Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ލޯބި ވެވުމުން

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 24, 2018 5 Mins Read
14 Comments

ތަނަވަސް ބޮޑު ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރިއިރު އިމްނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މައިންބަފައިން ގަދަވެ ސަލާމަތުން ދުނިޔޭގައި ތިބި ނަމަވެސް އޭނާ ވަނީ ބިކަވެފައެވެ. ކުރެވުނު އެންމެ ކުށަކާއި ހެދި އޭނާއަށް ލިބެމުންދިޔަ މައިންބަފައިންގެ އިންތިހާއީ ލޯބިން އޭނާ ވަނީ މަޙުރޫމުވެފައެވެ. ކުޑަމިނުން އޭނާގެ އަމިއްލަ ގެއިންވެސް އޭނާއަށް ޖާގައެއް ނުލިބުނެވެ. އޭނާ ޙާލުގައި ޖެހި ރަށުތެރެއަށް ގިނަވި ދުވަހު އޭނާއަށް އެހީތެރިވެދިނީ އޭނާ އެމީހަކަށް އެންމެ ނަފުރަތުކުރި ހޫދުއެވެ. އޭރު ހޫދުއަށް ނަފުރަތު ކުރެވުނީތީ މިއަދު އިމްނާ ދެރަވެއެވެ. ހޫދުއަކީ އޭނާ ހީކުރި ކަހަލަ މީހެއް ނޫނެވެ.

“އިމްނާ..” ހޫދުގެ އަޑަށް އިމްނާ އަވަސްއަވަހަށް ދެލޯ ފޮހެލަމުން ފަސްއެނބުރި ބަލާލިއެވެ.

“ހިނގާ ސައިބޯން..” ހޫދު އޯގާތެރިކަމާއެކު އެހެން ބުނެލުމުން އިމްނާ ބޯޖަހާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހޫދުގެ ފަހަތުން ގޮސް ބަދިގެއަށް ވަތްއިރު ހުރީ ސައި ހަދާފައެވެ.

“އަހަރެން ކައިރީ ބުނެލިނަމަ..” އިމްނާ ބުނެލިއެވެ.

“މިއީ އެހާވަރުގެ ކަމެއް ނޫނެއްނު.. މި ހުރިހާ ދުވަހުވެސް އަހަރެން އަމިއްލައަށޭ ކައްކަނީ..” ހޫދު ހިނިތުންވެލަމުން ބުނެލިއެވެ. އިމްނާ އެއްޗެކޭ ނުބުންޏެއް ކަމަކު އޭނާ އިނީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ހޫދު އޭނާ އެގެއަށް ގެނައިސް އެއްވެސް ކަމެއް ކުރިޔަނުދީ އޭނާގެ ނޯކަރަކަށް ވެގެން މަސައްކަތް ކުރުން އޭނާއަށް ކަމުނުދަނީއެވެ.

ހޫދު ވަރަށް ކުޑައިރު އޭނާގެ މައިންބަފައިން ވަނީ ނިޔާވެފައެވެ. އެއަށްފަހު އޭނާ ދިރިއުޅުނީ ބޮޑުދައިތަ ޒުލްފާގެ ގާތުގައެވެ. ކިޔަވާ ނިމި އަމިއްލައަށް އުޅެވޭވަރު ވުމުން އޭނާގެ އަމިއްލަ ގެއަށް ބަދަލުވީއެވެ. އޭނާ ބޮޑުދައިތަގެ ގެއިން ނުކުންނާތީ ބޮޑުދައިތަ ދެރަވެގެން ވަރަށް އާދޭސްކުރިއެވެ. ނަމަވެސް ގެ ފަޅަށް ބަހައްޓާފައި އަބަދު ނޫޅެވޭނެކަމަށް ބުނަމުން އޭނާ ގެއަށް ބަދަލުވީ ބޮޑުދައިތަ ގާތަށްވެސް ދާނެކަމަށް ބުނެ ބޮޑުދައިތަގެ ހިތްހަމަޖައްސައިދީފައެވެ.

