Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާރާ….3

fiza Level 1
March 8, 2014 5 Mins Read
12 Comments

“އަދިވެސް ތިހެންހުންނަނީތަ… މިކުއްޖާރޯއަޑު އަދިވެސް ނީވެނީތަ…ކަންފަތް ބީރީތަ ނޫނީ ލޯއަނދިރީތަ މިކުއްޖާގެ ހާލަތު ނުފެންނަން…. ޔޫނޯވަޓް ޔޫޑޯން ޑިސާވް ޓުބީއަ މަމް….ދަރިއަކު ނުލިބެންވާ މީހަކަށް ދަރިއަކު ލިބުނީމަ ވާނެގޮތްމީ.” ނުރޯންވެގެން ތުންފިއްތާލައިގެން ހުރި ތާރާގެ ކެތްތެރިކަން ކޮޅުން ލީދެނެވެ. މޭމަތީ އަތްއަޅާލައިގެން ހުރިތަނަށް އޭނާތިރިވީ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

“ކިހިނެތްވެގެން މިއުޅެނީ….” ފަހަތުން އަންހެނެއްގެ އަޑު އިވުމުން މިރާން އެދިމާއަށް އެބުރުނު އިރުވެސް އޭނާގެ ރުޅި ކޮންޓްރޯލް ވާގޮތެއް ނުވިއެވެ.

ޖާމީލާ ވަގުތުން އައިކް އުރާލަމުން މިރާންއަށް ރަގަޅަށް ބަލާލިއެވެ. ހާމައަށް ހުރި ފިރިހެންވަންތަ ހަށިގަނޑާއި ލިބިފައިހުރި ސިފަތަކުން ބޮޑަށް ވައްތަރުވީ ބޭރުމީހަކާއެވެ. އެފަދަ ހާލަތެއްގައި ހުރެ އެބެލްކަނިން މިރާންފެނުމުން އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެންދިޔައެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން މިރާންއާއި ތާރާގެ މޫނަށް ބަލާލަމުން އެގުނެވެ. ޖާމީލާއަށް ތާރާއާއި ދިމާލަށް ދެވުނީ އޭނާއިންގޮތުންނެވެ. ހިތްތެޅިގަތީ އަނެއްކާ އެޒުވާނާ ތާރާއަށް ކަމެއްކުރީކަމަށް ހީކޮށްފައެވެ. “ތާރާ.. ކިހިނެތްވެގެންހޭ މިއުޅެނީ…”

“… ތީ މަންމައަކަށް އެކަށީގެންވާ އަންހެނެއްނޫން … ތިކަހަލަ މީހަކަށް ދަރިއަކު ތަރުބީއްޔަތެއް ނުކުރެވޭނެ.. މިއަދު މަށަށް މިތަނަށް ނާދެވުނުނަމަ ނޭގޭ ކޮންފަދަ ހިތާވެރި ހާދިސާއެއްކަމެއް ހިގާނީ…” މިރާންގެ ވާހަކައިން ޖަމީލާއަށް  ކުށެއްކުރެވިއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ. ތާރާކައިރީ ބިންމަތީ އޮތް ހެޑްސެޓް ފެނުމާއެކު ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ވިސްނުނެވެ. އެހެންވީމާ އޭނާ ދަމުން ދެއްކި އެއްވެސް ވާހަކައެއް ތާރާއަށް އަޑެއްނީވޭތާއެވެ. ޖަމީލާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މީ އޭނާގެ ކުށެވެ. އޭނާގެ ސަބަބުން އެއްވެސް ކުށެއްނެތި ތާރާއަށް އަނެއްކާވެސް މީހެއްގެ ނުރުހުމުގެ ބަސްތައް އަމާޒުވީއެވެ.

