Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ފަންސަވީސްވަނަ ބައި)

riya Level 2100 Comments10 Stories
February 10, 2018 4 Mins Read
80 Comments

ބޮލުގައި މާގަދައަށް ރިއްސަން ފެށުމުން އިޔާން ބޭނުންވީ ގެއަށް ގޮސް ނިދާލުމަށެވެ. މޭޒުމަތީގައި އޮތް ފޮޓޯ ގަނޑާއި ނޯޓްފޮތް ލެޕްޓޮޕް ދަބަހުގެ ތެރެއަށް ލަމުން ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ. ފޯނުނަގައި ޖީބަށް ލަމުން ހިނގައިގަތީ އޮފީހުން ނިކުންނާށެވެ. ދޮރު ހުޅުވާލުވާ ލުމަށްފަހު އެޅި ފުރަތަމަ ފިޔަވަޅާއެކީ އެތެރެއަށް ވަންނަން އައިސް ހުރި ޔޫންގެ ގައިގާ ޖެހިއްޖެއެވެ. ވެއްޓެންދިޔަ ޔޫންއަށް ތޫލި އަޑަކުން ހަޅޭލަވައި ގަނެވުނެވެ.  އިޔާން ހުށިޔާރު ކަމާއެކީ ޔޫން ވެއްޓުނަ ނުދީ ސަލާމަތް ކުރިކަމުގައި ވިޔަސް ފައިލު ތަކުގައި ހުރި ގަނޑުތައް ވައިގެ ތެރޭގައި ބުރަބުރައިގެން ހިނގައްޖެއެވެ. އިޔާންގެ މޭގައި ޖެހިފައިވާ މޫނު ދުރުކޮށްލަމުން ޔޫން އިޔާންގެ މޫނަށް ބަލާލިއެވެ. އެހަށިގަނޑުން ދޮވަމުންދާ މީރުވަހުން ޔޫންގެ ހިތާއި މުޅިހަށިގަނޑަށް އެކަމުގެ އަސަރުތައް ކުރުވަމުން ދިޔައެވެ. ހިތުގެ ވިންދު އާދަޔާ ހިލާފަށް އަވަސްވެގެން ދިޔައެވެ. ޔޫންގެ އަތުގައި ހިފަހައްޓާލާފައިވާ އަތް ދޫކޮށްލަމުން އިޔާން ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ޔޫންއަށް އަދިވެސް ހުރީ ގަމީހުގައި ހިފެހެއްޓިފައި ކަމަށްވުމުން އިޔާންއަށް ދުރަކަށް ނުޖެހެވުނެވެ. ޔޫންގެ ކޮނޑުގައި ހިފާ ދުރުކޮށްލަން އުޅުމުން ތެޅިގެންފައި ޔޫންވެސް ދުރަށްޖެހިލިއެވެ. ޔޫންގެ ދޮން މޫނަށް ވެރިވެފައިވާ ލަދުވެތި ކަމުގެ އަސަރުތަކުން މަޑު ފިޔާތޮށި ކުލައެއް ވެރިވެފައިވެއެވެ. ޔޫންއައީ ފައިލުގެ ގަނޑުތަކަށް ބަލަމުން ކަމުން އިޔާން ނިކުމެގެން އައިތަން ނުފެނުނީއެވެ. އިޔާންއަށްވެސް ބަލަން ވާވަރަށް ނުބެލުނީއެވެ. ޔޫން އަވަސް އަވަހަށް ގަނޑުތައް ނަގަން ފެށިއެވެ. އިޔާންވެސް ގުދުވަމުން ގަނޑުތައް ނަގައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ގުދުވުމާއެކީ ބޮލުގައި ރިއްސަންފެށީ މާގަދަޔަށެވެ. ބޮލުގައި އެއްއަތުން ހިފަހައްޓަމުން ތެދުވެ ހިންދެމިލެވޭތޯ މަސައްކަތްކުރިއެވެ. މަންޒަރު ފުސްވާން ފެށުމާއެކީ އިޔާންގެ އަގައިން ވޭނީ އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ޔޫންއަށް ބަލާލެވުނު އިރު އިޔާން ބޮލުގައި ހިފަހައްޓައިގެން ހުރިތަން ފެނުމުން ކޮންމެވެސް ގޯހެއްވެއްޖެޔޭ ހިތްބުނަން ފެށިއެވެ.

