Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 24

Sh@_n@ Level 410 Stories100 Comments100 Login
October 24, 2018 5 Mins Read
20 Comments

“އާނ, ކުޅަދާނަވާނެ, އެކަމް އަދި މިއުޅެނީ އެ ކުޅަދާނަ ކަމުގަ އެންމެ ބޭނުންވާ މީހާ ބަނދެނުލެވިގެން, އަދި ވާނެ, ދެން އެވާހަކަ ބާއްވާފަ މިތަނުން ދޭ” ނަޢުހާ ވާހަކަ ކުރުކޮއްލަމުން ބުނެލިއެވެ. އެވަގުތަކީ ދޮރުގައި މީހަކު ޓަކި ޖެހި ވަގުތެެވެ. ދެމީހުންނަށްވެސް އަކަކު އަނެކަކުގެ މޫނަށް ބަލާލީ ދެން ހަދަންވީ ގޮތް ނޭނގި ހުރެއެެވެ.
މަޑުކޮއްލާށޭ ބުނުމަށްފަހު ފަޒީލް ކައިރީ ފާހާނާއަށް ވަނުމަށް ބުނުމަށްފަހު ނަޢުހާ އަވަސް އަވަހަށް އެއްޗެހި ލިޔެވެ. އަދި ދުވެފަ ގޮސް ދޮރު ހުޅުވާލިއެވެ

ކުރިމަތީ ހުރި ނަޢުހާގެ މަންމަ ފެނިފައި ނަޢުހާގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. އެހެންނަމަވެސް ހަމަޖެހިލަމުން ދޮރު ކަނީގައި އަތް ވިއްދާލާ ކިހިނެއްވީހޭ އަހައިލިއެވެ.

“ދަރިފުޅާ، ކީއްތަ ތިކުރަނީ, އެ ފަޒީލް ވީ ތަނެއް އެނގޭތަ, ކޮންއިރެއް ހޯދާތާ” ނަޢުހާ މަންމަގެ ސުވާލުން ނަޢުހާގެ ގައިން އޮއްދާ ހިއްލަން ފެށީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު ހުއްޓެވެ.ނަޢުހާގެ މަންމަ ޝައްކުގެ ނަޒަރަކުން ނަޢުހާގެ މޫނަށް ބަލާލުމަށްފަހު ކޮޓަރިއަށް ބޯ ދިއްކޮއްލީ ހިތުގެ ކަނަކުން ނުބައި ސިގުނަލެއް ދިނުމުންނެވެ. ނަޢުހާ ނުވިސްނާ ހުރުމުގެ ސަބަބުން އެނދުމަތީގައި އޮތް ގަމީސް ނަޢުހާގެ މަންމަގެ ލޮލުގައި އަޅައިގަތެވެ.

” މީ ކޮން ކަމެއް” އެނދުމަތީގައި އޮތް ގަމީހަށް އިޝާރާތް ކުރަމުން ނަޢުހާގެ މަަންމަ އަހާލިއެވެ.

” ނަޢުހާގެ ދެލޯ ބޮޑުވީ އެނދުމަތީގަ އޮތް ފަޒީލްގެ ގަމީސް ފެނިފައެވެ. ކުއްލިއަކަށް މިކަހަލަ ކަމެއް ދިމާވުމުން ފަޒީލް އަށްވެސް ފާހާނާއަށް ވަދެވުނީ ގަމީސް ބާއްވާފައެވެ.

“އޯ, ތިހެން ބުނީމަ މި ހަނދާންވީ, ފަޒީލް ވީ މޫދަށް ގޮސް،, އެއީ އޭނަ އިސްތިރި ކޮއްދޭށޭ ކިޔާފަ ގެނެސްދިން އެއްޗެއް, އަހަރެން މިހުރީ ހަނދާން ނެތިފަ, ދެން ދޭބަލަ މަށަށް ކޮފީ ތައްޓެއް ހަދާދެން, މިކަން ނިންމާލާފަ މިދަނީ, މިހެންބުނެ. ނަޢުހާގެ މަންމަ އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ ދޮރު ލައްޕާލިއެވެ. އަދި ދޮރުގައި ލެގިލައިގެން ހުރެ, ކިރިޔާއޭ ސަލާމަތް މިވީ ބުނެލިއެވެ.

ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. ޖެހެމުންދާ ފިނިފިނި ރޯޅިން ހިތަށް ހިތްހަމަޖެހުން ގެނެސްދެއެެވެ. އެހެންދުވަސްތަކޭވެސް އެއްގޮތަށް ކުޑަކުދިންނާއި ބޮޑެތިމީހުން ހަވީރު ފިންޏަށް ކޮޅުކޮޅު މައްޗަށް ހިނގަމުންދެއެވެ.
ޒުވާން ބޮޑު ގުރޫޕަކާ އެކު އަތިރިމައްޗަށް ދެވެން އޮންނަ މަގުގެ ކަނަކަށް ވާގޮތަށް ފަޒީލް އެމީހުންނާއެކު ތިއްބެވެ. އެވީ ދުވަސްކޮޅުގެ ތެރޭގައި ފަޒީލްވަނީ އެރަށުގެ އެންމެ ބޮޑު ގުރޫޕާ އެކުވެރިކަން އުފެދިފައެވެ.

“އޭ, އެހެރަ އަންނަނީ ސާރާ, ކާކަށް ކެރޭނީ ބެހިލަން” ހަފްސީ މިހެން ބުނުމާއެކު ފަޒީލް ތިމަންނަ ކޮއްފާނަމޭ ބުނެ ސާރާ އަންނަ ދިމާލަށް ބަލާލާ ކަނބުލޯ…… މިހެން ބުންޏެވެ. ފަޒީލްގެ އަރު ތެރެއިން އިތުރަށް އެންމެ ބަހެއްވެސް ނުނިކުތެވެ. އަޑު ކަރުބުޑުގައި ތާށިވި ކަހަލައެވެ. ސާރާ އެމީހުންގެ ކުރިމަތިން ފަސްދީ ދިޔައިރުވެސް ފަޒީލް ސާރާ ދިޔަ ދިމާލަށް ބަލަން އިންގޮތަށް އިނީއެވެ.

” ވަރު އަރުވާލާފަ، ތިމަންނައޭ ބުނި މީހާއަށް އެއްވެސް ކަމެއް ނުވިއެއްނު, އަދިވެސް ފޮނި ކަނޑާ” ހަފްސީ ފަޒީލްއަށް ދިމާކުރުމުގެ ގޮތުން ބުނެލިއެވެ.

” އޭ ބުނަން, ފޮނި ކެނޑީކީ ނޫން އިނގޭ, އަހަރެން ގެއަކަށް ދާންވެގެން އެގެ ހުންނަ ތަނެއް ނޭނގިގެން އެކުއްޖާ ކައިރީ އެހީމަ އެކުއްޖާ މަށަށް އެހީވީ, އޭގެ ބަދަލު ނުވާނެ ދޯ އަހަރެން އެކަހަލަ ގޮތަކަށް ދޭކަށް” ފަޒީލް ހަފްސީއަށް ރައްދު ދެމުން ބުނެލިއެވެ.

” ތިޔެއް ނޫން ވާގޮތަކީ, އެ މަންޖެ ކަމުދިޔައީ” ހަފްސީ މިހެން ބުނެ ޖެހިގެން އިން ހުޒާމްއަށް ޓަޗެކޭ ކިޔާ އަތް ޖަހާލިއެވެ.

ހަގީގަތުގައި ސާރާ ފެނުމާއެކު ފަޒީލްގެ ހިތަށް ބުނެދޭން ނޭނގޭ ހިތް ހަމަ ޖެހުމެއް ލިބޭކަން ފަޒީލްއަށް އިހްސާސް ކުރެވެމުންދަނީއެވެ. ސާރާ ފެނުނު ފުރަތަމަ ދުވަހުވެސް ސާރާގެ މޫނުމަތީގައިވާ މައުސޫމްކަމުން ފަޒީލް ގެ ހިތް ބޭގަރާރު ކުރިއެވެ. އެހެންނަމަވެސް ކުރެވެމުންދާ އިހްސާސަށް ބީރު ކަންފަތެއް ދިނީ, ކޮންމެ ރީތި އަންހެން ކުއްޖެއް ފެނުނީމަ ވާ ގޮތޭ ހިތަށް އަރާތީއެވެ.

