Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 9

aminath shiyaa Level 110 Stories
February 12, 2018 4 Mins Read
13 Comments

ލިއު އެތަނައް އައުމުން ޔާންއަށް އެތާ އިތުރަށް މަޑުކުރާކަށް ނުކެރުނެވެ. ކަމެއްޖެހިއްޖެ ކަމައްބުނެ ވަރަށް ސިއްރުސިއްރުން ޓިޝޫއެއް ނެގުމައްފަހު ގަލަމުން އެއްޗެއް ލިޔެލުމައްފަހު ޝާޔާ ކައިރީގައި ބާވާލިއެވެ.

“އޭ ޝާޔާ އެއީ ކޮން ބިޓެއްތަ އަނެއްކާ، އަޅެ ހާދަ ސްމާޓޭ އޭނަ” ޔާން ފަސްއެބުރި ދިއުމުން ލިއު ބެނެލިއެވެ.

“ސާބަސް ހަމަ ލިއުއަށް .. އިއްޔެ އަރީފް ހުރިހާ ޑޮކްޓަރުން އިންޓުރޮޑިއުސް ކޮށްދިނެއްނު އެތަނުން ކުއްޖެއްކޭ އެއީ” ލިއު ދިމާ ކުރާނެ ވަރު ވިސްނާލައިފަ ޝާޔާ އިތުރަށް އެއްޗެއް އެކަމާ ގުޅޭ ގޮތުން ނުބުނެއެވެ.

“އޭ ޝާ މިއާންގެ މެސެޖެއް އެއައީ.. އަންނާށޯ ކާންދާން .. ނާޒިމް އެއްކޮށް ބޭރުގަ މަޑުކޮށްގެންނޯ އެތިބީ އަހަރެމެން އަންނަންދެން” ލިއުޝާ ފޯނުން މިއާން ފޮނުވި މެސެޖްއަށް ބަލަހައްޓައިގެން އިދެ ބުނެލިއެވެ.

“އަސްލު އެހާ ބަނޑުހައެއްވެސް ނޫން…އެކަމް ހިނގާ ދޯ..” ޝާޔާ ހުރީ ގެއަށް ދާން ބޭނުން ނުވެފައެވެ. ޝާޔާގެ ހިތުގެ ވިންދާ ގުޅިފައިވަނީ މި ހޮސްޕިޓަލަވެ. އެންމެ ދެކެން ބޭނުންވާ މޫނު ފެންނާނީ މިތަނުން ކަމުން އެހެން ތާކަށް ދާން ބޭނުން ނުވަނީއެވެ.

ލިއު އާއެއްކޮށް ޝާޔާވެސް ހޮސްޕިޓަލްއިން ބޭރަށް ނުކުމެ މިއާންމެން ކައިރީ ކާރު ބަލާ އަންނަންދެން މަޑު ކޮށްލިއެވެ. އަދި އެހެން މީހަކަށް ނުފެންނާނެހެން ޔާން ދިން ޓިޝޫގެ އެތެރޭގައި ލިޔެފައިވަނީ ކޯޗެއްތޯ ޝާޔާ ބަލާލިއެވެ. ” ކޭންވީ މީޓް…  ” ބައްދަލު ކޮށްލަން ބޭނުން ވާކަމައް ބުނެ ތިރީގައި ފޯނުނަންބަރެއް ލިޔެލާފައި އޮތެވެ. ޓީޝޫކޮޅައް ބަލާލައިފައި ތިރީތުންފަތު ގައި ދަތްއަޅާ ބާރުކޮށްލެވުނެވެ.

ޝާޔާގެ ނަޒަރު ހުއްޓުނީ ހޮސްޕިޓަލްގެ އެތެރެއިން ނުކުއިން ޔާން އަށެވެ. ޝާޔާގެ މޫނުމަތި ވަގުތުން އުޖާލާވިއެވެ. އެހެންނަމަވެސް އެ މޫނު މަތީގައިވާ ހިނިތުންވުން ފަޑުވީ ޔާންގެ ފަހަތުން އައި އަންހެން ކުއްޖާފެނިފައެވެ. އެއީ ޔާންގެ ކާކު ބާއޭ ޝާޔާގެ ހިތައްއަރަމުން ދިޔައެވެ.