“ސަރ އާ ޔޫ އޯލްރައިޓް؟” އިޔާންގެ އަތުގައި ހިފަހައްޓާލަމުން ޔޫންއަށް އަހާލެވުނެވެ. އިޔާންއަށް ވާހަކައެއް ނުދެއްކުނެވެ. ކެބިންނާއި ދިމާއަށް އިޝާރާތް ކޮށްލުމުން ޔޫންއަށް އޭނާ ބޭނުންވަނީ އެތެރެއަށް ދާންކަން ވިސްނިއްޖެއެވެ. އަދި ޔޫންގެ އެހީތެރިކަމާއެކީ އިޔާންއަށް ގޮސް ގޮނޑީގައި އިށީދެލިއެވެ.ދެލޯމެރިފައި އިން އިޔާން ފެނިފައި ޔޫންގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެގަތެވެ. ތައްޓަށް ފެން އެޅުމަށްފަހު ފެންފޮދެއް ބޯންދެވޭތޯ ކުރި މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބު ވިއެވެ. އަތަށް ފެން ފޮދެއް އެޅުމަށްފަހު މޫނުގައި ފެންހާކާލިތާ ފަސްވަރަކަށް މިނިޓް ތެރޭގައި އިޔާން ލޯހުޅުވާލިއެވެ. ގަމީހަށް އެޅުނު ފެންތައް ޓިޝޫއަކުން ފުހެދޭން ހުރި ޔޫން އިޔާންއަށް ފެނުނީ ޒީކްގެ ސިފާގައެވެ. ލޯމަރާލަމުން ޔޫންގެ އުނަގަނޑުގައި އިޔާންގެ ދެއަތް އަޅުވާލިއެވެ. ޔޫން ސިއްސައިގެން ދިޔަލެއް ބޮޑުކަމުން ދުރަށް ޖެހިލަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިޔާންގެ ސިކުނޑީގައި ހިނގަމުންދަނީ ހިޔާލުތައް މާވަރުގަދައެވެ. ޔޫންގެ ބުރަކަށީގައި އިޔާންގެ އަތުން ފިރުމަމުން ދިޔައެވެ. ޔޫންވެސް މަޑުމަޑުން އިޔާންގެ ކޮންމެ އެދުމަކަށް އިޖާބަދެމުން ދިޔައެވެ.

 

ނިތްކުރި މަތީގައި އަތްބާއްވައި ލައިގެން އެނދުމަތީގައި ރުއާން އޮތެވެ. ފުލް ސްޕީޑް ގައި އެނބުރެމުން ދިޔަ ފަންކާއިން ޖެހެމުން ދިޔަ ވައިން އެހެއްވެސް ފިނީގެ އަސަރެއް ނުކުރާކަހަލައެވެ. މޫނުމަތި ވިދަމުން ދިޔައީ ދާތިކިތަކުންނެވެ. ފޯން ރިންގ ވާން ފެށުމާއެކީ ރުއާން ފޯނަށް ބަލާލިއެވެ. ނީލާ ގުޅަން ފަށައިފިނަމަ ނަގަންދެން ހުއްޓާނުލައި ގުޅާނެކަން އެނގުމުން ތެދުވެ ހަމަޖެހިލަމުން ފޯނުނެގިއެވެ.

“ގުޅާވެސް ނުލައި ކީއްތަ ތިރަށުގައި ތިކުރަނީ” ނީލާ ޝަކުވާ ކުރިއެވެ.

