(އަޅުގަނޑަށް ހުރިހާ ނަމެއްވެސް ވަރަށް ކަމުދިޔަ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ހުވާ ކޮށްފައި މިބުނަނީ، ހުރިހާ ނަމެއް ލެވޭ ނަމަ ލީމުސް. އެހެން ކަމުން ނަންތައް ޖެހުނީ އެއްޗެއްގައި ލިޔެ ލޯ މަރާފައި ނަގަން. ނެގުން ނަން އަޅުގަނޑު ބޭނުން ކުރަނީ މި. އެންމެންވެސް ހިތްހަމަ ޖެހޭނެ ކަމަށް ހީކުރަން. )

މީކާއިލް

 އަހަރެންނަށް ރަނގަޅަށްވެސް ޒިމާނާގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރު އެނގެއެވެ. ނޫނެކެވެ. ޒިމާނާއެއް ނޫނެވެ. ޒިމްނާއެވެ. އާއެކެވެ. ޒިމްނާއެވެ. އެދެމީހުންގެ ވައްތަރުކަން މިހާރު ވިއްސަކަށް އިންސަތައަށް ކައިރި ކޮށްފިއެވެ. ކުރިންވެސް ދެމީހުން އެހާ ވައްތަރެވެ. އެއްމާބަނޑުވިޔަސް ވެސްމެއެވެ. ވައްތަރު ނޫން ކުދިންވެސް ތިބެއެވެ. ނަމަވެސް އެހެންނެއް ޒިމްނާއާއި ޒިމާނާއަކަށް ނޫނެވެ. ދެމީހުން ހީވަނީ ހަމަ އެކަކުގެ ކޮޕީ ހެންނެވެ.

   އަހަރެން ހިން ދިރުވާލީމެވެ. މަޒީގެ ހަނދާންތައް، ކަޝްފު ކުރެވިފައިވާ ހިސާބުން ތިލަވާން ފެށީމައެވެ. އަހަރެން އައީ މިތަނަށް އައު އެސިސްޓަންޓް ޕްރިންސިޕަލްގެ ވަޒީފާއަށެވެ. އަހަރެން އެއްވެސްވެސް ކަމަކުން ވަޒީފާއަށް ބުރޫ އަރާ ކަމެއް ނުކުރާނަމެވެ. ނޫނެކެވެ. އެއީ އަހަރެންނަށް ހެދޭނެ އެންމެ ބޮޑު ދޮގެވެ.

   މިރަށަށް އައީ އެއްވެސް ހާލަތެއްގައި ވަޒީފާއަށް ވިސްނާފައެއް ނޫނެވެ. ވަޒީފާއަކީ އަހަރެންގެ ދޮރެވެ. އަހަރެންނަށް ވަޒީފާ ކޮންމެ ސްކޫލަކުންވެސް ލިބިދާނެއެވެ. އެކަމުވެސް އަހަރެން ނެގީ މިރަށެވެ. ހޯދީ މިރަށުންނެވެ.

   ޒިމްނާ އިސް ޖަހައިން އިނެވެ. މީހުން ތަކެއްގެ ކުރިމަތީގައި ކަން ހުރެވުނީ ވިސްނުމުން އަހަރެން ކަރު ކެހިލީމެވެ. “އަމް.. އައްސަލާމަލައިކުމް. މި މީޓިންގ އަކީ އަޅުގަނޑު ސްކޫލް ބޯރޑާއި ވާހަކަ ދައްކައިގެން ހަމަ ޖެއްސި މީޓިންގއެއް.” އަހަރެން އަތް އެކި ދިމަ ދިމާލަށް އިޝާރަތް ކުރަމުން ބުނީމެވެ. “އަޅުގަނޑު ހަމައެކަނި ބޭނުން ވަނީ މާދަމާ ވަޒީފާއަށް ނުކުތުމުގެ ކުރިން ތި ހުރިހާ އެންމެންވެސް ކުޑަކޮށް އެނގިލަން.” އަހަރެން ބުނީމެވެ. އެއާއި އެކު އަހަރެންނަށް ގިނަ މީހުން ހިނިތުން ވެލިއެވެ.