“އެކޮއި މިކަމުގަ ތާރާގެ އެއްވެސް ކުށެއްނެތް… ތާރާއަކީ..” ޖަމީލާ ގެ އަޑުކެނޑިގެން ދިޔައީ ތާރާގެ ހަޅޭކުގެ އަޑުންނެވެ. “ދާން އުޅޭ މިތަނުން .. މިބުނީނު ދާށޭ….ދައްތާ އޭނާކައިރީ ބުނޭ ހަމަ މިހާރު މިތަނުންދާށޭ…”

މިރާންއަށް ހުރެވުނީ އިވުނު އަޑު ގަބޫލު ނުކުރެވިފައެވެ. އަދިވެސް ރުޅިއަންނަންވީ ތާރާ ހެއްޔެވެ. އެހޮކަމެއް ކޮށްދިނީމަ ދޭންއެގުނީ ތެޔޮހަމެއް ހެއްޔެވެ. މިރާން އިތުރަށްރުޅިގަދާވާގޮތްވިއެވެ. ދެއަތް މުއްކަވާލެވުނެވެ. ” ކާކު މިތާ ހުންނަން ބޭނުންވެގެން އުޅެނީ….ތިމާގެ ދަރި އަނިޔާއަކުން ސަލާމަތް ކޮށްދިނީމަ ތީދޯ ޝުކުރުއަދާކުރަން އެގުނު ގޮތަކީ… ” އިތުރަށް އެންމެ ސިކުންތަކުވެސް އެތާ މަޑުކުރާކަށް މިރާން ބޭނުމެއްނުވިއެވެ. ފަސްއެބުރި ބަލާލުމެއްނެތި އެދިޔަގޮތަށް ދިޔައީއެވެ. ކޮޓަރިއަށް ވަދެވުމާއެކު އައިސްފައި ހުރި ރުޅި އެންމެފުރަތަމަވެސް ބޭލުނީ ބެލްކަނީ ދޮރަށެވެ.

“ތާރާ ދައްތައަށް މައާފްކުރޭ… ދައްތަ ހީކުރީ އެކޮޔަށް އަޑުއިވުނުކަމަށް ދައްތަ ދެއްކި ވާހަކަތައް.. ތަރަފް ބުނެގެން މިތާ ކައިރީ ފިހާރައަށް ގޮަސްފަމިއައީ .. ކީއްވެ ދައްތަ ހުއްޓުވީ އެހެންނޫންނަމަ އޭނާއަށް ހުރިހާވާހާކައަށް ކިޔާދިނީމުސް” ތާރާއެގޮތަށް މިއިން ޒަމާނެއްގައިވެސް ރޮއިފާވާތަން އޭނާއެއްނުދެކެއެވެ. އެމައުސޫމްހިތައް ކޮށްފައިހުރި އަސަރުތައް އެމޫނަށް ބަލާލަމުން ދޭހަވިއެވެ.

ކޮޓަރިއަށް ވަންގޮތަށް ތާރާ ބޭނުންވީ އެކަނިވެލުމަށެވެ. އޭނާގެ ހާލާތާމެދު ވިސްނާލެވުނެވެ. އެއްބަނޑުއެއްބަފާ ބޭބެއާއި ފަހަރިގެ ފަރާތުންވެސް އެތައް ފަހަރުމަތިން އެކިގޮތްގޮތައް ނުރުހުމުގެ ބަސްތައް އޭނާއަށް ވަނީ އަމާޒުވެފައެވެ. އެންމެ ގާތްއެކުވެރިންވެސް އޭނާދޫކޮށްފަ ދިޔައީ އޭނާ ނުކުރާ ކުށެއްގެ އިލްޒާމް ބޮލުގައި އަޅުވާލާފައެވެ. އެނދުގައި އޮށޯވެގެން އޮތްއިރުވެސް ބާލީސް ތެއްމަމުން ދިޔައީ ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކެވެ. އެޒުވާނާގެ ކޮންމެ ލަފްޒެއްވެސް ތާރާގެ ސިނކުޑީގައި ގުގުމަމުން ދިޔައެވެ. . އޭނާއަށް މިހާއަސަރު މިކުރަނީ ކީއްވެ ހެއްޔެވެ.

ސާހިލް ސިޓިންރޫމުގައި އެކަނިމާއެކަނި ފޯނާ ކުޅެލަ ކުޅެލާއިނެވެ. މިރާންވެސް ކޮޓަރިން ބޭރަށް ނުނިކުންނާތީ އޭނާއިނީ ކުރާނެ މާބޮޑުކަމެއް ނެތުމުން ފޫހިވެއެވެ. އެހެންއިނދެފައި ނަންބަރަކަށް ގުޅާލަމުން ސޯފާގައި ހަމަޖެހިލިއެވެ.

