ހިތް ނުރޮއްވާ… (17)
……………”ގުޑް މޯރނިންގ” ހެނދުނުގެ ނާސްތާއަށް ކާމޭޒު ދޮށަށް ޖަމާވެތިބި އެންމެނަށް ހެނދުނުގެ ސަލާމް ކޮށްލަމުން މާހީއައިސް ބުނެލިއެވެ. މާހީގެ އަޑަށް އެދިމާއަށް އެނބުރުނު އެންމެން ހައިރާންވެ ތިބީ މާހީއަށް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިންނެވެ. ވާނީވެސް އެހެންތާއެވެ. މާހީ މިއަދު ލައިފަ ހުރީ އޮފީސް ވައްތަރު ޕީޗް ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެކެވެ. އަދި ކޮނޑުގައި އަޅުވާލަފަ އޮތް ކުޑަ އަތްދަބަހާއި ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އެހުރިހާ ކަމަކާއިއެކު އަރާފައިވާ ކަޅުކުލައިގެ އުސް ބޫޓުން މާހީ ފެންނަނީ ވަރަށް ރަސްމީގޮތަކަށެވެ. މާހީ އެއީ ކުރިން އެގޮތަށް މިހާ ހެނދުނާ ތައްޔާރުވާ ކުއްޖެއްނޫނެވެ. ހެނދުނުފެންވާރާ ނަލަވިއަސް މޭކަޕް ކުރުމާއި އެހާ ރަސްމީކޮށް ހެނދުން އެޅުން އެއީ މާހީ މީގެ ކުރިން ހެނދުނުގަޑީގައި ނުކުރާ ކަންތަކެވެ. “ކިހިނެއްވީ މާ ވަރަކަށް މާހީއާއި ދިމާލަށް އެންމެން ތި ބަލަނީ؟” މާހީއައިސް ގޮނޑިއެއްދަމާލާ މޭޒުދޮށުގައި އިށީންނަމުން އަހާލިއެވެ. “ކީއްވެ ހޯ؟” މާހީގެ ސުވާލާއި ވިއްދައިން މާޔާ ބުނެލިއެވެ. “ބަލަ މިއަދު ކޮންދިމާއަކުން އިރުއަރައިގެންތަ ތިއުޅެނީ؟ މިއޮއް ހެނދުނާ ކޮންތާކަށް ދާން ތައްޔާރުވެލައިން ތި ނުކުތީ؟”
“އޮފީހަށް. ވިތް މީ” މާހީއަށް މާޔާ ކުރި ސުވާލުގެ ޖަވާބުއައީ މާޔާގެ ކުރިމަތިން ކާބަޔަށް ވަދެވަދެ ހުރި ރިހާގެ ފަރާތުންނެވެ. ރިހާ އެތަނަށް އައިސް ހުއްޓިލަމުން ހިނިތުންވެލިއެވެ. އެހިނިތުންވުމުގައި އެކުލެވިގެންވީ މަލާމާތެވެ. ރިހާގެ އެ ޖުމްލައާއިއެކު މާޔާއަށް ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެވުނީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ. އެއްފަހަރު ރިހާއަށް އަނެއްފަހަރު މާހީއާއި ދިމާލަށް ބަލާލަމުން މާޔާ މާހީއަށް ބުނެލިއެވެ. “ޝީ އިޒް ޖޯކިން ރައިޓް؟” މާޔާގެ ސުވާލަށް ޖަވާބުދެމުން މާހީ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ. ހަމައެއާއެކު ރިހާވެސް ބުނެލިއެވެ. “މައި ޑިއާ ސިސްޓާ، އައި ޑޯންޓް ޖޯކް” ރިހާގެ އެހުންނަ ގޮތަކުން މާޔާ ރުޅިގަދަވަމުން ދިޔައެވެ. “މާހީ، އިޒް ޝީ ފޯސިންގ ޔޫ؟ ދޮންތަ މަޖުބޫރު ކުރަނީތަ މާހީ އޮފީހަށް ދާން؟ މާހީ އޮފީހަށް ދާން މަޖުބޫރުވެގެން ދަންޔާ، ޔޫ ޑޮންޓް ހޭވް ޓު. މަޖުބޫރުން އެއްކަމެއްވެސް މާހީ ލައްވާ ނުކުރެވޭނެ” ރިހާ މާހީއަށް އޮފީހަށް ދާން މަޖްބޫރު ކުރަނީ ކަމަށް ހީކޮށް މާޔާ ބުނެލިއެވެ. ނާސްތާ ކުރުމަށް މޭޒުދޮށުގައި އިން އަޔާންވެސް މާޔާއާއި ބައިވެރިވެލަމުން ކުޑަކޮށް ހިތްހަމަ ނުޖެހިފަ ބުނެލިއެވެ. “އެ ތެދެއް. މާހީ ކޮންމެހެން ނުޖެހޭނެ ރިހާ ބުނާހާ ގޮތެއް ހަދާކަށް” އެ އެންމެން އުޅޭ ގޮތުނާއި މާހީ މަޖްބޫރުންނެއް ނޫނޭ ބުނުމުން އެމީހުންގެ މޫނުމަތިން ފެންނާނެ ކުލަވަރު ހިތަށް އައުމާވެސް އެކު ރިހާ ހުރީ ފާޑަކަށް ހިނިއައިސްފައެވެ.
