“ދޮގު ހަދަން ހިތަށް ވެސް ނާރުވާތި” ޝާލީން ގެ ޖުމް އަޑު އިވިގެން އެ ލޮލާ ލޯ ސީދާކޮއްލި ޖަޒިލް އަށް ފެނުނީ އެ ތުންފަތުގައި ވި ހިނިތުންވުމެވެ.
އިސްޖަހާލަމުން އޭނާ ބޯ ޖަހާލީ ޝާލިން ގާތުން ދެން ސަލާމަތް ނުވެވޭނެކަން އިގުމުންނެވެ.
“ލުކް… ލޯބިވުމަކީ ކުށެއްނޫން…މިހުރިހާ ދުވަހު ޖަޒިލް ހުރީ މައިލީން މީހަކާ އިނދެގެން އުޅެނީއޭ ހިތާ… އެހެނަސް އިނގޭތަ؟. ލޯތްބަކީ ތަފާތު ޖަޒުބާތެއް… ޖަޒިލް ވަނީ އަމިއްލަ އެދުމެއް ނެތް ސާފު ތާހިރު ލޮއްބެއްކަން ތި ދެލޮލަށް ބަލާލުމުންވެސް މިއަދު އަހަރެންނަށް ޔަގީންވެއްޖެ… ވިސްނަބަލަ. މައިލީން އަކީ މިއަދު އެކަނި ވެރިއެއް. އޭނާ ނުބުންޏަސް ހަޔާތުގެ ބައިވެރިއަކަށް އެހުންނަނީ އަބަދު އެދި އެދި. އެކަމަކު އޭނާ ދުލަކުން އެކަމަށް އެއްބަހެއް ނުވާނެ. އެއަށްވުރެ އޭނާ ގެ ހިތުގައި ލެވިފައި ހުރި ޒަހަމް ތައް މާވަރުގަދަ…އިލީ ގެ މާޒީއަކީ ވަރަށް ހިތި އެއްޗެއް ޒިލް. އެކަމަކު ބުނަންތަ؟ އިލީ އަށް އެކަމުން އަރައިގަނެވޭނީ ޖަޒިލް ފަދަ ޒުވާނާކާ އެކީ ދިރިއުޅުން ބިނާކޮއްގެން… ޖަޒިލް މައިލީން ގަބޫލް ކޮއްފާނަންތަ؟ އަދި ގަބޫލް ކުރާނަމަ. މާޒީ ގަ ވީކަމަކުން ނޭ ކިޔާފައި ޒިލް މައިލީން ދޫކޮއްލާނަންތަ؟” ޝާލީން ދައްކަމުން ދިޔަ އެއްވެސް ވާހަކަ އެއް ޖަޒިލް އަށް ފަހުމް ވާގޮތެއްނުވިއެވެ. އޭނާ ދެމުބަ އެއްފަހަރާ ހިއްލާލަމުން ޝާލީން ގާތު އިތުރު ތަފްސީލަށް އަހައިލިއެވެ.
“ޖަޒިލް ތިވަނީ ތެދުވެރި ލޯބި ކަމުގައި ވަނީނަމަ މައިލީން ގެ މާޒީއާ އެކީ ގަބޫލް ކުރާނަންހޭ؟ އެ ހިތް ވަރު އެބަހުރިތަ؟ ދިމާވާ ކޮންމެ ގޮންޖެހުމެއް ދެމީހުން އެކުގައި ހުރަސް ކުރެވޭނޭ ހިތްވަރު އެބަހުރިތަ؟.” ޝާލީން އަހާލިއެވެ. ޖަޒިލް ހަމައެކަނި ބޯ ޖަހާލީއެވެ. އެކަމަކު އޭރުވެސް އޭނަގެ ނަފްސު ދެކޮޅަށް ހެލެމުން ދިޔައީ ދޭނެ ޖަވާބެއް އޭނާއަށް ނޭގޭތީއެވެ.
އެކަމަކު އޭރު ވެސް އޭނަގެ ނަފްސު ދެކޮޅަށް ހެލެމުން ދިޔައީ ދޭނެ ޖަވާބެއް އޭނާއަށް ނޭގޭތީއެވެ.
“އިލީ އަކަށް ނޭގޭނެ… އަހަރެން ޒިލް އާ ވާހަކަ ދެއްކިކަމެއް… އިލީ އުޅެނީ އަދިވެސް މާޒީގެ މަތިން ހަނދާން ނައްތާ ނުލެވިގެން… އެ މާޒީގައި ވީ ކަމެއް ވީ އިލީ ގެ ސަބަނުން ކަމަށް ގަބޫލް ކުރަނީ… ޒިލް. ވިލް ޔޫ ހެލްޕް ހާރ… އެކަންތައް ތައްމަތިން ހަނދާން ނައްތާލަން” ޝާލީން އުންމީދުން ފުރިގެންވާ ފަދަ ގޮތަކަށް އަހާލިއެވެ. އޭނާގެ ދެލޯ ދިއްލިފައިވަނީ ޖަޒިލް ގެ ޖަވާބަކަށް އިންތިޒާރު ކުރާހާލުގައެވެ.
“އަހަރެން އަދި ވަގުތު ކޮޅެއް ބޭނުން” އާއެކޭ ބުނަން ކިތަންމެ ބޭނުންވެފައި ހުއްޓަސް ޖަޒިލް އަށް އާބަސް ބުނާކަށް ނުކެރުނެވެ. އޭނާ ބޭނުންވީ ކުޑަ ވަގުތުކޮޅެކެވެ. ވިސްނަން ޖެހޭ ކަންތައް ތައް ބައިވަރެވެ.
“އުންމީދުކުރަން ޖަޒިލް އަހަރެން ގެ އުންމީދުގެ ހުޅުކޮޅު ނިވާނުލާނެކަމަށް” ޝާލީން ބުނެލިއެވެ.
“ތިއީ އަހަރެންނަށް އޮތް ހުރިހާވެސް އުންމީދަކީ” ޝާލީން އަނެއްކާވެސް އިތުރުކޮއްލީ ޖަޒިލް އެއްޗެކޭ ނުބުނުމުންނެވެ.
ޖަޒިލް ބޯޖަހާލީ އެ އުންމީދު ގެއްލުވައެއްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. އެހެންނަމަވެސް ވާނޭ ގޮތެއް އޭނާއަކަށް އަދި ނޭގެއެވެ. އޭނާގެ ހިތާ ސިކުނޑީގައިވަނީ ވަރުގަދަ ހަނގުރާމައެއް ފެށިފައެވެ. ބުރަވާންވީ ކޮން ކޮޅަކަށް ކަން ނޭގިފައެވެ. ހިތް ބުނާ ގޮތަށް ހެއްޔެވެ؟ ސިކުނޑި ވިސްނައިދޭ ގޮތަށް ހެއްޔެވެ؟
“އަހަރެން އެހަށް ގޮސްލާނަން” ސޯފާއިން ތެދުވެ ޝާލީން ގެ ހުއްދަ ހޯދައިގެން ދޮރާ ދިމާލަށް ދިޔަ ޖަޒިލް އަދިވެސް އެއްފަހަރު ގޭތެރެއަށް ނަޒަރުހުއްޓާލިއެވެ. “ނިދާފަ އޮތީ” ޖަޒިލް އެ ހޯދަނީ ކާކުކަން އެނގިގެން ކަހަލަ ގޮތަކަށް ޝާލީން ބުނެލިއެވެ. އޭރު އޭނާގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. ނޭގޭ އުފާވެރިކަމެއް ވެއެވެ.
ޖަޒިލް ޝާލީން ބުނި އެއްޗެއް އިނގުނު ކަމުގައިވިޔަސް ކީކޭ ހޭ އަހާލީ އޭނާއަށް މި ފަހަރުވެސް ކަންތައް ކުރެވުނު ގޮތުން ޝާލީން އަށް އެނގުނީތީއެވެ. “ޔަޝްމް އެއްނޫންތަ ތި ހޯދަނީ” ޝާލީން އެހެން ބުނެލި އިރުވެސް އުފާވެރިވެފައި ހުރި ވަރު އެ އަޑުން ފާހަގަ ވުމުގެ އިތުރުން ނުފިލާ ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ. މިކަމުން ވެސް ޝާލީން ޖަޒިލް ލައްވާ އެކަންތައް ކުރުވަން ބޭނުނެވެފައި ހުރި ވަރު ހާމަވެއެވެ.
އޭނާ ވެސް ޖަޒިލް ގެ ފަހަތުން އައިސް ދޮރާ ހިސާބުގައި ހުއްޓުނެވެ. ޖަޒިލް ނުކުތުމާއެކު ޝާލީން ދޮރުލައްޕާލިއެވެ. އޭނާ ގެ ހިނިތުނވުން އޭރުވެސް ފިލާ ނުދެއެވެ.