“މި ވަރަށް މީރުވާނެ.. ކާލަބަލަ..” މަސްހުނި ތަށި އިމްނާއާއި ގާތްކޮށްލަމުން ހޫދު ބުނެލިއެވެ. އިމްނާ ގަދަކަމުން ހީލިއެވެ.

“މީރުތަ؟ ތެދަށް ބުނައްޗޭ އިނގޭ..” ހޫދު އެހެން ބުނެލުމުން އިމްނާ ބޯޖަހާލިއެވެ. އިމްނާ ނޭފަތް ދަމާލި އަޑަށް ހޫދު ކާން އިނދެފައި ބަލާލިއެވެ.

“އިމްނާ ރޮނީތަ؟” ހޫދު ކަންބޮޑުވެފައި އަހާލިއެވެ.

“މިރުސްކޮޅެއް..” ކުޅިވިކަމަށް ހަދާފައި އިމްނާ ބުނެލިއެވެ.

“އަން.. އަވަހަށް ފެންފޮދެއް ބޯލާ.. އޭރުން ރަނގަޅުވެދާނެ..” ހޫދު އަވަސްއަވަހަށް ފެންތަށްޓެއް ދިއްކޮށްލަމުން ބުނެލިއެވެ. އިމްނާ އަވަސްއަވަހަށް ފެންފޮދެއް ބޯލިއެވެ.

“މިހާރު ރަނގަޅުތަ؟” ހޫދު އެހެން އަހާލުމުން އިމްނާ ބޯޖަހާލިއެވެ. ޙަޤީޤަތުގައި އިމްނާއަށް މިރުސްކޮޅެއް ކެވިގެން ކުޅިވީއެއް ނޫނެވެ. ހޫދުގެ ހިތްހެޔޮކަމާއި ރަނގަޅުކަމާއެކު އޭނާ ކުރިން ހޫދުއާއި ދިމާއަށް ކިޔާފައި ހުރި އެއްޗެހީގެ ސަބަބުން ދެރަވީއެވެ. ނަމަވެސް އޭނާ ރޯނަމަ ހޫދުގެ ނަޞޭޙަތްތައް އަޑުއަހަން ޖެހޭނެކަން އެނގޭތީ އޭނާ އެގޮތަށް ކަންތައް ކުރީއެވެ. ހޫދު އޭނާއަށް ހިތްވަރު ދިން ނަމަވެސް ކެތްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މައިންބަފައިން ތިބެމެ އެމީހުންގެ އެއްވެސް އެހީތެރިކަމެއް ނުލިބި އެމީހުންގެ ބަދު ބަސްތައް އަޑުއަހަމުން އުޅެން ޖެހުމަކީ ކިހާ ރިހުން އެކުލެވޭ ކަމެއްކަން އެނގޭނީ އެފަދަ ޙާލަތެއް ދިމާވެފައި މީހަކަށެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ހޫދުގެ ފަރާތުން އިންތިހާ ދަރަޖައިގެ އެހީތެރިކަމާއި އަޅާލުން ލިބެމުން ދިޔައެވެ. ލޮބުވެތި އަނތްބަކަށް ފިރިއަކު ޚިދުމަތް ކޮށްދޭހެން ހޫދު އިމްނާއަށް ޚިދުމަތްކޮށްދެމުން ދިޔައިރު އިމްނާއަށް ލަދުވެތިކަން އިހުސާސްވެއެވެ. ކަންބޮޑުވެއެވެ. ހިލޭ ފިރިހެނަކަށް އޭނާގެ ބުރަ އުފުލަން ޖެހޭތީއެވެ. ނަމަވެސް ހޫދު އެ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީ ކޮށްދޭ ހިތުންނެވެ. އިންސާނިއްޔަތަށްޓަކައެވެ. އޭނާ އިމްނާދެކެ ވީ ތެދުވެރި ލޯތްބަށްޓަކައެވެ.

