Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންސާފް (4)

Nashy Level 110 Stories
October 23, 2018 2 Mins Read
5 Comments

އެއްރެެެއެއްގެ ދަންވަރުގެ ވަގުތެވެ. ލީޝާ އިނީ ފޮތެއްގެ ވާހަކަ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ކިޔާން އޮތީ ގަދަ ނިދީގައެވެ. ގަޑީގެ ސިކުންތު ކަށި ހިނގާ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. ކުއްލިއަކަށް ލީޝާ ސިހިގެން ދިޔައީ ބޭރުން އިވުނު އަޑަކުންނެވެ. ލީޝާ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައި ބަލާލިއެވެ. އަދިރިކަމުން އެއްވެސް އެއްޗެއް ފެންނަވަރެއް ނުވެއެވެ….އަނެއްކާވެސް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ކުއްލިއަކަށް އޭނާއަށް ހުއްޓެވުނީ ސިޓިންގރޫމް މެދަކާ ހިސާބުގައި މީހަކު ހުއްޓިހުރިހެން ހީވެގެންނެވެ. އެމީހަކު ހުރީ ފުރަގަސްދީގެންނެވެ. އެމީހާ މަޑުމަޑުން ކުރިޔަށް ހިނގައިގެނަފިއެވެ. ލީޝާވެސް މަޑުމަޑުން ކުރިޔަށް ދެތިން ފިޔަވަޅު އަޅާލިއެވެ. ސިޓިންގރޫމް ދޮރުހުޅުވިއްޖެއެވެ. އެމީހާ ވެސް މަޑު މަޑުން ބޭރަށް ނުކުމެއްޖެއެވެ. ލީޝާ އެހުރިތާގައި ހުރީއެވެ. ނަމަވެސް ނޭގޭ ބާރަކުން ލީޝާ ގެއިން ބޭރަށް ގެންދަންފަށައިފިއެވެ. އޭނާއަށް ހޭވެރިކަން ވީއިރު ހުރީ ވަލުތެރޭގައެވެ. ކުއްލިއަކަށް މުޅިތަން އަލިވާން ފަށައިފިއެވެ. މުޅި ހިސާބުގައި އަލިފާން ރޯވަނީއެވެ. ލީޝާއަށް ބާރަށް ހަޅޭއްލަވަންފެށުނެވެ.
“ލީޝާ” ލީޝާއަށް ހޭލެވުނީ ކިޔާން ގޮވަންފެށުމުންނެވެ. ހޭލެވުމާއެކު ރޮވެންފެށިއެވެ. ފަތިސް ވިއިރުވެސް އޭނާއަކަށް ނުނިދުނެވެ.
އޭގެ ފަހުން ވޭތުވާ ކޮންމެ ރެޔަކު އެބިރިވެރި ހުވަފެން ފެންނަމުންދެއެވެ. ލީޝާއަށް ހަމަ ނިދި ނުލިބެއެވެ. އަބަދުމެ ހުންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކިޔާންވެސް މިކަމާ ކަންބޮޑުވާން ފެށިއެވެ. ނަމަވެސް ފެންނަ ހުވަފެނެއް ކަމުން ލީޝާ އަށް ވިސްނައިދެމުންދެއެވެ. ނަމަވެސް ލީޝާއަކަށް އެކަމެއް ޤަބޫލެއް ނުކުރެވެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެފެންނަ ހުވަފެންތަކުގައި ހަގީގަތެއް ވާނެއެވެ.
ހަވީރުގެ ވަގުތެވެ. ގެއަށް އައިސް އެވަނީ ސީމާއެވެ.
“ހިނގާބަލަ ހިނގާލަން ދާން” ސީމާ ސޯފާގައި އިށީންނަމުުން ބުންޏެވެ.
“ލީޝާ ކޮންކަމަކާތަ ތި ވިސްނަނީ.. ބަލާބަލަ މީހާއަށް އައިސްހުރި ބަދަލު.. އަނެއްކާ މައްސަލައެއް ޖެހުނީތަ..”
“ނުވޭ އެއްވެސް ކަމެއް. ކިޔާން ވަރަށް ރަގަޅު” ލީޝާ ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ.
” މާ ބޮޑަށް ފޫހިވަނީދޯ ގޭގަ އެކަނި އިންނަން ޖެހޭތީ.. ހިނގާބަލަ ދެން ބޭރަށް ގޮސްލަން.. ” ސީމާ އިންތަނުން ތެދުވިއެވެ.
“އާނ.. ހިނގާ ދޯ”… ލީޝާ، ސީމާއާއެކީ ބޭރަށް ނުކުންނަން ހިނގައިގަތެވެ.
ލީޝާމެން ދިޔައީ އަތިރިމައްޗަށެވެ.އެމީހުންނާއި ތަންކޮޅެއް ދުރުގައި ދެމެފިރިއަކާއި ތުއްތުކުއްޖެއް ހުއްޓެވެ.
“އެތިބީ އައިޝާގެ ދެމަފިރިން” ސީމާ މިހެން ބުނިއިރު އައިޝާ އެމީހުންނަށް ހަނާއަޅަނީއެވެ. އައިޝާއަކީ ސީމާގެ ދެބެންގެ ދެދަރި ކުއްޖެކެވެ.
