Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނީމް 2

shiya Level 1
June 13, 2013 2 Mins Read
2 Comments

ނިމްވެސް އެނާގެ މަންމަ ދެކެ އިންތިހާޔަށް ލޯބިވޭއެވެ. ބައްޕަ ނެތުމުން އޭނާ ދެރަވޭއެވެ. އެހެނަސް މަންމަގެ ފުރިހަމަ ލޯބި ލިބެމުން ދާތީ އޭނާ ﷲ އަށް ޝުކުރުކުރޭއެވެ. އެތުއްތު ކުއްޖާވަނީ ރިވެތި އަޙުލާޤު ރަނގަޅަ ދަސްވެފައެވެ. އެނާ މަންމަގެ މިންނެތް މަސައްކަތުންނެވެ. ޔޫ.ކޭ.ޖީ ކުލާހަށް ދާން ފެށިއިރު ނީމުއަކީ ފާހަގަކޮށްލެވޭ މޮޅުކުއްޖެކެވެ. ރީތިކޮށް ޤުރުއާން ކިޔަވާ ނަމޫނާ ދަރިވަރެކެވެ. އާންޓީމެން ނިމުގެ މޮޅުކަމުގެ ވާހަކަ ދައްކާއިރު ނާޒިމާ ހުންނަނީ އުފަލުން ރޮވިފައެވެ.
އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ނީމު ބޮޑުވަމުން އައީ ރީތީގެ ރާނީއެއް ފަދައިންނެވެ. ގިނަ ބައެއްގެ ލޯތައް އޭނާއަށް އަމާޒުވަނީ އޭނާ ލިބިފައިވާ އަޖާއިބެއްފަދަ ރީތި ކަމުންނެވެ. މިހެންކަމުން ނާޒިމާ ނީމްއަށް ކުރިއަށްވުރެ ބޮޑަށް ބަލައެވެ. އެއްވެސް ތަނަކަށް އޭނާ އެކަނި ދިޔަކަ ނުދެއެވެ. ނާޒިމާގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައީ އިންތިހާއަށެވެ. ސަބަބަކީ ނީމުގެ ރީތި ކަމަށް އެތައްބައެއްގެ ލޯތައް އަމާޒުވެފައިވުމެވެ.<
ނީމުގެ އުމުރުން މިހާރު ދިހައަހަރު ފުރުނީއެވެ. އޭނާ ސްކުލަށް ދާން ނޫން ގޮތަކަށް ގެއަކުން ނުނިކުމެއެވެ. މަންމަގާތު ވަގުތު ހޭދަ ކުރުމަކީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެކެވެ. އެއްދުވަހަކު އޭނާ ސުކޫލުން އާއިރު އޭނާވަނީ ވަރަށް އުފާވެފައެވެ. ނާޒިމާއަށް ނީމް ފެނުމުން ޙައިރާންވިއެވެ. އެއީ ނީމް އެހާ އުފަލުން ހުއްޓާ ދުވަހަކުވެސް ނުފެންނާތީއެވެ. ނީމް ވަރަށް އުފަލުން ގޮސް ނާޒިމާގާތު ހުއްޓުނެވެ. އަދި ބުންޏެވެ. "މަންމާ! މިއަދު އަޅުގަނޑަށް ވަރަށް ރަނގަޅު ރަޙުމަތްތެރިއަކު ލިބިއްޖެ.. އެއީ ޒީޝް.. ޒީޝްއަކީ އަޅުގަނޑާ އެއްއުމުރެއްގެ ކުއްޖެއް.. އެނާ އަމިއްލައަށް އަލުގަނޑާ ރަޙުމަތްތެރިވާން އެދުނީ.. އަލުގަނޑު މިއައީ އުފަލުން އެކަން ޤަބޫލު ކޮށްގެން." ނާޒިމާ ވަރަށް ލޯތްބާއެކު ނީމުގެ ބޮލުގައި ފިރުމާލއެވެ. އަދި ބުންޏެވެ. "ދަރިފުޅާ! ރަޙުމަތްތެރިކަން ބާއްވަން ވާނީ ހުރިހާ ގޮތަކުން ރަނގަޅު