Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާރާ….4

fiza Level 1
March 10, 2014 5 Mins Read
13 Comments

“މިރާން ބްރޯ…އެހެންވީމާ ތާރާއަކީ ލޯފަން ކުއްޖެއްތާ… މަށަށް ހީވާ އެއްޗެއް ބުނަންތަ. މިރާން ތިހޯދަން އުޅޭ އާއިލާއަކީ އެއީހެން… އެގޭގައި އުޅޭ ދިވެހި ފިރިހެނެއްވެސް އަނެއްކާ ތާރާގެ ދަރިއަކުވެސް އޮވެއެއްނުން.ވެދާނެއެއްނުން ރަޝީދުގެ އަންހެންކުއްޖާކަމަށްވެސް އެއީ …” ކޮޓާރީގައި ދެކޮޅަށް ހިގާލަ ހިގާލައި ހުރި މިރާންގެ ފައިގައި ކަސްތޮޅުއެޅުނު ކަހަަލައެވެ. ސާހިލް އެބުނި އެއްޗަކާމެދު ވިސްނާލަން މަޖްބޫރުވިއެވެ. އެހެން ހިތައް އެރުމުން އެހިތް ނުތަނަވަސްވީ ކީއްވެކަމެއް ނޭގެއެވެ.

އެރޭ ނިދަން އުޅެ އުޅެ މިރާންގެ ލޮލަކަށް ނިންޖެއް ނައެވެ. ނިިޔާޒަށް ގުޅިއިރު އޭނާގެ ފޯން ނިއްވާލާފައ އޮތުމުން އަނެއްދުވަހުގެ އިރު އަރަންދެން މަޑުކުރުން ނޫންގޮތެއް ނެތެވެ. ތާރާ އަކީ ރަޝީދުގެ ކުއްޖާއަށް ނުވުމަށް އޭނާގެ ހިތް އެދޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެކަމާވިސްނާ ވަރަކަށް ސިކުނޑި އިތުރަށް ހާސްވުންނޫންކަމެއް ނުވެއެވެ. އެންމެފަހުން ނިދުނުއިރު ފަތިސްވެއްޖެއެވެ.

ސާހިލް ހޭލައިގެން އެންމެފުރަތަމަވެސް ގުޅީ އޭނާގެ އެކުވެރިންނަށެވެ. އެކީމީހުންނަށް ގުޅައިގެން އެންމެފަހުން އޭނާބޭނުންވެގެން އުޅުނު މައުލޫމާތު ލިބުނެވެ. މިއޮތް ހުރިހާ ދުވަހު މުޅި ހިސާބުގައި އަތްފުނާއަޅަމުން ދިޔައިރު ޖެހިގެން ހުރިގޭގެ މައުލޫމާތު އެއްވެސް ގޮތަކަށް ހޯދިފައިނެތެވެ. އެންމެފުރަތަމަވެސް އެގެއާ ބެހޭގޮތުން ހޯދިނަމަ ބޭކާރު މަސައްކަތްތަކެއް ކުރާކަށް ނުޖެހުނީހެވެ. ކާމިޔާބުގެ ހިނިތުންވުމަކާއެކު އަވަހަށް މިރާންގެ ކޮޓަރިއަށްގޮސްވަނީ އެހަބަރު ހިއްސާކޮށްލާހިތުން ކެތްމަދުވެފައި ހުރެއެވެ. އަރާމް ނިންޖެއްގައި ނިދާޕައި އޮތް މިރާން ފެނުމުން ޗޮކެއް ކަނޑާލަމުން ގޮސް ބެލްކަނީ ދޮރުފޮތީ ކަހާލިއެވެ.

