Skip to content
އެސްފިޔަ

ލޯތްބަށްޓަކައި.. (ފުރަތަމަ ބައި)

އާދުވަހަކަށް އިރުއަރައިފިއެވެ.މުޅި މާލެއަށް ހަލަބޮލިކަން ވެރިވެއްޖެއެވެ. އެމީހެއްގެމަސްއޫލިއްޔަތާއިގެން ކޮންމެ މީހަކުވެސް ދުވަހުގެ މަސައްކަތް ފަށައިފިއެވެ.އަރައިގެން އައި އިރުގެ ރަން ދޯދިތައް ފަރުދާ ކަހާލެވިފައިވާ ކުޑަދޮރުންފޭދިގެން އައިސް ލަޔާލްގެ މޫނަށް އެޅިފައިވެއެވެ. ލޮލަށް ކިތަންމެއުދަނގޫވަމުން ދިޔަޔަސް ކުޑައިރުކޮޅަކަށް ނަމަވެސް އަދި ނިދާލެވޭތޯމަސައްކަތްކުރަމުން ލަޔާލްގެ އިސްތަށިގަނޑުން މޫނު ފޮރުވާލިއެވެ.
”
ލަޔާލް” ދުރު ދުރުން އިވުނު އަންހެނެއްގެ އަޑުން ލަޔާލް ފުންމައިގެންތެދުވެވިއްޖެއެވެ. ”ލަޔާލް” ހަރުކަށިކަމާއެކު އޭނަގެ ނަމުން ގޮވަމުން އެއަންނަ އަޑު މަޑުމަޑުން ލަޔާލްގެ ކޮޓަރިއާ ކައިރިވާހެން ހީވުމުން ލަޔާލްދުވެފައި ގޮސް ފާހާނާއަށް ވަނެވެ. ލަޔާލްގެ ކޮޓަރި ދޮރުހުޅުވާލަމުން އެކޮޓަރި ތެރެއަށް ވަނީ ލަޔާލްގެ މަންމަ ޝިފާނާއެވެ. ނަފްރަތުގެ ނަޒަރަކުންމުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ރޫޖެހިފައިވާ އެނދަށް ބަލާލަމުންކޮޓަރި ތެރެއަށް ހިނގައިގަތެވެ.

ލަޔާލް މޫނުދޮވެލައިގެން ނުކުތް އިރު ޝިފާނާ ކޮޓަރި ތެރޭ ހުއްޓެވެ. ” އަދިދޯ ތިހޭލެވުނީ…….އިރުއަރާއިރުވެސް ނޭނގޭނެ އޮތްތަނުންހިއްލާލާކަށެއް……” ޝިފާނާ ކުދި ކިޔަން ފެށިއެވެ. ލަޔާލް ތުވާލިގޮނޑީގައި އަޅުވާލަމުން ރޫޅިފައިވާ އިސްތަށިގަނޑު ވޫލްކޮޅަކުންއައްސާލިއެވެ. ” ހޫމް ފަރިވާނެ ކަމެއްނެތް……..ބަދިގޭގަ ކުރަން ހުރިމަސައްކަތް އެހެރީ ހުރިގޮތަށް….އަވަސްކޮއްގެން އާދޭ….އަހަރެން މިއަދުޖިމްއަށް ދާން ފަށަށް….އީނަލް ސްކޫލަށް ގެންދިއުމާ ގެނައުމަކީ ލަޔާލްގެޒިންމާއެއް…….” ދުވަހުގެ ތާވަލް އެއްނޭވައިން ކިޔާލަމުން ޝިފާނާނުކުމެގެން ދިއުމުން ލަޔާލް ފުންނޭވާއެއް ދޫކޮއްލިއެވެ.

ލަޔާލް ބަދިގެއަށް ވަދެ މަސައްކަތްތައް ކުރަންފެށިއެވެ. ގޭގަ ކުރަންޖެހޭކަންތައްތަކާ ކޮއްކޮމެންގެ ހުރިހައިކަމެއްވެސް ކުަރަނީ ލަޔާލްއެވެ. ޑިސްޑޭކާރޓޫންގައި އުޅޭ ސިންޑްރެއްލާއެކޭ ތަފާތެއް ނެތިއެވެ. މަންމައާ ބައްޕަގެކައިރީ އުޅެމުންވެސް އަމިއްލަ ގޭގަ އުޅޭކަމުގެ އިހްސާސެއް ނުކުރެވެއެވެ.މަންމަވެސް ބައްޕަވެސް އޭނައަށް ބަލާލަނީ ބީރައްޓެހި ގޮތަށެވެ. ވާހަކަދައްކަނީ ކުށްވެރިއަކާ ވާހަކަ ދައްކާ އުސޫލުން ހަރުކަށިކަމާއެކުއެވެ. އެއީކީއްވެކަމެއް މިހާ ދުވަސްވީ އިރުވެސް ލަޔާލްއަކަށް ނޭނގެއެވެ.

