ތީ ހާދަ ލޯބި ލޯތްބެކޭ ، ބީވެއްޖެޔޭ އަތުން މަގޭ… ( 1ވަނަބައި )
ޝޮޕިންއަށް ދާ ކޮންމެ ރެޔަކުވެސް ، މަޖީދީމަގުގެ ވަކި ހިސާބަކަށް އަންނަތަނުން ބަނޑުހައިވާގޮތްވާނެއެވެ. ހުއްޓެވޭނެއެވެ. ކުޑަކުއްޖެއްފަދައިން ތުންވެސް ދަމާލެވޭނެއެވެ. އެވަރު ނުފުދިގެން ހުއްޓި ކުސްވެސް ތެޅޭނެއެވެ. އަތުގައި ހިފާ ޕްލީޒްއޭވެސް ބުނެވޭނެއެވެ.
” ހޫމް.. ހިނގާ ހިނގާ!! އެހެންނެއްނު ތި ކިޔަނީ “
އަކްރަމް ، ހަނާގެ އަތުގައި ހިފާ ހަނާ ބޭނުންވާތަނާއި ދިމާއަށް ހިނގައިގަތެވެ. ހަނާ ހިނިއަންނަމުން ރަޔާންގެ ގައިގައި ކޮނޑުންޖަހާލިއެވެ،
” މީ ފުރަތަމަ ރެއެއް ނޫނޭ އެކްޓް ދައްކާކަށް.. މިހާރު އަހަންނަށް އެނގޭނެ ހަނާގެ ކޮންމެ ހަރަކާތަކުންވެސް އެ ބުނަނީ ކީކޭ ކަން…”
ދެމީހުން އެއްފަހަރާ ހޭންފެށިއެވެ. ހުސްމޭޒެއް ފެނުނީ ކެތްތެރިކަމެއްނެތި ހަނާ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދަނިކޮށެވެ.
އިށީނުމާއި އެކު ވެއިޓަރ އޯޑަރ ނެގުމަށްފަހު ދިޔައެވެ،
” ކޮބާ ބޭނުންވާ ވަރަށް އެއްޗެހި ގަނެވުނުތަ؟ “
އަކްރަމް ހަނާގެ ރީތިމޫނަށް ބަލާލަމުން އެހިއެވެ. ހަނާ އާނއެކޭ ބުނީ ވަށައިގެން ތިބި މީހުންނަށް ބަލަމުންނެވެ،
” އެންމެ ބޭނުމީ ޝަޒާއަށް އެއްޗެއް ގެންދަން.. ރަށަށް ދިޔައީމަ އަހަންނަށް ހުރިހާ ކަމެއްވެސް ކޮއްދޭނީ އޭނަ ވިއްޔަ..”
ހަނާ އަކްރަމް އަށް ބަލާލިއެވެ. އަކްރަމް ފޯންނަގުމާއި އެކު ހަނާ ޕިސްޕިސް ތަޅައިގަތެވެ. އަކްރަމް ހޭންފެށިއެވެ،
” ދެން މިތާވެސް… ފިހާރައަކަށްވަނަސް ގެޔަށް ދިޔަޔަސް އެހެންތަނަކަށް އަޔަސް އަބަދު ގޭމުގަ.. އަހަރެން ރުޅިއައިސްގެން ދެން ތި ޑިލީޓް ކޮއްލާނީ..”
ހަނާ ލޯއަޅާލީ ޅަކުއްޖެއް ފަދައިންނެވެ. އޯކޭ އޯކޭ އޭ ބުނެ މޭޒުމަތީގައި އަކްރަމް ފޯން ބޭއްވިއެވެ. ދެމީހުން އެކި އެކި ވާހަކައިގައި ތިއްބާ ދުރުން ވެއިޓަރ އަންނަތަން ފެނުމުން ހަނާ އަކްރަމް އަށް ނިތްއެއްލިއެވެ، އަދި ހަމަޖެހިލީ އަނގަވެސް ކާލަމުންނެވެ.
ބީޕް ސަބްމެރިން ހަނާއަށް ފެނުމާއި އެކު އޭނާ އޭގައި އަތްޖައްސާލިއެވެ.
” ރަށަށް ދިޔައީމަ ކޮންތާކުންބާ ސަބްމެރިންކާނީ ؟ “
އަކްރަމް ދިމާކޮއްލީ ފެންތަށީގައި ހިފަމުންނެވެ. ހަނާ އަނެއްކާވެސް ލޯއަޅާލިއެވެ. އަދި އަވަސް އަވަހަށް ކާންފެށިއެވެ. ހެމުން ހެމުން ބޯ ހޫރާލަމުން އަކްރަމް ވެސް ކާންފެށިއެވެ،
***********************************
ހަނާގެ ގޭގެ ދޮރުމައްޗަށް އެރުމަށްފަހު އަކްރަމް ބުނެލިއެވެ.
” ހޫމް.. ދެން ވަރަށް ސަލާން.. އެކަމު ވަރަށް މިސްވާނެ އިނގޭ..”