ކުއްލިއަކަށް ލޮލަށް އެޅުނު އިރުގެ ދޯދިތަކުން އުދަގޫވެގެން މިރާން ލޯހުޅުވާލީ އެއީ ސާހިލްގެ ކަމެއްކަން އެގިހުރެއެވެ. ނިދުނުލެއް ލަސްކަމުން ކޮންމެވެސް ވަރަކަށް ބޮލުގައިވެސް ހުރީ ރިއްސާފައެވެ. “ކިހިނެތްވީޔޭ މާވަރަކަށް ހިނިއައިސްއަ ތިހިރީ…” މިރާން އެދުގެ ހެޑްބޯޑުގައި ލެގިލަމުން ސާހިލްއަށް ބަލާލީ އޭނާ ބުނަންއުޅޭއެއްޗެއް އެގިހުރެ ކަހަލައެވެ.

“ކޮނޑުގަ އޮތް ފުރޯ ވަލުތެރެއިން ހޯދަން އަހަރުމެން އުޅުނީ… ތާރާއަކީ ރަޝީދުގެ އަންހެންދަރި.. އަދި އެގޭ ދެންއުޅޭ ފިރިހެންމީހަކީ އަހުމަދު ..”ސާހިލްހީކުރީ އެވާހަކަވާނީ މިރާންއަށް އުފާވެރި ހަބަރަކަށް ކަމަށެވެ. އެއާއި ހިލާފަށް މިރާންގެ މޫނުމަތިން ފެނުނު ކުލަވަރުން އެއީ އޭނާއެހާ ގަޔާވި ހަބަރެއްނޫންކަން އެގުނެވެ. “ކިހިނެތްވީ ؟؟ ޔޫ ޑޯންޓް ލުކް ހެޕީ ޓުނޯދެޓް…. އޯހ ޑޯންޓެލްމީ ޔޫލައިކް ތާރާ…. މިރާން މޮޔަވީތަ؟؟ މީއެއްގެ އަންބެކޭ އެއީ… އެނުންމީހަކު ހަމަ ނުފެނުނީ …..” ސާހިލްގެ ވާހަކަހުއްޓުނީ އޭނާއާއި ދިމާއަށް އައި ބާލީހުގެ ހަމަލާއަކުންނެވެ. “ކާކު ބުނީ އަހަރެން ތާރާދެކެ ލައިކް ވެއޭ… މަށަށްވެސް އެނގެއޭ އެއީ މީހެއްގެ އަންބެއްކަން ..މަ އެބައުޅެންތަ މޮޔަވެގެން …އަމިއްލައަކަށް ނުން ތިހުރިހާވާހަކައެއްވެސް ތިދައްކަނީ…”މިރާން އަވަސްއަވަހަށް ފާހާނާއަށްވަނީ އިތުރަށް ސާހިލް އޭނާއާއި ސުވާލު ކޮށްފާނެތީއެވެ. ހިތުގެ ކޮންމެވެސް ކަނަކުން ތާރާއަށް ހާއްސަ މަގާމެއް ދެވިފައިވާކަން ހުދުއޭނާއަށްވެސް ނޭގެއެވެ. ނޫނީ އެގެން ބޭނުންނުވަނީއެވެ.

އެހެންދުވަސްތަކެކޭ އެއްފަދައިން ތާރާ ހެދުނުގެ ވަގުތުހުސްކޮށްލީ އައިކްއަށެވެ. އިއްޔެވީ އެއްވެސްކަމެއް އޭނާ ހަނދާންނެތްކަހަލައެވެ. މޫނުމަތިން ފެންނަންހުރި ހިނިތުންވުމުން ޖަމީލާވެސް ހިތްހަމަޖެހުނެވެ. ތާރާއަކީ ހިތްވަރުގަދަ ކުއްޖެއްކަން އޭނާއަށްވެސް އެގެއެވެ. ބައެއްފަހަރު ހިތައްކުރާ އަސަރެއްގެ ސަބަބުން އެދުވަހަކު ކިތަންމެ ރޮއެފައި އުޅުނަސް އަނެއްދުވަހު އިރުއަރާއިރު އެހުރިހާކަމެއް ހުންނަނީ ހަމައަކަށްއެޅިފައެވެ. ޖަމީލާއަށް ނުވިސްނެނީ ބޭރުންކިތަންމެ ހިނިތުންވެލައިގެން ހުއްޓަސް އެތެރެ އެތެރެއިން އެހިތް އަބަދުވެސް ރޯކަމެވެ. އެކަނިވާކޮންމެފަހަރަކު ރޮވޭކަމެވެ.