“ޔެސް… ޔަޝްމް އަށް ވެސް ޒިލް ހެލްޕް ވާނެކަން ޔަގީން. އިލީ އަށް އެ ހާވަރު ކުއްޖެއް ދެން ނުލިބޭނެ” ޝާލީން އޭނާގެ ހިތާ ވަހަކަ ދެއްކިއެވެ. ޖަޒިލް ގެ ހިތުގައި ޔަޝްމް އާ މެދުވެސް ޖާގައެއްވާކަން ކަށަވަރުވެއްޖެއެވެ. އެހެންނަމަވެސް…..
ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އެ ހިނިތުންވުން ފިލައިފިއެވެ.
ދޮރުން ނުކުމެވުމާއެކު ޖަޒިލް ފުން ނޭވާއެއްލިއެވެ. ހީވަނީ މި އޮތްހުރިހާ އިރު ވައި ނުވަންނަ ބަންދު ތަނެއްގައި އިނދެފައ ސާފު ވައިކޮޅެއް ލިބުނު ހެންނެވެ. އޭނޭގެ ހިތުގައު އުފާވެރިކަމުގެ ރާޅެއް ދުވެލިއެވެ. ހަމަ އެއާއެކު ނުތަނަވަސް ކަން އެ ހިތް ވަށަމުން ދިޔައެވެ. އޭރު ކޮންމެވެސް ހިޔާލެއް އޭނާގެ ސިކުނޑީގއި އެނބުރެމުން ދިޔައެވެ.
ސައިކަލަށް އަރާ އޭނާ ދުއްވާލިއެވެ.
މައިލީން ފިންގަރ ޖަހާލުމަށްފަހު ކައުންޓަރ ދޮށުގައި އިށީދުނެވެ. އެވަގުތު އެތަނަށް ރީކާ ވަދިގެން އައެވެ. “ރީކާ” މައިލީން ގޮވާލިއެވެ. އެހެންނަމަވެސް ރީކާ މޫނަށް ފޫހި ވައްތަރެއް ޖައްސާލަމުން ގޮސް ގޯޅިގަނޑުގެ އެތެރެއަށް ވަދިއްޖެއެވެ. އިރުކޮޅެއް ފަހުން އޭނާ އައި އިރު ފަހަތުގައި ޔުއާން ހުއްޓެވެ. މައިލީން ގެ ލޯ ޔުއާން ގެ ލޮލާ ސީދާ ވެގެން ދިޔައެވެ. އެހެންނަމަވެސް އެ ހިނދުކޮޅު މާގިނަވަގުތަކު ދެމިއެއް ނޯތެވެ. ޔުއާން ނުކުތުމާއެކު ނިމުން އައީއެވެ.
އެހެން އިންދާ ވައިބަރ އިން މެސެޖެއް އައެވެ. އޭނާ ބަލާލުމާއެކު ލާވިޔާގެ މެސެޖެކެވެ. މިރޭ ޑިއުޓީ ތޯ އަހާލާފައި އޮތުމުން އޭނާ އާއެކޭ ބުނެ ރިޕްލައި ކޮއްލިއެވެ. އެއާއެކު ލާވިޔާ ގެ ދެވަނަ މެސެޖެއްވެސް އައެވެ.
“މައިލީން އައި އެމް ސޮރީ… އެދުވަހު އިމަރޖެންސިއެއް ދިމާވީ. މިރޭ ޑިއުޓީ ނިމޭގަޑީގައި ޕްލީޒް ކަމް ޓް މައި ރޫމް” ލާވިޔާގެ މެސެޖް ގައި އޮތީ މިހެންނެވެ. މައިލީން ގެ ހިތް ތެޅިލިއެވެ. އެ އުޅެނީ ޔަޝްމް ގެ ވާހަކަ ދައްކަން ކަމުގައި އޭނާގެ ހިތް ބުނެލިއެވެ.
ޑިއުޓީގައި އިން އިރުވެސް އޭނާގެ ހިތް ދިޔައީ ތެޅެމުންނެވެ. ނުވިސްނަން އުޅުނު ކަމުގައި ވިޔަސް ވިސްނެނީއެވެ. ކުރާނީ ކީއްހެއްޔެވެ؟. އޭނާގެ ލޯބިވާ ދަރިފުޅަށް ދެރައެއް ލިބޭކަށް ނޭދެއެވެ.
ދިހައެއްޖެހުމާއެކު އަނެއްކާ ލާވިޔާ މެސެޖް ކޮއްލިއެވެ. އެއާއެކު މައިލީން އަވަސްވެގަތީ ލާވިޔާ ގެ ރޫމް އަށް ދާށެވެ. އޭނާ ލިފްޓަށް އަރަން ދިޔައިރު ހުރީ ފޯނަށް ނަޒަރުހުއްޓައިލައިގެން ކަމުން އެވަގުތު އަނެއްލިފްޓުން ނުކުތް ޔުއާން އެއް ނުފެނުނެވެ. މައިލީން ލިފްޓަށް އެރިތަން ފެނިފައި ޔުއާން ލިފްޓް ދަނީ ކޮން ފްލޯއަކަށް ކަމަށް ބަލާލުމަށް މަޑުކޮއްލިއެވެ.
ފަސްވަނަ ފްލޯއަށް ހުއްޓުމާއެކެ ޔުއާން އަށް ކޮންމެވެސް އެއްޗެއްހީވިއެވެ. މައިލީން އެ ދަނީ އަނެއްކާ ލާވިޔާ އާ ބައްދަލުކުރަން ބޭއޭ ހިތަށް އަރާ އޭނާ އަށް ހުރިތާ ވިސްނަން ހުރެވުނީއެވެ.
އޭނާ ޖެހިގެން ހުރި ލިފްޓަށް އަރަން އުޅެނިކޮއް ކުއްލިއަކަށް ރިވަމް ނުކުތެވެ. “ހޭ ކިއްކުރަނީ” ޔުއާން އަހާލިއެވެ. “މިއައީ ގުޅައިގެން…” ރިވަމް ހީލިއެވެ. އަދި ޔުއާން ގާތަށް އައެވެ. އެވަގުތު ރިވަމް ކޮންމެވެސް ކަމަކާ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރުމުން އޭނާ ޔުއާން އާ ސުވާލުކޮއްލިއެވެ.
“ބިޒީތަ؟. ނީޑް ޓް ޓޯކް އެބައުޓް ސަމްތިންގް…” ޔުއާން ނޫނެކޭ ބުނެ ބޯ ހޫރާލަމުން ރިވަމް އާއެކު އެތެރެއަށް ވަދިގެން ދިޔައެވެ.
ލިފްޓް ހުއްޓުމާއެކު ފޭބި މައިލީން ގެ ދެފައި ކޮޅުގައިވެސް މަޑު މަޑު ތުރުތުރެއް ހުއްޓެވެ. ނޭގޭ ސަބަބަކާ ހެދި އޭނާއަށް ނުތަނަވަސް ވެވެނީއެވެ. ހިތް ބިރުގަންނަނީއެވެ. ކޮންމެވެސް ކަމެއް ވާން އުޅެނީޔޭ ހިތް ބުނަނީއެވެ.
އޭނާ ފިޔަވަޅުތަކަށް ބާރުލަމުން ގޮސް ލާވިޔާގެ ރޫމް ގައި ޓަކި ޖަހާލިއެވެ. އަދި މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައގަތީ ސޯފާގައި އިށީންދެގެން ޔަޝްމް ގެ ރިޕޯޓް ތަކަށް ބަލަހައްޓައިގެން ތިބި ރީކަލް އާއި ލާވިޔާއެވެ.
“ކަމް އިން” ރީކަލް ހިނިތުންވެލުމާއެކު ބުނެލިއެވެ. މައިލީން މަޑު ފިޔަވަޅުތަކެއްގައި އައިސް ކައިރިއަށް ހުއްޓުމާއެކު ލާވިޔާ ސޯފާގައި އިށީނުމަށް އިޝާރާތް ކޮއްލިއެވެ. މައިލީން މަޑުމަޑުން އިށީނެވެ. އެއާއެކު އެތަނަށް ވެރިވެގެން ދިޔަ ހިމޭންކަމާއެކީ ލޮލުގެ އިޝާރާތެއް ރީކަލް އާއި ލާވިޔާ ބައްދަލުކޮއްލިއެވެ.
މައިލީން އިނީ އިސްޖަހައިގެން ކަމުން އެ ނަޒަރު މައިލން އަކަށް ނުފެނުނެވެ. “މައިލީން” ލާވިޔާ ގޮވާލިއެވެ. އެއާއެކު މައިލީން އިސްއުފުލާލާ ބަލާލިއެވެ. އޭނާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރަން އުޅުނެވެ. އެހެނަސް އެކަން ކާމިޔާބު ވާގޮތެއްނުވިއެވެ.
