Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 12

laya Level 110 Stories
February 23, 2014 7 Mins Read
16 Comments

އެ ޒުވާނާ ދުވެލާފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ގޮސް އާލިކްގެ ކެބިން ހުޅުވާލުމާއިއެކު ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ކޮމްޕިއުޓަރު ދޮށުގައި އެއްޗެއް ޓައިޕް ކުރުމުގައި އަވަދިނެތި އިން ރީތި ރީތި އަންހެންކުއްޖާ ފެނުމާއިއެކު އޭނާގެ ހިތައް ވެގެން ދިޔައީ ބުނެދޭން ނޭނގޭ ފަދަ ގޮތެކެވެ. އެކުއްޖާ ހަމަ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އޭނާގެ މައިންބަފައިންގެ ޚިޔާލުތައް އެހިތުގައި އުުތުރި އަރައިގަތީ ވަކިވަރަކަށް ނޫނެވެ.

ވިޝާގެ ދޮން މޫނަށް ނަޒަރު ހުއްޓާލައިގެން އިން އާލިކްއަށް އެމޫނުން ނަޒަރު ވަކިކޮށްލަން މަޖުބޫރުވީ ކެބިންގެ ދޮރު ހުޅުވުނުކަން އެނގުމުންނެވެ. އެއާއިއެކު ދޮރުމަތީގައި ހުރި ޒުވާނާ ފެނުމާއިއެކު އޭނާއަށް ފުންމައިގެން ތެދުވެވުނުއިރު މޫނުމަތީގައި ފުޅާ ހިނިތުންވުމެއްވެސް އުފެދިއްޖެއެވެ.

އާލިކް ލިޔަން ހަވާލުކުރި ސިޓީއެއް ޓައިޕް ކުރުމުގައި އަވަދިނެތި އިން ވިޝާއަށް ކެބިންގެ ދޮރު ހުޅުވުނު އަޑު އިވުމުންވެސް އެކަމަށް ސަމާލުކަން ނުދިނީ އޮފީހުގެ މުވައްޒަފެއްކަމުގައި ހީކޮށްފައެވެ. އެހެންނަމަވެސް އާލިކް ފުންމައިގެން ގޮނޑިން ތެދުވިކަން އެނގުމާއިއެކު ވިޝާވެސް ދޮރުމަތީގައި ހުރި ޒުވާނާއަށް ނަަޒަރު ހުއްޓާލިއެވެ. އެވަގުތު ހިތައް ވީ ގޮތަކަުން ވިޝާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ އެޒުވާނާ ބަލަހައްޓައިގެން ހުއްޓައެވެ.

“ވިކީ.. ވަޓް އަ ސަޕްރައިޒްޒް..” އާލިކް ފުންމައިގެން ގޮސް ވިކާޝްގެ ގައިގައި ބައްދާލީ އޭނާ ފެނުމުން އުފާވިލެއް ބޮޑުކަމުންނެވެ. އެވަގުތު ވިކާޝްވެސް ކުޑަ ހީނލުމަކާއިއެކު އާލިކްގެ ގައިގައި ބައްދާލި ނަމަވެސް އޭނާގެ ނަޒަރު ވިޝާގެ މޫނުން ވަކިކޮށެއް ނުލެވުނެވެ. އެހިތައް އުނދަގޫ ކުރަމުން ދިޔައީ ވިޝާގެ ރީތި ރީތި ދޮން މޫނެއް ނޫނެވެ. ވިޝާ ފެނުމާއިއެކު އެހިތުގައި މުޅިން އެހެން ކަހަލަ ޚިޔާލުތަކެއް އުފެދެން ފެށިއެވެ.

” އާދެބަލަ އެތެރެއަށް..” އާލިކް ވިކާޝްގެ އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއްގައި ބޭނދިއިރުވެސް ވިޝާ އެހުރިގޮތަށް ދެލޯބޮޑުކޮށްލައިގެން ވިކާޝްގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. ވިޝާގެ ހިތައް އުނދަގޫ ކުރަމުން ދިޔައީ ވިކާޝްގެ ފެހިކުލައިގެ ތޫނު ދެލޮލެވެ. އެދެލޯ އޭނާގެ ހިތުން ފޮހެލާނީ ކިހިނެތްހެއްޔެވެ؟އެދެލޮލުން އޭނާގެ ހިތައް އުނދަގޫ ނުވާނީ ކީއްވެ ހެއްޔެވެ؟ އެއީ ހަމަ އޭނާގެ މަންމަގެ ދެލޮލެވެ. އެ ފެހިކުލައެވެ. އެ އާދަޔާ ޚިލާފުކަމެވެ. ވިޝާގެ އެ ހައިރާންވެފައިވާ މައުސޫމް ނަޒަރު ވިކާޝްގެ ހިތައް އިތުރަށް އުނދަގޫ ކުރަމުން ދިޔައެވެ. ސަބަބަކާއި ނުލާ މަންމައާއި ބައްޕަގެ ހަނދާންތައް ތަކުރާރުކޮށް އޭނާގެ ހިތައް ވެރިވަމުން ދިޔައެވެ.

” ވިޝޫ.. ކިހިނެތްވެފަ ތިހުރީ.. ދަންނަންތަ؟..” ވިޝާ ގަބު އަރާފައި ވިކާޝްއާއި ދިމާއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާލިކްއަށް އުނދަގޫ ވެގެން ކުޑަކޮށް އަތް ހޫރާލިއެވެ. އެވަގުތު ވިޝާ ސިހިފައި ގޮނޑީގައި އިށީނދެލިއިރުވެސް މޫނުމަތީގައިވަނީ ސުވާލުމާކުތަކެކެވެ.