   އަހަރެން ދެވަނަ ފަހަރަށް ޒިމްނާއަށް ނަޒަރު ހިންގާލީމެވެ. ނަމަވެސް އަދިވެސް ޒިމްނާއެއް އިސް އުފުލައެއް ނުލައެވެ. އިރުކޮޅަކު އަހަރެން ބަލަން ހުރެފައި އަހަރެން ވާހަކަ ފަށައިފީމެވެ. އަތޮޅު ތައުލީމީ މަރުކަޒު ކަމުން ފަންސާހަކަށް ޓީޗަރުން އުޅެއެވެ. ނޫނީ އެއީ ހަމައެކަނި އައި މީހުންގެ އަދަދަށްވެސް ވެދާނެއެވެ.

   ސުވާލު އަހަމުން އަދި ސުވާލު ކުރަމުންގޮސް ބައްދަލު ކުރުން ނިމުން އިރު ދިހަގަޑި ބައިވަނީއެވެ. އެންމެން ނުކުންނަންދެން އަހަރެން މަޑު ކުރީމެވެ. އެއަށްފަހު އަހަރެންވެސް ސްކޫލްގެ ސެކިއުރިޓީއާއި ލެބްގެ ތަޅުދަނޑި ހަވާލު ކުރަމުން ނުކުތީއެވެ. އަހަރެން ސްކޫލްގެ ގޭޓް ކައިރިއަށް ހުއްޓުން އިރު ގިނަ މީހުން މިހާރު ފެންނަން ނެތެވެ.

   އަހަރެން ހުރި ތަނަށް ހުއްޓުނީ ޒިމްނާ އެކަނި ހުރީމައެވެ. ދެފަހަރަކަށް ވިސްނާލީމެވެ. އޭނާއާއި ދިމާލަށް ދާނީ ހެއްޔެވެ؟ މަޢާފް އަހަރެން އެދެން ޖެހޭނޭއެވެ. އަހަރެން ހިނގަން ފެށީމެވެ. “ހަމަ ނިމުނީއޭ މި…… ނޫން އަންނާނެ ކަމެއް ނޫން….. އާއެކޭ.!” އަހަރެން ވަގުތުން ހުއްޓުނީ ފޯނުން އޭނާ ވާހަކަ ދައްކާ އަޑު އިވިގެންނެވެ. “މި ދަނީ އޭ… ބާއްވަނީ!” އޭނާ ބުންޏެވެ. އެއާއި އެކު ފޯނު ބޭއްވުމަށްފަހު ހިނގައިގަތެވެ.

   “އެހެމް..” އަހަރެން ކަރު ކެހިލީމެވެ.  ސިއްސައިންގޮސް އޭނާ ބާރަށް ފަހަތަށް އެނބުރުނެވެ. އަހަރެންނަށް ބަލާލިއެވެ. ވަރަށް ދުވަސްތަކަކަށް ފަހު އަހަރެންނަށް ޒިމްނާގެ ލޯ ފެނުނެވެ. އާއެކެވެ. ކުރިން އަހަރެން އެއްފަހަރަކު ޒިމްނާއާއި ދިމާވީމެވެ. އެއީ ޒިމާނާއާއި އެކު އުޅުން އިރެވެ. ނަމަވެސް އެއީ ވަރަށް ކުރިންނެވެ. މިހާރު ކުރިއަށްވުރެ ލޯ ތަފާތެވެ. ޒިމާނާގެ ލޮލާއި ވަރަށް ވައްތަރެވެ. ހަމަގައިމުވެސް އެއިރާއެވެ. އެއީ މާކަށް ކުރިންނެވެ.