“އޭ ޝާ އާދޭ ދާން ދެންވެސް ތިހެން ނުހުރެ” ލިއޫ ކާރު އެމީހުންނާ ކައިރި ކޮށްލުމުން ޝާޔާ ކޮޑުގައި ޖަހާލުމައްފަހު ބުނެލިއެވެ.

އިތުރު އެއްޗެއް ނުބުނެ ސުވާލުތަކުން ފުރުގެންވާ ހިތަކާއެކު ޝާޔާގޮސް ކާރަށް އެރިއެވެ.

“ނިޝާ ރިއަލީ މިގަޑީ ނުދެވޭނެ ..ވަރަށް ލަސްވެގެން މިހާރުވެސް މިދަނީ..ޒިދާން އެބައިން މަޑުކޮށްގެން މަ އަންނަންދެން” ނިޝާ ގޮތްދޫ ނުކުރުމުން ޔާން ހިތްހަމަނުޖެހުނެވެ.

“އަޅެ ޔާން ޕުލީޒް.. ޔާން ގެއަށް ދާ މަގުމަތީ އަހަރެން ބުނާ ތާކަށް ލާދެވިދާނު.. އެހެން ނޫނަސް ވަރަށް އަވިގަދައޭ ކިހިނެއްތަ އެހާ ދުރަށް ދާނީ.. ޕުލީޒް .. ފުލީޒް ޔާން” ނިޝާހުރީ ގޮތްދޫ ކުރާކަހަލަ މޫޑެއްގައެއް ނޫނެވެ.

“އާންކޯ.. ބަޓް އާދަޔަކަށް ނުހަދައްޗޭ.. މީ އަސްލު މަ ވަރަށް ނުކުރާކަމެއް” ޔާން ސައިކަލް ސްޓާޓްކޮށް ލަމުން ބުންލިއެވެ.

ނިޝާވީ އުފަލެއްގެ ބޮޑުކަމުން ޔާންގެ ސައިކަލް ފަހަތައްއަރާ ހަމަޖެހިލިއެވެ. ނިޝާގެއަށް ލާފައި ޔާންއަށް އާދެވުނީ ދަންކޮޅެއް ލަހުންނެވެ.

“ޔާން ކޮންއިރެއް މިތާ އިންނަތާ .. މަ ކައިރީ މިއައްނަނީ އޭ ބުނި މީހާތީ” ޔާން ގެއަށް ވަންތަން ފެނުމުން ޒިދާން ބުނެލިއެވެ.

“ހޫން މިއުޅޭ ނިޝާ ފަހަތުއަޅުވައިގެން އޭނަ ގެއަށް ލާދެންވިއްޔޯ.. ކޮބާތަ މަންމަ ހާދަ ބަނޑުހައި ވެއްޖޭ” ޔާން ކާކޮޓަރިއާ ދިމާލައް ހިނގައިގަތެވެ.

“ދެން ގެއަށްލާދީފަތަ އެ މަންޖެ ތިއައީ… ކޮބާތަ މައްސަލަޔަކީ ނުލާހިކު ރީތި މަންޖެއެއްވިއްޔަ” ޒިދާން ޔާންގެ ފަހަތުން ހިގައިގަން ނަމުން ބުނެލިއެވެ.

“ހޫން ދެން މިހާރަކު ނޫން ތިވާހަ ދައްކާނީ” މަންމަ އަށް އަޑު އިވިދާނެތީ ޔާން ވާހަކަ މެދުކަނޑާލިއެވެ.

“މަންމާ ކޮބާތަ ބައްޕަ އެއްޗެއް ކައިގެންތަ އެއޮތީ، މިޔަދު އަޅުގަނޑު ޑިއުޓީ ނިންމާލައިގެން ހަވީރު ބައްޕަގޮވައިގެން ހޮސްޕިޓަލްއަށް ދާން ކަމައް މިއުޅެނީ.. މިހާރު އެބައުޅޭ އެކަމައް ހާއްސަ ވަރަށް  މޮޅު ޑޮކުޓާރެއް އައިއްސަ، ބުނި މިޔަދު ބައްޕަ ގޮވައިގެން އަންނާށޭ” ޔާން ޕާޕަރުތަށިން ޕާފަރެއް ކާލަމުން މަންމަ ކައިރީ ބުނެލިއެވެ.

