ސައިފް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލުމުން، ނައިޝާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.ކޮޓަރިއަށްވަދެ މުޅިތަނަށް ވަށައިގެން ނައިޝާ ނަޒަރު ހިންގާލިއެވެ.ތަނަވަސްކަން ބޮޑު ކޮޓަރި ތެރޭގައި ހުރިހާ އެއްޗެއްވެސް ހުރީ ތަރުތީބުކޮށްފައެވެ.މޭޒުމަތީގަައި، ރައްޓެހިވެގެން އުޅުނުއިރު ސައިފް ދިން މާތައް ވާހަކަށް އަޅާފައި ހުރިއިރު، ނައިޝާމެނަށް ލިބުނު ރީއްޗަށް ބަހައްޓާ ހަދިޔާތަށްވެސް، އެނދުގެ ހެޑްބޯޑު މަތީ އަތުރާލެވިފައިވެއެވެ. ތިން ދޮރުފަތްލީ ބޮޑު އަލަމާރި ކައިރިއަށް ހުއްޓި ، އަލަމާރީގެ ދޮރު ނައިޝާ ހުޅުވާލިއެވެ.އަލަމާރީގަައި އަޅުވާފަ އިން ވެޑިން ޑްރެސް ނަގާ ގައިގަ […]
“ޔީޝް… އަހަރެން ވާހަކައެއް ބުނަންތަ.. މިއީ މިހާރު އަހަރެންގެ ހިތް ވަރަށް ބޮޑަށް އެދޭ ކަމެއް.. އަހަރެންގެ ހިތުގެ މިއެދުން ޔީޝްއަށް އިއްވާލަދޭން އަހަރެން ވަރަށް ބޭނުން.. މިހުރިހާ ކަމެއް ނިމުނީމަ… ހުރިހާ ކަމެއް ނޯމަލްވީމަ… އަހަރެން.. އަހަރެން ބޭނުން ޔީޝްއާ މެރީ ކުރަން.. އައި ވޯންޓު ޔޫ ޓުބީ މައި ވައިފް” ދާނިޝް އެހެން ބުނުމާއެކު ޔީޝާއަށް އޭނާގެ ދެއަތް ދޫކޮއްލެވުނެވެ. ދާނިޝްގެ އަތުތެރެއިން ދުރުވެލާފައި ދާނިޝްގެ މޫނަށް ޔީޝާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. **** “ޔީޝް […]
މާޔަން އައުމުން ހަތަރުމީހުން ކާން ދިއުމަށް ނުކުތީމެވެ. އެމޭލިއާ ކައިރީ މާޔަން ގެ ސައިކަލަށް އަރަން ބުނަމުން އަހަރެން ޒިޔާންގެ ސައިކަލަށް އެރީމެވެ. ކޮންތާކަށްތޯ ދާނީ މާޔަން ޒިޔާން ކައިރީ އެހިއެވެ. ދާންވީތަން ބުނަމުން ޒިޔާން ނައްޓާލިއެވެ. މާޔަންވެސް އަހަރުމެން ފަހަތުން ނައްޓާލިއެވެ. އަހަރެންނަށް ފޯނެއް އައެވެ. އަހަރެން ފޯންބަލާލީ ރެސްޓޯރެންޓް ކައިރިއަށް ފައިބާފައެވެ. ގުޅާފަ އޮތީ ނީންތައެވެ. އަހަރެން ރެސްޓޯރެންޓަށް ވަންނަމުން ނީންތައާއި ގުޅީމެވެ. ނީންތަ ގުޅީ އެއްޗެއް ކައިފިތޯ ބަލަންށެވެ. އެއްޗެއްކާން ދާންވެގެން، ދާންނޭނގޭނެތީ […]
ކުރީގެ އެޕިސޯޑުގެ ތެރެއިން….. އަވްނީ ޖެހުނީ އެދިމާލުން ލާފައި ފޯނާ ކުޅެމުން ކުލާހުން ނިކުންނަން ދިޔަ ރެހާން ގައިގައެވެ.ނަމަވެސް ރެހާން ނުވިސްނާ ހުރުމުގެ ސަބަބުން ދެމީހުން ބިންމައްޗަށް ވެއްޓުނީ އެކީއެވެ.ވެއްޓުނު ވަގުތު އަވްނީ ފުރަތަމަ ބިއްމަތީގަޖެހުނެވެ.ރެހާން ޖެހުނީ އަވްނީގެ ގައިގައެވެ.ބިރުން ހުރި އަވްނީ ވަރަށް ބާރަށް ރެހާން ގައިގައި ބައްދާލިއެވެ.ރެހާންއަށް އަށް އަވްނީގެ މޫނު ވަރަށް ރީޗަށް ފެނުނެވެ.ރެހާން އަށް ކުރުވީ ދުލުން ބަޔާންކުރަން ނޭނގޭފަދަ އިހުސާސްތަކެކެވެ.ނަމަވެސް ލޯމަރާ ބާރު ކޮށްގެން ހުރި އަވްނީއަކަށް އެއީ އަދި […]
