Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 7

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 21, 2018 8 Mins Read
8 Comments

” ޒަވީން ބުނި ގޮތަށް އަހަރެން ހުރިހާ ކަމެއް ކޮށްފިން… އެވްލީން ރަނގަޅު ވާނެތަ؟ ” ކޮރިޑޯގައި ހުއްޓިލައިގެން ހުރި މިފްޒާލްއާއި ޒަވީން އަރާހަމަވުމާއެކު މިފްޒާލް އަހާލިއެވެ. ” އަހަންނަށް އަދި ވަގުތު ބޭނުންވާނެ އެވްލީން ރަނގަޅު ކުރަން….. ” ޒަވީން މިފްޒާލްގެ ސުވާލަށް ޖަވާބު ދިނެވެ. ” ކިހާ ދުވަހެއް ބޭނުންވަނީ ؟ ” މިފްޒާލް އަވަސް އަވަހަށް އެއްސެވެ. ” އިރާދަކުރެއްވިއްޔާ 2 މަސް ދުވަސް… ” ޒަވީން ބުންޏެވެ.

* * *

ހަވީރު ވާންވީއިރަށް ވިލާތައް ކަހާލައި އިރުގެ ދޯދިތައް ދުނިޔެ މައްޗަށް ފެތުރިގެން ދިޔައެވެ. ނަމަވެސް ޖެހެމުންދިޔަ ބާރު ވަޔަށް އެއްވެސް ބަދަލެއް ނާދެއެވެ. ހެނދުނުއްސުރެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައިވަނީ ބޮޑެތި ފެންކޯރުތައް ހެދިފައެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ” ގްރީން ގްރާސް ” ލޯންޗު ދުއްވަމުން ދިޔައިރު އެވްލީން އިނީ އޭނައާ ޖެހިގެން ކަހަލަގޮތަކަށް އިށީދެގެން އިން ޒަވީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ލޯންޗަށް އެރީއްސުރެ އެވްލީންގެ ހިތް އާދަޔާ ހިލާފު ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ކަނޑު ގަދަވުގެ ސަބަބުން ބައެއް ފަހަރު ލޯންޗު ބަންޑުން ޖަހާލަ ފާނެހެންވެސް އެވްލީންއަށް ހީވާ ފަހަރު އާދެއެވެ.

” އެވްލީން… ވަޓް ހެޕެންޑް ؟ ” ދެލޯމަރާ ތަގުޅި ކޮށްލައިގެން އިން އެވްލީން ޒަވީންގެ އަޑަށް ސިހިފައި ލޯހުޅުވާލިއެވެ. ” ބިރު ގަންނަނީ…. ” އެވްލީންގެ ލޮލުން ކަރުނަ ހިލުނެވެ. ޒަވީން އެވްލީން ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފޮހެލަމާއެކު އެވްލީން ޒަވީންގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެވްލީންގެ އަވަސް ވެފައިވާ ހިތުގެ ތެޅުން ޒަވީންއަށް އިހްސާސްވެގެން ދިޔައެވެ. ” އެވްލީން އަހަރެން މީނީއެއްނު ދެން ބިރު ނުގައްނައްޗޭ…. ” ޒަވީން އެވްލީންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ދުރުގައި އެވްލީން އާއި ޒަވީންއަށް ބަލަހައްޓައިގެން އިން މިފްޒާލްގެ މޫނުމަތިން ފެންނަމުން ދިޔައީ އުއްމީދެވެ.

ވާޓަރަށް ލޯންޗް ލެފުމާއެކު ޒަވީން އަވަސްވެގަތީ އެވްލީން ގޮވައިގެން ފޭބުމަށެވެ. އެވްލީން ޒަވީންގެ އެހީގައި ލޯންޗުން ފޭބުމާއެކު މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ބަނދަރުގައި ތިބި މީހުންތައް ފެނުމާއެކު އެވްލީންގެ ނޭވާ ހާސްވާގޮތްވިއެވެ. މީހުން ވާހަކަދައްކާއަޑު އެއްއަޑަކަށް ފަޒާގައި ހަރުލާފައި ވުމާއެކު އެވްލީންގެ ކަންފަތަށް އުނދަގޫވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރައިގެން ގޮސް މަންޒަރު ފުސްވާހެން ހީވަމުން ދިޔައެވެ. އެވްލީން ކަންފަތުގައި އަތްއަޅާ ބާރުކޮށްލިއެވެ. އެވްލީންއަށް އަންނަމުން ދިޔަ ބަދަލުތައް ޒަވީންއަށް ފާހަނގަވުމާއެކު ޒަވީން އަވަސްވެގަތީ އެވްލީން ގޮވައިގެން މީހުން މަދު ހިސާބަކަށް ގެންދިއުމަށެވެ. އޭރުން އެވްލީން ހަމައަކަށް އެޅިދާނެތީއެވެ.

