ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން 1
“މަންމާ….. މަންމާ…….” ލަޔާލް ދުވަމުން ހަޅޭއްލަވަމުން ސަލާމަތަށް އެދި ގޮވަމުން ދިޔައެވެ. އެހެނަސް، މެންދަމުގެ އެ ހަމަ ހިމޭން ނިދި ގެއްލުވާލައިގެން، ނިކަމެތި އަންހެން ކުއްްޖެއް ސަލާމަތްކުރަން އަންނާނީ ފަހެ ކާކު ހެއްޔެވެ؟
ލަޔާލް އޮފީހުން ނިކުތީ ވަރަށް ގިނައިރު ވަންދެން މަސައްކަތުގައި އިނުމަށްފަހު، ދެންހުރި ކަންތައް ފަހުން ނިންމާލުމުގެ ޚިޔާލު އައުމާއެކު ގެޔަށް ދިއުމަށްޓަކައެވެ.އޮފީހަކީ ޗާންދަނީ މަގުގައި ހުންނަ ތަނެއްކަމުން މަގު ހުރި ސީދަލަށް ވާގޮތަށް، ލަޔާލް ހިނގައިގަތީ ބަނޑުހައިވެފައި ވާތީ އާއެކުގައެވެ. އަދި އެއީ ފަސޭހައިން ގެޔަށްދެވޭނެ އެންމެ ކުރުގޮތް ވީމައެވެ.
ވަކި ހިސާބަކުން ބަޔަކު އައިސް ހިފައިގަނެ، އެމީހުން ބޭނުން ވާގޮތަށް ލަޔާލްގެ ހަށިގަނޑު ފޭރި ގަންނަން އުޅުނެވެ. ނަމަވެސް ބޭނުން ކޮށްފައިވާ އެއްޗެއްގެ ސަބަބުން ހަމައިން ނެއްޓިފައިތިބުމުން ލަޔާލް ތެޅިގަތުމުން ސަލާމަތް ވެވުނެވެ. އެއާއެކު ކަރުގައި އޮތް ދޯޕައްޓާގައި ގޮށެއް ޖަހާލުމަށްފަހު ފައިވާން އަތަށް ނަގައިގެން ދުވަންފެށިއެވެ.
“އޭތް…. އޭތް… އެއޮށްނައްޓާލީ..” އެތަނުން އެކަކު ހޭވެރިވެގެން ހަޅޭއްލަވައިގަތެވެ.
“ދެން އަތެއް ނުވާނެ! ފަހަތުން ދުވާނެ ކަމެއް ނެތް!” އެހެން މީހަކު ތެދުވަމުން ފާޑަކަށް ބުންޏެވެ.
ދުވަމުން ދެވުނީ ކިހާހިސާބަކަށް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އަރިމަތިން އައި ސައިކަލެއްގައި ޖެހިފައި ލަޔާލް ބިންމައްޗައް ވެއްޓުނެވެ. ނަސީބަކުން ސައިކަލު އައީ ވަރަށް މަޑުންނެވެ.
“މަންމާ” ލަޔާލް ބިރުން ހުރިވަރުން ކަރުގެ އެންމެ ހިމަނާރު ބުރި ވާވަރަށް ހަޅޭއްލަވަގަނެވުނެވެ.
“ޝިޓް… މައި ފްލާވާރސް… ޔޫ” ސައިކަލުގައި އިން ޒުވާނާ ނުރުހުންވެ ހުރި ނަމަވެސް ލަޔާލް ތެދުވުމަށް އެހީތެރިވެދިނެވެ.
” ވަޓް ދަ ހެލް ޔޫ ޑިޑް! މި މާތަކަކީ މަށަށް ހާދަ މުހިންމު އެއްޗެކޭ! ބަލައިގެން ނޫޅެވެންޏާ މަގުމައްޗައް ނުނިކުންނާނީ އޭ!” އެ ޒުވާނާ ފަތި ފައްޗައް އަމުނާލިއެވެ.
ލަޔާލްއަށް މީހަކު އެއްޗެކޭ ކިޔާހެންވެސް ހިއެއް ނުވެއެވެ. ހިލައިގެ ބުދެއްހެން ހުއްޓިގެން ހުރެވުނީއެވެ. ކުރިމަތިން މިފެންނަނީ ހަޔާތުގައިވެސް ދުށުމަށް އެންމެ ހިތް އެދޭ މަންޒަރޭ ހިތް ބުނަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކު ފެނުމުން ނުބެލޭ ވަރަށް މި ކުޑަ ވަގުތު ކޮޅުތެރޭ އެބަބެލެއެވެ. އެހާވެސް ބޮޑަށް އޭނަގެ ހިތް އަތުން ވީއްލިގެން ދުރަށް ދާން ފަށައިފިއެވެ.
“ހޭއި… ޔޫ.. މަންމަން ވީތަ މިހާ އަވަހަށް” ޒުވާނާ ރުޅިވެރި ނަޒަރަކުން ބަލާލަމުން ބުނެލިއެވެ. ލަޔާލް އަށް ހުވަފެނީ ދުނިޔެއިން ނިކުމެވޭވަރުވީ އެހާ ހިސާބުންނެވެ.
” އަ އަޅުގަނޑުގެ ފަހަތުން” އެހާހިސާބަށް ބުނެވުނު ތަނުން ލަޔާލް ފަހަތުން އައި މީހުންނަށް އެހިސާބަށް އެރިއްޖެއެވެ. ލަޔާލް ގަތް ބިރުން ރޫރޫ އަޅައިގަތެވެ.
“އަވަސް އަހަރެން ސަލާމަތް ކޮށްދީ! ހެޔޮނުވާނެ…” ލަޔާލް އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ފިރިހެން ކުއްޖާ ލަޔާލް ކައިރީ އޭނަގެ ފަހަތުގައި، ސައިކަލުގައި އިށީނުމަށް ބުންޏެވެ. ލަޔާލް އިށީނުމާއެކު ވައިސޫރިއެއް ދާހައި ބާރުމިނުގައި ދުއްވާލިއެވެ. ބިރުން ލަޔާލް އަށް ލޯމަރާލެވުނެވެ. މިރޭ މި ކުރިމަތި ވަނީ ކޮންކަހަލަ ކަންތައްތަކެއް ހެއްޔެވެ؟ ގެއަށް ދާން ނިކުތް ފަހުން މިވީ ކިހާ އިރެއް ހެއްޔެވެ؟
9 Comments!
Comments are closed.
Mi part nice… Bt it’s tooo short… Hope kuran vaahaka nimemdhen genesdheyne kamah.. Best of luck.. ??… Waiting for next part…
Hey mee kurin mi site ah genesdhin story eh dhw…ekm ehkoh nunimenys huttaalaifi ?…v kiyaahithun mi hunanny mi story…mi vaahaka mifaharu ehkoh complete kurahchey
Varah reethi… Waiting for next
?? part.. BTW all the best
Afeer is that u
Wow v reetih when next part
????
Adhi 2 prt up kohdheeba miadhu plx plx
I think I have read this story before it’s same when is the nest part
Kurin up kohfa in stry eh mee..abt 22 varakah prts up kurumahfahu huhtaalee..ehi saabun genesdheyn weenu???hope stwry ehkoh ninmaane kamah..all the best?