ހާސިލް ވުމަށް އެދި ހިތް ރޮނީ 19
ގޭން އިންޓަނޭޝަނަލް އެއާޕޯރޓްގެ ރަންވޭ ގައި ފްލައިޓް ޖެއްސުމާއެކު އަލްޔާން އާ އީތަން އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. “އައެމް ކަމިން އީން”އަލްޔާން އަމިއްލަ ނަފްސަށް ބުނެލިއެވެ. ދެމީހުންވެސް އައްޑޫއަށް އައި ދެވަނަ ފަހަރު ކަމުން ވަރަށް ފަރިތަ ކަމާއެކު ގޮސް ޓެކްސީ އެއް ނަގާގެން ހިތަދޫ އަށް ދިޔައެވެ. ކުރީ ފަހަރާ ތަފާތުކޮށް މި ފަހަރު އަލްޔާން އާ އީތަން ތިބެން ހަމަޖެއްސީ އަލްކާގެ ދައްތަ އެއްގެ ގޭގައެވެ. ވަރަށް ފަހުން ހަތަރު ކޮޓަރީގެ އެބޮޑު ގެ ހަދާ ނިންމުމަށް ފަހު އަލްކާ ދައްތަމެން ވަނީ ރާއްޖެއިން ބޭރަށް ބަދަލްވެފައެވެ. އެހެން ކަމުން އަލްޔާން މެން ބޭނުން ދުވަހެއް ވަންދެން ތިބޭށޭ ކިޔާ އަލްކާ އެގެ ހަމަޖައްސަދިނެވެ.ދެބުރިއަށް ހަދާފައިވީ އެގޭގެ ތަނަވަސް ގޯތީގެ ދެފަރާތުގައި ހައްދާފައިވީ އެކިކަހަލަ ގަސްތަކުގެ ސަބަބުން މުޅި ތަނަށް ހެން ވަނީ ހިޔާއެޅިފައެވެ.
“އޭތް.. ހާދަ ސަޅިއޭ މިގެ ދޯ..ވަރަށް ހިތްގައިމު..އަސްލު ރާއްޖެތެރެ މާ ސަޅިއޭ..ސްޕޭސް ބޮޑުކަމުން..ރޫހަށް އަރާމް ލިބޭ..އިނގޭތަ އަސްލު މަގޭ ޕްލޭން އެއް މިހާރު މިކޮޅުން މީހަކާ މެރީ ކޮށްގެން ޗޭންޖްވާން” ލޯމަރާ ފުންނޭވާއެއްލަމުން ފެންވަރާ ތާޒާވެގެން އައި އީތަން ފެންޑާ އަށް ނިކުމެ އެތާ ހުރި އުނދޯލީގައި އިށީންދެ ފޯނާ ކުޅެން އިން އަލްޔާން އާ ވާހަކަ ދެއްކިއެވެ. “އޭ ހަލޯ..ކަލެއާ މަ ވާހަކަ މި ދައްކަނީ..ކީއްވެތަ ފޯނަށް ދެލޯ ހަދާއިގެން ތި އިންނަނީ” އަލްޔާންގެ ސަމާލުކަން ނުލިބުމުން އީތަން ފަހަތުގައި ހުރެފައި ފުއްމައިގެން އުނދޯލި މައްޗައް އެރި ގޮތުން އަލްޔާން ދިޔައީ ސިއްސައިގެންނެވެ. “ހޫން.. ދެން..ބަލަ މަމިތަނަށް އައީ ކަލޭގެ މޮޅެތި ޕްލޭން އަޑުއަހާކަށެއް ނޫނޭ..މި އުޅެނީ އީން ފޯނަށް ނުގުޅިގެން އަދިވެސް…އެގެއަށް ދާންވީތަ؟” އީތަން ގެ ފޯނުން ގުޅާގުޅާވެސް ނުގުޅުމުން އެންމެފަހުން ދެމީހުން އަލްކާ އަށް ގުޅައި ސައިކަލެއް ހަމަޖެއްސުމަށް ފަހު އީން މެންގެއާ ދިމާލަށް ދިޔައެވެ. ދެތިން ހަތަރު ފަހަރު އެގޭ ދޮރުމަތީން ދުއްވިއިރުވެސް ވަންނަން ނުކެރުމުން އަލްޔާން ގޮސް ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި މަޑުކޮށްލިއެވެ. އީތަން ކިތަންމެ ވަރަކަށް ހިތްވަރު ދިންކަމުގަ ވިޔަސް ކުއްލިއަކަށް ގޮސް އެގެއަށް ވަންނާން އަލްޔާން އަށް ނުކެރުނީ ކީއްވެކަމެއް ނޭގުނެވެ. “ޕިސް..ޕިސް..އެކަމަކު ކަލެއަށް ވާ ސާބަސް އިނގޭ..އުޅޭތި އަދިވެސް މާ ކެރޭ މީހެއް ކަމަށް ހެދިގެން..ޓިކެޓް ބުކް ކުރަން ގުޅަންވީ ދޯ މާލެ ދާން” ހިތްހަމް ނުޖެހިފައި ހުރި އީތަން މަލާމާތް ކުރުމުން އަލްޔާން ކަރުއެލުވާލިއެވެ. “ޑޫޑް މަށަށް މަލާމާތް ނުކޮށް ހިތްވަރު ދީބަލަ..އީން ގެ ބައްޕަ އަހަރެން ދެކެ ވަރަށް ރުޅިއައިއްސައޭ ހުރީ އިއްޔެ..އެހެންވެ ހައްތަހާ ވެސް މި ފަސްޖެހެވެނީ” އަލްޔާން ސައިކަލުން ފައިބައިގެން ގޮސް ކައިރީގައި ހުރި ގަހަށް ލެނގިލުމުން އީތަން ދެއަތަކަށް ބޯހޫރާލަމުން ވަކި އެއްޗެކޭ ނުބުނެ އެގޯޅި ކަންމަތީ ހުރި ފިހާރަ އާ ދިމާލަށް ހިނގައިގަތެވެ. އަލްޔާން ވަރުބަލިވެފައިވާ ނަޒަރަކުން އީންމެންގެ އާ ދިމާލަށް ބަލަން ހުރެ ލޮލުގައި ހުރި ކަޅުކުލައިގެ އަވިއައިނު ނަގާ ދެއަތުން މޫނު ފޮހެލީ ހޫނުގަދަކަމުން ދާހިއްލާފައި ހުރުމުންނެވެ. އެންމެ ފަަހަރަކުވެސް އީން އެދޮރުން ނިކުމެގެން އާދޭތޯ އަލްޔާން ގެ ހިތް އެދި ގޮވަމުން ދިޔައެވެ. “އަން..ހިފާ މީގަ..ބްރޯ ކަލެއަށް ހިތްވަރު ދޭން މަށަށް ދެން ކުރެވޭނީ މިވަރު..ނިކަން މި އެކްސް އެލް ދަޅު ބޯއެގެން އެނާރޖީ ޖައްސައިގެން ކެރިގެން ގޮސް ވަދެބަލަ އެގެއަށް.ބަފާބެ މާ ފުއްޕަންޏާ އަޅާ ވިހެލަބަ” އަތުގައި އޮތް ދަޅު އަލްޔާން އާ ދިމާލަށް ދިއްކުރަމުން އީތަން ސީރިއަސް މޫޑެއްގައި ހުރެ މަޝްވަރާދިނެވެ. އެ ހޫނު ގަދަ ވަގުތުގައި ފިނި ދަޅެއް ބޯލެވުމުން ސިކުނޑިއަށް އަރާމު ވީ ކަމުގާ ވިޔަސް އަލްޔާން އަށް އީން ނުވެސް ފެންނަނީސް އިސްވެ އެގެއަށް ވަންނަން ނުކެރުނެވެ. ކަންތަށް ވީ ގޮތުން އީން ހުންނާނީ ވަރަށް ހިތުގައި ޖެހި ރުޅިއައިސް ފާ ކަން އަލްޔާން އަށް މާ ރަނގަޅަށްވެސް އިނގެއެވެ. އެހެންކަމުން އަލްޔާން ބޭނުންވީ ފުރަތަމަ އީން އާ ބައްދަލުކޮށް ހަގީގަތް ކިޔާ ދިނުމަށްފަހު ބައްޕަ އާ ބައްދަލުކޮށް އީން ގެ ކައިވެންޏަށް އެދުމަށެވެ. އީން އަށް ހަގީގަތް ނޭނގި އަލްޔާން އެގެއަށް ވަދެއްޖެނަމަ ކަންތަށް ދާނީ ގޯހުން ގޯހަށޭ އޭނާގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