   އަދިވެސް އަހަރެންނަށް އަހަރެން މި ހޯދާ ކުއްޖެއް ދިމައެއް ނުވެއެވެ. އަހަރެންގެ މަގްޞަދަކީ ޒިމާނާ ހާސިލް އަލުން ކުރުމެވެ. ނަމަވެސް އަދިވެސް އޭނާ ނުދެކެމެވެ. ކިހާ މޮޅު ހެއްޔެވެ؟ ޒިމްނާ މަޑުކޮށްގެން ހުއްޓެވެ. ނަމަވެސް މިހާރު އަހަރެންނާއި ދިމާލަކަށް ނުބަލައެވެ. ފަހަރުގައި އޭނާއަށް ކަންތައް ކުރެވުން ގޮތުން ކަންނޭނގެއެވެ. ނޫނީ އަހަރެންނަށް ކަންތައް ކުރެވުން ގޮތުން ކަމަށް ވެދާނެ އެއް ނޫން ހެއްޔެވެ؟ ހަމަ ގައިމުންވެސް ސަބަބަކީ އެއީ ކަންނޭނގެއެވެ.

  “އަމް…. އަސްލު އަހަރެން ވަރަށް ބޮޑަށް ސޮރީ ބުނަން ބޭނުންވާތީ ހަމަ މިހުރީ.” އަހަރެން ޒިމްނާއާއި އަރާ ހަމަވަމުން ބުނީމެވެ. އޭރުވެސް ޒިމްނާ އަހަރެންނާއި ދިމާލަށް ބަލަން ދެކޮޅު ހަދަނީއެވެ. “މަޢާފް ނުކުރަނީހުންނެއް ނުދާނަން. އަދި ޒިމްނާއަށް ދިޔަކަވެސް ނުދޭނަން.” އަހަރެން ބުނީމެވެ.

  އެއީ އަހަރެންގެ ވަރަށް ބޮޑު މައްސަލައެކެވެ. އަހަރެން ބޭނުންވާ އެއްޗެއް ނުލިބެނީހެން އަހަރެން އަހަރެންގެ މަސައްކަތެއް ނުހުއްޓޭނެއެވެ. ޒިމާނާވެސް ވަކި ތފާތަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އޮޅުވާލީ ޒިމާނާއެވެ. ނަމަވެސް އެވަރުވެސް އަހަރެން އޭނާ ދެކެ ވާ ލޯތްބެއް ކުޑައެއް ނުވެއެވެ. އަދިވެސް އޭރު ބޭނުން ވާ ވަރަށް ޒިމާނާ ބޭނުން ވެއެވެ.

   ޒިމްނާ މަޑުމަޑުން ހިނގަން ފެއްޓެވެ. އަހަރެންވެސް ޒިމްނާ އާއި އެއްވަރު ކުރަމުން ހިނގަން ފެށީމެވެ. އަހަރެން މިދަނީ އަހަރެން ހުންނަ ގެއާއި މުޅި އިދިކޮޅު ފަރާތަށް ދާކަން އިނގޭ އިރުވެސް އަހަރެން އެއްވަރަކަށް ދިޔައީމެވެ. ޒިމްނާއެއް އަނގައަކުން ނުބުނެއެވެ. އެހެން ކަމުން މިފަހަރު އަހަރެންވެސް އަނގަމަޑުން ލައިން ހުރީމެވެ. ކޮންމެވެސް އިރަކުން އަނގަ ހުޅުވާނެއެވެ.