“ދަރިފުޅު އަންނަން ވާއިރަށް ބައްޕަ ތައްޔާރުކޮށްލާނަން.. މިހާރު މިދަނީ ބައްޕައަށް ކާއެއްޗެއް ދޭންވެގެން.. ދެކުދިން ކައި ނިމިގެން ދަމުން ދޮރު ލައްޕާލާފަ ދާތި އެގޭ” ހުސްނާ މުހުސިނައް ކާއެއްޗެހި އަޅާފައި ހުރި ތަބަތް ހިފައިގެން ކާކޮޓަރިން ނުކުތެވެ.

“ޔާން މަންމަ ގެ ކެއްކުމައް ހަމަ ސަތޭކަ އެކޭ.. ވަރަށް މީރު” ޒިދާން ފުރައިޑް ރައީސް ރަހަބަލަމުން ބުނެލިއެވެ.

“އާން މަންމަ އެއީ ހަމަ ބެސްޓް.. ތިއެއް ނޫނޭ އެއްކަލަ އެއާޕޯޓްއިން ދިމާވި އަންހެން ކުއްޖެއްގެ ވާހަކަ ބުނީމެއްނު، އެ ގާލް އެބައުޅޭ މި ޑޮކްޓަރ ޓީމް އެއްކޮށް އައިސްގެން މިރަށައް..ކިޔަނީ ޝާޔާ” ޔާން ޝާޔާގެ ވާހަކަތައް ޒިދާން އައް ކިޔާދިނެވެ.

“އޭ ވާނެ ފަހަރިއާ ބައްދަލު ކުރުއްވަން ކޮންމެ ހެނަކުންވެސް ” ޔާންގެ ވާހަކަތައް އަޑު އިވުމައްފަހު ޒިދާން ހުރީ ޝާޔާއާ ބައްދަލު ކޮށްލާހިތުން ނެވެ.

“ފުރަތަ މަށައްމިއުޅެނީ އޭނައާ ރަންގަޅަށް ވާހަލަ ނުދެއްކިގެން .. ޒިދާން ވާނެ ޑިއުޓީ ނިންމާލާފަ މިރޭ އެގޭ ދޮށައް މަށާއެކު ދާން” ޔާން ކައިނިމިގެން ޓިޝޫއަކުން އަތް ފޮހެލަމުން ބުނެލިއެވެ.

“މައްސަލައެއްނެއް .. ޔާން ބައްޕަގެ ކަންތައް ނިންމާލައިފަ ފުރީވެލައިގެން މަށައްގުޅާ ” އައިސް އަލަމާރި މަތީހުރި ދުފާތަބަކުން ފޯފޮއްޗެއް އަގައަށް ލަމުން ޒިދާން ބުނެލިއެވެ.

ބުރޭކް ނިންމާލައިފަ ހޮސްޕިޓަލް އަށް އައިއިރު ޝާޔާގެ މޫޑު ވަނީ ވަރަށް ގޯސްވެފައެވެ. ޔާންއާ އެއްކޮށް އެފެނުނު އަންހެންކުއްޖާގެ ސަބަބުން ޝާޔާގެ ހިތައްވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އެތައްފަހަރަކު ޓިޝޫގައިވާ ނަންބަރަށް ގުޅާލަން ޑައިލް ކޮށްލެވެއެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ކަނޑާލެވެނީ ދައްކާނެ ވާހަކަ އެއް ނޭގޭތީއެވެ. މި ގޮތައް ޑައިލް ކުރެވެމުން ގޮސް ނަންބަރަށް ގުޅުނީ ކޮންއިރަކު ކަމެއްވެސް ޝާޔާއަކަށް ނޭގެއެވެ. ޓިޝޫގައިވާ ނަންބަރުން ގުޅަންފެށުމުން ޝާޔާގެ ހިތް ބާރަށް ތެޅެންފެށިއެވެ.

“ހަލޯ ” ވަރަށް ހިތްވަރު ކޮށްފައި ޝާޔާ ފޯނައް ޖަވާބުދިނެވެ.

“ޝާޔާތަ؟ ޔާން ވަރަށް ފަސޭހައިން ޝާޔާގެ އަޑު ނަގައިގަތެވެ.

