ރަތްކުލައިގެ ވެޑިން ޑްރެސްއެއް ވެސް ގެނެވިދާނެދޯ.. ” ދޯ ދެމުން ވަފިއްޔާ ބަލާލީ ޔަޒްދާންގެ މޫނަށެވެ.

” އާނ.. ވެޑިން ޑްރެސްއެއް ގެންނަން ޒާރާ ބޭނުމިއްޔާ އަހަރެން މިހާރުވެސް އީބޭއިން އޯޑަރ ދީފާނަން.. ” ޔަޒްދާންވެސް އިންތިޒާރު ކުރަމުން ދިޔައީ ޒާރާގެ ޖަވާބަކަށެވެ.

” އަސްލު ވެޑިން ޑްރެސްއެއް ލާކަށް އެހާ ބޭނުމެއްނޫން.. ފިހާރައިގައި ހުންނަ ފޮތިން ރަތް ކުލައިގެ ހެދުމެއް ފެހީމާ ރަނގަޅުވާނެ.. ރަތްކުލަ ވަރަށް ރީތި.. ” ޒާރާ އެހެން ބުނެލީ ވަފިއްޔާއަށާއި ޔަޒްދާންއަށް ހިނިތުންވެލަމުންނެވެ.

” ދަރިފުޅުމެންގެ ކައިވެނީގެ ދައުވަތުދޭ މީހުންގެ ލިސްޓެއްނު އެންމެ ފުރަތަމަ ހަދަންވީ.. އޭރަށް ކަންނޭނގެ ދެން ހުރި ކަންތައްތައް ކުރިއަށް ގެންދަން އިނގޭނީ.. ޒާރާވެސް ކިޔަން ބޭނުން ކުއްޖަކަށް ވާނެ ކިޔަން.. ” ވަފިއްޔާގެ ވިސްނުން ހުރިގޮތް ވަފިއްޔާ ކިޔާލަދިނެެވެ.

” ދެން އުޅޭނީ ތިކަމާއޭ.. ދޯ ޒާރާ.. ” ޒާރާއަށް ހިނިތުންވަމުން ޔަޒްދާން ބުނެލިއެވެ.

” ދަރިފުޅުމެންނަށް ނުވަންޏާ މަންމަ ގާތުގައިވެސް ބުނެލާ.. ބުނިއްޔާ ސާމިޔާވެސް އަންނާނެ.. އީޝްމެން ގެއަށް ދިޔަ ދުވަހު ދަރިފުޅުމެން ވާހަކަ މަންމަ ސާމިޔާ ގާތުގައި ބުނިން.. އެގޭ މީހުންނަށްވެސް ކިޔަންވާނެ.. ކުޑަ ޕާޓީއެއް ބާއްވަންވާނެ.. މާލޭގައި އުޅޭ ތިމާގެ މީހުންނާ ރައްޓެހިންނަށް ދައުވަތު ދޭންވާނެ.. ދަރިފުޅުމެން  ކައިވެނިކުރިކަން އެހެން މީހުންނަށްވެސް އެނގޭނީ އޭރުން.. ” ވަފިއްޔާ އެދޭގޮތް ވަަަަަފިއްޔާ ހާމަކޮށްލިއެވެ.

” މައްސަލައެއް ނެތް.. ” ޔަޒްދާން އެއްބަސްވިއެވެ. ” މަންމަ ބޭނުންގޮތެއް. ” ޒާރާވެސް ހީލާފައި އެހެންބުނެލިއެވެ.

ދެން އައި ދުވަސްތައް ފާއިތުވެގެން ދިޔައީ ފިސާރި ހަލުވިމިނެއްގައެވެ. އެކަމަކު އެއިން ކޮންމެ ދުވަހެއް ޒާރާއަށާއި ޔަޒްދާންއަށް ސިފަވަނީ ގަރުނެއްގެ ގޮތުގައެވެ.

މިދުވަސްތަކުގެ ތެރޭގައިވެސް ބައެއް ދުވަސްދުވަހު ޒާރާގެ ބައްޕަގެ ހާލު ބަލާލަން ޔަޒްދާން ހުޅުމާލޭ ޖަލަށް ދެއެވެ.

