Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބަދަލުވެ ދިޔަ ހަޔާތް – 5

Reesh Level 110 Stories
June 18, 2013 3 Mins Read
3 Comments

ވަރަށް ހިތްވަރު ކުރުމަށްފަހު ނާޒް އަކީލް މެންގެ ގެއަށް ދިޔައެވެ. ދެތިން ފަހަރަކު ބެލް ޖެހިއިރުވެސް އެކަކުވެސް ދޮރެއް ނުހުޅުވައެވެ. އެމީހުން ކިޔާނެ އެއްޗަކާ މެދު ވިސްނާލުމާއެކު ނާޒް ފިނިވަމުން ދިޔައެވެ. ދޮރު ނުހުޅުވާނެ ކަމަށްބަލާ ހިނގައިގަތްތަނުން ކޮންމެވެސް މީހަކު ދޮރު ހުޅުވިއެވެ. ނާޒްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
ދޮރު ހުޅުވީ ނާހިދާ އެވެ. ނާޒް ފެނުމުން ނާހިދާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ.
” ކީއްކުރާނަމޭ ހިތާ މިގެއަށް އަނެއްފަހަރު ތިއައީ. މިގެއަކު ނެތް ކަލޭ ހޯދަން އަންނާނެ މީހެއް ” ނާހިދާ އުޅުނީ ނާޒްގެ މޫނުމައްޗަށް ދޮރު ޖަހާށެވެ.
” މަންމާ މަޑުކޮށްލަބަލަ ” ނާޒް ހިތްވަރު ކުރުމަށްފަހު ބުންޏެވެ.
” މަންމާއޭ. މަށައް މަންމަ ކިޔާނެ ކަމެއް ނެތް ” ނާހިދާ ގާތަށް އައީ ހައްތަހާ ރުޅިއެވެ.
” އަހަރެން މިއައީ އަހަރެންގެ ސެޓްފިކެޓް ތަކެއް މިގޭގަ ހުރީމަ. އެއެއްޗިސްބަލާ. އެނޫން އިތުރު އެހެން ކަމަކު ނޫން ” ނާޒްގެ ޖުމްލައިން ނާހިދާގެ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އޭރު އާރިޔާ ވެސް އައިސް ނާޙިދާ ކައިރިއަށް ހުއްޓުނެވެ.
ދެމައިން އެކަކު އަނެކެއްގެ މޫނަށް ބަލާލުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ.
” އާރިޔާ ދަރިފުޅާ. މިކަމަނާ މިއައީ ކޮންމެވެސް ސެޓްފިކެޓް އެއް ބަލަޔޯ. ނިކަން ދައްކާލަބަލަ މިކަމަނާގެ ހަގީގީ ކުލަވަރު ފެންނަ ވަރުގެ ސެޓްފިކެޓް ތަކެއް ” ދެމައިން އެއްގޮތަކަށްވެސް ދޮރުން އެތެރެއަށް ނާޒް ވަނަކަ ނުދިނެވެ. އެންމެ ކުޑަމިނުން އެއިން އެއްވެސް ލިޔުމެއް ނާޒް އަށް ނުވެސް ދިނެވެ. އިތުރަށް މަޑުކުރަން ނަހަދާ ނާޒް ހިނގައިގަންނަން އެނބުރިލި ވަގުތު ނާހިދާ ނާޒްގެ އަތުގަ ހިފާ ހުއްޓުވިއެވެ. އޭރު އާރިޔާ އައިސް އެތަނަށް ހުއްޓިއްޖެ އެވެ. އާރިޔާ އަތުގަ އޮތް ސިޓީ އުރަ ނާހިދާ އަތުލިއެވެ. އެއަށްފަހު ނާޒްގެ އަތް ނަގާ އަތްމަތީ އެސިޓީ އުރަ ބޭއްވިއެވެ.
” މިއަށްވުރެ ރަނގަޅު ސެޓްފިކެޓް އެއް ހިއެއްނުވޭ ތިއަންހެނާ އަށް ދޭން މިގޭގަ އޮންނާނެ ހެނެއް ” ނާޒް އަށް ހަގީގަތުގަ ވާނުވާ އެއް ނޭނގުނެެވެ.
” އެކަމަކު ބުނަން ތިބަލަން މިގޭކުރިމަތިން ދުރައްދޭ ” ނާހިދާ ހުރި ބާރަކަށް ދޮރު ޖެހިއެވެ. ނާޒް އަށް ހުރީ ވާނުވާ އޮޅިފައެވެ.
