Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (27)

Crystal Level 210 Stories100 Comments
February 12, 2018 4 Mins Read
10 Comments

ކުރީގެ އަދަދާއި ގުޅޭ : ” ޒާރާއެއްވެސް ނުބުނާނަން.. ” އެހެން ބުނެފައި ޒާރާ މަންމައާ ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ.

އޭގެ ފަހުންވެސް އެކި ދުވަސްދުވަހު ޒާރާ ވެލިކުޅެން އިންނަ ގަޑީގައި އަހުމަދު އާދެއެވެ. ކުރިއެކޭވެސް އެއްފަދައިން އަހުމަދު ދަނީ ހަމަ އަހުމަދު ބޭނުންވަގުތެއް އަންނަންދެން އެތާ މަޑުކޮށްފައެވެ.

ދިޔާނާއަށް ފަހުންވެސް މިމަންޒަރުތައް ފެނެއެވެ. އެހެންނަމަވެސް ފަހުން ފަހުން ދިޔާނާވެސް އަހުމަދާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

” މިހާރު ޒާރާ ހަނދާންވެއްޖެދޯ.. ޒާރާއަށް ނޭނގުނަސް އެ އަހުމަދަކީ އަހަރެން.. އޭރުވެސް އަހަރެން ޒާރާއަކަށް އެއްވެސް ކަމެއް ނުކުރަމެއްނު.. މިހާރަކުވެސް ނުކުރާނަން.. އަހަރެން އޭރު ޒާރާގެ ގޭދޮށަށް އަންނަނީ ޒާރާގެ ކުލާހު އަހުމަދުގެ ސިފައިގައި. ” ޒިލާލް އިތުރަށް އޮޅުންފިލުވައިދިނެވެ.

ޒިލާލްގެ ވާހަކަ ހުރި އޯގާތެރި ގޮތުން ޖިންނިއެއް ކައިރީ އިނދެވުނެއް ކަމަކު ޒާރާވެސް ކޮންމެވެސް ވަރަކަށް ބިރުކެނޑެން ފެށިއެވެ.