ހަނާ އަކްރަމް ގެ އަތުގައި ހުރި ދެތިންކޮތަޅު އަތުލަމުން ވާހަކަ ދެއްކިއެވެ،
” އާނ.. އަހަރެންވެސް ދެން ކޮންމެވެސް ވަރަކަށް ހަނދާންވާނެ… “
ހަނާ އެހެން އެބުނީ ޖެއްސުމަށްކަން އަކްރަމް އަށް އެނގެއެވެ، އޭނާގެ މިޒާޖަކީވެސް އެއީއެވެ، ކޮންމެ ވާހަކައެއް ބުންޏަސް ވާހަކަ ދައްކާނީ ޖެއްސުމަށެވެ. ސަމާސާ މިޒާޖުގެ ހަނާއަށް ކޮންމެކަމެއްވެސް ވާނީ މަޖާ ކަމަކަށެވެ. އަކްރަމް ހަނާގާތު ހޭދަވާ ކޮންމެ ވަގުތަކީ އޭނާއަށް ހިތްހަމަޖެހުން ލިއްބައިދޭ ވަގުތުތަކެކެވެ،
” އޭތް ދެން ދަނީ.. ރަށަށް ގޮސް ގުޅާތި. “
އަކްރަމް ޖީބަށް އަތްޖަހާލަމުން ފަހަތަށް ޖެހެމުން ބުނެލިއެވެ. ހަނާ ދޮރާށި ދޮރުމަތީގައި ހުރެ ތުންއަނބުރާލިއެވެ.
” ހޫނ.. އަހަރެން ދިޔައީމަ ފްރީވީ ދޯ.. އުނދަގޫ ކުރަން އިރު އިރު ކޮޅުން ގުޅާނެ މީހަކު ނުހުންނާނެ.. ފޯނަށް ރުފިޔާއެއް ފޮނުވާލައްޗޭ އޭރުން ގުޅޭނީ..”
އެންމެ ފަހު ވަގުތުވެސް އޭނާ ސަމާސާ ކޮއްލިއެވެ.
********************************************
މުޅިގައިގައި ބެޑްޝީޓްއަޅާ ނިވާކޮށްގެން ފިނިބޮޑުވެފައި އަކްރަމް ްއޮތެވެ. ބްލޭންކެޓް ދަށުން ފޯން ރިންގްވާއަޑަށް އޭނާއަށް ހޭލެވުނެވެ. ފުންމައިގެންތެދުވެ އެތަންމިތަނުގައި އަތްކާއްތަމުން ގޮސް ފޯން އަތުޖެހުނު އިރު ރިންގް ކެނޑިއްޖެއެވެ،
” އޯހ ޝިޓް ޝިޓް…. ހަނާ މިފަހަރު މަ ހަނާކޮއްލާނެ…”
ފޯނުގައި އިން ހަނާގެ ތިރީސް މިސްކޯލްފެނި އަކްރަމްއަށް އިށީނދެވުނެވެ. ގުޅަން ނުކެރިފައިހުރެ އޭނާގުޅާލިއެވެ. ފޯން ނެގުމާއި އެކު އޭނާ ކަންފަތާއި ފޯން ދުރުކޮއްލީ ހަނާ ހަޅޭއްލަވައިގަންނާނެތީއެވެ،
” ކިތައް ފަހަރު ގުޅައިފިންތަ އަކުރަމޫ……؟
ކަންތައްވީވެސް އެހެންނެވެ. ހަނާގެ ފުރަތަމަ ހަމަލާ އަމާޒުވިއެވެ. އަކްރަމް ބޯ ކަހާލަމުން ބްލޭންކެޓްދަށަށް ވަނެވެ،
” ނިދިފަ އޭ އޮތީ.. ނޭނގޭނެ އެއްނު މިހާ ހެނދުނާ ގުޅާނެ ކަމެއް…”
އަކްރަމް ގަޑިވެސް ބަލާނުލާ އެހެން ބުނަމުން އާފުރިލިއެވެ. އަދިވެސް ނިދިހުރީމައެވެ.
” އާއްޗަ.. ހެނދުނޭ.. ބަލާބަލަ ގަޑިން މިހާރު ބާރަ ޖަހަނީ ބާރަ… އަވަހަށް ބުނޭ އަހަރެން ފުރީމަ ރޭގަ ކޮންބިޓަކަށް ގުޅާލީ؟ ޔަޤީނޭ ކޮންމެވެސް ގަނޑެއް ގަތްކަން…”
ހަނާ މަޖާވެލާފައި ބުންޏެވެ. އޭނާ އެދުގައި ހުރަހަށް އޮށޯވެލީ ދަތުރު ވަރުބަލިކަމާއި އެކުއެވެ،
” ކަމެއް ނުކުރަން.. ކަމެއް ކުރިޔަސް ތި އަނގަގަނޑު ގާތަކު މަށެއް ނުބުނާނަން.. އޭތް.. ފަހުން ގުޅާނަމޭ.. އަދި ނިދާލަންވެގެން.. މާދަމާ އޮފީހަށް ދާންޖެހޭނެ…”
އަކްރަމް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އެއްޗެއް ބުނަން އުޅެނިކޮށް ހަނާގެ ކޮޓަރިއަށް ޝަޒާ ވަންނަތަން ފެނުމުން ހަނާ ބޭނުންވީ ފޯން ބާއްވާށެވެ،
” އާނ އޯކޭ .. ކެނޑީ..”