   “ސޮރީ….” ވަރަށް މަޑުން އެންމެ ފަހުން ޒިމްނާ ބުންޏެވެ. “ކީކޭ…؟ އަދި އަޑެއް ނީވެ އިނގެ.” އަހަރެން ބުނީމެވެ. އަހަރެންނަށް އެނގެއެވެ. އަހަރެން ގޮށަށް ފިތަނީއެވެ. ނަމަވެސް އަހަރެން އޭނާގެ އަޑު އެއްފަހަރު އަހާލަން ބޭނުންވީއެވެ. ދެމީހުން އަޑު އެއް ގޮތެވެ. ނަމަވެސް ވާހަކަ ދެއްކުމުގެ ކުޑަ ތަފާތެއް އެބަ ހުއްޓެވެ. އެނގޭނީ ވަރަށް ބަލައިފިއްޔާއެވެ. “އޯކޭ. އަސްލު ޒިމްނާއެއް ނޫން އެޕޮލޮޖައިޒް ކުރަންވީ.. އަހަރެން.” އަހަރެން ސީރިއަސް ވަމުން ބުނިމެވެ.

   “ސޮރީ ވަރަށްް ބޮޑަށް. އަހަރެން އެހެން ހަދައިގެން ނުވާނެ ކަމަށް. އަހަރެން ހީކުރީ ޒިމާނާ ކަމަށް.” އަހަރެން އެެންމެ ފަހުން ބުނީމެވެ. ޒިމްނާ ހުއްޓުނެވެ. “އަހަރެންގެ ދައްތަ އިނގެނީ ކިހިނެއް؟” ޒިމްނާ ބުންޏެވެ. “އެ-” “ޒިމް؟ އެތެރެއަށް ވަންނަން ވީނުން ދޯ.” އަހަރެންގެ ވާހަކަ މެދު ކެނޑުނީ އެހެން މީހަކުގެ ވާހަކައިންނެވެ. ދެމީހުން އެކީ ބަލާލިއެވެ.

   ޒުވާނެކެވެ. އަހަރެންނަށްވުރެ ޒުވާން ވާނެއެވެ. އަހަރެންނަކީ މުސްކުޅިއެއް ނޫނެވެ. ތޭވީސްއަހަރުގެ މީހަކަށް މުސްކުޅިއެއް ނުކިޔާނެއެވެ. ނަމަވެސް އެ ޒުވާނާއަށް ވާނީ ވިހި ނޫނީ އެކާވީސް ވަރެވެ. އަހަރެންނަކީ އާންމުކޮށް މީހުންގެ އުމުރު ދިމާކުރުމަށް މޮޅު މީހެކެވެ.

   ޒިމްނާ އިތުރު އެއްޗެކޭ ނުބުނެ އެތެރެއަށް ވަނެވެ. އޭނާއާއި އަރާ ހަމަ ވަންދެން އޭނާ ޒިމްނާއަށް މަޑުކޮށް ބަލަން ހުއްޓެވެ. ހަމަގައިމުވެސް އޭނާއަށް ޒިމްނާއަކީ ހާއްސަ މީހެެކެވެ. ޒިމްނާ އޭނާއާއި އަރާ ހަމަވެ ދިޔުމުން އޭޏާގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. އެއްޗެކޭ ނުބުނެއެވެ. މޫނުމަތިން އެއްޗެއް ނޭނގުމުގެ އިތުރުން ލޮލުންވެސް އެކަހަލަ އެއްޗެއް ނުފެނެއެވެ.

   އެއަށްފަހު އޭނާވެސް އެތެރެއަށް ވަނެވެ. އެއީ ކާކު ހެއްޔެވެ؟ ޒިމްނާގެ ކާކު ހެއްޔެވެ؟ ފިރިމީހާ ހެއްޔެވެ؟ ނޫނީ ރައްޓެހި ވެގެން އުޅޭ މީހާ ހެއްޔެވެ؟ އެހެންވީއްޔޔާ އެއް ގެއަކު އުޅެނީ ކީއްވެ ހެއްޔެވެ؟ މިއީ އެމެރިކާއެއް ނޫނެވެ. ނަމަވެސް އަހަރެންނާއި ބެހޭ ކަމެއް ނޫނެވެ. ކޮންމެއަކަސް ޒިމްނާއާއި ގުޅެއެވެ. ހަމަ ގައިމުވެސް އޭނައަކީ ބަލާލަން ކިތަންމެހާވެސް ރަނގަޅު މީހެކެވެ. އަހަރެންނަށްވުރެ އެތައް ގުނައެކެވެ. އަހަރެންނަކީ މާކަށް ރީތި މީހެއް ނޫނެވެ. އަހަރެން ޖަވާބު ތަކަށް މި އަންނަނީ ކީއްވެ ހެއްޔެވެ؟ އެއީ ޒިމްނާގެ ބޭބެއަށްވެސް ވެދާނެއެވެ. އެންމެ ފަހުން އަހަރެން ކޮނޑު އަރުވާލުމަށްފަހު އެނބުރި ގެއަށް ހިނގަން ފެށީމެވެ.

