ބައްޕަަ އަކީ ގ.ދ.ތިނަދޫ މީހެއް މަންމަ އަކީ މާލޭ މީހެއް ދަރިފުޅުގެ މަންމަ އަކީ މަޝްހޫރު ވިޔަފާރިވެރި ވެރިޔާ އެންދެރި އާދަން ފުޅުގެ ދަރިޔެއް ބައްޕަ އާމްދަނީ ހޯދަން މަސަތްކައް ކުރަމުން އައީ އާދަމްފުޅުގެ ނޫމުރަކަ ރިޒޯޓުގަ ..ރޫމްބޯއީ އަކަށް އުޅުނީ..އަހަރުމެން ދިމާވީ މަންމަ ޗުއްޓީ އަކަށް ރިޒޯޓަށް އާސްއުޅުމުގެރޭން..މިގޮތުން ދެމީހުންގެ ގުޅުން ބަދަހި ވެ ކައިވެންޏަކާ ހަމައަށް ދިޔައީ..އެހިސާބުން މަންމަގެ ބައްޕައަށް މިކަން އެނގުނީ ވެސް..މަންމަގެ މުޅި އާއިލާވެސް މިކަމާ ދެކޮޅުހެދި ނުރުހުން ފާލުކުރި.. އަދި […]
ތަރަފް އެކިއެކި ވާހަކަދައްކަމުން ގޮސް ލަންކާގައި މިރާން އުޅެނީ ކޮންތާކުތޯ ސުވާލުކޮށްލިއެވެ. އެއާއެކު މިރާންއަށް ބަލާލެވުނީ ނާއިފްއަށެވެ. ތަރަފް ސުވާލުންފުރިގެންވާ ނަޒަރަކުން އެދެމީހުންނަށްބަލަން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ. “ރައްޓެހި ކުއްޖެއްގެ ގޭގައި އުޅެނީ… ރައްޓެހިންތިއްބާ ކިހިނެތް ހޮޓަލެއްގަ އުޅޭނީ…. އެކަމަކު އޭނަ ދެތިންދުވަސްފަހުން މާލެ ދާންއުޅެނީ …އެހެންވީމަ ހޮޓަލަކަށް ބަދަލުވުންނޫންގޮތެއް ދެން ނޯންނާނެތާ..” މިރާންގެ ވާހަކަތައް އަޑުއަހަންހުރި ތަރަފްގެ މޫނު އަލިވެގެންދިޔައެވެ. “ކީއްކުރަން ހޮޓަލަކަށް ބަދަލުވަނީ … މިހާރު އަހަރުމެންވެސް ރައްޓެހިންނަށް ވީއެއްނުން… އަހަރުމެންގެއަށް ބަދަލު ވާންވީއެއްނުން… […]
“އަސްތާ! މަގޭ ދަރި” ހަސީނާއަށް އޭނާގެ ދަރިފުޅުގެ އުގުގައި އޮތް އޭނާގެ މާމަ ދަރިފުޅު އީނާޝްގެ އަތުން ދޫވާތަން ފެނުމާއެކު ހުށިޔާރު ކަމާއެކު އެތުއްތު ދަރިފުޅު ނަގާ އުރާލިއެވެ. އެއާއެކު އެކުޑަ ދަރިފުޅުރޯލިއެވެ. އީނާޝް އޭނާގެ ދަރިފުޅު އުރާލީންސުރެ ހަސީނާ އިނީ އޭނާގެ ދަރިފުޅުގެ ހަރަކާތްތަކަށް ބަލާށެވެ. އީނާޝް ދަރިފުޅު އުރުމުން އެޖިންނީގެ ފަރާތުން ގޯނާއެއް އަތުވެދާނެ ކަމަށް ހަސީނާ އިނީ ވިސްނައިގެންނެވެ. ކަންތައްވީވެސް ހަމަ އެގޮތަށެވެ. ހަސީނާގެ މާމަ ދަރިފުޅު އެސަލާމަތް ކުރެވުނީ ހަސީނާގެ […]
އިވުނު އަޑުން އީނާއަށް ސިހުން ލިބުނެވެ. ލަސްލަހުން އޭނަ ފަސްއެނބުރި ބަލާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ފެނި އޭނަގެ ދެލޯބޮޑުވެއްޖެއެވެ. އޭނަ ހަލުވިކަމާއެކު އެސްފިޔަތައް ތަޅުވާލިއެވެ. މަންޒަރު ބަދަލެއް ނުވިއެވެ. މުޅިމީހާ ހިސާބަކަށް ގަނޑުވެއްޖެއެވެ. ތަންމިނަށް ހުޅުވާލެވުނު އަނގަ ލައްޕަން ހަނދާންވީ އިރުކޮޅެއް ފަހުންނެވެ. ”ވެލް، އީން ތިވަރަށް ސަޕްރައިޒް ވާނެކަމެއް ކުރިއަކުން ނޭގޭ، އަހަރެންދެކެ ރުޅި އަންނަ މީހަކު ފޫހިއެއްނޫންތަ ވާނީ؟ … އީން ހީވަނީ އަހަރެން ނައިސްގެން އުޅޭހެން، ޔޫ މިސްޑް މީ ރައިޓް؟….” […]