ޔަޒްދާން ދިއުމުން ބައެއްފަހަރު ތުއްތު ތުއްތުއިރު ޒާރާ އުޅޭގޮތުގެ މަޖާވާހަކަތައް އިޔާޒް ޔަޒްދާންއަށް ކިޔާދެއެވެ. ފަހުންފަހުން އިޔާޒް ރަނގަޅުވާހެންވެސް ޔަޒްދާންއަށް ހީވާންފެށިއެވެ.

ފުލުހެއްގެ އިތުރުން އޭނާއަކީ މިހާރު ޒާރާގެ ވާންއުޅޭ ފިރިމީހާއެވެ. އެހެންވެ، ޔަޒްދާންވެސް އިޔާޒްއާ ވާހަކަދައްކަނީ އަބަދުވެސް ރީތި ބަހުންނެވެ. އެއީ ވަރަށް ރީތި ސިފައެއް ކަމުގައި ޔަޒްދާން ގަބޫލުކުރެއެވެ.

********************

” ޒާރާ.. ދަރިފުޅާ.. ދެ ކުއްޖަކު އެބަ ތިބި ދަރިފުޅު ހޯދަން އައިސް.. ހީވަނީ ރަންކިޔުއްވަން ވެގެންހެން.. ޖޯޑު ބަހައްޓާފައި ދޭބަލަ.. ” ޒާރާ ހެނދުނު ސައިބޯން އިންދާ ވަފިއްޔާ އައިސް ބުނެލިއެވެ.

” ހާދަ ހެނދުނަކާއޭ .. އަދި ހެނދުނު 7 އެ ޖެހީ ދޯ މަންމާ.. ” ޒާރާ ގަޑި ބަލާލިއިރު ހެނދުނު 7:05 ވީއެވެ.

” އާނ.. ދޯ.. ދަރިފުޅާ.. ހީވަނީ އެމީހުން މިގަޑީގައި ނުފޮނުވާ ޔަޒްދާންއަށް ކެތްކޮށްނުލެވުނީހެން.. އެކަމަކު ދެން މާ ހެނދުނަކާވިއްޔަ އެފޮނުވީ.. ހެހެ.. ދަރިފުޅަށް ނޭނގުނަސް ބައެއްފަހަރަށް ޔަޒްދާންއަކަށް ކަންކަމުގައި ކެތެއް ނުކުރެވޭނެ.. ” ހެމުންހެމުން ވަފިއްޔާ ބުނެލިއެވެ.

( ނުނިމޭ )

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ކިޔުންތެރިންނަށް!

Next

ތިޔަ އަސަރު 31

Next
February 12, 2018

ތިޔަ އަސަރު 31

Previews
February 12, 2018

ކިޔުންތެރިންނަށް!

12 Comments!

  1. Beauty?? says:
    February 12, 2018 at 4:05 pm

    Yey me first

    1. Crystal says:
      February 12, 2018 at 4:41 pm

      Hehe yes.. beauty first ????

  2. nazi says:
    February 12, 2018 at 6:10 pm

    Nice..varah reethi<3

    1. Crystal says:
      February 12, 2018 at 9:39 pm

      Thankyou nazi ☺???

  3. Hairaan says:
    February 12, 2018 at 6:17 pm

    Varah reethi

    1. Crystal says:
      February 12, 2018 at 9:42 pm

      Thankyou hairaan ☺???

  4. Hudha says:
    February 12, 2018 at 6:48 pm

    ?????

    1. Crystal says:
      February 12, 2018 at 9:43 pm

      ????☺

  5. Zaaraa says:
    February 12, 2018 at 7:46 pm

    Story reethi?? emme salhithan kolhaky update vaaleh avasveema thank u

    1. Crystal says:
      February 12, 2018 at 9:45 pm

      Thankyou .. aslu mi balany mivaahaka genesdheee nimmala dheveytho.. by the end of this week nimeyne hen hyvey ☺???

  6. Shuhu says:
    February 13, 2018 at 12:16 pm

    Reethi varah….maa avahakah nimmaalan ulheythy

  7. riyaa says:
    March 10, 2018 at 5:54 pm

    oh my god !!! very very beautiful story

Comments are closed.


All Right Reserved!