ތިހެން ނުބުނޭ ނައި ތީ ބަދުނަސީބު މީހެއްނޫން…ތިހާ ރަނގަޅު ކުއްޖަކާއެކު ނޫޅެވުން އެއީ އެމީހުންގެ ބަދުނަސީބުކަން…ސައިފްގެ ހަނދާންތަކާ ދުރަށްދެވުނުހެން އައްކިޔުންގެ ހަނދާނުންވެސް ނައިއަށް އަދި ދުރަށްދެވޭނެ…ނައި ތިހެން ހިތާމަކުރަން އިންނާތީ ޔުދާ ވަރަށް ދެރަވޭ…އެހެންވެ ޔުދާ މިރޭ ނައި ގޮވައިގެން ބޭރަށް ގޮސްލަން ބޭނުންވާ ވާހަކަ ބުނަންވެގެން މިއައީވެސް” ޔުދާ އެހެންބުނުމުން ބޭރަށްދާ ހިތެއް ނުވާ ކަމަށް ނައިޝާ ބުނެލިއެވެ. “ނޫން ކޮންމެފަހަރަކު ނައި ބުނަނީ ތިހެން…މިހާރު ހަފްތާއެއްވީ ނައި ތިހެން އިންނަތާ އެހެންވީމަ މިފަހަރު ވާނީ […]
ގެއިން ނިކުތް ނައިޝާ މަޑު ހިނގުމުގައި، އޭނާގެ ގޭ ކުރިމަތީގައިވާ ބީޗަށް ވަނެވެ.އައްކިޔުންނާ އެކު ހޭދަކުރި އުފާވެރި ވަގުތުކޮޅުގެ ހަނދާން އަނެއްކާވެސް އާކޮށްލުމުގެ ނިޔަތުގައެވެ.ބީޗަށް ވަތް ނައިޝާ މޫދާ ދިމާލަށް ބަލަހައްޓައިގެން ހުރެ އެކިއެކި ޚިޔާލުކުރިއެވެ. “އައްކި އެހެންކުއްޖަކާ ގުޅެން ބޭނުންވާ ވާހަކަ ނޫނީ ގުޅިގެން އުޅޭ ވާހަކަ ބުނެލިނަމަވެސް އަހަރެން އޭނައާ ރީތިކޮށް ދުރަށް ދިޔައިމުސް” ނައިޝާ ހިތާހިތުން ބުނެލިއެވެ.ވަގުތުކޮޅަކު ބީޗުގައި ހުރެލުމަށްފަހު މަޑު ހިނގުމުގައި ބީޗުން ނިކުމެ ނައިޝާ ހިނގައިގަތީ ގެއާ ދުރަށެވެ. ************ […]
ޖުނައިދު ޝައިނާއާއި ދިމާލަށް ބަލާލަމުން ފައިލް މޭޒުމަތީގައި ބޭއްވިއެވެ. އަދި މޭޒުމަތީގައި އޮތް ސިޓީއުރައެއް ނަގާ ޝައިނާގެ އަތަށް ދިއްކޮށްލިއެވެ. ޝައިނާ ސިޓީއުރަ ކަނޑައިގެން ބެލިއިރު ޕްރޮމޯޝަން ލެޓާއެކެވެ. ހައިރާންކަމާއެކު އޭނާ ހައިދަރުގެ މޫނަށް ބަލާލިއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ ”ކޮންކަމަކާ ބިރުންތަ މުޅި މީހާ ދާހިއްލާ ފޯވެފަ ތިހިރީ؟“ ޖުނައިދުއަށް ޝައިނާގެ މިޒާޖަށް އައިސްފައިވި ބަދަލު ފާހަނގަ ވިއެވެ. ”މި.. މިއީ ދެންމެ އޮފީހަށް އަންނަނިކޮށް މީހަކު ފަހަތުން ފާރަލަމުން އައީ.. އެހެންވެ ދުވެފަ އައީމަ ކަންނޭގެ.“ […]
އުމުރުން ނަވާރަ އަހަރުގައިވެސް އަލާޔާ އަކީ ހިތްގައިމު ރީތި ކުއްޖެކެވެ. ކަޅުކަންގަދަ ރާޅުބާނި އިސްތަށިގަނޑާއި އަޅިކުލައިގެ ދެލޮލުގެ ސަބަބުން އޭނާ ވެގެންދަނީ އެތައް ފިރިހެން ކުދިންނެއްގެ ހިތުގެ ރާނީއަށެވެ. ނަމަވެސް އަލާޔާއަށް ލޯބިވެވެނީ އެހެން ފިރިހެން ކުއްޖެއްދެކެއެވެ. އެކުއްޖާ ހޯދުމަށް އަލާޔާއަށް އެތައް މަސައްކަތެއް ކުރަން ޖެހެއެވެ. އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. އެލޯބި ހޯދަން އުޅުމުގެ ތެރޭގައި އާއިލީ އެތައް ސިއްރުތައް ފާޅުވެގެންދެއެވެ. އޭނާއަށް އިނގިގެންދަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެހުރިހާ ކަމަކާއި އަލާޔާއަށް ކުރިމަތިލެވޭނެ […]