ހެނދުނުގެ ނާސްތާ ކުރަމުންދިޔައިރު ސާހިލްއާއި މިރާން ވިސްނަމުންދިޔައީ އަހްމަދާމެދު ކަންތައްކުރާނެ ގޮތަކާމެދުގައެވެ. އަހްމަދަށް މިރާންއަކީ ކާކުކަން ނާންގާ އޭނާގެ ވިޔަފާރި ތެރެއަށް ވަދެވޭނެގޮތެއް ހޯދުމަކީ ފަސޭހަކަމެއްނޫނެވެ. ވިޔަފާރި އެކަންޏެއްނޫނެވެ. މިރާންބޭނުންވަނީ އަހްމަދުގެ ގާތްއެކުވެރިއަކަށްވެހުރެ އޭނާވެސް ހަމްދޫންއާއި ދޭރެތޭ ކަންކުރިގޮތަށް ކަންތައް ކުރާށެވެ. ބުނެލަން ކިތަންމެ ފަސޭހަޔަސް އެއީ ކުރަން އުދަގޫކަމެކެވެ. އެހެންނަމަވެސް އަހްމަދުމެންކަހަލަ މީހުންގެ ބަލިފަޔަކީ ކޮބައިކަން މިރާންއަށް އެގެއެވެ.

ދުންޔާއަކީ އެންމެޒަމާނީ ފެށަނަށް ލޯބިކުރާމީހެކެވެ. ހާއްސަކޮށް ތަރަފްއާއި ކައިވެނި ކުރެވުނުފަހުން އޭނާގެ ފޮނިކަން އިތުރުވިއެވެ. އަތުން ފައިން ކުރެވޭ މަސައްކަތެއް ނޯވެއެވެ. ބޭރުންކެއުމާއި ރައްޓެހިންނާއެއްކޮށް މެލޭޝިއާއިން ބެންކޮކުން ސިންގަޕޫރުން މަޖާނަގަމުން އުޅުމަކީ އޭނާގެ އާދައެވެ. އެއްވެސް ފިކުރެއް ހިޔާލެއްނެތި ތަރަފްއަށް ލިބޭ ލާރި އެގޮތް މިގޮތްތައް ހަރަދުކުރަމުން ދިޔައެވެ. ތަރަފްވެސް ބެލުމެއްނެތި ދުންޔާގެ އެދުންފުއްދަމުންދިޔައީ އެލާރިގަނޑު އަބަދުވެސް އެމީހުންނަނަށް ލިބިލިބި ހުންނާނެކަމަށްގަބޫލުކުރާތީއެވެ. އެހެންނަމަވެސް ވޭތުވެގެންދިޔަ ދެމަސްދުވަސްތެރޭ އޭނާގެ ވިޔަފާރިވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. އެކަމާ ތަރަފް ހުންނަނީ ބޯގޮވާފައެވެ. އޭނާގެ ރިސޯޓުންވެސް މުއައްޒަފުން ވަކިވެގެންދަނީ އެދެވޭ މުސާރަ ނުދެވޭތީއެވެ. އެކަމުގެ ސަބަބުން ރިސޯޓުންވެސް މާބޮޑު ފާއިދާއެއްނުކުރެއެވެ.