ބަދިގެ ހުރިހާ މަސައްކަތްތައް ކޮށްނިމިގެން ދެން އީނަލް ގެނެސް ފެންވަރުވާސުކޫލަށް ދާން ތައްޔާރުކޮއްލަދިނެވެ. ” ދޮންތަ ސްކޫލަށް ދާން ހިނގާ އީނަލްއާ އެކު…ވަރަށް މަޖާވާނެ ސްކޫލްގަ………އާންޓީ ވަރަށްރަނގަޅުވާނެ……..” އީނަލް ޔުނީފޯރމަށް ބަލާލަމުން ބުނެލިއެވެ. ”ދޮންތަވެސް ކުޑައިރު ސްކޫލަށް ދިޔައިން…..ކޮއްކީ ސްކޫލަށް ގޮސްބަސްއަހައިގެން ކިޔަވައްޗޭ……..” ލަޔާލް އީނަލްގެ ނޭފަތުގައިހިފާލިއެވެ. އީނަލްގެ ވާހަކަތަކުން ލަޔާލްއަށް އަސަރުތަކެއް ކުރިއެވެ.ސްކޫލަށްގޮސް ކިޔެވުމުގެ ފުރުސަތު ލަޔާލްއަށް ލިބުނީ ގްރޭޑް ފަހަކާހަމަޔަށެވެ. އޭގެ ފަހުން މަންމަ ސްކޫލުން ކަނޑާލައިގެން ގޭގައިމަސައްކަތްކުރަން ބެހެއްޓިއެވެ.
”
ދޮންތާ..” ލަޔާލް ސިހުނީ އީނަލް ގޮވާލުމުންނެވެ. ” އޯތް..ހިނގާއަވަހަށް ގަޑިޖެހިދާނެ……..” އީނަލްގެ އަތުގައި ހިފާލައިގެން ކޮޓަރިންނުކުންނަމުން ބުނެލިއެވެ. މާލޭގެ މަގުތައް ވަނީ ހަލަބޮލިވެފައެވެ. ސްކޫލަށްދާ ކުދިންނާ އޮފީސްތަކަށް ދާމީހުންވަނީ ގިނަވެފައެވެ. ދުއްވާ އެއްޗިއްސަށްސަމާލުކަން ދީގެން ސްކޫލްދޮށަށް ދެވުނީ ބެލްޖެއްސި ފަހުންނެވެ. ” ބާއިދޮންތާ…..” އީނަލް ސްކޫލްގެ ގޭޓުން ވަންނަމުން ލަޔާލްއަށް ގޮވާލިއެވެ.ލަޔާލް ހީލަމުން އަތްނަގައި ބާއި ކިޔާލިއެވެ.

ވިއްސާރަ ވިލާ ނަގައި މުޅި އުދަރެސް ބައްދާލައިފިއެވެ. އުޑަށް ބަލާލަމުންގެއަށް ދެވޭނެބާއޭ ލަޔާލްގެ ހިތަށް އެރިއެވެ. ބާރު ހިނގުމުގައި ގެއާދިމާލަށް މިސްރާބުޖަހައިފިއެވެ. މަޖީދީމަގަށް ނުކުންނަން އެޅި ގޯޅންޒުވާނެއްގެ ގައިގަ ވަރަށް ބާރަށް ޖެހުނެވެ. އެ ޒުވާނާވެސް އައީ ނުބަލައެވެ.ލަޔާލްވެސް ނުބަލާ އައުމުން ދެމީހުން އެކަކު އަނެއްކަކު ގައިގަ ޖެހުނެވެ. ” އައި އެމް ސޮރީ……” ލަޔާލް އޭނަގެ މޫނަށް ބަލާލަމުން ބުނެލިއެވެ.ހުދު ޓީޝާރޓަކާ ނޫ ޖިންސެއްގައި ހުރި އެ ޒުވާނާވެސް ނުހަނު ރީއްޗެވެ.ބަސްހުއްޓިފައި ލަޔާލްގެ މޫނަށް ބަލަހައްޓައިގެން އެ ޒުވާނާއަށްހުރެވުނެވެ.

ލަޔާލްގެ ރީތިކަން ފެނިފަ އާޝޯޚުވެފައެވެ. ޖެހެނު ވައިރޯޅިއަކުން ލަޔާލްގެއިސްތަށިގަނޑު މޫނު ފޮރުވާލިއެވެ. ހީލަމުން ލަޔާލްގެ ހިމަ އިނގިލިތަކުންއިސްތަށިކޮޅު އެއްފަރާތްކޮއްލި މަންޒަރު އެ ޒުވާނާގެ ހިތުގައިކުރަހާލިއެވެ. މަޑު ނޫކުލައިގެ ދޯޕައްޓާ ހެދުމުން ލަޔާލްގެ ފުރިހަމަކަންއިތުރުކޮއްދެއެވެ. އެ ޒުވާނާގެ ފަރާތުން ބަހެއް ނައުމުން ލަޔާލްހިނގައިގަތެވެ. ލަޔާލް ގޮސް އޮބާލަންދެން އެ ޒުވާނާ އެތާގައި ބަލަންހުއްޓެވެ.