     ފޯނާއި ކުޅެމުން އަހަރެން ދިޔައީ ކުރިމަތި ނުބަލައެވެ. މިއީ ދެވިހިފާ، ރުޅިގަދަވާ ގޭމެކެވެ. ފްލެޕީ ބާރޑްގެ ހުން އަހަރެންނަށްވެސް ޖެހުނީއެވެ. “ވައް ދަ ހެ…..؟” އަހަރެން އަތުން ފޯނު އެއްލައިގެން ދިޔައީ މީހަކު އަހަރެން ގައިގައި ޖެހުނީމައެވެ. އަހަރެންނެއް ނުއެއް ވެއްޓެއެވެ. ނަމަވެސް އޭނާ ވެއްޓުނެވެ. އަންހެން ކުއްޖެކެވެ. ހައު ޓިޕިކަލް. އޭނާގެ މޫނު އިސް ޖަހައިން އިނުމުން ނުފެނެއެވެ.

   “ސޯރި…..” އަހަރެން ދަމާލަމުން ބުނީމެވެ. އެއާއި އެކު އަހަރެން އަތް ދިއް ކުރީމެވެ. ނަމަވެސް އޭނާ ފެށީ އޭނާގެ ކައިރީ ބުރައިން ގޮސް ހުރި ސާމާނުތަށް ކޮތަޅަކަށް އެޅުމަށެވެ. އަހަރެންވެސް ތިރި ވީމެވެ. އެއާއި އެކު އޭނާއަށް ބެލުމެއް ނެތި އެއްޗެހިތައް އަޅައި ދިނުމަށްފަހު އަހަރެން އަނެއްކާވެސް ތެދުވީމެވެ. އަނެއްކާވެސް އަހަރެން އަތް ދިއްކުރީމެވެ.

   އޭނާ އަހަރެން އަތުގައި އެޅުވީ ކޮތަޅުގެ އަތްގަނޑެވެ. އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. އޭނާ އެކަނި ހެދުމުން ވެލި ފޮޅަމުން ތެދުވިއެވެ. “އަނދިރި ދޯ!” އެންމެފަހުން އޭނާ ބާރަށް ބުންޏެވެ. އަހަރެންނަށް ބަލާލިއެވެ. އަހަރެން ހިންދިރުވާލީމެވެ. ޒިމާނާއެވެ. އާއެކެވެ. ޒިމާނާއެވެ. އޭނާވެސް ލޯބޮޑުވިއެވެ. “…. މީކާއިލް؟” އޭނާ ބުންޏެވެ. އޭނާއަށް ބުނެވުން އެތިވެސް ގަބޫލު ނުކުރެވޭ ކަހަލައެވެ.

   އަދިވެސް ޒިމާނާ އެހާ ރީއްޗެވެ. ޒިމާނާ ރީތި ވާ އިރު ޒިމްނާ އަހަރެންނަށް އެހާ ރީތި ނުވަނީ ކީއްވެ ހެއްޔެވެ؟ ގައިމު ބަލާ ބެލުމަށް ދެމީހުން ހަމަ އެއްވެސް ވަރަކަށް ތަފާތެއް ނޫނެވެ. “ހޭ ބޭ…..” އަހަރެމެން ދެމީހުން ޒިމާނާގެ ފަހަތައް ވަގުތުން ބަލާލީ އަހަރެމެންނާއި ދިމާލަށް އަންނަމުން ދިޔަ އަޑުގެ ސަބަބުންނެވެ.