ނާޒް މަގުމައްޗަށް ނުކުމެ ސިޓީ އުރަ ހުޅުވާލަން ފެށި ވަގުތު ކާރެއްގެ ބަރުގޮނުގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ. ނާޒިމްގެ ކާރު އޮތީ ނާޒްގެ އިންތިޒާރުގަ ކަހަލައެވެ. ނާޒް އަށް ބުނާނެ އެއްޗެއް ނޭނގި ނާޒިމް އާ ދިމާލަށް ބަލަން ހުރެވުނީއެވެ.
” ބަލަން ނުހުރެ އަރާ. ގެއަށްދާން މިދަނީ ” ނާޒް އަށް އިންކާރު ކުރާކަށް ނުކެރުނެވެ. ސިޓީއުރަ ދަބަސް ތެރެއަށް ލައިގެން ކާރުގެ ފަހަތަށް އަރާ އިށީނެވެ. ކާރުގެ ކުރީ ސީޓަށް އަރާނެ ނަމައޭ ނާޒިމްގެ ހިތްބުނާ ކަހަލަ އެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއްވަމުން ދިޔަ ކާރު ތެރޭވަނީ ހަމަހިމޭން ކަމެވެ. ނާޒް މަޑުމަޑުން އިންނާތީ ނާޒިމް އަށް ވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ. އެކަމަކު އެންމެ ފަހުން އިސްނެގީ ނާޒިމް އެވެ.
” އެއީ ނާޒް ކުރިން އުޅުނު ގެތަ؟ ކީއްކުރަން އެގެއަށް ތިއައީ ” ނާޒިމް ވާޙަކަ ދެއްކި ނަމަވެސް ނާޒްގެ ފެންކަޅި ވެފައިވާ ދެލޮލެއް ނާޒިމް އަކަށް ނުފެނެއެވެ. ނާޒް ވަރަށް ހިތްވަރު ކުރުމަށްފަހު އެގެއަށް އައި ބޭނުން ބުނެދިނެވެ.
ނާޒްގެ އަޑުގަވާ ރިހުން ނާޒިމް އަށް އިހުސާސް ކުރެވުނެވެ. ނާޒް ވަޒީފާ އެއް ހޯދުމަށް މަސައްކަތް ކުރާކަން އެނގުމުން ނާޒިމް އެކަމާ ގުޅޭގޮތުން އެއްޗެއް ބުނެލިއެވެ.
” ނާޒް އަށް ދަތިވާ ކަމެއް އޮތީތަ އަހަރުމެންގެ ގޭގަ ” ނޫނެކެވެ. ދަތިވާ ކަމެއް ނެތެވެ. ފާއިޒާ ދައްތަ ނާޒް އަށް ހޯދަދޭ ހުރިހާ އެއްޗަކީވެސް ނާޒިމް ހޯދަދޭ އެއްޗިހިކަން ނާޒް އަށް އެނގެއެވެ. އެކަމާ ނާޒް އިންތިހާ އަށް ލަދުގަނެއެވެ.
” އެންމެ ރަނގަޅު. ނާޒް ނުބުނި ނަމަވެސް އިނގޭ ނާޒް އަހަރުމެން ދޭ އެއްޗިހީގަ ހިފަން ލަދުގަންނަނީކަން. އަހަރެން ދީފާނަން ވަޒީފާއެއް ނާޒް އަށް ކުރެވެންޔާ. އެކަމާ ގުޅޭ މުސާރަވެސް އަހަރެން ނާޒް އަށް ދޭނަން ” ނާޒިމް ބުނަން އުޅެނީ ކޮން ވަޒީފާ އެއްގެ ވާހަކަ ކަމެއް ނާޒް އަކަށް ނޭނގެއެވެ.
” ނާޒް އަހަރެންްގެ ރައުލް ރަނގަޅަށް ބަލާދީ. އެކަމަށް އެކަށީގެންވާ މުސާރަ އަހަރެން ދޭނަން. މިހާރު މިމާލޭގަ ކިތަންމެ ކުދިންނެއް ކުދިން ބެލުމުގެ ވަޒީފާ އަދާކުރޭ. އެކަމަކު ނާޒް ބޭނުންނަމަ. އަހަރެންގެ ޝަރުތަކީ ރައުލް އަށް ބޭނުންވާ ހުރިހާ ނާޒް ކޮށްދިނުން ” ނާޒިމް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާ އެކުއެވެ. ނާޒް އަށް އެގޮތާ ހިތާ ހިތާ އެއްބަސް ވެވުނެވެ. އެކަމަކު އެކަމަކަށް ނާޒް އެއްވެސް މުސާރައެއް ބޭނުމެއް ނޫނެވެ. ނުވެސް ހިފާނެއެވެ.
” އެންމެ ރަނގަޅު. އެކަމަކު އަހަރެންގެވެސް ޝަރުތެއް އެބައޮތް ” ނާޒް ބުންޏެވެ. ނާޒިމް ގެ ހުއްދަ ލިބުމުން ނާޒް ވާހަކަ ދެއްކިއެވެ.