“ހަލޯ… ދޫނީ ކީއްކޮށްލަނީ…” އެކޮޅުން ފޯނުނެގުމާއެކު ސާހިލް ވާހަކަ ދައްކަންފެށިއެވެ. ވާހަކަ ދައްކަން އޮތްއިރުވެސް ސާހިލްގެ ނަޒަރު ދޭތެރެދޭތެރެއިން ސިޑިއަށް ހިންގާލެވެއެވެ. މިރާންއެތަނަށް އައިސްދާނެތީ އޭނާއޮތީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އޭނާއެކުރާ ކަންތައް މިރާންއަށް އެއްގޮތަކަށްވެސް އެގޭކަށް ބޭނުމެއްނުވެއެވެ. މިރާންއަށްކިރިޔާވެސް އެކަން ރޭކާލައިފި ނަމަ އޭނާގެ ދުވަސްދާނެކަން ޔަގީނެވެ.

“ދޫނީ ޖެހެނީ އަށާރަ އަހަރުވަންދެން ކެތްކުރަން … އަދި އެއްވެސް މީހަކަށް މިގުޅުމުގެ ހަބަރު އެގިގެން ނުވާނެ ހާއްސަކޮށް މިރާންއަށް … އޭރުން އެންމެން ހީކުރާނީ އަހަރެންނަކީ ވަރަށް ގޯސްމީހެކޭ…  ދެން އޮތީ އެންމެ ނުވަ މަހެއްނުން އަށާރަ އަހަރުފުރެން .. …. އޮ ގޯޑްޑްޑް…..” ސާހިލް ލޯމަރާލައިގެން އޮވެފައި ލޯހުޅުވާލިއިރު މިރާންއެތާ ހުރިތަން ފެނުމުން ހީވީ މޭގަނޑު އަގަޔަށް އައި ހެންނެވެ. މިރާން އެތާ ހުންނަތާ ކިހާއިރެއްވެއްޖެހެއްޔެވެ.މިރާންއަށް އޭނާދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނު ހެއްޔެވެ. އެހެންވެއްޖެއްޔާ މިރާންއޭނާ ނޮޅާލައިގެން ކާލާނެކަން ކަށަވަރެވެ.ވަގުތުން ސާހިލް ހާސްވެ ހޫނުވާންފެށިއެވެ. އޭސީ ޖައްސާފައި ހުރިއިރުވެސް ދާތިކިތަށް ނިއްކުރިމަތިން ބަބުޅަން ފެށިއެވެ . އަގަޔަށް ގޮތެއް ހަދާލަމުން އަވަހަށް ފޯނުޖީބަށްލީ މިރާން އެހޯދަފާނެތީއެވެ.

“ސާހިލް ރައްޓެހިވެގެން އުޅެނީ ކުޑަކުއްޖަކާތަ….؟” ސުވާލުން ފުރިގެންވާ ނަޒަރަލުން ބަލަންހުރެ މިރާންކޮށްލި ސުވާލުން ސާހިލްއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެންވީމާ މިރާންއަށް ހުރިހާ ވާހަކައެއް އަޑެއްނީވޭތާއެވެ. އެއީ އޭނާގެ ނަސީބެވެ. އަޑުއިވުނަސް އެއީ ކާކުން ނޭގޭނެކަން ވިސްނާލުމުން އެގުނެވެ. އެއީ އޭނާ އެއަންހެންކުއްޖާއަށް ނިސްބަތްކޮށް އޭނަ ވާހަކަދައްކަނީ ދޫނީގެ ނަމުންކަމަށް ވާތީއެވެ.

“ކުޑަކުއްޖަކަށް ނުވާނެއެއްނުން 18 އަހަރު ފުރުނީމަކާ… އަދި އެހެންނޫނަސް އަހަރުމެން ނޫޅެމޭ އެހާއަވަހަށް މެރީ ކުރާކަށްވެސް” ސާހިލް މިރާންއަށް ބަލަން ހުރެ ބުނެލިއެވެ.