   ޒުވާނެކެވެ. ނަމަވެސް އަހަރެންނަށްވުރެ ބޮޑު ވެދާނެއެވެ. ޒުވާނެކެވެ. އައި ގޮތަށް އައިސް ޒިމާނާގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެއީ ޒިމާނާ ރައްޓެހި ވެގެން އުޅޭ މީހާކަންވެސް އެނގުނީ ދެނެވެ. ނޫނީ އެއީ އޭނާގެ ފިރިމީހާ ހެއްޔެވެ؟ އެ ޚިޔާލުންވެސް ބަނޑު ވަޅުގަނޑަކަށް ވެއްޓުން ކަހަލައެވެ. “މީ ކާކު..؟” އެ ޒުވާނާ ޒިމާނާ ކައިރީ އެއްސެވެ. ޒިމާނާ ފުރަތަމަ އެއްޗެކޭ ނުބުނެއެވެ. ޖަވާބެއް ތައްޔާރު ކުރަނީ ކަންނޭނގެއެވެ

   “މިއީ…. ޒިމާނާގެ ކުރީގެ ފްރެންޑެއް.” އަހަރެން ދޮގު ހަދަމުން އޭނާއާއި ދިމާލަށް އަތް ދިއްކޮށްލީމެވެ. ސަލާމް ކުރުމަށެވެ. އޭނާ އަހަރެންގެ އަތުގައި ހިފިއެވެ. ހިނިތުން ވަމުންނެވެ. ނަމަވެސް އެ ހިނިތުން ވުމުގައި ނުބައި ކަމެއް ވާހެން ހީވަނީ ކީއްވެ ހެއްޔެވެ؟ ނޫނީ އެއީ ހަމަ އަހަރެންނަށް ފެންނަ ގޮތް ހެއްޔެވެ؟ “ފްރެންޑެއް؟ ކީއްކުރަނީ މާލޭ މީހުން މިކޮޅުގައި؟” އޭނާ ހިނިގަނޑެއް ޖަހަމުން ބުންޏެވެ.

    “ހެހެ ދޯ. މި މިރަށު އެސިސްޓަންޓް ޕްރިންސިޕަލުގެ ވަޒީފާއަށް މިއައީ.” އަހަރެން ބުނީ ސީދާ ޒިމާނާއަށް ބަލަން ހުރެފައެވެ. ޒިމާނާގެ ލޯ އިހަށްވުރެ ބޮޑޫވި ކަހަލައެވެ. “މިދޯ މި މަޝްހޫރު ޕްރިންސިޕަލަކީ. ހުރިހާ އެންމެންވެސް މިހާރު ދައްކަނީ ޕްރިންސިޕަލްގެ ވާހަކަ.” އޭނާ ބުންޏެވެ. އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. “އަނެއްކާ ރަނގަޅު ވާހަކަ ދޯ އިވެނީ.” އަހަރެން ބުނީމެވެ.

    ހިނގާބަލަ ދާން ރީހާން! މިހާރު އެމީހުން ތިބޭނީ ލަސްވެފައި.” ޒިމާނާ އެންމެ ފަހުން ބުންޏެވެ. “އާން އަހަރެންވެސް ދާންވި. ނައިސް މީޓިންގް ޔޫ ޓޫ.” އަހަރެންވެސް އެންމެ ފަހުން އަވަހަށް އެއްޗެކޭ ބުނެ  އެތަނުން ދުރުވެވޭތޯ ބެލީމެވެ. ޒިމްނާ އެހެން މީހަކާއި ފެނުމުން އުނދަގޫ ވާތީއެވެ.