“މައިލީން. ޔޫ ނީޑް ޓް ލިސެން ޓް އަސް ކެއާރ ފުލީ…” ރީކަލް ބުނެލިއެވެ. މައިލީން ބޯޖަހާލިއެވެ. އެއާއެކު ރީކަލް ލާވިޔާއަށް އިޝާރާތް ކޮއްލީ ވާހަކަ ފޭށުމަށެވެ.
“މައިލީން އިޓްސް ވެރީ ކޮމްޕްލިކޭޓެޑް…. ” ލާވިޔާ ވާހަކަ ފެށިއެވެ. ލާވިޔާ ބުނަމުން ދިޔަ ވަރަކަށް މައިލީން ގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. މަޑު މަޑުން ރޮވެމުން ދިޔައެވެ. އެންމެ ފަހު ޖުމްލަ ނިމޭއިރަށް އެ އަޑު ގިސްލުމަކަށް ބަދަލްވެގެން ދިޔއެވެ.
ރޯން ބޭނުންނުވިޔަސް ރޮވުނީއެވެ. އެނާ ރިޕޯޓް ތައް ނެގިއެވެ. އެ ބަލާލަން ހުޅުވާލުމާއެކު އޭގެ ތެރެއިން ބައެއް ގަނޑުތައް ޓައިލްސް ތައް މައްޗަށް ވެއްޓުނެވެ. ރިޕޯޓް އަށް ބަލަމުން އިނދެ ރޮމުން ދިޔަ އިރު އެ މަންޒަރުފެންނަ ކޮންމެ މީހަކަށްވެސް އަސަރުކުރާނެއެވެ. ލާވިޔާގެ ލޯ ވެސް ފެންކަޅިވެގެން ދިޔައެވެ. ރީކަލް ވެސް ހުރި ހަދާނެ ގޮތް ނޭގިފައެވެ. އޭނާ ލާވިޔާއަށް ބަލާލިއެވެ. ލާވިޔާގޮސް މައިލީން ގާތު އިށީނެވެ. އަދި ކޮނޑުގައި އަތް އަޅުވާލިއެވެ.
ސިހުނީ ރޫމް ގެ ދޮރު ހުޅުވުނު އަޑަށެވެ. ޔުއާން ފެނިގެން ލާވިޔާހައިރާން ވިއެވެ. ޔުއާން ގެ ނަޒަރު ވެސް ހުއްޓުނީ ރޯން އިން މައިލީން އަށެވެ.
އެއާއެކު އެނާގެ ހިތުގައި މީހަކު ބާރުކޮއްލި އިހްސާސްއެއްކުރެވިގެން ދިޔައެވެ. އެތަނުގައި ހުރ ގަނޑު ތަކާ އަދި މައިލީން އިން ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ. އެއާއެކު ބިރުވެރިކަން އޭނާގެ ހިތް ވަށައިލައިފިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ނޭގި ހުއްޓާ ލާވިޔާ އައިސް ޔުއާން ބޭރަށް ލުމަށް ފަހު ތަޅުލިއެވެ. ޔުއާން އަށް ރުޅި އާދެވުނެވެ.
އޭނާ ދާކަށް ގަސްތެއްނުކުރެއެވެ. އެހެން ހުއްޓާ ކުއްލިއަކަށް އޭނާއަށް އައީ މެސެޖެކެވެ. “ސޮރީ ދިސް އިޒް ބިޓް ވީން މީ އެންޑް މައި ޕޭޝެންޓް…” ލާވިޔާގެ މެސެޖާ އެކީ ޔުއާން ގެ ދަތްކުނޑި ވިކގެން ދިޔައެވެ. އެނާ ގެ އަތް މުށް ކެވިގެން ދިޔައެވެ. އެހެނަސް މައިލީން ނުކުންނަން ދެން އޭނާ ކެތް ކުރާނެއެވެ. ދިހަވަރަކަށް މިނިޓް ފަހުން ކުއްލިއަކަށް ދޮރުހުޅުވުނެވެ. އެއާއެކު މައިލީން ނުކުތީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އޭނާ ލިފްޓަށް ދިޔުމުގެ ބަދަލް ގައި ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ. ޔުއާން ވެސް ސިޑިއާ ދިމާލަށް ފިޔަވަޅު ތައް ބާރުކޮއްލިއެވެ.
އޭނާގޮސް ފައިބަ ފައިބާ ހުރި މައިލީން ގެ އަތުގައި ހިފިއެވެ. ސިއްސައިގެން ދިޔަ މައިލީން އަށް ފަހަތަށް ބަލާލެވުނެވެ. އޭނާގެ ގިސްލުން އިތުރުވެގެން ދިޔައެވެ. ހުރެވުނީ ސިޑިމަތީގައިކަމުން އޭނާ އަށް ޔުއާން ގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމާގަންނަން ފަސޭހައެއްނުވިއެވެ. އެހެންކަމުން އޭނާ ޔުއާން އަށް ބަލާލުމަށްފަހު އަތަށް ބަލާލިއެވެ. މައިލީން ގެ އެ ހަރަކާތް ޔުއާން ދެނެގަތެވެ. އެހެނަސް އޭނާ އަޅައެއްނުލައެވެ.
“އާހް…” ވޭނީ އާހް އެއް ވައި އަޑުން ނުކުތީ މައިލީން ގެ ލޮލުން ފެނުނު ވޭނީއަސަރުންނެވެ. ޔުއާން ތުންފަތުގައި އިނގިލި ޖައްސާލަމުން “ޝްޝްޝްޝްޝްޝްޝް” އޭ ބުނެލިއެވެ. އެއާއެކު މައިލީން ގެ ގިސްލުން ބާރުވިހެން ހީވިއެވެ. ޔުއާން މައިލީން ގެ އަތުގައި ހިފާލައިގެން ސިޑިން ޖެހިގެން އިން ބަޔަށް ފޭބިއެވެ. އަދި ލިފްޓް އަށް އަރަން ދިޔައެވެ. އެއްވެސް މީހަކު ނެތެވެ. އޭނާ މައިލީން ގެ އަތުގައި ހިފާލައިގެން ނުވަވަނަ ފްލޯއަށް މިސްރާބުޖެހިއެވެ. އޭރުވެސް މައިލީން ދިޔައީ ރޮމުންނެވެ. އެއްބައި ފަހަރު ފުން ނޭވާއެއްލާނެއެވެ. އަނެއްބައި ފަހަރު އަނގަމަތީގައި އަތް އަޅާނެއެވެ. އެފަދަ ކޮންމެ ފަހަރަކު އޭނާގެ ރުއިމުގެ އަޑު ގަދަވެއެވެ. އޭނާ ލިފްޓް ތެރޭގައި ހުރެފައި ޔުއާން ގެ އަތް ފޮޅުވާލިއެވެ. އެއާއެކު ޔުއާން އަނެއްކާވެސް މައިލީން ގެ އަތުގައި ހިފިއެވެ. “ރީއްޗަށް ހިނގާބަލަ ލީން މިފަހަރު އަހަރެންނާއެކު” ރުޅި އިސްކުރުމުގެ ބަދަލް ގައި ޔުއާން މަޑުމައިތިރިކޮއް ބުނެލިއެވެ. މައިލީން އެއްފަހަރު އޭނާގެ އަތަށް އަދި އަނެއްފަހަރު ޔުއާން ގެ ދެލޮލަށް ބަލާލިއެވެ. އެއާއެކު އޭނާއަސް ޔަޝްމް ގެ މަތިން ހަނދާންވިއެވެ. އެއާއެކު ރުއިން ބާރުވިއެވެ. ޔުއާން މައިލީން އެނާގެ ގައިގައި ލައްކޮއްލިއެވެ. އަދި އިސްތަށިގަޑުގައި ފިރުމާލިއެވެ. އޭނާ ހިތްވަރު ކުރިޔަސް ޔަޝްމް އަށް ދިމާވެގެން އުޅޭ ކަންތައް ވަކި ކުޑައެއްނޫނޭ ހިތަށް އަރައެވެ. އޭނާވެސް ނުތަނަވަސްވެއެވެ. އެހެނަސް ކެތް ކޮއްލައިގެން ހުރީ މިވަގުތު މައިލީން އަށް އޭނާގެ އެހީތެރިކަން ބޭނުންވާވަރު ވިސްނުނީމާކަންނޭގެއެވެ.