“ދުންޔާ…މިފަހަރު ބެންކޮކް ދަތުރު ކެންސަލްކޮށްލަމާ ދޯ….” މެންދުރުގެ ކެއުން އިންސާފްކުރުމުގައި އިން ދުންޔާގެ މޫނުމަތީ ހީވީ މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. އޭނާގެ ހުރިހާރައްޓެހިން ކައިރީ ފޮނި ކަޑާފައި ހުއްޓާމިވީ ކިހިނެތްހެއްޔެވެ. އެމީހުންއޭނާއަށް ހާދަހާ މަލާމާތެއްކުރާނެއެވެ. އެއްވެސް އެއްޗެއް ނުބުނެ މޫނުކުނި ކޮށްލައިގެން އިނީ ތަރަފް އާއި ޒުވާބުކުރަން ޖެހިދާނެތީއެވެ. ތަރަފްއަކީ ރުޅިއައިސްސިއްޔާ އެހާ ރުޅިގަދަ މީހެކެވެ. ޒުވާބަކަށް ގޮސްގެން އޭނާއަށް ތަރަފްގެ ފަރާތުން އެއްވެސްކަހަލަ ފައިދާއެއް ނުކުރާނެކަން އެގޭތީ ހިމޭނުންއިނީ އިތުރުގޮތެއް ނެތީމައެވެ.

“އަހަންނަށް އެގެއޭ ދުންޔާއަށްވެސް ވިސްނޭނޭކަން … އެގެއެއްނުން މިދުވަސްކޮޅު މިކޮޅުގަވެސް ފިހާރައެއްހުޅުވަންކަން މިއުޅެނީ…. އެހެންވީމަ މިދުވަސްކޮޅު ބަލަންވީ ވީހާވެސް ހަރަދުކުޑަކޮށް އުޅެވޭތޯ.. ބޭކާރު ހަރަދުތައް މަދުކުރެވޭތޯ….. ދުންޔާއަށް އެގެއެއްނުން ލާރިހުރިނަމަ އެދަތުރުކެންސަލް ނުކުރާނެކަން ދޯ…” ދުންޔާ ހޫނއޭ ބުނެލީ އައިސްފައިހުރި ރުޅިގަނޑު ކޮންޓުރޯލްކުރަމުންނެވެ. ތަރަފް ނިކުމެގެން ދިޔައިރު އިސްއުފުލާބަލާވެސް ނުލާއިންމީހާ ތަރަފްގެ ކާރު ގޭޓުން ނިކުތުމާއެކު މޭޒުމަތީ ހުރި ތަށިތައް ހޫރާލިއެވެ.

މާބާރު އަޑެއްއިވިގެން ޖަމީލާއަށް އެތަނަށް އާދުވުނު ކަމުދާކަށްނެތެވެ. ދުންޔާހުރީ ރުޅިއައިސް ރަތްވެފައެވެ. ބިންމަތީ ފުނޑުފުނޑުވެފައި ހުރިތަށިތައް ފެނުމާއެކު ވީކީއްކަން އޭނާއަށް ވިސްނުނެވެ. ދުންޔާ ހިތްހަމަނުޖެހޭކަހަލަ ކަމެއް ހިގައިފިއްޔާ އެންމެފުރަތަމަވެސް ވަރުކޮށްލާނީ ގެންގުޅެއެއްޗިއްސައެވެ. ދެން ތާރާއާއި އައިކްއަށެވެ. ޖަމީލާއަށް މޭމަތީ އަތްއަޅާލެވުނީ ސިޑިންއަރައިގެންދިޔަ ދުންޔާފެނުމުންނެވެ. ތަރަފްކުރިމަތީ ކިތަންމެ މަޑުން ހުއްޓަސް އެދެމައިންނަށް އޭނާ އޭނާގެ ހުރި ކުޅަދާނަކަން ދައްކާލައެވެ. ޖަމީލާއަށް ދުންޔާގެ ފަހަތުންދުއްވައިގަނެވުނީ އޭނާ ކޮންމެފަދަކަމެއް ކޮށްފާނެކަން އެގޭތީއެވެ.