ހަނާ އެހާ ފަސޭހައިން ފޯން ބޭއްވީތީ އަކްރަމްއަށް އުފާވެރިކަން ލިބުނެވެ. އޭނާ ފޯން ނިއްވާލީ އިރުކޮޅަކުން އަނެއްކާވެސް އުނދަގޫކުރަން ގުޅާނެތީއެވެ.
” ޝަޒާ…”
ހަނާ އެނދުން ތެދުވެ އެނދުމަތީގައި ހުރި ފޮށި ހުޅުވާލިއެވެ. ޝަޒާ ވެސް އެނދުމަތީގައި އިށީނެވެ،
” މަންމަ އާއި ބައްޕަ ބުންޏޭ ހަނާ އަތުވެއްޖެޔޭ.. އަހަރެން ބަދިގޭގަ އެއްޗެއް އުދައިގެން ހުރީމަ ބާލަން ނުދެވުނީ..”
ދުވަސްތަކަކަށްފަހު ޝަޒާއަށް ހަނާ ފެނުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. ހަނާ ފޮށިން އޮރެންޖްކުލައިގެ ޓޮޕެއް ނަގާ ދިއްކޮއްލިއެވެ. ޝަޒާއަށް ލިބުނީ ހައިރާންކަމެކެވެ. ހަނާ އޭނާއަށް އެފަދަ ހެދުމެއް ގެންނާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ،
” ހަނާ… އަހަންނެއް ނުލާނަން ތިއެއް.. ހަމަ އެނގެ އެއްނު އަހަރެން ނުލާނެކަން… ރުފިޔާ ހަރަދުކޮއްގެން ތިކަހަލަ އެއްޗެހި ނުގެންނާށޭ ކިތައްފަހަރު ބުނާނީ…”
އެ ކުރު ޓޮޕްކޮޅުގައި ހިފަމުން ޝަޒާ އެއަށް ބަލާލީ ހިތްހަމަނުޖެހިފައި އިނދެއެވެ. ހަނާ ކުއްލިއަކަށް އެ ޓޮޕް ޝަޒާގެ އަތުން ދަމައިގަތެވެ، ޝަޒާ ބަލާލީ ހައިރާންވެފައެވެ،
” ހޫމް.. މީ މައެއްޗެކޭ.. މަށަށް އެނގެޔޭ ކަމަނާފާނު ހިތްޕުޅާ ނުވާނެކަން މިކަހަލަ އެއްޗެއްސާ… ކިތައް ފަހަރުތަ ބުނާނީ ތި މުސްކުޅި ގޮތްގަނޑު ދޫކޮއްލާފަ އަޅެ އެންމެ ފަހަރަކުވެސް މިކަހަލަ ސަޅި އެއްޗެއް ލައިބަލަ.. ހުވާ ފިރެހެނުން ދުވާނެކަން ފަހަތުން..”
ހަނާ ފޮށީގައި ހުރި ހުރިހާއެއްޗެއް ނަގަމުން ވާހަކަ ދެއްކިއެވެ. ޝަޒާ ހީލިއެވެ.
” ހުރިހާ ފިރެހެނުން ބޭނުމެއްނޫނޭ.. ބޭނުންވާ މީހާ ލިބިއްޖެ މިހާރު..”
ޝަޒާ ހެދުމުގައި ހަރުކޮއްފައި އިން ގޮށުގައި އަތްޖައްސާލަމުން ބުންޏެވެ. އިސްޖަހާލީ ލަދުރަކި ކަމާއި އެކުއެވެ. އެ ޖުމުލައިން ހަނާގެ ހަރަކާތްތައް ހުއްޓި އާޝޯޚްވާގޮތް ދެއްކިއެވެ.
” އާޗާ….. ބިޓެއް ނެގީތަ؟ މަށަށް ދޯ ކަމެއް ނުވަނީމި.. ކާކުތަ؟ ދެން ބުނެބަލަ ޝަޒާގަނޑާ..”
ހަނާ ވަރަށް ގަޔާވެލިއެވެ. ޝަޒާވެސް ބޭނުންވީ އެވާހަކަ ހަނާއާއި ހިއްސާކުރާށެވެ،
” އޭތް ވަރަށް ބޮޑު ސިއްރެއް އިނގޭ.. އެއީ…. އިފާޒް…” މަޑުމަޑުން ޝަޒާ އެހެން ބުނުމުން ހިނިއައިސްހުރެ ބާރުބާރަށް ހަނާ ބުންޏެވެ،
” އިފާޒޭ ؟ އޭނަ؟ “
ޝަޒާއަށް ބަލާލެވުނީ ދޮރާއި ދިމާއަށެވެ، ހަނާ އެހާ ބާރަށް އިފާޒްގެ ނަން ކިޔުމުންވެސް ޝަޒާ ހިތްހަމަ ނުޖެހުނެވެ.
” އޫޕްސް.. ސޮރީ ސޮރީ.. ކަތީބުގޭ އިފާޒްތަ؟ އެއްކަލަ ސިއްހީމަރުކަޒްގެ ހެޑަކަށް ހުންނަ އިފާޒް؟ “
ހަނާއަށް ޤަބޫލު ނުކުރެވިގެން އަހާލިއެވެ. ޝަޒާ ބޯޖަހަންފެށިއެވެ.