މީހުންނާ ދުރަށް ދެވުމާއެކު އެވްލީންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ” ޒަވީން، އެވްލީންއަށް ކިހިނެއްތަވީ ؟ ” ބާރު ފިވަޅުތަކެއްގައި މިފްޒާލް ޒަވީންއާއި އަރާ ހަމަކުރަމުން ސުވާލު ކުރިއެވެ. ” އެވްލީންއަށް ކުއްލިޔަކަށް އެއްފަހަރާ އެތަށް ބަޔަކު ފެނުމުން އުނދަގޫވީ… ” ޒަވީން ބުންޏެވެ.

” ސާރ… ” މިފްޒާލްއަށް ފަސްއެނބުރި ބަލާލެވުނީ ޑްރައިވާރ ރާއިފްގެ އަޑަށެވެ. ” ކޮބާ ޖުނެއިނާ ؟ ” ޖުނެއިނާ ފެންނަން ނެތުމުން މިފްޒާލް އަހާލިއެވެ. ” ޖުނެއިނާ މޭމްވީ ރައްޓެއްސެއްގެ ގެއަށް ގޮސް…. ” ރާއިފް އަދަބުވެރި ކަމާއެކު މިފްޒާލްގެ ސުވާލަށް ޖަވާބުދިނެވެ. ރާއިފްގެ ޖުމްލައިން މިފްޒާލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޖުނެއިނާއަށް އެވްލީންއަށްވުރެ މުހިންމުވީ ޖުނެއިނާގެ އެކުވެރިންނެވެ. އޭނަ އެހާވަރަށް ބުނުމުންވެސް ޖުނެއިނާ ނައީތީ މިފްޒާލް ރުޅިއައެވެ. މިފްޒާލް ކާރާއި ދިމާއަށް ހިނގައިގަތުމާއެކު ރާއިފް މިފްޒާލްގެ ފަހަތުން ހިނގައިގަތެވެ.

* * *

” އެނާ…. މަޑުކޮށްބަލަ…. ” އެކުވެރިއަކާއެކު ހިނގަމުން ދިޔަ މައިހާ ހުއްޓުން އެރީ ޒަވީން ފެނުމާއެކުއެވެ. ” ކިހިނެއްވީ މިހާރު ؟ ” އެނާ ސުވާލުކޮށްލި އެވެ. ” ޒަވީން… ” މައިހާ ޒަވީންއާއި ދިމާއަށް އިޝާރާތްކޮށްލިއެވެ. ” މިހޫ… އަވަހަށް ޒަވީންއަށް އެއްކަލަ ރިކޯރޑިން ދައްކަބަލަ…. އަދި އެ ވިޗްގެ ހަޤީޤަތްވެސް ކިޔާދީ….. ދާމިޝް މަރާއި ހަނގުރާމަ ކުރަމުން އެދަނީވެސް އެ ވިޗްގެ ސަބަބުން…. ” އެނާގެ ޖުމްލަ ނުނިމެނީސް މައިހާ ދުއްވައިގަތީ ޒަވީންއާއި ދިމާއަށެވެ. އޭރު އެވްލީންއާއި ޒަވީން ކާރާއި އަރާ ހަމަވަނީއެވެ.

” ޒަވީން ސާރ… ” މައިހާ ހުރީ މައިނޭވާ ލެވޭވަރު ވެފައެވެ. ޒަވީން މައިހާއާއި ދިމާއަށް ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ.

”މީ މައިހާ…” މައިހާ އޭނަގެ ކުރު ތަޢާރަފެއް ޒަވީންއަށް ދިނެވެ.

”ކޭން އައި ޓޯކް ޓު ޔޫ އިން ޕްރައިވެޓް؟… ” އެވްލީންއަށް ބަލާލަމުން މައިހާ ބުންޏެވެ. ޒަވީން ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު އެވްލީން ކައިރީގައި ކާރަށް އެރުމަށް އެދުނެވެ. އެވްލީން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޒަވީންގެ އެދުމާ އެއްގޮތަށް ކަންތައް ކުރިއެވެ.

” އަހަރެން މިއައީ ފިޒާޔާގެ ހަޤީޤަތް ކިޔައިދޭން…. ” މައިހާ އަތްދަބަހުން އޭނަގެ ފޯނުނަގަމުން ވާހަކަދައްކަން ފެއްޓިއެވެ. ” ކޮން ހަޤީޤަތެއް ؟ ” ޒަވީން ހައިރާންކަމާއެކު އަހާލިއެވެ. ” ފިޒާޔާ އެވްލީން މޮޔަކުރީ…. މިހުރިހާ ދުވަހު އަހަރެން ފިޒާޔާ ބުނިގޮތަށް އޭނަ ބުނިހުރިހާ ކަމެއް ކޮށްދިނީ…. ފިޒާޔާ ބުނެގެން އަހަރެން އަދި ވިލްޝާ އެވްލީންއަށް މަހަކު ދެފަހަރު ފަހަރު ޝޮކްދެނީ….. ” މައިހާގެ ޖުމްލައިން ޒަވީންގެ ހިތުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް ފިޒާޔާމެދު އުފެދުނު ޝައްކު ޔަޤީންކަމަށް ބަދަލުވެގެން ދިޔައެވެ. މައިހާ އޭނަ ރިކޯޑްކުރި ރިކޯޑިން ޖައްސާލުމާއެކު ޒަވީންއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެމީހެއްގެ ލަނޑުދަނޑި ހާސިލުކުރަން މީހަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެކަން ޒަވީންއަށް މިއަދު ވިސްނިއްޖެއެވެ. މިއަދު އެވްލީންއަށް އެހާލު ޖެހުނީ ފިޒާޔާގެ ސަބަބުންކަން އެނގުމުން ޒަވީންގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާން ރޯވެގެން ދިޔައެވެ.