އައިކް ނިންދަވައިގެން ކައިރީ ބާއްވާލައިގެން އޮތް ތާރާއަށް ދޮރާދިމާއަށް އެބުރުނީ މީހަކު މާބާރަށް ދޮރުހުޅިވި އަޑަށެވެ. އެއާއެކު ކުއްލިއަކަށް އެމީހަކު އައިސް ހިފީ އޭނާގެ އިސްތަށިގަނޑުގައެވެ. ތާރާއަށް ރޮއެގަނެވުނީ ވީތަދެއްގެ ބޮޑުކަމުންނެވެ. ދުންޔާ އެއްވެސް ރަހުމެތްނެތި ތާރާ ބިންމައްޗަށް ކޮށްޕާލިއެވެ.” މީހަމަ ކަލޭގެ ސުންޕާކަމުން ވާހާ ކަންތަ.. ކަލޭގެ ސަބަބުން ބައްޕަދުނިދޫކުރީ .. ބައްޕަ ދުނިޔޭގަ ހުރިނަމަ ތަރަފް ނުޖެހުނީސް ވިޔަވާރިތެރެއަށްވަނަން… މަޖަލުގަ އުޅެން ވީއުމުރުގަ އެފަކީރު އެޖެހުނީ ހުރިހާކަމެއްގެ ޒިންމާނަގަން.. ހައްތަހާވެސް ކަލޭގެ ކަންތަ…”  އެވަރުންވެސް އޭނާގެ ރުޅިގަނޑުމައިތިރިވާ ގޮތެއް ނުވިއެވެ. އަނެއްހަމަލާ އަމާޒުވީ އެނާޒުކު މޫނަށެވެ. ދެތިން ހަތަރު ފަހަރުމަތިން ތާރާގެ މޫނަށް ހަމާލަައައެވެ. ރޮއިރޮއި އޮވެ ތާރާ ކުރިއާދޭހުގެ އަޑެއް ދުންޔާއަށް ނީވޭކަހަލައެވެ. މީކޮންމެ ފަހަރަކުވެސް ދުންޔާކަންތައް ކުރާގޮތެވެ. ތަރަފްދެކެ އަންނަރުޅި އޭނާބާލަނި އެނުކުޅެދޭ އަންހެންކުއްޖާއަށެވެ. އެހެންނޫނީ އެކުޑަ ކުޑަ އައިކްއަށެވެ. ޖަމީލާއަށް ކޮޓަރިއަށް އާދެވުނިއިރު ދުންޔާނިކުމެގެން ދަނީއެވެ. ޖަމީލާއަށްވެސް ބަލާލިގޮތުން ހީވަނީ އޭނާވެސް އެދެލޮލުން ފިއްސަލަފާނެހެންނެވެ.

“އެކޮއި… ތާރާ… ” ޖާމީލާއަށް ދުއްވައިގެނެވުނީ ބިންމައްޗަށް ދެމިފައިއޮތް ތާރާދިމާލަށެވެ. ތާރާގެ މޫނުގައި ފިރުމާލުމާއެކު މެރިފައިވާ އެސްފިޔަތައް ދޭތެރެއިން ފުރޭނިގެން ކަރުނަތައް ފައިބަންފެށިއެވެ. ލިބުނު އަނިޔާގެ ސަބަބުން މުޅިމީހާގެ އެތަން މިތަނުގައި ރިއްސާވަރުން ތާރާއޮތީ ގުޑާވެސް ނުލެވިފައެވެ. މިއީ އޭނާ މަދުވެގެން މަހަކު ތިން ހަތަރު ފަހަރުމަތިން ތަހައްމަލްކުރަން ޖެހޭ ވޭނެއެވެ. އޭނާދެކެ ދުންޔާއެހާ ރުޅިއަންނަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. ތަރަފްއާއި ދެމެދު ޖެހޭމައްސަލައެއްގެ ޝިކާރައަކަށް އޭނާވަނީ ކީއްވެހެއްޔެވެ.