” އެވަޒީފާ އަކަށް އަހަރެން އެއްވެސް މުސާރައެއް ބޭނުމެއްނޫން. އެކަމަކު އަހަންނަށް ކަމެއް ކޮއްދެންޔާ އަަހަރެންގެ މަންމަ މެން ވީ ތަނެއް ހޯދަ ދެވިދާނެތަ ” ނާޒް ބޭނުންވާ ގޮތް ބުނުމުން ނާޒިމް ގާތަށް ހިނިވެސް އައެވެ. ނާޒް ނުބުނި ނަމަވެސް ނާޒިމް މިހާރުވެސް ދަނީ އެމަސައްކަތް ކުރަމުންނެވެ. ނާޒް އަށް ސަޕްރައިޒް އެއް ދިނުމަށްޓަކައެވެ.
ނާޒިމްގެ ވާހަކައިގަ ޖެހުނު ގޮތަށް ނާޒް ސިޓީއުރަ މަތިންވެސް ހަނދާން ނެތުނެވެ. ގެއަށް ވަދެވުމާއެކު ރައުލް ދުވެފަ އައިސް ނާޒްގެ ގައިގަ އޮޅުލައިގަތެވެ. އޭރު ރައުލްގެ ފަހަތުން ފާއިޒާ އާދެއެވެ.
” އެންމެ ގޮތަކަށްވެސް ކާން ނުދެވިގެން މިއުޅެނީ. މަންމި އައީމަ ޔޯ ކާނީ ކިޔައިގެން ބޮޑާ ހާކަނީ އެ ” ފާއިޒާ ހިނިއައިސްގެން ހުރެ ބުންޏެވެ. އެއްގޮތަކުން ބުނާނަމަ ރައުލް އަކީ މިހާރު ނާޒްގެ ހިތާމަ ތަކުން އެކަހެރި ކޮއްދޭ އެއްފަރާތެވެ. މައުސޫން ރައުލްގެ ފަރާތުން އިވޭ ލޯބި ބަސްތަކުގެ ސަބަބުން ނާޒް ހެއްވާލައެވެ. ރައުލް އުރާލައިގެން ނާޒް ގޮސް ބަދިގެއަށް ވަނެވެ. އެއްފަރާތެއްގަ ހުއްޓިލައިގެން ނާޒް އާ ދިމާލަށް ބަލަން ހުރި ނާޒިމް ހުރީ ކަޅި ޖަހާ އެދިމާލަށް ބަލާށެވެ. އެތަން ފާއިޒާ އަށް ފެނުނެވެ.
ހުރިހާ ކަމެއް ކޮއްލާ ނާޒް އަށް ހަމަޖެހިލެވުނީ ހަވީރު ވީ ފަހުންނެވެ. އެހެންކަމުން ކޮޓަރިއަށް ދިޔައީ ފެންވަރާލާ ތާޒާ ވެލުމަށެވެ. ކޮޓަރިއަށްވަދެ ދަބަސް ބޭއްވި ވަގުތު ނާޒް ސިޓީ އުރަ މަތިން ހަނދާންވިއެވެ. އަވަސް އަވަހަށް ސިޓީ އުރަ ހުޅުވާލިއެވެ. ނާޒް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. މުޅި މީހާ ތުރުތުރ އަޅައިގަތެވެ. ނާޒް އަތުން ސިޓީ އުރަ ދޫވި އެވެ.
( ނުނިމޭ )

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ބަދަލުވެ ދިޔަ ހަޔާތް – 4

Next

އަނދިރިޔާނުލާ

Next
June 19, 2013

އަނދިރިޔާނުލާ

Previews
June 18, 2013

ބަދަލުވެ ދިޔަ ހަޔާތް – 4

3 Comments!

  1. ނިންނި says:
    June 19, 2013 at 4:04 pm

    ދެން ކޮންއިރަކުންތޯ ހިންނުރޮއްވާ ގެ ހަތަރުވަނަ ޕާޓް ފެންނާނީ؟

    Log in to Reply
  2. fathimath Asim says:
    June 20, 2013 at 11:42 pm

    ދަހިކޮށްލާފަ ދޯ މިބައި މިއޮތީ.

    Log in to Reply
  3. testing carried says:
    May 15, 2015 at 6:05 pm

    really really nice

    Log in to Reply

Leave a Reply Cancel reply

You must be logged in to post a comment.


All Right Reserved!