އެހެންނަމަވެސް ފަޒީލްއަށް ތަފާތު އެއްކަމެއް ފާހަގަވިއެވެ. މީގެ ކުރިން ރީތި އަންހެން ކުއްޖަކު ފެންނަ އިރަށް އެކުއްޖާ އަތު އަޅުވާލުމަށް އެކުއްޖާއާ ދިމާކުރާ ކުރުމެވެ. އަދި އަމިއްލަ އެދުން ފުއްދާ ފުއްދުމެވެ. އެކުއްޖާ ފަހުން ކުރާނެ ހިތާމަ ބަލާކަށް ނުޖެހޭއޭ ބުނެ ފަޒީލްގެ މަކަރުވެރި ދަލުގައި އެކުދިން ޖައްސާ އެކުދިންގެ ދިރިއުޅުމާ ކުޅެން ބިރު ނުގަނެ އުޅޭ އުޅުމެވެ. އެއާ ހިލާފަށް ސާރާއާ އެކަހަލަ ގޮތަކަށް ކަން ކުރަން ހިތަށް ނޭރި ކަމަށް ޓަކައިވެސް ފަޒީލް ހައިރާންވިއެވެ. މިކަންތަކާހުރެ ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސާ ސުވާލު ކޮއްލަން ފަޒީލްއަށް މަޖުބޫރުވިއެވެ.

ވަގުތުތަށް ފާއިތުވަމުންގޮސް މުޅި އުދަރެހަށް ވަނީ މަޑު އޮރެންޖު ކުލައިގެ ވިލާތަކުން ޖަރީ ކުރެވިފައެެވެ. ފެނުން ތޮޅެލާ ފަށުގައި ފެންނަން އިން އިރުގެ އަލިކަމުން ގުދުރަތުގެ ރީތި މި މަންޒަރު ބަލާ ފޫހިނުވާހާ ހިތްގައިމެވެ.

ނަޢުހާ އޭނަގެ ކޮޓަރީގައި ޑްރެސިންގ ޓޭބަލް ކައިރީ އިށީނދެގެން އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. ފަހަތުން އައި ފަޒީލް ނަޢުހާގެ ކޮނޑުގައި ހިފާ ތަޅުވައި ގަތުމުން ނަޢުހާ ދިޔައީ ސިއްސައިގެންނެވެ. ނަޢުހާއަށް ވީ ގޮތުން ފަޒީލް ހެމުން ހެމުން އެނދުގައި ޖައްސާލިއެވެ.
” ނަޢު, ވަރަށް ބޮޑު ވާހަކައެއް ބުނަން ކަމަށް” ފަޒީލް އެހެން ބުނުމާއެކު ނަޢުހާ ބޯ ޖަހާލީ އަޑުއަހާށޭ މިއިނީ ބުނާ ކަހަލަ ގޮތަކަށެވެ.
” އަހަރެން،… ” ފަޒީލް އެހެން ބުނުމާއެކު ނަޢުހާ އަތުން މަޑުކުރުމަށް އިޝާރާތް ކޮއްލިއެވެ.

“އެހަށް މަޑުކޮއްލާ، ފުރަތަމަ އަހަރެން ބުނާނީ, އަހަރެން އެހާ ވަރަށް ވިސްނަން އިން ކަމަކީ ވެސް އެއީ, ފަޒީލް އަހަރެން ބުނާ ކަމެއް ކޮއްދެންވީ, ވާނެތަ” ނަޢުހާ ފަޒީލް އަށް ނިތް އެއްލަމުން ބުނެލިއެވެ.
” ވާވަރުގެ ކަމެއް ވިއްޔާ އަހަރެން ކޮއްދޭނަން, ފުރަތަމަ ބުނެބަލަ ކޮއްދެންވީ ކަމެއް” ފަޒީލް ވިސްނާލަން އިނުމަށްފަހު ބުނެލިއެވެ.

“ފަޒީލް ވަރަށް ބާރަށް ސައިކަލް ދުއްވަމެއްނުދޯ, އަހަރެން ބުނާ މީހެއްގެ ގައިގަ ޖައްސާފަ އޭނަ މަރުވާވަރު ކުރަންވީ” މަކަރުވެރި ހިނިތުންވުމަކާއެކު ނަޢުހާ ބުނި ޖުމްލައިން ފަޒީލްއަށް އިންތަނުން ތެދުވެވުނެވެ.

” ވަޓް, ނަޢުހާ މޮޔަވީތަ” ކޮންހަސަދައެއް އޮވެގެން މިހާރު މީހެއްގެ ފުރާނަޔާ ކުޅެން ތިއުޅެނީ” ފަޒީލްގެ އަޑުން ފަޒީލް އައިސްފައިވާ ރުޅި ފާޅުވަމުން ދިޔައެވެ. ފަޒީލް އިތުރަށް އެތާ މަޑުނުކޮއް ނިކުންނަން ހިނގައިގަތެވެ.