“ހޫމް … ޔާން ދޯ… ކީކުރަން ނަންބަރު ހޯދީ” ޝާޔާ ހިތުގައިވާ ހުރިހާ އުދާސްތަކެއް ފޮރުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

“ނަންބަރު ހޯދާނީ ވާހަކަ ދައްކަން ބޭނުން ވާތީނު، އަސްލު ޝާޔާއަށް ނޭގިވެސް ނަންބަރ ހޯދޭނެ .. އެކަމަކު އެގޮތް ބޭނުން ނުވީމަ އަސްލު ޝާޔާކައިރީ ގުޅާލަން ބުނީ” ޔާން ފުންނޭވާއެއް ބޭރު ކޮށްލަމުން ބުނެލިއެވެ.

“އެހެންތަ؟ ދެންކީއްވެ މީޓްކުރަން ބުނީ؟” މިފަހަރުވެސް ޝާޔާ ކުރީ ސުވާލެކެވެ.

“ޝާޔާ ކަމަކާ ހިތްހަމަނުޖެހިފަތަ؟ އަނެއްކާ މަށައް އެވަރުގެ ކަމެއް ކުރެވުނިއްޔާ ބުނައްޗޭ.. .. އަސްލު ދިމާކޮށްލަން ބުނީ ޝާޔާކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އޮތުމުން… ބަޓް އެއީ ޝާޔާއެކަމާ ހިތްހަމަޖެހޭކަމައް ވަނީނަމަ އެގޭ” ޝާޔާގެ އަޑުގައިވާ ހިތްހަމަނުޖެހުން ޔާންގެ ނަފުސައް މާޔޫސްކަން ގެނުވައިދިނެވެ.

“އޯކޭ މިރޭ 8 ގަ އާދޭ އަހަރެމެން ތިބޭގޭ ފުރަގަހުގަ އޮންނަ ބީޗް އަށް..މިގަޑީ ދެންބާވާލާނަން” އިތުރު ވާހަކައެއް ދެއްކުމެއްނެތި ޝާޔާ ފޯނު ބޭވިއެވެ.

ޔާންވެސް އެއީ މިއުޅޭ އަންހެނުންނާ ހެދީގެން ހޭބަލިވެގެން އުޅޭ ފިރިހެނުން އުޅޭހެން އުޅޭ މީހެއްބާއޭ ޝާޔާގެ ހިތައް އަރަމުން ދިޔައެވެ. އެހެން ނަމަވެސް ޝާޔާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހުދު ޝާޔާވެސް ހޯދަން ބޭނުންވެއެވެ.

ޑިއުޓީ ނިންމާލާފަ އެއްޗެހިވެސް ބަދަލު ކުރުމެއްނެތި ބައްޕަގޮވައިގެން ޔާން ހޮސްޕިޓަލް އައް އައިސް ވަނެވެ. އަދި ޑޮކުޓަރ ނާޒިމްގެ އެހީގައި ބައްޕަގެ ހަށިގަނޑައް އެތައް ކަސްރަތެއް ދިނެވެ. ނާޒިމް އަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ މީހެއްކަމުން ނާޒިމްއާ ގުޅުން ބަދަހިކުރަން ވީ ވަރަށް ފަސޭހަކަމަކަށެވެ. ނާޒިމްގެ ފުށުން ޝާޔާއާ ބެހޭ ބައެއް މައުލޫމާތު ލިބުމުން ޔާން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ޔާން އާ ބައްދަލު ކުރުމައް ކިޔާފައިވާ ގަޑި ކައިރި ވާ ވަރަކަށް ޝާޔާގެ ހިތްބާރަށް ތެޅެމުން ދެއެވެ. ތުންފަތުގައި މަޑު ލިޕްސްޓިކްއެއް ކޮށްލުމައްފަހު .. ޝާޔާގެ އަތުގައިވާ އެންމެ މީރުވަސް ދުވާ ސެންޓުފުޅިން ސެންޓު ޖަހާލުމައްފަހު އަނެއްކާވެސް ފޯނުން ގަޑި ބަލާލެވުނެވެ.

“ޝާޔާ ކޮންތާކަށް ތިދަނީ މިގަޑީގަ؟” ޝާޔާ ތައްޔާރުވާތަން ބަލަން އިދެ ލިއު ސުވާލުކޮށްލިއެވެ.