“ފޯ ޔުއާރ އިންފޯ، މާހީ އޮފީހަށް މިދަނީ ކޮންމެހެން ދޮންތަ ބުނެގެނެއްނޫން. ދޮންތަ މަޖުބޫރުކޮށްގެނެއްވެސް ނޫން. މާހީ އަމިއްލައަށް ނެގި ޑިޒިސަންއެއް މީ. މާހީ އެގޮތް ބޭނުންވާތީވެ.” ރިހާ އާއި ޖައްސާލަމުން އެންމެން ވާހަކަ ދައްކަން ފެށުމުން އެކަމާ ހިތްހަމަ ނުޖެހި ހުރެ މާހީ ބުންޏެވެ. ރިހާ އޭރުވެސް ހުރީ ހިނިއައިއްސައެވެ. ” ތުއްތަމެން ތި އުޅޭ ގޮތަށް އަތުންފައިން މަސައްކަތެއް ނުކޮށް މާހީ ބޭނުންނަމަ އުޅެވިދާނެ ކިތަންމެ ދުވަހަކުވެސް، އެކަމު މާހީ އެގޮތެއްބޭނުމެއްނޫން. މާހީ ބޭނުންވަނީ މަސައްކަތެއް ކުރެވެން އޮތް ދުވަހު ކުރަން. ފަހުން ވާނެ ގޮތެއް ނޭނގެ.” މާހީ ފަހުން އެބުނި އެއްޗަކުން މާޔާ ކުޑަކޮށް މައިތިރިވިއެވެ. އެހެނީ މާހީ އެހެން އެބުނީ ސީދާ މާޔާއަށް އަމާޒުކޮށް ކަމަށްވުމެވެ. ތެދެކެވެ. ސްކޫލް ނިމުނުފަހުން މާޔާ ވަޒީފާއެއް އަދާ ނުކުރެއެވެ. ޢާއިލާގެ މުއްސަނދިކަމުން މިއަދު މާޔާއަށް އެގޮތަށް އުޅެވިދާނެއެވެ.
