ރޭގަނޑުގެ ހަތް ގަޑި ތިރީސް ވީއިރު އަޔާ އޮތީ ނިދާފައެވެ. މިހެންވެ ހަނީފާ ގަސްތު ކުރީ ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާށެވެ. އޭނާ ޓެންޓް ނިކުމެ މިސްރާބު ޖެހީ އަތިރިމައްޗަށެވެ. އޭނާ ގަސްތުކުރީ އަތިރިމަތީގަ އެކަނިވެރި ކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިހާރު ހަނީފާގެ އެއްމެ ގާތް އެކުވެރިންނަކީ އެކަނިވެރިކަމާ ހިތާމަޔާއި ހިތްދަތިކަމެވެ ހަނީފާ އަތިރިމައްޗަށް ފައިބައިގެން ހިނގާފަ ގޮސް އިށީނީ ދަތުރުގެ ބައިވެރިންނާއި ވަކިން ތަންކޮޅެއްދުރުގައި އަތިރި މަތީގައެވެ. މިތަންވީ ހަނީފާއަށް ވަރަށް ހިތްހަމަ ޖެހޭ ތަނަކަށެވެ. އޭނާގެ އެކަނިވެރިކަމާއި ނިކަމެތި ކަމާއި މެދު ހިތާމަކޮށް ރޯލުމަށް އެއްމެ އެކަށޭނަ ތަނަށެވެ. ވީވެސް ހަމަ އެހެންނެވެ. އެކަނިވެރިކަމާ ހިތްދަތިކަން އޭނާ ވަށާލުމާއެކު އޭނާގެ ހިތުގައި ޖެހި ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ ދެލޮލުން ކަރުނަ ހިލި އެސްފިޔަ ތަކަށް އޮބި ނޯއްނަ ވަރުވެގެން އޮހިގަތެވެ. އެއާއެކު އޭނާ ފެންކަޅިވެ ރޮވޭގޮތްވިއެވެ. ދީފައިވާ ނަލަ ހަނދުވަރާ ޖެހެމުންދިޔަ ހިތްގައިމު ވައިރޯޅިތައް އޭނާއަށް ހަމްދަރުދީވާކަހަލައެވެ. އޭ ހަނދާއެވެ. ތިރީތި އަލިކަން އަހަރެން ބޭނުމެއްނެތެވެ. ތިރީތިހަނދުވަރުން އަހަރެންގެ ހިތަށް އެއްވެސް ފިނިކަމެއް ލިބުމެއްނެތެވެ އޭކަނޑުގެ ރާޅާ ޖެހެމުން މިދާ ވައިރޯޅިތަށް އަހަރެންގެ އެކަނިވެރިކަމާއި މެދު މަލާމައި ނުކޮށް ހަމްދަރުދީ ވެދޭށެވެ. އަޅެ މިދުނިޔޭގަ އަހަރެންނަށް ވުރެ ވަކި ބޮޑު ބަދުނަސީބު ވެރިޔަކު ހުންނާނެތޯއެވެ. ” ހަނީފާ ރޮމުން ޝަކުވާ ކުރަމުންގެންދިއައެވެ. ހަނީފާއަށް ހަމަ ރޮވެނީއެވެ. ގިސްލަ ގިސްލާފައެވެ ކަރުނަތައް އޭނާގެ ދެކޯތާފަތް ތެއްމަމުންދިއައެވެ.އިރުއޮށްސުނީއެވެ. އަނެއްކާވެސް އަޔާގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހެނީއެވެ. ރޭގަނޑުގެ އަދިރީގެ ތެރެއަށްވަދެ ފިލާފާނަމޭވެސް އޭނާގެ ހިތަށްއެރިއެވެ. އެވަގުތު އަޔާއައެވެ. ހީވީ ރުޅިއިސްފަ ހުރި ސިންގާއެއް ހެންނެވެ.” ކަލޭ ތިއުޅެނީ އާސިމްގެ ކުރިމަތީގަ މަގޭ ބަދުނާމް ކުރަންތަ؟” އަޔާއައިސް ހަނީފާގެ އަތު މުލަށް ދަނޑީގަ ހިފާ ކޮޅަށް ނެގިއެވެ. “އަޔާ ޕްލީސް އަހަރެންނަށް ތިހެން ނަހަދަބަ…!” ހަނީފާ ރޮމުން އާދޭސް ކުރިއެވެ. “ކޮންރުއިމެއްތިރޮނީ…؟” ބަލަ ރޭގަ އަހަރެން ދިން އިންޒާރުގެ މަތިން ހަނދާން ނެތުނީތަ….؟ ހަމަ މިހާރު ތިރުއިން ހުއްޓާލާ…!” އަޔާ ބުނެލިއެވެ. އެވަގުތު ހަނީފާ ރުއިން ހުއްޓާލަން މަސައްކަތް ކުރިއެވެ.