ލައިރާ ގޮވައިގެން ލަބާން ގެއިން ނުކުތެވެ. އޭނާއަށް ދެކޮޅު ހެދުމެއް ނެތި ބަސް އަހައިގެން ލައިރާވެސް ދިޔައެވެ. އަތުން ދިލަ ނަގާ ވަރުން އަދިވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ލަބާންއާއެކީ މައްސަލަ ނުޖައްސާ އޭނާއަށް އެ ދެވެނީ ދެކޮޅު ހަދާނެހާ ވަރުވެސް އޭނާ ގައިގައި ނެތުމުންނެވެ. **** އެ ދުވަހުގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައީ ރީމާގެ ފަރާތުން ލައިރާއަށް އެއްވެސް ހާނިއްކައެއް ނުލިބިއެވެ. ލައިރާގެ ހިތް ކިތަންމެ ނުރުހުނު ކަމުގައި ވިއަސް ލަބާން […]
*“މަންމާ އަހަރެން އެކަޏޭ ކާންހުރީ” އިވާން ހައިރާން ވި އެވެ. “ދަރިފުޅު އެކަންޏެއް ނޫން ހުރީކީއެއް ދަރިފުޅު ގެ ދޮންތަ ވެސް އަދި އެއް ނުކާ އެހުރީ” ނިޝާނާ މިހެން ބުނުމުން އިވާން ދުއްވާގަތީ އޭނާގެ ދޮންތަ އީޝަލް ގެ ކޮޓަރި އަށް ށެވެ. “ދޮންތާ!!!!” އިވާން އަޑު އޮތް ކޮޅަށް ގޮވާލި އެވެ.* “ކީކޭ އިވާން ކިހިނެތް ވީތަ؟”އީޝަލް ސިއްސައިގެން ދިއުމުން ބުނެލި އެވެ. “އެތެދެއްތަ ދޮންތަ އަދި ނުކަން ތަ؟”އިވާން ވަތް […]
ހައިދަރު ލިފްޓުން ބައްޕަގެ ކެބިން ހުންނަ ބަޔަށް ދިޔައެވެ. އިމާރާތުގެ އެކި ފްލޯތައް އެކި ބަޔަށް ބަހާލެވިފައި ވާއިރު، މީ އެޑްމިން ބަޔެވެ. ކެބިންގެ ދޮރާއި ދިމާލަށް ހިނގާފައިދިޔަ ހައިދަރުގެ ފިޔަވަޅުތައް މަޑުވީ، ކެބިންގެ ބޭރުގައި ހުރި ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ފެނިފައެވެ. އެއީ ހަމަ އެމޫނެވެ. ހަނދާން ނުނެތޭވަރަށް، ހައިދަރު ވަނީ ރޭގައި އެއަންހެން ކުއްޖާގެ ތަސްވީރަށް ބަލާފައެވެ. އިމާރާތުގެ މައިދޮރުން ވަންއިރު، އެތާގައިހުރި ރިސެޕްޝަނުގައި ތިބި ކުދިން ފަދައިން، މިކުދިންވެސް އޭނާ ފެނިގެން […]
“ނައި ދެން ހަގީގަތެއް ކިޔައެއްނުދެންތަ އައްކިޔުންނަކަށް؟” ނައިޝާގެ ވާހަކަތައް އަޑުއަހަން އިން ޔުދާ އަހާލިއެވެ. “ކިޔައިދޭނެ ފުރުސަތެއް އައްކިއެއް ނުދިން ނައިއަކަށް…އައްކި ބުނަނީ ހެކި ދައްކަން…އެކަމް ނައި އަތަކު ނެތް ދައްކާނެ ހެއްކެއް” ނައިޝާ ދެރަވެލާފައި ބުނެލިއެވެ. “ދެން ކީކޭ ޔުދާ ބުނާނީ؟…ނައިއާ ދުރުވާން ބޭނުންވާ މީހަކާ ނައިވެސް ދުރުވާށޭ ބުނެވޭނީ” ޔުދާ ދެރަވެލާފައި ބުނެލިއެވެ. ********** ކޮޓަރިއަށް ވަތް ނައިޝާ އެނދުގައި އޮށޯވެ ކަރުނަތައް އަނެއްކާވެސް ބަންޑުން ކޮށްލިއެވެ.ނައިޝާގެ ހިތުގައި އުފެދޭ ސުވާލަކީ އޭނާ ދޫކޮށް […]
” ބޭބެ ގާތުގަ އަޅުގަނޑު ބުނާނަން.. އެކަމަކު މަންމައަށް ހީވޭތަ ބޭބެ ދަތުރުކުރަން އެންމެ ފިޓުހެން.. މާހައުލު ބަދަލުވީމަ ބޭބެގެ ހާލު އަނެއްކަަ މާ ގޯސްވެދާނެ.. ކަމެއްވިޔަސް ރަނގަޅު ފަރުވާއެއް ދެވޭނީ ބޭބެ މިހާރު އެހުރި ތަނުގަ ހުރެގެން.. ” ދިޔާން ބުނެލުމުން ދިރާޝާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ލިލިއަން އަށް ފެނުނީ ހިތާމައިގެ އަސަރުތަކެކެވެ. ވެގެން އުޅޭ އެއްވެސް ކަމެއް ނޭނގިފައި އިން ލިލިއަންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ދިޔާން އެއާއެކު […]