” އަހަންނަށް ޒާރާ ފުރަތަމަ ފެނުނީ ޒާރާގެ މަންމަ ޒާރާ ގެއިން ބޭރަށް ނެރިފައި ހުއްޓާ.. އެއީ ޒާރާ ގްރޭޑް 1 ގައި އުޅެނިކޮށް. އެދުވަހު އަހަރެން ފުރަތަމަފަހަރަށް ޒާރާގެ ރަށަށް އައީ އެރަށް ބަލާލަން ވެގެން.. އަހަރެންނަށް ތިގެ ކައިރިއަށް އާދެވުނު ވަގުތުވީ ޒާރާގެ މަންމަ ޒާރާ ބޭރަށް ނެރުން ވަގުތަށް.. ޒާރާ އޭރު ހުރީ ވަރަށް ދެރަވެގެން ކިރިޔާ ނުރޮވި.. އެއީ ޒާރާ ބޭރަށް ނެރެންފެށި ފުރަތަމަ ދުވަސްވަރު.. އަހަންނަކީ ޖިންނިއަކަށްވިއަސް އެދުވަހު އަހަރެންގެ ހިތުގައި ޒާރާއަށްޓަކައި ހަމްދަރުދީއާ ލޯބި އުފެދުން.. އެދުވަހުން ފެށިގެން އަހަރެން ޒާރާދެކެ ވަރަށް ލޯބިވޭ.. އެއީ ޒާރާގެ މަންމައަށްވިއަސް އެކަންތައް ކުރީ މީހުން ކަންތައް ކުރާގޮތަކަށް ނޫން.. ޖިންނީންނަކީ ކޮންމެކަހަލަ ބަޔަކަށްވިއަސް ވެސް  އެއީ އެމީހުންގެ ދަރިންނަށް އޯގާތެރި ބައެއް.. އިިިިންސާނުންވެސް ބޮޑެތި އަދަބުތައް އެމީހުންގެ ކުޑަކުދީންނަށް ދޭން ހެޔޮނުވާނެ… އެހެން ބޭރަށް ނެރޭތީ އަހަންނަށް ނޫނަސް ކިތަންމެ ޖިންނިއަކަށް ޒާރާ ފެނޭ.. އޭގެ ތެރޭގައި އުޅޭނެ ވަރަށް ނުލަފާ ޖިންނީންވެސް.. ބޮޑެތި ދެޔޯ މާރިދުން ފަދަ ޖިންނިތައް.. އެއެއްޗިހި ދައްކަނީ ޒާރާގެ ރީތިކަމުގެ ވާހަކަ.. އަހަންނަށް އެހުރިހާ ވާހަކައެއް އިވޭ.. އަހަންނަކީ އަދި މުސްލިމު ޖިންނިއަކަށް ނުވިއަސް އިސްލާމްވުމުގެ ޝައުގުވެރިކަން ހުރޭ.. އެހެންވެ އަހަރެން އެހާ ނުބައެއް ނުވާނެ.. އެ ޖިންނިންތައް ޒާރާ ގެންދަންވެސް ވިސްނި.. ޒާރާ ކިތަންމެ ކުޑައަސް ކޮންމެ ޖިންނިއެއްވެސް ޒާރާއަށް ބަލަނީ އިޝްގީ ދަހިވެތި ނަޒަރަކުން.. ޒާރާ ބޭރަށް ނެރޭ ކޮންމެ ދުވަހަކު އަހަރެން ޒާރާ ގާތުގައި ހުންނަން.. ޒާރާ ދެރަވެފައި ހުންނަވަރުން އަހަރެން ޒާރާގެ ހިތަށް އެހެން އެއްޗިހި އަރުވައިދެން.. އެތާ ހުންނަ މާތަކާއި ގަސްތަކުގެ މަތިން ހަނދާންކޮށްދެން.. ފަހުން ފަހުން ޒާރާ އެކަމާ ދެރަނުވާތީ އަހަރެން ވަރަށް އުފާވި.. ޒާރާ ވެލިކުޅޭތަނަށްވެސް އަންނަނީ ޒާރާ އުޅޭގޮތް ހަމަ ބަލާލާހިތުން.. ޒާރާ މަންމަ ރުޅިއައިމަ ކަންތައް ކުރާ ގޮތް އެނގޭތީ އަހަރެން އެދުވަހު އެހެން ބުނީ.. އެނގޭ އެެެެެކަނި ވެެެެެލިކުޅެން އިންނަން ޒާާާާރާ ފޫހިވާކަންވެސް.. އެެެެހެންވެ އަންްްްްނަނީ.. އަހަރެންް ބަަަަަލަން ހުރީމަ ޒާރާ އަަަސްލު އެެެހާ ފޫހިނުވާކަންވެސް އެނގޭ.. ދެން ޒާރާ ހިިިިިތަށް އަރާނެ ޒާރާއަަަަށް އެންމެ ހިތްދަތި ކަންތައް ދިމާވި ދުވަހު ވީ ކިހިނެއް ބާއޭ.. އަަަަަަހަރެންގެ އާއިލާާާގައި ތިިިިިބޭނީ ހުސް ކާފަރު ޖިިިންނީން.. ޒާރާ ގާާާާާތުގައި އުޅެއުޅެފައި އަހަރެން އަހަރެންގެެ އާއިލާ ގާތަށް ދިޔަ ދުވަަަަަަަހުގައި އެމީހުން އަހަރެެެެން ހިފެހެެެެެއްޓީީ.. އެއީ ޒާރާ ގްރޭޑް 6 ގައި އުޅުނު ދުވަސްވަރު.. އެދުވަަަަަސްވަރުުުުުުގައި ނުބައި ޖިިިިންނީންތައް ޒާރާާާާގެ ބަަައްޕަގެ ބޮލަށް ނުބައި ފިކުރުތައް ވައްދައިދޭން މަސައްކަތްކުރީ.. އެކަމުގައި އެޖިންނީންނަށް ކާމިޔާބު ލިބުނީ ޒާރާގެ ބައްޕަ ޒާރާއާމެދު އެގޮތަށް އަމަލުކުރަން ފެށުމުން.. ތިގޭޭޭޭޭގައި އުުުުުޅޭ މީހުން ގުރުއާން ކިޔަވާތީ އެެެެެެޖިންނީންނަަަަށް އަސްލު އޮތީ ތިިިިގެއަަަށް ވަދެ ބޭނުންވާ ގޮތަކަށް ނޫޅެވިފައި.. އެކަމަކު އެކަމަަަަށް ފުރުސަަަަތު ލިބުނީ ޒާރާގެ ބައްޕަގެ ފުށުން. ޒާާާރާގެ ބައްޕައަކީ ދީނީީ ކަަަންތައްތަކަށް އެހާ ސަަަމާލުުުުުކަންދޭ މީހަކަަަށް ނުުުވާތީ.. އަހަންްްްްްނަށް އާދެވުނީ ޒާރާ ގުރޭޑް 9 ނިިިިމުންފަހުން.. އޭރު އޮތީ އެކަންތައް ކޮށްފައި.. ދެން އަހަރެން މަސައްކަތްކުރީ ޒާާާރާ އެެެެެކަމުން ސަލާމަތްްްްްކޮށްދެވޭތޯ.. ޒާާާރާއަށްވެސް