     ގެއަށް ވަތް އިރު އަހަރެން ހުރީ ރުޅި ގަދަ ވެފައެވެ. ކެއުމެއް ނެތި އަހަރެން ކޮޓަރިއަށް ވަނީއެވެ. އެއްޗެއްވެސް ބަދަލެއް ނުކުރަމެވެ. ފޯނު އެއްލާލީމެވެ.  ރުޅިމަޑު ވީމައި އަދި ފޯނު ފަރާތުން މަޢާފަށް އެދޭނެއެވެ. ނަމަވެސް މިވަގުތު އަހަރެންނަށް ކަމަކާއި ވިސްނޭ ވަރެއް ނޫނެވެ.

   އަހަރެން މިކަން އެނގެން ޖެހޭނެއެންނުން ހެއްޔެވެ؟ އަހަރެން އައީވެސް މިކަން ގަބޫލު ކޮށްގެނެއް ނޫން ހެއްޔެވެ؟ އަހަރެންނަށް މަކަރު ހެދުމުންވެސް ޒިމާނާ ބޭނުންވާ ގޮތް އަހަރެންނަށް އެނގެން ޖެހޭނެއެއް ނޫން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އަހަރެންނަށް ނިދުން އިރުވެސް އަހަރެންނަށް އޮތީ ރުޅިއާދެވިފައެވެ.

**********************

  އަހަރެންނަށް ހޭލެވުނީ ފޯނުގެ އެލާރމްގެ އަޑާށެވެ. އޮފްކޮށްލުމަށްފަހު ބޯ ކަހަމުން ކަންނެތް ކަމާއި އެކު އަހަރެން ތެދުވީމެވެ. އަދިވެސް ރޭގެ އިޙްސާސްތަށް ކުޑަކުޑަކޮށް އުޅޭއެބައެވެ. ނަމަވެސް މޫނުގަނޑެއް އަޅަން ވީއެވެ. އަހަރެން މޫނުމަތިން އަހަރެންގެ އެއްވެސް ‘ޕާރސަނަލް’ ކަމެއް އެނގިގެން ނުވާނެއެވެ.

   ތައްޔާރުވެ ސްކޫލަށް ދިޔައިރު އަހަރެން ހުރީ ބަނޑުހައިވެފައެވެ. ރެއަކު ނުކަމެވެ. މިޔަދުވެސް މިއައީ ސައި ނުބެއެވެ. ވެލް… އިންޓަރވަލް ގަޑިއަށް މަޑު ކުރާނީއެވެ. އަވަސް އަވަހަށް އަހަރެން އޮފީހަށް ވަދެ ސޮއި ކޮށްލުމަށްފަހު އަހަރެން ނުކުތީ އެސެމްބްލީއަށެވެ. އެންމެ ފުރަތަމަ އަހަރެންގެ ނަޒަރުގައި އަޅައިގަތީ ޒިމްނާގެ ރަތްވެފައިވާ ދެލޮލެވެ.

   ވަގުތުން ވީ ކަމެއް އަހަރެން ވިސްނަމުން ދިޔައީމެވެ. ވީ ކޮން ކަމެއްތޯ ނަތީޖާއަކަށް  އަންނަމުން ދިޔައީމެވެ. ނަމަވެސް ޖަވާބެއް ނައެވެ. ގޮސް އަހަން ވީ ހެއްޔެވެ؟ ނަމަވެސް އަހަރެންނަށް އަދި ރަނގަޅަށް އެއީ ކާކުކަންވެސް ނޭނގެއެވެ. އަހަރެންނަށް އެހެން ނޫނަސް ސުވާލު ކުރުމުގެ އަދި އޭނާގެ ކަމަކާއި ބެހުމުގެ ހައްގެއް ނެތެވެ. ސްކްރޫ އިޓް… އަހަރެން އަހާނަމެވެ. އެސެމްބްލީ ނިމުންހާ އަވަހަކަށެވެ.