“މާހީ!” ރިހާ މާހީއަށް ގޮވާލީ އިތުރަށް އެތަނުގެ މާހައުލު ހޫނުކުރަން ބޭނުން ނުވާތީއެވެ. “ލެޓްސް ގޯ. މިއަދު މާހީގެ ފަސްޓް ޑޭ. ޔޫ ޝުޑް ނޮޓް ބީ ލޭޓް. އޮފީހަށް ގޮސް ދެން ބްރޭކްފާސްޓް ނަގާނީ ދޯ؟” މާހީ ގޮވައިން ދިއުމަށް ހިނގައިގަންނަމުން ރިހާ ބުނެލިއެވެ. ރިހާ އާއި އެއްބަސް ވަމުން މާހީ ބޯ ޖަހާލިއެވެ. ރިހާ އާއި މާހީ ދިޔަދިމާއަށް ސައިމޭޒު ދޮށުގައި އިން މާޔާ އަށް ބަލަން އިނދެވުނީ ކުޑަކޮށް އަނގަ ހުޅުވާލައިން ޤަބޫލުކުރަން ދަތިވެފައެވެ. އިރުކޮޅަކު އެދިމާއަށް ބަލަން އިނުމަށް ފަހު މާޔާ ކުރިމަތީގައިތިބި އަޔާން އަދި ޖުއާން އަށް ބަލާލީ މިވަނީ ކީއްހޭ އަހާލާފަދަ ގޮތަކަށެވެ. އެދެމީހުންވެސް ތިބީ މާޔާއެކޭ އެއްގޮތަށް ވާނުވާ ނޭނގިފައެވެ. އެތިންމީހުންނެކޭ އެއްފަދައިން ރިހާއަށް ނަފްރަތު ކުރަމުންއައި މާހީ މިއަދު ކުއްލިއަކަށް ރިހާއާއި އެކު އޮފީހަށް ދާން ނިންމި ނިންމުމަށް ވުރެ އެމީހުން ޚައިރާންވީ ދެމީހުން އެކަކު އަނެކަކާ ވާހަކަދެއްކި ގޮތުންނެވެ. މީގެ ކުރިން ހާލަކުން ފަހަރަކު އަނގައިން ބުނެލާހަދާ ދެމީހުން މިއަދު ހީވީ އެތައްޒަމާނެއް ވެފާވާ ގާތް ރަޙްމަތެރިން ހެންނެވެ.
“މަންމާ! މަންމާ!” ނާސްތާކޮށް ނިމިގެން މާޔާ ގޮސް ނަސީމާމެންގެ ކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ. މާޔާ ގޮވާއަޑަށް އަލަމާރިތެރެ ތަރުތީބުކޮށްލަން ހުރި ނަސީމާ މާޔާއާއި ދިމާލަށް އެނބުރި ހިނިތުންވެލަމުން ބުންޏެވެ. “މާޔާ ދަރިފުޅާ، ކިހިނެއްވީ މިއަދު ހާދަ ހެނދުނަކާ މަންމަ ތިހޯދަނީ؟” އެވަގުތު އެނދުމަތީގައި ފޮތެއް ކިޔަންއިން ނަސީރުވެސް އެދިމާލަށް ބަލާލަމުން މާޔާ ބުނަން އުޅޭވާހަކައަށް ސަމާލުކަންދިނެވެ. “މަންމައަށް އެނގޭތަ، ދޮންތަ މިހާރު ކުރާކަމެއް؟ ދޮންތަ މިހާރު މާހީ ލައްވާ މަސައްކަތް ކުރުވަނީ.” މާޔާ ޝަކުވާގެ ރާގެއްގާ ނަސީމާގާތު ބުނެލިއެވެ. “މާހީ ދިޔައީ ރިހާއެކީ އޮފީހަކަށްނު! ކޮބާ އޭގަ މައްސަލައަކީ؟ މާހީ އަމިއްލައަށް ބޭނުންވީ އޮފީހަށް ނުކުންނަން” ނަސީމާ މާޔާގާތު ވަރަށް ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ. މާޔާ ހީކުރީ ނަސީމާއަށް އެކަން ނޭނގޭނެ ކަމުގައެވެ. އަދި ރިހާ ކުށްވެރިކޮށް އެގޮތަށް ނަސީމާގާތު ބުނުމުން ރިހާދެކެ ރުޅިއަންނާނެ ކަމަށެވެ. “އެކަމަކު މަންމާ، މާހީ އެއީ އަދި އަށާރަ އަހަރުވެސް ނުވާ ކުޑަކުއްޖެކޭ…” މާޔާ އަނެއްކާވެސް ނަސީމާގާތު ޝަކުވާ ކޮށްލިއެވެ. މާޔާގެ ނިޔަތް ނަސީރަށް ފަހުމްވީކަންނޭގެއެވެ. މިފަހަރު މާޔާއަށް ޖަވާބުދިނީ ނަސީރެވެ. މަޑުމައިތިރިކަމާއެކު ލޯބިންނެވެ. “ދަރިފުޅު ހަނދާނެއް ނެތްތަ ދަރިފުޅުގެ ދޮންތަ ބައްޕަގެ ވިޔަފާރިއާއި ހަވާލުވިއިރު މާހީއަށްވުރެވެސް ކުޑަކަން. މާހީއަށް މިހާރު 16 އަހަރު އެކަމު ރިހާއަށް އޭރު ކިރިޔާ 15 އަހަރު ފުރުނީ… އޭރު އެއީވެސް ކުޑަކުއްޖެއް. އޭރު ރިހާއަށް ކުރެވުނުކަމެއް މިހާރު މާހީއަށް ނޫނީ ދަރިފުޅަށް ނުކުރެވެންވީ ކީއްވެ؟” ނަސީރުގެ ސުވާލުން މާޔާ އިސްޖަހާލިއެވެ. ތެދެކެވެ. ނަސީރު އެބުނި ދުވަސް މާޔާ ހަނދާން އެބަހުއްޓެވެ.