އެއްޗެކޭ ނުބުނެ އެގެއާ ދިމާލަށް ބަލަން އަލްޔާން ހުރުމުން އީތަން ގެ ކެތްތެރިކަން ކޮޅުންލާ ވަރުވިއެވެ. އެންމެ ފަހުން ކަލެއަކަށް ނުވި ނޫންހޭ ކިޔާ އެދިޔަ ގޮތަށް އެދިމާލަށް ހިގައިގަތުމުން އަލްޔާން އީތަން އަތުގައި ހިފާ މަޑުކުރުވިއެވެ. އެހެނަސް އޭނާގެ އަތް ފޮޅުވާލަމުން އީތަން ނިކަން ބާރަށް ހިނގާފައި ގޮސް އެގެއަށް ވަނެވެ. ދޮރުމަތީގައި ހުރެ ދެފަހަރަކު ސަލާމް ގޮވުމުންވެސް މިހެއްގެ ހިލަމެއް ނުވުމުން އީތަން ބޯ ދިއްކޮށް ހޯދަމުން ކުޑަކޮށް އެތެރެއަށް ވަދެލިއެވެ.”ކިޔަންކެރާ ކޫދަށް؟؟”ފިރިހެނެއްގެ ބަރު އަޑުން ތަންކޮޅެއް ހަރުކަށި ރާގަކަށް އެހެން އެހުމުން އީތަން ސިއްސައިގެން ގޮސް ފަހަތް ބަލާލިއެވެ. އެވަގުތު ފަހަތުގައި ހުރި މެދު އުމުރުގެ ފިރިހެންމީހާ ދެލޯ އަޅައިގެން ބަލަން ހުރި ގޮތުން އީތަން ސިހި އަނގަ އޮޅޭ ގޮތްވިއެވެ.”އަ..އަޅު..ގަނޑު. މީ..އަސް..ލު މީ” އީތަން ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ކުއްލިއަކަށް އެތާހުރި ކުރު ރުކެއް ފެނުނެވެ. އެއާއެކު މިއައީ ކުރުނބާ ގަންނަން ކަމުގައި ބުނެލީ ވިސްނާވެސް ނުލައި ނިކަން އަވަހަށެވެ. ރުޅިއައިސް ހުރި އެމީހާ އެއްފަހަރު އީތަން ގެ މޫނަށް އަނެއް ފަހަރު ރުކާ ދިމާލަށް ބެލިއެވެ. އެއަށް ފަހު ބުމަގޮތްޖަހާލަމުން އެރުކުން ކަލެއަށް ކުރުނބާ ފެނޭހޭ އަހާލިއެވެ. އީތަން ރަނގަޅަށް އެދިމާ ބަލާލިއިރު ތެދެކެވެ. އެއީ ބަގީޗާ ފާޑު ރުކެކެވެ. ކުރުނބަލެއް ކީއްކުރަން އޭގަ ގޮބޮޅިއެއްވެސް ނެތެވެ. އަނގަ ސަކަރާތްވީވަރުން ބުނާނެ އެއްޗެއް ނޭނގި އަނގައިގެ ހުރިހާ ދަތްކޮޅު ފެންނަވަރަށް އީތަން ހީލިއެވެ.”އަދި އެބަ ހެއެއްނު..ހަމަ ހޭގަ ނޫންވިއްޔަ ތިބެނީ ވާނީވެސް އެހެންނު..ނިކުމޭ ހަމަ މިހާރު” އެމީހާރުޅިއައިސް ހަޅޭއްލަވާގަތުމުން އީތަން ތެޅިފޮޅެމުން ނިކުންނަން ހިނގާގަތްތަނާ ގޭތެރެއިން ނިކުމެގެން އައި މީހާ މާ އަޑުގަދަވެގެން އުޅެނީ ކިހިނެތްވެގެން ތޯ ސުވާލު ކުރިއެވެ. އެމީހާ ފެނުމާއެކު އެވާނީ އީންގެ ބައްޕަ އަށް ކަން އީތަން ދެނެގަތެވެ. މޫނު މަތީން ކުޑަކޮށް އީން ވައްތަރުވެސް ޖަހައެވެ. “މީނަ އޮތީ ހުސެންބެ އައި އިރު ގޭތެރެއަށް ބޯދިއްކޮށްގެން..ކީއްކުރަންހޭ އެހީމަ ބުނީ ކުރުނބާ ގަންނަންށޯ..މީ ހަމަ ވައްކަން ކުރަން އައި ޕާޓޭއެއް..”އެ ފިރިހެންމީހާ ވީގޮތްކިޔާދޭން ފެށުމުން އަޝްރަފް އީތަން ގެ މޫނަށް ބަލާލަމުން ތީ ކޮންގެއެއްގެ ކުއްޖެއްތޯ އަހާލީ އޯގާތެރިކަމާއެކުގައެވެ. ބުނާނެ އެއްޗެއް ނޭނގިފަ ހުއްޓާ ކުއްލިއަކަށް އީން ނިކުމެގެން އައިތަން ފެނުމުން އީތަން އުފަލުން ފޮޅުނެެވެ. އެހެން ނަމަވެސް އިހްސާސް ތަށް ކޮންޓްރޯލް ކުރަމުން އީން އަށް ލޮލުން އިޝާރާތް ކޮށްލީ މީހަކަށް ނުވެސް އިނގޭނެ ހެންނެވެ. އީތަން ފެނުމާއެކު އީން ގެ ހިތްތެޅެން ފެށީ ނުހަނު ބާރަށެވެ. ގޯތިތެރެއަށް އަވަސް ނަޒަރެއް ހިންގާލެވުނީ އަލްޔާން ހުރިތޯއެވެ. އީތަން އާ ހަތަރު ކަޅި ހަމަވީ ވަގުތު އިޝާރާތުން އޭނަ އޭނަބުނަން އުޅުނީ ކީކޭކަމެއް ނޭގުނަސް އަލްޔާން މިރަށަށް އައީކަން އީން އަށް ޔަގީންވެ އަވަހަށް އެތެރެއަށް ދުއްވައިގަތެވެ. އީތަން ވެސް އަވަސްއަވަހަށް މިގެއަށް ވަދެވުނީ އޮޅިގެން ކަމަށް ބުނެ ބޭރަށް ނިކުތެވެ. ހާސްވެފައި ދެކޮޅަށް ދެކޮޅަށް ހިނގާލާ ހުރި އަލްޔާން އަށް އީތަން ނިކުތްތަން ފެނުމާއެކު ދުވެފައި ކައިރިއަށް ގޮސް ވީ ގޮތް އޮޅުންފިލުވިއެވެ. އީތަން ހީހީފައި ވީ ގޮތް ކިޔާ ދިނުމުން އަލްޔާން ވެސް ހިނިއައެވެ. އެކަމަކު އެންމެ ބޮޑަށް ހިތްހަމަ ޖެހުނީ އީން އަށް މިހާރު އަލްޔާން މިރަށުގައި ހުރިކަން ޔަގީން ވާނެތީއެވެ. އީން ކޮންމެ ގޮތެއްވިޔަސް އޭނަޔާ ބައްދަލުކުރުމަށް ނިކުންނާނެ ކަމަށް އަލްޔާން ވެސް ޔަގީން ކުރިއެވެ.
ކޮޓަރިއަށް ވަދެ ތަޅުލިގޮތަށް ދުވެފައިގޮސް އީން އެނދުމައްޗައް ވެއްޓިގަތެވެ. އަލްޔާން އޭނާގެ އިންތިޒާރުގައި މިހިސާބުގައި ހުރިކަން އެނގުމުން ހިތްތެޅެމުން ދިޔައީ ނުހަނު ބޭގަރާރުކަމާއެކީގައެވެ. ދުވެފައި ގޮސް ބޭރަށް ނިކުމެ އަލްޔާން ގައިގައި ބައްދާލާ އެތަށް ޝަކުވާއެއް ކުރުމަށް އެހިތް އެދެމުން ދިޔަނަމަވެސް ސިކުނޑި އެކަމާ އެއްބަހެއް ނުވެއެވެ. “މޮޔަވީތަ އީން ..އެކަހަލަ ރީތި މުއްސަނދި ފިރިހެނުން އީން މެން ކަހަލަ އަންހެންކުދީން ދެކޭނީ އެއްވެސް އަގެއްނެތް ބައެެއްގެ ގޮތުގަ..އެހެން ވީމައެއްނު އެގޮތަށް މެސެޖް ކުރީވެސް..އޭނަޔާ ބައްދަލް ކުރަން ތިހާވަރަށް ތި ހިތް އެދެނީ އޭނަ ކަންތަށް ކުރިގޮތް އެހާ އަވަހަށް ހަނދާން ނެތުނީތަ” އީން ގެ ހިތުގެ އެދުމަށް އޭނާގެ ޒަމީރު މަލާމާތް ކުރަންފެށުމުން އީން ފެންކަޅިވިއެވެ. ތެދެކެވެ. އަލްޔާން އަކީ ހަގީގަތުގައިވެސް ކެހިވެރިއެކެވެ. އޭނާ ބޭނުންވީ ހަމައެކަނި އީން ގެ އިހްސާސްތަކާއި ކުޅެލާށެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަވަރަކަށް އެހިތުން ވެސް ދިޔައީ އީން ގެ ޒަމީރާ ސުވާލު ކުރިމަތި ކުރުވަމުންނެވެ. “އަލްޔާން ލޯބިނުވާނަމަ އެއާޕޯރޓް ގަ އެންމެން ކުރިމަތީ އެގޮތަށް ލޯބިވާ ކަމަށް ބުނީ ކީއްވެ ހެއްޔެވެ. އޭނަ ފަހަތުން އައްޑޫ އަށް އައީ ވެސް ހަމަ ލޯބި ނުވާތީހެެއްޔެވެ؟” ހިތާއި ސިކުނޑީގެ އެތަޅާފޮޅުމުގައި އީން ރުޅިގަދަވިއެވެ. އެނދުމަތީގައި ހުރި ހުރިހާ ބާލީސްތަށް ނަގައި ބިންމައްޗައް އުކިއެވެ. “ކީއްވެ އަލްޔާން..ވައި..ވައި..ވައި އާ ޔޫ ޑުއިން ދިސް ޓުމީ…އަލްޔާން ޖެހިހާ ބެރަކަށް ނަށަން މިހިތް މަޖްބޫރު ކުރުވަނީ ކީއްވެ” ހިފައިގެން ހުރި ކިޓީފޭސް ބާލީހާ ދިމާލަށް ރުޅިގަނޑުބާލަމުންވެސް ރޮވެން ފެށުމުން އޭގައި ބައްދާލުމުން އީން އަށް ގިސްލެވުނެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި އެ ނާޒުކު ހިތަށް ވަނީ އެތަށް ހާސް އަނިޔާއެއް ލިބިފައިނަމަވެސް އީން އަށް ޔަގީންވީ އެއްކަމަކީ އެހިތުގެ ޒަހަމް ތަކުގެ ބޭހަކީ ނުވަތަ ޝިފާއަކީ ހަމައެކަނި އަލްޔާން ކަމެވެ. ބޯހާސްވެ ވަރުބަލިވެފައި އޮތް އީން ތެދުވެ ތާޒާވާން ހިތާ ފާހަނާއަށް ވަނީ ސައިބޯން އަންނާށޭ ބުނެ މަަންމަ ގޮވާ ވަރުންނެވެ.