ކުދިންނާ.. އެހެނީ ރަޙުމަތްތެރިންގެ މުހިއްމުކަން އިޙުސާސް ކުރެވޭނީ ކަމެއް ކުރިމަތިވެ އެމީހުންގެ އެހީ ބޭނުންވާ ވަގުތު… ދަރިފުޅުގެ ބައްޕަ ނިޔާވި ދުވަހު މަންމައަށް ހެޔޮއެދޭ ރަޙުމަތްތެރިން ނެތްނަމަ މިއަދު މަންމައަށް ދުނިޔޭގައި ހުރުމުގެ އުއްމީދުވެސް ނުލިބުނީސް." މިހާ ހިސާބަށް ވާހަކަ ދިޔައިރު ނާޒިމާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ނަމަވެސް ނީމް އުފާވެފައިވާ ވަގުތެއްގައި ދެރަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވެ އޭނާ ކަރުނަތައް އޮބާލިއެވެ.
އެއްދުވަހަކު ހަވީރުގެ ވަގުތެވެ. ޒީޝް އާއި ނީމް މި ދެކުދުންގެ މަންމައާއެކު ހިނގާލަން ނުކުތެވެ. މިހެން ގޮސް އުޅުމުގެ ތެރޭގައި ނީމްއާއި ޒީޝް މަންމަމެންގެ ހުއްދައާއެކު ތަންކޮޅެއް ދުރަށްގޮސް ކުޅެންތިއްބެވެ. މިދެކުދިން ތިބީ މަގެއްގެ އެއްފަރާތެއްގައެވެ. މިދެކުދިންނާ މާ ދުރުނޫން ހިސާބެއްގައި ނާޒިމާއާއި އާރިފާ ވާހަކަ ދައްކަން ތިއްބެވެ. ނީމްއާއި ޒީޝް ކުޅެންތިއްބާ މަގުގެ މެދުން އެއްޗެއް ވިދާތަން ފެންނަންފެށީމާ ނީމް ޑައިމަންޑެކޭ ބުނުމުން ޒީޝް ދުއްވައިގަތެވެ. އެވަގުތު މަގުގެ އަނެއް ކޮޅުން ވަރަށް ބާރު ސްޕީޑެއްގައި ސައިކަލެއް އަންނަތަން ނީމުއަށް ފެނުނެވެ. ނީމް މަންމަމެންނަށް ގޮވާލާކަށް ހަނދާނެއް ނުވިއެވެ. ރަޙުމަތްތެރިޔާގެ ފުރާނަ ސަލާމަތްކުރަން ދުއްވައިގަތެވެ. ނީމުއަށް ޒީޝް ސައިކަލާ ދުރަށް ކޮއްޕާލެވުނުއިރު ސައިކަލު އައިސް ނީމުގެ ގައިގައި ޖެހިއްޖެއެވެ. ސައިކަލުން ޖެހުނުލެއް ބާރުކަމުން ނީމް ވިއްސައިގެންދިޔައެވެ.
(ނުނިމޭ)

Share Article

Follow Me Written By

shiya

Level 1

Other Articles

Previous

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (7 ވަނަ ބައި)

Next

ހިތް ނުރޮއްވާ… (3)

Next
June 15, 2013

ހިތް ނުރޮއްވާ… (3)

Previews
June 13, 2013

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (7 ވަނަ ބައި)

2 Comments!

  1. pinky says:
    June 13, 2013 at 8:02 pm

    އޯސަމް 🙂

  2. ޖަމީ says:
    June 13, 2013 at 9:16 pm

    އަނެއް ބައަށް އިންތިޒާރު ކުރަށް…. ރީތި ވާހަކައެއް

Comments are closed.



All Right Reserved!