އާސިމްގެ ދެމަފިރިންނަށް ޓެންޓް ތައް ހުރި ހިސާބަށް އާދެވުނު އިރު ތިބީ ވަރުބަލިވެގެން މާނޭވާލެވިފައެވެ. އެމީހުން އެތަނަށް އައި އިރު އަނީސާ މެން އެތާ އުލެއެވެ. އެހެންވެ އަދި ވަކިން ބޮދަށް ބިރުގަތެވެ. ނަމަވެސް ކެތް ކޮށްލާފަ އެވާހަކަ ނުދައްކާ މަޑުކުރީއެވެ.
ރޭގަނޑުގެ ކެއުމަށްފަހު އެބައެއްގެ ޓެންޓަށް އެބަޔަކު ވަދެއްޖެއެވެ. ހަނީފާ އޭނާގެ ޓެންޓް ތެރޭގައި ކޮޅަށް އިނެވެ.އަޔާގެ ފަރާތުން ކުރިމަތިވާނީ ކިހާވަރެއްގެ ހަމަލާއަކާކަމެއްނޭނގެއެވެ. އޭނާގެ ހިތް ހީވަނީ މޭތެރެއިން ފުންމާލަން އުޅޭހެއްނެވެ. ކިރިޔާ އަޑެއް އިވިލިއަސް ހަނީފާ އަށް ބިރުން ތެޅިގަނެވެއެވެ. އަޔާ އޮށޯވެލައިގެން އޮތެވެ. ހިތްހަމަ ޖެހުމާއެކު ފައިތަޅުވާލަ ތަޅުވާލައެވެ. އަޔާ އަކީ ކިހާބޮޑު ކެހިވެރިއެއް ހެއްޔެވެ. ލޯބިވެޔޭ ކިއައިގެން ހިތް އަތުލައި ކައިވެނި ކުރުމަށްފަހު އެއަނިޔާދެނީ އޭނާގެ ކޮންކުށެއް އޮވެގެން ހެއްޔެވެ. އޭނާގެ ކުށަކީ އަޔާދެކެ އިންތިހާއަށް ލޯބި ވުން ހެއްޔެވެ. އަޔާ އޭނާ ދެކެ ލޯބި ނުވާއިރު އޭނާއއަށް އެހުވަފެންތައް ދެއްކީ ކީއްކުރަންހެއްޔެވެ. ހަނީފާއަކަށް ކެތެއް ނުކުރެ ވުނެވެ. ހަނީފާ ގެ ހިތުގަ ޖައްސާފަ އޭނާގެ ލޯބިވާ ފިރިމީހާ އެއޮތީ ހަމަ ޖެހިލައިގެން ނިދާށެވެ. އަޅެފަހެ އޭނާގެ ހަށިގަނޑުގެ ތެރޭގަ ހިތެކޭ މިކިޔާ ގުނަވަން ނެތީބާއެވެ. ހަނީފާގެ ހިތުތެރޭގަ މިކަހަލަ ހިޔާލުތައް އެނބުރެން ފެށުމާއެކު އޭނާގެ ދެލޯ ކަރުނުން ފުރި އެސާހިތަކު ރޮވުނެވެ. އެއާއެކު ކަރުނަތައް އޮހިގަތީ ވާރޭ ވިލާގަނޑަކުން ވާރޭ ވެހޭ މިސާލުގައެވެ.