” ސާރ… އަހަރެން ބޭނުން ފިޒާޔާގެ އަސްލު ސިފަ ހުރިހާ އެންމެންގެ ކުރިމައްޗަށް ގެންނަން. އަހަންނަށް އެހީވެދީފާނަންތަ ؟ ” މައިހާ ޒަވީންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ފުރަތަމަ ފަހަރަށް ޒަވީންގެ ސޫރަ އެހާ ކައިރިން ފެނުމުގެ ނަސީބު ލިބުމުން މައިހާގެ ހިތަށް ފިނިވެގެން ދިޔައެވެ. ޒަވީން ފިޒާޔާގެ ހަޤީޤަތް ހާމަކުރަން އެއްބަސް ވުމުން މައިހާގެ ހިތް އުފަލުން ފުރިގެންދިޔައެވެ. ޒަވީން ރިކޯރޑިންގް އޭނަގެ ފޯނަށް ފޮނުވާލުމަށްފަހު ކާރަށް އެރިއެވެ.

” އެއީ ކާކު ؟ ” މިފްޒާލް މައިހާއާއި ދިމާއަށް ބަލައިލަމުން އެހިއެވެ. ” އެއީ މެންޓަލް އެސައިލަމްގައި މަސައްކަތްކުރާ ނަރުހެއް… ” ޒަވީން ބުންޏެވެ. މިފްޒާލް ކާރު ދުއްވާލަން އެންގުމާއެކު ރާއިފް ކާރު ދުއްވާލިއެވެ.

* * *

” ވުޑްލޭންޑް ” ޕޯޓިކޯއަށް ކާރު މަޑުކޮށްލުމާއެކު ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރި މީހަކު އައިސް ކާރުގެ ދޮރު ހުޅުވާލިއެވެ. މިފްޒާލް ކާރުން ފޭބުމަށްފަހު އޭނަގެ ފޯނު ނަގައި ޖުނެއިނާއަށް ގުޅާލިއެވެ. ” ކޮންތާކު ތިހުރީ ؟ ” ޖުނެއިނާ ފޯނު ނެގުމާއެކު މިފްޒާލް އަޑަށް ބާރުލާފައި ބުނެލިއެވެ. ” ލިވީ ގުޅާފައި ހަވީރު ސަޔަށް އިންވައިޓް ކުރީމަ އަހަރެން މިހުރީ އެގެއަށް އައިސް…. ” ޖުނެއިނާ ބުންޏެވެ. ” އަހަރެން ބުނީމެއްނު ހަވީރު ޖެޓީއަށް އަންނާށޭ ! ޖުނެއިނާއަށް އެވްލީންއަށް ވުރެ މުހިންމުވީ ލިވީތަ ؟ ” މިފްޒާލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ” މިފޫ…. އަހަރެން ހަނދާން ނެތުނީޔޭ… ” ޖުނެއިނާގެ ލޮލުން ކަރުނަ ހިލުނެވެ. ” ތިސައި ކެންސަލް ކޮށްފަ ހަމމިހާރު އާދޭ ގެޔަށް… ” މިފްޒާލް ފޯނު ކަނޑާލިއެވެ.

އެވްލީން ކާރުން ފޭބުމާއެކު މުޅި މީހާ ގަނޑުވެގެން ދިޔައެވެ. ކުއްލިޔަކަށް ހަނދާނަށް އައި ކަމެއްގެ ސަބަބުން އެވްލީންގެ ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. އެވްލީންގެ އަރިއަޅާލައިގެން ވެއްޓެން ދިޔަ ވަގުތު ޒަވީން ހުޝިޔާރުކަމާއެކު އެވްލީންގެ ގައިގައި ހިފެހެއްޓިއެވެ.

” އެވްލީން… ” މިފްޒާލްއަށް ބުނެވުނެވެ. މަޑުމަޑުން އެވްލީންގެ ދެލޯ މެރެމުންގޮސް އެވްލީންގެ ހުރިހާ ހަރަކާތެއް ހުއްޓުނެވެ. ޒަވީން އެވްލީން އޭނަގެ އަތްދަނޑި މައްޗަށް އުފުއްލާލުމަށްފަހު ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. ސިޓިންގްރޫމުގައި ހުރި ސޯފާމަތީގައި އެވްލީން ބާއްވަމުން އެތަނަށްއައި ކުއްޖަކު ކައިރީގައި ފެންތަށްޓެއް ގެނައުމަށް ޒަވީން އެދުނެވެ.