ދީނީ ކަންތައްތަކަަަަށް ސަަަމާާާލުކަންދޭން އަހަރެެެެން ހިތަށް އަރުވައިިިިދެން.. ޒާރާގެ ވިިިސްނުމުުުގެ ތެރެއަަަށް ކޮންމެވެސް ވަރަކަށް ވަނީ ޖިންނީންނަށް ވަދެވިފައި.. ޒާރާއަށް ފަންކާއަށް ބަލަން ހުރެވެނީ އެހެންވެގެން.. އަބަދު މާގިނައިން ދެރަވަނީވެސް އެހެންވެގެން.. އެެެެެެެކަހަލަ ވަަަގުތުގެ ފައިދާ އަަބަދުވެެެެސް ޖިިިންނިން ނަގާނެ.. އެހާ ބަަަައިވަރު ޖިންްްްްްނިން އުޅޭޭޭޭތީ އަހަންްްނަށްވެސް އެހާ ފަސޭހަަަަައިން އެެެެެކަންތައް ކުރެވޭގޮތެެެެއް ނުވި. އެެެެެެހެންވެ އަަަހަންނަށް މަަަޖުބޫރުވީ ޒާާާާާރާގެ ހަށިގަނޑުގެ ތެރެއަށް ވަންނަން.. އަަަސްލު ރަަނގަޅު ޖިިިިންނީން މީހުުުންގެ ހަށިގަނޑު ތެެެރެއަކަށް ނުުުުވަންނާނެ.. އެކަމަކު ހާލަތުގެ ގޮތުން އަހަރެން އެކަންކުރީ.. އެކަަަހަލަ ނުބައި އަމަލުތައް ހިންގާ ތަންތަނަށް އަންނާނީ ވަރަށް ޝައިތާނީ ޖިންނީން.. މުސްލިމު ނޫން ނުބައި ނުލަފާ ޖިންނީން. އެދުުުވަހު ޒާރާާާާގެ ބައްޕަަަަައަށް ތަަަަަދުވީ އަހަންނާ ހެދި.. އެދުވަހު އަހަރެން ޒާރާގެ މޫނު ޒާރާގެ ބައްޕައަށް ދެއްކީ ވަރަށް ބިރުވެރިކޮށް.. ޒާާާާރާގެ ބަަަައްޕަ ބިިިރުގަންނަންް ފެެެށީ އެެެެެހިސާބުން.. އަހަރެންވެސް ހީކުުުުރީ ދެެެެން އެގޮތަަަަށް ފެނުނީމާ ޒާރާގެ ބައްޕަަަަ ކޮންމެވެސް އެއްޗެެެެއް ހިތަށް އަރާާާނެ ކަަަަަމަށް.. އެެެެެކަމަކު ޒާރާގެ ބައްޕަވީީ އަަަަަަަހަރެން ހީކުރި ވަރަށް ވުުުުރެ މާ ނުުުލަފާ މީީީީީީީހަކަށް.. ދެެެންވެެެެސް މަސައްކަަަަތް ކުރީ ބެެެެހެން.. އަހަރެން ދެެެެން ޒާރާ ޒާރާގެ ބަަައްޕައަށް ދަަައްކަނީ އެއަށްވުރެ މާ ބިިިިިރުވެރިކޮށް.. އެެެެެކަމަކު އެެެދުވަަަހަށްފަހު އަހަރެންް ޒާާާާާރާގެ ހަށިގަނޑުު ތެެެެެރެއަކަަަށް ނުވަންނަަަން.. ޒާރާއަށް އިިިިިިނގޭތަ؟ ޒާާާރާގެ ބައްްްޕަގެެ އަމަލުތައް ކޮންޓްރޯލް ނުވެގެން ގޮސް އެހެންނޫންނަމަ ޒާރާ ބަނޑުބޮޑުވެސް ވީސް.. ޒާރާާާގެ ބަަައްޕަަ އެއަމަލުތަަަައް ހުއްްްޓާލީ މާާާާާބޮޑަށް ބިރުގަންނަން ފެށުމުން.. ފަަަަަހުން ފަހުން ޒާރާ ބައްޕައަަަަށް އަހަރެެެެން ޒާރާގެ ބިރުވެރި ސިފައިގައި މަަަގުމަތިންްްްްވެސް ފެެެެެންނަން.. އަހަރެން އެހެން ހެދުން ހުއްޓާާާލީ ޒާރާގެ ބައްްްޕަ އެެެެެގޮތަށް އަމަލުކުރުުުުން ހުއްޓާލުމުުުން.. އާހިލް ކަންތައް ކުުުރިގޮތުންވެެެެސް އަަަަަަަަހަރެން ގާާާާާތަށް އައީ ރުުުޅި. އަހަރެެެެން ހިިިިިިތަށް އަަަރާ ބައެއް އިންސާނުންނަކީ ހާދަ ފިނޑިިިިިބައެކޭ.. ކަަަމަކާ ޖެެެހުނީމާ އެވާ ލޯބިގޮޮޮސް ގެއްްްްްލޭ ތަަަަނެއްވެސް ނޭނގޭ.. ޒާާާާރާ ދެރަވެގެން އުޅޭގޮޮޮޮޮތުން އަަަަަހަންނަށް މަަަޖުބޫރުވި އާހިލަކީ އަަަސްލު ކޮންކަހަލަ މީހެއްްްްްކަން ޒާާާރާއަށް އަންގައިދޭޭޭޭން.. އެހެެެންވެ އަަަހަރެން އެެެޗެޓް އެޕްލިކޭޭޭޭޝަން ޒާރާއަަަަށް ދެއްކީ.. ޒާރާއަަަށް މިހާާާާރު އެެެެެެނގޭނެ އާާާާާހިލް ޒާރާދެެެކެ ހަގީގީ ލޯޯޯބިނުުުވާކަން.. އަހަރެން ބުނަން ބޭނުމީ ޒާރާ އަވަހަށް ބައްޕަގެ ވާހަކަ ބުނާށޭ.. ޒާރާއަށް ތިހިރީ 17 އަހަރު ފުރިފައި.. 18 އަހަރު ވެއްޖިއްޔާ ދެން ތި މައްސަލައެއް މިތާ އޮންނަ ޖެންޑަރ ކިޔާ ތަނަކުން ނުބަލާނެ.. ޒާރާގެ ބައްޕައަށް ކުރި ކުށްތަކުގެ އަދަބު ލިބުން ހައްގު.. އަދި އެއީ ޖިންނިން ބޮލަށް ސަވާރުވި ކަމުގައިވިއަސް.. އެއަށް އަމަލުކުރުމަކީ އިންސާނާގެ އަމިއްލަކަމެއް.. މިވާހަކަ ބުނަންވެސް އަހަރެން އެހީވެދޭނަން.. އެއީ އަހަންނަށް އެނގޭ ޒާރާ ތިވާހަކަ ބުނަން ބޭނުންވެފައި ހުއްޓަސް ނުބުނެވިގެން އުޅޭކަންވެސް.. އެހެންވެ މިއައީވެސް.” އެހުރިހާ ވާހަކައެއް ދައްކާފައި ޒިލާލް އަނެއްކާވެސް ޒާރާއަށް ބަލާލިއެވެ.