“ނީލް އަހަރެން ވާހަކައެއް ބުނެފިއްޔާ ރުޅި އަންނާނަންތަ؟” ރުއާންގެ އަޑުގައިވާ ހިތާމަވެރިކަމާއި ނުތަނަވަސްކަން ފާޅުނުކޮށްވޭތޯ ރުއާން މަސައްކަތް ކުރިއެވެ.

“ނޫން އަހަރެންނަށް ދުވަހަކުވެސް ރުއާންދެކެ ރުޅިއެއް ނާދެވޭނެ. އައި ލަވް ޔޫ ސޯ މަޗް” ނީލާގެ ވާހަކައިން ރުއާންއަށް ކޮންމެވެސް  ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަދި މިއަދާ ހަމައަށް އައިއިރު ޒީކްއާއި ދޭތެރޭގައި ކަންތައްތައް ކުރެވުނު ގޮތް ކިޔައި ދިނެއެވެ. އަދި ޒީކްގެ ކުށެއް ނެތްކަމާއި އެކަންތައް ކުރެވުނީ އަލްޔަން ގިނައަދަދެއްގެ ފައިސާ ދިނުމުން ކަމަށެވެ. އެންމެ ފުރަތަމަ ނީލާއާއި ރައްޓެހިވީ ވެސް ލޯބިވެގެން ނޫން ކަމަށާއި ޒީކްއަށް ދެރައެއްދެވޭނީ ނީލްވެސް ޒީކްއާއި ދުރުކޮށްގެން ކަމަށް ވާތީއެވެ. ނަމަވެސް މިހާރު ނީލްއާއި ދުރުގައި އެންމެ ހިނދުކޮޅަކުވެސް ހުރުމަކީ ނުވާނެ ކަމެވެ. އަލްޔަން ފުރަތަމަ ބޭނުންވީ ޒީކްއަށް ކެތްނުވާވަރަށް އެކިކަހަލަ ކަންތައްތައް ކޮށް އެގެއިން ފޮނުވާލާށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަލްޔަންގެ ހިތް ބަދަލުވެ ޒީކްދެކެ އިންތިހާއަށް ލޯބިވެވުނީއެވެ. އަދި މިއަދު އެއީ ރުއާންގެ ކޮއްކޮކަން އެނގުނު ކަމަށާއި އެކަމުން ބަޔާން ކުރަންދަތި ހިތާމައެއް ލިބިފައިވާ ކަމަށްވެސް ކިޔައިދިނެވެ. ކޮއްކޮއާއި ކުރިމަތި ލާނެ ގޮތެއްވެސް ނުވިސްނުނު ކަމަށާއި ކުރިމަތިލާން ލަދުގަންނަ ކަމަށެވެ. ރުއާންއަށް ހުރިހާ ކަމެއް ކިޔައި ދެވުނީ ވަރަށް ގިނައިރުންނެވެ. ހިތަށް ކުރަމުންދާ އަސަރުން ވާހަކަ ދެއްކުމަށް ދަތިވަނީއެވެ.

“ޒީކްގެ ކިބައިން މާފަށް އެދޭ” ހުރިހާ ވާހަކައެއް ކިޔައިދިނުމުން ނީލާ ބުނެލިއެވެ.

“ނީލް އަހަރެންނަށް އެނގޭ މިކުރެވުނީ ކުށެއްކަން. . . ނީލްދެކެ އަހަރެން ވަރަށް ލޯބިވޭ” ރުއާންގެ އަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ.

“އަހަރެންދެކެ ލޯބިވަންޏާ ޒީކް ގޮވައިގެން އަހަރެންގެ ކުރި މައްޗަށް އާދޭ” އެހެން ބުނުމަށްފަހު ނީލާ ފޯނު ކަނޑާ ލިއެވެ. ރުއާންއަށް އިނދެވުނީއެވެ. ހަދާނެ ގޮތެއް ނޭގިފައެވެ.

