ކަލާ އަހަރެންގެ ކުތިމައްޗަށް އަދި އެއްފަހަރު އާދެބަލާށެވެ. ދެކިލަން އެދޭ ނަަމައެވެ. ކަލާ އަހަރެންގެ އަތުގައި ހިފާލަބަލާށެވެ. ބީހިލަން އެދޭ ނަމަ އެވެ. ކަލާ އަހަރެންނާއި ދިމާލަށް ބަލައިލަބަލާށެވެ. ލޯބިވާ ނަމަ އެވެ. މިއީ ހުސް ކަލާ އަހަރެންގެ ގާތުގައި ބުނި ވާހަކަ ތަކެވެ. މިއަދު މިހެން މި ބުނަނީ އަހަންނެވެ. ކަލާ އަންނާނު ހެއްޔެވެ? ކަލާ ހިނިތުންވެލާނު ހެއްޔެވެ. ކަލާ ނަށާލާނު ހެއްޔެވެ. ކަލާގެ މޭ ތެރޭ އަހަރެން ފޮރުވާލަދޭނު ހެއްޔެވެ. ކަލާ އަހަންނަށް ކިހާ […]
“ނިޝް ޑެޑީ މި ދަނީ އިނގޭ.. ދޫނި ދޭ ކޮޓަރިއަށް..” ޔަމްހާ އާއި ވަކިން ވާހަކަ ދައްކާލަން ނުކްޝާން ނިޝްކާ ކައިރީގައި ބުންޏެވެ. ހީލަމުން ނިޝްކާ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.”ޔަމް އައިމް ސޮރީ ވާހަކަ ނުދައްކައި ހުރެވުނީމަ..” ނުކްޝާން ޔަމްހާގެ އަތްތިލައިގައި ހިފާލިއެވެ.”އިޓްސް އޯކޭ ނުކް.. ވާހަކައެއް ބުނަންތަ؟؟..” ނުކްޝާން އައުމުން ޔަމްހާގެ ހިތް އުފަލުން ނަށާލިއެވެ.”ހޫމް ބުނެބަލަ..” ކެތްތެރިކަމާ އެކު ނުކްޝާން ޔަމްހާއަށް ބަލާލިއެވެ.”ޔޫޝައު އަތުގަ އޮންނާނެ މަގޭ ފޮޓޯތައް..ހެދުން..ނުލާ..” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޔަމްހާ […]
ރައްޓެހިވިތާ ހަފްތާއެއް ނުވަނީސް ލެޔާލްގެ ފަރާތުން ޝަކުވާތައް އަޑުއަހަން ޖެހުމުން އައްކިޔުން ހިތްހަމަ ނުޖެހެން ފެށިއެވެ.އޭނާ ހިތާހިތުން ލެޔާލަށް އެއްޗެހިކީ ނަމަވެސް، ލެޔާލްގެ ކުރިމަތީގައި އެއްޗެއް ނުބުނަން ކެތްކޮށްލައިގެން އިނެވެ. “އައްކިވެސް މިކަމަށް ހިތްވަރެއް ލާބަލަ….އައްކިއާ ހެދި ނޫޅޭ މީހަކާ ހެދި ހިތާމަ ކުރަމުންދާއިރު، އައްކިއަށްޓަކާ ގުރުބާންވާން ތައްޔާރަށް ތިބި މީހުންނާ ދުރަށް ތިދެވެނީ” އައްކިޔުން އެއްޗެކޭ ނުބުނެ އިނުމުން ލެޔާލް ބުނެލިއެވެ.ލެޔާލްގެ އެބުނެލުމުން އައްކިޔުންގެ ކެތްތެރިކަން ކޮޅުންލިއެވެ. “ލެޔާލް ހީކުރަނީ މީ ވަރަށް ފަސޭހަކަމެއް ކަމަށްތަ؟….މީ […]
” ހޫމް ރިޒްވާން…. ވަރަށް ޝޮކިން ދޯ ” ޔަނާ ބުނެލިއެވެ. ޔަނާ އެހެން ބުނުމުން އަހަރެން ގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަހަރެން ގެ ހިތަށް އެރިއެވެ. ހަމަ ގައިމު ވެސް ރިޒްވާން ޔާޝް ގެ ގިރުވާނުގައި ހިފަހައްޓައިގެން އިންދާ އަހަރެން އެދުވަހު ވަރަށް ރަންގަޅަށް ދެކުނީމެވެ. މީ ކޮންކަހަލަ ގެ ރައްޓެހިންނެއްހޭ އަހަރެންނަށް އަދި އަލަށް މި ފެނުނީ މިހެން އުޅޭ ރައްޓެހިން…. އެހެން ނޫނަސް އެއް އިރަކު ވެސް އަހަރެންނަށް ފިރިހެންނު އުޅޭ […]