އިރު އޮއްސެން ގާތްވިއިރުވެސް އީން ގެ ހަބަރެއް ނުވުމުން އަލްޔާން މާޔޫސް ވިއެވެ. އެހެން ނަމަވެސް ހިތްވަރު ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭރު އުޑުމަތި ބަނަވެ ކޮންމެވެސް ވަރަކަށް ވިއްސާރާއިގެ އަސަރުވެސް ވަނީކޮށްފައެވެ. މެންދުރު ނުވެސްކައި ތިބުމުން އީތަން ހުރީ އިރު އިރުކޮޅާ ފިހާރައަށް ވަދެ ކޮންމެވެސް އެއްޗެއް ގަނެގެން ކާލަ ކާލައެވެ. އިތަން ކައިރީ އެތަށް ފަހަރަކު ގެއަށް ދާން އަލްޔާން ބުނި ނަަވެސް އޭނަ އަލްޔާން އެކަނި ކޮށްފައިދާކަށް އެއްބަސް ނުވިއެވެ.”އޭ ކޮބާ ދެން ހިނގާބަލަ މިއަދަކަށް ޑިއުޓީ ނިންމާފަ ދާން..މާދަން އާރލީ މޯނިންގަ އަނެއްކާވެސް އަންނާނީ ދޯ” ތުނިކޮށް ވާރޭ ވެހެން ފެށުމުން ގަހުގެ ހިޔަލަށް ވަންނަމުން އީތަން ބުނެލިއެވެ.އެތާ ހުރެހުރެ ވަރުބަލިވެފައި ހުރި ނަމަވެސް އެއްފަހަރުވެސް އީން ފެނިނުލާ ދާން އަލްޔާން ބޭނުމެއް ނުވިއެވެ. “ކަލޭ ދޭބަލަ..މަދާނީ އީން އައީމަ..ޝީ ވިލް ކަމް..ޝީ ވިލް” އަލްޔާން އެހެން ބުނެލީ ޔަގީން ކަމާއެކީގައެވެ.”އާން..އެއްގޮތަކަށްވެސް ގޮތްދޫ ނުކުރާތި ކަލޭ..”އަލްޔާން ގޮތްދޫނުކުރުމުން ރުޅިއައިނަމަވެސް ހާލަތުގެ ގޮތުން އެކަން ދައްކާކަށް އީތަން ބޭނުމެއް ނުވިއެވެ. އެހެން ކަމުން ގެއަށް ޖައްސާލާފަ އެބަ އަންނަމޭ ބުނެ އީތަން ނައްޓާލީ ފޯން ޗާރޖް ހުސްވެ ނިވުމުން ޕަވަރ ބޭންކް ނަގަން ކަމަށެވެ.އެވަގުތު ކުއްލިއަކަށް ކުރިމަތީ ހުރި ގޯޅިން ނިކުތް ސައިކަލެއްގައި އީތަން ދުއްވި ސައިކަލް ޖެހުނެވެ. އީތަން އަވަސް އަވަހަށް ބުރަކި ހިފިނަމަވެސް އެ ސައިކަލު ދުއްވަން އިން އަންހެން ކުއްޖާ ވެއްޓުނެވެ. އީތަން ދުވެފައި ގޮސް އެކުއްޖާ ނަގަމުން އޯކޭހޭ އަހާލިއެވެ. ނަސީބަކުން މާ ބޮޑުކަމެއް ނުވި ނަމަވެސް ރުޅިއައިސް ހުރެ ތަނެއް ދޮރެއް ބަލާ ނުލާހޭ ދުއްވަނީ ކިޔާ ހަޅޭއްލަވަން ފެށި އެކުއްޖާ އަނގަ ހުޅުވި ގޮތަށް ހުއްޓުން އެރީ ދުވެފައި އައި އަލްޔާން ފެނުމުންނެވެ.”އޯ މައި ގޯޑް..އަލްޔާން ވަލީދު..ޖެޒް އެންޑް ބްލޫސް ” ދެއަތުން އަނގަމަތީ އަތް އެޅިއިރު އެކުއްޖާގެ މޫނު މަތީން އުފާވެރިކަމުގެ އިންތިހާ ފާޅުވިއެވެ. ދެންމެ ހިނގާ ދިޔަކަން ހަނދާނެއްވެސް ނެތް ކަހަލައެވެ. “އަހަންނަކީ ވަރަށް ވަރަށް ބޮޑު ފޭން އެއް..މޮޔަވާ ވަރުވޭ އަލްޔާން ގެ ލަވަތަށް އަޑުއަހާފަ..އައި ލަވް ޔޫ ސޯމަޗް..ހައްޔަރު ކުރިވާހަކަ އަޑު އިވުނީމަ ވަރަށް ހާރޓްބްރޭކް ވި..މިނިވަންވީ ކަމެއް އަދި ނުވެސް ދެނަހުރީން…މިރަށަށް އައީ ކޮން އިރަކު؟” އެކުއްޖާ ހުއްޓުމެއް ނެތި ވާހަކަ ދައްކަމުން ދިޔައިރު އީތަން ހުރީ މަޖާވެލާފައި ބަލަހައްޓާގެންނެވެ.މާ ބޮޑަށް މަޝްހޫރު ނޫން ނަމަވެސް ރާއްޖޭގަ އެމީހުންގެ ފޭންްސް އެންޑް ފޮލޯވާރސް ތިބޭކަން އެނގުމުން ދެމީހުންވެސް އުފާވިއެވެ. އެކުއްޖާ އަލްޔާން އާ އީތަން އާ ދެމީހުންނާއެކު އެކު ސެލްފީވެސް ނެގުމަށް ފަހު ވަރަށް އުފަލުން ދިޔުމުން އީތަން ވެސް ނަސީބެއް ނޫންހޭ ޕޮލިސް ކޭސްއަކަށް ނުގޮސްވީކަން ބުނެ ދިޔައެވެ.
ނިވާލާފައި އޮތް ފޯނާ ދިމާލަށް ބަލަހައްޓައިގެން އޮށޯވެ އޮވެ އޮތް އީން ގެ މޫނުވަނީ މިލާ މޯޅިވެފައެވެ. އަލްޔާން ގެ އެކި ހަނދާންތަށް އުނދަގޫ ކުރަމުން ދިޔައިރު ކުދިކުދިވެފައިވާ އެހިތް އަލްޔާން ދެކިލުމަށް އެދި ތެޅިފޮޅެމުން ދިޔައެވެ. އޮޅުވާލިޔަސް ، ދޮގުހެދިޔަސް، ކެހިދިނަސް އީން ގެ ހިތުން އެ ތަސްވީރު ނުފޮހެވޭނޭ އެހިތް ބުނަމުން ދިޔައެވެ. އެހިނދު ކުރުވި ހިތްދަތި އަސަރުން ލޮލުން ހިލުނު ކަރުނަ ތިކި ކޯތާފަތްމަތީން ފައިބައިގެންދިޔުމުން އަތުގެ ނުފުށުން ފޮހެލީ ފަރުވާ ކުޑަގޮތަކަށެވެ.
ގަދައަށް ގުގުރައިގަތުމާއެކު ކުއްލިއަކަށް ބޯކޮށްލި ވާރެޔާއެކު އީން ތެދުވެ އެނދުމަތީގައި އިށީނެވެ. މާލޭގައި ހުރި އިރުވެސް އެއްރެއްގައި އޭނާގެ އިންތިޒާރުގައި އަލްޔާން ވާރޭގައި ހުރި ހަނދާންވުމުން ކަންބޮޑުވިއެވެ. އަލްޔާން މިހާރުވެސް ވާރެޔާ ތެމިގެން އޭނާގެ އިންތިޒާރުގައި ހުންނާނެކަމަށް ހިތް ބުނަމުން ދިޔައީ ކީއްވެކަމެއް ނޭގެއެވެ.ކޮންމެގޮތެއްވިޔަސް ބޭރަށް ނިކުމެ އެއްފަހަރު ނަމަވެސް ބަލާހިތްވީ ވަރު ބޮޑުކަމުން އަވަސްއަވަހަށް ސިޓިންރޫމަށް ނިކުތް އިރު މަންމަޔާއި ބައްޕަ ސޯފާގައި ތިބިތަން ފެނުމުން އީން ކުއްލިއަކަށް މަޑުޖެހެވުނެވެ. ބައްޕަ ކިހިނެތްވީހޭ އަހާލުމުން ވާރޭ ވެހޭތީ އައިސްކްރީމް ކާހިތްވަނީ ކަމަށް ބުނެ އީން ދިޔައީ ބަދިގެއަށެވެ. ނަސީބުދިމާކުރިގޮތުން ފުރިޖްގައި އައިސްކްރީމްވެސް ނެތުމުން ބޭރަށް ނިކުންނަން ރަނގަޅު ބަހަނާއެއް ލިބުނެވެ.ފިހާރަޔަށް ދާން ކަމަށް ބުނެ އީން ކުޑަހިފައިގެން ހިނގާގަތުމުން އަމީނާ ހައިރާންވިއެވެ. އީން އަކީ ފިހާރަޔަށް އެއްޗެއް ގަންނަން ދާން ބުނެފިއްޔާ އަބަދުވެސް އެހާ ބަހަނާ ދައްކާ ކުއްޖެއްވިއްޔާއެވެ.”ހަހް..ނުދަން އަލްޔާން ހުރިތޯ ބަލަން..މިދަނީ އައިސްކްރީމް ގަންނަން” އަމިއްލަ ނަފްސަށް އޮޅުވާލުމަށް އެހެން ބުނަމުން ތެޅިތެޅި އޮތް ހިތަކާއެކު އީން ގެއިން ނިކުތެވެ.