ލިފްޓް ހުއްޓުމާއެކު އޭނާ މައިލީން ގެ އަތުގައި ހިފައިލައިގެން ފޭބިއެވެ. އަދި އޭނާގެ ރޫމް އަށް ދިޔައެވެ. އޭރުވެސް މައިލީން ހުރީ ޔުއާން ގެ އަތުތެރޭގައެވެ. އޭނާ އަށް މިވަގުތު މީހެއްގެ އެހީތެރިކަން ބޭނުމެވެ. ދޮރުހުޅުވާލާފައި ވަނުމަށް ފަހު ޔުއާން މައިލީން ގެ މޫނުގައި ހިފާލާ ކުޑަކޮއް އިސްއުފުލުވާލިއެވެ. “ލީން… ވަޓް ހެޕެންޑް” ޔުއާން ގެ އަޑުގައިވެސް މަޑުމަޑު ތުރު ތުރެއްހުއްޓެވެ. މައިލީން ޔުއާން އަށް ބަލާލިއެވެ. ޔުއާން ގެ ލޮލުން އޭނާއަށް ފަނުނު ޖަޒުބާތުގައި ބެހިގެން ގޮސް ބާރަށް ބައްދާލެވިއްޖެއެވެ. ކުޑަކޮއް ގަމީހުގައި ހިފާލައިގެން ރޮމުން ދިޔަ މައިލީން ގެ ބުރަކަށީގައި ޔުއާން އަތް ޖައްސާލިއެވެ.
“ލީން” ހަދާނެ ގޮތް ނޭގުމާއެކު ޔުއާން އަށް ބުނެވުނީ އެވަރަށެވެ. އޭނާ މައިލީން އެއްޗެސް ނުބުނުމުން މައިލީން ގެންގޮސް ސޯފާގައި ބޭން ދުމަށްފަހު ރިޕޯޓް ތައް އަތުލިއެވެ. އަދި އެއަށް ބަލާލިއެވެ. އެއާއެކު އެނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދަ އިހްސާސް އެއްކުރެވިގެން ދިޔައެވެ.
ފަހަރަކު ގަނޑެއް ބަލަމުން ދިޔަ ޔުއާން ގެ މޫނުމަތިން ހިތާމަވެރިކަމާ މަޑުމޮޅިކަމުގެ އަސަރުތައް ފެނިލިއެވެ. އަދި ދެލޮލުން ކަރުނަ ހިލުނެވެ. އެހެނަސް މިވަގުތު އޭނާ ހިތްވަރު ކުރަން ބޭނުންވެއެވެ. މައިލީން އަށް ހިތްވަރުދޭން ހަމަ އެކަނި ހުރި މީހަކީ އޭނާއެވެ.
އޭނާ ރިޕޯޓް ތައް މޭޒުމަތީގައި ބަހައްޓާލަމުން މައިލިން ގާތަށް ގޮސް ސޯފާގައި އިށީނެވެ. އަދި ކޮނޑުގައި އަތް ޖައްސާލިއެވެ. “އައި ލޮސްޓް މައި ލާސްޓް ހޯޕް…” މައިލީން މޫނުފޮރުވައިގެން އެ އިން ގޮތަށް އިނދެ ބުނެލިއެވެ. އެއާއެކު ޔުއާން އަށް މައިލީން އަނބުރުވާލެވުނީ އެ އަޑުގައިވި ހިތްދަތި އަސަރުންނެވެ. އެހެނަސް މައިލީން ޔުއަން އަށް ނުބަލަން މަސައްކަތް ކުރިއެވެ. އޭނާ ޔުއާން ގެ ކިބައިން މި އެދެނީ ކީއްވެހެއްޔެވެ؟
“އައި އޭމް ސޮރީ ބޭބީ… އައި އޭމް ރިއަލީ ސޮރީ… ޖަސްޓް ޖަސްޓް ފޮގިވް މީ” ޔުއާން އަށް އެވަގުތު ބުނެވުނީ އެހެންނެވެ. އޭނާ އަށް އިސްޖެހިގެން ދިޔައެވެ. ލަދުވެތިކަމުގެ ފަރުދާއެއް އޭނާގެ ނަފްސު ފޮރުވާލަމުން ދިޔައެވެ.
ކުރާނޭކަމެއް އޭނާއަކަށް ނޭގެއެވެ. ޔުއާން ގެ އެޖުމްލައިން މައިލީން އަށް ހަމައެކަނިކުރެވުނުހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރާލުމެވެ. ޔުއާން ތެދުވެގެން ގޮސް މައިލީން ގެ ކަކުލުގައ ހިފާލާ އިށީނެވެ. އަދި އޭނާގެ ކަކޫ ޓައިލްސް ތަކު މަތީގައި ޖައްސާލިއެވެ. ދެން އޭނާ މައިލީން އަށް ބަލާލިއެވެ. މައިލީން އެވަގުތު ޔުއާން އަށް ބަލާލިއެވެ. “އާހް” ޔުއާން އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ.
އޭނާއަށް މައިލީން ބަލައިލިގޮތުން އެ ދެލޮލުން އަނެއްކާވެސް ކަރުނަ ހިލެން ފެށުމާއެކު އޭނާގެ ބޯ މައިލީން ގެ ކަކުލުގައި ޖައްސާލަމުން އިސްޖަހާލިއެވެ. ޔުއާން ގެ މި އަމަލުން މައިލީން އިތުރަށް ހިތް ދަތިވެގެން ދިޔައެވެ. ޔުއާން މިކުޅެނީ ކުޅިވަރެއްހެއްޔެވެ؟ ނޫނީ ދެންމެ އޭނާއަށް ފެނުނު އަސަރުތަކަކީ އަސްލެއްހެއްޔެވެ؟.
ޔުއާން ގެ އަމަލް ތައް މިހާތަނަށް ބަހައްޓާފައި ހުރިގޮތުން ވަކި ގޮތަކަށް ނިންމާ ވަކި ކޮޅަކަށް ބުރަވާން މައިލީން ގެ ނަފްސު ދެކޮޅުހެދިއެވެ.
ޔުއާން އެ ގޮތަށް އަމަލް ކުރީ އެވަގުތު އޭނާގެ ލޮލުގެ ތަރެއަށް ޖަމާވަމުން ދިޔަ ކަރުނަތަށް މައިލީން އަށް ނުދެއްކުމަށެވެ.
“އައި އެމް ސޮރީ…” ޔުއާން ގެ އަޑު ތަފާތެވެ. މައިލީން ސިހިއްޖެއެވެ.
“އައި އޭމް ސޮރީ އިލީ… ޕްލީޒް” ޔުއާން އަށް ބުނެވުނެވެ. އޭނަގެ އަޑު ނުކުތީ އުނދަގުކުންނެވެ. މައިލީން އެއްޗެކޭ ނުބުނެއެވެ.
“މިއަދު… މިއަދު ތަ… ތަ ޔުއާން ތި… ގޮތަށް… ތި ގޮތަށް… ކަންތައް ކުރަންވީ… ނޫން” މައިލީން ކަންފަތުގައި ދެފަރާތުން އަތް ޖައްސާލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ރުއިން ބާރުވެގެން އަނެއްކާވެސް ދިޔައެވެ.
“ލީން އަހަރެން ގެ ދަރި…” ޔުއާން އަށް ބުނެވުނީ އެވަރަށެވެ.
“މިއަދު… މިއަދުތަ… ޔުއާން … ޔަޝްމް އެހެން ކުދިންނާ ތަފާތޭ ޔުއާން” މައިލީން އަށް ބުނެވުނެވެ. އެއާއެކު ޔުއާން އިސްއުފުލާލާ ބަލާލިއެވެ. އެވަގުތު ކަރުނަތިއްކެއް އެ ދެލޮލުން ފޭދިގެން ތިރިއަށް ދިޔައެވެ. މައިލީން ސިހިއްޖެއެވެ. ވަރަށް ބޮޑަށް ސިހިއްޖެއެވެ. ޔުއާން ރޮނީ ހެއްޔެވެ؟ އޭނާ ގެ ހިތް ވިރިގެން ދިޔަފަދައެވެ.
“އައެމް ސޮރީ” ޔުއާން އެހެން ބުނެލާފައި ދެކަކޫ ޖައްސާލަމުން ކުޑަކޮއް ތެދުވެލާ މައިލީން ގެ ކޯތާފަތުގައި އަތް ޖައްސާލާ ކަރުނަތަށް ފޮހެދޭން ގެންދިޔަ އަތާ ދިމާ އަނެއްފަރާތަށް މައިލީން މޫނު އަނބުރާލިއެވެ. މައިލީން ގެ މިއަމަލުން ޔުއާން ހިތް ދަތިވިޔަސް އޭނާ އިތުރަށް އެއްޗެކޭ ނުބުނެއެވެ. މައިލީން ގެ ލޮލުން ވެއްޓުނު ކަރުނަތިއްކާ ދިމާލަށް ޔުއާން އޭނާގެ އަތް ދިއްކޮއްލިއެވެ. އެއާއެކު އެ ކަރުނަ ތިކި ވެއްޓުނީ އޭނާގެ އަތަށެވެ.