އެކުއްޖާ ފެންތަށި ހިފައިގެން އައުމާއެކު ޒަވީން ފެންތަށި އަތުލަމުން ފެން ގޮއްޓެއްނަގައި އެވްލީންގެ މޫނަށް ބުރުއްސާލިއެވެ. އެވްލީން އެސްފިޔަތައް ދުރުކޮށްލުމަށްފަހު ލޯހުޅުވާލިއެވެ. ” ޝީ ނީޑްސް ރެސްޓް…. ” ޒަވީން އެވްލީންއަށް ބަލައިލަމުން ބުންޏެވެ. މިފްޒާލް އަތުގެ އިޝާރާތުން ލިމްނާ ކައިރީގައި އެވްލީން ގޮވައިގެން އެވްލީންގެ ކޮޓަރިއަށް ދިއުމަށް ބުނެލިއެވެ. ލިމްނާ އަވަސްވެގަތީ އެވްލީން ގޮވައިގެން އެވްލީންގެ ކޮޓަރިއަށް ދިއުމަށެވެ.

އެވްލީން ލިމްނާގެ އެހީގައި ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު އެވްލީންގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ލިމްނާ އެވްލީގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެވްލީންއަށް ހުއްޓުން އެރިއެވެ. އެވްލީންއަށް ލިމްނާގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. އަދި ހައިރާންކަމާއެކު މުޅި ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ.

ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ފާރުތަކުގައިވަނީ މަޑު ފިޔާތޮށި ކުލައެކެވެ. ކޮޓަރި ރީތިކުރަން ބޭނުން ކުރެވިފައިވާ ކުލަކުލައިގެ ސާމާނު ތަކުން ކޮޓަރިއަށް ވަނީ ދިރުމެއް ގެނެސްދީފައެވެ. ކޮޓަރީގެ ފާރުތައްވަނީ އެވްލީންގެ ފޮޓޯތަކުން ފުރާލާފައެވެ. ހުޅުވާލެވިފައިވާ ކޮޓަރީގެ ކުޑަދޮރުން ވަންނަމުންދިޔަ ވަޔާއެކު ދަނބާއި ހުދުކުލައިގެ ކާރޓެއިންތައް އުދުހެމުން ދިޔައެވެ. ހަމަ އެކަނި އެކާރޓެއިންއަށް ބަލައިލުމުން ވެސް ޑިޒައިނަރުންގެ މޮޅުކަން ހާމަވެގެންދެއެވެ. ކޮޓަރީގައިވާ ދަނބު ކުލައިގެ ބެޑްރޫމް ސެޓުން ކޮޓަރިއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ލިމްނާ ކޮޓަރިއަށް ވަނުމާއެކު އެވްލީން ލިމްނާގެ ފަހަތުން ކޮޓަރިއަށް ވަނެވެ. ” އަރާމުކޮށްލަންވީ ނޫންތޯ…. ” އެވްލީން އެނދުގައި އިށީނުމާއެކު ލިމްނާ ކުޑަދޮރު ލައްޕާލުމަށްފަހު ހިނގަގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ.

* * *

އެތެރެއަށް ވަދެގެން އައި ޖުނެއިނާގެ ފިޔަވަޅުތައް މަޑު ޖެހިލީ ސިޓިންގް ރޫމުގައި ތިބި ޒަވީންއާއި މިފްޒާލް ފެނުމާއެކުއެވެ. ޖުނެއިނާ މޫނު ކުނި ކޮށްލުމަށްފަހު ހިނގައިގަތީ އޭނަގެ ކޮޓަރިއާ ދިމާއަށެވެ. އެކުވެރިއެއްގެ ގޭގައި ހުއްޓާ މިފްޒާލް އެހާ ނުރުހުންވެފައި ވާހަކަދައްކާފައި ގެއަށް އައުމަށް އަމުރުކުރުމުން ޖުނެއިނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ” ޖުނެއިނާ… ” ކޮޓަރިއާއި ދިމާއަށް ހިނގަމުން ދިޔަ ޖުނެއިނާއަށް މިފްޒާލް ގޮވާލުމާއެކު ޖުނެއިނާ މިފްޒާލްއާއި ދިމާއަށް ބަލައިލިއެވެ. ” ކޮބާތަ އެވްލީން ؟ ” ޒަވީން ބަލަހައްޓައިގެން ހުރުމުން ޖުނެއިނާ މޫނަށް އުޖާލާކަން ގެންނަމުން އާހާލިއެވެ. ” ކޮޓަރީގައިވީ… ” މިފްޒާލް ބުންޏެވެ. ” އެންމެ ރަނގަޅުތަ އަހަރެން އެވްލީން ކައިރިއަށް ދިޔަޔަސް ؟ ” ޖުނެއިނާ ސުވާލުކުރީ ޒަވީންއާއެވެ. ޒަވީން އާނއެކޭ ބުނުމުގެގޮތުން ބޯ ޖަހާލުމާއެކު ޖުނެއިނާ ހިނގައިގަތީ އެވްލީންގެ ކޮޓަރިއާ ދިމާއަށެވެ.