އީނާޗް އަށް ހޭލެވުނީ މާގަދައަށް ގައި ހިރުވާތީއެވެ. ހިރުވާތަން ކަހަނީއެވެ. ވަރަށްގަދައަށެވެ. ކުޑަ ވަގުތު ކޮޅަކަށްވެސް އަތް ހިމޭނުން ބޭއްވޭ ވަރެއް ނުވެއެއެވެ. ހަމަ ކަހަނީއެވެ. ގައިގެ އެތަން މިތަނެވެ. މިދިމާވި އާދަޔާއި ހިލާފު ކަންތައް ގަނޑުގެ ސަބަބުން އިނޫ ހާސްވެއްޖެއެވެ. ގަތް ބިރެއްގެ ބޮޑުކަމުން ރޮވުނެވެ. “އާސިމް! އާސިމް! ނިކަން ހޭލަބަލަ އަހަރެން މިއޮށްމަރުވަނީ!” އެއްމެ ފަހުން ކެތް ނުކުރެވޭ ވަރު ވުމުން ކައިރީގަ ނިދާފައި އޮތް ފިރިމީހާއަށް ގޮވާފިއެވެ. އަންހެނުން ރޮމުން ގޮވާއަޑަށް އާސިމް ފުއްމައިގެން ތެދުވިއެވެ. “ކިހިނެއްވީ<.؟” އާސިމް ތެދުވެ ޓެންޓް ތެރޭގަ ދިއްލާފަހުރި ފާނޫޒުގެ އަލި ގަދަކޮށްލަމުން އަހާލިއެވެ. އާސިމްއަށް އޭނާގެ އަންހެނުން ފެނުމާއެކު ފުރަތަމަ ގަތީ ބިރެވެ. އަންހެނުންގެ މޫނުމަތީގަޔާއި މުޅި ހަށިގަނޑުގަ ހުރީ ފާޑެއްގެ ބިހިތަކެއް ނަގާފައެވެ. އެބިހިތައް ހުރެ ކަހަނީއެވެ. ” އާސިމް ބަލަން ނުހުރެ ކޮންމެވެސް ކަމެއް ކޮށްދީބަލަ ކޯލާވާޓަރ ކޮޅެއް ނަމަވެސް އަޅާދީބަ މަ މިއޮށް މަރުވަނީ…!” އަންހެނުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އަންހެނުންގެ ހަށިގަނޑުގަ އަޅާވޭން އާސިމްއަށް އިހުސާސް ކުރެވުނު ކަހަލައެވެ. އަވަސް އަވަހަށް އޭނާގެ ދަބަސް ހުޅުވާލުމަށްފަހު ކޯލާ ވާޓަރ ފުޅި ނަގާ އަންހެނުންގެ ގަޔަށް އޮއްސާލިއެވެ. އެއާއެކު އީނާޝްގެ މުޅިހަށި ގަނޑަށް ފާޑެއްގެ ބާރުގަނޑެއް އަރާފަ ހަބަރު ހުސްވެއްޖެއެވެ. އެއާއެކު އާސިމްގެ ދެލޯބޮޑު ވެގެން ދިއައެވެ. ހާސްވެ ކަންބޮޑު ވެފައިވާ ހާލު އަންހެނުންނަށް ބަލަހައްޓައިގެން އިނެވެ. އީނާޝްގެ އަތްފައި ބުޅިވެ އަނގައިން ފޮނުތަކެއް ނިކުންނަން ފެށިއެވެ. އެވަގުތު އެތަން ބަލަން އިން އާސިމްގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރޮވުނެވެ. އޭނާގެ ލލޯބިވާ އަނބި މީހާއަށް މިވަނީ ކީއްބާއެވެ.އާސިމްގެ ހިތަށްއެރިއެވެ.