“ދައްތައަކަށް ކުޅަދާނައެއްނުވޭ މިމަންޒަރު ބަލަން ހުންނާކަށް… އެކޮޔެ ކައިރީ ކިތައް ފަހަރު ބުނާނީ ހިގާނޭ ދައްތަގެ ރަށަށްދާން.. މީއިންސާނުންނަށް އުޅެވޭ ކަހަލަ ތަނެއްނޫން..ތަރަފްވެސް އެހުންނަނީ ދުންޔާ ދައްކާހާ ވާކައަތަކަށް ހެއްލިގެން… މިހާރުވެސް މިކޮޓަރިޔަށް ނުވަންނަތާގަ ތާރާގެ ހާލުބަލާނުލާތާވެސް އެއްމަސްވަނީ…ދައްތަގެ ބަސްގަބޫލުކުރަންޔާ ހިނގާދާން …ދައްތައަކަށް ބުރައެއްނޫން އެކޮއި ބަލަންވީމަ…”ޖަމީލާ ތާރާގެ ބުރަކަށީގައި ފިރުފިރުމާއިނދެ ވާހަކަދައްކަމުންދިޔައިރު އެދެލޮލުންވެސް ކަރުނަ އާދެއެވެ. އޭނާއަށް ވެގެންވާނަމަ މިހާރުވެސް ތާރާގޮވައިގެން ދިޔައީމުހެވެ. އެހެންނަމަވެސް އެކަމަށް ކޮންމެ ފަހަރަކުވެސް އިންކާރު ކުރަނީ ހުދު ތާރާއެވެ.

“ދަ…ދައްތާ… ކިހިނެތްއަހަރެން އައިކް ދޫކޮށްލާފަ ދާނީ… އަހަންނަށްވެސް މިހާރު މިއަނީޔާތަކަށް ކެތްވަނީއެއް ނޫން…. އައިކް އެމީހުންގެ އަތްދަށަށް ދޫކޮށްލާނެ ހިތްވަރެއް އަހަރެންގެ ނެތް…. އެކުޑަކުޑަ ފުރާނަ އަހަންނާއެކު ގެންދެވޭނެ ބާރެއް އަހަރެންގެ ނެތް.. އެބާރުވެސް އޮތީ އެމީހުން އަތުގަ… “ތާރާ ގިސްލަ ގިސްލާފައި ރޮމުންދިޔައިރު އޭނާއަށް ވިސްނެނީ އޭނާ ނެތްދުވަހަކުންވެސް އެކުޑަދަރިފުޅު އުޅޭނޭ ހާލެވެ. އެމީހުން ހަދާހާ ގޮތަކަށް ހެދިގެން އޭނާ މަޑުން އިންނަނީ ހަމައެކަނި އައިކްގެ ހައްގުގައެވެ.

ތަރަފްއަށް ފާރަލަމުން ދިޔަ މިރާން އާއި ސާހިލްއަށް ރަގަޅު ފުރުސަތެއް ލިބުނީ ޖެހިގެންއައި ދުވަހު ލަންކާގެ ތާޖްހޮޓެލްގައި އޮތްޕާޓީއަކުންނެވެ. މިރާން ހޯލުތެރެއަށް ވަދެގެން ދިޔައިރު ބައެއް އަންހެން ކުދިންގެ ލޯތައް އޭނާއަށް ހުއްޓެމުންދިޔައެވެ. ނުހުއްޓޭންވީ ސަބަބެއްވެސް ނެތެވެ. ލައިގެން ހުރި ކޯޓްފަޓްލޫނުގެ ސަބަބުން މާހަރުދަނާވައްތަރުވެފައި ޝާހީގޮތްގަނޑު ދައްކައެވެ. ދެޖީބަށް އަތްޖަހާލައިގެން ތޫނުނަޒަރަކުން ބަލާލަމުން އަންހެންކުދިންގެ ހިތާކުޅެލީ އެހިތްގައިމު ހިނިތުންވުމެވެ.