“މީ ހަމަ އަހަރެންގެ ސަބަބުން ވާ ކަންތައް ދޯ” ޔުއާން އަށް ބުނެވުނެވެ. އޭރު އޭނާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. އަމިއްލަ ނަފްސަށް މަލާމާތް ކުރާ ފަދައެވެ. މައިލީން ޔުއާން އާ ދިމާލަށް ބަލަން އިނެވެ. ޔުއާން ގެ ފަރާތުން އޭނާ ނަގަން ވީ ކޮންމާނައެއްހެއްޔެވެ؟ ދެން ޔުއާން އޭނާގެ އަތް ދިއްކޮއްލި އަމިއްލަ މޫނާ ދިމާލަށެވެ. އެ ކަރުނަ ތިކި ވެއްޓުނީ ހަމަ އެއަތުގެ ތެރެއަށެވެ.
“އެކަމް މީ ކިއްވެ؟” އޭނާއަށް ބުނެވުނެވެ.
ޔުއާން މޮޔަވީހެއްޔެވެ؟ ލިބުނު ޝޮކުގައި ސިކުނޑި ހަމަ ނުޖެހޭ މީހަކަށް ވީހެއްޔެވެ؟
“އާރ ޔޫ މޭޑް” މައިލީން ކުއްލިއަކަށް ތެދުވަމުން ބަރު އަޑަކުން އަހާއިލިއެވެ. އެއާއެކު ޔުއާން ކުޑަކޮއް ވެއްޓުނެވެ. އެހެނަސް އެބާރު މިނުގައި އޭނާ ތެދުވެ މައިލީން ގެ ގައިގައި ބައްދާލިއެވެ.
“ޔެސް އައޭމް. މޭޑް… ވަރަށް ބޮޑަށް… ދުވަހަކު އަމިއްލަ ނަފްސަށް މާފުނުކުރެވޭ ވަރުގެ ކަމެއް ކޮއްފިން…. ލީން ދެރަކޮއްފިން… ރޮއްވައިފިން… ހިތުގައި ޖައްސައިފިން. އެކަމް… ދެން… ބޭނުމެއްނޫން… ލީން އައެމް ސޮރީ… އައި އެމް ސޮރީ… އިނގޭ ދުވަހަކު މާފް ހައްގެއްނޫންކަން… އިނގޭ ތިހިތުގައި ވަނީ އަދިވެސް އަހަރެންކަން އެކަމަކު އެއްވެސް ޖާގައެއް ނެތް ކަންވެސް އިނގޭ… އައެމް ސޮރީ….. އަހަރެން ލީން ގެ އިހްސާސްތަކާ ކުލެފިން. ވަރަށް ބޮޑަށް ކުޅެފިން. ހީކުރީ އެރެއަށް ފަހު ހުރިހާކަމެއް ނިމުނީ ކަމަށް. އެކަމަކު އެކަމަކު އަނެއްކާވެސް އެ މާޒީ އަހަރެންގެ ކުރިމައްޗަށް އައިސްފި” ޔުއާން ބުނަމުން ދިޔައެވެ. މައިލީން އަށް ވެސް ރޮވެމުން ދިޔައެވެ. އޭނާ ކުއްލިއަކަށް ޔުއާން ކޮއްޕާލިއެވެ.
“ޔުއާން… މިއަދުތަ އަންނަން ވީ…. އެދުވަހު ކޮބާތަ… ޔަޝްމް އަކީ ހަމައެކަނި އަރެންގެ. އެ ދަރިފުޅަނީ އޯޓިސްޓިކް ކުއްޖެއް… އިނގޭތަ އަހަރެން ގެ ދަރިފުޅާ ދިމާލަށް އެމީހުން ކީ އެއްޗެހި. ކުރި ބަދު ދުއާ އިނގޭތަ. އަހަރެންނާ ދިމާލަށް ކީ އެއްޗެސް އެނގޭތަ. އަހަރެން ދިރިއުޅެން ދަސްކުރިގޮތް އިނގޭތަ؟ ދުވަހަކަވެސް ހީ ނުކުރަން ތިފަދަ އަނިޔާވެރިއެއް ކުރިމައްޗަށް އަރަން ކެރިދާނެކަމަށް ދުވަހަކުވެސް. އެކަމަކު ތަޤުދީރެއް ބަދަލެއް ނުކުރެވޭނެ… ” މައިލީން ވާހަކަ ކޮޅު ހުއްޓާލިއެވެ.
“ލީން” އެއާއެކު ޔުއާން އެއްޗޭކޭ ބުނަން އުޅުނެވެ.
އެހެނަސް މައިލީން އޭނާގެ އަތް ތިލަ ދިއްކޮއްލަމުން މަޑުކުރާށޭ ބުނެލިއެވެ. ޔުއާން ހިމޭންވިއެވެ. “ލީން… ލީން… ލީން… އެ ނަމުން ކިޔުމުގެ އެއްވެސް ހައްގެއް ޔުއާން އަކަށް ނޯންނާނެ. އެ ލީން މަރުވެއްޖެ. މިއަދު މީ އެހެން މީހެއް އެއް. އަހަރެންނަކީ އިލީ… ލީން އެއްނޫން” މައިލީން ބުނެލިއެވެ.
“ނޫން… އިލީ އެއްވެސް ނޫން… މައިލީން ކިޔާ” މައިލީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަހަރެންގެ ދަރިފުޅު ގެ އުމުރުން ދެ އަހަރުގަ އެ ފަދަ ކުއްޖެއްކަން އެނގުނީ… އެ ދުވަހު އަހަރެން ދުނިޔެއާ ކުރިމަތިލީ ޔަޝްމް އަކީވެސް މުޖްތަމައުގެ ހިއްސާ އަކަށް ހެދުމަށް. އަހަރެންގް ރަށުގައި އެފަދަ ކުދިންނަށް ތައުލީން ދެވޭކަށް ނެތް… އުޅެވޭކަށް ނެތް. ނަސީބަކުން ﷲ ގެ ހެޔޮ ރަހްމަތް ފުޅުން އަހަރެންނަށް އެ ދަރިފުޅަށް ކިޔެވޭނެ ގޮތް މެދުވެރި ކުރެއްވި… އަހަރެން ޝުކުރުކުރިން. އެ ދުވަހަށް ފަހު އަހަރެން ގަސްދުކުރިން ޔަޝްމް އަށް ރަނގަޅު ތައުލީމް އަކާ ތަރުބިއްޔަތެއް ދޭން… އެކަމް އިނގޭތަ ދެން ވީގޮތް… އެ ހިތްވަރު ދޫވީ ކީއްވެކަން އިނގޭތަ؟” މައިލީން ވާހަކަ ދެއްކީ ކުރިން އޭނާ ދެއްކި ވާހަކަ އަށް ވެސް ޔުއާން އެއްޗެކޭ ނުބުނުމުންނެވެ. އޭނާ ގޮސް ޔުއާން ގާތަށް ހުއްޓުނެވެ.
“އެ ހިތްވަރު ދޫވީ ޔަޝްމް ގެ ބަލި ހާލަތު އިނގުމުން. އެކަމް ދެންވެސް އުންމީދު ގެއްލުވައެއްނުލަން… އުންމީދުކުރިން. ދެގޮތެއްނުވެ ޔަޝްމް އަށް އަޅާލުން ދިނިން. އަބަދުވެސް ދިނިން އަދި ދޭނަންވެސް މެ… އެކަމަކު އެކަމަކު މިހާރު އެ ކުޑަ ކުޑަ އުންމީދުވެސް ގެއްލެނީ. އަހަރެން ކިހިނެތްތަ ހަދާނީ… ޔުއާން ބުނެބަލަ. ކީއްވެތަ އެއްވެސް އެއްޗެއް ނުބުނީ. ބޭނުމެއްނުވި ޔަޝްމް ގެ އެއްވެސް ކަމެއް ޔުއާން އަށް އެނގޭކަށް. ޔުއާން ގެ މަތިން ހަނދާން ނައްތާލަން ބޭނުންވި ވަރު އިނގޭތަ. އެކަމަކު ޔަޝްމް ފެންނަ ކޮންމެ ފަހަރަކު އެ ދެލޯ އަބަދުވެސް ޔުއާން މަތިން ހަނދާން ކޮއްދޭ… އެ ސިފަ ފެންނަ ކޮންމެ ފަހަރަކު. އާރާ ވެސް އަހަރެންނާ ސުވާލު ކުރި… އެކަމަކު އަހަރެން އާރާއަށް ވެސް އޮޅުވާލީ އިނގޭ އާރާއަށް ވެސް އެއްޗެއް ވިސްނޭނޭކަން ވެސް… އާރާ ތަކރާރުކޮއް ސުވާލު ކުރަން ފެށުމުން އަހަރެން މަނާ ކުރިން… އަބަދުވެސް… އެކަމަކު އަބަދުވެސް ތި ޔުއާން މަތިން ހަނދާންވޭ… އެންމެ ދުވަހެއްވެސް ނުދޭ ޔުއާން މަތިން ހަނދާން ނުވާތާ. ކޮންމެ ދުވަހަކު ނިދާ ހޭލާއިރު އެންމެ ފުރަތަމަ ހަނދާން ވަނީ ޔުއާން. ނިދަން އޮށީންނައިރު ޔަޝްމް އަށް ބަލާލުމާއެކު ޔުއާން މަތިން ހަނދާންވޭ… ” މައިލީން އަނެއްކާވެސް ހުއްޓާލާ ނޭފަތް ދަމާލިއެވެ.