” ހޫމް އާނ އާނ.. އޭނަ.. މިރަށުގަ ހުރޭތަ އެހެން އިފާޒެއް.. އޭނަގެ ވާހަކަ މިބުނީ ދެން ހެޔޮނުވާނެ ނަން ނުކިޔައްޗޭ.. “
ޝަޒާ ހަނާގާތު ބުނެލީ އާދޭހުގެ ރާގަކަށެވެ، ހަނާ ބޯޖަހާލިއެވެ،
” އޭނަ ޝަޒާއަށް އޯކޭވީތަ؟ ހާދަ ހީނުވެޔޭ.. އޭނަ އެޢީ މަގެއްގެ މަތިން ދާއިރުވެސް މީހަކާ ދިމާއަށް ބަލާލާ މީހެއްނޫން.. ވާހަކަވެސް ދައްކާ މީހެއްނޫން.. ދެން ކިހިނެތް ޝަޒާ އޭނަ ސެޓްކުރީ.. “
ހަނާ ހުރީ ހުރިހާ އެއްޗެއް އޮޅުން ފިލުވަން ވަރަށް ބޭނުންވެފައެވެ. ހަނާގާތު ބުނެވުނު މޮޔަ ހީވެފައި ޝަޒާއިނެވެ. އެހެނަސް ހަނާގެ ކޮންމެ ސުވާލެއްގެ ޖަވާބު ވަގުތުން ނުދީފިއްޔާ ހަނާ ޝަޒާގެ ގަޔަށް ބޮލަށް އަރާނެކަން ޔަޤީނެވެ،
” ހެވޭ.. މަ އޭނަ ހޯދާފަ އެއްނު އެ ހުރީ،، ދެން އެވާހަކަ ނުދައްކަބަލަ.. އާދޭ ކާންދާން.. މިހާރު ބައްޕަވެސް އަންނާނެ ކާން..”
ޝަޒާ ނުކުންނަން އުޅުނީ ހަނާގެ އުނދަގޫ ބޮޑުވެގެންނެވެ،
” އޭތް އޭތް.. އަން މިއޮތީ ޝަޒާގެ ފޮތިގަނޑު.. ތީގަ ބޮޑު ޖުއްބާއެއް ފަހާ،، އަދި އޮންނާނެ ތިޔާ ގުޅޭ ދޯޕައްޓާވެސް.. އެޔާ ނުލާ މިކޮޔަކަށް ނޫޅެވޭނެ.. ބޮޑު ފޮތިގަނޑުވާނެ އޮޅަން މުޅި ގައިގަ،.”
ހަނާގެ ޖުމުލަތަކުން ޝަޒާ ހުންނަންޖެހޭނީ އަބަދު ހީލަހީލައެވެ. ޝަޒާ އާއި ހަނާއަކީ އަހަރު ދެކޮޅުގައި ވިހާފައި ތިބި ދެކުދިންނެވެ. އެހެންކަމުން ހަނާ ދޮށީވީ ކަމުގައި ވީނަމަވެސް ދެމީހުން ނަމުން މުޚާތަބްކުރަނީ ކުޑައިރުއްސުރެން އެގޮތަށް ދަސްކޮއްދީފައިވާތީއެވެ،
********************************************
ޝަޒާގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން ހަނާ ހުރީ ލޯގަނޑުކުރިމަތީގައި ފަރިބަލަން ހުރި ޝަޒާއަށް ބަލާށެވެ. ދޯޕައްޓާއިން މުޅި މޭމަތި ފޮރުވާލުމަށްފަހު އޭނާ ވަށައިގެން މުޅި ގަޔަށް ސެންޓްޖަހަންފެށިއެވެ،
” ވާވާ.. ރީއްޗޭ.. ތިދަނީ އިފާޒްގާތަށްތަ؟ “
ހަނާ އަހާލިއެވެ.ދިމާކޮއްލުމުގެ ގޮތުންނެވެ. އޭނާ ވަދެގެން އައިސް އިށީނީ ޝަޒާގެ އެނދުގައެވެ،
” ނޫން.. އޭނައެއް ނާންނާނެ.. މިހާރު ރައްޓެހިވީފަހުން މަހެއްވެއްޖެ.. އަދި މީޓް ނުކުރަން.. “
ޝަޒާ ތުންފަތުގައި މަޑުމަޑު ކުލައެއް ހާކަންފެށިއެވެ. ހަނާ ހައިރާންވެފައި އެހިއެވެ،
” އޭނ؟ އަނެއްކާ ގޭ އެއްތަ އެއީ ؟ “
ހަނާގެ ޖުމުލައިން ނުހޭން ހުރި ނަމަވެސް ޝަޒާއަށް ހެވުނެވެ. އޭނާ ހަނާ އާއި ދިމާއަށް އަތްމަޅާލީ ރުޅިއަންނަކަމަށް ހަދާފައެވެ،
” ދެން ހަނާ.. ކިޔާއެއްޗެހި ބަލާބަލަ.. އޭނަ ވަރަށް ލަދުގަންނާނެ.. އޭނައަކަށް ނުކެރޭ މަށާ މީޓް ކުރާކަށް… އެހެންވެ އަހަރެން ދެން ކޮންމެހެން ކީއްކުރަން ގަދަކަމުން ކުރުވާން އުޅެންވކީ.. އޭނަ ގުޅާނެ ކޮންމެ ރެޔަކުވެސް… މަށަށް އެވަރުން އޯޚޭ..”