އީނާޝް އަށް ފެންނަނީ މިއަދު ދަރު ކޮށަން ގޮސް އުޅުނު ސަރަހައްދެވެ. “ކަލޭ ހީކުރީ އަހަރެންގެ ދަރިފުޅު މަރާފަ ތިހެން އުފަލުގާ އުޅެވޭނެ ކަމަށްތަ…؟” ކުއްލިއަކަށް ފާޅުވީ ރަތްލިބާހެއްގައި ހުރި އަންހެނެކެވެ. އެއަންހެންމީހާ ހުރީ ވަރަށް ހުތުރު ސިފައެއްގައެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. އެއަންހެން މީހާ ހުރެ ކައިރިވަނީ އީނާޝް އާއެވެ. “ނޫން ނޫން މަށެއްނުޖަހަން މަށެއް ނުމަރަން އީނާޝް ހަޅޭއްލަވައިގަތެވެ. އާސިމްއަށް އިވެނީ އީނާޝް މިހެން ކިޔާއަޑެވެ. އަދި ކުއްލިއަކަށް އީނާޝް ގަދަ ހަދަން ފެށިއެވެ. އާސިމް އޭނާގެ އަންހެނުން ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ރޫހާނީ ބާރެއްގެ އަތް ދަށުވެފައިވާ އިންސާނަކު ހިފަހައްޓާނީ ކިހިނެއްހެއްޔެވެ. އާސިމް އޭނާގެ އަންހެނުން ހިފަހައްޓަން ކުރި މަސައްކަތުގެ ތެރޭގައި އީނާޝްގެ ފަރާތުން އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއްލިބުނެވެ. މޫނުމަތީ ވަކި އެޅުމާއި އަތުގައި ދަތް އެޅުމާއި މިކަހަލަ އެތައްކަމެކެވެ. އާސިމްގެ ގައިން ލޭއޮހޮރެމުން ދިއައިރުވެސް އޭނާ މަސައްކަތް ކުރަމުން ދިއައީ އަންހެނުން ހިފެހެއްޓޭތޯއެވެ. އެއްމެ ފަހުން އީނާޝް އަށް ފެންނަނީ އެއްކަލަ އަންހެން މީހާ އައިސް އޭނާގެ ކަރުގަ ހިފިތަނެވެ. އެއާއެކު އީނާޝްބޭވާ ހާސްވެ ދެލޯބޮޑުވެ ކޮށިއެރިއެވެ. “އަހަރެންގެ ދަރިފުޅު މަރާލި ގޮތަށް ކަލޭވެސް މަރާލާނީ….!” އެއަންހެން މީހާ ރުޅިވެރި ކަމާއެކު ބުނެލިއެވެ.
އިރުކޮޅަކުން އާސިމް އަށް ފެނުނީ އީނާޝްގެ ދެއަތުން އޭނާގެ ކަރުގާ ހިފާ ބާރުކުރަމުންދިއަތަނެވެ. އެއާއެކު އާސިމް އީނާޝްގެ އަތް ނައްޓާލެވޭތޯ މަސައްކަތް ކުރިއެވެ. އޭރު އީނާޝް ފަކީރުގެ ދެލޯބޮޑުވެ ދޫބޭރަށް ނިކުންނަނީއެވެ. “ސުބުނާނައްﷲ މަގޭ އިނޫ….!” އާސިމްއަށް ބޭއިހުތިޔާރުގައި ރޮއެގަނެވުނެވެ. ކުޑައިރުކޮޅެއްފަހުން އީނާޝްގެ އަތް އޭނާގެ ކަރުން ދޫވިއެވެ. އަދި މުޅިމީހާ ހަމަ ހިމޭންވިއެވެ. އެއާއެކު އީނާޝްގެ ގައިގަ ނަގާފަ ހުރި ބިހިތައްވެސް އޮބިއްޖެއެވެ. އޭރު އާސިމްގެ ބޮލުންނާއި ހަށިގަނޑުގެ އެތަން މިތަނުން ލޭއޮހޮރެއެވެ.