“އެކަމަކު ދޯ… ދެންކީކޭ ބުނާނީ… ދެންކޮންއިރަކުންނޭ މަށަށް ބޭބީ ފަހަރި އިންޓްރޮޑިއުސް ކޮށްދޭނީ… ” ސާހިލް ހަމައެއިންގޮަތަށް އިނީ ދޭނޭ ޖަވާބެއް ނޭގޭތީއެވެ. ބުނެވޭ އެއްޗަކުން މިރާންއަށް ޝައްކުވެއްޖެއްޔާ ނިމުނީއެވެ.

“އޭނާ އުޅެނީ މާލޭގަ އެހެންވީމަ މާލޭދާން ޖެހޭނީ އޭނާއާއި ބައްދަލުކުރަން ބޭނުމީއްޔާ …. ދެން އެވާހަކަ ބާއްވަމާދޯ.. އެއްކަލަ އަހްމަދުގެ އެއްވެސް ހަބަރެއް ވެއްޖެތަ..؟” ސާހިލްބޭނުންވީ މައުޟޫ ބަދަލުކޮށްލުމަށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. މިރާންއެވާހަކަ އިތުރަކަށް ނުދައްކައެވެ. އަހުމަދާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ނުލިބޭކަމާއި މިހާރު އެކަމާ އުޅެންވެސް ފޫހިވާވާހަކަ ބުނެލުމުން ސާހިލް ހައިރާންވިއެވެ. މިރާން އެހާ ފަސޭހައިން ބަލި ގަބޫލު ކުރީހެއްޔެވެ. އެހާއަވަހަށް ހިތްވަރު އެލުވާނުލަން ސާހިލް ބުނެލީ މިރާންހިތްހަމަ ޖައްސާލަ ދިނުމަށެވެ. އެމީހަކު ހޯދޭނެ ކަމާމެދު  މިހާރު އޭނާއަށްވެސް ޝައްކުވާން ފަށައިފިއެވެ.

ޓީވީން ދައްކަމުންދިޔަ ފުޓްބޯޅަ މެޗަށް ގެއްލިފައި ތިބި ދެޒުވާނުން ހަމަބިމަށް އާދެވުނީ  ޓީވީގެސިގްނަލް ކެޑުމުންނެވެ. ” އެކިހިނެތް އެވީ… މެޗްގެ އެންމެ ފޯރިގަދަ ހިސާބުން ސިގްނަލްވެސް ކެނޑެންއެގުނީ…” މިރާން ޓީވީ ރިމޯތް މޭޒުމަތީ ބާއްވަލިއެވެ.

“ވާރޭ ވެހެން ފަށައިފިއްޔާ އެނުން ވަރެއްނުވޭ… ވާރޭ ހުއްޓާނުލަނީސް ހީއެއްނުވޭ ރޭނޖް ލިބޭނެހެނެއް… ހިނގާ ތިކޮޓަރީގެ ބެލްކަންޏަށް ދުންގަނޑެއް ޖަހާލަން…” ބެލްކަނީގެ ވާހަކަ ދެއްކުމާމާއެކު މިރާންގެ މޫޑޫ ގޯސްވިއެވެ. ސާހިލްއަށް މިރާންގެ މޫނަށް އެރި ކުލަވަރު ފެނުނެވެ. ހަވީރުގެ ހާދިސާ ކުއްލިއަކަށް ލޯކުރިމަތިން ސިފަވެގެން ދިޔައެވެ. އެބެލްކަންޏަށް ދާން އޭނާ ބޭނުމެއްނުވިއެވެ. މިރާން އެދުނީ ސާހިލްގެ ކޮޓަރިއަށް ދިޔުމަށެވެ. އެހެންނަމަވެސް އެކޮޓަރީގެ ބެލްކަނި ހިޔާކޮށްފައި ނެތުމާއެކު މަޖުބޫރުވީ ސާހިލްގެ އެދުމަަށް އިޖާބަ ދޭށެވެ. ފިނިވެފައި ހުރުމާއެކު އޭނާވެސް ހުރީ ސިގިޓެރެއް ބޯލަން ބޭނުންވެފައެވެ.