ޝަޒާ ބޭނުންވީ އިފާޒް ދިފާއު ކުރާށެވެ، ޝަޒާގެ ވާހަކަ އެހާ ހަމައަށް ދިޔަތަނުން ހަނާގެ ފޯން ރިންގްވިއެވެ، އޭނާ އަވަސް އަވަހަށް ނުކުމެގެން ދިޔައީ އިތުރު އެއްޗެއް ބުނުމަކާއި ނުލައެވެ. ހަނާ ނުކުތުމާއި އެކު ޝަޒާ ދޮރުލަޢްޕާ ތަޅުލިއެވެ. އަދި އެނދުމަތީ އިށީނދެ ބާލީސް ދަށުގައި އޮތް ފޯންނެގިއެވެ،
” ޕްލީޒް.. މިރޭ.. ހަމަ އެންމެ ފަހަރަކު.. ދެމީހުން ކޮންމެވެސް ވަރަކަށް ބައްދަލު ކުރަންވާނެއެއްނު.. އަހަރެން ވަރަށް ބޭނުން ބައްދަލްކޮއްލަން..”
ޝަޒާ އިފާޒްގާތު ބުނެލިއެވެ. އިފާޒް ވާހަކަދައްކަން ފެށިއެވެ،
” އަހަރެން،،،، އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެންނަކީ އެހެން މީހުން އުޅޭހެން އުޅޭ މީހެއްނޫނޭ.. ސައިކަލް ބުރުޖަހަންގޮސް އެއްކޮށް ކާންގޮސް ރައްޓެހިންނާއި އެކު ޝަޒާ ގޮވައިގެން ތަންތަނަށް ގޮސް ހަދާކަށް އަހަރެން ބޭނުމެއްނޫނޭ ބުނީމެއްނު..ދެން ކީއްވެތަ އަބަދު ބޭރަށް ދާން ކިޔަނީ..”
އިފާޒްގެއަޑުގައި މަޑުމައިތިރިކަމެއް ހުއްޓެވެ،ޝަޒާ އިސްޖަހާލީ އެހެން ރޭރޭވެސް އިވޭ ޖުމުލަ މިރޭވެސް އިވުމުންނެވެ.
” ހޫމް.. އެންމެ ރަނގަޅު…”
ޝަޒާ ފޯން ބާއްވަމުން ކަރުގައި އޮތް ދޯޕައްޓާ ނެގިއެވެ. އަދި އެނދުމަތީގައި އޮށޯވެލީ އިފާޒްގެ ހަނދާނުގައެވެ. އޭނާގެ ހިޔާލުތައް އިފާޒް އާއި ގުޅިލާމެހުނެވެ.
ޝަޒާ ސިއްހީމަރުކަޒަށް ދިޔައީ ބަލިވެގެންނެވެ. އެކުގައި މަންމަވެސް ދިޔައެވެ. އެދުވަހު ކައުންޓަރ ކައިރީގައި ފުރަގަސްދީގެން ހުރި ޒުވާނާފެނި ފުރަތަމަ ފަހަރަށް ޝަޒާގެ ހިތުގައި މީހަކަށްޓަކައި ވިންދުޖެހިއެވެ. ފުރަގަހުންވެސް އޭނާ ފެންނަނީ ވަރަށް “ސްމާރޓް
ގޮތަކަށެވެ. އަތްދިގު ކަޅުގަމީހަކާއި ކަޅު ފަޓްލޫނެއްގައި އެހުރި ހިކި ދިގު ޒުވާނާއަކީ ކާކުބާވައެވެ؟ މަންމަ ގޮސް ކައިންޓަރ ގާތަށް ހުއްޓި އަހަރެންގެ ކާޑު ދިއްކޮއްލިއެވެ. ހަމައެވަގުތެވެ. އޭނާ މަރުކަޒުގެ އޮފީހާއި ދިމާއަށް ދިޔުމަށް ހިނގައިގަތެވެ. އިފާޒްގެ މޫނު ފެނުމާއި އެކު ޝަޒާއަށް ތެޅިގަނެވުނެވެ. ހިތްކިޔުނީ ކާކަށްކަން އެނގުމުން އޭނާ ޖެހިލުންވިއެވެ. އިފާޒްއަކީ ކަތީބުގެ ދަރިއެކެވެ. ސިއްހީމަރުކަޒްގެ މެނޭޖަރެވެ. ރަށުގައި އިފާޒްގެ އާއިލާގެ ޤަދަރު އުފުލިގެން ވެއެވެ. އިއްޒަތާ ޤަދަރާއި ޝަރަފުވެރި އެ އާއިލާއަށް އެންމެން އިހުތިރާމްކުރާނެއެވެ. ޝަޒާ އަވަހަށް އިސްޖަހާލިއެވެ. އިފާޒް ވަދެގެން ދިޔައީ އޮފީހަށެވެ.