“އެކަމަކު އެ ހުރިހާ ކަމަކަށް ކެތް ކޮއްގެން އަހަރެން ނިންމައިގެން ހުރީ ޔުއާން ގެ ބާބު ހަޔާތުން ނިމުނީ ކަމަށް. އެކަމަކު އެންމެ ނާޒުކް ދުވަސްކޮޅުގައި އަހަރެން ޔުއާން އާ މި ދިމާވީ. އެކަމަކު އެވަރުންވެސް ޔުއާން ބެލީ އަހަރެން ނިކަމެތި ކޮއްލެވޭތޯ. ދެރަކޮއްލެވޭތޯ. މިއަދު އަހަރެންގެ ލޮލުން ޔުއާން އަށް ލޯބި ނުފެނޭތަ؟ ފެންނާނެ. ކިތަންމެ ފަހަރަކު އަހަރެން އެކަން ހިންދާލަން މަސައްކަތް ކޮއްފިން… އެކަމަކު އެކަމެއްނުވި. ކީއްވެ؟ ތި ލޯބި އަހަރެންނަށް ލިބުން ނެތް އިރުވެސް… ދުވަހަކުވެސް އަހަރެން ހިޔެއްނުކުރަން….” މައިލީން ޔުއާން ގެ މޭމަތީގައި މަޑުމަޑުން ޖަހާލިއެވެ.
އެއާއެކު ޔުއާން އަނެއްކާވެސް މައިލީން ގައިގައި ކުޑަކޮއް ބައްދާލިއެވެ. “ހިޔެއްނުކުރަން މި ފަދަ ދުވަސްތަކުގައި ޔުއާން އާ ކުރިމަތިލާކަށް…. ޖެހިދާނެކަމަކަށް… އަހަރެން ނަށް ޔުއާން ފެނުމުން ހިތްވަރެއް ނުކުރެވޭނެ. ބަލިކަށިވެދާނެ. ޔަޝްމް ގެ ކަންތައް ކާ ހެދި އަހަރެން ހާސްވެގެން އުޅޭއިރު ޔުއާން އާ ހެދި އަހަރެން ނަށް އެތަކެއް ދުވަހު ލިބޭ ވޭން އިތުރުވޭ… ބުނެބަލަ. ދުވަހަކުވެސް އަހަރެން ދެކެ ހަމަ ލޮއްބެއްނުވޭތަ؟” މައިލީން އަށް އެސުވާލު އަހާލެވުނީ ބޭއިޚް ތިޔާރުގައެވެ.
މިވަގުތު ޔުއާން ގެ އަމަލްތައް ހުންނާނީ ކިހިނެތްކަމެއް ނޭގެއެވެ. އެހެނަސް އޭނާ ހީކުރިގޮތާ ހިލާފަށް ޔުއާން ދެން ބުނެލި ބަސްތަކުން އެ ހިތް އަނެއްކާވެސް ކުދިކުދި ވެގެން ދިޔައެވެ.
“ލީން… މިއަދު އަހަންނަށް އިހްސާސް އެބަ ވޭ… ޕްލީޒް” ޔުއާން އަށް ބުނެވުނެވެ. “އެކަމަކު ލީން އަށް ދުވަހަކުވެސް އުނދަގުލެއްނުކުރާނަން… އަހަރެން ލީން އަށް މީގެ ކުރިން ދެރަކުރިވަރަށް ދެނެއް ދެރައެއް ނުކުރާނަން… ދުވަހަކުވެސް…” ޔުއާން ވާހަކަ ދައްކަމުން ދިޔައެވެ.
“ޔެސް ލީން. އައި ލަވް ޔޫ. އޮންލީ ޔޫ… މާފަށް އެދެން މިހެން ބުނަން އެހާ ގިނަ ދުވަސް ނެގީތީ އެކަމަކު… ލީން. އޭރުވެސް ލޯބިވިން ވަރަށް ލޯބިވިން” ޔުއާން މައިލީން ދުރުކޮއްލިއެވެ.
އެވަގުތު އޭނާ ތެދެއްހާމަކޮއްލަން ބޭނުންވިއެވެ. އެހެނަސް މައިލީން ގަބޫލުނުކުރާނޭކަން އޭނާއަށް އެނގެއެވެ. އެއީ އޭނާ ވެސް ގަސްތގައި ކުރި ކަމެއް ނޫނޭ ބުނަން ބޭނުންވިއެވެ. އޭ ނާ ހުރީ މައިލީން އަށް އެފަދަ ދެރައެއް ދޭކަށް ނޫނޭ ބުނަން ބޭނުންވިއެވެ.
“މިއަދު ތިހެން ބުންޏަސް ގަބޫލް ކުރާނީ ކިހިނެތް ޔުއާން” މައިލީން އަށް ބުނެވުނެވެ. އޭރުވެސް ކަރުނަތަށް ސަފަކަށް ފައިބަމުން ދިޔައެވެ. “ގަބޫލް ނުކުރިޔަސް މިއަދު އަހަރެންނަނށް އެބަ އިހްސާސްވޭ… އެ ދުވަހު އެ ގޮތަށް ކަންތައް ކުރިއިރުވެސް މިހިތަށް ގޮތެއްވީ ލީން. އެކަމަކު ގަބޫލް ކުރަންބޭނުން ނުވީ…”
“ދެން ޔުއާން ދެނަ ފަހަރަކުން ވެސް ޔުއާން ތި ގޮތަށް ކަންތައް ކޮއްފިއްޔާ… ނުސީދާކޮއް ދެވަނަ ފުރުސަތަކަށް ޔުއާން ތިއެދެނީ. އެކަމަކު އެއީ ވާނެ ކަމެއްނޫން” މައިލީން ބުނެލިއެވެ.
“ޔަޝްމް އާ ބައްދަލުކުރަން ބޭނުން… ބައްދާލަން ބޭނުން… ލޯބިން ވާހަކަ ދައްކާލަން ބޭނުން… މިއީ ދަރިފުޅުގެ ޑެޑީ އޭ ބުނެދޭން ބޭނުން… އަހަންނަށް އެ ފުރުސަތު ދީ ލީން. އެހެންނޫނީ އަމިއްލަ ނަފްސަށް….. ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއްނުކުރެވޭނެ” ޔުއާން ކުރިއަށް ޖެހިލާ މައިލީން އޭނާގެ އަތުގެ ތެރެއަށް ގެނައެވެ. އެހެނަސް މައިލީން ޔުއާން ދުރުކޮއްލިއެވެ. “ޔުއާން… އަހަރެން ދެކެ ލޯބި ވާކަމުގައިވަނީނަމަ އަހަރެންނާ ދުރުގަ ހުރޭ ޕްލީޒް. އަހަރެންގެ ދަރިފުޅުގެ ކުރިމައްޗަށް ނާރާ” މައިލީން ބުނެލިއެވެ. މައިލީން ގެ ބަހަށް އެއްޗެއް ބުނަން ޔުއާން ބޭނުން ކަމުގައިވިޔަސް އެއއިން އެއްވެސް ކަމެއް ކުރާކަށް އޭނާ ނުކުޅެދުނެވެ. އެ ސަޒާ އަކީވެސް އޭނާއަށް ހައްގު އެއްޗެއްކަމުގައި ގަބޫލް ކުރެވުނެވެ.
(ނުނިމޭ)
94 Comments!
Comments are closed.
Maai???
ފަސްޓް
Yes. Congrats dear. Thankyou. ???
Assalaamu Alaikum. Mi part mi dhiya part ah comment kuri huri haa kudhinnah haassa kolan. Especially to my dear pinky, annoying reader and shann ah. And u xaaaan. ???. And to all whoever reads tha story. Sorry kuda koh late v ma. Ekam ves gabool kuran mi part kamudhaane kamah. Cox yuan and mailyn ge bai inima bodukoh. And its an emotional part. So do comment ur views guys. Thankyou all. Jazakallah Khairan. ???
varah dhigu inthizaare kohfin mi vaahaka ah
Sorry dear. And thankyou. Varah ufaa vehjje. Thihaa inthixaar kuraakan ingunima. ???
Alheyyy vvvv rythi…. Dhn kihineh leen hadhaany?? Next part wehn??
Hingaa balamaa. What do u think. Yuan mailyn ah naafukuraanetha 4 years oh. 5 dw years ehaa hithaamaiga ulhefa.?. ??? Thankyou dear.