ޖަމީލާ ރޭގަނޑުގެ ކެއުން ހިފައިގެން އައިސް ކޮޓަރިއަށް ވަންއިރުވެސް ހަވީރުއްސުރެން އޮތްގޮތަށް ތާރާ އޮތެވެ. މަޑުމަޑު ގިސްލުމެއްގެ އަޑުއަދިވެސް އިވި އިވިހުއްޓެވެ. ” ދެން ތިހެން ނޯވެ އާދޭ ކާން…” ޖަމީލާ ތާރާގެ ބޮލުގައި ފިރުމާލިއެވެ. ހަވީރުއްސުރެން ރުއިމުގެ ސަބަބުން އެ މައުސޫމް މޫނުގެ އެއްވެސް ދިރުމެއް ނެތްކަހަލައެވެ. ލޯވަނީ ކޮންމެވެސް ވަރަކަށް ދުޅަވެ ރަތް ވެފައެވެ. ޖަމީލާ މާޔޫސްވެގެން އެބުރި ކާއެއްޗެހި ހިފައިގެން ދާން ޖެހުނީ ތާރާ ކާން އިންކާރު ކުރީމައެވެ. ޖަމީލާ ދިޔުމާއެކު ތާރާ ތެދުވިއެވެ. މަޑު މަޑުން ތަންތާ އަތްލަމުން ގޮސް ކޮޓަރި ތަޅުލުމަށްފަހު ޕިއާނޯ ކައިރީ އިށީނެވެ. ތާރާ ބޭނުންވަނީ އޭނާގެ ބޯހަމަޖައްސާލާށެވެ. އެކަނިވެރިވެ މާޔޫސްވާ ކޮންމެ ގަޑިއަކު އެއީ އޭނާއަށް އެހީވާ އޭނާގެ ބައިވެރިޔާއެވެ.

” އެހެންތަ … މަށެއް ތިބުނާ އަންހެން ކުއްޖަކު ނުދެކެން.ކޮންމެއަކަސް ވަރަށް ރީތީ ނަމެއް “”ތާރާ””.. ވަރަށް ފުދިގެން އުޅެ ބައެއް ހެންހީވަނީ … އެހެންވީމަ ހުންނާނެތާ ބޮޑާގޮތްގަނޑުވެސް … އެކަމަކު ހައިރާންވެއްޖެ ޝުކުރުގެ ބަހެއްވެސް ބުނެނުލާވާހަކަ ބުނީމަ….” ސާހިލް އާއި މިރާންތިބީ ބެލްކަނީގައި ހިޔާކޮށްފައިހުރި ތަނުގައެވެ. މިރާން ކުރުގޮަތަކަށް ހަވީރުގެ ހާދިސާކިޔާދިނީ ސާހިލް ހުއްޓާނުލާ ސުވާލު ކުރަން ފެށުމުންނެވެ. އޭރުވެސް ތުނި ތުނިކޮށް ވާރޭ ވެހެމުންދިޔައެވެ. ކުއްލިއަކަށް ސާހިލްއާއި މިރާންގެ ސަމާލުކަން ހުއްޓުނީ އިވެންފެށި މިއުޒިކުގެ އަޑަށެވެ.

“އެވާނީ އޭނާކަމަށް … ލަވަކިޔުން ނޫންކަމެއް ކުރަން ނޭގޭ މަންޖެއެއްކަންނޭގެ ….” މިރާން އެހެން ބުނެލީ އަޑުއައިދިމާއަށް ބަލާލަމުންނެވެ. އެކޮޓަރީގެ ދޮރުހުޅުވާލައިފައި ހުރުމުން ކޮންމެވެސް ވަރަކަށް އެތެރެ ފެނެއެވެ. ސާހިލްވާރޭގެ ތެރެއަށް ނިކުމެ ރެއިލިންއާއި ތަންކޮޅެއް ކައިރީ ވެލީ އެއަންހެން ކުއްޖާދެކިލުމަށެވެ. އެހާ ގަޓްހުރި ކުއްޖެއް އޭނާވެސް ބަލާލަން ބޭނުމެއެވެ.  ހަނި ދޭތެރެއަކުން ކިރިޔާ އެކުއްޖާގެ މޫނު ފެންނަނީއެވެ. ސާހިލްއަށް ބަލަން ހުރެވުނީއެވެ. ހާދާ ރީތި އަންހެން ކުއްޖެކެވެ. އިވެންފެށި ހިތްގައިމު އަޑާއެކު އާޝޯހުވެފައި ކަޅިޖަހާލަން ނޭގިފައި  ސާހިލްއަށް ހުރެވުނެވެ. ނަމާއެއްވަރަށް އޭނާވެސް ރީއްޗެވެ.