 

ހަވީރުގެ ވަގުތެވެ. ރުއާން ތައްޔާރުވަމުން ދިޔައީ ޒީކް ކައިރިއަށް ދިޔުމަށެވެ. ރުއާން އެއީ ޒީކްގެ ބޭބެއެއް ކަމަށް ގަބޫލުނުކުރިޔަސް އޭނާ މިއަދު ޒީކްއަށް ހަގީގަތް އަންގަ ދޭނެއެވެ. ޒީކް ބޭނުން ކޮންމެ ކަމެއް ކޮށްދިނުމުގައި އޭނާ ފަސްޖެހޭކަށް ބޭނުމެއް ނުވެއެވެ. ބޭބެއެއްގެ ވާޖިބުތައް އަދާކޮށްދިނުމުގައި އަލުން ފެއިލް ވާކަށް ރުއާން ބޭނުމެއްނުވެއެވެ. މާމައާއި ބައްދަލުކޮށް އެތަކެއް ސުވާލުތަކެއްގެ ޖަވާބު ހޯދަން ބޭނުންވެއެވެ. ކޮއްކޮ އޭނާއާއި އެކުގައި އެހެން ބައެއްގެ އަތް މައްޗަށް ދޫނުކޮށްލީ ކީއްވެގެންތޯ ބަލަން ބޭނުންވެއެވެ. އެހެން ނޫންނަމަ މިއަދު ޒީކް އުޅެމުންދާ ހިތްދަތި ދިރިއުޅުން ޒީކްއަށް ނުލިބުނީސްކަން ކަށަވަރެވެ.

 

ރުއާން ސައިކަލުގައި ގޮސް ވިޔަވަތި ގޭގެ ކައިރިއަށް މަޑުކޮށްލިއެވެ. ގޯތިތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަމިއްލަ ވަންތަކަން އިހްސާސް ކުރެވުނެވެ. ސަލާމް ގޮވާލަމުން ގޭގެ ދޮރު ކައިރީގައި މަޑުކޮށްލީ ރުއާންއަށް ހުރިހާ ކަމެއް އެނގުނަސް އެހެން މީހުންގެ ހިތުގައި އުފެދިދާނެ ސުވާލުތަކަށް ވިސްނާފައެވެ. ދެފަހަރަކު ސަލާމް ގޮވާލި އިރަށް ހަފީޒާ އަންނަތަން ރުއާންއަށް ފެނިއްޖެއެވެ.

“ކީއްކުރާ ކުއްޖެއް؟” ހަފީޒާ ރުއާންއަށް ބަލާލަމުން ބުނެލިއެވެ.

“މީ . . . ޒީކް އެބަ އުޅޭތަ؟” ރުއާންއަށް އަހާލެވުނެވެ.

“ބޭރަށް ގޮސްވީ . . މިހާރު އަންނާނެ ކަންނޭގެ” ހަފީޒާއަށް އަދިވެސް ހުރެވުނީ ރުއާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ދަންނަ މީހަކާ ވައްތަރުވީ ކަމަށް ވެދާނެއެވެ.

“ތީ މިރަށު ކުއްޖެއްތަ؟ ކޮންގެއަކު ކުއްޖެއް؟” ހަފީޒާ އަހާލިއެވެ.

“މާމާ” ރުއާންގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ރޮއިގަންނަމުން ހަފީޒާގެ ގައިގާ ބައްދައިގަތެވެ. ހަފީޒާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ރުއާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ތީ މާމަގެ ދަރިފުޅު ރުއާންތަ؟” ހަފީޒާއަށް އަދިވެސް ގަބޫލުކުރަން ދަތި ވަނީއެވެ.