އެދުވަހަށް ފަހު ޝަޒާގެ ހިތުގައި އިފާޒްގެ ނަން ލިޔެވުނެވެ. އެއީ ޝަޒާ ބޭނުންވާގޮތަށް ނުވީނަމަވެސް އޭނާއަށް ހިތަކަށް ބާރެއް ނުފޯރުވުނެވެ.ދުވަހަކަށް ވުރެން ދުވަހެއް އޭނާގެ ހިތުގައިވާ ލޯބި ވަރުގަދަވާންފެށިކަން އޭނާއަށް އިހުސާސްވީ އިފާޒްމަތިން ހަނދާންކުރެވޭތީއެވެ. އަދި އިފާޒް ދުށުމަށް ލޮލާއި ހިތްވެސް އެދޭތީއެވެ.
” ދަރިފުޅާ ޝަޒާ.. ބަލަ ދަރިފުޅާ! “
މަންމަ އައިސް ޝަޒާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެނދުގައ އޮވެ ޝަޒާ ފުންމައިގެން ތެދުވިއެވެ
” ބޭރުގައި ހުރެފަވެސް ވަރަށް ގޮވައިފިން.. ދޭބަލަ ނިކަން އަވަހަށް ސީދީބޭގޭ ފިހާރައަށް ގޮސްލަން.. ފިޔާ ކިލޯއެއް ގަނެގެން އަންނާނީ..”
މަންމަ ވިހި ރުފިޔާ ދިއްކޮއްލަމުން އެދުނެވެ.ރޫޅިފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އޭނާ ނުކުތެވެ. މަގުގެ އެއްފަރާތުން މަޑުމަޑު ހިނގުމެއްގައި ޝަޒާ ދެއެވެ. ދުރުން އަންނަ ސައިކަލް ފެނުމާއި އެކު ޝަޒާގެ ހިތް ބާރަށް ތެޅެންފެށިއެވެ. އެއީ އިފާޒް ނޫން މީހަކަށް ނުޥާނޭކަން ޔަޤީނޭ އޭނާގެ ހިތަށް އެރިއެވެ. އިސާހިތަކު އޭގައި އިން މީހާ ސާފުވާވަރު ވިއެވެ. ޝަޒާއަށް އިސްޖަހާލެވުނެވެ. އަދި ލޮލުގެ ހިމަކޮޅުން ބަލާލެވުނެވެ. ސައިކަލްގައި އިން އިފާޒް ބަލާވެސް ނުލާ ދިޔަގޮތަށް ދިޔައެވެ.ޝަޒާއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.
އެފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުންދެއެވެ. ޝަޒާގެ ހިތް ވަރުބަލިވެއްޖެއެވެ. އޭނާގެ ލޯތްބާއި ކުރިމަތިލާން އޭނާ ބޭނުންވެއްޖެއެވެ. އެކަމަކަ އޭނާއަށް ފަސްޖެހެވެނީއެވެ. ބިރުގަންނަނީއެވެ.އިފާޒް އޭނާ ފަޟީޙަތްކޮއްލަ ފާނެއެވެ. ރަށަށް ބޭޒާރުކޮއްލަފާނެއެވެ.އޭނާގެ ވާހަކަ އިފާޒްގެ ރަހުމަތްތެރިންނާ އާއިލާގެ މީހުންގާތު ދައްކަފާނެއެވެ، އެހެނަސް އެ ކަންތައްތަކަށްވުރެން ޝަޒާގެ ހިތުގައި އިފާޒްއަށްޓަކައި އުފެދިފައިވާ ލޯބި މާ ވަރުގަދައެވެ. އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ލޮލުން އައިސްފައިވާ ފެންތައް ފުހެންފެށީ ފާޚާނާއަށްވަދެ ލޯގަނޑުން މޫނު ބަލާލުމަށްފަހުއެވެ. އޭނާ މޫނު ދެފަހަރަށް ދޮވެލިއެވެ.
އިފާޒްގެ ކަންތައް އެއްވެސް ރަހުމަތްތެރިއަކާއި ހިއްސާނުކުރީ އެކުވެރިންވެސް އެއްޗެހިކިޔާނެތީއެވެ. އެ ހިޔާލު ދޫކޮއްލުމަށް އެދޭނެތީއެވެ. އޭނާ އެކަން ކުރަން ބޭނުމީ ސިއްރުންނެވެ، އިފާޒް ނޫނެކޭ ބުނެފިނަމަވެސް އެކަން ސިއްރުކޮއްދިނުމަށް އެދި އޭނާ އާދޭސްކުރާނެކަން ޔަޤީނެވެ. އޭނާ އިފާޒްގެ ނަންބަރަށް ދެފަހަރަކު ބަލާލިއެވެ. ސިއްހީމަރުކަޒުން ފޮނުވާފައިވާ ލީފްލެޓަކުން އޭނާ އިފާޒްގެ ނަންބަރު ނަގާ ސޭވްކުރީ މިޔަދެވެ. މިރޭ އޭނާ ބޭނުންވަނީ އޭނާގެ ހިތް އިފާޒްގެ ކުރިމަތީގައި ހުޅުވާލާށެވެ. އިފާޒްދެކެ ވާ ލޯބި އަންގައިދޭށެވެ. ދެލޯ މަރާލުމަށްފަހު ޝަޒާ ޔެސް ޖަހާފައިވާ ފިތަށް ފިތާލިއެވެ.