މިރާން މުޅިތަނަަށް ނަޒަރު ހިންގާލިއެވެ. އޭނާ ދަންނަ އެއްވެސް މީހަކު އެތާކުނެތެވެ. އޭނާއާއި އެތަނުން ބައްދަލު ކުރަން ބުނި ސާހިލްގެ އެކުވެރިޔާ ނާއިފްވެސް ފެންނާކަށްނެތެވެ. މިރާންގެ ލޮލުގައި ކުއްލިއަކަށް އަޅާއިގަތީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައިން އެކަނި މާއެކަނި އިން ތަރަފްއެވެ. އެއާއެކު އޭނާގެ އަތް މުއްކަވާލެވުނެވެ. އެދިޔަގޮތަށްގޮސް ތަރަފް ހުރިތަނަށް ޖެހިޖެހީނުން ތިރިކޮށްލާނަމޭ ހިތައް އެރިއެވެ. އެހެންނަމަވެސް ކެތްކޮށްލީ އަތުންފައިން ގޯހެއް ހަދަން ބޭނުންނުވާތީއެވެ. ހިތްވަރު ކޮށްފައި މިރާން ކުރިއަށް ހިގައިގަތީ އެހިތުގައި އަނދައިގަތް އަލިފާންގަނޑު މަތަކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އެވަގުތު ނާއިފް އެތަނަށް އައީ އޭނާގެ ނަސީބެވެ. ސާހިލްގެ ފަރާތުން ނާއިފްއަށްވެސް ވަނީ މިރާންގެ ހުރިހާކަމެއް އެގިފައެވެ. އެކުވެރިޔާއަށްޓަކައި ނާއިފްވެސް އެ ޕްލޭންގައި ބައިވެރިވީ މިރާންގެ ބައްޕައާއި ދޭތެރޭ ކަންތައްވެފައި ވަނީ ބޭއިންސާފުންކަން އޭނާއަށްވެސް ވިސްނޭތީއެވެ.

“އަހްމަދު…ހާދަ އެކަނިވެރިކޮށް…މިތާ އިށީދެލިޔަސް އެންމެރަގަޅުތަ..” ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ތަރަފްއެދިމާއަށް ބަލާލަމުން ހިނިތުންވެލަމުން އާނއެކޭ ބުނެލީ ނާއިފްއަކީ އޭނާގެ ގާތްއެކުވެރިއެއްގެ ދަރިއަކަށް ވާތީއެވެ. ނާއިފް އެކިއެކި ވާހަކަދައްކަމުން ދިޔައިރު ތަރަފްއަށް މިރާންއާއި ދިމާއަށް ބަލާލެވެނީ އޭނާދަންނަ ކޮންމެވެސް މީހަކާވައްތަރުވާހެންހީވާތީއެވެ. މިރާންވެސް ހުރީ ތަރަފްގެ ނަޒަރު އޭނާއަށް ހުއްޓޭތީ ކަންބޮޑުވެފައެވެ.

“އޯހް… ހަނދާންނެތުނީ….. މީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިޔެއް… ރަޔާން.. ..ލަންކާއަށް އައިސްގެން އުޅެނީ މިކޮޅުގަ ވިޔަފާރިއެއް ފަށަށްވެގެން …. ރަޔާން މީ އަހްމަދު ތަަރަފް…” ތަރަފް އަށް ނުފެންނަހެން އެއްލޯމަރާލަމުން ނާއިފް މިރާން ތައާރަފްކޮށްދިނީ ރަޔާންގެ ނަމުންނެވެ. ވިޔަފާރިއެއްފަށާ ވާހަކަބުނުމުން ތަރަފް މިރާންއާއި ވާހަކަ ދައްކަންފެށީ ވަރަށް ގާތްގޮތަކަށެވެ. މިރާން ވެސް ހިނިތުންވެލައިގެންހުރެ ތަރަފް ވާވައްދަމުންދިޔައެވެ. އޭނާގެ މަންމައަކީ މާލެމީހެއްކަމާއި ބައްޕައަކީ ޔޫކޭމީހެއްކަމަބުނެލިއެވެ. އަދި އެމީހުންގެ ވަރަށް ގިނަ ވިޔަފާރި ޔޫކޭގައިވެސް އޮންނަވާހަކަބުނެލުމާއެކު ތަރަފްއަށް މިރާންފެނުނީ ރަންގަޑެއްގެ ސިފައިގައެވެ. މިރާން ހައްލާލައިގެން ލާރިގަނޑެއްއަތުލެވިދާނެއޭ އޭނާގެ ހިތައްއެރިއެވެ. އެހެންކަމަށްވާނަމަ އޭނާއަށް ވަރަށް ފައިދާކުރާނެއެވެ. ތަރަފް އެކިއެކި ވާހަކަދައްކަމުން ގޮސް ލަންކާގައި މިރާން އުޅެނީ ކޮންތާކުތޯ ސުވާލުކޮށްލިއެވެ. އެއާއެކު މިރާންއަށް ބަލާލެވުނީ ނާއިފްއަށެވެ. ތަރަފް ސުވާލުންފުރިގެންވާ ނަޒަރަކުން އެދެމީހުންނަށްބަލަން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ.