“އާނ! މީ މާމަގެ ރުއާން. . . މިހިރީ މާމަ ކައިރިއަށް އައިސް” ރުއާން ލޮލުން އައިސްފައިވާ އުފާވެރި ކަމުގެ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

“ދަރިފުޅަށް ކޮއްކޮ އެނގޭތަ؟” ހަފީޒާ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައަކުން ބުނެލިއެވެ.

“ހޫމް އެނގޭ. . . އެކަމަކު ކޮއްކޮ ކައިރީގައި އަދި ނުބުނައްޗޭ އަހަރެން އައި ވާހަކަ” ރުއާން މާމަގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ.

“އެއީ . . . . އޭރުން ޒީކް ވަރަށް އުފާވާނެ” ހަފީޒާ ހައިރާންވެފައި ބުނެލިއެވެ.

“ކޮއްކޮއަށް ސަޕްރައިޒެއް ދޭނީ. އޭރުން އަދި މާ އުފާވާނެ” ރުއާން ހިނިތުންވެލަމުން ބުނެލިއެވެ.

“މާމާ ދެން ދަނީ ފަހުން އަންނާނަން” ރުއާން މާމަގެ އަތުން ދޫކޮށްލަމުން ބުނެލިއެވެ.

ހަފީޒާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނުދާށޭ ބުނަން އޭނާ ނުހަނު ބޭނުންވެއެވެ. ނަމަވެސް މީގެ އެތަކެއް އަހަރު ކުރިން އެހެން މީހަކާ ރުއާން ހަވާލުކުރީ އޭނާގެ ދެއަތުންނެވެ. މިއަދު އޭނާއަށް އެހެން ބުނާކަށް އެއްވެސް ހައްގެއް ނެތޭ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް ރުއާންގެ ނަސީބާ ދޭތެރޭ ވިސްނާލުމަށްފަހު ހިތްހަމަޖައްސާލިއެވެ. އެފަދަ ރަނގަޅު ދިރިއުޅުމެއް އޭނާގެ ގާތުގައި ހުރިނަމަ ރުއާންއަށް ނުލިބުނީސްކަން ކަށަވަރެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

ކުރިން އެނގުނުނަމަ (ސައުވީސްވަނަ ބައި)

Next

ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން 1

Next
February 11, 2018

ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން 1

Previews
February 10, 2018

ކުރިން އެނގުނުނަމަ (ސައުވީސްވަނަ ބައި)

80 Comments!

  1. Beauty?? says:
    February 10, 2018 at 10:44 pm

    Me first

    1. riya says:
      March 3, 2018 at 10:37 pm

      yes beauty u got first

  2. Aki says:
    February 10, 2018 at 10:47 pm

    varah furihama

    1. riya says:
      March 3, 2018 at 10:37 pm

      thank u aki ) 🙂

  3. Ufaa says:
    February 10, 2018 at 11:00 pm

    Rovijje haadha furihamaey mivaahaka.hama awsome ingey

    1. riya says:
      March 3, 2018 at 10:38 pm

      thank u ufaa, vaahaka kamudhiyaeethy ufaa vejje

  4. Hairaan says:
    February 10, 2018 at 11:03 pm

    Reethi rrethi

    1. riya says:
      March 3, 2018 at 10:39 pm

      thank u hairaan kamudhiyaeethy ufaa vejje

  5. Afy says:
    February 10, 2018 at 11:37 pm

    So zeedha n ruaan ge bappa akee alyange dad dho. V reethi story. Ekam dhogu koh genes dhey nama adhi miyahvure salhi vees

    1. Afy says:
      February 10, 2018 at 11:40 pm

      *zeek

    2. riya says:
      March 3, 2018 at 10:39 pm

      thank u, next time will think abt it

  6. Lov says:
    February 10, 2018 at 11:42 pm

    Haadha kurey….