ފޯން އައީ އިފާޒްގެއަށް ވަތްތަނުންނެވެ. ފޯންނެގުމަށްފަހު އޭނާގެ ފިރެހެންވަންތަ އަޑުން ހަލޯއޭ ބުނުމާއި އެކު ޝަޒާއަށް ފޯންކަނޑާލެވުނެވެ. އޭނާގެ ހިތްވަރު އެލިއްޖެއެވެ. ދެވަނަ ފަހަރަށް އިފާޒް ގުޅާނެކަމަށް އޭނާ އިނެވެ، ފަނަރަ މިނެޓްވެގެން ދިޔައިރުވެސް އިފާޒްއެއް ނުގުޅިއެވެ. އޭނާ އަނެއްކާވެސް ގުޅިއެވެ. މިފަހަރުވެސް ފޯންނަގާ ހަލޯއޭ ބުނެލިއެވެ. ދެންވެސް ޝަޒާއަށްވީ އެވަރެވެ. އޭނާ ފޯންކަނޑާލިއެވެ.ކަނޑާލުމާއި އެކު އިފާޒް ގުޅިއެވެ. ޝަޒާއަށް ދެލޯ ބޮޑުކޮއްލެވުނެވެ. އެ އާއި އެކު ދުރުގައި ފޯން ބޭއްވިއެވެ. ބާލީސް އުނގަށް ލައިގެން ރިންގްވަމުން ދިޔަ ފޯނަށް ބަލަން ޝަޒާ އިނީއެވެ.
****************************************
ހެދުން އަލަމާރީގެ ދޮރު ހުޅުވާލުމަށްފަހު ޝަޒާ އަތްޖައްސާލީ ރަތްކުލައިގެ ހެދުމުގައެވެ. އެ ހެދުމާއި އެކު ކަޅު ދޯޕައްޓާ އަޅާލުމުން އޭނާގެ ހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަން ޔަޤީނެވެ. ޝަޒާގެ އިސްތަށިގަނޑުން އޭނާގެ ބުރަކަށިވަނީ ފޮރުވާލެވިފައެވެ. ކަންފަތިގައި އެލޭ އެހެއް ލުމަށްފަހު ދެފަރާތަށް ބޯތަޅުވާލެވުނެވެ. އަތުގައި ރަތްކުލައިގެ ތަނޑުބައި އެޅުމަށްފަހު ދެއަތަށް އޭނާ ބަލާލިއެވެ. ލޯގަނޑުން އޭނާގެ ސޫރަ ފެނި މޫނުމައްޗަށް ފޫހިކަމެއް ވެރިކުރިވުމަށްފަހު އޭނާ ފުނާ ނެގިއެވެ. ބޮލުގެ އެއްއަރިން މަގެއް ފަޅާލަމުން އިސްތަށިގަނޑުން އެއްބައި އެއްފަރާތަށް އެއްލިއެވެ. ދެން އޭނާ ހިނިތުންވެލީ ކުރިއަށްވުރެންވެސް ފުރިހަމަކަމަށް ހިތް ބުނުމުންނެވެ. ކޮޓަރިން ނުކުތް އިރު މަންމަވެސް ނުކުންނަނީއެވެ،
” ހިނގާބަލަ ބައްޕަމެން ދޯނި ލަފައފިތޯ ބަލާލަން ދާން..”
މަންމަ އައިސަގެ އަތުގެ މުލައްދަނޑީގައި ޝަޒާ ހިފާލީ މަންމަ އާއި އެކު ބޭރަށް ދާން އެދުމުންނެވެ. އަތިރިމަތީގައިވާ ހޮޅުއަށިތަކުގައި މީހުން ފުރިފައި ތިއްބެވެ. ޝަޒާ މަސައްކަތްކުރަމުންދަނީ އޭނާގެ ހިތަށް ފަރުވާއެއް ލިބޭތޯއެވެ. ފަރުވާ ލިބޭކަށް މާ ގިނަވަގުތެއް ނުނެގިއެވެ. މާ ދުރުނޫން ހިސާބެއްގައި ހުރި ކާނިގަހެއްގެ ދަށުގައި ޕާކުކޮއްފައި ހުރި ސައިކަލްމަތީގައި އިފާޒްއިނެވެ. ސީދާ ޝަޒާއަށް ބަލާށެވެ. ޝަޒާއަށް އިފާޒް ފެނުމާއި އެކު މަންމަގެ ފުރަގަހަށް ވެދެވުނެވެ. މަންމަ ހުރީ ކޮޅުކޮޅު މައްޗަށް ދުވާ މީހުންނަށް ބަލާށެވެ.
މަޑުމަޑުން ޝަޒާ ބޯ އަރިކޮއްލުމަށްފަހުވެސް އިފާޒްއަށް ބަލާލިއެވެ. މިފަހަރުވެސް އިފާޒްގެ ލޮލާއި ޝަޒާގެ ދެލޯ ސީދާވިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުގަނެފައިވާކަމުގެ އަސަރެވެ،
” ބައްޕަމެންނެއް ނައެއްނު…ހިނގާ ދާން..”