“ކަރުނައިން ފޯވަފައި ގިސްލަމުން ވޭނުގައި މަރުވެދާންވީހެ އަދު ނުކުޅެދޭ ހާލުގާ..

ހަރު އަޑުން އެމާޒީ ތަސައްވުރު ވެފައި ފަރުދުނޭ ނިމެންވީހެ ބިކަ ހާލުގާ..

ކޮންކުށެއްހޭ މަގޭފަހެ އޮތީ ބުނެބަލާ ކޮންމެ މީހަކުމެ ނަފްރަތުގެ ނަޒަރުންބަލާ

އެންމެހާ މޫނުތައް ކިލަނބުވެއްޖޭ މިލާ އޮންނަ ގާނޫނުހޭ މިތާ ދޭހުގާ…

އިވެންފެށި ލަވައިގެ ސަބަބުން މިރާންއަށް އެދިމާލަށް ދެވުނީ ބޭއިހްތިޔާރުގައެވެ. ޕިއާނޯ ކުޅެން އިން ތާރާގެ އަޑުގައިވި އަސަރުން މިރާންގެ ހިތް ތެޅިލިއެވެ. އަނެއްކާ ތާރާއަކީ ނުކުޅުދޭކުއްޖެއްހެއްޔެވެ. އެހެންނެއް ނުވާނެއެވެ. އޭނާ ނުކުޅެދެނީ ކޮންކަމަކުން ހެއްޔެވެ؟ ނޫނީ އެއީ ހަމަ އެއްވެސް މާނައެއްނެތް ލަވައެއް ހެއްޔެވެ؟ މިރާން ހިތައް އެތައް ސުވާލުތަކެއް އަރާ ފައިބަމުން ދިޔައެވެ. މިރާން އިތުރަށް ހާސްކުރުވީ ސާހިލްގެ ސުވާލުންނެވެ. “އޭތް އެކުއްޖާއަކީ ނުކުޅެދޭ ކުއްޖެއްތަ؟؟؟  … ހީވަނީ އެކުއްޖާގެ ލައިފާ ވަރަށް ގުޅުން ހުރި ލަވައެއްހެން އެއީ..އެހާވެސް އަސަރުގަދަ … ”

“ހީއެއްނުވޭ ..ހަމަގައިމުވެސް ތާރާބަލާ ބެލުމަށް ނުކުޅެދޭހެނެއް ހީއެއްނުވޭ” މިރާން ވިސްނާލަމުން ބުނެލިއެވެ. އެކަމަކުވެސް އެއަޑުގައިވާ ރިހުން މިރާންގެ ސިކުނޑި ހާސްކުރުވައިފިއެވެ.

“މިދުނިޔެއިން އާ ހަޔާތެއް މަ ހޯދާނަމޭ ހިދުމަތުން މާދަމާހިތް ފުރާދޭނަމޭ

ތެދުނިޔަތުގައި އިލާހަށް ޝުކުރުވެރިިވަމޭ ދެދުނިޔޭން ހެޔޮނަސީބަށް އެދޭހާލުގާ…

“ކަރުނައިން ފޯވަފައި ގިސްލަމުން ވޭނުގައި މަރުވެދާންވީހެ އަދު ނުކުޅެދޭ ހާލުގާ..

ހަރު އަޑުން އެމާޒީ ތަސައްވުރު ވެފައި ފަރުދުނޭ ނިމެންވީހެ ބިކަ ހާލުގާ..