Wow …aslah vx rovihjje hama..ur the bst…keep goin..❤
Hehe. Sorry. Kokko. Thankyou so much. Rovaalevunythy sorry mibuni ingey. ????
??? rovvaalaifi..
Sorry. Dear. ? And thankyou. ???
Alhey rovijje hama..??
Thankyou chim. Sorry dear. Rovvalevunima. ??? ???
Leeen plxxx yooan ah maafu kohdhee. Story v nice
Hehe. Hi Mi ves bunelaanan leen kaary. Ekam hingaa first leen hadhaa gotheh balamaa dw. ??? Thankyou. ???
Woooww dear..soo emotional n nice..keep up the good work ??
Thanks. Xxxx. V ufaavehjje. ???
Wow
Alhey haadha reehchey
Vrh wait koffin
Abadhu ves visneny dhen vaany kihineh baa ey
Mirey ves hama balabalaa indha thi up kohdhinee
Love this story
Thankyou varah ufaavehjje. Icy. Enme ufaavani konme part akun ves comment fennaathy. ??????
Mi part keyiru v v asaru kohffi Asluves vaahaka genas dheefa in goy v reethi Hi Mi Thanks ??????????????????
Thanks. Emotional part eh genesdheveytho varah try kurin. As mi e hithaamaige ves story eh vma. Thankyou so much dear. ???
alhey himi i feel so sad ? please please yashm rangalhu kurachey miracles do happen eh nu dhw . i really want leen and yuan together with yashm. plz leen yuan ah one chance dhy yashm ves daddy beynun. sad but loved every bit of the story. thankyou himi ? everyday i look forward to this story. obiness to the max. love it. all the best himi. waiting for the next part varah happy vejje dhigu koh genes dhini thi. biig thaanks <3
Alhey sorry dear. ??? ekam Hi Mi hama beynun v mihaa emotional koh gennan. Eyi egothag kyreveythoa ves try kohfa hunaane. Varah ufavehjje egothah genes dhevunu kan ingunima. Hehe. Lets see. Yashm dw. Hingaa hama balamaa. Vvv ufaavehjje. ?????????❤❤❤❤❤❤
Pls yuan n lyn gulhuvaathy pls pls
Hingaa balamaa naz. Thanks. V ufaavehjje comment fenifa. ???
Wow hi mi
..Mi part ves varah reethi
???❤
Thankyou. Minna. Dnt be sad. ? ???
alhey haadha reehche mi part Ves..hi mi thee hama best…koment nukuriyas mi storeege hurihaa part eh ves kiyan…ekam mi part kiyaalafa hama keh nuvegen koment mi kohlee…Hi mi U are the best….v v v reethi mi part…adhi eh partmirey genes dheeba…plz..leen nd yuaan gulhuvaalaba avahah….waitin next part..cant wait..?????????????????????????????????
Alhey. So happy new girl. Comment eh kohlima. Varah ufaavey comment fenifa. Adhi thikahala loabi comments. Story kiyaakan ingunima ves varah ufaavehjje. Bunaane ehchei ves neygey comment kiyaafa. Thankyou so much dear. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤
Wow.. Wonderful ❤️❤️❤️.. Superb ???… Outstanding ???.. Dhn neynge bunaane ehcheh vx Hi Mi… I’m speechless… Maasha Allah mi part vx v v v vvvv vvv reethi…. Vvv vvv reethi… I just can’t tell by words… I really loved it ❤️❤️❤️❤️❤️❤️… It’s soooooo emotional… Hama rovihje ?????… Yashm ah dheragotheh nuhadhahchey Hi Mi plxxxxx.. N yuan ilee gulheny… Plxx jazil don’t interfere in their life.. N Hi Mi isheendhune eh noon isheeneve ingey.. N ehchis eh noon ehchehi ingey… Dhn huri typing mistakes… Faahaga kohladhin mistakes thah ragalhu kohlahchey ingey Hi Mi… I sooooooo happy mihaa dhigukoh story genesdhinyma adhi e vx ehaa reethi koh.. Hama heeveenee story ge thereyga ulheveyhenn ???… Hurihaa manzareh lo kurimathin fennahen heevanee… Sifakurumah bunaanee hama obiness to the max ??????… Keep up the good work Hi Mi.. U can do it insha Allah ??… I’m always with you.. Hi Mi thee Maasha Allah vaahaka liyan vvvv vvv vvv molhu writer ?????.. U are my number 1 favourite writer Hi Mi ❤️❤️❤️❤️❤️… Love you soooooo much… Dhuvaheh dhuvahakah vaahakaige shaugverikan ithuruvanee ????… Abadhuvx mi story ah vvvv inthizaaru kurevey… Haadha reehchey Maasha Allah ??????… U are the best Hi Mi ????.. Thank you soooooo much… Lots of love and take care ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????… Curiously waiting for the next part ???????????❤️❤️❤️❤️❤️❤️❤️
Hello. Pinky what a lovely commet. Hi Mi ah yageen vehjje beynun v gothah genevunu kan. And btw dear varah ufaavehjje mistakes faahaga kohla dhinithy. Eyi hama hi mi ah libigendhaa kuri erumeh dear. Vvv ufaavehjje. Comment kiyaafa hama speechless vehjje. In thixaarugai indhaa thi comment kohli. How are you pinky?. Much much much more loves. ???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Jazakallah Khairan.
So emotional ?vahaka varah reethi
Sorry Thuthi. And v ufaavehjje commemt kohlima. Thanks dear.b???
Aaaaaaaaaaah……himi….. dhen edhekudhin gulhuvaba alhe……axee ah comment nukohlevunas abadhuves mivaahaka ah inthixaaru kurevey mivaahaka kiyan..ehaa ves reethi maashaa allah…himi thikuraa hih varah hama saabas dheynn..kyp it up…haadha ryhchey mi story cant wait …..alhe mireyves beynun adi one part kiyaalan…cant wait…hehe sorry dear vill wait egey …maadheyn kiyaalan libeynedho…☺☺☺☺
Alhey. Thankyou so much. ???. In Sha Allah next part maadhan. Wait kohlaane kamah unmeedhukyran. And btw comment fenifa vvvvv ufaavehjje. Story kiyaakan ingunima ves. Thi kahala commentd thakaki Hi Mi ah libey hiyy vareh. Thankyou so much. Dear. ???
Ohhh…haadha asarugadha a..nuroashey inasmuch rovvaalaifi? inthizaaru kurany lyyn nd uaan gulheyne dhuvahakah..uaan ah loabin task of uraala bahdhaaleveyne dhuvahakah. ..himi ekn kohdhehchey☺..ur the best ?
Alhey. Sorry navy. ??? rovaalevunima. Ekam Hi Mi ufaavehjje beynun vi gothah emotional part eh genes dhevijje kan yageen v ma. Hingaa balamaa kuri ah vaane goi thah dw. And anyway Thankyou so much dear. ?????????
v v v reethi, obiness to the max, Himi baakee Kithah part tha, dhen Yuan and Leen gulhuvabala pls pls pls
Thankyou. Hello. Eekko. Ehen bunaakah neygey. Ekam mi up kohlevuni 2 hundred and 30 something vana page kanneyge and i have already written up to 400 pages. And its still on going. So lets see. ???
Pinky Maasha Allah fine… Bt Hi Mi ge reply kiyaalaafa mihaaru maa bodah vx ragalhu ????… Ehaavx ufaavehje… Aslu vx varah varah bodah ufaavehje ????… Hi Mi ah vvvv vvv bodah shukurihyaa mi part vx pinky ah haasa kohlyma ?????… Hi Mi akee pinky ah enme enme special writer n insha Allah abadhuvx Hi Mi ah e place libeynee… Hi Mi haadha ragalhey ❤️❤️❤️❤️❤️❤️❤️???????… Hw abt u Hi Mi… Hope kuran Hi Mi vx ragalhu vaane kamah… U are vvvv vvv special for me Hi Mi and will always be Insha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????… Once again thank you soooooooooo much Hi Mi dear ????… Bunedhedheyn neyngey haavx ufaa vefa mihiree ❤️❤️❤️❤️❤️❤️❤️❤️?????????????????.. Much much much much loves Hi Mi ❤️❤️❤️❤️❤️❤️❤️❤️❤️???????????