ލަޔާލްއަށް ގެއަށް ވަދެވުނީ ކިރިޔާއެވެ. ވިއްސާރައޮއްސާލައިފިއެވެ.ހުޅުވިފައިވާ ހުރިހައި ކުޑަދޮރުތަކެއް ލައްޕާލަމުން ކޮޓަރި ތެރެއަށްހިނގައިގެންފިއެވެ. ”ލަޔާލް..މަށަށް އައިސް ކޮފީއެއްގިރައިދީބަލަ………..” ލަޔާލް ކޮޓަރިއަށް ވަނުމަށް ނެގި ފިޔަވަޅުހުއްޓުނީ މަންމަގެ އަޑު އިވުމުންނެވެ. ތުން ހަދާލަމުން ބަދިގެއަށް ވަދެކޮފީއެއް ހަދައިދިނެވެ. ކޮފީ ތަށި ހިފައިގެން ގޮސް ޝިފާނާގެ ކޮޓަރިއަށްވަތްއިރު ޝިފާނާ ރީތިވާން ހުއްޓވެެ. ” އަހަރެން ޖިމްއަށް ދާފަހުން ބައްޕައައިސްފިއްޔާ ކާންހަދާދޭތި…..ދެން އެހެރަ ހަރުގަ ހުރި ފައިވާންފޮހެލައިގެން ގެނެސްދީބަލަ……….” ލަޔާލް ފަހަރަކު އޯޑަރެއްއަންނަމުން ދިޔައެވެ. ކިޔަމަންތެރިކަމާއެކު ކުރަން ބުނި ކޮންމެ ކަމެއްވެސްކުރަމުން ދިޔައެވެ. ހަރުގައި ހުރި ހައިހީލް ފައިވާން ނަގައި ދޯފައްޓާއިންފޮހެން ފެށިއެވެ. ލަޔާލްއާ ފުރަގަސް ދީގެން ހުރި ޝިފާނާ އެނބުރިލީ ވަގުތުލަޔާލްއަށް ނުހީއެއް ނުހުރެވުނެވެ.

ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މުޅި މޫނުގައި ހުދުފުށްޖަހާފައި ހުރި އިރުކާރޓޫން ކެރެކްޓާއެކޭ އެއްފަދައެވެ. ކަޅުކޮން ފަލަކޮން ހުންނަ މީހަކާބަލާފަ ލައިގެން ހުރި ބާރު ކުރު ޓޮޕްކޮޅުގެ ސަބަބުން ބަނޑުގެތަންތަންކޮޅުވެސް ފެންނަން ހުއްޓެވެ. ލަޔާލް އަވަހަށް އަނެއްފަރާތަށްއެނބުރި އަނގަމަތީ އަތްއަޅައި ހުނުން މަޑުކޮއްލިއެވެ. ” މަންމަ ތާކަށްދަނީތަ…….” އަލަމާރިތެރެއިން ހޭންޑްބޭގު ނެގުމުން ލަޔާލް އެހިއެވެ. ”ހޫމް ކިހިނެއްވީ…ޖިމްއަށް ދާން މިދަނީ……..” ޝިފާނާ މޭޒުމަތީބަހައްޓާފައި ހުރި ކޮފީތަށި ނަގައި އެއްނޭވާއިން ދަމާލާފިއެވެ. ލަޔާލްޝިފާނާއަށް ބަލާލިއެވެ. އެކަހަލަ ހެދުމެއް ލައިގެން ގޮސް ކަސްރަތެއްނުކުރެވޭނެކަން ޔަގީނެވެ.

ޝިފާނާ ކޮފީބުއި ތަށި ލަޔާލްގެ އަތަށް ދިނުމަށްފަހު ހިނގައިގަތެވެ.ލަޔާލްވެސް ފަަހަތުން ކޮޓަރިން ނުކުތްއިރު ލަޔާލްގެ ބައްޕަ އަކުމަލް ގެއަށްވަންނަނީއެވެ. ” ލަޔާލް……..އާދެބަލަ މިކޮޅަށް……..” އަކްމަލުސޯފާގައި އިށީންނަމުން ގޮވާލިއެވެ. ލަޔާލް ގޮސް އަކްމަލުގެ ކުރިމަތީހުއްޓިލިއެވެ.
”
ލަޔާލް ބައްޕަ ލަޔާލްއަށް ވަޒީފާއެއް ހޯދައިދީފިން……” އަކްމަލުއެހެން ބުނުމުން ލަޔާލް އުފާވިއެވެ. އެ ތުންފަތްމައްޗަށް ވެރިވީ ހިތްތައްކަތިލާފަދަ އަސަރުގަދަ ހިނިތުންވުމެކެވެ. ޝިފާނާ މޫނު ހަދާލައިއަކްމަލުއަށް ލޯއަޅާލިއެވެ. ލަޔާލް ވަޒީފާއަކަށް ދިއުމުން ގޭގެމަސައްކަތްތައް ކުރަންޖެހޭނި ޝިފާނާއަށް ވާތީއެވެ. ” ކޮން ކަހަލަވަޒީފާއެއް؟” ލަޔާލް ޝައުގުވެރިކަމާއެކު އަހާލިއެވެ. އަކްމަލު ދިންޖަވާބުން އެ މޫނުގައިވާ ހިނތުންވުން ފަޑުކޮއްލިއެވެ. އަކްމަލު ކުޑަހިނދުކޮޅެއް ތެރޭ ލަޔާލްގެ ހައިސިއްޔަތު ހަނދާންކޮއްދިން ކަހަލައެވެ. ”ގެއެއްގެ މަސައްކަތްކުރާ ކުއްޖެއްގެ ވަޒީފާ…..އަހަރެން އޮފީހުގެ ބޮޑުމީހާބުނި އެގޭގެ މަސައްކަތްތައް ކޮއްލާނެ ރަނގަޅު ކުއްޖަކު ހޯދައިދޭށޭ……”އަކްމަލުގެ ޖަވާބުން ލަޔާލްގެ ހިތުގައި ޖެހުނެވެ. ” ގެއެއްގެ މަސައްކަތުމީހެކޭތޯ؟” ގަބޫލުކުރަން ދަތިވެގެން ލަޔާލްއަށް އަހާލެވުނެވެ.