އިމްނާ އިނީ ސިޓިންރޫމު ސޯފާގައި އިށީނދެލައިގެން ޓީވީން އަންނަމުންދިޔަ ލަވަ ޕުރޮގުރާމެއް ބަލާށެވެ. ޕުރޮގުރާމުގައި އަންނަމުންދިޔަ އެކި ލަވަތައް އޭނާގެ ޙަޔާތުގެ އެކި ޞަފުޙާތަކާއި ގުޅެމުންދެއެވެ. ލަވަތަކަށް ގެއްލިފައި އިންއިރު އޭނާގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ބައެއް ފަހަރު ހިތްދަތިވެގެންނެވެ. އަނެއްބައި ފަހަރު ފޮނި ހަނދާންތަކެއްގެ ސަބަބުންނެވެ. މިފަދަ ގޮތަކަށް އެއް ގަޑިއިރު ހޭދަވެގެން ދިޔަގޮތްވެސް ނޭނގުނެވެ. އިމްނާގެ ހަރަކާތްތަކަށް ބަލަން ހޫދު ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އޭނާގެ ހިތުގައި ސުވާލު އުފެދެއެވެ. އިމްނާއަށް ދިމާވި ޙާދިސާގެ ޙަޤީޤަތް އޭނާއަށް ނޭނގުނަސް އިމްނާއަށް ދިމާވެފައިވަނީ ކުޑަކަމެއް ނޫނެވެ. ނޫންނަމަ އިމްނާއަށް އެ ޙަޤީޤަތް ކިޔައިދޭކަށް އެހާ އުނދަގޫވެގެން ނުވާނެއެވެ.

“ދަރިފުޅާ..” އިމްނާ އޭނާގެ ހަތަރު މަހުގެ ބަނޑުގައި ފިރުމާލިއެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ހިތާމައެއް ކުރިމަތިވީ އެ ދަރިފުޅު އޭނާގެ ބަނޑުގައި އަށަގަތުމުން ކަމަށް ވިޔަސް އޭނާގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް އެ ދަރިފުޅުގެ މައްޗަކަށް ނެތެވެ. އެކަމުގައި އެ ކުއްޖާގެ އެއްވެސް ކުށެއް ނެތީމައެވެ. އޭނާގެ ހިތުގައި މައިވަންތަކަމުގެ ކުލުނު އުތުރި އަރަމުން ދިޔައެވެ.

“އިމްނާ..” އިމްނާގެ ގާތުގައި، ސޯފާގައި އިށީންނަމުން ހޫދު ގޮވާލިއެވެ. އިމްނާ އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ. ނަމަވެސް މިފަހަރު ހޫދުގެ ކިބައިން ސަލާމަތް ނުވެވޭނެކަން އިމްނާއަށް އެނގެއެވެ.

“އިމްނާ.. އަބަދު ތިހެން ރޮއި ހިތާމަ ނުކޮށްބަލަ.. މިހާރު އިމްނާ ތި އިނީ ބަލިވެ.. އިމްނާ އަބަދު ރޮއި ހިތާމަކުރަންޏާ ބަނޑުގައިވާ ދަރިފުޅަށްވެސް އޭގެ އަސަރު ކުރާނެ.. އިމްނާ ބޭނުންތަ ތި ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބެން؟” ހޫދު ވަރަށް އޯގާތެރިކަމާއެކު ވިސްނައިދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

“ނޫން.. އަހަރެން މި ދަރިފުޅަށް އެއްވެސް ގެއްލުމެއް ވާކަށް ނޭދެން.. ހޫދު.. އަހަރެންވެސް ކެތްކުރަން މަސައްކަތް ކުރަމޭ.. އެކަމަކު އަހަރެންނަށް މި ދިމާވި ކަހަލަ ކަމެއް ދިމާވި މީހަކަށް އެނގޭނީ މިކަމުގައި ހުރި ވޭން..” އިމްނާ ރޮއިރޮއިފައި ބުންޏެވެ.