ޝަޒާ ބޭނުންވީ އެތަނުން ދާށެވެ،
” ދަރިފުޅު ދަންޏާ ގޮސްލާ ގެއަށް.. މަންމަ ދާނަން ތަންކޮޅެއް ފަހުން..”
އައިސް ހަމަޖެހިލާފައި ބުނެލިއެވެ. މަންމަގެ ގައިގައި ވިއްދާފައި ހުރި ޝަޒާއަށް ދުރުވާކަށްވެސް ނުކެރުނެވެ. އެހެނަސް އޭނާ ފަސްއެނބުރި ބަލާނުލާ ހިނގައިގަތެވެ. ވަކި ހަމައަކަށްގޮސް ނިންމުން ބަދަލުވިއެވެ. ގެއަށް ދާހިތެއް ނުވިއެވެ. އޭނާ ފަސްއެނބުރި ބަލާލި އިރުވެސް އިފާޒް އިނީ ބަލާށެވެ. މިފަހަރު ޝަޒާ އެނބުރިލުމުގެ ކުރިން އިފާޒް ހިނިތުންވިއެވެ. ޝަޒާއަށް ހިނިތުންވާންވެސް ނޭނގުނެވެ، އޭނާއަށް ހިނގައިގަނެވުނީ އަވަސް އަވަހަށެވެ.
18 Comments!
Comments are closed.



ރީތި ވާނެހެން ވަރަށް ހީވޭ. ދެވަނަ ބަޔާށް އިންތިޒާރު ކުރަން.
thankssss hasan.. next bai ves kiyaalaaathi
vrh reathi vaahaka eh adhi mi
sallaage stories thakah vrh wait kure ve
dheme araamagun mivaahaka kiyaanihmi ekm comment kuran udhagoo vma esfiyaiga publish kuri ma comment mikuri :0
haadha rangalhey lady gaagaa.. aslu comnt libunyma v hiyvaru libey.. thanx.. dhen v foni ves vey..
Ehen tha. Salaa hama comments libuneema fonivey tha
ey mashakah neyge mi sitega mivaahaka publish kuraakameh,,,araamagugaves comment kohffin,,kiyaalahchey ingey,,,dhuvahuge thahuniyaa dhuvas nisbai vaa sorah kiyan,,,8ge habarah ves fonuvin ingey,,,hehehehehehe vaahaka feshun v salhi,,, hithah araa salaa nan hoadhani kihineh baa ey,,, konme vaahaka akahves unique name thakeh hoadhani dho????? Shazaa mi nan v salhi,,, mi vaahaka up kohdhey dhuvas thakaku kan bune dhibala,,,dhn vanhanaa mivaahaka mihaaru kurinbi live hak kurima nuliyan dho?????? e vaahaka konmeves ahen sitehgga up kohdhibala,,,plzzzzzzzzzzzzzzzzzzzzzzz mikamah visnaane kamah uhmeedhu kuran… dhn ba e tgc love you sweety <3 <3 <3
oooopppppppssssss!!!!!!!!!! adhi handhaan nethigen suvaaleh nukurevunu,,,maa fahun hadhaan v… cover pic ga e thibi kon ba eh tha??????? hanaa yaa akram dho e huri fahathuga?????? dhn shazaa n ifaz dho e huri kairiga?????? mi nizoooge gess ingey,,,hehehehehedhimaa kure vihjje tha??????
mihaa avahah pic ga thibi meehun buneema kamaku nudhaane.. buneladheefaanan eyga e huri girl akee hama shaxaa .. dhemeehunnaa ekuga ves ehuree ekaku ehnu.. shaxaa e ee… Hanaa eh nun
Heeheee v salhi ingey dhb avahah second part aharumn ah foarukohdhyba. Bt thihaa foni nuvaathi ingey
hey Anon.. foni vaane ehnu… kiyuntherinnah takaa mi liyany ves.. dhen thi kudhin foni foni comnts kuraathy kihaa foni vaane me ves.. dhen cmnt nukurey.. eyrun hnnaanan madu madun.. foni ves nuve.. hehe hmm dhen liyevunyma ehnu dw..
cover pic change kodheeba salaa
V rythi next part up kohdhyba u ge gis story ves v rythi meethi ves rythi vaane hen heevany…. Avahah up kohdheythi bye t.c
v reethi vaanehen hyve mi storyves…..wait kureve next part ah..komme dhuvahakuves balan salaa ge story upload kuretho,v kiyaalaa hithun kiyaaleve ….adhi scary story eh liyan v nu,aslu v kiyaahivey biruveri vaahaka,maruhaba ves v v reethi……wish u a success…. 🙂
nice ekam shaxaa name ehaa kamaku nudhey me akah. sorry..ekamves stroy hyvany nuce vaanehen. gud luck.
vvvvvvvvvvv reethi vaahaka eh ….kiyakiyaa indhaa nimmijje,,….dhevana bai thankolhey avahah public kurachey….ehnaneyga dhe bulhi dhw….:p….vvvvvvvvvvv nice………
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi story eh waitin 4 the nxt part
story v interesting. feshun hama v best ige sala. heevey vv reethi vaanehen. dhen sala ge story thakuga ulhey kudhinge name thah vv salhi. couple name ves v gulhey. waiting for next part. tgc. best of luck
varah molhu vaahaka eh. dhevana bayah inthixaa ru kuran……