”ހޫމް ކަލޭ ހީކުރި ތަނެއްގެ މެނޭޖަރުކަން ލިބޭނެކަމަށްތަ……ފިނިކުރިކޮޓަރީގަ އިނދެވޭނެކަމަށްތަ………ނުކިޔަވާ ތިބޭ މީހުންނަށް ކާކު ވަޒީފާދެނީ..އަމުދުން ކަލޭކަހަލަ ނުކިޔާ ހުރި ޖާހިލަކަށް ކާކުވަޒީފާދޭނި………ހީކުރަނީތަ ރީތި ސިފަތަކަކާ ދޮންކަމެއް ލިބިފައި ހުރީމަވަޒީފާއެއް ލިބޭނެއޭ……….ނުލިބޭނެ… މޫނަށާ ކަނދުރާއަށް ބަލައިގެންވަޒީފާދޭ ޒަމާނެއް ނޫނޭ މިއީ…….” ޝިފާނާގެ ކޮންމެ ލަފްޒަކުންވެސްލަޔާލްގެ ހިތް ފޮތި ފޮތި ވަމުން ދެއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައްކޯތާފަތް މައްޗަށް ބަންޑުން ވެގެން ދިޔައެވެ.
”
އަދި އެބަ ރޮއޭނުން…….ކާކަށް ތިއްތި ދައްކަން……ދާން އުޅޭ ބަދިގެފަރާތަށް……….ކުރަން މަސައްކަތެއް ނެތީތަ…….” ޝިފާނާ އެއްވެސްޖެހިލުމެއްނެތި ހިތަށް އައިހާ ލަފްޒެއް ބޭރުކުރަމުން ދިޔައެވެ. ”ލަޔާލް….ހެނދުނު ތައްޔާރުވާތި…….އަހަރެން އެގެއަށްގެންގޮސްދޭނަން………” އަކްމަލް ގޮނޑި ތެދުވެ ހިނގައިގަންނަމުންބުނެލިއެވެ. އަކްމަލުއަށް ބުނަން ފެނުނީ އެވަރު ހެއްޔެވެ؟ ޝިފާނާ ދުލަށްއައިހާ އެއްޗެއް ކިޔަމުން ދިޔަ އިރުވެސް އެންމެ ފަހަރަކުވެސް ހުއްޓާލާށޭނުބުނީ ކީއްވެހެއްޔެވެ؟

ލަޔާލް ދުވެފައި ގޮސް ބަދިގެ ތެރެއަށް ވަދެ އަލަމާރީގައި ލެނގިލިއެވެ.މޭގައި އަތް އަޅައި ދެލޯ މަރާލައި ބާރުކޮއްލިއެވެ. އަމިއްލަ ނަފްސާއެތަކެއް ސުވާލެއް ކުރަން ފެށިއެވެ.ކީއްވެހެއްޔެވެ؟ އަހަރެންގެ ނަސީބުގަމިނޫން ގޮތެެއްނެތީ ހެއްޔެވެ؟ ލޯބި މި ލަފްޒު އަހަރެންގެ ތަގުދީރުންއުނިވެފައިވަނީ ކީއްވެހެއްޔެވެ؟ މަންމައާ ބައްޕަ އޭނައާ ދޭތެރޭ އެފަދަގޮތަކަށް ކަންތައް އެކުރަނީ އޭނަގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟

ލޯބި އެއީ ކިހާފޮނި އެއްޗެއްކަން ލަޔާލްއަށް އިހްސާސުވީ މީގެ ފަސްއަހަރުކުރިން އޭނަގެ ހަޔާތަށް ލޯބިވެރިއެއް އައުމުންނެވެ. އެހެން ނަމަވެސްތަގުދީރުން އެކަމާ ހަސަދަވެރިވެ އޭނަ އެ ލޯބިން ދުވަސްކޮޅެއް ތެރޭބީވެއްޖެއެވެ. ބަހާރު މޫސުމަށްފަހު އޭނަގެ ދިރިއުޅުން ކުރީގެ ކަޅުއަނދަވަޅަށް ވެއްޓިއްޖެއެވެ. ލޯބިވެރިޔާ ކުރި އަހްދުތައް ހަނދާންނައްތާލުމަށްފަހު ލަޔާލް ދޫކޮއްފައި ހިގައްޖެއެވެ. ލަޔާލް އަމިއްލަނަފްސާމެދު ދެކެނީ ކުށްވެރިއެއްގެ ނަޒަރުންނެވެ. އޭނައަށްވުރެ ބަދުނަސީބުއެހެން މީހެއް މިދުނިޔެއަކު ނުވާނެއޭ ހިތަށް އަރައެވެ.