” ލިމްނާ…. ޒަވީންއަށް ގެސްޓް ރޫމް ދައްކާލާފަ އާދޭ… ” ސިޑިން ފައިބައިގެން އައި ލިމްނާ ފެނުމާއެކު މިފްޒާލް ބުންޏެވެ. މިފްޒާލްގެ ޖުމްލައިން ޖުނެއިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

ޖުނެއިނާ މިފްޒާލްއާއި ދިމާއަށް ބަލައިލީ ޙައިރާންކަމުން ފުރިގެންވާ ނަޒަރަކުންނެވެ. ” އެވްލީން ރަނގަޅުވަންދެން ޒަވީން ހުންނާނީ މިގޭގައި… ” ޖުނެއިނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތައް މިފްޒާލްއަށް ފާހަނގަވުމާއެކު މިފްޒާލް ބުންޏެވެ. މިފްޒާލްގެ ޖުމްލައިން ޖުނެއިނާގެ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ރަނގަޅަށް ނުވެސް ދަންނަ މީހަކު ގޭގައި ބަހައްޓާކަށް ޖުނެއިނާ ބޭނުމެއް ނޫނެވެ. ޖުނެއިނާ ވައިރޯޅިއެއްހާ ބާރުމިނުގައި ހިނގައިގަތީ އެވްލީން ކޮޓަރިއާއި ދިމާއަށެވެ. ޖުނެއިނާގެ މޫނުވަނީ ރުޅިއައިސް ރަތްވެފައެވެ.

* * *

ލިމްނާގެ ފަހަތުން ޒަވީން ހިނގައިގަތީ ގެސްޓް ރޫމާއި ދިމާއަށެވެ. ގެއާއި ކުޑަ ތަންކޮޅެއް ދުރުގައިވާ ގެސްޓް ރޫމް ހީވަނީ ކޮޓެޖެއްހެންނެވެ. އޯކިޑް ، އެސްޓާރސް ، ސަން ފްލާވާރ އަދި އައިރިސް މާގަސްތަކުން މުޅި ގެސްޓް ހައުސް ވަނީ ވަށާލާފައެވެ. ކޮކާތަކާއި މާބުރުތައް އެމާތަކުން ފޮނިބޯން އުދުހެމުން ދިޔައިރު ޖެހިލާ ވައިރޯޅިތަކާއެކު މާގަސްތައް ވަޔާއެކު ނަށާލައެވެ. ގެސްޓްރޫމް ކުރިމަތީގައި ކުޑަ ފެންއަރުވާ ވަޑާމެއް ވާއިރު އެ ފެންއަރުވާ ވަޑާން ވަށާލާފައިވަނީ ޓިއުލިޕް މާގަސް ތަކުންނެވެ. މިއަދު ވާރޭ ވެހުމުގެ ސަބަބުން މުޅި ތަނަށް ފެތުރިފައިވާ ކާރޕެޓް ގްރާސްތަކުގައި ފެންތިކިތައް ވިދަމުން ދިޔައެވެ. ލިމްނާ ގެސްޓް ރޫމްގެ ދޮރު އޭނަގެ އަތުގައި އޮތް ތަޅުދަނޑިން ހުޅުވާލުމަށްފަހު ޒަވީންގެ އަތަށް ތަޅުދަނޑި ދިއްކޮށްލިއެވެ. ޒަވީން ތަޅުދަނޑި އަތުލި ވަގުތު ލިމްނާގެ އަތުގައި ޒަވީންގެ އަތްތިލަ ބީހިގެން ދިޔައެވެ. އެވަގުތު ލިމްނާއަށް ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. ލިމްނާ އަވަސް އަވަހަށް އަތް ދަމައިގަންނަމުން ދުއްވައިގަތެވެ. ޒަވީން ލިމްނާއާއި ދިމާއަށް ބަލައިލިއިރު ޒަވީންއަށް ސިފަވެގެން ދިޔައީ އެވްލީންއެވެ. އެ މައުސޫމް މޫނެވެ. އޭނަގެ ހިތުގެ ހަމަޖެހުން ކަމުގައިވާ އެވްލީންގެ ހިނިތުންވުމެވެ. ޒަވީން އެވްލީންގެ ހިޔާލުތަކަށް ގެއްލިފައި ހުއްޓާ ކުއްލިޔަކަށް އޭނަގެ ފޯނު ވައިބްރޭޓް ވާން ފެށުމާއެކު ޒަވީންއަށް މަޖްބޫރުވީ އެވްލީންގެ ހިޔާލުތުން ނިކުންނާށެވެ.