ކުއްލިއަކަށް ލައިގެން ހުރި ޓީޝާޓް ބޭލުމަށް ފަހު އޭނަ މޫދަށް ފުންމާލިއެވެ. ކުޑައިރުއްސުރެވެސް، ކަމަކާ ހާސްވެ ކަންބޮޑުވުމުން އަމަލް ކުރާ ގޮތެވެ. އާލިފް ވަރައް އަޑިޔަށް ދިޔައެވެ. ވަރަން އަޑިއަށެވެ. އެވަގުތު ކުރިމަތިން ހިޔަންޔެއް ވެލިހެން ހީވިއެވެ. މިއީ އޭނާއަށް އާކަމެއް ނޫނެވެ. އެހެން އިންސާނުންނާއި ޚިލާފަށް އާލިފް ގެ ނޭވާ ދިގުކަން އޭނާ އަށް ވަނީ އެނގިފައެވެ. މޫދު އަޑީގައި އޮކްސިޖެން ބޭނުން ނުވާ ކަމީ އާލިފްވެސް ހައިރާންވާ ކަމެކެވެ. ރޭގަނޑުވެސް ދުވާލެކޭ އެއްފަދައިން މޫދު އަޑި ސާފްކޮން ފެނެއެވެ.. މިކަން އާލިފްގެ ރަށްޓެހިންނަށާއި އޭނާ […]
ހިތައް އެރި އެއްޗަކުން އާލިކް އޭނާގެ ދަބަހާއި އައިނު ސޯފާގައި ބާއްވާލުމަށްފަހު ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. މައްޗަށް އެރުމަށްފަހު ކުޑަކޮށް މަޑުކޮށްލާ އޭނާ ވިސްނާލީ ވިޝާގެ ކޮޓަރިއާއި މެދުއެވެ. ހަމަ އެއާއިއެކު ވިކާޝްގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ބަލާލަމުން އޭނާ ފުންގޮތަކަށް ހިނިތުންވެލިއެވެ. އަވަސް ވެފައިވާ ހިތާއިއެކު ލަސްލަހުން ގޮސް އޭނާ އެކޮޓަރީގެ ތަޅުގައި ހިފާލީ ނުހަނު މަޑުންނެވެ. ދޮރު ތަޅުނުލާ ހުރިކަން ޔަގީންވުމާއިއެކު އަވަސް އަވަހަށް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލުމާއިއެކު އެހިތުގައިވާހާ […]
އަނީސާ ގެއަށް ގޮސް ދެން ހަދަން ވީގޮތަކާއި މެދު ވިސްނާލިއެވެ. އެތައް އިރަކު ވިސްނަން އިނުމަށް ފަހު އެކަމާ ގުލޭ ގޮތުން އޭނާގެ މަންމައާއި މަސްވަރާ ކޮށްލިއެވެ. އަނީސާގެ މަންމަގެ ބަހަކަށްވީ ލަސް ނުކޮށް އެކަން ފުލުހުންނަށް ރެޕޯޓް ކުރުމެވެ. މިހެންވެ އޭނާ އަނެއްކާވެސް ހަނީފާމެންގެ ގެއަށް ދިއައެވެ. އެގެއަށް ގޮސް ހަނީފާ އާއި އޭނާގެ މަންމަ […]
އެއް ވަނަ ބައި ކަލާގެ ހަނދާން ތަކުގާ…. މެންދަމުން އަލިވެ ތިނެއް ޖެހިއިރުވެސް ދެލޮލަކައް ނިންޖެއް ނާދެއެވެ. ބިރު ގަންނަނީއެވެ. ބިރުވެރި ހުވެފެން ފެންނަނީއެވެ. ދެލޯ މަރާލާ ކޮންމެ ފަހަރަކުވެސް ފެންނަނީ އެ ބިރުވެރި މީހާއެވެ. ރަތް އަނގުރުގަނޑެއްފަދަ ދެލޮލެކެވެ.އަތުގެ އިނގިލިތަށްދިގެވެ. ނިޔަފަރިތައްވެސް އެހާމެ ދިގުވެފައި ހުތުރެވެ. ކަނފަތް ފުޅާވެފައި ދިގެވެ. ދަތްތައް ދިގެވެ. ދޮރުކައިރިން ހިޔަންޏެއްވިހެން ހީވެގެން ބަލާލިއެވެ. މާޔޫސްކަމާ ނިދި ބަރުވާހާލު އެނދުން ތެދުވިއެވެ. ކުޑެދޮރު ކައިރިއަށް އާދެވުމާއި އެފެނުނު މަންޒަރަކުން ދެލޯބޮޑުވިއެވެ. […]
އޮއްސެމުން ދާ އިރާ އެކު ކުދި ދޫނި ތައް އެވެރިންގެ ހާލިތަކާ ދިމާ އަށް މިސްރާބު ޖަހައިފިޔެވެ.މުޅި ރަށަށް ހިމޭން ކަން ވެރިވާން ފަށައިފިޔެވެ. ރަތް ވިލާ ތަކުގެ ރަތް ކުލަ ކަނޑު ގެ ލޮނުގަޑަށް އެޅިފައިވާ ހިތް ގައިމު މަންޒަރު ވަރަށް ފުރިހަމައެވެ. ރަށްފުށުގެ އާދަ ކާދައިގެ މަތިން އިރު އޮއްސުމާ އެކު މަގުމަތީގައި ކުޅެން އުޅުނު ކުދިންނާއި ކޮޅު ކޮޅަށް ހިގާ ބިނގާވެ އުޅުނު މީހުންވެސް ގޭގެޔައްވަދެ ރަށުތެރެ ހިމޭން ވެއްޖެއެވެ. ރަށަކީ ރ.އިނގުރައިދުއެ […]