-މިހާރު- އާ ދުވަހަކަށް އިރު އެރި ކަމައް އިއުލާން ކުރަމުން ކާޅާއި ކޮވެލި ގޮވަމުން ދިޔަ އެވެ. ކިޔާރާ އުޅުނީ ރައީފާ ހޭލަން ވާއިރަށް ގޭތެރެ މަސައްކަތް ނިންމުމަށް ފަހު އަވަހަށް ސައި ހަދާށެވެ.ނަމަވެސް ކިޔާރާ ސިހުނީ އެހާ ހެނދުނާ ރައީފާ ފެނުމުންނެވެ.އޭނައަކީ ދިހައެއް އެގާރަ ޖެހުމުން ނޫނީ އެނދުން ހިއްލާނުލައި މީހެކެވެ.ދެން އެހާހެނދުނާ ތެދުވެގެން އައުމުން ހައިރާން ނުވާނީ ވަކި ކާކު ހެއްޔެވެ. ކިޔާރާ ހުރީ ބިރު ގަތް ވަރުން އިސްޖަހައިގެންނެވެ.އޭނާ ހީކުރީ ރައީފާ އަންނަން […]
“ޝުކުރިއްޔާ މަންމާ އާއި ބައްޕައަށް ވެސް” އުފަލުން ނައިޝާ ބުންޏެވެ.ނަައިޝާގެ ދެމެފިރިންނާއި،މަންމައާއި ބައްޕަގެ އިތުރުން ނުހައިކު ވެސް މޭޒުދޮށުގައި ސައިބޯން އިށީނެވެ. “ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ…ގުރޭޑް އަށަކަށް މާލެ ބަދަލުވީފަހުން އަދި ކިރިޔާ މި ބައްދަލުވީ….އެވެސް ނައި ހަޔާތެއް ފެށިފަހުން…” ކާމޭޒު ދޮށުގައި އިނދެ ނައިޝާގެ މަންމަ އެހެންބުނުމުން ނައިޝާ ހިނިގަނޑެއް ޖަހާލިއެވެ. “ކުޑާ ކޮއްކޮދިން ގިފްޓް ކަނޑައްޗޭ އިނގޭ” ނުހައިކު ނައިޝާއަށް ބުނެލި އެވެ. ” އާނ ކުޑާގެ ދޫނީ…ކުޑާ ކަނޑާނަމޭ ތެންކިޔު” […]
” އަހަރެންވެސް އަލްތާފް ދެކެ ލޯބިވޭ އަލްތާފް” އެ ޖުމްލަ ފެނުމުން އަލްތާފްގެ ހިތް އުފަލުން ފޮޅުނެވެ. އެ ކާޑު މޭގައި ލައްކޮށްލިއެވެ. އަލްތާފްއަށް ހީވީ އަރުތެރެ ހިތިވެގެން އުޅެނިކޮށް ފޮނިކާއެއްޗެއް ލިބުންހެނެވެ.އަލްތާފްއަށް ބޭރު ދޮރުން ވަރުދާ ބޯދިއްކޮށްލިތަން ފެނުނެވެ. އަލްތާފް ވަރުދާ ކައިރިއަށް ދިޔައެވެ. އަދި އެހިއެވެ.” މީ ހަމަ ވަރުދާ ފޮނުވި ކާޑެއްތަ؟” އަލްތާފްއަށް ޤަބޫލުނުކުރެވިގެން އަހައިލެވުނެވެ. ވަރުދާ ރަކިގޮތަކަށް ހީނލައި ބޯޖަހައިލިއެވެ. ” ވަރުދާ އަހަރެންގެ ގާރލްފްރައިންޑަށް ވާނަންތަ؟” އަލްތާފް އެހިއެވެ. ވަރުދާ […]
ޔޫމިންގެ އެނދުމަތީގައި އޮތް އިޔާޝްގެ ފޯނު ރިންގް ވުމުން ޔޫމިން ފޯނު ނަގާ ބަލާލިއެވެ. އިޔާޝް ގެއަށް އޭނަގެ ލެޕްޓޮޕް ބަލާ ދިޔައީ ހަނދާން ނެތި ފޯނު ބާއްވާފައެވެ. “އަހަރެން ވަރަށް ލޯބިވޭ އިޔާޝް ދެކެ” އެމެސެޖް އައިސްފައި އިނީ “ލަވް” ޖަހާ ސޭވް ކޮށްފައި އިން ނަންބަރަކުން ނެވެ. ޔޫމިން އަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެއީ ކާކު ނަންބަރެއް ތޯ ބަލަން އޭނަ ބޭނުން ނުވީ އެކުވެރިޔާ ރުޅި އައިސްދާނެތިންނެވެ. “އޭތް! ކައެ […]
އަތުގައި އޮތް ސިނގެރޭޓު ބުރި އެއްލާލުމަށް ފަހު ލަބާން ގަޑި ބަލާލިއެވެ. ގަޑިން މެންދަމު ދޭއް ޖަހާފިއެވެ. މޯޅިއަަކަަށް ދެމިފައި ވެސް އިން ތަނުން ތެދުވާކަށް އޭނާ ގަސްތެއް ނުކުރެއެވެ. ގެއަށް ދާނަމޭ ހިތަށް ވެސް ނާރައެވެ. އޭނާ ފޯނަށް އައިސް ފައި ހުރި މިސްޑް ކޯލްތައް ނުފެންނަކަމަށް ހަދާފައި ލައިގެން އިން ސޯޓުގެ ޖީބު ތެރެއަށް ފޯނުލިއެވެ. އެނދުގައި ދެފަރާތަށް ފޮރޮޅިލަ ފޮރޮޅިލާ ނަދާ އޮތީ ނުނިދިފައެވެ. ހަވީރު ޚަބަރު ވީ ގޮތަށް އޭނާގެ […]