” މޯމް… ” ޑިސްޕްލޭއަށް އަރަމުން ދިޔަ ނަން ފެނުމާއެކު ޒަވީން ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. ” މައި ޑިއާރ ސަން… ކޮން އިރަކު އިންގްލޭންޑަށް އަންނަނީ ؟ އައި ހޭވް އަ ސަޕްރައިޒް ފޯރ ޔޫ… ” ޒަވީންގެ މަންމަ ޒަރާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ” މޯމް އަދި ކުޑަ ދުވަސް ކޮޅެއް ފަހުން އާދެވޭނީ… ” ޒަވީން ވާހަކަ ދައްކަމުން ދިޔައީ އަދަބު ވެރިކަމާއެކުގައެވެ. ” އަހަރެން ބޭނުން ޒަވީން ކުރިއަށް އޮތް މަސް ތެރޭގައި އިންގްލޭންޑަށް އަންނަން… އަދި އަހަރެން ބޭނުމެއް ނޫން ޒަވީންގެ އެއްވެސް ބަހަނާއެއް އަޑު އަހާކަށް…. ” ޒަރާގެ އަޑުގައި ވަނީ ނުރުހުމުގެ އަސަރެވެ. ” މޯމް.. މިހާރު ފަރުވާ ދެމުން މިދަނީ ވަރަށް ކްރިޓިކަލް ސްޓޭޖެއްގައި ހުރި ޕޭޝެންޓަކަށް… ” ޒަވީން އަހަރެން ބުނެފީމެއްނު ކުރިއަށް އޮތް މަސް ތެރޭގައި އަންނާށޭ.. އެންޑް ދެޓްސް ފައިނަލް… ” ޒަރާ ޒަވީންގެ ޖުމްލަ މެދު ކަނޑާލިއެވެ. ޒަވީންއަކީ ދުވަހަކުވެސް އޭނަގެ މަންމަގެ ނިންމުމާއި ދެކޮޅު ހަދާފައިވާ މީހަކަށް ނުވާތީ ޒަރާގެ އެދުމާއި ދެކޮޅު ހަދާކަށް ޒަވީން ބޭނުމެއް ނުވިއެވެ.

ޒަވީން ފޯނު ބާއްވަމުން ނިންމީ ވީހާވެސް އަވަހަކަށް އެވްލީންއަށް ފަރުވާކުރަން ފަށާށެވެ. އެހެން ނޫންނަމަ އޭނަ ފުރާ ދުވަސް ޖެހޭ އިރުވެސް އެވްލީން ރަނގަޅު ނުކުރެވޭނެއެވެ.

* * *

ޖުނެއިނާ އެވްލީންގެ ކޮޓަރިއަށް ވަންނަމުން ދޮރު ލައްޕާލުމުން އެވްލީންއަށް ހީވީ ބާރު ގުގުރިއެއްގެ އަޑު އިވުނުހެންނެވެ. އެވްލީން ދެލޯ ބޮޑު ކޮށްލުމަށްފަހު ދޮރާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ރުޅިވެރި ނަޒަރަކުން އޭނައާ ދިމާއަށް ބަލަހައްޓައިގެން ހުރި ޖުނެއިނާ ފެނުމާއެކު އެވްލީންގެ މެޔަށް ފިނިވެގެން ދިޔައެވެ.

” އެންމެ ފަހުން އެތާނގައި ނޯވިގެން މިގެއަށް އައީދޯ ؟ ” ޖުނެއިނާ އެވްލީންއާއި ދިމާއަށް ހަޅޭއްލަވައިގެތެވެ. ޖުނެއިނާގެ އަޑަށް އެވްލީން ދިޔައީ ސިއްސައިގެންނެވެ. އޭނަގެ ހިތުގެ ތެޅުން މަޑު ޖެހިލިހެންވެސް އެވްލީންއަށް ހީވިއެވެ. ” ބަލަ މަ މިވާހަކަ ދައްކަނީ ކަލެއާއޭ… ” ޖުނެއިނާ ވިދާލި ވިދުވަރެއްހާ ބާރުމިނުގައި އައިސް އެވްލީންގެ އިސްތަށިގަނޑުގައި ހިފާ ވާން ކޮށްލިއެވެ. އެވްލީންގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތުން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އެވްލީންގެ ދެލޯ ފޫދުއްވާލުމަށްފަހު ކަރުނަ ފައިބައި ގަތީ ކުއްލިޔަކަށެވެ. ޒަވީންގެ ހިމާޔަތް އެވަގުތު އެވްލީން އިންތިހާއަށް ބޭނުންވިއެވެ.