Alhey. Pinky. Again speechless kohlaifi. Hi Mi varah ufaavehjje. Thy ves hama hi mi ge number 1 fan ekey dear. In Sha Allah. Hi Mi hama baraabaru. And pinky ge reply kiyaafa bunaane ehchei ves neygey. Ehaa ufaavehjje. ???????????❤❤❤❤❤❤❤❤❤❤❤
Thanks a lot Hi Mi dhoony.. Khonireh story ah inthixaaru kuraathaa.. Egey bxy vyma kan up nukoh dhevigen thiulheny.. Ehen nun nama mihaa iru vaairu up kohdheynekan egey.. Ehaaves baraabaru Hi Mi story up kohdhinumuga.. Wow, mibaives haadha ryhchey n v v furihama.. Hithah arany dhen kihinehbaaey vaany.. Aslahves Hi Mi v molhu igey, Masha Allah.. Thigothah abadhuves hunnahchey igey.. N v bodah thanks readers aa thi bahahtaa gaahkamah takaa.. Ehenve v v ufaavey.. Hurihai vaahaka liyun therinves Hi Mi hen vaane nama dhw.. Hama yagyn mi story kiyaa hurihai kudhinves Hi Mi dheke v loabivaane kan thihaa frndly v ma.. U r the best.. Shann akah Hi Mi ge email jehymaves nuvi.. Ehenve v sad vefa mihury.. Luv u n Miss u
Shann. Hi Mi ge mail aki. [email protected]
Hurihaaetters simple koh. Jahaafa mail kohlaa. Kohlaafa hi mi gaathu bunelaa. Mirey viyas okay hama. And varah yfaavehjje. Hi Mi dhekey gothugai readers aki varah nuhinmu role eh kulhey ba eh.
Alhamdhulillah.
Hi Mi varah vvvvv ufaavehjje. Shann ge comment ah v inthixaaru ves kohfin. Bw are yuh dear. And adhi try kohba. Hi Mi ah ehen mail hama libuni. ????????? Thankyou so much dear. ?????????
In Sha Allah… mi gothugai hurevey thoa masah kai kuraanan. And v dhera vehjje email nukbunima. ???. ❤❤❤❤❤❤❤❤❤❤❤❤❤❤ much loves. Thankyou. ???
Mi part vvvvv reethi.. vahaka nimeneetha hi mi
Thankyou. ?Nuney dear. Adhi 230 vana page hisaabu. And i have already written up to 400 pages. So no. And its still on going. ???
Next part konirskun himi anyways story vvvvv nice.waiting waiting
In Sha Allah… maadhan. Thankyou dear. ???. Varah ufaavehjje. ???
Aaah . V rovijje. V reethi vaahaka. Aneh bai avahah geness dhehchey. Please.please.
Sorry dear. Rovvalevunima. Thankyou. Ekam story reethi v ma varah ufaavehjje. Maadhan next part. In Sha Allah. First comment dw. ???
Abadhuvs mi vaahaka kiyan bt adhi mi comment kohlee, vvv furihama, vvv loabi story eh, abdhu vs mi story ah inthizaaru kurevey, hama rovey heevanee lomathin fenahen. ? Next part avahah genes dhehchey.
Thankyou jannath. Next part evening ga. In Sha Allah. V ufaavehjje. Story kiyaakan ingunima and comment fenifa e ah vure bodah. Hehe. Thanks again. ???
Roveny ey hama…dheloa furijjey karunun….himi. Thikuraa hiyvarah saabas…yuaan n leen gulhuvaafa huttaathi???
Alhey sorry. Yuaan. Lets see yuaan and malilyn ah vaa gotheh. Yuaan jehyene fight kuran. Hehe. Thankyou so much. ???
varah furihama ingey hama asluves rovihje……dhn oeh part ah varah inthixzaaru kuraanan In Sha Allah..waiting
Thankyou dear. V ufaavehjje comment fennifa. And sorry rovvaalevunima hehe. ???. In Sha Allah. Maadhan next part. ???
Shazaa eh nooneyy ingeyy…. sazaa v maana thafaathu dhe lafuzu aee
Sorry. Eeen. Maadhan change kohlaanan. Thankyou dear. Eyi neygigen. Hiyaal thakah ufalaa eki maru habaa kiyan. Thankyou. ???
Masha Allah v v v reethi
Thanks ba see. V ufaavehjje. ???
Filmeh ge manzaru sifavegen dhiyahen heevi
Hama rovijje
Masha allah
HiMi haadha molhey???
Thankyou so much niu. Vvv ufaavehjje. Sifa kurunthah reethi kureveythoa v try kuran. Thankyou so much. Dear. Means a lot. ???
Hama vvvv furihama…and so emotional…curiously waiting fir the nxt part…what will happen next..hi me ur the best..lov u
Thankyou so much dear. Vvv ufaavehjje. Leta see vaane gotheh dw. ?????????????
Hama wondering……… so curious to know what will hpn next…….. waiting ga ingey……..next part ah…..abadhuves check kohla kohla hurevenee??????
Lets see dear. V ufaavehjje comment fenifa. Thankyou so much for the support dear. Means a Lot. ???
Hey varah reethi.. Avahah up kohdhy kiyaahithun hureveneekee noon.. yuan aa ily aa gulhuvahchey plxx.. N yashm daddy aa meet
❤❤❤ kohdhy avahah
Thankyou Leen. Lets see e dhemeehun meet veythoa and dhen vaa gotheh dw. V ufaavehjje. Thankyou dear. ?????????
Alheyy maileen haadha goahey. ..yuaan ah maafu nukurany ?? v dhera vejje yuaan rovvaalyma???
Lets see dear. Yuan ves leen rovvi ehnu. Hehe. V ufaavehjje. Commemt fenifa. Thankyou so much. ???
Hi m rankolhaa yuaan ah ehen nahadhaba…v v dheravey…???plz ????????????
Sorry. Dherakohlevunima. New girl. Vvv ufaavehjje. Mi part in ves new girl ge comment rh fenunima. Unmeedhu kuran kuri ah oi part thakun ves fenigendhaane kamah. Thankyou dear. ???
Hi mi rankolhaa yuaan ah ehen nahadhaba…v v dheravey…???plz ????????????
??????????
Thanks kaairaa. Dhen nuroi huttaalaa. ???
Jaxil ah maileen libeygoi. Yuan aee v goss meeheh
Lets see dear loo. Thankyou ingey. ???
Masha allah awsome Hi Mi… nxt ep ah vrh inthizaaru eba kurevey.. thnkss dhigukoh genesdhineema
Thanks Riz. In Sha Allah. Evening ga. Varah ufaavehjje. ???????☺?
Most emotional part yet
Hama asluves rovijje
Dhen kihinehbaa vaanee
Maileen Yuaan ah maafu kuraanebaa
Or Jazil and Maileen thaa
V v v v reethi vaahakaeh
Komme dhuvahaku ves inthizaaru kurevey
Keep up the good work Hi Mi
Thankyou so much miya. Hi Mi balaanan kiyun therin beynun vaa gothah genes dheveythoa. In Sha Allah. Vvv ufaavehjje. ??????????☺?????????? lets see dhen vaa gotheh dw. ?????????
Varah salhi mi part ves…. thanks hi mi …. dhen konirakun next part…
Miadhu evening ga In Sha Allah. Blue beauty. V ufaavehjje. ????????? Thankyou.
Masha Allah Masha Allah haadha reechey himi dhoonya hama rovijje???????????????yuaan aa leenge vaaha ginaveema vvvvvvvv bidukoh ufaavi thnx dear himi?????? himi mi story ah haadha inthixaareh kureveyey xaange enme favourite story me❤❤❤❤ adhi xaange enme favourite writer akee himi???? himi vaahaka genesdhey goi xaannah haadha reechey himi mathin vvvv bodukoh misvey luv u????????sweet❤❤❤❤❤❤❤❤
Alhey xaaaan. Finally comment eh kohli dw. V ufaavehjje. Thankyou so much. ???? Sorry rovvaalevunima. Ekam ufaaves vehjje hi Mi beynun vi gothah mi part genes dhevunima. Hehe. Lets see dhen vaa gotheh. And miss yh too. Vvv ufaavehjje. Tc. ???????????????????
Hi mi dhoonya jaxil ah leen nudhehche …plz plz eyru mi vaahaka v hadi vaane…eyrun v dhera ves vaane ????? ????
Hello. Again new girl. Lets see vaane gotheh dhen. Ekanthah kuge hint eh bes hi mi dheykah beynu mehnun hehe. Dhen vaa gotheh balaalan vhk kiyaalaa. Thankyou dear. In Sha Allah. Kiyuntherin dissapoint nukureveythoa masahkai kuraanan. ???
Mihaaru liya meehun therein himi n maroon akee hama ehvana.love u both waiting for the next part
alhey… vvv ufaavehjje. black beauty. comment fenunima ves varah happy vehjje. thanks so much dear. 🙂
Alheiii Haadha reeehchey miwaahaka. Masha allah. Himi yuhh are de best writer I have ever seen. Love dis story. Wowww just Woww ????❤❤. Awahah up kohlahchey next part. N plx yuan n leen gulhuwahchey plxx plxx ingey.. ?
thankyou so much fathima. varah ufaavehjje comment fenifa. it means a lot. vvv ufaavehjje. lest see vagotheh dw hehe. 🙂
i am speechless. hama bunaane ehchei neygey. 🙂
Wow