މަގުގެ އަނެއްފަރާތުގައި ހުރި ގޭގެ ކުރިމަތީ ހުރި ބިޔަ އަންބުގަހަށް ލެނގިލައިގެން ހުރި އަލްޔާން ފެނުމުން އީން ހުއްޓުންއެރިއެވެ.އަލްޔާން އޭނާގެ އިންތިޒާރުގައި އެހުންނަނީ އޭރުއްސުރެކަން ހިތަށް އެރުމާއެކު އެހިތް ރޮއެގަތެވެ. ބޯވާރޭތެރޭގައި ނުސާފުކޮށް ފެނުނު ނަމަވެސް ކުޑައަޅަައިގެން އެގެއިން ނިކުތީ އީން ކަން ޔަގީން ވުމާއެކު އަލްޔާން އަށް ހިނިތުން ވެެވުނެވެ. މޫނުގައި ހުރި ފެންތިކިތަށް ފޮހެލުމަށް ފަހު ދެއަތުން އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން އީން އާ ދިމާލަށް ބާރުބާރަށް ހިނގައިގަތް އަލްޔާން ފެނި އީން އަށް ސިފަވީ ހިޔާލީ މަންޒަރެއް ފަދައިންއިންނެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާރޓް ގަޔަށް ހިފާފައި ވީއިރު އެ ފުޅާ ބާމައްޗާ އެ ފިރިހެންވަންތަ ހަށިގަނޑު ފެނުނު ކޮންމެ މީހަކުވެސް އާޝޯހުކޮށްލާނެކަން ގައިމެވެ. ކޮންމެވެސް ވަރަކަށް ދިގުވެފައިވީ މުށިކުލައިގެ އެ އިސްތަށިގަނޑު އަލްޔާންގެ ދޮންކަނދުރާގަޔާއެކު ތަތްވެފައި ހުރުމުން އެރީތިކަން ފެނި އީން އަށް ކަޅިވެސްޖަހާ ނުލާ ބަލަން ހުރެވުނެވެ.އަލްޔާން އައިސް ކުރިމައްޗައް ހުއްްޓުނު ވަގުތު އީން ހިތުގެ ތެޅުންވެސް އިރުކޮޅަކަށް ހުއްޓުނު ކަހަލައެވެ.އެވާރޭތެރޭވެސް އަލްޔާންގެ ގައިން ދުވި ހިތްގައިމު ވަހުން އީން ގެ ހިތް ލަންބުވާލިއެވެ. ދުރަށް ޖެހެން ވެސް ނޭނގިފައި އަލްޔާން ގެ ދެލޮލަށް ބަލަން އީން އަށް ހުރެވުނެވެ. “ތޭންކް ގޯޑް..ފައިނަލީ ޔޫކޭމް..އައި ލަވް ޔޫ އީން” އަލްޔާން ކުޑަކޮށް ބޯތިރިކޮށްލާފައި އީން ހިފައިގެން ހުރި ކުޑައިގެ ހިޔަލަށް ވަންނަމުން ބުނެލި އެލަފްޒުތަކުން އިހްތިޔާރުން ބޭރުވަމުން ދިޔަ އީން ގެ ހިތް ހޭލައްވާލިއެވެ. އެއާއެކު ކުޑަ ދޫކޮށްލަމުން އީން ފަހަތަށް ޖެހިލީ ބުމަގޮތް ޖަހާލަމުންނެވެ.”ކޮންކަމެއް ބޭނުންވެގެންތަ އަލްޔާން ތި އުޅެނީ..ހިތަށް އެރީމަ ލޯބިވެޔޭ..ހިތަށް އެރީމަ ޑޯންޓް ކޯލްމީ ޔޯ…އެއްއިރު ގޭގަ ގާޑުން ބައިތިއްބާފަ އީން އަޔަސް ވަނަ ނުދޭށޯ..އަނެއްއިރު އައިސް ތި އިންނަނި މިގޭ ދޮށުގަ ވާރެޔާ އަވީގަ އަހަރެންގެ އިންތިޒާރުގަ..ވަޓް ޑޫ ޔޫ ވޯންޓް ފްރޮމް މީ…ވަޓް ދަ ހެލް އާރ ޔޫ އަޕް ޓު..” އީން ރުޅިއައިސްހުރެ ހަޅޭއްލަވަމުން ދިޔައިރު އެ ހިތަށް ކޮށްފައިވީ އަސަރު ކިތަންމެހާ ރަނގަޅަށްވެސް އަލްޔާން އަށް ފާހަނގަވިއެވެ.”އަހަރެން ހަމައެކަނި ބޭނުމީ އީން މުޅިއުމުރަށް އަހަރެންގެ މީހަކަށް ހަދަން..އެއީ އަހަރެން އީން ދެކެ އިންތިހާ އަށް ލޯބިވާތީ” މަޑުމަޑުން އެހެނަސް ޔަގީންކަމާއެކު އަލްޔާން ދިން ޖަވާބުން އީން އިތުރަށް ރުޅިގަދަވިއެވެ. އެހެނަސް އަލްޔާން މަޑުމައިތިރިކަން އެވަގުތު އިޚްތިޔާރު ކުރީ ކަންދިމާވީ ގޮތުން ރުޅިއައުމުގެ ހައްގު އީން އަށް އޮތްކަން ގަބޫލް ކުރެވޭތީއެވެ. “ދޮގު..ހުސް ދޮގު..ތީ މީހުންނަށް އޮޅުވާލާ މަކަރުވެރި އެއް، ދޮގުވެރިއެއް، ކެހިވެރިއެއް..އެއްވެސް ކުށަކާ ނުލާ އަހަރެންގެ ހިތް ހަލާކު ކޮށްލި މީހާ ތީ..ބުނެބަލަ އަލްޔާން ގެ ބައްޕަ ކަހަލަ މަހުޖަނަކަށް އަހަރެން ބައްޕަ ނުވީތީތަ އަހަރެން ވީ ތެދުވެރި ލޯބީގެ އެއްވެސް އަގެއް ނެތުނީ..” ރުޅިއައިސް ހުރި ނަމަވެސް ކުޑަކޮށް ގިސްލެވިފައި އީން ކޮއްލި އެސުވާލުން އަލްޔާން ގެ ހިތަށް ތަދުވިއެވެ. އެއާއެކު މޫނުގައި ބޮނޑިވެފައި ހުރި ފެންތިކިތަށް ދެއަތުން ފޮހެމުން މައްޗައްބަލާފައި ލޯމަރާލަމުން ފުންނޭވާއެއް އަނގައިން ދޫކޮށްލެވުނީ ނޭނގިނަމަވެސް އޭނާގެ ސަބަބުން އީން ގެ ހިތަށް އެތަކެއް އަނިޔާ ދެވިފައިވާކަން އިހްސާސްވުމުންނެވެ.”ނޭނގުނު ދޯ ދޭނެ ޖަވާބެއް..އުމުރުގަވެސް ފުރަތަމަ ފަހަރަށް މީހަކަށް މިހާ އިތުބާރު ކުރީ..ކީއްވެ އަހަންނަށް ދޮގުހެދީ..ކީއްވެ އޮޅުވާލީ..ކީއްވެ އަލްޔާން” ބުނަން ހުރި ވާހަކަތަށް ގިނަކަމުން އަލްޔާން އަސަރުން ފުރިގެންވީ ނަޒަރަކުން އީން އަށް ބަލަން ހުރެ ގާތަށް ޖެހިލީ އެހިތުގައި އީން އަށްޓަކައި ވީ މަގާމް ކިޔާދޭނެ ލަފްޒުތަކެއް ދުލަށް ނައުމުންނެވެ.އަލްޔާން ކުރިއަށް ޖެހިލާފައި އީން ގެ ދެކޮނޑުގައި ހިފާފައި ކައިރިއަށް ގެނައިރުވެސް އީން އަށް ގިސްލެވެމުން ދިޔައެވެ. ޖަވާބެއް ދިނުމަކާ ނުލާ އަލްޔާން ގެނައި އެ ހަރަކާތުން އީން އަށް ހިވީ އަދިވެސް އަލްޔާން އުޅެނީ އޭނަޔާ ދޭތެރޭ ބޭނުން ގޮތެއް ހަދާލެވޭނެ ކަން އަންގަންކަމަށެވެ.”ލީވް މީ..ޑޯންޓް ޓަޗް މީ..”ގަޔަށް ލެވުނުހާ ބާރެއްލާފައި އަލްޔާން އަތުން ދޫވެވޭތޯ އީން މަސައްކަތް ކުރި ނަމަވެސް އަލްޔާން ގުޑާވެސް ނުލުމުން އީން ރުޅިގަދަވިއެވެ.”ވައި ޑިޑް ޔޫ ޑު ދިސް އަލްޔާން..އައި ހޭޓް ޔޫ” ދެއަތުން އަލްޔާން ގެ މޭގައި ތަޅަމުން އެހެން ބުނެވުނު އިރު ކޮށްފައި ހުރި އަސަރުން އީން އަށް ބާރަށް ރޮވެމުން ދިޔައެވެ. “ޝްޝް..ޕްލީޒް ޑޯންޓް ކްރައި ..އެއީ އަހަރެން ކުރި މެސެޖެެއް ނޫނޭ އީން..ޕްލީޒް ޓްރަސްޓް މީ..އެއީ ބައްޕަ އީން އާ އަހަރެން ދުރުކުރުވަން ބޭނުންވެގެން ކުރިކަމެއް..ހުވާކޮއަފް މިބުނީ އަހަރެން ނަކަށް ނޭނގޭ އެއްވެސް ކަމެއް އޭރަކު..އެކަމަކު ހަގީގަތް އެނގުމުން މިހާރު މިއައީ އީން ކައިރިއަށް އެ ހުރިހާއެއްޗެއް ދޫކޮށްފަ..ޕްލީޒް ބިލީވް މީ..އައި ލަވް ޔޫ” އީން ގެ ކޮނޑުން ދޫކޮށްލުމަށްފަހު އެ މޫނުގައި ހިފާ ވެހެމުން ދިޔަ ވާރޭ ތިކިތަކާއެކުވީ ކަރުނަ ފޮހެދެމުން އަލްޔާން ދިޔައިރު ހީވީ ވަރަށް އަގުބޮޑު އެއްޗަކަށް ގެއްލުމެއް ލިބިދާނެތީ އުޅެނީހެންނެވެ.