” އެ ޒަވީން ނެތްނަމަ ކަލޭ މިވަގުތުވެސް މިގެއިން ނެރެލީމުސް… ކަލޭގެ ބައްޕަ ޖެހިއްޖެ ވިއްޔަ އޭނަ މިގޭގައި ބަހައްޓަން…. ” ޖުނެއިނާ ދަތްކުނޑި ވިކާލިއެވެ. ‘ މަ..މަން..މާ ” އެވްލީންގެ އަޑު ބޭރުވީ އުނދަގުލާ އެކުއެވެ. ” ކަލޭގެ ތިދުލުން މަށާ ދިމާއަށް މަންމާއޭ ނުކިޔާތި…. ! ” ޖުނެއިނާ ހަރުކަށި ކަމާއެކު އަމުރުކުރިއެވެ.

* * *

ކުއްލިޔަކަށް ހުޅުވިގެން ދިޔަ ދޮރާއެކު ޖުނެއިނާ އެވްލީންގެ އިސްތަށިގަނޑުން އަވަސްއަވަހަށް ދޫކޮށްލިއެވެ. އަދި ކަންބޮޑުވުން މޫނަށް ގެންނަމުން ދޮރާއި ދިމާއަށް ބާލިއިރު ޒަވީން ކޮޓަރިއަށް ވަންނަނީ އެވެ.

” އެވްލީން … މައި ލަވް… ” ޖުނެއިނާ އެވްލީންގެ ބޮލުގައި އޯގާތެރި ކަމާއެކު ފިރުމާލަމުން އެވްލީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ. އެވްލީން ވާނުވާ ނޭނގިފައި ހުއްޓާ އެއްލި ކަޅިއަކުން ޒަވީން ފެނުމާއެކު ހުރިހާ ކަމެއް ސާފުވެގެން ދިޔަ އެވެ.

” ޒަވީން ކީއްވެ އެވްލީން މިހާ ނެގި މަޑުވެފައި މިހުރީ ؟ ” ޖުނެއިނާ އެވްލީންގެ އަތުގައި ހިފަހައްޓަމުން އެނދުގައި އިށީނެވެ. އޭރު އެދެލޮލުގައި ކަރުނަ ވިއެވެ.

” ވެދާނެ އާ ތަނަކަށް އާދެވުމުން ކަމަށްވެސް….. ” ޒަވީން ބުންޏެވެ. ޒަވީން އައުމުން ޖުނެއިނާ ބޭނުންވީ ވީހާވެސް އަވަހަށް ކޮޓަރިން ބޭރަށް ނިކުންނާށެވެ.

” އެވްލީން ގޮވައިގެން ބޭރަށް ދާން މިއައީ… ” ޒަވީން ޖިންސްގެ ޖީބަށް އަތް ޖަހާލުމުން ޒަވީންގެ ފިރިހެން ވަންތަކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ. ޒަވީން ލައިގެން ހުރި ފެހި ކުލައިގެ ޓީޝާޓާއި ޖިންސްގައި ޒަވީން ހޮލީވުޑް އެކްޓަރަކަށްވެސް ދުލެއް ނުކުރާނެއެވެ. ފެހި ކުލައިގެ ޓީޝާޓް ގަޔަށް ހިފާފައިވާއިރު އެބާރު ގަދަ މުލަށް ދަނޑީގެ ބާރު އިހްސާސު ކޮށްލަން ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނެއެވެ. ޒަވީންގެ އަޅި ކުލައިގެ ލޮލުގައިވާ ތޫނު ވިދުވަރުން އަންހެން ކުދިންގެ ހިތްތައް ކަތިލެވޭނެކަން ޔަޤީނެވެ. އެވްލީން ޒަވީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އެސްފިޔަ ޖަހާލަންވެސް އެވްލީން ހަނދާނެތް ނެތެވެ. ޒަވީންގެ އެހުރިހާ ސިފަތަކުންނާއި ޒަވީންގެ އަޅި ކުލައިގެ ލޮލުން އެވްލީންއަށް ބައެއްފަހަރު އުނދަގޫވެއެވެ.

” އެވްލީން… ” ޒަވީންގެ ހިތްގައިމު އަޑު އެވްލީންގެ ކަންފަތުގައި ގުގުމާލުމާއެކު އެވްލީންއަށް ސިހިފައި ޒަވީންއާ ދިމާއަށް ބަލާލެވުނެވެ. ” އެވްލީން ބޭނުމެއް ނޫންދޯ ބޭރަށް ދާކަށް… ” ޒަވީން އަހާލިއެވެ. ” އަހަރެން ބޭނުން…. ” އެވްލީން އެނދުން ތެދުވެލިއެވެ.