” ވިކީ.. މިއީ ވިޝޫ.. މްމް..” އާލިކް ވިކާޝްއަށް ވިޝާ ތައާރަފްކޮށްދެމުން ވިޝާއަށް ނޭނގޭނެ ގޮތަށް ވިކާޝްއަށް އެއްލޯވެސް މަރާލިއެވެ. އެވަގުތު ވިކާޝްވެސް އަޑުނީވޭ ގޮތަށް “އޯހހ” އޭ ބުނެލީ އާލިކް ބުނެދެން އުޅުނީ ކީކޭކަން އެނގިގެން ކަހަލަ ގޮތަކަށެވެ.

“އަސްލު ކިޔަނީ ވިޝާ.. މި އޮފީހުގެ އާ އެސިސްޓެންޓް މެނޭޖަރ..” އާލިކް އިތުރަށް ވިޝާއާއި ބެހޭ މައުލޫމާތު ދިނެވެ.

“ހެލޯ..” ވިކާޝް ވިޝާއަށް އަތް ހޫރާލަމުން ރަހްމަތްތެރި ގޮތަކަށް ހިނިތުންވެލިއެވެ. އެވަގުތު ވިޝާ ކުޑަކޮށް އިސްއުފުލާލަމުން ވިކާޝްއަށް ހިނިތުންވެލީ އިހްތިރާމާއި އެކުގައެވެ.

” ވިޝޫ.. މިއީ ވިކީ.. މައި ބެސްޓް ފްރެންޑް.. މައި ބިޒްނަސް ޕާޓްނަރ.. މައި ބްރަދަރ.. މައި ޓެޑީ ބެއަރ..”    “ހޫމް ހޫމް ދެން ވެއްޖެއޭ.. ހެހެ” އާލިކް ވިކާޝްގެ ކޮނޑުގައި ޖަހަމުން ފައްޗަކަށް އަމުނާލި ވަގުތު ވިކާޝް އާލިކްގެ އަތް ފޮޅާލިއެވެ. އެވަގުތު އެދެމީހުން ސަކަރާތް ޖަހަންފެށި މަންޒަރު ފެނުމުން ވިޝާއަށްވެސް އިނީ ހެވިފައެވެ. އެދެމެދުގައި އޮތް އެކުވެރިކަމުގެ ވަރުގަދަކަން އެ ކުޑަކުޑަ ވަގުތުކޮޅުންވެސް އޭނާއަށް ވަރަށް ރަނގަޅަށް ހާމަވެއްޖެއެވެ.

” ކޮބާ ހިނގާ ކޮފީއަކަށް..” އާލިކް ވިކާޝްގެ ކޮނޑަށް އަތްވައްޓާލަމުން އެހެން ބުނެލުމުން ވިކާޝްވެސް ތެދުވެގެން ހިނގައިގަތެވެ. ނަމަވެސް އެތަނުން ނުކުތުމުގެ ކުރިން އޭނާ ވިޝާއާއި ދިމާއަށް ބަލާލާ ހިނިތުންވެލީ ވިސްނުންތެރި ނަޒަރަކުންނެވެ. ޖަވާބުގައި ވިޝާވެސް އެ ގޮތްނޭނގޭ ޒުވާނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލީ މަންމަގެ ހަނދާނުގައި އިނދެއެވެ.

” އެއީ.. ވަރަށް ލޯބި ދޯ..” ކެބިންއިން ނުކުތް ގޮތަށް ވިކާޝްގެ ކަންފަތްދޮށުގައި އާލިކް ސިއްރު ސިއްރުން ބުނެލިއެވެ. އޭރު އޭނާގެ މޫނުގައިވަނީ އިޝްގީ ހިިނިތުންވުމެކެވެ.

” ހޫމްމް.. އެއްބަސް ހަމަ.. އާދަޔާ ޚިލާފަށް ރީތި..” ވިކާޝް ލާނެތް ގޮތަކަށް އާލިކްގެ ބުރަކަށީގައި ޖަހާލަމުން ޖަވާޞުދިނެވެ.

” ހޭއި ދީމާ.. ކިހިނެތްތަ؟..” ދެމީހުން ހެމުން ދޮރާއި ދިމާއަށް ދިޔައިރު ދީމާ ފެނުމުން ވިކާޝް އަތްހޫރާލިއެވެ. އެވަގުތު ދީމާވެސް ހިނިތުންވެލަމުން ވަރަށް ބަރާބަރޭ ބުނެލީ ރަހްމަތްތެރި ރާގަކަށެވެ. އެއާއިއެކު އާލިކްގެ ފަހަތުން ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ދިޔަ ވިކާޝް ހުއްޓިލީ ރިސެޕްޝަނުގައި އިން ލިމްނާ ފެނުމުންނެވެ. އެވަގުތު ލިމްނާއަށް އޭނާ ނުފެނުނީ މަސައްކަތުގައި މަޝްޣޫލުވެފައި އިން ވަރުން ކަންނޭނގެއެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވިކާޝްގެ ލޮލުގައި އަޅައިގަތީ ލިމްނާގެ ކަންފަތްކައިރިން މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅެވެ. ނަންބަރު އައިނެއް އަޅާލާފައި ކަޅު އިސްތަށިގަނޑު މައްޗަށް އައްސާލާފައި އޮތްއިރު ފެންނަނީ ސާދާކަމެވެ. ވިކާޝް އަމިއްލައަށް ބޮލުގައި ޖަހާލުމަށްފަހު އެއްމިޔަކަނުން ހިނިތުންވެލަމުން ހިނގައިގަތީ ލިމްނާއަށް އޭނާ ފެނުމުުގެ ކުރިންނެވެ.