ލަޔާލް އެހުރިގޮތަށް ހުރެ އެތަކެއް އިރަކު ރުޔެވެ. ހިތުގައިވާ ޝަކުވާތައްކަރުނައިގެ ސިފައިގަ ބޭރުކޮއްލިއެވެ. ހަމަޖެހިލައި ބަދިގެ ތެރޭ ބާކީ ހުރިމަސައްކަތްތައް ކުރުމަށް މަޝްްއޫލު ވެއްޖެއެވެ. މެންދުރަށް ކައްކައި ގޭތެރެސާފުކޮއްލައިފިއެވެ. ހުރިހައި މަސައްކަތްތަކެއް ކޮން ނިމުނު އިރުލަޔާލްހުރީ ވަރުބަލި ވެފައެވެ. ނިއްކުރިމަތިން ދާތިކިތައް ޖަވާހިރުތަކެއްފަދައިން ބަބުޅަމުން ދިޔައެވެ.

މެންދުރު ފަހުގެ ވަގުތެވެ. ވިއްސާރައިގެ އަސަރެއް މިހާރު ފެންނާކަށެއްނެތެވެ. ހާމަ އުޑު ފެންނަން ނެތްކަމުގައި ވިއަސް މޫސުން ރަނގަޅޭބުނެވިދާނެއެވެ. ލަޔާލް ފެންވަރާލައިގެން އިސްތަށިގަނޑު ހިއްކާލުމަށްބެލްކަންޏަށް ނުކުމެލިއެވެ. ތުވާލިން އެއްފަރާތްކޮއްލެވިފައިވާއިސްތަށިގަނޑު ހިއްކަމުން ދިޔައިރު ލަޔާލްގެ ނަޒަރު ހުއްޓިފައިވަނީހަނިގޯޅި ގަނޑަށެވެ. މަދު ފަހަރަކު ސައިކަލެއް ދިޔަ ނަމަވެސްއާއްމުގޮތެއްގައި އެ ގޯޅި އޮންނަނީ ހިމޭންކޮށެވެ.

ލަޔާލްގެ ލޮލުގައި އަޅައިގަތީ އެ ގޯޅިގަނޑު ތެރެއިން ހިނގާފައި ޒުވާނާއެވެ.އެއީ ސްކޫލު ދޮށުން އަންނަނިކޮން ޖެހުނު ޒުވާނާއެވެ. ހީވާގޮތުން އެޒުވާނާވެސް މީހަކު ހޯދަނީއެވެ. ފަރާތް ފަރާތް ބަލަމުން ގޮސް އޭނަގެލޮލުގައި ލަޔާލް އަޅައިގެންފިއެވެ. އޭނަ އަޅައިގެން ހުރި އަވި އައިނުނަގައި އިސްތަށިގަނޑުމަތީ ބައިންދާލިއެވެ. ލަޔާލްއާ އެ ޒުވާނާގެ ކަޅިވަނީބައްދަލުވެފައެވެ. ލަޔާލްއަށް ޝިފާނާ ގެއަށް އައި އަޑު އިވިގެން އަވަސްއަވަހަށް ގޭތެރެއަށް ވަނެވެ.

ޝިފާނާ ގެއަށް ވަތްގޮތަށް ސޯފާއަށް ޖެހިގެންފިއެވެ. ”މަށަށް އައިސް ފެންފުޅި ގެނެސްދީބަލަ…….” ކަންނެތްވެފައި ޝިފާނާ ލަޔާލްއަށް ބުނެލިއެވެ.ލަޔާލް ބަދިގެއަށް ވަދެ އައިސް ފެންފުޅިއެއް ގެނެސް ޝިފާނާއަށްދިއްކޮއްލިއެވެ. ” ބުނަން……ހީނުކުރައްޗޭ ވަޒީފާއަކަށް ދެވޭތީ މިގޭމަސައްކަތް ކުރަން ނުޖެހޭނެއޭ……….މިގޭ މަސައްކަތްތައް ކުރުމަކީވެސްލަޔާލްގެ ކަމެއް……ފަތިހު ހޭލައިގެން ނަމަވެސް ގޭގެ މަސައްކަތް ކޮއްފަބައްޕަ އެބުނި ގެއަކަށް ދާނި…..ބައްޕަ ހިތްހަމަ ޖެހިގެންނެން ނޫންއެގެއަށް ފޮނުވަނީއެއް……..ލަޔާލްއަކީ ވިސްނޭވަރުކުއްޖެއް………އެނގެންޖެހޭނެ މާލޭގަ ކުއްޔަށް ތަނެއް ހިފައިގެންއުޅޭއިރު އެކަކު ކުރާ މަސައްކަތަކުން ނޫޅެވޭނެކަން………” ޝިފާނާއައިސް ފެންފުޅީގެ މަތި ނަގަމުން ލަޔާލްއަށް ބުނެލިއެވެ. ލަޔާލް ބަހެއްވެސްބުނެނުލާ އެ ހުރި ފިޔަވަޅުމަތީ ހުރީއެވެ.