“އަހަރެންނަށްވެސް ވަޒަންކުރެވޭ އިމްނާގެ ތި ވޭންތައް.. އަހަރެންނަށް އެނގޭ އިމްނާ ހިތާމަކުރާ ސަބަބު.. އިމްނާގެ މައިންބަފައިން އިމްނާ ބަލައިނުގަތުން.. ރަށުތެރެއިން އިމްނާއަށް މީހުން ކުރާ މަލާމާތް.. އަހަރެންނަކަށް ނޭނގެ އިމްނާގެ ބަނޑުގައި ތިއޮތް ދަރިފުޅުގެ ބައްޕައަކީ ކާކުކަމެއް.. އެކަމަކު އަހަރެންނަށް ޔަޤީންވާ ކަމަކީ އިމްނާ އެފަދަ ނުބައި ފާފައެއް ނުކުރާނެކަން..” ހޫދު ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

“ހޫދުވެސް ތިހެން ތި ބުނަނީ އަހަރެން މިތާ ހުންނާތީ.. އަހަރެން ދެރަވެދާނެތީ.. އަހަރެންގެ މައިންބަފައިން އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑު އަހަންވެސް ބޭނުން ނުވިއިރު، އަހަރެންނަށް އިތުބާރު ނުކުރިއިރު ދުރު ހިލޭ މީހަކު އަހަރެންގެ ވާހަކަތައް އަޑު އަހާ އިތުބާރު ކުރާނެކަމަށް އަހަރެން ޤަބޫލުކުރާނީ ކިހިނެއް؟” އިމްނާ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.

“ނޫން އިމްނާ.. އަހަރެން އިމްނާއަށް ފުރިހަމައަށް އިތުބާރުކުރަން.. އިމްނާ މިގޭގައި ހުންނަ ހުރުމަކީވެސް އަހަރެން އިމްނާއަށް ކުރާ އިތުބާރުގެ ހެއްކެއް.. އަހަރެން އިމްނާ މިގެއަށް ގެންނަން ނިންމީތީ އަހަރެންގެ ރައްޓެހިންވެސް އަހަރެންދެކެ ރުޅިއައި.. ބޮޑުދައިތަވެސް އަހަރެންދެކެ އިންތިހާއަށް ރުޅިއައި.. އަމިއްލަ އަތުން އަމިއްލަ ނަން ހުތުރުކޮށްނުލާށޭ ބުނި.. އެކަމަކު އަހަރެން ޤަބޫލުކުރީ ޙާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވުމުން އަހަރެންނަށް ލިބޭނެ ދެރައެއް ނޯންނާނެޔޭ.. އިމްނާއަކީ ގޯސް ކުއްޖެއް ނޫނޭ..” ހޫދު ބުނެލިއެވެ.

“އަހަރެން ހޫދުއާއި ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް؟ އަހަރެން ހޫދުގެ ސިފައަށް މަލާމާތް ކުރިން.. ލޯބި ބޭނުމިއްޔާ އަމިއްލައަށް ދަންޖެހޭށޭވެސް ބުނިން.. އެކަމަކުވެސް ހޫދު އަހަރެންނަށް ތިހާ ހެވީ ކީއްވެ؟” އިމްނާ އަހާލިއެވެ.

“ލޯބިވާތީ..” އިމްނާއަށް ދެލޯ މަރާލެވުނެވެ. އޭނާދެކެ އެހާ ލޯބިވާ މީހަކު ހުރެދާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ލޯބީގެ ދަޅައާއި ޙަޤީޤީ ލޯބި ކުރިން އޭނާއަށް ވަކިނުވީ ކީއްވެ ހެއްޔެވެ؟ އެހެން ނޫންނަމަ މިއަދު އޭނާ އެ ހިތާމަ ކުރާކަށް ނުޖެހުނީއެވެ.

“އިމްނާ.. އަހަރެން ސުވާލެއް ކޮށްލަންތަ؟” ހޫދު އަހާލިއެވެ.