(ނުނިމޭ)

4

12 Comments

 1. lonely angel

  February 20, 2014 at 6:31 pm

  mi vaahaka husha alhai dhey gotheh me akah kamaku nudhey. confuse vany. ximnaa hedin akah jahaafa eynage ihsaas thah kiaa dhey gothah stry feshuny. n secon ep ga mykaail hedin akah jahaafa eynage bai. either “furatham myhaage naxarun” mulhi stry aharen kiyaafa liyan vynu. eiy ximanaa nuny mykaail ah vegen. nuny “thin vana myhaage naxarun” liyanvynu eyna beynun koggen. kiyaadhey myhaa characters ge ihusaas tha kiyaa dhey gothah.

  thi is just a thought, opinion
  gud luck

  • Tanager

   February 20, 2014 at 7:18 pm

   Mulhin Thedhu Vaahaka Eh Thi Buny
   Ekamu Alhugandu Beynun Vey Dhemyhunge Life Ga Vaagoi Dhemyhunge Feelings Aa Eky Gennan
   Cos Dhemyhun V Ma Vaki Hisaabakah Aadhevey Iru Hunnaany Varah Kanthah Vefa
   Ekaku Ge POV In Genaima Dhen Hunna Myhaage Life Ga Vaa Eh kameh Ves Ekakahves Neyngeyne Except Emyhaka Dhimaavyma Noony
   Hykuran Get Ve dhen In Baives Kiyaane Kamah
   Thank Yuh Bodukoh Dhin Idea Ah

  • lonely angel

   February 20, 2014 at 10:13 pm

   ya i knw ey. me nubunamey only one myhegge pov in genes dheyshey. thin vana myhaage naxarun husha alhai dhinas feeligs express kureveyne vaahaka mi bunany. me ah hama alhaiganna gotheh huryma dhw , ehenve evaahaka share kolly sorry if u felt bad. stry nice just husha alhai dheygoi kudakoh dhw…. n thnkx coment balaigathy thyve.
   .

  • Tanager

   February 21, 2014 at 12:22 am

   Nooney Varah Bodah Happy Comment Kuryma
   3rd personge piv in liyunyma maa bodah plastic ee.

 2. nish

  February 20, 2014 at 9:33 pm

  story v reethi vaanehen heevey. ekam sumtimes kiyan udhagu vey 1 sentence ga ebahurey ‘aharen’ ma ginain repeat vefa dhen word thah tharutheebu kuraairu isfas vefa huryma kiyan udhagu gotheh hurey. hope dhen rangalhu kohlaane kamah. best of luck. tc. bye bye

  • Tanager

   February 21, 2014 at 12:24 am

   Thank You Nish ge Commentah
   Yep iraadha kurevviyyaa

 3. girl

  February 20, 2014 at 10:40 pm

  Side character akah boy eh innanama labaan kiyachey pls pls plsplsplsplsplspls

  • Tanager

   February 21, 2014 at 12:25 am

   Side Character dhw
   yep no doubt
   thanks inge

 4. aju

  February 21, 2014 at 1:54 am

  Vaahaka nice , migotha eki charecters amillah kiyaidheygotha liyefa honna english v reethi vaahakaves hurey , dhivehi vaahaka thaka aa gothe kama vedhaane ,nicegothe mee ,ekamu nish buni gotha isfas vefa hunnathee kudako udhagoovanee .

  • Tanager

   February 21, 2014 at 11:31 am

   ޔެޕް.. އަޅުގަނޑަށްވެސް ރަނގަޅަށް ބަލާލީމަ މި އެނގެނީ. ޗެކް ނުކޮށް އަވަހަށް ލައިފަ ތި ހުރީ.. ސޮރީ..
   ދެން ފަހަރުން ވަރަށް ކެއަރފުލް ވާނަން…
   ތެންކިޔު އަޖު.. 🙂

 5. meesham

  February 21, 2014 at 1:08 pm

  v nice story. waitin for next part

  • Tanager

   February 21, 2014 at 5:01 pm

   Thank You Meesham

Comments are closed.