އެދެއަތުގެ ހިމާޔަތާ އެ ލޯތްބަތް އީން ގެ ހިތް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ގެއްލިފައިވާ އިތުބާރު އަލުން ކުރާކަށް އީން ބޭނުމެއް ނުވިއެވެ. ދެވަނަ ފަހަރަށް އަލްޔާން ގެ ފަރާތުން ދޯކާއެއް ލިބިއްޖެ ނަމަ ޓޯލަރޭޓް ކުރާނެހާ ހިތްވަރެއް އެހިތަކު ނުވެއެވެ.”ނޫން..އައިކާންޓް ޓްރަސްޓް ޔޫ އެނީ މޯރ..ދެން ތި މަޅީގަ ނުޖެހޭނަން..އަހަންނަށް ޓަކައި އެއްވެސް ކަމެއް ދޫކުރާނެ ކަމެއް ނެތް ދޭ މިތަނުން..ޖަސްޓް ލީވް މީ އެންޑް މައި ފެމިލީ އެލޯން..އަލްޔާން ގެ ބައްޕަގެ ސަބަބުން އަހަރެން ގެ ބައްޕަ ކުރިމަތިލާން ޖެހުނު ކަންތަކަށް ދުވަހަކުވެސް މާފް ނުކުރެވޭނެ..އަހަރުމެން މީ ނިކަމެތީން..ތިކަހަލަ މުއްސަންދީންނާ އަހަރުންނަކާ ގުޅުމެއް ނުބޭއްވޭނެ” އަލްޔާން އާ ދުރަށް ޖެހިލަމުން އީން ހިނގައިގަތް އިރު ވާެރެޔާ ތެމިގެން އީތަން ވެސް އެހިސާބަށް އައިސް އަރާ ހަމަވަނީއެވެ.އީން ދިޔަދޭކަށް އަލްޔާން ބޭނުމެއް ނުވުމުން ހުށިއާރުކަމާއެކު އީންގެ އަތުގާ ހިފާ މަޑުކުރުވިއެވެ.” ބުނެފީމެއްނު ޑޯންޓް ޓަޗް މީއޭ..އަހަރެން ގައިގަ އަތްލުމުގެ އެއްވެސް ހައްގެއް އަލްޔާން އަކަށް ނޯންނާނެ..ސްޓޭ އަވޭ ފްރޮމް މީ..އީތަން ގެ އެކުވެރިޔާ ކައިރީ ބުނޭ ހަމަ މިހާރު މިތަނުން ދާން ނޫނީ ބައްޕަ އަށް ގޮވާނަން” އީން ރުޅި އައިސް ފާ ހުރިވަރު ފެނި ހައިރާންވެފައި ހުރެ އީތަން ގޮސް އަލްޔާން ގެ އަތްދުރުކުރުވިއެވެ.އެއާއެކު އީން ހިނގައިގަތުމުން އަލްޔާން ފަަހަތުން ދާންވެސް އުޅުނެވެ. ނަމަވެސް އީތަން އޭނާ މަޑުކުރުވިއެވެ. އީން ގޮސް ގެއަށް ވަނުމުން އަލްޔާން އެގެއަށް ވަންނަންވެސް ދިމާކުރިއެވެ. އެހެނަސް ވަގުތުގެ ނާޒުކުކަން އީތަން އަށް ވިސްނި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ މިތަނުން ދިޔުން ކަމަށް ވިސްނާދީ އަލްޔާން ގޮވައިގެން ގެޔަށް ދިޔައެވެ.
******
ހުސްވަމުން ދިޔަ ސިނގަރޭޓް ދެފަހަރަކު ދަމާލުމަށް ފަހު އޭގެ ފިލްޓަރު ކުރިމަތީ ހުރި ތަށީގެ ތެރެއަށް ފިތާލަމުން ޒިން އޭނާގެ ފޯނަށް އަނެއްކާވެސް ބަލާލިއެވެ. އީން ފުރައިގެން ދިޔަ ވާހަކަ އަޑު އިވުމުން އެ ހަބަރު ކޮންފާރމް ކުރުމަށް ރިޝްވާން އާ ހަވާލުކުރިތާ ގަޑިއިރަކަށް ވުރެ ގިނަވީއެވެ.އަދިވެސް ޖަވާބެއް ނުލިބޭތީ ފަރުވާ ކުޑަގޮތަކަށް ފޯން މޭޒުމައްޗައް އެއްލާލަމުން ފުން ނޭވާއެއް ދޫކުރަމުން އިށީނދެ އިން ގޮނޑީ ގައި ޒިން ލެނގިލިއެވެ. އީން އަސްލުވެސް އަލްޔާން ދޫކޮށްފަ ރަށަށް ދިޔައީ ކަމުގަ ވާނަމަ އާފެށުމަކުން އީން ގެ ލޯބި ހޯދަން އޭނާއަށް މަސައްކަތް ކުރެވިދާނެ ކަމަށް ޒިން ވިސްނިއެވެ.އުޅެއުޅެވެސް އީން ގެ ސޫރަ އެންމެ މިނެޓަކަށް ވެސް އޭނާގެ ސިކުނޑީންނާ ހިތުން ނުފިލާތީ ކޮންމެވެސް ގޮތަކުން އީން ގެ ލޯބި ހާސިލް ކުރުމަށް އެހިތުގައި ކަނޑައެޅި އަޒުމް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުންނެވެ. “ކޮންފާރމްޑް…ޝީ އިޒް އިން އައްޑޫ..އެންޑް ސީމްސް ލައިކް އަލްޔާން އިޒް ދެއަރ ޓޫ” ރިޝްވާން ގެ މެސެޖް ފެނުމާއެކު ޒިން އަށް ބުމަ ގޮތް ޖަހާލެވުނެވެ.”ޑޭމް އިޓް އަލްޔާން..ސޯ ޔޫ އަރ ނޮޓް ގޮއިން ޓު ލީވް ހާ ސޯ އީޒިލީ” އަލްޔާން އީން ފަހަތުން އެ ރަށަށް ދިޔަ ކަން އެނގުމުން ޒިން ރުޅިގަދަވެ އިށީނދެގެން އިން ގޮޑިން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. އީން ގެ ހިތުން އަލްޔާން ގެ ނަން ފޮހެލަން ޒިން ކުރާ މަސައްކަތް އަލްޔާން އެތާ ހުރިހާ ހިނދަކު ކާމިޔާބު ނުކުރެވޭނެ ކަން ޒިން އަށް އެނގެއެވެ.އެހެނަސް އެންމެ ކަން ބޮޑުވީ ކަމަކީ ހަފްތާ އަކަށް ޒިން ރާއްޖެއިން ބޭރަށް ކޮންމެހެންވެސް ދާން ޖެހޭތީއެވެ. ކައިރީހައި ހުރި މޭޒުމަތީ ހުރި ރާޒުވާ ކުޅިބައިގައި އަތުން ޖަހާ ވިއްސާލީ އައި ރުޅީންނެވެ.
******
“ދެން ކައިބަލަ..ނުލާހިކު މީރުކޮށްނޭ ޝެފް އީތަން ކައްކާފަ މިހިރީ..”ކާން ބޭރަށް ދާން އަލްޔާން އެއްބަސް ނުވުމުން އީތަން ގޭގައި ނޫޑްލްސް ކެއްކުމުންވެސް އަލްޔާން ބުނީ ކާހިތް ނުވާކަމަށެވެ. އެހެނަސް އީތަން ކުރުނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން ދިޔައެވެ. ކައި ނިމިގެން ކޮފީ އެއް ބޯލަން ދެމީހުން ފެންޑާ އަށް ނިކުމެލިތަނާ ބަޔަކު ސަލާމް ގޮވާފައި އެތެރައަށް ވަނެވެ. ހައިރާންވެފައި ހުރެ ސަލާމް ބަލައިގަންނަމުން ފަސް ވަރަކަށް އަންހެނުންގެ އެ ގްރޫފް ގައި ދަންނަ ވައްތަރު ޖަހާ ކުއްޖެއް ހުރިހެން ހީވެގެން އީތަން ރަނގަޅަށް ބަލާލިއެވެ. އެއީ މިއަދު ހަވީރު އޭނަޔާ އެކްސިޑެންޓް ވި ކުއްޖާ ކަން އެނގުނީ އެކުއްޖާވެސް މާ ވަރަކަށް ހީލުމުންނެވެ. އެމީހުންގެ ފަރާތުން ވާހަކަ ދައްކަމުން އެ އަންހެން ކުއްޖާ ބުނީ އެމީހުންނަކީ އެރަށު ސްކޫލް ޕްރައިމަރީ ގްރޭޑް ޕީޓީއޭ ގެ މެންބަރުން ކަމަށެވެ. އަދި ސްކޫލް ގައި ފަނޑްރެއިޒް ކުރުމަށް ޕީޓީއޭ ގެ ފަރާތުން މިހަފްތާގައި ބާއްވަމުން ދާ އިވެންޓްސް ތަކުގެ ތެރެއިން ދެދުވަސް ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯގައި އަލްޔާން ގެ ލަވައެއް ހުށަހަޅައި ދިނުމަށް އެމީހުން އެދުނެވެ. އަލްޔާން އެކަމަށް ވަގުތުން އިންކާރު ކުރުމުންވެސް އެ ޝޯގައި މިއުޒިކް ކުޅުމަށް އެރަށު ބޭންޑެއް ހަމަޖައްސާފައިވާ ކަމާއި އެހެން ނަމަވެސް އަލްޔާން ގެ ލަވައެއް ހުށަހަޅައި ދިނުން ވެގެން ދާނީ ލިބޭ އިތުރު ފުރިހަމަ ކަމެއް ކަމަށް ބުނެ އެމީހުން އާދޭސް ކުރަން ފެށުމުން އީތަން އަލްޔާން ގެ ފަރާތުން އެކަމަށް އެއްބަސް ވިއެވެ.