“އަހަރެން އެބަ އަންނަން އައިޝާ ކައިރިޔަށް ގޮސްލާފަ” ސީމާތެދުވެ ހިނގައިގަތުމުން ލީޝާ އަތުގައި އޮތް ފޯނާއި ކުޅެންފެށިއެވެ. ލީޝާ ފަސްއެބުރި ބަލާލީ މީހަކު ފަހަތުގައި ހުންނަހެންހީވެގެންނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސީމާވެސް އޭރު ހުރީ އައިޝާމެންނާ ދާދިގާތުގައެވެ.
އަތިރިއަށް ނުކުންނަން ހަދާފައިވާ ހަނިމަގުން މީހަކު ވަރަށް އަވަހަށް ވަންނަތަން ފެނިއްޖެއެވެ. ލީޝާ އެދިމާއަށް ހިނގައިގަތެވެ. މިހާރު އެހުރީ އެމަގުގައެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލީޝާ އެބުރި އަތިރިއަށް ނިކުންނަން ހިނގައިގަތް ވަގުތު އޭނާގެ ކޮނޑުމަތީގައި މީހަކު އަތްބާއްވާލިހެން ހީވެއްޖެއެވެ. މަޑުމަޑުން ފަސްއެބުރި ބަލާލިއެވެ. ހަޅޭއްލަވައި ގަނެވިއްޖެއެވެ. އެއީ ހަމަ އެ ސޫރައެވެ. ހުވަފެނުގަ އެ ފެންނަ ބިރުވެރި މީހާއެވެ. އެމީހާގެ މުޅި މޫނުވަނީ ފިހިފައެވެ. ފިހުމުގެ ސަބަބުން ލާފައިވާ ފޮޅުތައް ކަޑައިގެންގޮސް ފާދިޔަތައް ފައިބަނީއެވެ. ސަލާމަތުން އިނީ ލޯ އެކަންޏެވެ. ލީޝާއަށް ދުއްވާ ގަނެވިއްޖެއެވެ. ވަރުބަލިވަންދެން ދުވިއެވެ. އޭނާ ހުއްޓުނީ އެއްވެސް ވަރަކަށް ދުވާނެ ބާރު ނެތުމުންނެވެ. އޭނާ ވަށައިގެން ބަލާލިއެވެ. އެހުރެވުނީ ހަމަ ކުރިންވެސް ހުރިތަނުގައެވެ. އެކަމަކު އެމީހާއެއް ފެންނާކަށް ނެތެވެ.
“ކަލެއަކަށް އެއްވެސް ތަނަކަށް ނުދެވޭނެ” އެއަޑު އައީ ލީޝާއާ ވަރަށް ކައިރިންނެވެ.
އެމީހާ އެހުރީ ލީޝާއާ ދާދިގާތުގައެވެ. ލީޝާއަށް ބިރުންގޮސް ރޮވެންފެށުނެވެ. މުޅިމީހާތުރުތުރުއަޅައެވެ.
“ލީޝާ” “ލީޝާ” މާދުރުން ސީމާ ގޮވާއަޑު އިވެންފަށައިފިއެވެ.
ލީޝާއަށް ބަލާލެވުނުއިރު ސީމާ އޭނާއާ އަރާހަމަވަނީއެވެ. ދެންބަލާލީ އެބިރުވެރި މީހާ ހުރިތޯއެވެ. ފެންނާކަށް ނެތެވެ.
“ކިހިނެތްވެފަތަ މިތާތިހުރީ…..” ސީމާގެ ޖުމްލަ ރަގަޅަށް ނުނިމެނީސް ލީޝާއަށް ރޮއިގަނެވިއްޖެއެވެ.
“ކީއްވެތަ ތިހާ ބިރުގަނެފަ ތިހުރީ؟؟” ސީމާކުރި އެއްވެސް ސުވާލަކަށް ލީޝާއަކަށް ޖަވާބެއް ނުދެވުނެވެ.
“ހިނގާ އަވަހަށް ގެއަށްދާން” ސީމާއަށް ކަމެއް ގޯސްވެއްޖެކަން ޔަޤީންވެއްޖެއެވެ……. ( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

ފުޅައްޓޭ

Next

ލޯބިން

Next
October 23, 2018

ލޯބިން

Previews
October 23, 2018

ފުޅައްޓޭ

5 Comments!

  1. Queen ? says:
    October 23, 2018 at 12:26 am

    Yeahhhhhh… Mee first dhw… Reethi akamaku vaahaka v v v kuru…. So unmeedhu kuran dhigu koh ganes dheyna kamah??

    1. Nashy says:
      October 23, 2018 at 11:19 am

      ❤️

  2. Hajja says:
    October 23, 2018 at 12:45 am

    Maa kurukoh genes dhinèema varah sakaraai.. next time dhigukollahchey.. v nice story..

  3. Nia says:
    October 23, 2018 at 12:56 pm

    Maa kuree.ekam v nice..??

  4. JINNI says:
    October 23, 2018 at 6:59 pm

    Varah habeys mi vaahaka ekamaku kudakoh dhigu kolaa ?????✌?

Comments are closed.

Next Episodeއިންސާފް (5)←


All Right Reserved!