އޮފީހަށް މާހީ ނުކުއިތް ފުރަތަމަ ދުވަސްކަމަށް ވުމުން ފުރަތަމަ ކަމަކަށް ރިހާ ކުރިކަމަކީ އޮފީހުގެ މުވައްޒަފުންނާއި މާހީ އެކަކު އަނެކަކު ތަޢާރަފް ކޮށްދިނުމެވެ. ހަމައެއާއިއެކު މުވައްޒަފުންގެ ކިބައިން ރިހާ އެދުނީ މާހީއަށް އެއެންމެންގެ އެއްބާރުލުން ދީގެން މާހީއާއެކުވެސް ރިހާއާއިއެކު މަސައްކަތްކުރާ ގޮތަށް މަސައްކަތް ކުރުމަށެވެ. އެއަށްފަހު އޮފީހުގެ އެކިއެކި މަސައްކަތްތައް ހިނގަމުންދާގޮތް ދައްކާ ކިޔައިދީ ހެދިއެވެ. މާހީ ބޭނުންވީ އޮފީހުގެ ހުރިހާ މަސައްކަތެއްހެން ދަސްކުރަން ކަމުން ކޮންމެ ސެކްޝަނެއްގައިވެސް އެ ސެކްޝަނެއްގެ މަސައްކަތް ދަސްވަންދެން މަސައްކަތް ކުރާށެވެ. ރިހާވެސް އެގޮތް އެންމެ ރަނގަޅު ކަމަށް ބުނެ އެގޮތާއި އެއްބަސްވިއެވެ. އަދި މާދަމާއިން ފެށިގެން އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމިއެވެ.
“ކަރީ، އައިމް ހަންގްރީ!” ރިހާގެ ކެބިންއަށް ވަންނަމުން ޒީޝާން ރިހާއާއި މުޚާތަބުކޮށް މިހެން ބުނެލިއިރު ރިހާއާއި މާހީ ތިބީ ވާހަކައެއްގައެވެ. ޒީޝާން ބުނި ޖުމްލައިން ރިހާ މޫނު ރަތް ވެގެން ދިޔައީ މާހީ އިންދަ ޒީޝާން ރިހާއަށް ބޭނުން ކުރި ނަމުންނެވެ. އެކަން މާހީއަށް ވެސް ފާހަގަވިއެވެ. އަދި ޒީޝާން “ކަރީ”އޭ ކިޔާ ރިހާއަށް ގޮވުމުން މާހީއަށް މަޖާވިއެވެ. ހިނިއައިވަރުން އަނގަމަތީ އަތްއަޅާ ބާރުކޮށްގެން އިނދެ މާހީ ހެމުން ދިޔައިރު ރިހާ އިނީ ޒީޝާނާއި ދިމާއަށް ލޯ އަޅާލައިންނެވެ. “ކަރީ އޭ؟!” މާހީ ހެމުން ޒީޝާނާއި ސުވާލު ކޮށްލިއެވެ. ބަލާނުލާ ރިހާގެ ކެބިން ތެރެއަށް ވަންނަމުން ޒީޝާން އެހެން ބުނީ މާހީ އެތާ އިނދެފާނެކަމަށް ހީކޮށެއްނޫނެވެ. ނަމަވެސް މާހީ އިންކަން އެނގުމުން ޒީޝާންވެސް ބުނެވުން އެއްޗަކުން ކުޑަކޮށް ރަކިވާ ގޮތްވިއެވެ. “ޔަހ. ކަރީ…” ޒީޝާން އެއް އަތް ލައިގެން ހުރި ޖިންސްގެ ޖީބަށް ޖަހާލަމުން އަދި އަނެއް އަތް ބޮލުގެ އިސްތަށިގަނޑު ތެރޭ ހިންގާލަމުން މާހީގެ ސުވާލަށް ޖަވާބު ދޭން ފެށިއެވެ. “އަސްލު… އަމް، ރިހާ ކިޔާ އިރު ކުޑަކޮށް ރިހަ އޭ ކިޔާހެން ހީވާތި ރިހާ ރުޅިއަރުވާލަންވެގެން އައި ކޯލް ހާރ ކަރީ.” ޒީޝާން އެހެން ބުނެ ނިންމާލަމުން ރިހާ އަށް ހިނިތުންވެލިއެވެ. ރިހާ ގާތަށް އިތުރަށް ރުޅިއައެވެ. އަދި ކައިރީގަ އޮތް ގަލަން ނަގާ ޒީޝާނާއި ދިމާލަށް އެއްލަމުން ރުޅިވެރި ގޮތަކަށް ބުންޏެވެ. “ޒީޝާން ކައިރީ ބުނެފީމެއްނު އެހެން ނުކިޔާށޭ!”