ފައިސާގެ ދަތިކަމެއް ނެތް ނަމަވެސް މަންމައާ ބައްޕަ އޭނަ އެފަދަ ތަނަކަށްފޮނުވާކަށެއް ފަހެއް ނުޖެހޭނެއެވެ. ލަޔާލްއާ ދޭތެރޭ އެމީހުންގެ ހިތުގައިރަހްމެއް ނެތްކަން އޭނައަށް ޔަގީންވެއެވެ. ”އަން……” ލަޔާލް ސިހުނީޝިފާނާ ފެންފުޅި ދިއްކޮއްލުމުންނެވެ.

އެދުވަސް ފާއިތުވީ އެކަހަލަ ގޮތަކަށެވެ. ހާއްސަކަމެއް ނެތި އާދައިގެ މަތިންޝިފާނާގެ ރުޅިވެރި ބަސްތައް އަޑުއަހައިގެންނެވެ. ނިދަން އޮށޯތުމުގެ ކުރިންލަޔާލް ގަޑި އެލާމްއަށް ލައިފިއެވެ. މާދަމާ އެހެން ދުވަސްތަކަކަށް ވުރެކުރިން ހޭލަން ޖެހޭނެއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމުންމާގިނައިރެއް ނުވެ ލަޔާލްއަށް ނިދިއްޖެއެވެ.

ފަތިހުގެ ހިތްގައިމު ވަގުތެވެ. ލަޔާލް ބަދިގެ ތެރޭ މަސައްކަތުގައި އުޅެމުންދިޔައެވެ. ހެނދުނު ސައި ހެދުމަށްފަހު ފެންވަރާލައި ތައްޔާރުވެލީ އަކްމަލްބުނި ގެއަށް ދިއުމަށެވެ. ވައލެޓް ކުލައިގެ ހަރުވާޅު ހެދުމެއް ލައިއިސްތަށިގަނޑު އެއްފަރާތަކަށް އައްސާލިއެވެ. އިސްތަށިގަނޑުގައި ވައިލެޓްމަލެއް ޖަހާލިއެވެ. މޭކަޕަކާ ނުލާވެސް ލަޔާލް ފެންނަނީ ހިތްގައިމު ކޮށެވެ.ގުދުރަތުން ލަޔާލްއަށް ދެއްވާފައިވަނީ ކޮންފަދަ ރީތި ސިފަތަކެއް ހެއްޔެވެ؟ލަޔާލް ކޮޓަރިން ނުކުތް އިރު އަކްމަލު އޭނަގެ އިންތިޒާރުގައި ހުއްޓެވެ.އަކްމަލުގެ ފަހަތުން ލަޔާލް ހިނގައިގަތެވެ.

އަކްމަލްއާ ލަޔާލް ގޮސް ހުއްޓުނީ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ.ރަތްކުލައިގެ ދޮރާޓެއް ލާފައިވާ މިގޭގައި ދޮރާށިމަތީވެސް ވަރަށް ރީތި މާވެޔޮގަނޑެއް އޮތެވެ. ދޮރާށިން ވަނުމުގެ ކުރިން ލަޔާލް ރަންއަކުރުންލިޔެފައިވާ ނަންބޯޑުގައިވާ ނަން ކިޔާލިއެވެ. ”ރާސްތާން” ދޮރާށިހުޅުވާލުމާއެކު ފެނިގެން ދިޔައީ ފަރުދާ ބަގީޗާ ގަސްތަކެވެ. ހިމަ މަގެއްގެދެފަރާތުގައި ވަރަށް ތަރުތީބުން ހައްދާފައިވާ މިގަސްތަކަށް ބަލަމުންއަކްމަލުގެ ފަހަތުން ލަޔާލްވެސް އެމަގުން ކުރިއަށް ދިޔައެވެ.