* * *

މިފްޒާލް އަންނާނެ އިރެއްގެ އިންތިޒާރުގައި ކޮޓަރީގައި ހުރި ސޯފާ އެއްގައި އިށީންދެލައިން އިނދެ ލެޕްޓޮޕާއި ކުޅެމުން ދިޔަ ޖުނެއިނާއަށް ކޮޓަރިއަށް ވަން މިފްޒާލް ފެނުމާއެކު ލެޕްޓޮޕް ސޯފާ ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބެހެއްޓިއެވެ. ” ކީއްވެ އޭނަ މިގޭގައި ބަހައްޓަން ހުއްދަ ދިނީ ؟ ” ޖުނެއިނާ ސޯފާއިން ތެދުވެލިއެވެ. ” ކާކުގެ ވާހަކައެއް ތިދައްކަނީ ؟ ” ފަރުވާ ކުޑަ ރާގެއްގައި މިފްޒާލް ސުވާލު ކޮށްލިއެވެ. އެވްލީން އައުމުން މިފްޒާލް ޖުނެއިނާއާއި ވާހަކަދައްކަން ބޭނުން ނުވާހެން ޖުނެއިނާއަށް ހީވިއެވެ. ސަބަބަކީ މިފްޒާލް ދުވަހަކުވެސް އޭނައާއި އެހާ ފަރުވާ ކުޑަ ރާގެއްގައި ވާހަކަ ދައްކާފައި ނުވާތީއެވެ. ” ޒަވީންގެ ވާހަކަ މިދައްކަނީ… ” ޖުނެއިނާ އަޑަށް ބާރުލާފައި ބުންޏެވެ. ” ޒަވީންއަކީ އެވްލީންގެ ޑޮކްޓަރ… އެވްލީންއަށް ފަރުވާކުރަން ޒަވީން މިގޭގައި ހުރުން ވަރަށް މުހިންމު… އަނެއް ކޮޅުން ޒަވީންގެ އާއިލާ ބަޔަކު ނުތިބޭ މާލޭގައި… ” މިފްޒާލް އޭނަ ލައިގެން ހުރި ހެދުމުގެ ގޮތްތައް ނައްޓަމުން ހިނގަގަތީ ފާޚަނާއާއި ދިމާއަށެވެ. މިފްޒާލް ފާޚަނާއަށް ވަނުމާއެކު ޖުނެއިނާ ސޯފާ ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގަމުން މިފްޒާލްއާ ދިމާއަށް ކުދިކިޔަމުން ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. ޖުނެއިނާގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމުގެ އަލިފާނުން އެވްލީން ފިއްސާލަން ޖުނެއިނާ ބޭނުންވި އެވެ. ނަމަވެސް ޒަވީންގެ ސަބަބުން އެކަން ކުރެވޭކަން ވެސް ނެތެވެ.

” ފިޒޫ އަހަންނަށް ޔަޤީންކަން ދިނީމެއްނު އެވްލީން މެންޓަލް އެސައިލަމް އިން ބޭރު ނުކުރެވޭނެކަމަށް…. ” ޖުނެއިނާ ބަގީޗާއަށް ނިކުންނަމުން ފިޒާޔާއަށް ގުޅާލިއެވެ. ” ޖޫން… އަހަރެންނަށް ނޭނގި މިފްޒާލް އައީ ހުރިހާކަމެއް ނިންމައިގެން… އަދި ނުވިތާކަށް ވަކީލަކުވެސް ހަޔާރ ކޮށްފަ ހުރީ… ” ފިޒާޔާ ބުންޏެވެ. ” ދެން ކިހިނެއް ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ދާނީ ؟ މިހާރު އެވްލީންއަށް ހާދަ ބޮޑު ބަދަލެއް އައިސްފިޔޭ…. ” ޖުނެއިނާގެ އަޑުގައިވަނީ ހާސްކަމެވެ. ” ހާސްނުވެބަލަ…. އެ ޒަވީން ހިތުން އޭނައަކީ ވަރަށް މޮޅު މީހެއް.. ތިމާއަށް ރީތި ސިފަތަށް ލިބިފަ ހުރީމަ ތިމާ ވަރު މީހެއް ނެތިގެން އޭނަ އެއުޅެނީ. އެކަމަކު….. ” ފިޒާޔާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޖުނެއިނާއަށް ފޯނު ކަނޑާލަން މަޖްބޫރުވީ ފަހަތުން ފިޔަވަޅު ތަކެއްގެ އަޑު އިވުމުންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ނީރާ

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 19

Next
October 22, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 19

Previews
October 21, 2018

ނީރާ

8 Comments!

  1. Sis says:
    October 21, 2018 at 8:25 pm

    Me first yaayyyy??

  2. Nau says:
    October 21, 2018 at 8:30 pm

    ??me second vvvv reethi waiting for next part

  3. Nash says:
    October 21, 2018 at 8:45 pm

    Me second ??nyc story waiting for next part

  4. mar-hath says:
    October 21, 2018 at 9:52 pm

    v reethi
    waiting for the next part

  5. Dr.eamss says:
    October 21, 2018 at 9:59 pm

    Mutha kyvve tha huriha vaahaka akah same characters lany
    Anyways stories perfect um speechless

  6. No one says:
    October 21, 2018 at 10:39 pm

    Muthaa.. haadha molheyy stories liyan.. ❤❤

  7. Ibsha says:
    October 21, 2018 at 10:49 pm

    Varah reethi

  8. kitty says:
    October 22, 2018 at 2:09 am

    pls upload nxt part soon

Comments are closed.


All Right Reserved!