އާލިކްއާއި ވިކާޝް އެކުގައި ނުކުމެގެން ގޮސް ވަނީ އާލިކްގެ އޮފީސް ކުރިމަތީގައި ހުންނަ ކެފޭއަށެވެ. އަދި ދެމީހުން ކޮފީއަކަށް އޯޑަރުކޮށްލުމަށްފަހު ވާހަކަތަކުގައި މަޝްޣޫލު ވެއްޖެއެވެ. ވިކާޝް ގަސްތުކޮށްގެން އިނީ އޭނާގެ އާއިލާއާއި ކޮއްކޮގެ ވާހަކަތައް ހަމަ އެވަގުތު އާލިކްއާއި ހިއްސާ ކުރުމަށެވެ. އެހެން ނަމަވެސް އާލިކް ފެށި ވާހަކައަކުން އޭނާއަށް އެވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނެވެ.

” ވިކީ.. މަށަށް މިހުރީ މަންމައަކާ ބައްޕައެއް ލިބިފަ..” އިސްތަށިގަނޑުގެ ތެރެއަށް އަތް ލައްވާލަމުން އާލިކް އެހެން ބުނެލީ މޮޅިވެރި ރާގަކަށެވެ. އެވަގުތު ވިކާޝް ދެބުމަ ކައިރިކޮށްލަމުން އާލިކްއަށް ބަލާލީ އޮޅުން ނުފިލާ ފަދަ ގޮތަކަށެވެ.

” ވިކީ ގާތު މަ ބުނީމެއްނު ޝާޔަންއާ ރައްޓެހިވީ ބައްޕަގެ އެދުމަށޭ.. އަސްލު އިޓްސް ކައިންޑަ.. މްމް.. ފޯސްޑް..” އާލިކް ވިކާޝްގެ މޫނަށް ބަލާލަމުން ބުނެލިއެވެެ.

” ވަަޓް.. ފޯސްޑް؟.. ވަޓް ޔޫ މީން..” ވިކާޝް ޝައުގުވެރިކަމާއިއެކު އަހާލިއެވެ. އެވަގުތު އާލިކް އޭނާ ޝާޔަންއާއި ރައްޓެހިވެގެން އެއުޅޭ ހަގީގީ ސަބަބު ވިކާޝްއަށް ކިޔައިދިނެވެ.

” މިހާރު މަ ބޯ ގޮވައިފި.. ވިކީ މަ ލޯބިވަނީ ވިޝާދެކެ.. އެކަމު ޝާޔަންގެ ކިބައިން ސަލާމަތްވާނެ ގޮތެއް ނޭނގެ..” އާލިކް މޫނުގައި އަތް އުނގުޅާލަމުން  ފޫހިކަމާއިއެކު ބުނެލިއެވެ.

” ދެން ހަމަ ބުނެބަ ބައްޕަ ކައިރި ވިޝާދެކެއޭ ލޯބިވަނީ.. ޝާޔަން ކައިރިވެސް ބުނެބަލަ..” ވިކާޝް އާލިކްގެ ހާލަތަށް ހަމްދަރުދީވަމުން އޭނާއަށް ހިތްވަރުދޭފަދަ ރާގަކަށް ބުނެލިއެވެ.

” ދެޓްސް ނޮޓް އީޒީ މޭން.. ޝާޔަންއަކީ ތިހީކުރާ ކަހަލަ އަންހެނެއް ނޫނޭ.. އޭނާއަށް ޝައްކުވީ ކަންނޭނގެ މަ ވިޝޫއާ ލައިކްވާކަން.. ވަރުގަދަ ކުޅިގަނޑެއް ކުޅެފަ އެހުންނަނީ..” ޝާޔަންގެ ވާހަކަ ދައްކަން ފެށުމާއިއެކު އާލިކްގެ މޫނުމަތިންވެސް ނުރުހުންވުން ފާޅުވެއްޖެއެވެ. އަދި ޝާޔަން ބުނެގެން ދެއާއިލާއިން އެމީހުންގެ ކައިވެނި ހަމަޖެއްސި ވާހަކަވެސް ވިކާޝްއަށް ކިޔައިދިނެވެ.

” މަށަކަށް ނޭނގެ ދެން.. ވިސްނާ ވިސްނާ ބޯ ހަލާކުވާ ވަރުވެއްޖެ.. މަށަކީ އެމީހުން ކުޅެން ގެންގުޅޭ ޓޯއީއެއްހެން ހީވަނީ..” އާލިކް އޭނާގެ ހިތުގައިވާ އުދާސްތައް އެންމެ ގާތް ރަހްމަތްތެރިޔާއާއި ހިއްސާކުރަމުން ދިޔައިރު އަޑުގައި ރިހުމެއް އުފެދިފައިވެއެވެ.