އީނާޝް އަށް ލޯހުޅުވާލެވުމާއެކު ފުރަތަމަވެސް ފެނުނީ ކައިރީގަ އިން އޭނާގެ ލޯބިވާ ފިރިމީހާއެވެ. ފިރިމީހާ އިންހާލު ފެނިފަ އޭނާގެ ދެލޯބޮޑުވެގެން ދިއައެވެ. ފިރިމީހާގެ މުޅިގައިގަ އޮތީ ހުސްލެއެވެ. ފިރިމީހާގެ މޫނުމަތީގަ ހުރީ އޭނާގެ އަންހެނުންގެ އަތުން ވަކިއެޅި ޒަހަމް ވެފައެވެ. ބޮލުންނާއި ނިތްކުރިން ލޭއޮހޮރެއެވެ. “އާސިމް…!” އީނާޝް ފުންމައިގެން ތެދުވިއެވެ. އަދި އާސިމްގެ ގައިގަ ބައްދައިގަތެވެ. “އާސިމް މީކޮން ކަންތައް ގަނޑެއްތަ….؟ އަހަރެން ބިރުގަނޭ ކަލާއަށް ތިޒަހަމްތައް ލިބުނީ މަގޭއަތުންތަ؟ ޔާރައްބީ އަޅެ މީ ކޮންފަދަ ކަންތައް ގަނޑެއްބާ؟” އީނާޝް ރޮއެގަތެވެ. “ލޯބީ ދެން ނުރޮއެ ހުއްޓާލާ މީދެން އެހާ ވަރުގެ ކަމެއް ނޫނޭ! ދެން އެވާހަކަ ނުދައްކާ މިރޭދެން ނިދޭތޯ ބަލަމާ ހިނގާ މާދަމާ ރަށަށްދާނީ ދޯ” އާސިމްބުނެލިއެވެ. އަދި އަންހެނުން ހަމަޔަކަށް އެޅުވޭތޯ ބެލިއެވެ. އީނާޝް އަށް ފިރިމީހާ އިން ހާލު ފެނިފަ އޭނާގެ ހިތަކަށް ކެތެއްނުވިއެވެ. އޭނާގެ ހިތް ފަޅައިގެން ނުދިއައީ ހަމަ ކިރިޔާއެވެ. “އާސިމް ތިހިރަ ލޭއައްނަނީނު ބޭސް އަޅަން އާދޭ…!” އީނާޝް ރޮވިފައި ގޮވާލިއެވެ. “މަށަކަށް ދެން ނިދާކަށް ނުކރޭނެ ހަމަ ތެދެއްމިބުނީ އެޖިންނި އަހަރެން މަރާލާނެ!” އީނާޝް ގެ އަޑު ވަނީ ބެދިފައެވެ. އީނާޝް އަށް ހަމަ ރޮވެނީއެވެ. އޭނާގެ ފަރާތުން ލޯބިވާ ފިރިމީހާއަށް އެހާ ބޮޑެތި ޒަހަމް ތަކެއްދެވުނީތި ދެރަވަނީއެވެ. ހިތުގާޖެހެނީއެވެ. “އީނާޝް ދެން ނުރޮއެ ހުއްޓާލަބަ ޕުލީސް…! އަހަރެން މިހުރީ ގަދަވެ ހެއޮހާލުގައޭ ހެއޮނުވާނެ ދެން ތިވަރަށް ނުރޮއެބަލަ އާސިމްބެލީ އަންހެނުން ހުއްޓާލެއްވޭތޯއެވެ. އީނާޝް އޭނާގެ ފިރިމީހާ ގައިގެ ޒަހަމްތަކުގަ ބޭސް އަޅައިދީ ނިމުމުން ފިރިމީހާ ގައިގަ ބައްދާލިއެވެ. “އާސިމް މަގ ލޯބިވާ އިނޫއަށް ވަރަށް ބޮޑަށް ސޮރީ އިނގޭ” އީނާޗް އަނެއްކާވެސް ރޯންފެށިއެވެ. އަންހެނުން އެހާވަރަށް ރޯތީކަން ނޭނގެއެވެ. އާސިމްވެސް ހުރީ ފެންކަޅިވެފައެވެ.
އިނާޝް ރުއިން ހުއްޓާލީ އާސިމް އެތައް އިރެއް ވަންދެން އެތައްވާހަކަ އެއް ދެއްކި ފަހުންނެވެ. އީނާޝްގެ ރުއިން ހުއްޓާލާ ހަމައަކަށް އެޅުމުން އީނާޝް އޭނާއަށް ފެނުނު ކަންތައް ފިރިމީހާއަށް ކިޔައިދިނެވެ. އާސިމްއަށް މިކަންތައް އެގުމުން އޭނާ ގަސްތުކުރީ މާދަމާ ވީއެއްމެ އަވަހަކަށް އެރަށުން ފުރާށެވެ.