“އޭ, އެހަށް މަޑު ކޮއްބަލަ, ފަޒީލް ބޭނުންވަނީ ރުފިޔާއެއްނު, ފަޒީލް ބުނި ވަރަށް އަހަރެން ރުފިޔާ ދޭނަން, އެ ސާރާ އަރުޝް އާ ރައްޓެހި ނުވިނަމަ” ނަޢުހާގެ އަނގައިން ސާރާގެ ނަން އަޑު އިވުމާއެކު ފަޒީލްގެ ހިތަށް ހީވީ ތޫނު ހަންޒަރެއް ހަރާލިހެންނެވެ. ދެފައި ހުރިތަނުގައި ގާވި ކަހަލައެވެ. ނަޢުހާގެ ވާހަކައިން ސާރާ އެހެން މީހަކާ ގުޅުމެއް އޮތްކަން އެނގުމުން ވީ ދެރައަށް ވުރެ ފަޒީލްގެ ހިތް ބުނާ ސާރާއަށް ވެދާނެތީ ހިތަށް ލިބުުނު ވޭނާ ކެކުޅުން ބޮޑުވިހެން ހީވިއެވެ.

ބޭ އިހްތިޔާރުގައި ކޮޓަރިން ނުކުންނަން އުޅެފަވެސް އަނބުރާ ނަޢުހާ ކައިރިއަށް އައެވެ. އޭރުވެސް ފަޒީލްގެ ހިތުން ދުޢާ ކުރެވެމުން ދިޔައީ ނަޢުހާ އެ ކިޔާ ސާރާ އަކީ ފަޒީލްގެ ހިތުގެ ހަމަ ޖެހުން ކަމަށްވާ ފަޒީލްގެ ހިތް ނޭނގި ދެވިފައިވާ ސާރާއަށް ނުވުމަށް އެދިއެވެ. ފަޒީލްގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަމުން ދިޔައެވެ.

“ތިޔަ ބުނާ ކުއްޖާގެ ފޮޓޯއެއް ދައްކަބަލަ” ފަޒީލް މޫނުމަތީގައިވާ ހާސްކަން ފިލުވަމުން ބުނެލިއެވެ.

” ހެހެހ. ފައިސާއޭ ބުނީތީ ހޭބަލިވެއްޖެ އެއްނު, މަށަށް އޭރުވެސް އެނގުނޭ، ދެން މިތާ އިށީނދެ މިކަމާ ވާހަަކަދައްކަން އާދެބަލަ” ނަޢުހާ މިހެންބުނެ ފަޒީލްގެ އަތުގައި ހިފައިގެން ގެނެސް އެނދު މަތީ ބޭންދިއެވެ. ފަޒީލްގެ އަނގައިން އެއްވެސް އެއްޗެއް ނުބުނެއިނެވެ.

” މިއޮތީ އެ ސާރާއަކީ, މިހެންބުނެ ފަޒީލްއަށް ސާރާގެ ކުރީގެ ފޮޓޯއެއް ދައްކާލިއެވެ. ފަޒީލްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ފޮޓޯ ފެނިފައި ފަޒީލްއަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. ފަޒީލްއަށް ބުނާނީ ކީކޭ ކަންވެސް ނޭނގި ދުލުގައި ތަޅު އެޅުވުނުކަހަލައެވެ. ސާރާއަށް ގެއްލުންދޭހާ ހިތްވަރެއް ފަޒީލްގެ ނެތްކަން ފަޒީލްއަށް ރަނގަޅަށް އެނގުނެވެ. އެހެންކަމުން ފަޒީލް ބެލީ ނަޢުހާއަށް ވިސްނައިދީގެން ނަޢުހާގެ ސިކުނޑިން އެކަންތަށް ނެރެވޭތޯއެވެ.