…ނުނިމޭ….

Share Article

Follow Me Written By

fiza

Level 1

m a student and when i get free time i love writing .. this is my very first story , so i hope everyone likes it n i wud appreciate if everyone gives their views about my story

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 13 ( ފަހުބައި )

Next

އާލިފް

Next
March 10, 2014

އާލިފް

Previews
March 9, 2014

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 13 ( ފަހުބައި )

13 Comments!

  1. fiza says:
    March 10, 2014 at 12:23 am

    hellow…hows everyone ??? hope u will enjoy this part n looks forward to see the next part on 11th …gooooooooooodnight n sweeetdreams to everyone … 🙂 <3

  2. Ayana says:
    March 10, 2014 at 12:30 am

    I love this story… Waiting for the next part

  3. has says:
    March 10, 2014 at 2:18 am

    Vvvvvvvvvvvv nice i love this story…… waiting for the next part

  4. me says:
    March 10, 2014 at 6:02 am

    lurrv the story…

  5. aisha says:
    March 10, 2014 at 6:52 am

    vara vara reethi vaahaka eh kuriyah huri baithakah inthixaaru kureve vara bodah

  6. bookworm says:
    March 10, 2014 at 1:22 pm

    varah reethi <3 😀 comment nukurevunas huriha part thah vas kiyan 🙂 just awesome waiting for the next part

  7. shai says:
    March 10, 2014 at 4:00 pm

    salhi hama 3 ga sit kohfa 4 ah veeieru 4 part ehves kahala foohikameh nethi kiyaa ninmaalevihje v v v salhi hope next part on11 th

  8. Aisha says:
    March 12, 2014 at 9:02 am

    miyadhaky 12 march bt adhivx update eh nuvey.. i cnt wait to read the next part

  9. shenee says:
    March 12, 2014 at 10:01 am

    fiza, avas avahah upkolla dheeba… mihaaru kiyaa hithun hurevenee kee eh noon.. vvv salhi

  10. cutechammppy says:
    March 12, 2014 at 10:27 am

    Nice story.. I luv it.. gud job fiza.. Bt plx update evryday.. Knme dhuvahak kiyaa hithun balan update vefa thow.. Nice nice.. <3

  11. cutechammppy says:
    March 12, 2014 at 10:27 am

    Nice story.. I luv it.. gud job fiza.. Bt plx update evryday.. Knme dhuvahak kiyaa hithun balan update vefa thow.. Nice nice.. <3

  12. cutechammppy says:
    March 12, 2014 at 10:27 am

    Nice story.. I luv it.. gud job fiza.. Bt plx update evryday.. Knme dhuvahak kiyaa hithun balan update vefa thow.. Nice nice.. <3

  13. fiza says:
    March 14, 2014 at 2:10 am

    thanx hurihaa kudhinah ves…. 🙂

Comments are closed.



All Right Reserved!