“ތި ކުރަން އުޅޭ ސުވާލު އަހަރެންނަށް އެނގެޔޭ ބުނެފިއްޔާ؟”

“ޖަވާބު ލިބޭނެކަމުގެ އުއްމީދުގައި އިންތިޒާރު ކުރާނަން..” ހޫދު ބުނެލިއެވެ.

“ހޫދު ބޭނުންވަނީ އަހަރެންނަށް މިހެން ދިމާވި ސަބަބު އޮޅުންފިލުވާކަށްނު ދޯ؟” އިމްނާ އެހެން އަހާލުމުން ހޫދު ބޯޖަހާލިއެވެ. އިމްނާ ފުން ނޭވައެއް ބޭރުކޮށްލާފައި އޭނާގެ ޙަޔާތުގެ ޞަފުޙާތައް ހޫދުއަށް ކިޔައިދޭން ފެށިއެވެ.

***** ***** *****

އެއީ އަހަރެން ކިޔަވަން މެލޭޝިޔާގައި ހުރިއިރެވެ. އަހަރެން އުޅޭ ކޮލެޖުގައި އަހަރެންނާއި އެއް ކުލާހުގައި އުޅޭ ޝާމިލްގެ ސޫރައަކީ ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުގައި ފެވުނު ސޫރައެކެވެ. އޭނާގެ އެ ފުރިހަމަ ސޫރަ އެހެން އިންސާނަކަށް ދެއްވާފައެއް ނުވާނެޔޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންނެކޭ އެއްގޮތަށް އޭނާވެސް އަހަރެންނަށް ފާރަލާކަން އަހަރެންނަށް އެނގެއެވެ. އޭނާގެ ރައްޓެހި ކުދިންތަކެއްގެ ގާތުގައި އަހަރެން ކަމުދާ ވާހަކަ ބުނި ދުވަހު އަހަރެން ވީ އުފާ ބުނެދޭނެ ގޮތެއްވެސް ނޭނގެއެވެ.

އަހަރެންގެ ވިހިވަނަ އުފަންދުވަސް ފާހަގަކުރަން ކުލާހުގެ ކުދިން އަހަރެންނަށް ސަޕްރައިޒް ޕާޓީއެއް ބޭއްވިއެވެ. އެ ޕާޓީއަށްވުރެ ބޮޑަށް އަހަރެން ހައިރާންވީ ޝާމިލް ހުރިހާ ކުދިންގެ ކުރިމަތީގައި އަހަރެންނަށް ލޯބި ހުށަހެޅުމުންނެވެ. ލޯބީގެ ފިލުމުތަކުން ފެންނަހެން އެއް ކަކޫމައްޗަށް ތިރިވެ އިނދެ ރަތް ފިނިފެންމަލެއް ދިއްކޮށްލަމުން އޭނާ އެހެން ބުނެލި ގޮތުން އަހަރެންގެ ހިތް ފުރުނެވެ. ދެމީހުންގެ ލޯބި ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިޔައެވެ.

ކޮލެޖުގެ ކިޔެވުން ނިމެން ވަރަށް ގާތްވެފައި އޮއްވާ ޝާމިލް އަހަރެންގެ ގާތުގައި ކައިވެންޏަށް އެދުނެވެ. އަހަރެންގެ މައިންބަފައިންނަށް އިހަށް އެގުޅުމުގެ ވާހަކަ އަންގާކަށް ޝާމިލް އެއްބަހެއް ނުވިއެވެ. އަހަރެންނަށް ޝާމިލްގެ މައްޗަށް އޮތް އިތުބާރާއި ލޯތްބެއްގެ ސަބަބުން އަހަރެންނަށް ކަތި ފިޔަވަޅެއް އެޅުނީއެވެ. މައިންބަފައިންނަށް އަންގާލުމެއްވެސް ނެތި އަހަރެން ޝާމިލްއާއި ކައިވެނިކުރީ އަހަރެންގެ ވަލީވެރިޔަކު ދުނިޔޭގައި ނެތްކަމަށް ބުނެ ކޯޓުން ވަލީ ހޯދައިގެންނެވެ. ކައިވެނިކޮށްގެން އަހަރެމެން އުޅުނީ ވަރަށް އުފަލުގައެވެ. ޝާމިލްގެ ފަރާތުން އިންތިހާއަށް ލޯބި ލިބެމުން ދިޔައެވެ.