    1. riya says:
      March 3, 2018 at 10:40 pm

      🙂

  7. Icy♡ says:
    February 11, 2018 at 4:33 am

    Wow
    Vrh vrh reethi mi part ves
    Curiously waiting for the next part

    1. riya says:
      March 3, 2018 at 10:40 pm

      thank u icy,

  8. naayal says:
    February 11, 2018 at 7:23 am

    V v reethi

    1. riya says:
      March 3, 2018 at 10:41 pm

      thank u naayal

  9. Blue beauty says:
    February 11, 2018 at 7:24 am

    nice akam kuree dhen…….konirakun next part ????

    1. riya says:
      March 3, 2018 at 10:41 pm

      thank u 🙂

  10. Xoo says:
    February 11, 2018 at 10:56 am

    Hama ranhalhahvs rovijje

    1. riya says:
      March 3, 2018 at 10:42 pm

      aww

  11. Pinky shifoo says:
    February 11, 2018 at 12:03 pm

    Wow… Awesome ???… Curiously waiting for the next part..

    1. riya says:
      March 3, 2018 at 10:42 pm

      thank u 🙂

  12. Minna says:
    February 11, 2018 at 1:18 pm

    Wow haadha reecheI mi part ves
    Waiting for the next part

    1. riya says:
      March 3, 2018 at 10:42 pm

      thank u 🙂

  13. Friends says:
    February 11, 2018 at 1:45 pm

    .Ey riya kobaa next part miadhu nehtha nw part eh. stry reethi kamun
    . hama mi buneveny

    1. riya says:
      March 3, 2018 at 10:43 pm

      sorry for the delay

  14. Icy♡ says:
    February 11, 2018 at 7:03 pm

    Alhey Riya
    Avahah up kohdheeba
    Plx plx
    Really waiting for the next part
    ♡♡♡

    1. riya says:
      March 3, 2018 at 10:44 pm

      sorry for the delay

  15. annoying reader says:
    February 11, 2018 at 8:54 pm

    ސޯ އައިވޯޒް ރައިޓް ދޯ. އަލްޔަން ޑޭޑް ގެންގުޅެނީ ޒީކްގެ މަންމަ ފޮޓޯ، އެހެން ވީރުން ރުއާން،ޒީކް އެންޑް އަލްޔަން ޝެއާރސް ދި ސޭމް ފާދާ. ދެޓް މީންސް ޒީކް ގުޅޭނީ އިޔާން އާ އޭ ދޯ. ޔޭއި.

    1. riya says:
      March 3, 2018 at 10:55 pm

      may be

  16. Aki says:
    February 11, 2018 at 10:55 pm

    riya dhooni koba tha next part avahah up kohla dheebaa

    1. riya says:
      March 3, 2018 at 10:55 pm

      sorry for the delay

  17. Unaal says:
    February 11, 2018 at 11:22 pm

    When next part riyaa dhoony

    1. riya says:
      March 3, 2018 at 10:55 pm

      sorry for the delay

  18. Unaal says:
    February 12, 2018 at 5:58 am

    Waiting??

    1. riya says:
      March 3, 2018 at 10:54 pm

      sorry for the delay

  19. shaya says:
    February 12, 2018 at 3:37 pm

    Loabi … koba vaahaka….waiting.

    1. riya says:
      March 3, 2018 at 10:54 pm

      sorry for the delay

  20. Unaal says:
    February 12, 2018 at 9:51 pm

    Kobaa next part Riya

    1. riya says:
      March 3, 2018 at 10:54 pm

      sorry for the delay

  21. Blue beauty says:
    February 12, 2018 at 10:51 pm

    riya dhooni koba tha next part…..??????

    1. riya says:
      March 3, 2018 at 10:53 pm

      sorry for the delay

  22. Faraha says:
    February 14, 2018 at 12:54 pm

    Kobaa riya…. adhivadhives mivaahakaaige anehbaai genas dheykah nuvey tha.

    1. riya says:
      March 3, 2018 at 10:53 pm

      sorry for the delay

  23. princess says:
    February 14, 2018 at 2:25 pm

    ރިޔާ އަވަހަށް އަޕް ކޮއްދީބަށް ޕްލީޒް……………….