ގޭގެ ދޮރު ކައިރީ މަޑުކޮއްލައި އަކްމަލު ބެލް ޖައްސާލިއެވެ. ދެތިންފަހަރަކު ބެލް ޖައްސާލުމުން އެތެރެއިން ދޮރުހުޅުވާލިއެވެ. ލަޔާލްއާ ދާދިއެއް އުމުރެއްގެ އަންހެން ކުއްޖެއް ދޮރު ހުޅުވާލުމަށްފަހު ކީއްކުރަން އައިބައެއްތޯ ސުވާލުކޮއްލިއެވެ. ” ސޯފީ ދައްތަ ކޮބާ……….އޭނަ ކައިރީބުނެބަލަ މީހަކު ހޯދަން އައި ވާހަކަ……..” އަކްމަލު ހުއްދައެއް ނެތިއެތެރެއަށް ވަންނަމުން ބުނެލިއެވެ. ހީވާގޮތުން އަކްމަލްއަކީ މިގެއަށްފަރިތަ މީހެކެވެ. ލަޔާލް ކޮންމެ ފިޔަވަޅެއްވެސް އެތެރެއަށް އެޅީލަސްލަހުންނެވެ. ގޭތެރެއަށް ބަލަމުންނެވެ. އޮފްއަރަ އަރާހުރ މާރބުލްޓައިލްސް ތަކަށްވެސް ބެލެވެއެވެ. ވިދަ ވިދާހުރި ބިއްލޫރި ވާރސްތަކުގައިރީތި މާތަކެއް ހުއްޓެވެ. ” އަކްމަލް………” ލަޔާލް ބަލާލީ ފަހަތުންމީހަކު ގޮވާލި އަޑަށެވެ. ރަތްކުލައިގެ ކެފްޓާނީއެއްގައި ހުރި އެއަންހެންމީހާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ” ސޯފީ…..މިއީއަހަރެންގެ ދަރިފުޅު ލަޔާލް………ކުއްޖަކު ހޯދަން ބުނީތީ…….”’އަކްމަލު ޖުމްލަ މެދު ކަނޑައިލިއެވެ. ލަޔާލްގެ ތުންފަތްމައްޗަށްހިނިތުންވުން ގެނައީ އޭނަގެ ބައްޕަގެ ދުލުން ދަރިފުޅު މި ލަފްޒުއިވުމުންނެވެ. ސޯފީވެސް ލަޔާލްއާ ދިމާލަށް ބަލާލައި ހީލީ އަކްމަލު ބުނަންއުޅުނީ ކީކޭކަން އެނގިގެންނެވެ.
”
އިމްލީ………” ސޯފީ ބާރަށް އިމްލީއަށް ގޮވާލުމުން ދުވެފައި އައިސްހުއްޓުނީ ދެންމެ ދޮރުހުޅުވައިދިން ކުއްޖާއެވެ. ” ލަޔާލް ބަދިގެއަށްގެންދޭ…..އަދި ކުރަން ޖެހޭ މަސައްކަތްތައް ދައްކާ……..ލަޔާލް..މިގޭގައެހާ ބުރައެއް ނުވާނެ…….އަސްލު އިމްލީ ސްކޫލަށް ވަނީމަ ގޭގަމަސައްކަތްކުރާ މީހަކު ނުހުންނަނީ އެގަޑިތަކުގަ……އެހެންވެ އިތުރުކުއްޖަކު ހޯދާ ހިޔާލު ކުރަންޖެހުނީ…..” ސޯފީ އަތުގެ އިޝާރާތުން ދިއުމަށްބުނެލަމުން އަކްމަލު ކައިރީ ސޯފާގައި އިށީނެވެ.

އިމްލީ ލަޔާލް ގޮވައިގެން ބަދިގެ ފަރާތަށް ދަމުން ގޭގަ ކުރަންޖެހޭމަސައްކަތްތައް ކުރުކޮން ކިޔައިދިނެވެ.” މި ފޮޓޯގަ އަދި އެއްބަޔަކުމަދު……” އިމްލީ ފޮޓޯ ދައްކާލަމުން ބުނެލިއެވެ. ފާރުގައި ހަރުކޮއްފައިން ފެމެލީ ފޮޓޯއެއް ދައްކާލައި އެމީހުންތަޢާރަފް ކޮއްދިނެވެ. ލަޔާލްއެކޭ އެއްގޮތަށް އިމްލީ އަކީވެސް ހިތްހެޔޮ ކުއްޖެކެވެ.
”
އިމްލީ ކިހާ ދުވަހެއް ވެއްޖެ މިގޭގަ އުޅޭތާ…..؟” ލަޔާލް ބަދިގެތެރެއަށް ބަލާލަމުން ބުނެލިއެވެ. ” އަދި އަހަރެއްހާ ދުވަސް މިވަނީ….”އިމްލީ ކަނބަޑުން ތަރުކާތީ ވަށިގަނޑު ނަގަމުން ބުނެލިއެވެ. ” ކިޔަވަންމާލެ އައީ…..އެކަމަކު ކީއްކުރާނި…ގޭގަ މަސައްކަތް ކޮއްފަ ކިޔަވާނެވަގުތު ނުވެފަ އޮންނަނީ…..މިގޭ މީހުން ވަރަށް ހެޔޮވާނެ…….ހާއްސަދުވަސް ދުވަހަށް ރީތި ހެދުންވެސް ދޭނެ…..ކިޔަވާނެ އެއްޗެހިވެސްހޯދައިދޭނެ……..ޝައުފް ބޭބެ އިމްލީއަށް ފިލާވަޅުވެސް ބުނެދޭނެ….”އިމްލީ ތަރުކާރީ ތޮޅިތައް ނަގައި ތައްޓަކަށް އަޅަމުން ބުނެލިއެވެ. ލަޔާލްކެރެޓް ނަގައި ކޮށަން ފެށިއެވެ.