ކައިވެންޏަށް ތިންމަސް ވީތަނާ އަހަރެންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެންނަށް ދިމާވަމުން ދިޔަ ކަންތައްތަކުން އަހަރެން ބަލިވެ އިނީކަން ކަށަވަރުވިއެވެ. ޝާމިލް ގާތުގައި އެވާހަކަ ބުނުމުން އޭނާ ކަންތައްކުރީ އަހަރެން ދުވަހަކުވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. އޭނާ އަހަރެން ވަރިކުރީއެވެ. ކައިވެނި އޮތީ ރާއްޖޭގައި ރަޖިސްޓްރީ ނުކޮށެވެ. ކައިވެނީގެ ސެޓްފިކެޓާއި ހުރިހާ އެއްޗެއް ހުރީ ޝާމިލް އަތުގައެވެ. އަހަރެންނަށް އަންގާލުމެއްނެތި އޭނާ އެ ހުރިހާ އެއްޗެއް ނައްތާލިއެވެ. އޭނާއަކީ މުއްސަންޖެއް ކަމުން އޭނާގެ ނުފޫޒުން އަހަރެންނަށް ކޯޓުން އެއްވެސް ހެއްކެއް ހޯދޭނެ މަގު ބަންދުކުރިއެވެ. އޭނާ އަހަރެންދެކެ ލޯބިނުވާ ކަމަށް ބުނި ދުވަހު އަހަރެންގެ ހިތް ކުދކުދިވިއެވެ. އޭނާ ބޭނުންވީ އަހަރެންގެ ފަރާތުން ދުނިޔަވީ އަރާމު ހޯދާށެވެ. އޭނާ އަހަރެންނާއި ކައިވެނި ކުރީ ކައިވެނީގެ ބޭރުން އަހަރެން އޭނާއަށް އެ ފުރުޞަތު ނުދިނުމުންނެވެ.

އަހަރެން އެނބުރި ރާއްޖެ އައީ ކޮލެޖުން ރަން ވަނައެއް ހިފައިގެންނެވެ. ނަމަވެސް އަހަރެންގެ ބަދުނަސީބުކަމުން އަހަރެން އައި ދުވަހު މަންމަމެންގެ ފަރާތުން ހޫނު މަރުޙަބާއާއި ހެޔޮ ދުޢާތަކުން ފުރިފައި އިރު އޮއްސުމާއެކު އެ ހެޔޮދުޢާތައް ބަދުދުޢާއަށް ބަދަލުވެއްޖެއެވެ. މުޅި ދުނިޔެއަށް ފަޟީޙަތްވެ މީހުންގެ މަލާމާތުގެ ބަސްތައް އަޑުއިވެން ފެށިއެވެ. އަހަރެން ގެއިން ބޭރުކޮށްލިއެވެ. އަހަރެންގެ މައިންބަފައިން މަރުވެއްޖެކަމަށް ބުނެފައެވެ. އަހަރެންނާއި ހޫދު ދިމާވީ އެރޭ އަހަރެން ގެއިން ނެރުމުން ދާނެ ވަކި ތަނެއް ނެތި ހިނގަމުން ދަނިކޮށެވެ.

***** ***** *****

“އެއީ ހާދަ ނުލަފާ މީހެކޭ.. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތެއްނު..” ހޫދު ރުޅިއައިސްފައި ބުންޏެވެ.

“ކީއްކުރާނީ؟ އެއީވެސް އިންސާނުންގެ ތެރޭ އުޅޭ ބައެއް.. ދެރައީ އެއްވެސް މީހަކު ހަޤީޤަތް ހޯދަން މަސައްކަތް ނުކުރާތީ.. އަހަރެން ބޭޒާރުވީ އަހަރެންގެ އެއްވެސް ކުށެއްނެތި.. މީހަކަށް މާބޮޑަށް އިތުބާރު ކުރެވި ލޯބި ވެވުމުން..” އިމްނާ ބުންޏެވެ.