“ދެން ދޯ.. ޕޭރެންޓުން ބުނީމަ ނުވާނެ ނޫނެކޭ ބުނާކަށް.. އެކަމު ކޮންމެ ފަހަރަކު.. މިއީ އާލްގެ މުސްތަގުބަލުގެ ސުވާލެއް.. ޝާޔަންއާ އެކީގަ ރަނގަޅަށް ނޫޅެވޭނެކަން އެނގިހުރެ މެރީ ކުރީމަ ދެމީހުން ދިރިއުޅުންވެސް ހަލާކުވާނީ..” އެންމެ ގާތް ރަހްމަތްތެރިޔާއަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ވަގުތުކޮޅު އަމިއްލައަށް ތަސައްވަރުކޮށްލަމުން ވިކާޝް ބުނެލިއެވެ. އާލިކްގެ ހާލަތު އެނގުމުން އެއީ އޭނާގެ އަމިއްލަ ވާހަކަތައް ހިއްސާކުރަން އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަން ވިކާޝްއަށް ވިސްނުނެވެ. ހަމަ ގައިމުވެސް އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދީފިނަމަ އާލިކް އެކަމާ ނުވިސްނާ ހުރުމަކީ ދުރުކަމެކެވެ. އަދި އަމިއްލަ ދިރިއުޅުމުގައި އެހާ އުނދަގޫ ދަނޑިވަޅެއްގައި އެހެން މީހެއްގެ ކަންތައްތަކާއިމެދު ވިސްނަން ވެއްޖެއްޔާ އާލިކްގެ ސިކުނޑި ސުމަކަށްވެސް ހިނގައިދާނެއެވެ. ވިކާޝް ވިސްނާލުމަށްފަހު ނިންމީ އިހަށް އެވާހަކަތައް އާލިކްއާއި ހިއްސާ ނުކުރުމަށެވެ. ކަންތައްތައް ހަމައަކަށް އެޅުމުން އެހަގީގަތްތައް ކިޔައިދޭނީއެވެ.

” ތިކަމާއޭ ވިސްނެނީ.. ދެން ހެޔޮ މަމީ އެންމެ ގޯސް މީހާއަށް ވިޔަސް.. މަށަކަށް މިފަހަރު އެއްބަހެއް ނުވެވޭނެ.. ޝާޔަން ގާތުވެސް ރީތިކޮށް ބުނާނީ ލޯތްބެއް ނުވެއޭ.. ދެން ވިޝޫ…..” އާލިކް ވާހަކަ ދައްކަމުންގޮސް ހިތައް އެރި އެއްޗަކުން ހިނިތުންވެވިއްޖެއެވެ. އޭނާގެ ހިތައް ސިފަވީ އޭނާގެ ސަބަބުން ވިޝާ ލަދުގަނެފައި އިންނަ މަންޒަރެވެ. އެ ލަދުރަކި ހިނިތުންވުމެވެ.

” ހޫމްމް.. ވިޝޫއޭ ބުނެފަ ތިވަނީ ކިހިނެތްތަ؟.. ވިޝޫ ކީކޭ..” ވިކާޝް އާލިކްއާއި ދިމާކޮށްލިއެވެ.

” މަަށަށް ހީވެޔޭ ވިޝޫވެސް ލޯބިވާހެން..” އާލިކް ފިރިހެންވަންތަ ހީނލުމަކާއިއެކު ވިކާޝްއަށް ބުނެލިއެވެ. އެވަގުތު ވިކާޝްގެ މޫނަށް ވެރިވީ ލާނެތް އެހެނަސް އުފާވެރި ހިނިތުންވުމެކެވެ.

” އެހެންވިއްޔާ ތިއީ އެންމެ ރަނގަޅު ޑިޒިޝަން.. ބައްޕަމެންނަށް ވިސްނޭނެ.. ފުރަތަމަ ވިޝޫ އަށް ތި އިޝްގީ ހިތް ހުޅުވާލަންވީ..” ވިކާޝް ބައްޕައަކު ފަދައިން އާލިކްގެ ބޮލުގައި ފިރުމާލީ ޖެއްސުން ކޮށްލުމުގެ ގޮތުންނެވެ. އެވަގުތު އާލިކްވެސް ބާރުބާރަށް ހޭންފެށިއެވެ.

އާލިކްއާއި އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު ވިކާޝް ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. ގެއަށް އައިސް އޭނާ އަވަސްވެގަތީ ތާޒާވެލައިގެން މިސްކިތަށް ދިއުމަށެވެ. ނަމާދުކޮށްގެން ގުރްއާން ކިޔަވާލަން އިނުމަށްފަހު އެނބުރި ގެއަށް އައި އިރު އެގޭގައި އުޅޭ އިންޑިއާ ދެމަފިރިން ސިޓިންގ ރޫމުގައި ތިއްބެވެ.

” މިއަދު ކޮންތަނަކު އުޅުނީ.. ދައްތަ ހޯދަނީ..” ވިކާޝް ފެނުމާއިއެކު ފާތިމާ  ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކަންފެށިއެވެ. ދިވެހިން ވާހަކަ ދައްކާއިރު ކުޑަ ކޮށިކަމެއް ހުރިނަމަވެސް  މިހާރު ދިވެހި ބަހަށް އޭނާ ނުހަނު ފަރިތައެވެ. ފާތިމާގެ ފިރިމީހާއަކީ މަންމަނެއް ކަމުން އޭނާވެސް އަތުގެ ހަރަކާތުން ވިކާޝްއާއި އެސުވާލު ތަކުރާރުކޮށްލިއެވެ.