“މަ ނޫޅެން ޝޯ ދޭ ހިތަކުން..އެހެން ނޫނަސް އައި ހޭވް ނޯ މޫޑްް ފޯރ އޯލް ދިސް..ކީއްކުރަން އާއެކޭ ތިބުނީ؟” އީތަން އެކަމާ އެއްބަސް ވުމުން އަލްޔާން ހިތްހަމަ ނުޖެހުނެވެ. “ސާބަސް އެއީ ސްކޫލް ކުދީން ގެ ފަނޑްރެއިޒިން އެކޭ..ދެން ބަޔަކު އެހާ ލޯބިން އެހީ އަކަށް އެދިގެން އައިމަ ނޫނެކޭ ބުނެވޭތަ؟” އީތަން ގޮސް ތަށިން ކޮފީ ކޯވަރެއް ދަމާލަމުން ހަމަޖެހިގެން އުނދޯލީގައި އޮށޯތެވެ. “ހެވޭ..ދެން އެމީހުން ފައިސާ ބޭނުން ވަންޏާ މަދީފާނަން.. އެކަމް މި ވަގުތު އަހަރެން ގެ ސިކުނޑި އެހެން ދިމާލަކަށް މަސައްކަތް ނުކުރާނެކަން ކަލެއަށް ރަނގަޅަށް އިނގޭނެ..ވީ އިރު ކީއްވެތަ ކަލޭ އެހާވަރު ކޮމިޓްމެންޓެއް ކުރީ….ފެނުނެއްނު މިއަދުވެސް އީން ރުޅިއައިސް ދެރަވެފަ ހުރިވަރު.. އައި ނީޑް ހާ ބެކް އިން މައި ލައިފް ރައިޓް ނައު އެގިއްޖެތަ!!” އަލްޔާން ރުޅިގަދަވެ މޫނު ހަދާލާފައި ގޮސް ލާނެތް ގޮތަކަށް ހެވިފައި އޮތް އީތަން ގެ މަގަތުގައި އިށީނދެ އޭނާގެ ކަރުގައި އަތް ވިއްދާލިއެވެ. ” ހޫނ..ދޫކޮށްބަލަ….އެހެން ދިމާލަކަށް ކީއްކުރަން އެއްދިމާލަކަށް ވެސް ކަލޭގެ ސިކުނޑިއެއް ނުހިނގާ..ބަލަމަވެސް މިއުޅެނީ ކަލެއަށް އޭ.އެސް.އޭ.ޕީ ކޮށް އީން ހޯދަދޭން ވެގެންނޭ..އެވެސް ރޮމް ގޮތަކަށް..ވިސްނަބަލަ އެ ސްކޫލް ގެ ޕްރައިމަރީ ގްރޭޑް ގައެއްނު އީން ގެ ކޮއްކޮ އާދީ ވެސް ހުންނަނީ..އެންޑް މައި ގަޓް ފީލިންގެ ސޭއިސް އީން އަންނާނެޔޭ އެރޭ ޝޯއަށް..ދެން ކަލޭ އެއްކަލަ ރޭހެން ސަޅި ލަވައެއް ޖައްސާލީމަ ޔަގީން އީން ގެ ހިތް މެލްޓް ވާނެކަން…އޭރުން ކިހާ ސަޅިވާނެ” ދެބުމަ މައްޗައް އަރުވަމުން އީތަން ދިން އެ ހިޔާލާމެދު އަލްޔާން ވިސްނާލިއެވެ. އޭނާގެ ހިޔާލުގައި ވަގުތުން ހިނގާލީ އޭނަ ލަވަކިޔާ ނިމުމުން އީން ދުވެފައި އައިސް ބައްދާލާފައި އައި ލަވް ޔޫ އަލްޔާން ބުނާ ތަނެވެ. “އޭތް އޭތް !! މިހާރު ކަލޭ ހިޔާލީ ފޮލާ ކައްކަން ފެށީ” އީތަން އެހެން ބުނުމާއެކު އަލްޔާން އަށް އޭނާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނު ކަހަލައެވެ. “ހޫން..ދެން އެކަމް އީން އެރޭ ނައިސިއްޔާ ޔޯ؟” އަލްޔާން ކުޑަކޮށް ކަރުކެހިލަމުން ދެތުވިއެވެ. އީތަން ގެ ހިޔާލު އޭނާ އަށް ކަމުދިޔައެވެ. “އެކަމާ ހާސް ނުވެބަލަ..މަ އެކަން ހަަމަ ޖައްސާނަން ކޮންމެވެސް ގޮތަކުން..ޔޫ ގެޓް ރެޑީ..”
********
ޖެހިގެން އައި ދެދުވަހުވެސް އަލްޔާން އާއި އީތަން އުޅުނީ ޝޯ ކަންތަކުގައި ވަރަށް ބިޒީކޮށެވެ. އަލްޔާން ކިޔަން ހަމަޖެއްސީ އެންމެ ލަވައެއް ނަމަވެސް އެ ބޭންޑް ކުދީން ލައިވް ޕާރފޯރމަންސް އަށް އާވުމުންއެކުދީން ނަށް ސްޓޭޖް ސެޓިން ހެދުމާ އަދިވެސް އެކިގޮތްގޮތުން އިރުޝާދު ދީ އެހީވިއެވެ.އަލްޔާން މެން ކަހަލަ މިއުޒިކް އެކްސްޕީރިއަންސް ބޭންޑެއްގެ މެންބަރުން މި ދުވަސްކޮޅު ދިމާވުން އެއީ އެމީހުން ގެ ނަސީބު ކަމުގައި އެ ކުދީން ދެކުނެވެ. އަދި އެކަމަށް ވަރަށް ޝުކުރުވެސް އަދާ ކޮށް އެ ދެދުވަސް ތެރޭ ގްރޫޕް މެންބަރުން ނާ އަލްޔާން މެންނާ ގުޅުންވެސް ވަރަށް ބަދަހިވިއެވެ.އެހެން ކަމުން އެދެދުވަހު އެމީހުން ގެ ހުރިހާ ގަޑިއެއްގެ ކެއުންވެސް ހަމަޖެއްސީ ގްރޫޕްގެ އެކި މެންބަރުންގެ ގެއިންނެވެ.
*****
“ދޮންތީ އެޑްވާރޑް އެބައުޅޭ ދޯ މިރަށުގަ..ފެނުނު މިއަދު މެންދުރު ޓިއުޝަނަށް ދާގެއިން..” ބަދިގޭގައި ހަވީރުސައިބޯން ހުރި އީން ކައިރީ އާދީ ގޮސް ވަރަށް ސިއްރު ސިއްރުން ބުނެލިއެވެ.ހަގީގަތުގައި އެދުވަސް ފަހުން އަލްޔާން ގެ ހަބަރެއް ނުވުމުން އީން ހީކުރީ އޭނާ ފުރީ ކަމަށެވެ.އިތުރަށް އެ މައްސަލަ ހައްލުކޮށް ބައްޕަ އާ ވާހަކަ ދައްކަން ޓްރައިވެސް ނުކޮށް އަލްޔާން ދިއުމުން އީން ހުރީވެސް ދެރަވެފައެވެ. އެހެނަސް އަލްޔާން އަދިވެސް މިރަށުގައި ހުރެ އީން އާ ބައްދަލުކުރަން އެއްވެސް މަސައްކަތެއް ނުކުރާކަން އެނގުމުން އީން ގެ ހިތް މާޔޫސް ވީ އިރު ރުޅިވެސް އާދެވުނެވެ. އެހެން ކަމުން ސައިވެސް ނުބޮއެ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އީން ރުޅިވުމުން އަނެއްކާ އަލްޔާން މިހާރު އުޅެނީ އެހެން އަންހެއްކުއްޖެއްގެ ފަަހަތުން ބާއޭ ހިތަށް އެރުމުން ރުޅިއައިސް އީން ގެ ދޮން މޫނު ރަތްވީ އިރު ދެލޯ ފެންކަޅިވެސް ވިއެވެ. އެވަގުތު އާދީ ވެސް އައިސް ވަނުމުން އީން އަވަސް އަވަހަށް ގޮސް އެނދުގައި އޮށޯތެވެ. “ދޮންތީ ..މިރޭ ސްކޫލްގަ އޮތް ޝޯ އަށް ދާނަން ދޯ؟” އާދީ މެން ސްކޫލްގައި އޮންނަ ޝޯއަށް ކަޒިން ދެ ކުދީން ނާއެކު ދާން ޓިކެޓް ނަގާފައި އޮތްކަން ވެސް ހަނދާންވީ އެވަގުތުއެވެ. އީން ދާ ހިތް ނެތަސް ރާޔާ މެން ދޫނުކުރާނެކަން އިނގޭތީ އެއޮތް ގޮތަށް އޮވެ ދާނަމޭ އީން ބުނެލީ އާދީ އަށް މޫނު ނުދައްކަން ވެގެންނެވެ.