“ދެރަނުވޭ.. އިމްނާ ބޭނުން ދުވަހެއް ވަންދެން އިމްނާއަށް މިގޭގައި ހުރެވޭނެ.. އިމްނާ ވިހެއުމުން އިމްނާގެ ދަރިފުޅަށް އަހަރެން ބައްޕައެއްގެ ލޯބިދޭނަން.. އިމްނާ ޤަބޫލުނަމަ އަހަރެން އިމްނާއާއި ކައިވެނިވެސް ކުރާނަން..” ފުރުޞަތު ލިބުމުން ހޫދު އޭނާގެ ހިތް ހުޅުވާލިއެވެ.

“އަހަރެން ކީއްވެ ޤަބޫލު ނުވާންވީ؟ އަހަރެން މިހާރު ލަދުގަނޭ އޭރު ހޫދުއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން.. އަހަރެންނަށް މާފުކުރޭ..” އިމްނާ މާފަށް އެދުނެވެ.

“އަހަރެން އިމްނާއަށް މާފުކުރިތާ ކިތަންމެ ދުވަހެއް.. އިރާދަކުރެއްވިއްޔާ އިމްނާއަށް ދެން ހިތާމަކުރާކަށް ނުޖެހޭނެ.. އަހަރެން އިމްނާދެކެ ވަރަށް ލޯބިވޭ..” ހޫދު ބުނެލިއެވެ. އިމްނާ ހޫދުގެ ގައިގައި ބައްދާލިއެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 6

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 24

Next
October 24, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 24

Previews
October 23, 2018

ހޯދޭތޯ މަންޒިލެއް… 6

14 Comments!

  1. Love U?? says:
    October 24, 2018 at 7:19 am

    VARAH reethi Shaamil ulheythy vrh unique??

    1. Saandy says:
      October 24, 2018 at 8:37 am

      Shukuriyya Love U 🙂

  2. liyaa says:
    October 24, 2018 at 8:06 am

    adie furihamaye nuveyy dhw aslu vaahakaye imnaage dari fulhuge hageegae angan jeheyy dhw aslu …mashaa allah vaahaka hama reethi ☺???

    1. Saandy says:
      October 24, 2018 at 8:39 am

      Shukuriyya liyaa.. Thi faalhukolli khiyaalahves shukuriyya.. Dhen faharakun ran’galhu kolleveythoa balaanan 🙂

  3. Nunama says:
    October 24, 2018 at 11:44 am

    Very nice story. Waiting for your next story

    1. Saandy says:
      October 24, 2018 at 1:21 pm

      Thank You Nunama 🙂

  4. noddy says:
    October 24, 2018 at 1:57 pm

    wow! i really love it. cant wait for next story!!!

    1. Saandy says:
      October 25, 2018 at 9:00 am

      Thank You noddy 🙂

  5. Shaya says:
    October 24, 2018 at 2:39 pm

    Love the story????…keep it up!!..

    1. Saandy says:
      October 25, 2018 at 9:00 am

      Thank You Shaya 🙂

  6. Naadhee says:
    October 24, 2018 at 5:49 pm

    Nice

    1. Saandy says:
      October 25, 2018 at 9:01 am

      Thank You Naadhee 🙂

  7. Ju?a says:
    May 28, 2019 at 3:13 pm

    Saaandy mihaaru liyany hus kuru vhk tha????saandy are you fromm male’?????

    1. Saandy says:
      July 2, 2019 at 8:01 am

      I’m not from Male’.. Mi dhuvaskolhu dhigu vaahakaeh liyamun midhany.. Ekam neynge evaahaka kiyaalan libeynee kihaa thaaku kon site akun kameh 🙂

Comments are closed.



All Right Reserved!