” ފްރެންޑް ކައިރިއަށް ދިޔައީ..” ވިކާޝް ސޯފާގައި އިށީނދެލަމުން އެމީހުންނަށް ހިނިތުންވެލިއެވެ. ތެދުތެދަށް ބުނާނަމަ މިހާރު  އޭނާގެ އާއިލާއަކީ އެއީއެވެ. އުމުރުން 5 އަހަރުން ފެށިގެން މާމައާއި ކާފަގެ ފުރިހަމަ ލޯތްބާއި އަޅާލުމާއިއެކު ބޮޑުވި ނަމަވެސް އެމީހުންނަށް ވިކާޝްއަށް އުނިވެފައިވާ މަންމައާއި ބައްޕަ އަދި ކޮއްކޮގެ ލޯތްބެއް ހޯދައެއް ނުދެވުނެވެ. އޭނާ 5 އަހަރުގައި އުޅުމަށް ގެންދެވުނު މާހައުލު ވެގެންދިޔައީ އޭނާއާއި ނުހަނު ބީރައްޓެހި މާހައުލަކަށެވެ. މާމައާއި ކާފަގެ ދެވަނަ ދަރިފުޅު ނުވަތަ ވިކާޝްގެ ބޮޑުބޭބެ އަޒުވަރަކީ މަޖާ ނެގުމާއި ކުޅިވަރުތަކުގައި ވަގުތު ހޭދަކުރުމުގެ ބޮޑެކެވެ. އޭނާގެ އަންހެނުންނާއި ލިބިފައިވާ ތިންކުދިންވެސް އެފަދައެވެ. އެ ތިން ކުދިންނަކީވެސް މިހާރުގެ “ހަބޭސް” ޒުވާނުންގެ ތެރޭގައި ހިމެނޭނެ ތިންކުދިންނެވެ. ކޮންމެއަކަސް އެފަދަ މާހައުލެއްގައި އުޅެމުންވެސް ވިކާޝް ބޮޑުވީ މަންމައާއި ބައްޕަގެ ހަނދާންތަކާއި ނަސޭހަތްތަކުގައި ހިފައިގެންނެވެ. ބަސްއަހާ، ބަސް މަދު އަދި އެހާމެ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ވިކާޝްގެ ދިރިއުޅުން އިތުރަށް އުނދަގޫވެގެން ދިޔުމުގެ ސަބަބަކަށްވީ އޭނާގެ އެ ކިޔަމަންތެރިކަމެވެ. އެ ކިޔަމަންތެރިކަމުގެ ސަބަބުން މާމައާއި ކާފަގެ ލޯބި އޭނާއަށް އިތުރަށް ލިބި އަޒުވަރުގެ ކުދިންގެ އުޅުމާއިމެދު އެމީހުން އެއްޗެހި ކިޔުން ވެގެން ދިޔައީ ވިކާޝްގެ ބޮޑުބޭބެގެ އާއިލާ އޭނާއަށް ނަފްރަތު ކުރަން ފެށި ކަމަކަށެވެ. އުމުރުން 15 އަހަރުގައި މާމަ ނިޔާވުމުން ދެން އޭނާގެ ކަންތައްތައް ކޮށްދީ ބެލެހެއްޓީ ކާފައެވެ. ކިޔަވާ ނިމުމަށްފަހު އާއިލާގެ ވިޔަފާރިއާއި ހަވާލުވީއިރުވެސް އެގޭގެ އެމާހައުލުގައި އޭނާއަށް ކެތްކުރަން މަޖުބޫރުވީ އެ ކާފައަށްޓަކައެވެ. ނަމަވެސް މީގެ ދެހަރެއްހާ ދުވަސް ކުރިން ކާފަ ނިޔާވުމުން އަތުގައި ހުރި ފައިސާއާއިއެކު ލޯނެއް ނަގައިގެން ގެއެއް ގަތީ މިނިވަންކަމާއި ހިތްހަމަޖެހުމާއިއެކު އުޅުމުގެ މަގްސަދުގައެވެ. ކާފަ ނިޔާވިއިރު އޮތީ ކާފަގެ އާއިލާގެ ވިޔަފާރީީގެ %75 ވިކާޝްގެ ނަންމައްޗަށް ރަޖިސްޓްރީކޮށްފައެވެ. އެކަމާއިވެސް ވިކާޝްގެ ބޮޑުބޭބެ އަޒުވަރު ހިތްހަމަ ނުޖެހިގެން މައްސަލަ ޖެއްސުމަށްފަހު އެންމެ ފަހުން އެއްބަސްވުމެއް އެކުލަވާލީ ވިޔަފާރި އެކީގައި ވިކާޝްއަށް ދިނުމަށްފަހު ގެއިން ވިކާޝްއަށްވާ ބައި އަތުލުމަށެވެ. އެމީހުންގެ އެ ނިންމުމާއިމެދު ވިކާޝް އެއްބަސްވީ ހިތުން ރުހުމުންނެވެ. ހަމަ ގައިމުވެސް އޭނާ އެގޭގައި އުޅޭކަށް ޚިޔާލެއް ނުކުރެއެވެ. ދެން ގެ ކުއްޔަށް ދީގެން ލިބޭ ލާރިގަނޑުން އެމީހުން ދިރިއުޅޭނެ ނޫން ހެއްޔެވެ؟