ކުޑައިރުކޮޅެއްފަހުން މާހީ، ޒީޝާން އަދި ރިހާ ތިބީ ކައިރި ރެސްޓޯރެންޓެއްގައި މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ކޮންމެވެސް ވަރަކަށް އެމީހުންގެ މެދުގައި އެކި މަޢުޟޫއުތަކަށް ވާހަކަ ދެކެވެމުން ދިޔައެވެ. އެގޮތުން ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ރިހާ ބުންޏެވެ. “ބައި ދަ ވޭ، ދެތިން ހަފްތާ ފަހުން މިއުޅެނީ މިތާ ކައިރި ރަށަކަށް ބިޒްނަސް ކަމަކު ދާންވެގެން… ބަޓް ޔޫ ޑޯންޓް ވޮރީ މާހީ، ދޮންތަ ދާނީ ވީކެންޑްގަ. އެހެންވެ އޮފީހުގެ ކަންކަމާ މާހީ ހާސްވާނެ ކަމެއްނެތް. އޯކޭ…” އެހެން ބުނެލަމުން ރިހާ ހިނިތުންވެލިއެވެ. ބަދަލުގަ މާހީ ވެސް ރިހާއަށް ހިނިތުންވެލިއެވެ. އެއަށްފަހު ތިންމީހުންގެ މެދުގައި މާ ބޮޑު ވާހަކައެއް ނުދެކެވި ކެއުން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް ޒީޝާން ބުނެލިއެވެ. “އައި ހެވް ގޮޓް އެން އައިޑިއާ” ރިހާ އާއި މާހީ ޒީޝާން ބުނަން އެއުޅޭ އެއްޗެއް އަޑު އެހުމަށްޓަކައި އިސްއުފުލާ ޒީޝަނާއި ދިމާއަށް ބަލާލިއެވެ. “ކިހިނެތް ވާނީ ރިހާ ތިބުނާ ރަށަކަށް ދާއިރު އަހަރެމެންވެސް ދިއުން؟” ޒީޝާން ވަރަށް އުންމީދާއެކު އުފަލުން ހުރެ ބުނެލިއެވެ. “ޒީޝާން!” ރިހާ ވަރަށް ރީތިކޮށް ރާގުލާފައި ޒީޝާންއަށް ގޮވާލިއެވެ. ޒީޝާން “ހޫމް” އޭ ބުނެލުމުން ރިހާ އިތުރަށް ބުންޏެވެ. “އަހަރެން އެރަށަށް މިދަނީ ބިޒްނަސް ކަމަކުއޭ! ކުޅިވަރެއް ކުޅޭކަށް ނޫނީ ފިކްނިކް ހަދާކަށް ނޫނޭ!” ރިހާ އެހެންބުނުމުން ޒީޝާންވެސް ލާނެތް ގޮތަކަށް ހީލަމުން ރިހާ ޒީޝާނަށް ގޮވާލި ގޮތަށް ހަމަ އެރާގުގައި ބުނެލިއެވެ. “ކަރީ! ކާކުތަ ބުނީ ރިހާ އެރަށަށް ތި ދަނީ ކުޅޭށޭ، ނޫނީ ޕިކްނިކް ހަދާށޭ؟ އެކަން ކުރާނީ އަހަރެމެން. މީ، ދަ ލަވްލީ މާހީ ހިއާރ، މައި ފެމިލީ އެންޑް ޔުއަރ ފެމިލީ.” ޒީޝާން އެހެން ބުނީ މާހީއަށް އެއް އަތުން އިޝާރާތް ކޮށްލަމުންނެވެ. “އަހަރެމެން ރިހާއަށް އެއްވެސް އުނދަގުލެއް ނުކުރާނަން. ރިހާ ހަމަ ހަމަޖެހިލައިގެން ތިކުރަންދާ މަސައްކަތެއް ނިންމާލަންވީ.”