“ރައްޓެއްސަކާ ދިމާކޮށްލަން މިދަނީ… ލިއު ކަމެއް ކޮށްދީބަ އަރީފް މަ ކޮބައިހޭ އަހައިފިއްޔާ ބުނޭ ފާހާނައިގައޭ ޕްލީޒް… ބޭރުގަ ވީ ކަން އެގެންޔާ ވަރަށް ސުވާލު ކުރާނެ .. އެންޑް އައި ޑޯޓް ލައިކް އެއްވެސް މީހަކު މަ ޕާސަނަލް ކަންތަކާ ބެހެންޔާ” ޝާޔާ ބޭރަށް ދާ ސީދާ ބޭނުން ފޮރުވަމުން ލިއު ކައިރީ ބުނެލިއެވެ.

“އޯކޭ.. ސީކުރެޓް ދޯ… ފަހުން ކިޔާދެންވާނެ.. އެގޭ ރައްޓެއްސަކަށް ވުރެ ހާއްސަ ވީމަކަން ޝާ މީގަޑީ ދާނީ… ” ލިއު ޝާޔާ ދިމާލައް އެއްލޯ މަރައިލަމުން ބުނެލިއެވެ.

އަރީފް ފެންނަން ނެތުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރު ކޮށްލުމައްފަހު ޝާޔާ ބޭރައް ނުކުތެވެ. އަދި މަޑު ހިނގުމެއްގަ ގޮސް ގެއާ މާދުރުނޫން ބީޗް އައް ގޮސް ދެފަރާތް ހޯދާލިއެވެ.

“ހައެ” ޔާންގެ އަޑު އައި ދިމާލައް ޝާޔާ ބަލައިލި އިރު ދާދި ކައިރީގަ ޔާން ހުއްޓެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ސްކައި ބުލޫ ޖިންސެއްގައި ޔާން ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ.

އެކަހެރި މާހައުލެއްގައި ދެމީހުން އެކަކު އަނެކަކާ ބައްދަލު ވުމުން ދެމީހުންވެސް ތިބީ ދައްކާނެ ވާހަކަ އެއް ނޭގިފައެވެ.

 

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ހިތާ ފުރާނައިން… (37)

Next

މިލަ ހަނދުވަރު

Next
February 12, 2018

މިލަ ހަނދުވަރު

Previews
February 12, 2018

ހިތާ ފުރާނައިން… (37)

13 Comments!

  1. sam♥ says:
    February 12, 2018 at 12:41 pm

    wow its nice .. v reethii igey.. ekm mihaa reethii stry eh mihaa kurukon genaathii dhera vey ..but i love this stry…this time first libuny yehh ..heheh

    1. aminath shiyaa says:
      February 12, 2018 at 3:04 pm

      Sam thank you thankolheh dhigu kohlan vee dhw 1st comment kureema tq ??

  2. Humey says:
    February 12, 2018 at 12:53 pm

    Vvvsalhi kiyaahithun invarun knneyge haadhakurey vvvvreethi my favourite story
    Dhen kondhuvahakun kiyaaln libeynee miaaru vrangalhu aslu dhigu kuriahvere vvv bodah thanks

    1. aminath shiyaa says:
      February 12, 2018 at 3:06 pm

      Hi humey thank you so much for the feedback…. dhigu kohlaanan dhen huri baithah… have a good day ?

  3. shaan says:
    February 12, 2018 at 1:51 pm

    love digu kohladeebala nice storyy

    1. aminath shiyaa says:
      February 12, 2018 at 3:12 pm

      Hi shaan
      Dhen huri baithah miah vure dhigu kohlaanan egey
      Thank you ☺

  4. Marie says:
    February 12, 2018 at 2:10 pm

    Vrh reethi

    1. aminath shiyaa says:
      February 12, 2018 at 3:14 pm

      Thank you ?

  5. Pinky shifoo says:
    February 12, 2018 at 2:49 pm

    Mi part vx v v v reethi… Next part dhigukoh genesdhehchey shiyaa ??.. Keep up the good work.. Waiting for next part..

    1. aminath shiyaa says:
      February 14, 2018 at 9:00 am

      Thank you pinky shifoo

      Dhigu kohlaanan egey ?

  6. Shai says:
    February 13, 2018 at 7:30 am

    Varah reethi waiting for next part

    1. aminath shiyaa says:
      February 14, 2018 at 9:00 am

      Thank you shai ?

  7. Misha says:
    March 26, 2018 at 7:22 pm

    V kiyaalaa hithun mikiyanee..v reethi genesdhey goith.

Comments are closed.

Next Episodeއިންތިހާ – 10←


All Right Reserved!