ވިކާޝް އަމިއްލަ މިނިވަން ދިރިއުޅުން އޭނާގެ އާ ގޭގައި ފެށި މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ. ގޭގައި ގެންގުޅޭނެ މުސްލިމު ދެމަފިރިރއަކު ހޯދާ ގެ ގަތުމަށް ނެގި ލޯނުވެސް މީގެ ދެމަހެއްހާ ދުވަސް ކުރިން ދައްކާ ނިންމާލައިފިއެވެ. ވިކާޝް އުންމީދު ކުރަމުން އައި ދުވަހަކީ އެއީއެވެ. އަމިއްލަ ގެއެއްގައި އަމިއްލަ ފައިމއްޗަށް ތެދުވެ، ކަންތައްތައް ހަމައަކަށް އެޅޭނެ ދުވަހެކެވެ. އޭނާ މާލެ ގެނައީއްސުރެ ދެކެމުން އަންނަ ހުވަފެނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު މަންމައާއި ކޮއްކޮ ހޯދާ އެމީހުންނާއިއެކުގައި އުފާވެރި އަދި ތަނަވަސް ހަޔާތެއް ވޭތުކުރުމެވެ. މިހާރު އޭނާއަށް އެދުވަސް އެވަނީ ފެނިފައެވެ. އެ ގާބިލްކަން އެވަނީ ލިބިފައެވެ. ދެން އެދެމައިންނާއި ދިމާވާން މާގިނަ ދުވަހެއް ނެތްކަމުގައި އަމިއްލައަށްވެސް ގަބޫލުކުރެވެއެވެ.

އެހެން ރޭތަކާއި ޚިލާފަށް މިރޭ ވިޝާ ދިޔައީ ލިމްނާއާއި އެކުގައި ޝޮޕިންކޮށްލުމަށެވެ. ލިމްނާ ބުރުގާ އަޅަން ބޭނުންވާ ވާހަކަ ބުނުމުން ވިޝާ އެ ޚިޔާލަށް ތައުރީފު ކުރިވަރުން ލިމްނާ ބޭނުންވީ ހަމަ އެރޭ އެކަމަށް ބޭނުންވާ ސާމާނު ގަތުމަށެވެ. ލިމްނާގެ ހާލަތަށް ވިސްނާ ހަމައަކަށް އެޅުވުމަށް ރަނގަޅު ގޮތެއް ކަމުން ވިޝާވެސް ހުރީ ޝޮޕިންއަށް ދިއުމަށް ތައްޔާރަށެވެ. އޭނާއާއިއެކު ގިނވަގުތު ހޭދަކުރުމުގެ ވިޝާ ބޭނުންވީ ރޭގަނޑުގެ ކެއުންވެސް ލިމްނާއާއިއެކު ބޭރުން ކާލުމަށެވެ.

” ލިމް.. ދެން ހާދަ މަޑުންނޭ ތިހުންނަނީ.. ލިމްއަކާ ވައްތަރެއްވެސް ނޫން..” އެކި އެކި ފިހާރަތަކަށް ވަންނަމުން ހިނގަމުންދިޔަ ވިޝާއަށް ލިމްނާގެ ހަމަހިމޭންކަން ކަމަކު ނުދިޔައެވެ.

” ދެންން ލިމްމް.. ހުރިހާ ކަމެއްވެސް އޯކޭ ވާނެއޭ.. ނުވިސްނަބަލަ އެހާ ވަރަށް..” ވިޝާ އަނެއްކާވެސް ލިމްނާގެ އަތުގައި ހިފާލިއެވެ.

” ހޫމްމް.. ވިޝޫ ކަހަލަ ފްރެންޑެއް ހުންނަންޏާ އޯކޭ ވާނެއޭ..”އެންމެ ފަހުން ލިމްނާވެސް ހީނލަމުން ވިޝާގެ އަތުގައި ހިފާލިއެވެ. އެއާއިއެކު އެކި އެކި ވާހަކަތައް ދައްކައިގެން ލިމްނާގެ މޫޑް ކޮންމެވެސް ވަރަކަށް ރަނގަޅު ވުމުން ވިޝާ ހުރީ ހިތްހަމަޖެހިފައެވެ. ފިހާރަތަކަށް ވަދެ ލިމްނާ ހިތްހަމަ ޖެހޭ ވަރަށް އެއްޗެހި ގަނެވުމުން ދެކުދިން އެކުގައި ހިނގައިގަތީ މަޖީދީމަގުގައި ހުންނަ ޑައިންމޯރ އާއި ދިމާއަށެވެ.

” ވިޝޫ ހާދަ ރިޗް ވެގެންނޭ ދޯ.. އޭ.. އެ.. އެއީ އާލިކް ސަރމެން..” ޑައިންމޯރއާއި އަރާ ހަމަވިވަގުތު ވާހަކަ ދައްކަމުންދިޔަ ލިމްނާ ކުއްލިއަކަށް ވިޝާގެ އަތުގައި ހިފާލީ އެދިމާއަށް އައި އާލިކްއާއި ވިކާޝް ފެނުމުންނެވެ. އެވަގުތު ވިޝާއަށްވެސް ދެލޯ ބޮޑުކޮށްލަމުން އެދިމާއަށް ބަލާލެވުނީ ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށެވެ. ހެމުން ސަކަރާތް ޖަހަމުން އެދިމާއަށް އައި ދެޒުވާނުންނަށްވެސް ލިމްނާއާއި ވިޝާ ފެނުނީ އެވަގުތުއެވެ. އެއާއިއެކު ކުރިއަށްވުރެ ބާރަށް ހިނގާލާފައި އައިސް އެކުދިންގެ ކުރިމަތީގައި ދެމީހުން ހުއްޓިލީ ހިނިތުންވެލަމުންނެވެ.