“ވާއު! ދެޓްސް އަ ސުޕާރބް އައިޑިއާ!” މާހީއަށް ޒީޝާންގެ ޚިޔާލު ވަރަށް ކަމުދިޔައެވެ. އެހެން ކަމުން މާހީ ޒީޝާންގެ ޚިޔާލަށް ތާއީދު ކޮށްލިއެވެ. “މާހީ މިއަދު ގެއަށް ދާ ގޮތަސް ގޮސް އެންމެނާ ތިވާހަކަ ދައްކާނަން. އައި ކާންޓް ވެއިޓް ނައު. ވަރަސް ދުވަސްވެއްޖެ މިހާރު ރަށަކަށް ޖައްސާނުލާތާ. ކިހާ މަޖާވާނެ އަހަރެމެން އެންމެން އެކީ ޕިކްނިކް.” ރިހާއަށް އެ ޚިޔާލު ކަމުދިޔަނަމަވެސް އެކަމާއި އެހާ ހިތްހަމަނުޖެހުނީ ކީއްވެ ކަމެއްނޭނގެއެވެ.
ހަވީރު އޮފީސް ނިންމާލާފައި މާހީ ގެއަށް ދިޔަ ގޮތަށް ގޮސް އެވަގުތު ގޭގަ ތިބި އެންމެން އެއްތާކަށް އެއްކޮށް ދަތުރު ދާ ވާހަކަ ބުނެލިއެވެ. އޭރު އަދި ޒީޝާނާއި ރިހާ ގެއަކަށް ނާދެއެވެ. ޒީޝާންގެ ދޮންތަ ޒޯޔާވެސް ދަތުރުދާ ވާހަކަ ބުނުމުން ވަރަށް ބޮޑަށް އުފާވެ ދަތުރުދާ ހިތުން އެވާހަކަ ދެއްކިއެވެ. “ކޮބާތަ ޒީޝާން؟ އެއީ މިހާރު ލޮލަށް ފެންނަ މީހެއްވެސް ނޫން. ޑޭޑް ޝާން އާއި މިމަސައްކަތެއް ހަވާލު ކުރިފަހުން އެއީ ތަދު ބޭހަކަށްވުރެވެސް ތަދުމީހެއް. ލޮލަށް ފެންނަނީވެސް މަދުފަހަރަކު. ދެން ހުރީ ރިހާ. މިގޭގަ މިހާ ދުވަސް ވީއިރުވެސް ރިހާ ހުންނަނީ ކިހިނެއްކަންވެސް އަދި ރަގަޅަށް ނޭގޭ” ޒޯޔާ އެހެން ބުނީ ހެވިފަ އިނދެއެވެ. “ދަރިފުޅާ! ރިހާ އެއީ މަސައްކަތުގަ ވަރަށް ބުރަކޮށް އުޅޭ ކުއްޖެއް. ގޭގަ މަޑުވަނީވެސް މަދު ފަހަރަކު. އަބަދުހެން އޮފީހުގަ ނޫނީ ބޭރުގަ އުޅޭނީ. އެހެންވެ އަދި ރިހާއާއި ދިމާނުވަނީ ތި. ދެން ޒީޝާން ވެސް ހަމަ އެހެން.” ޒުބޭރު ނަސީރަށް ބަލާލަމުން ޒޯޔާއަށް ބުނެލިއެވެ. “ދެން އެކަމް ރިހާވެސް ފެންނިދާނުން ތިވަރުން ދެކެން ބޭނުމިއްޔާ. ދަތުރު ދާނީ ރިހާ އެކީއެއްނު.” ޒޯޔާ ޒުބޭރުގެ ވާހަކައަށް ބޯޖަހާލަމުން ލާނެއްގޮތަކަށް ބުނެލިއެވެ. “ޒޯ އަށް ހީވަނީ ޝާން އާއި ރިހާ އާއި ދެމީހުން އެއްބައި ކިޔައިން އަހަރެމެންނާ ފިލަނީހެން. ދޯ ދޮންބޭ؟” ޒޯޔާ ޒިއާއަށް ބުނެލިއެވެ. ޒިއާވެސް ހެވިފަ އިނދެ ބޯޖަހާލީ ޒޯޔާގެ ވާހަކައާއި އެއްބަސްވުމުގެ ގޮތުންނެވެ.