“ނަޢު, ތިކަހަލަ ކަންތަށް ކުރާކަށް ނުވާނެ, އޭނަ ނަޢުއަށް ކޮން ދެރައެއް ދިނީ, އެހެންނޫނަސް އަހަރެމެންނަށް ކޮން ހައްގެއް އޮތީ މީހުންގެ ފުރާނަޔާ ބެހެން, ތިހާ ހިސާބަށް އެކަން ދާން ޖެހުނީ ކީއްވެ؟ އޭނައަކީ ހަމަ އެހާ ނުބައި މީހަކީތަ؟ ފަޒީލް މަޑުން ބުނަން ބޭނުންވިޔަސް އަޑުގައި ހަރުކަށިކަމާއި ރުޅިވެރިކަން ފާޅުވާން ހުއްޓެއެވެ.

“ކީއްހޭ ކުރީ, އަހާބަލަ ކޮންކަމެއްހޭ ނުކުރަނީ, އަހަރެން ސްކޫލު ދައުރުގައި ބޭނުންވެގެން އުޅުނު ކުއްޖާވެސް އެ ސާރާ އަކާ ހިތާވީ, ސާރާގެ ސަބަބުން އޭނަވެސް ގެއްލުނީ, އަނެއްކާ މިރަށުން ފެނުނު ކުއްޖެއް, އޭނަ ސެޓް ކުރަން ބޭނުންވި އިރު ސާރާގެ ދަލުގައި ޖައްސައިފި, ދެން ބުނެބަލަ އަހަރެން ކިހިނެއް އޭނަ ދޫކުރާނީ, އޭނާގެ ކިބައިން ބަދަލު ހިފަން ޝާމިންއާވެސް ރައްޓެހިވީ, އެކަމުންވެސް ބޮޑު އުނދަގުލެއް, އެކަމްވެސް ކޮންމެސް ގޮތަކުން އެ ސާރާ ނެތިކޮއްލާނަން” ނަޢުހާ ސާރާގެ ފޮޓޯއަށް ބަލާލަމުން ބުނެލިއެވެ. އެ ބެލުމުގައި ނުރައްކާތެރިކަމާއި އަންނަން އޮތް ބޮޑު ތޫފާންގެ ބާރުގަދަކަން ހާމަވަމުންދެއެވެ.

“ނަޢު, އެވަރު ކަމަކާތަ މީހެއްގެ ފުރާނަޔާ ކުޅެން ތިއުޅެނީ, ހެޔޮނުވާނެ މީހަކަށް އެވަރުގެ ބޮޑު ދެރައެއް ދޭކަށް, އަމިއްލަ އެދުމަށްޓަކައި އެހެން މީހުންގެ ދިރިއުޅުމަށް ވަންނާކަށް ނުވާނެ” ފަޒީލް ސާރާއަށް ދެރަގޮތެއް ވުމަށް ނޭދޭތީ އެކި ގޮތް ގޮތުން ނަޢުހާ އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ނަޢުހާގެ ކޮޅުން ގޮތް ދުލެއް ނުކުރިއެވެ.

“ފަޒީލް ކޮންއިރަކު ތިހާ މައުސޫމްވީ, ތީ އެއްވެސް ވަރަކަށް އަމިއްލަ ފައިދާއަށް ނޫޅޭ މީހެއްތަ, ތީ އަދި މާ ރަނގަޅު މީހެއްނަމަ ރަނގަޅު މަށަށް ނަސޭހަތް ދޭން, މާ މާތް މީހަކަށް ވެގެން މަށަށް ނަސޭހަތް ދޭނެކަމެއް ނެތް، ފަޒީލް ނުކޮއްދިނިއްޔާ އަހަރެން އެކަނިވެސް އެކަން ކުރާނަން” މިހެން ބުނެ ނަޢުހާ އެ ދިޔަ ބާރުމިނުގައި ކޮޓަރިން ނުކުމެގެން ދިޔައެވެ.

” ނަޢު, ކިތަންމެ ރުޅި އަޔަސް ހެޔޮ، އަދި ސާރާއަކީ މީހެއްގެ ހައްގަކަށް ވިޔަސް އަހަރެންގެ މައްސަލައެއްނެތް, ސާރާއެއީ މީހެއްގެ ހައްގެއްކަމުން ލިބޭ ހިތާމަ އަހަރެން ބަރުދާސްތު ކޮއްފާނަން, އެކަމް ސާރާއަށް ގެއްލުމެއް ލިބޭ ތަން ދެކޭކަށް ކެތެއް ނުވާނެ, އަހަރެންގެ ހިތް ސާރާއާ ދޭތެރޭ ކޮންމެ ނަޒަރަކުން ދެކުނަސް ސާރާއަށް ގެއްލުމެއް ވިޔަކަ ނުދޭނަން، ނަޢުހާ ކޮންމެސް ގޮތަކުން އަހަރެންގެ ބާރުގެ ދަށަށް ގެންނަންވީ, އެހެންނޫނީ, އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ” ފަޒީލް ހިތާހިތުން ކިޔެމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ލޯބި ވެވުމުން