ޒާރާ އިނީ އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް ވެދިޔަ ތަނުގައި ވީކަންތައް އެގޮތަށްވުމަށް މެދުވެރިވީ ކީއްވެގެންކަން ޒާރާއަށް އެނގުނެވެ.

” ޒާރާއަށް ދެރަވާގޮތަށް ނޫނީ ގެއްލުމެއް ދޭން މީހަކު އުޅެންޏާ އަހަރެން އެމީހެއްގެ ކިބައިން ބަދަލު ހިފާނަން.. ފަހަރެއްގައި އެހެން ޖިންނީންހެން އަހަރެން ކޮންމެފަހަރަކު އެމީހެއްގެ ފުރާނަ ދުއްވާނުލާފާނެ.. އަހަރެން ވަރަށް ކެތްތެރިވާނެ.. އެކަމަކު އަހަރެންނަށްވެސް ކެތްވާނީ ވަކިވަރަކަށް.. ޒާރާއަށް މީހަކު ދެން ގެއްލުމެއް ދޭތަން ބަލަން އަހަންނަކަށް ނުހުރެވޭނެ.. ދެން އަހަރެން މިދަނީ.. ދެން ދުވަހަކުވެސް ޒާރާއަކަށް އަހަންނެއް ނުފެންނާނެ.. ” އެހެންބުނެފައި ކުއްލިއަކަށް ޒިލާލް ތެދުވެގެން ގޮސް ކޮޓަރި ދޮރު ކައިރިއަށް ހުއްޓުނެވެ. އެއާއެކު އަމިއްލައަށް ކޮޓަރީގެ ތަންޑު ނެއްޓި ދޮރުހުޅުވިގެން ދިޔައެވެ.