” ވޯހހ.. ޝޮޕިން ކޮށްލައިގެންތަ؟..” ލިމްނާގެ އަތުގައި ހުރި ކޮތަޅަށް ބަލާލަމުން ފުރަތަމަ ވާހަކަ ދެއްކީ އާލިކްއެވެ. އޭރު ވިޝާ ހުރީ އެދެމީހުންނާއި ކުއްލިއަކަށް ދިމާވުމުން ކުޑަކޮށް ނުތަނަވަސްވެފައެވެ.

“ޔަހހ.. ކުޑަ ޝޮޕިންއެއް ކޮށްލީ..” އާލިކްގެ ސުވާލަށް ޖަވާބުދިނީ ލިމްނާއެވެ. އޭނާގެ އަޑުގައިވެސްވަނީ ލަދުވެތިކަމެކެވެ.

” ހިނގާ ކާން ދާން.. އަހަރުން މިއައީ މިތަނަށޭ..” ކުއްލިއަކަށް ވިކާޝް ލިމްނާއާއި ވިޝާގެ މޫނަށް ބަލާލަމުން ރަހްމަތްތެރި ރާގަކަށް ބުނެލިއެވެ. އެވަގުތު އާލިކްވެސް ވިކާޝްއާއި ބައިވެރިވެ އެމީހުންނަށް ދަައުވަތު ދިނެވެ. އެއާއިއެކު އެދެކުދިން ކުރެ އެއްކުއްޖަކަށްވެސް ދެކޮޅުަހަދަން ނުކެރުމުން އެންމެފަހުން އެމީހުންނާއި އެކު އެތަނަށް ވަނެވެ.

” ދެން ހާދަ މަޑުމަޑުންނޭ ދޯ.. އާލިކް އޮފީހުގަ ގެންގުޅެނީ ހާދަ ބަސްއަހާ ކުދިންނޭ..” ވިކާޝް ސަމާސާ ރާގަކަށް އެހެން ބުނެލަމުން އާލިކްގެ ކޮނޑުގައި  ޖަހާލިއެވެ. އެއާއިއެކު އިސްޖަހާލައިގެން އިން ވިޝާގެ މޫނަށް ކަޅި ހުއްޓިފައި އިން އާލިކްދިޔައީ ސިއްސައިގެންނެވެ. އެމަންޒަރު ފެނުމުން ވިޝާއާއި ޖެހިގެން އިން ލިމްނާއަށް ހެވިގެން އަނގަމަތީގައި އަތްއަޅާލިއެވެ.

“އަގްގް.. ވިކީ..” ލިމްނާ ހޭންފެށުމުން އާލިކް ވިކާޝްއަށް ލޯއަޅާލަމުން މަޑުމަޑުން ބުނެލިއެވެ. އެވަގުތު ވިކާޝް ލިމްނާއަށް ބުމަ އަރުވާލަމުން އެއްމިޔަކަނުން ހިނިތުންވެލިއެވެ. އެއާއިއެކު  ލިމްނާ އިސްޖަހާލީ ވިކާޝްއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވިދާނެކަމުގެ ބިރު ހީވުމުންނެވެ. އެއާއިއެކު އަޅާލާފައި އިން ނަމްބަރު އައިނުގެ މަތިން ލިމްނާގެ ލޯމައްޗަށް ވެއްޓުނު ފަން އިސްތަށިކޮޅު އަނެއްކާވެސް ވިކާޝްގެ ހިތާއި ކުޅެލައިފިއެވެ.

“ވި.. ވިޝޫ ދޯ.. ހާދަ މަޑުމަޑުން..” ވިކާޝް ވިޝާއަަށް ބަލާލަމުން ވާހަކަ ދެއްކީ ލޯތްބާއިއެކުގައެވެ. އެވަގުތު އެއަޑުން އިވިގެންދިޔަ ލޯތްބާއި ކުލުނު އިހްސާސް ވުމުން ވިޝާ އިސްއުފުލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެއާއިއެކު ވިކާޝްގެ މޫނުމަތިން ފެނުނު ކުލުނުން ފުރިގެންވާ ހިނިތުންވުން ވިޝާގެ މައުސޫމް ތުންފަތަށްވެސް ހިނިތުންވުމެއް ގެނެސްދިނެވެ.

” ވިކީގެ ތިޔަ ދެލޮލެއް ދޯ.. ބައެއް ފަހަރު ހީވޭ ބޭރުމީހެއްހެންވެސް..” ފަނޑު އަލީގެ ތެރެއިން ވިކާޝްގެ ވިދަމުން ދިޔަ ފެހި ދެލޮލަށް އިޝާރާތްކޮށްްލަމުން އާލިކް މައުލޫ ބަދަލުކޮށްލީ ވެރިވެފައިވާ ނުތަނަވަސްކަމާއި ހަމަހިމޭންކަން ފިލުވާލުމުގެ މަގްސަދުގައެވެ. އާލިކްގެ އެޖުމްލައާއިއެކު ވިޝާއަށްވެސް ޝައުގުވެރިކަމާއިއެކު ވިކާޝްއާއި ދިމާއަށް ބަލާލެވުނީ އޭނާ ބުނާ އެއްޗެއްގެ އިންތިޒާރުގައި އިނދެއެވެ.