    1. riya says:
      March 3, 2018 at 10:52 pm

      sorry for the delay

  24. Blue beauty says:
    February 14, 2018 at 8:41 pm

    Riya…..koba konirakun next part up vaanee…… ????????

    1. riya says:
      March 3, 2018 at 10:52 pm

      sorry for the delay

  25. Icy♡ says:
    February 14, 2018 at 8:44 pm

    Riya
    When is the next part??

    1. riya says:
      March 3, 2018 at 10:52 pm

      sorry for the delay

  26. Hanaan says:
    February 15, 2018 at 1:28 pm

    ?I miss the story. When is next part

    1. riya says:
      March 3, 2018 at 10:51 pm

      sorry for the delay

  27. Ms.Impatience says:
    February 16, 2018 at 9:54 am

    Where is the next part? I miss it. Plx avahah up kolladhechey

    1. riya says:
      March 3, 2018 at 10:51 pm

      sorry for the delay

  28. Blue beauty says:
    February 16, 2018 at 6:19 pm

    koba riya next part avahah up kohdheeba….??????

    1. riya says:
      March 3, 2018 at 10:50 pm

      sorry for the delay

  29. Zai says:
    February 16, 2018 at 9:31 pm

    Riya koba when is the next part up kodheeba avah missin it so much

    1. riya says:
      March 3, 2018 at 10:48 pm

      sorry for the delay

  30. Sha says:
    February 18, 2018 at 7:32 am

    When next part up kurany

    1. riya says:
      March 3, 2018 at 10:47 pm

      sorry for the delay

  31. naayal says:
    February 18, 2018 at 7:09 pm

    Riya what happened?
    I miss the story..??

    1. riya says:
      March 3, 2018 at 10:47 pm

      sorry for the delay

  32. Icy♡ says:
    February 20, 2018 at 3:00 pm

    Riya
    Kobaa story ge nxt prt

    1. riya says:
      March 3, 2018 at 10:47 pm

      sorry for the delay

  33. Sha says:
    February 20, 2018 at 3:47 pm

    Riya what happened

    1. riya says:
      March 3, 2018 at 10:46 pm

      sorry for the delay

  34. Blue beauty says:
    February 20, 2018 at 7:37 pm

    Riyaaaaaaa koba tha next part… busy v tha mihaaru…

    1. riya says:
      March 3, 2018 at 10:46 pm

      sorry for the delay

  35. Sana says:
    February 22, 2018 at 10:06 pm

    Kobaa next part?????
    ???????
    Waiting 22/12 days riya pls up kohdeeybaa varah cute story eh mee ?

    1. riya says:
      March 3, 2018 at 10:45 pm

      sorry for the delay

  36. Nuoomy says:
    February 24, 2018 at 1:09 am

    Where is the next part? Haadha lahey.

    1. riya says:
      March 3, 2018 at 10:45 pm

      sorry for the delay

  37. Boo says:
    February 26, 2018 at 12:26 pm

    Haaadha lajey annanenbaa thwegw aneh bai

    1. riya says:
      March 3, 2018 at 10:44 pm

      sorry for the delay

  38. Amy says:
    February 27, 2018 at 2:47 pm

    Mivaahakaaige anehbaai nugenas dhehny tha.

    1. riya says:
      March 3, 2018 at 10:44 pm

      sorry for the delay

  39. Anonymous says:
    February 27, 2018 at 9:30 pm

    V v v v v v v v v v foohi vehjje mI vaahaka kiyan vx ..Las kamun up vaaleh. …..dhn kon dhuvahakun up vaany…?????

    1. riya says:
      March 3, 2018 at 10:44 pm

      sorry for the delay

  40. ? says:
    July 8, 2018 at 2:44 pm

    Mivaahakaige anehbai kohbaatha?

Comments are closed.


All Right Reserved!