ކޮޓަރީގެ ދޮރު ހުޅުވުމާއެކު ޒިލާލް ނުކުމެގެން ބޭރަށް ދިޔައެވެ. ޒިލާލް ދިޔައިރުވެސް ޒާރާއަށް އިނދެވުނީ ހަރަކާތް ހުއްޓިފައި އިން ބުދެއްއިންހެންނެވެ.

އޭގެފަހުން އެއްދުވަހެއްގައި ޒާރާއަށް އެވާހަކަ ބުނެވޭ ގޮތްވިއެވެ. ޒިލާލްގެވެސް އެހީގައެވެ.

އެއީ ޒާރާ ރަށަށް އައި ދުވަސްވަރެއްގައި ތިމާގެ މީހުންނާއި ރައްޓެހިކުދިންވެސް އެއްތަނަކަށް އެއްވެ އޮތް ދުވަހެކެވެ. އެވާހަކަ ޒާރާ ބުނީ އެ އެންމެންގެ ކުރިމަތީގައެވެ.

އެވާހަކަ ހަމަ ބުނިތަނާ ބައްޕަ ފަރާތު ތިމާގެ މީހުންތައް ޒާރާއާ ދިމާއަށް އެއްޗިހިކިޔަން ފެއްޓިއެވެ.

ޒާރާގެ މަންމަ ދިޔާނާ އެތާ ހުއްޓާ ބިންމައްޗަށް ވެއްޓުނެވެ. ޒާރާގެ މަންމަ ފަރާތުގެ މީހުން އަވަހަށް ދިޔާނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

” މާފުކުރައްވާ. މިހާރު ދިޔާނާ މިދުނިޔެއަކު ނެތް.. މިތަނަށް ގެނެވުނުއިރުގައިވެސް ދިޔާނާގެ  ފުރާނައެއްނެތް.. ހާޓްއެޓޭކެއްގެ ސަބަބުން ދިޔާނާ  އެވަނީ މިދުނިޔެ ދޫކޮށްފައި.. ” ޑޮކްޓަރ ދެއްވި ޖަވާބަކީ އެއީއެވެ. ޑޮކްޓަރގެ އެޖަވާބުން ޒާރާގެ އިތުރުން އެތާ ތިބި އާއިލާގެ މެންބަރުންނަށް ބޮޑުޝޮކެއް ލިބުނެވެ.

ޒާރާގެ މަންމަ ނިޔާވުމުން ޒާރާއަށް ހުރެވުނީ ގަބުވެފައެވެ. ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތިފައެވެ.

” ޒާރާ ކީއްކުރަން އެވާހަކަ މަންމަ ހުއްޓާ ތިބުނީ.. ބަލާ ނިކަން މަންމައަށް ވީގޮތް.. ” ޒާރާގެ މަންމަ ފަރާތު ބޮޑުދައިތައެއް ރޮމުންރޮމުން އެހެން ބުނެލިއެވެ.

” ޒާރާ ވިސްނަންވާނެއެއްނު.. އެހެން މީހުންނާ މެދުވެސް.. ” ޒާރާގެ އެހެން ބޮޑުދައިތަ އެއް ބުނެލިއެވެ.

މަންމަ ފަރާތު އާއިލާގެ މީހުންވެސް ކުށްވެރިކުރީ ޒާރާއެވެ. ދިޔާނާ ނިޔާވުމުގެ އަސްލަކީ ޒާރާކަމުގައި އެމީހުން ބުންޏެވެ.