Next

މަގޭ ލޯބި ދަރިފުޅާ

Next
October 24, 2018

މަގޭ ލޯބި ދަރިފުޅާ

Previews
October 24, 2018

ލޯބި ވެވުމުން

20 Comments!

  1. Sh@_n@ says:
    October 24, 2018 at 8:04 am

    Dear all readers. Here 24 part, kurine bunihen Shana in naane up kuraane dhuvasthah bunelaafa, eh dhuvahu up kurihyaa aneh dhuvas dhookohlaafa up kuraa gothah in naanee, uhmeedhu kuran mi bai vess kamudhaane kamah, miss u all, tc

  2. Sis says:
    October 24, 2018 at 8:10 am

    Wowww??? waiting for next part…

  3. Sh@_n@ says:
    October 24, 2018 at 11:04 am

    Thanx sis dear❤????keep waiting

  4. Reet says:
    October 24, 2018 at 11:25 am

    V reethi. Ekamaku Haadha kurukoh ummeedh kury gina dhuvass veema dhigu vaane kamah

  5. Sh@_n@ says:
    October 24, 2018 at 12:22 pm

    Yaa I know reet. Hahthaa vess avahah up kuran vegen. Dhigu kohlaifihyaa varah slow vey ehnve aslu. Ekm dhen dhigu kohlaanan ingey??❤??

  6. Twinkle? says:
    October 24, 2018 at 2:39 pm

    OMG… fazeel vs saaraa dheke lwbi vany dhw… masha allah vvv furihama mi part vs… whn nxt part??? Keep it up dear

  7. Sh@_n@ says:
    October 24, 2018 at 2:51 pm

    Thanx dear Faharehga fazeel aky ragalhu meehakah vess vedhaane ehnu dhw twinkle. dhen balamaa ?❤?

  8. Nia says:
    October 24, 2018 at 3:03 pm

    Wow haadha reechey.?you are so great.keep it up.waiting for the next part.??

  9. Mee says:
    October 24, 2018 at 3:17 pm

    Ragalhu meehun kuraa kanthakeh noon dhw eyna ekurany

  10. Sh@_n@ says:
    October 24, 2018 at 3:37 pm

    Thank you so much nia dear?❤??keep waiting

  11. Sh@_n@ says:
    October 24, 2018 at 3:40 pm

    Mee thi buny vess thedheh. Hingaa balamaa dhw

  12. Gud❤ says:
    October 24, 2018 at 4:04 pm

    Alhe sara ah kihiney baa vrnii.. alhey dhera gotheh nahadahchey.. vrh reethi mi part vx … Mashallah….❤

  13. Sh@_n@ says:
    October 24, 2018 at 4:23 pm

    Thanx dear Gud. ??❤?hurihaa kameh vess vaanee ragalhakah kamah balamaa

  14. Maya says:
    October 24, 2018 at 5:22 pm

    Alhamdhulillahi.. Fazeel ah visnuni thi…. He is gud by heart… Alhe saaraa ah dhera gotheh nuhadhahchey.. This part is short bt osm…. Luv yuh ?❤️?❤️?????❤️❤️??❤️?❤️????❤️?❤️

  15. Naadhee says:
    October 24, 2018 at 5:37 pm

    Wow v nice story. But thankolheh kuree mi part

  16. Sh@_n@ says:
    October 24, 2018 at 5:56 pm

    Thank you so much maya. And luv u 2 dear❤?❤???

  17. Sh@_n@ says:
    October 24, 2018 at 5:58 pm

    Thank you naadhee. Insha allah next part miah vure dhigu kuraanan. Keep waiting ingey dear?❤❤

  18. Naju says:
    October 24, 2018 at 11:05 pm

    V rythi mi partvx

  19. Kulsoom says:
    October 25, 2018 at 1:08 am

    Mi vaahaka fashan beynumihyaa kithah vana page ah dhaanvi

  20. Sh@_n@ says:
    October 25, 2018 at 6:43 am

    33 in fen naane 1st part??❤?

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 25←


All Right Reserved!