“އާނ..ދާންވާނެ..ކުޑަކޮށް ބޭރަށް ނިކުމެލާ ހެދީމަ ބްރޭކްއަޕް ޑިޕްރެޝަން އާވެސް ތަންކޮޅެއް ދުރުވާނެ” އާދީ ގެ އެ ޖުމްލައިން އީން ފުއްމައިގެން ތެދުވެ އެނދުމަތީ އިށީން އިރު އިނީ ހައިރާންވެ އަނގަ ހުޅުވިފައެވެ. “ބްރޭކް އަޕް ކީކޭ؟؟” އީން ދެލޯ ބޮޑުކޮށްގެން އަނގަފާޑަކަށް ހަދައިގެން ހުރެ އެހެން އެހިއިރު އާދީ ވަރަށް ހަމަޖެހިލާފައި ޓެބްލެޓް ހިފައިގެން އެނދުގެ އަނެއްފަރާތުގައި އޮށޯވެ އޮތެވެ.”އޯހް..ކަމޯން ދޮންތި ތި އުޅޭގޮތުން އިޓްސް ވެރީ އޮބްވިޔަސް ބްރޭކްއަޕް ވެއްޖެކަން….ބައި ދަވޭ އައި ރިއަލީ ލައިކްޑް ހިމް..އެކަމް ކީއްކުރާނީ ދޯ” އެހާ ބޮޑެތި ވާހަކަ އާދީ އަށް ދައްކަން އިނގުނީ ކިހިނެތްބާއޭ އީން ގެ ހިތަށް އެރިއެވެ. އެއާއެކު އޭނާ ކުޅެން އިން ޓެބްލެޓް ދަމައިގަތެވެ. “އަބަދު ނެޓަށް ވަދެގެން ޔޫ ޓިއުބް ޖައްސާއިގެން ތީ ދޯ ދަސްކުރާ އެއްޗަކީ..ބަަލަ އާދީ އަކީ އަދި ކުޑަ ކުއްޖެކޭ..ކިޔަވަބަލަ..އަހަރުން ތިވަރު އިރު ނުވެސް އިނގޭ ތިކަހަލަ ވާހަކަ ދައްކަން” އީން އެހެން ބުނެ ތެދުވުމުން ، އެހެންވެގެންނޭ ދޮންތި އެހާ ޑަމް އީ ބުނެ އާދީ އީން ގެ ފަހަތުން ދުއްވައިގަތީ އެ ހޯދުމުގެ ނިޔަތުގައެވެ.
*********
ފަރުދާ އެއްފަރާތަކަށް ކަހާލަމުން އިރުއިރުކޮޅާ ސިއްރު ސިއްރުން އަލްޔާން އަށް ބެލެނީ ހޯލް ތެރެއަށެވެ. މީހުން ވަދެ ފުރިބާރު ވަމުން ދިޔަކަމުގައި ވިޔަސް ހޯލް ތެރެއިން އީން ގެ ސޫރަ ނުފެނުމުން އަލްޔާން މާޔޫސްވާގޮތް ވިއެވެ. “ކޮބާ އީން..އަދިވެސް ނާދޭ..” އަލްޔާން އީތަން އާ ދިމާލަށް އެހެން ބުނެލިއިރު މޫނު މަތީން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވިއެވެ. “އެއްކަލަ އަލްޔާން..ހަމަޖެހިބަލަ..ޝީ ވިލް ކަމް” އީތަން ހަމަޖެހޭ ގޮތް ދައްކަމުން ބުނެލިއެވެ. އެގެއަށް އެރޭ އައި އަންހެންކުއްޖާ އާ ފަހުން ބައްދަލުކޮށް އީތަން އޮތީ ކޮންމެހެންވެސް އީން ގެންނަން ބުނެފައެވެ.
***********
ސްކޫލް ހުންނަނީ މާދުރުގައި ނޫން ކަމުން ހިނގާލާފައި އީން އާ އޭނާގެ ް ޓްވިންސް ކަޒިން ކަމުގައިވާ ރާޔާ އަދި މާޔާ ދިޔައެވެ. އެދެމީހުންވެސް އީން އާ ހަމަ ދާދި އެއްއުމުރެކެވެ. ދެމީހުންގެ ދެ ބޯއިފްރެންޑްސް ތިބޭ އިރު އެފިރިހެންކުދީންވެސް އެކުގައި އައުމުން އީން ހުރީ ފާޑަކަށް އެކަނިވެފައެވެ. “އޭ މިރޭ އަލްޔާން ވެސް ލަވަ ކިޔާ ޝޯގަ..އައިމް ސޯ އެކްސައިޓެޑް..ހީ އިޒް ސޯ ހޭންޑްސަމް..އިނގޭތަ އަލީރަމީޒް ގެ އަޑާ ހާދަ ވައްތަރޭ އޭނަގެ އަޑާ..އައްޔަ ގެ ލަވަ ކިޔާއިރު މީހަކު މޮޔަވެދާނެ ސަޅިކަމުން” ގޭޓުން ވަންނަން ދިޔަ ރާޔާ އޭނަގެ ބޯއީޕްރެންޑްގެ އަތުގައި އެލިގަނެގެން ހުރެ އެހެން ބުނުމުން މާޔާ ވެސް މަވެސް ތިކަމާ އެއްބަހޭ ބުނެލިއެވެ. އަލްޔާން ގެ ނަން އަޑު އިވުމާއެކު އީން ގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އަލްޔާން އަސްލު މިރަށަށް އައީ ޝޯދޭން ބާވައޭ އީން ހިތަށް އެރިއެވެ. ތަފާތު އެތަށް ސުވާލުތަށް އެ ހިތުގައި ހިނގައިގަތް އިރު ހިތްވެސް ބާރަށް ތެޅެން ފެށިއެވެ. އޭރު އެދެމީހުން އީން ކޮބާތޯ ބަލާ ވެސް ނުލާ ގޮސް ވަދެއްޖެއެވެ.އޭރު ޝޯ ފެށިގެން ކުރިއަށް ދަނީއެވެ. އިވެމުން ދިޔައީ އަލްޔާން ގެ އަޑު ނޫންކަން އީން އަށް ޔަގީންވިއެވެ.ދެތިން ފިޔަވަޅެއް ފަހަތަށް އެޅުމަށް ފަހުވެސް އެމީހުން އެބުނީ ތެދެއްތޯ ޔަގީން ކޮށްލަން އީން ބޭނުންވިއެވެ. އެހެން ކަމުން މަޑުމަޑުން އެތެރެއަށް ވަނެވެ.ފަނޑު އަލިކުލައިގެ ބޮކިތަކުން ޒީނަތްތެރި ކޮށްފައިވީ އެ ހޯލް ތެރެއަށް ވަދެގެން ގޮސް އީން ފުރަތަމަ ބެލީ ރާޔާ މެން ފެނޭތޯއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އެމީހުން ތިބިތަން ފެނި އީން އެދިމާލަށް ގޮސް ހުއްޓެމުން ސްޓެޖާ ދިމާލަށް ނަޒަރު ހިންގާލިއެވެ.
އެންމެ ފުރަތަމަވެސް އީން ގެ ލޮލުގައި އަޅާއިގަތީ ކަޅު ކުލައިގެ ޖީންސަކާއެކު މަޑު އަޅިކުލައިގެ ގަމީހެއްލައިގެން ހުރި އަލްޔާން އެވެ. މެޔާދިމާލުން ގަމީހުގެ ޖީބުމަތީގައި ވައިލެޓް ކުލައިގެ އޯކިޑް މަލެއް ހަރުކޮށްފައި ވީއިރު ކަނދުރާއާހަމައަށް ދިގުވެފައިވީ މުށިކުލައިގެ އެފަން އިސްތަށިގަނޑަށް ލައިޓް އެޅިފައި ހުރުމުން ފެންނަގޮތް ހިތްގައިމު ކަމުން އީން އަށް ހުރެވުނީ އިށީންނަންވެސް ނޭނގިފައެވެ.އަލްޔާން ގިޓާ ހިފައިގެން ސްޓޭޖް މެދުގައި ހުއްޓިލުމާއެކު ހޯލް ތެރެހީވީ ކެކިގަތީހެންނެވެ.އަންހެން ކުދީންތަށް ހަޅޭއްލަވަމުން އަލްޔާން ގެ ނަމުން ގޮވަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ތަންކޮޅެއް ދުރުގައި ކޮޅަށް ހުރި އީން އަށެވެ.އެތަނުގައި ތިބި އަންހެން ކުދީންތަކެއް އައިލަވްޔޫ އަލްޔާން ކިޔާ ހަޅޭއްލަވާ އަޑު އިވުމުން އީން ގެ ހިތުގައި ހަސަދަވެރިކަމުގެ ޖަޒްބާތު އުތުރިއަރައިގަތެވެ. އަދި ނުވިތާކަށް ތިމާގެ މަޝްހޫރުކަމާއި ކާމިޔާބު ކަމާއެކު އަންހެން ކުދީންނަށް ދެއްކެން އަލްޔާން އެހެން ހުރުމުން އީން ގެ ހިތުގައި ވަކީން ބޮޑަށް ރިހުނެވެ.”އަދިވެސް އުޅޭތި އިތުބާރު ކުރަން..ހީ ޑަސަންޓް ލަވް ޔޫ..ހީޒް ޖަސްޓް ޕްލޭއިން ވިތް ޔޯ ފީލިންގްސް..” އަމިއްލަ ނަފްސަށް ކުދި ކިޔަމުން އީން އެތަނުން ނިކުންނަން ހިނގައިގަތް އިރު މަޑުޖެހުނީ އަލްޔާން ކިޔަންފެށި އަސަރުގަދަ ލަވައިންނެވެ.
ނުލިބޭނެހޭ އަލުން އެހީ.. ނުރުހިފަ ތިހެން ނުދާށޭ…
މަންޒިލް ތިޔޭ މިހިތް އެދޭ..ނުރުހުންވެފާ ނުދާށޭ….
އިތުބާރު ގެއްލުވާނުލާ ހީވޭ މަ މަރުވެދާނޭ..
ޝަކުވާ ހިތާހިތާ ކުރާ އިއްވާދެމޭ މިތާނގާ..