ތާރާ މަޑުމަޑުން ތެދުވެގެން ގޮސް ބެލްކަނީ ދޮރުގައި ލެގިލިއެވެ. އޭރުވެސް މިއުޒިކެއްނެތި ލަވަ ކިޔަމުންދިޔައެވެ. އިސްޖަހާލައިގެން ހުރެ ވާރޭގެ  ތެރެއަށް ނިކުމެލީ އެތެރެހަށީގައި ހިފާފައި ހުރި އުދާސްކަން ފިލުވާލެވޭތޯއެވެ. ގުރުރަން ފެށުމާއެކު ވާރޭވެސް ބޯކޮށްލީ އެވަގުތެވެ. ބަޑިފަޅައިގެން ގޮސް ތާރާއަށް ބާރަށް ރޮވުނެވެ. ބިންމައްޗަށް ތިރިވެ ގިސްލަ ގިސްލާފައި ރޮމުންދިޔައިރު އެމަންޒަރު ބަލަން ސާހިލްއާއި މިރާންއަށް ތިބެވުނީ ހިޔާވާންވެސް ނޭގިފައެވެ. އެބެލްކަނި އަނދިރިވުމުން ތާރާއަށް އެމީހުން ނުފެންނާނެކަންއެގޭތީ ދެމީހުންވެސްތިބީ ތާރާގެ ހަރަކާތްތައް ބަލާށެވެ. ތާރާ ރޯތަން ފެނި ދެމީހުންވެސް ތިބީ ވާނުނާ ނޭގިފައެވެ.

“މަންމާ… ކީއްވެ އަހަރެން އެކަނިވެރިކޮށްލާފަ ދިޔައީ…ކީއްވެ އަހަރެން މިހާ ނަސީބުދެރަ މީހަކަށްވީ… އަހަރެން ކޮންކުށެއް ކޮށްގެން ނުކުޅެދޭމީހަކަށްވީ… ނުވިތާކަށް އަހަރެން ނުކުރާ ކިތައްކަމެއް ބޮލޮގައި އެޅިފައިމިވަނީ…. މަންމާ މަންމަމަތިން ވަރަށް ހަނދާންވޭ.. ހިތައް އަރާ އެދުވަހު މަންމައާއި ބައްޕައާއި އެއްކޮށް އަހަރެންވެސް މަރުވިނަމައޭ އެހެންނޫންނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެއްނުން… ” ތާރާގެ އެބަސްތަކުން  މިރާންގެ ސިކުނޑި ހަލަބޮލިކޮށްލައިފިއެވެ. ތާރާ ބިންމަތީ އެހެންއިދެ އެތައް ޝަކުވާތަކެއް ކުރަމުންދިޔައެވެ އެޝަކުވާތަކުގެ އަޑު އަހާނެ މީހަކު ނުހުންނާނެކަން  ހުދު އޭނާއަށްވެސް އެގެއެވެ. އޭނާއަކީ ދުނިޔެއަށް ގިނަވެ އެކަނިވެރިވެފައިވާ ބަދުނަސީބު މީހެކެވެ. ކިތަންމެ ވަރަކަށް ރުޔަސް އެކަރުނަތައް ފޮހެދޭން މީހަކުނައަންނާއެވެ. އެންމެންވެސް އޭނާދެކެ ނަފްރަތްކުރެއެވެ.

މިރާން އާއި ސާހިލްގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކަށް ޖަވާބުލިބުނީ ތާރާ އެނބުރިކޮޓަރިއަށް ދާން ހިގައިގަތުމުން އެތާހުރި ގޮނޑިއެއްގައި އަޅާފައި ވެއްޓުމުންނެވެ. ތާރާގެ ހަރާކާތް ތައް ހުރިގޮތުން މިރާންއަށް ތާރާގެ ނުކުޅެދުންތެރިކަން ފެނި އަމިއްލަނަފްސަށް މަލާކޮށްލެވުނެވެ. ވަގުތުން ހަނދާނަށް އައީ ފުރަތަމަ ރޭ ފެނިގެންވެސް ތާރާ ލޯމާރާލިގޮތެވެ. އަދި މިއަދު ހަވީރުވެސް އިސްއުފުލާ އޭނާއަށް ބަލާނުލާކަމެވެ. އެއާއެކު މިރާން އަނެއްފަރާތަށް އެނބުރިކޮޓަރިއަށްވަނީ ތާރާގެ ހާލަތު ބަލަން އިތުރަށް އޭނާއަށް ކެތްނުވީމައެވެ. އޭނާއަށް މާއާފު ނުލިބޭ ވަރުގެ ކުށެއްކުރެވިއްޖެ ކަމުގެ އިހްސާސްކުރެވުނެވެ.