އަނެއްދުވަހު ހުރިހާއެއްމެން ހޭލައިގެން އައުމާއެކު އާސިމްގެ ދެމަފިރިންނަށް ރޭގަ ދިމާވި ހާދިސާ ކިޔައިދިނެވެ. އެހާދިސާ އަޑު އިވުމާއެކު ހުރިހާ ބައިވެރިންވެސް ނިންމުމަކަށްވީ ލަސްނުކޮށް އެރަށުން ފުރުމެވެ. “ކަލޭމެން އެއްޗެހިތައް ޖަމާކޮށް ދަތުރަށް ތައްޔާރުވާން ފަށާ އަހަރެން މިއައްނަނީ ދޯންޏަށް ގުޅާފަ..!” އަސިމް ބުނެލިއެވެ. އަސިމް މިހެން ބުނުމައެކު ހުރިހަ އެއްމެން އެމަސައްކަތަށް ފަށައިފިއެވެ.އެމިހުން ގެނައި ސަމަނުތައް އަތިރިމައްޗަށް ނެރެ ޓެންޓްތައް ރޫޅާހަދަން ފަށައިފިއެވެ. އާސިމްވެސް ދޯންޏަށް ގުޅާފަ ވީއެއްމެ އަވަހަކަށް އެރަށަށް އައުމަށް ބުނެފަ އައިސް އެހެން މީހުނާއެކު މަސައްކަތުގަ ބައިވެރި ވިއެވެ. އެއްމެންގެ މޫނުމަތިންވެސް ފާޅުވަނީ ބިރުވެރިކަމެވެ. ކޮށްމެ މީހަކުވެސް ބޭނުންވަނީ ވީއެއްމެ އަވަހަކަށް އެރަށުން ފައިބާށެވެ. ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު ސައިބޮއެގެން އެމީހުންތިބީ އަތިރިމަތީގައެވެ. އެމީހުން ބަލާ އައްނަ ދޯނީގެ އިންތިޒާރުގައެވެ. ދޯންޏަށް އާދެވޭ ވަރުވީ މެންދުރުވާން ކައިރި ވެފަ ހުއްޓައެވެ. ދޯނި އައުމާއެކު އަވަސް އަވަހަށް އެއްޗެތި ތައް އަރުވައިގެން އެރަށުން ފުރައިފިއެވެ.
“އަހަނ! ދަރިފުޅުމެންނޭއައީތަ…؟ މަންމަ ހީކުރީ މާދަމާކަމަށް އައްނާނީ…” އާސިމްގެ ދެމަފިރިން ގެއަށް އައިސް ވަނުމާއެކު މަންމަ ބުނެލިއެވެ. އާސިމްގޭތެރެއަށް ވަދެ ސިޓިންގ ރޫމްގަ ދަބަސް ބެހެއްޓްމަށްފަހު ސޯފާގައި ޖައްސާލިއެވެ. އިނާޝް ދިއައީ ފާހާނާއަށެވެ. “އަސްލު މާދަމާ އައްނާށޭ ތިބީއެކަމަކު ދިމާވި އާދަޔާ ހިލާފް ކަންތައް ގަނޑެއްގެ ސަބަބުން އަވަހަށް އައީ…” އާސިމް ހަމަޖެހިލުމަށްފަހު މަންމަގެ މޫނަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “އޭނ! އާދަޔާ ހިލާފު ކަންތައް ގަނޑެކޭ..؟ ” މަންމަގެ ނިތްކުރިއަށް ރޫގިނަވެގެން ދިއައެވެ. “ކިހިނެއްވީ އަނެއްކާ”” މާދައިތަ އަނެއްކާވެސް އަހާލިއެވެ. އޭނާގެ މޫނުމަތިން ހާސްވުމާއި ކަން ބޮޑު ވުމުގެ އަސްރު ފާޅުވާން ހުއްޓެވެ. އާސިމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދިނެވެ. އާސިމްގެ ވާހަކަތައް އަޑުއިވެމުން ދާ ވަރަކަށް މަންމަގެ ހާސްކަން ދިއައީ އިތުރުވަމުންނެވެ. “މަންމައަށް ހީވަނީ ތީ ޖިންނިއެއްގެ ކަމެންހެން ލަސްނުކޮށް ތިކަމަށް ފަރުވާއެއް ލިބޭތޯ ވާނީ ބަލަން” މަންމަ އޭނާއަށް ހީވާއެއްޗެއް ބުނެލިއެވެ. އެވާހަކަތައް އަޑު އިވުމުން އޭނާއަށް ވިސްނުނީ އެގޮތަށެވެ. “ޖިންނިއެކޭ…؟ ކީއްވެތަ އެހެންވާންވީ….؟” އާސިމް ހައިރާންވެފަ އަހާލިއެވެ. އެވަގުތު އީނާޝް ވެސް އައެވެ. ” އާނ! މަންމާ މަށަށްވެސް ހީވަނީ އަހަރެންނަސް މިފޯރަނީ ޖިންނިއެއްގެ އުދަގޫހެން އެހެން ނޫންނަމަ އެރަތް ލިބާސްލައިގެން ހުރި އަންހެން މީހާ ނުފެންނާނެ ކަންނޭނގެ އެމީހާ ރުޅިއައިސްފަ ކިޔަނީ އަހަރެން އޭނާގެ ދަރިފުޅު މަރާލިއްޔޯ އޭގެ ބަދަލުގަ އަހަރެންވެސް މަރާލާނަމޯ…!” މަންމާ އަހަރެން ސަލާމަތްކޮށްދީ އޭތި އަހަރެން މަރާލާނެ!” އީނާޝް އަށް ރޮވޭގޮތް ވިއެވެ. “ނުރޮއޭ ދަރިފުޅާ އިރާދަފުޅު ކުރެއްވިއްޔާ ދަރިފުޅު ސަލާމަތް ކުރާނަން މަންމަ މިއަދު މުދިންބެ ކައިރި ތިވާހަކަ ދައްކާނަން އިނގޭ ދެން ހިނގާ ކާންދަމާ ދޯ” މަންމަ އޭނާގެ ދަރިފުޅުގެ ހިތްހަމަ ޖައްސައިދެވޭތޯ ބެލިއެވެ.
