ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝިނާނަށް ހޭލެވުނީ ވަރަށްބޮޑަށް ކަރު ހިއްކައިގަނެގެންނެވެ. އޭރު އަހަރެން ހުރީ ކުޑަދޮރު ކައިރީގައެވެ. މަޑު ހިނގުމެއްގައި ޝިނާން އަހަރެން ކައިރިއަށް ދިޔައެވެ. އަހަރެން ހުރީ ފޮޓޯގަނޑަކަށް ބަލަހައްޓައިގެންނެވެ. ޝިނާން އެތަނަށް އައިކަމުގެ އިހްސާސްވެސް އަހަރެންނަކަށް ނުވެއެވެ. އަހަރެން ހުރީ އެއަށްވުރެ މާ ފުން ހިޔާލެއެްގެތެރެއަށް ގެއްލިފައެވެ. ޝިނާން މަޑުމަޑުން އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ. ސިއްސައިގެންގޮސް އަހަރެންނަށް ޝިނާންގެ މޫނަށް ބަލާލެވުނެވެ. “ޝިނާނެވެ. އަހަންނަށް މައާފު ކުރާށެވެ. އަހަރެން ޝިނާނު ގާތުގައި ވަހަކައެއް […]