” ބޮޑުބޭބެމެން ޒާރާއެއް ބޭނުމެއް ނޫން.. ބޮޑުބޭބެމެންނަކަށް ޒާރާއެއް ނުބެލޭނެ.. ” ޒާރާގެ ބޮޑުބޭބެއެއްވެސް ރުޅިއައިސްފައި އެވަގުތު ބުންޏެވެ.

” ޒާރާ ހިނގާ ދާާާން.. ” ޒާރާގެ މަންމަ ވަޅުލަން ގެންދިއުމުން ޒާާާާާާރާގެ އަަތުުުުުގައި ހިިިިިިިފެހެއްޓީ އެެެެެެެތާގައި އެެެހުރިހާ މަންްްްޒަރުތަކެއް ބަަަަަލަންހުރި ރިޔާއެވެ.

ޒާރާގެ އަތުގައި ހިފައިގެން ރިޔާގެ ގެއަށް އައިއިރުވެސް ޒާރާއެކޭ މަރުވެފައި ހުރި މައްޔިތެކޭ އެއްވެސް ތަފާތެއް ނެތެވެ.

” ޒާރާ.. ޒާރާ.. ތިހެން އިންނާކަށް ނުވާނެ.. ” ގެއަށް  އައިސް ގަބުވެފައި ޒާރާ އިންނަން ފެށުމުން ރިޔާ ޒާރާގެ ދެކޮނޑުގައި ހިފާފައި ވަރަށް ބާރަށް ތަޅުވައިގަތެވެ.

” ރިޔާ މަ ދެން ކިހިނެއް ހަދާނީ.. އެވާހަކަ ބުނީމަ.. މަ މުޅިން ބާކީވެއްޖެ.. އެކަނިވެއްޖެ ” ގަބުވެފައި އިންނަގޮތް ކެނޑި، ރޮމުން ރޮމުން ޒާރާ އެހެންބުނެލިއެވެ.

” ޒާރާ އަދި އެކަންޏެއް ނުވޭ.. އަހަރެން މިހިރީއެއްނު.. އަހަރެން މިއުޅެނީ މާލެ ދާން.. ހިނގާ އަހަންނާ އެކީ ދާން.. ޒާރާވެސް ޒާރާގެ އަމިއްލަ ނަފްސު ކުށްވެރިނުކުރޭ.. ތިވާހަކައަކީ އެހެންމީހުންނަށްވެސް އެނގެންޖެހޭ ވާހަކައެއް.. ދިޔާނާ ދައްތަ ނިޔާވިޔަސް ޒާރާގެ ކުށެއް ނެތް.. ތިވާހަކަ ސިއްރުކޮށްގެން ހުންނަން ޖެހުމުގެ ވޭން އެހެންމީހުންނަކަށް އިހްސާސެއް ނުކުރެވޭނެ. ” ރިޔާ މަސައްކަތްކުރީ ޒާރާއަށް ހިތްވަރުދެވޭތޯއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ނޫރު (ފަންސަތިރީސްވަނަ ބައި)

Next

ހިތާ ފުރާނައިން… (37)

Next
February 12, 2018

ހިތާ ފުރާނައިން… (37)

Previews
February 11, 2018

ނޫރު (ފަންސަތިރީސްވަނަ ބައި)

10 Comments!

  1. Hairaan says:
    February 12, 2018 at 7:26 am

    Varah reethi

    1. Crystal says:
      February 12, 2018 at 10:43 am

      Thankyou hairaan ☺???

  2. Friends says:
    February 12, 2018 at 8:29 am

    .Reethi .when next part
    .Waiting 4 next part
    ????

    1. Crystal says:
      February 12, 2018 at 10:45 am

      Thankyou friends ☺??? avahah genesdheveytho mibalanee friends.. mi story mi nimeynee dhen

    2. Crystal says:
      February 12, 2018 at 10:46 am

      E nimeynee *

    3. Crystal says:
      February 12, 2018 at 11:37 am

      E nimenee * sorry about these mistakes

  3. Ekoi says:
    February 12, 2018 at 11:33 am

    Alhe how short story.

  4. Ekoi says:
    February 12, 2018 at 11:41 am

    Adhi nunimmaba plx kuriyah gendhey ?

    1. Crystal says:
      February 12, 2018 at 12:22 pm

      Adhi nunimey… But nimen dhen eulheny..

  5. Jail_amm18 says:
    March 11, 2018 at 12:53 pm

    varah reethi

Comments are closed.

Next Episodeޒާރާ (28)←


All Right Reserved!