“ދަރިފުޅާ ހަނީފާ ! ކީއްވެތަ މާ ދެރަވެފަ ތިހުންނަނީ…؟ ދަރިފުޅުމެން އެރަށަށް ގޮއްސައއައި ފަހުން އަބަދުވެސް ފެންނަނީ އަބަދު ދެރަވެފަ ހުއްޓަ އެކީއްވެ..؟” ހަނީފާ ރެއޮ ހިތާމަ ކުރާކަން މޫލި ދުނިއެއަށް ސިއްރުކުރެވުނަސް އޭނާގެ މަންމައަކަށް ސިއްރެއްނުކުރެވުނެވެ. އެކަން މަންމަ އެކުރި ސުވާލުންވެސް އެނގުނެވެ. ހަނީފާ އުޅެނީ ހެނދުނުގެ ސައި ތައްޔާރުކުރުމަށްޓަކައި ބަދިގެ ތެރޭގައެވެ. “ނޫން މަންމާ އަހަރެން ހިތާމައެއް ނުކުރަން ތީމަންމައަށް ހަމަ ހީވާގޮތް” ހަނީފާ މަސައްކަތް ކުރީ އޭނާކުރާ ހިތާމަ މަންމައަށް ސިއްރު ކުރެވޭތޯއެވެ. “ބަލަ ދަރިފުޅާ މީ ދަރިފުޅުގެ މަންމައޭ މިދުނިޔޭގެ އެއްމެނަށް ފޮރުވިއަސް މިމަންމައަކަށް ނުފޮރުވޭނެ..!” ހަނީފާގެ މަންމަ އާދިދާ އޭނާގެ ދަރިފުޅާ ހަތަރުކަޅި ހަމަ ކޮށްލިއެވެ. އެއާއެކު ހަނީފާ އިސްދަށަށް ޖަހާލިއެވެ. އޭނާއަކަށް މަންމަ އާއި ހަތަރުކަޅި ހަމަ ކޮށްލާނެ ހިތްވަރެއް ނުލިބުނެވެ. “ދަރިފުޅާ މަންމަ އަބަދުވެސް އެދެނީ ދަރިފުޅަށް ހެޔޮގޮތް ދެރައެއް ލިބޭކަށްނޭދެން އެހެންވެ މިބުނަނީ ކަމެއްދިމާވެގެން އުޅޭނަމަވެސް މަންމައަށް ކިޔާދޭސޭ ދަރިފުޅުމެންދެމީހުން މައްސަލައެއްޖެހުނީތަ…؟” މަންމަ ވަރު ވަރުން އެހިއެވެ. މަންމަބޭނުންވަނީ ވެގެން އުޅޭގޮތް އޮޅުންފިލުވާށެވެ. ހަނީފާ ބޭނުންވަނީ ހުރިހާ ވާހަކައެއް މަންމައަށް ކިޔާދޭށެވެ.އެހެނަސް އެކަންކުރާނެ ހިތްވަރެއް ނުލިބުނެވެ. ފިރިމީހާގެ ހަރުކަށި އިންޒާރުތަކުގެ ސަބަބުން ދޫބަންދުވަނީއެ
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Haadha hama nujehey vrh kuh gina
vaahaka hama nujehe ey thibunaa bai faahaga kolla dhinu edhen mithan kolh mihen ineemaey hama nujehenee pls ekan kolla dhinun edhen
kon irakuntha meege next part ahnaanii