“ސިސް، ކިހިނެތް ވެފަ ތީނީ؟ ހާދަ މޫޑީ ހެން ހީވެއޭ.” މާޔާ އެމީހުން ދައްކަމުން ދިޔަ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީ އިނުމުން މާހީ އަހާލިއެވެ. “ޒާން މަންމަ ބަލިވެގެން މިއަދު އެފުރީ ރާއްޖޭން ބޭރަށް މަންމަ ގޮވައިން. އެހެންވެ ވެޑިންވެސް ޕޯސްޕޯން ކުރަންޖެހުނީމަ ކުޑަކޮށް މޫޑީވީ.” މާޔާ ކުޑަކޮށް ދެރަވެފަ އިނދެ ބުނެލިއެވެ. “ދަރިފުޅާ މާޔާ! ދެން އެކަމާ އެހާބޮޑަށް ދެރަނުވެބަލަ.” ނަސީރަށް މާހީމެން ދެއްކި ވާހަކަ އަޑުއިވުމުން މާޔާއަށް ހިތަވަރުދެމުން ބުނެލިއެވެ. “ޒާން އައިސްދާނެ މާ ގިނަ ދުވަހެއް ނުވެ. އެހެންނޫނަސް ދަރިފުޅަށް އެއިޓީން ވަނީވެސް އަދި މަންތެއް ވަރު ފަހުންނޭނުން… ނޭނގެއޭނުން ހަމަ ކުރިންވެސް ހަމަޖައްސާފަ އިން ޑޭޓްގަ ނޫންކަމެއް ދަރިފުޅުގެ ވެޑިން އޮންނާނީ.” މާހީވެސް ނަސީރުގެ ވާހަކައާއި އެއްބަސް ވަމުން މާޔާ ހިތްހަމަޖައްސައިދެމުން ދިޔައެވެ. އަދި ދަތުރަށް މާޔާ ރުއްސަމުންވެސް ދިޔައެވެ.
=(ނުނިމޭ)=
6 Comments!
Comments are closed.
haadha gina dhuvas kollaafa thi up kury. anyways m curious to read next part. avahah up kohhdeh chey,plxplxplx
oh haadha dhuvaheh fahun mi up v, v reethi vahakaeh mee, kurin ves kiyan comment nukuriyas, hop to ryd next part v soon, dhen brk nunagahchey pls
i’m so sorry for the break, some personal stuff came along
In Sha Allah this time will try to pload soon & without long breaks
I’m so happy to know that you guys enjoy my story
Thnk You all a Lot
mee hama best vaahakaeh v. nice
me aslu varah kiyaa hithun kiyaa story……ekamu haadhalahu nay thi upload kury…any ways waitting for da next part…tcr
hey raina iyyega adhi furathama mi site ah vedhegen ulhenikoi mi vaahaka fenuny ekam mihaaru hama mi vaahaka kiyaa hama hiiy nufurey ehaaves reethi dhenme kiyan feshumun mi slow update ge masala nujehey hope nuves jeheyna kama varah nice insha allah vocab varah reethi