ކަންވީ ގޮތުން މައާފަށް އެދިގެން މިހިތް ރޮނީއޭ…
*******
އެލަވަ އަކީ އަސްލު އަލްޔާން ކިޔަން ހަމަޖެއްސި ލަވަ ނޫންކަމުން ބޭންޑް ގެ އެހެން މެންބަރުން ތިބީ ވާނުވާވެސް ނޭނގިފައެވެ. އެހެންނަމަވެސް އަލްޔާން ވަރަށް ފަރިތަ ކަމާއެކު ގިޓާކުޅެމުން ލަވައިގެ ތެރެއިން އޭނާގެ ހިތުގެ އަޑު އީން އަށް އިއްވަމުން ދިޔައެވެ. އެއަޑުގެ ޖަޒްބާތުގައި ޖެހި މުޅިތަނަށް ހިމޭންކަން ވެރިފާ އޮތްއިރު އީން ގައިން ވެސް ހީބިހި ނަގައިގެން ދިޔައެވެ. އެދެމީހުން ގެ ހަތަރުކަޅި ހަމަވީ ވަގުތު އެތަނުގައި ތިބެވުނީ ހަމަ އެކަނި ދެމީހުންނަަށޭ ހީވިކަހަލައެވެ.އެކަމަކު ކިތަންމެ ވަރަކަށް އަލްޔާން ބުންޏަސް ވީހުރިހާކަމަކަށް ،އެހިތުގަ އެޅި ހުރިހާ ވޭނަކަށް އެހާ ފަސޭހައިން މާފް ކުރެވޭނެހޭ އީން ގެ ހިތް ބުނަމުން ދިޔައެވެ. އަލްޔާން އޭނާގެ ހިތުގެ ޝަކުވާތަށް ފަސޭހަކަމާއެކު ލަވަޔަކުން އިއްވި ކަމުގާވިޔަސް، އެލޯބީގައި އީން ބިނާކުރަމުން އައި ގަނޑުވަރު ފުނޑުފުނޑުވެ، އުއްމީދުގެ ހުޅުކޮޅުތަށް ނިއްވާލި އެމެސެޖް ކިޔާލި ވަގުތު ހިތަށް ކުރި އަސަރު..އޮހޮރުނު ލޭކަރުނަ ޅެމަކުން ، ބަންޖަކުން، ފަރިއްސަކުން ވެސް ގައިމު ކިޔާ ނުދެވޭނެއެވެ. ހިތުގައި ފުނިޖެހިގަތް އިހްސާސްތަކާއެކު އީން ފަސްއެނބުރި އެތަނުން ހިނގައިގަތީ ފެންކަޅިވެފާހާލުގައެވެ. އަލްޔާން ގެ އަރަތެއް ފަދަ ލޯބި އީން އަކަށް ނުވިސްނެއެވެ. ވިސްނާކަށް ބޭނުމެއްވެސް ނުވިއެވެ. އެހެން ކަމުން ބޭރަށް ނިކުމެ ބާރު ހިނގުމެއްގައި ގެޔާ ދިމާލަށް ހިނގައިގަތެވެ.”ވަންސް މޯ”ގެ އަޑުން ގުގުމާލާފައި އޮތް ހޯލަށް ބަލާލުމެއް ނެތި ގިޓާ ނަގާ ބާއްވަމުން އަވަސް އަވަހަށް އަލްޔާން ވެސް ބާރު ހިނގުމެއްގައި އީން ފަހަތުން ނިކުމެގެން ދިޔައެވެ.
ވިއްސާރަވާން ގާތް ވުމުން ވާގޮތަށް ވައިގަދަވެ އާދަޔާ ހިލާފަށް މަގުމަތި އަނދިރި ކޮށް އޮތުމުން އީން ބިރުގަންނަ ގޮތްވެސް ވިއެވެ. އެހެނަސް ކުރިއަށް ހިގަމުން ދިޔަ އީން އަށް ހަޅޭއްލަވައިގަނެވުނީ ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަތުގާ ނިކަން ބާރަށް ހިފުމުންނެވެ. “އަލްޔާން..”ރަނގަޅަށް ނުފެނުނު ކަމުގާވިޔަސް އެވަހުން އެއީ އަލްޔާން ކަން އީން ދެނެގަތެވެ. އެއްވެސް އެއްޗެކޭ ނުބުނެ އީން އަތުގާ ހިފާގެން ނިކަން ބާރަށް އަލްޔާން ހިނގާގަތީ ސްކޫލްގެ ފުރަގަހުން އޮންނަ މީހުން ނޫޅޭ މަގާ ދިމާލަށެވެ.އީން ނުދާން ގަދަހެދި ނަމަވެސް ފަސްއެނބުރި ބަލާވެސް ނުލާ އަލްޔާން ދިޔައީ ހުއްޓުމެއް ނެތި ހިނގަމުންނެވެ.”އަލްޔާން ތަދުވޭ ޕްލީޒް ދޫކޮށްބަލަ..”އަލްޔާން ހިފާފައި ހުރިގޮތް ބާރުކަމުން އަސްލުވެސް އީން ގެ އަތަށް ތަދުވެ އެހެން ބުނުމުންވެސް ފަހަތް ބަލާނުލާ އަލްޔާން ހިނގާފާ ދިޔަ ގޮތުން އީން ގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަނެއްކާ މިއީ އަލްޔާން ގެ ސިފައިގައި އައި ޖިންނިއެއް ނޫން ބާވައޭ ހިތަށް އަރާ ރޮއިގަނެވުނެވެ. އޭރު ހިތާހިތުން ކުރުސިވެސް ކިޔަން ފެށުނެވެ. ވައިގަދަވުމުން ގަސްތަކުގެ ފަތްތައް ހެލެމުން ދިޔަ އިވެމުން ދިޔަ އަޑުންނާ، ތަނަށް ވެރިވާއޮތް ކަނު އަނދިރިކަމުގެ ސަބަބުން އީން ގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.ހީލް އަކަށް އަރައިގެން ހުރުމުން އީން އަށް ހިނގާން އުނދަގޫ ކަމުގާވިޔަސް އަލްޔާން ބާރު ހިނގުމެއްގައި ގޮސް މަޑުކުރީ އީން އަށް އެކަނި ހިނގާފައި އެނބުރި ދާން ނުކެރޭނެހާ ދުރަށް ދެވުމުންނެވެ. ހަމަ އެބާރުމިނުގާ އީން ގެންގޮސް އެތާހުރި ރުކެއްގައި ޖައްސާލަމުން އަލްޔާން އޭނާޔާ ގާތްވެލިއިރު ޖެހެމުން ދިޔަ ބާރު ވައިރޯޅިއަށްވެސް އެދޭތެރެއަށް ވަދެވޭނެ ޖާގައެއް ނެތްކަހަލައެވެ.” ކޮބާތަ އީން ގެ މައްސަލައަކީ..ލޯބިވޭ. ލޯބިވޭ.. ލޯބިވޭ..ހަމަ ވަރަށް ލޯބިވޭ.. މިހާ ވަރަށް ބުނާ އިރުވެސް ކީއްވެތަ ގަބޫލް ނުކުރެވެނީ..ކިހިނެތް ހެދީމަތަ ގަބޫލް ކުރާނީ..އިތުބާރު ކުރާނީ…އެމެސެޖަށް އީން އަށް އިތުބާރު ކުރެވުނު އިރު އަހަރެން މިކުރާ ކަންތަކުން..އީން ކުރިމަތީ ހުރެ މިދައްކާ ވާހަކަޔަށް އިތުބާރު ނުކުރެވެނީ ކީއްވެ؟؟ މިހިރީ އީން އަށް ޓަކާ އަމިއްލަ މައިންބަފައިން ދޫކޮށްފަ އައިސް..އަހަރެންގެ ބައްޕަ އީން އާ އަހަރެން ދުރުކުރުވަން ބޭނުންވުމަކީ އަހަރެންގެ ކުށެއްތަ؟؟…ބަލަ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އަހަންނަށް އިނގޭ އީން އަހަރެން ދެކެ ލޯބިވާކަން ..ދެން ކީއްވެތަ ގޮތް ދޫނުކުރަން އުޅެނީ..ކީއްކުރީމަ ވީކަންތަކަށް އަހަންނަށް މާފުކުރާނީ..ކިހާވަރަކަށް އާދޭސް ކުރަންވީ…ބުނެބަލަ ޕްލީޒް ހެޔޮނުވާނެ..މިހިތަށް ތިހާ އަނިޔާ ނުދީބަލަ” އަލްޔާން ހަމަ އެހުރިގޮތަށް ދެކަކޫމައްޗައް ތިރިވިއެވެ. އޭރު އެދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެންފެށިއެވެ. ހިތަށް ކޮށްފައިވީ އަސަރުން ފިރިހެނަކު ކަމުގާ ވިޔަސް ކެތްކުރަން ދަތިވެ އަލްޔާން އަށް ގިސްލެވެން ފެށުނެވެ.
******************************************
18 Comments!
Comments are closed.
Salaam and love to all dearest readers of this story….
dhimaavi kulli kamakaa gulhigen mifaharu ge epi las vee kamah takaa v bodah maafah edhen. My sincere apologies for keeping u all waiting for a long time..so here it is and hope u guys will like…keep smiling…much love frm anjal
.mi part ves v salhi
.keep up the good work
…waiting for the next part
??❤️❤️?
OI hate waiting, so plx update the parts soon.. Anyway story is nice
F Vany keytherinaai eku
Nice story.,l well written
Alhe dhen efakeeru evarah aadheys kuraairu een vejjedho ekiyaa ehchehge hageegaiy balanves alyaan dhen ehen kuhjakaa eku ulhelabala een ah vaagotheh balaalan heevey kehkoh nuleveyne hen Asluves varah reethi vaahaka eh keep it up anjal waiting for the next part
Maashaa Allah v lobi ?❤ alhey alyaan and een dhuru nukurah chey plxx ?
Varah varah loabi mi part ves..??..when next part?? Waiting waiting..??❤
when Next?plx plx avaha upkolhachey.vvv kiyaahithun mihuree.Alyaan n een durunukurachey plx
varah reethi.. when is next?avahah up kolhachey
mi part ves v reethi.. next part kon irakun.. avahan up kurache…
Finally…!!! I was waitting too long to read this superb story….This part also very touching….Please slove the problems with een and alyan…Waitting for next part…Hope it will come soon…!! Much love anjal❤❤
super.whn nxt prt.
vvvvvvv reethi mi part ves?☺?
love it??
dear plx reply kohba.when Next?vv kiyaala hithun mihuree.
Vv loabi mi part ves… Curiously waiting for next part ????❤️???❤️?❤️?❤️
koba Next Part ?plx reply
mi story nimuneetha?