“މަންމަ މިބުނާހާވެސް އެއްޗަކީ ފަތިސް ނަމާދުން ދުވަސް ފެށީމައޭ ދުވަސް ބާއްޖަވެރިވާނީ. ހައިދަރުވެސް ރޭގަނޑު ހޭލާ އުޅެފަ ފަތިހު ނިދާގޮތަށް ހެނދުނުގެ ސައިވެސް ތިބޮނީ އެހެން ކުދިން ކާގަޑީގަ.” އަމީރާ ގޮނޑި ކައިރިކޮށްގެން އިށީންނަމުން ބުނެލީ އޯގާތެރިކަމާއި އެކީގައެވެ. ދަރިފުޅު ހާޖަރުއަށް ދިން ނަސޭހަތެއް ނަމަވެސް ޖުމްލައިގެ ފަހުބައި ހައިދަރުއަށް އަމާޒު ކޮށްލީ އުޅުން އިސްލާހުވާން އެދޭވަރުންނެވެ. ކުއްލިއަކަށް ހައިދަރުގެ އަތުގައި ހުރި ހުދުކުލައިގެ މުށި ޖޯޑު ހޫރާލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ކާކޮޓަރީގެ ފާރުގައި ޖެހި، […]
” އަހަރެން ވަރަށް އަވަހަށް އަންނާނަން.. ޓޭކް ކެއަރ..” ދިޔާން ލިލިއަންގެ ގައިގާ ބައްދާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. ދިޔާންގެ ޢަމަލުން ހިތުގައިވީ އިޙްސާސްތައް ފުންވެގެން ދިޔަ ލިލިއަން ދެލޯ މަރާލަމުން ބޯޖަހާލިއެވެ. އެހިނދު ދިޔާން ލިލިއަން އާ ދުރުވެލަމުން ލިލިއަން ފަސްދީ ދާން ހިނގައިގަތެވެ. ގޭޓުން ނިކުމެގެން ކާރު ދަންދެން ލިލިއަން އަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތާއި ހިތުން ދިޔާން ވަރަށް އަވަހަށް އޭނާގެ ކައިރިއަށް އެނބުރި އައުމަށް އެދި ދުޢާ ކުރެވެމުން ދިޔައެވެ. ********** ދިޔާން ސިންގަޕޯރ […]
އިރުގެ އަލިކަމުން މުޅިދުނިޔެ އަލިކޮށްލީ މާލޭގެ މަގުތައް ހަލަބޮލިކޮށްލަމުންނެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން ދެކޮޅަށް ސްކޫލަށްދާން ހިނގަމުން ދާ ބެލެނިވެރިންނާ ދަރިންވަރުން ވެސް މަގުމަތީ ވަކި މަދެއް ނޫނެވެ. ވަޒީފާ އަށް ދާ މީހުންވެސް މަގުމަތިން ފެންނަމުން ދެއެވެ. މި ހަލަބޮލި މާހައުލުގައި މަގުގެއްލިފައިވާ މުސާފިރެއް ފަދައިން ހިނގަމުން ދިޔަ ލަމްހާ އަށް ކޮންމެ މީހަކުވެސް ބަލައިލައެވެ. މީހުންގެ ނަޒަރުން ކަސިޔާރު ވާން މި އަންހެން ކުއްޖާ މަސައްކަތް ވެސް ނުކުރާފަދައެވެ. ލޮލުން ކަރުނައަންނަމުން ދިޔައިރު ހުރިހާ […]
ލޮލުގައި އަވި އައިނު އަޅާލުމަށްފަހު ލައިގެން ހުރި ހުޑީ އިން ބޯވެސް ނިވާކޮށްލައިގެން ހިނގައިގަތީ ކުރިމަތީގައި އޮތް ހަނި ގޯޅިގަނޑެއްގެ ތެރެއަށް ވަދެގެންނެވެ. މީހަކު އޭނާއަށް ފާރަލަމުން ބޯކޮޅު ބަލަމުން ދިޔަކަމެއް ނޭނގިހުރެ ހައިދަރު ގޮސް ވަނީ ދެބުރިއަށް ހުރި ގެއަކަށެވެ. ގޭގެ ތިރީ ބައިގައި މީހުންނަށް ދިރިއުޅެވޭ ގޮތަށް ހުއްޓަސް މަތީބައި އަދި ހުރީ ރާނާ ހިޔާ ކުރި ގޮތަށެވެ. ގޭގެ ތެރެއަށް ވަދެގެން ދިޔައިރު ސިޓިން ރޫމްގެ ސޯފާގައި ޒުވާން ޖޯޑެއް ޓީވީ ބަލަން […]
ކޮޓަރި ދޮރުހުޅުވާލުމުން އެންމެންގެ ސަމާލުކަން އަހަރެންނަށް ހުއްޓުނެވެ. އެވަގުތު ޝިޔާނާ އާއި ވާހަކަ ދައްކަން ހުރި ނަރުސް ކުއްޖާ އައިސް އަހަރެން ގާތު ހުއްޓެމުން އޭނާ އަތުގައި އޮތް ފައިލަށް ބަލައިލާފައި ވާހަކަ ދައްކަން ފެށިއެވެ. ” ޑޮކްޓާރ، ޝީ އިޒް ސްޓޭބަލް ނައު. ” އަހަރެން ބޯ ޖަހާލުމަށްފަހު ނަރުސް ކުއްޖާ ގާތު ޑިސްޗާރޖް ޕޭޕާރ ރެޑީ ކޮށްލަން ބުނީމެވެ. އަހަރެންނަކީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. އަދި ޝިޔާނާ އެއީ އަހަރެންގެ ވީއައިޕީ ޕޭޝަންޓް […]