Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނީމް 3

shiya Level 1
June 17, 2013 One Min Read
1 Comment

ސައިކަލުން ޖެހުނުލެއް ބާރުކަމުން ނީމް ވިއްސައިގެންދިޔައެވެ. ޒީޝް “ނީމް” އޭ ކިޔާ ހަޅޭލަވާގަތް އަޑަށް ވަހަކައަށް ގެއްލިފައިތިބި އާރިފާއާއި ނާޒިމާ ދުއްވައިގަތެވެ. އޭރު ނީމުވަނީ ހަބަރުހުސްވެފައެވެ. ނީމުގެ ގާތުގައި އިނދެގެން ޒީޝް ބާރަށް ރޮމުން ގެންދެއެވެ.
ނާޒިމާއަށް ނީމް ފެނުމާއެކު އޮޅުލައޮޅުލާފައި ރޯންފެއްޓިއެވެ. ވަރަށް އަވަސް ގޮތަކަށް ނީމް ހޮސްޕިޓަލަށް ގެންދެވުނެވެ. އެ ޙަބަރު ލިބިގެން އޭރު ފުނަދޫގެ ގިނައަދަދެއްގެ ރައްޔިތުންވަނީ ހޮސްޕިޓަލުގައި ޖަމާވެފައެވެ. ނީމްއަށް އަވަސް ފަރުވާ ދެވެން ފެށިއެވެ. ނާޒިމާވަނީ ހަމަޔަކު ނޫނެވެ. އޭނާއުޅޭ ގޮތުން ހީވަނީ މޮޔައެއް ހެންނެވެ. ދެކޮޅަށް ދުވެލައެވެ. ރޮއެގަނެއެވެ. ހަޅޭލަވައިގަނެއެވެ. ހޭންފަށައެވެ. ނަޒިމާ ހަމައަކަށް އެޅުވުމަށް އާރިފާ އުޅުނެވެ. ނަމަވެސް މިފަދަ ވަގުތެއްގައި ހަމަޖެހޭތޯއެވެ؟
މިޙަބަރު ލިބިގެން ޒިޝްގެ ބައްޕަ ޙަސަން އައިސް ހޮސްޕިޓަލަށް ވެންވަގުތުވީ ޑޮކްޓަރު އައިސް ނާޒިމާގާތު ނީމް މާލެގެންދިޔުމަށް ބުނިވަގުތެވެ. ނާޒިމާ ބޮލުގައި އަތްއަޅާ ބަރުބާރަށް ރޯންފެށިއެވެ. “އަހަރެންގެ ދަރިފުޅު ގޮވައިގެން މާލެދާނީ ކިހިނެއް؟ އަހަރެންނަކީ ނިކަމެއްޗެއް…” އެވަގުތު ޙަސަނުއާއި އާރިފާ ބުންޏެވެ. ” ނާޒިމާ! އަހަރެމެން މިތިބީނުން.. ނީމްއަށް އެހެންވީ އަހަރެމެން ދަރިފުޅު ސަލާމަތް ކުރަން ހަދައިގެން.. ޒީޝް އެކަންވީގޮތް ކިޔައިދިފި.. ވީމާ އެހުރިހާ ކަމެއްގައި އަހަރެމެން އެހީވާނަން..”
ހީވެސް ނުކުރެވޭހާ އަވަހަށް ޙަސަނު ދަތުރުގެ ކަންތައް ހަމަޖައްސައިފިއެވެ. އަދި ހޮސްޕިޓަލުގެ ދެ މީހަކައި އެކު ނީމް ގޮވައިގެން މާލެފުރިއެވެ. މިދަތުރުގައި ޒީޝްއާއި އޭނާގެ މަންމައާއި ބައްޕަވެސް ދިޔައެވެ. މާލޭގެ އިޖީއެމްއެޗުގެ އަވަސް ފަރުވާދޭ ކޮޓަރީއަށް ނީމް ވެއްދިއެވެ. ޑަކްތަރުންނާއި ނަރުހުން ހެލިފެލިވެ އުޅޭނޭން ފެށިއެވެ. އެތައް ގަޑިއިރެއްވާންދެން ފަރުވާ ދިނުމަށްފަހު ޑަކްޓަރުވެސް އައިސް ޙަސަނަށް ގޮވިއެވެ. އަދި ވާހަކަ ދައްކާލަން ބޭނުންވާކަމަށް ބުންޏެވެ. ޙަސަނު ޑަކްޓަރު ގާތަށް ދިޔުމުން ލިބުނީ ހިތްދަތިވެ ހަލާކުވަފަދަ ޙަބަރެކެވެ.
ހަސަނުއައިސް ނާޒިމައާއި އާރިފާގެ މޫނަށް ބަލަންފެށިއެވެ. ޙަސަނު ބެލިގޮތުން ނުބައެއް އުޅޭހެން ހީވެގެން ނާޒިމާ ބުންޏެވެ.” އަހަރެންގެ ދަރިފުޅަށް ކިހިނެއްވީ؟” ޙަސަނު ވަރަށް ހިތްވަރުކޮށްފައި ވަހަކަދައްކަން ފެށިއެވެ. “ނަޒިމާ! ހިތްވަރު ދެރަ ނުކުރޭ.. އަހަރެމެން އަބަދުވެސް ނާޒިމާއާއި އެކުވާނަންް… ނީމް އިރުކޮޅަކުން ހޭއަރާނެކަމަށް ޑަކްޓަރު ބުނ… ނަމަވެސް ވިއްސައިގެންގޮސް ނީމް ޖެހުނުލެއް ބާރުކަމުން އޭނާގެ ލޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމާއި ނީމްއަށް ފެންނާނެކަމުގެ އުއްމީދު ނެތް ކަމުގައި ބުނީ…” ނާޒިމާއަށް ހީވީ އޭނާގެ މެޔަށް މީހަކު ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ.
(ނުނިމޭ)

Share Article

Follow Me Written By

shiya

Level 1

Other Articles

Previous

ކޮޅިގަނޑު

Next

ކޮޅިގަނޑު

Next
June 18, 2013

ކޮޅިގަނޑު

Previews
June 17, 2013

ކޮޅިގަނޑު

One Comment

  1. pinky says:
    June 17, 2013 at 8:29 pm

    ވ.ރީތި….

Comments are closed.



All Right Reserved!