” އިމްލީ…….ތިއްތަ އެއްޗެހި އެބަހުރި މެޝިނުގަ ހިކިފަ..އެ ރޯނުގައަޅައިދޭންވީނުން……” ބަދިގެ ބޭރުގަ ހުރެފައި ފަރީޝާ ގޮވާލިއެވެ.ފަރީޝާއަކީ ސޯފީގެ ދޮށީ ދަރިފުޅު ޝާންގެ އަންހެނުންނެވެ. ”އާން” އިމްލީއަތްދޮވެލަމުން ލަޔާލްއަށް އައުމަށް އިޝާރަތްކުރިއެވެ. މެޝިނުން އެއްޗެހިނަގައިގެން ބޭރށް ހިނގައިގަތެވެ..ލަޔާލް އިމްލީގެ ފަހަތުން ދަމުންބަލާލިއެވެ. ކޯރިޑޯ ތެރެއިން ދެވޭ ލޯން އެއް ކަހަލަ ތަނެއް އޮތެވެ.އެތާގައި ރޯނުތަކެއް ދަމާފައި އެއްޗެހި ހިއްކަން އެޅޭހެން ހުއްޓވެެ. އަދިވާތްފަރާތުގައި ކޮޓަރިއެއް ހުއްޓެވެ. އެ ކޮޓަރީގެ ބޭރުންވަނީ ބޮޑު ތަޅެއްހަރުކުރެވިފައެވެ. އިމްލީގެ ފަހަތުން އެތަނަށް އަރައި ލަޔާލް އިމްލީއަށްއެހީވިއެވެ. ކުއްލިއަކަށް އިވުނީ ރީތި ފިރިހެން އަޑަކުން ހިތާމަވެރިލަވައެއް ކިޔާލި އަޑެވެ. ލަޔާލް ދެފަރާތް ބަލާލިއެވެ. އިމްލީ ހުރިގޮތަށްހުރީއެވެ.
”
ކާކު އެ ލަވަކިޔަނީ..މީހަކު ފެންނަން ވެސް ނެތް.” ލަޔާލް އިމްލީގެއަތުގައި ހިފާލަމުން އަހާލިއެވެ. އިމްލީ އަތުގެ އިޝާރާތުން ދައްކާލީބަންދުކުރެވިފައިވާ ކޮޓަރިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. swt

    mi vaahaka than kolhy kurinvx kee hadhaaneh ve

  2. swt

    vey rangalha dhw mi heevee2013ga mi vaahaka keen hama yageen

  3. swt

    ?vv salhi vaahakeh mee aslu ehnve again post kureetha

  4. me

    mivaahaka keen kurinves, bt v salhi vahakaeh

  5. nushoo

    alhe…….dhen hama….. vaahaka eh nufenai…faadehge box thakeh arany…….seven faharu try kohfin…xaaahy alhe keehtha mivany..ehaakiyahithun inyma…

  6. nushoo

    alhe…alhe;(

  7. nushoo

    dhen dhow…..please vaahaka feniba???;(

  8. konmes meeheh

    alhe kobaatha aneh episode or whatever!! I can’t wait to read it!! PLEASE

  9. me

    nushoo ge comp ga mivaahaka liyefa in font nethy

    1. nushoo
      me

      comp eh nooney ipad ey….

  10. me

    dhn konmme ehchakas.

  11. aku

    Mi kon kahala vaahaka eh than kolheh rythi fontakun liyunya ky vaany

  12. xaaahy

    mi vaahaka vaany kurinvess genes dhyfa
    dhen mi vaahaka kurin nukiyaa kudhinah faseyha vaane kan neyge
    mivaahaka mi site ga genes mi dhenyma
    beynu mihyaa kurin up kuri site in vess kiyaalevidhaane
    its up to youu

  13. Anonymous

    Adi hama alah mi vaahaka mi ky….. gud…. bt tankolhey peregraaphtah diguvma kudakoh lolah undaguvey ….. uhmydu kuran kuriah huri baitahvs sauguverikamaaeku kiyaaleveyne kamah…… bai baai….. INSAA ALLAH…… SUKURAN XAAAHY

  14. aish

    Sum one help me…mibahaka nukiye..font nethhen hyvany…only this part cant read it..kurin mivahaka genes dhin site buneba..pls pls

  15. koo

    mivaahaka feshun kiyan ingey gothakah noo fennanee a keeve

  16. Shelly

    Fontp or whatever furathama bai ekani viya ehen huri ahanah heevany thy kiyuntherin ge interest or boagohvan kuri kameh hen dhen amudhakun no olhen mi square or box story kiyaa kah vs lol blaaaaaaaaaaaaaaaa

  17. Shelly

    Font or whatever furathama bai ekani viya ehen huri ahanah heevany thy kiyuntherin ge interest or boagohvan kuri kameh hen dhen amudhakun no olhen mi square or box story kiyaa kah vs lol blaaaaaaaaaaaaaaaa

  18. Chawder

    dhn alhe nuves kiyey vaahaka eh.because of this change in esfiya.

Comments are closed.