” ހެހެ.. ގާރލްސް ވަރަށް ލައިކްވާ ލޮލެކޭ.. އާލް ޖޭވީތަ؟..” ވިކާޝް ލާނެތް ހިނިތުންވުމަކާއިއެކު އާލިކްއަށް އެއްލޯ މަރާލިއެވެ. އެ ފިރިހެންވަންތަ ހަރަކާތުގެ ސަބަބުންވެސް ލިމްނާއަށް އިނދެވުނީ ހައިރާންވެގެން އަންތަރީސްވެފައެވެ.

” އަސްލު ކާކުގެ ލޮލެއް؟.. އައި މީން މަންމަ؟.. ބައްޕަ؟..” މަޑުމަޑުން އިން ވިޝާ ކުއްލިއަކަށް ވިކާޝްއާއި ކޮށްލި ސުވާލުން އެންމެންނަށްވެސް ހައިރާންކަން ލިބުނެވެ. ޚާއްސަކޮށް އާލިކް އާއި ލިމްނާ ތިބީ ހައިރާންވެގެން އަނގަހުޅުވިފައެވެ. އެހާ މޑުމަޑުން އިނދެފައި މިއަދު ބައްދަލުވީ މީހަކާއި އެހާ ގާތްކޮށް ސުވާލުކޮށްލީމަ ހައިރާންވެސް ވާނެތާއެވެ. ވިޝާގެ އާދަޔާ ޚިލާފު ސުވާލުގެ ސަބަބުން ވިކާޝްއަށްވެސް ހައިރާންކަމެއް ލިބިގެންދިޔައެވެ. ނަމަވެސް އެސުވާލުގެ ފަހަތުގައި އެތައް އެތައް ސަބަބުތަކެއް ވާކަމެއް އޭނާގެ ވިސްނުންތެރި ސިކުނޑިއަށްވެސް އެވަގުތަކު ނޭނގުނެވެ.

” އައި ގޮޓް މައި މަމްސް އައިސް..” ކުޑަ ހީނލުމަކާއިއެކު ވިކާޝް ދިން ޖަވާބުން ވިޝާގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ ފުުން ނަޒަރަކުން އޭނާ ވިކާޝްއާއި ދިމާއަށް ބަލާލީ އެބުނެލި އެއްޗެއް ޔަގީންކޮށްލުމުގެ ގޮތުންނެވެ.

ނުނިމޭ

 

 

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ތީ ހާދަ ލޯބި ލޯތްބެކޭ .. ބީވެއްޖެޔޭ އަތުންމަގޭ 2

Next

ހިތުގާ ފޮރުވާލަދޭށޭ 8

Next
February 24, 2014

ހިތުގާ ފޮރުވާލަދޭށޭ 8

Previews
February 23, 2014

ތީ ހާދަ ލޯބި ލޯތްބެކޭ .. ބީވެއްޖެޔޭ އަތުންމަގޭ 2

16 Comments!

  1. AANA says:
    February 23, 2014 at 5:44 pm

    INTHIZAARU KOH KOH HUTTAA THI UP KOLLY. VARAH REETHI. I’M WAITIN NEXT PART.

  2. kwku says:
    February 23, 2014 at 6:03 pm

    Ruitv

  3. nanna says:
    February 23, 2014 at 6:42 pm

    ehen nuney site thaku ga hunna vaahkathah nuves kiyann but mi vaahakah kiyunfahun abadhuves waiting for the updats..

  4. xaish says:
    February 23, 2014 at 7:16 pm

    Vaahaka v v v reethi…. avahah update kuraathee vahaka ah v saugu vrrivey…

  5. me says:
    February 23, 2014 at 7:29 pm

    v avahah next part kiiyan beynun, plz plz plz

  6. Anonymous says:
    February 23, 2014 at 8:47 pm

    Avas kohlaba

  7. Vishaa says:
    February 23, 2014 at 11:58 pm

    Varah reethi Ava’s ingey.

  8. މަލިއްކޮ says:
    February 24, 2014 at 9:15 am

    ސަޅި. އަނެއްބައި ކޮން އިރަކުން

  9. yaan says:
    February 25, 2014 at 1:52 pm

    koba next part plx avas kh dheeba…varah kiya hithun mihunnanee plx waiting for next part

  10. rooh says:
    February 25, 2014 at 4:30 pm

    miivaahaka araamaguga genessdheefa inn hisaabah genessfa huhtaanulahchey pls pls

  11. mary says:
    February 25, 2014 at 8:44 pm

    dhn aneh bai annaany kon irakuntha? mi story vvvvvv.salhi….

  12. isha says:
    February 25, 2014 at 9:12 pm

    Waiting for the next part. Very nice story

  13. aroo says:
    February 25, 2014 at 9:45 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi next part soooooooooooooooooooooooooon

  14. މަރީ says:
    February 26, 2014 at 6:54 am

    next part kobaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. x says:
    February 26, 2014 at 11:44 am

    kon irakutha nxt part
    avas kobba

  16. aroo says:
    February 26, 2014 at 2:50 pm

    layaa mivahaka nimuneeeeeeeeeeeeeeeeetha?????????????? next part varah avahah up kohdhybala……….

Comments are closed.


All Right Reserved!