މިރާންދިޔައިރުވެސް ސާހިލްއަށް ހުރެވުނީ ފެނުނު މަންޒަރާ އިވުނު އަޑުތައް ގަބޫލުކުރަން ދަތިވެފައެވެ. ކޮންމެވެސް ހިސާބަކުން އޭނާގެ ސިކުނޑިއެދިމާއަށް ވިސްލާނަން މަޖުބޫރުކޮށްލިއެވެ. ފަހަރެއްގައި އޭނާއަށް އެހީވާ ހީވުން ރަގަޅުވެދާނެއެވެ. އެހެންވެއްޖެއްޔާ އެއީ މިރާންއަށް ލިބޭނެ އުފާވެރި ހަބަރަކެވެ.

“މިރާން ބްރޯ…އެހެންވީމާ ތާރާއަކީ ލޯފަން ކުއްޖެއްތާ… މަށަށް ހީވާ އެއްޗެއް ބުނަންތަ.. މިރާން ތިހޯދަން އުޅޭ އާއިލާއަކީ އެއީހެން… އެގޭގާ އުޅޭ ދިވެހި ފިރިހެނެއްވެސް އަނެއްކާ ތާރާގެ ދަރިއަކުވެސް އޮވެއެއްނުން..ވެދާނެއެއްނުން ރަޝީދުގެ އަންހެންކުއްޖާކަމަށްވެސް އެއީ …” ކޮޓާރީގައި ދެކޮޅަށް ހިގާލަ ހިގާލައި ހުރި މިރާން ފައިގައި ކަސްތޮޅުއެޅުނު ކަހަަލައެވެ. ސާހިލް އެބުނި އެއްޗަކާމެދު ވިސްނާލަން މަޖްބޫރުވިއެވެ. އެހެންހިތައް އެރުމުން އެހިތް ނުތަނަވަސްވީ ކީއްވެކަމެއް ނޭގެއެވެ.

ނުނިމޭ..

 

Share Article

Follow Me Written By

fiza

Level 1

m a student and when i get free time i love writing .. this is my very first story , so i hope everyone likes it n i wud appreciate if everyone gives their views about my story

Other Articles

Previous

ހިތުގާ ފޮރުވާލަދޭށޭ 16ވަނަބައި

Next

އިންތިހާއަށް ލޯބިވަމެވެ.

Next
March 8, 2014

އިންތިހާއަށް ލޯބިވަމެވެ.

Previews
March 7, 2014

ހިތުގާ ފޮރުވާލަދޭށޭ 16ވަނަބައި

12 Comments!

  1. fiza says:
    March 8, 2014 at 1:03 am

    hope u will enjoy ths part olso… n will update the next part on 9th…
    (as this is my first story there might be mistake so please forgive me for that n i wil try my best to improve day by day …. hope u guys will share ur views…

  2. aju says:
    March 8, 2014 at 1:58 am

    V nice , v touching,thumbs up

    1. fiza says:
      March 8, 2014 at 2:03 pm

      thanx aju…

  3. afsa says:
    March 8, 2014 at 9:43 am

    Wow v v reethi vaahaka…first sorry as balaafa varah vex furihama keep it up
    …u can do it….baraabarah up kuraathi eyrun e vee!!!

    1. fiza says:
      March 8, 2014 at 2:07 pm

      i wanted to update everyday but cox of my studies i wont be able to give that much time on this…. but i will surely update in every other day…. 🙂

  4. afsa says:
    March 8, 2014 at 9:45 am

    Wow v v salhi…..first sorry aaa balaafa v furihama keep it up….

  5. layaal says:
    March 8, 2014 at 11:37 am

    ………………v v v nyc

  6. fiza says:
    March 8, 2014 at 2:07 pm

    thanxx afsa n layaal ……. 🙂 🙂

  7. zahaaaa says:
    March 9, 2014 at 6:58 pm

    vvvvvvvv reethi…….keep it up :p

  8. inaaa says:
    March 9, 2014 at 9:11 pm

    hmmmmmmmmmmmmmmmmmmmmmmmmmmmmmmmm vrvrvrvrvrvrvrvrvrvrvrvrvrvrvrvrvrv reeeeeeeeeeeeeeeeeeeeeeeeethi

  9. Eyn says:
    March 12, 2014 at 9:20 am

    Song part thankolheh dhigee.. Vahaka varah teethi

  10. Eyn says:
    March 12, 2014 at 9:20 am

    Song part thankolheh dhigee.. Vahaka varah reethi

Comments are closed.


All Right Reserved!