Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 13 ( ފަހުބައި )

Salaa Level 210 Stories100 Comments
March 9, 2014 12 Mins Read
21 Comments

ޔަޝްމީ ދުއްވައިގަތެވެ. އުފަލުން ހެވެމުންނެވެ. ޔަޝްމީ ދިޔަ ބާރުމިނުގައި ނިކްގެ ގައިގައި ޖެހިގަތްތަނުން ނިކް އޭނާ އުރާލިއެވެ. އެންމެން އަތްޖަހަންފެށިއެވެ. އެވަގުތު މުޅިތަން އެއް އަޑު ކޮއްލީ ޔަޝްމީގެ އަޑުން ކިޔާފައިވާ ” އައި ލަވް ޔޫ ފޯރ އެވަރ މައި ޑާލިންގ ” އެލަވައިންނެވެ. ޔަޝްމީއަށް ހީގަނެވުނެވެ. އެ އުފާވެރިކަމާއި އެކު ނިކް ޔަޝްމީގެ އަތުގައި އަނގޮއްޓި އެޅުވިއެވެ.

” މިހާރު ރާއްޖޭގަވެސް އެންގޭޖްމަންޓް ރިންގް އަޅުވާތަ؟ ” ނާއިޒް ޖިޔާގެ ކަންފަތްދަށުގައި ބުނެލިއެވެ. ޖިޔާ ހީލަމުން ބުންޏެވެ.

” އެހެނެއްނޫން އެއީ… ލޯބިވާތީ ނިކް ޔަޝް ހޯދަންވެގެން ކުރި ކަމެއް އެއީ…….”

” ދެން ތިބުނީ އަހަރެންވެސް އެކަހަލަ އަނގޮއްޓިއެއް އަޅުވަދޭށޭތަ؟ ” ނާއިޒް ދިމާކޮއްލަމުން ބުނެލިއެވެ. ޖިޔާ ނާއިޒްގެ ބަނޑުގައި ވިކާލިއެވެ.

” އައި ލަވްޔޫ.. ސޯ….؟..” ޖިޔާ ބަލާލި އިރު ނާއިޒް ވަރަށް ލޯބި ރިންގެއް ޖިޔާގެ މޫނާއި ގާތްކޮއްލަމުން ފަހަތުން ބައްދާލިއެވެ. ޖިޔާ އުފަލުން ގޮސް މޫނުގައި އަތް އެޅުމާއި އެކު ނާއިޒް ޖިޔާގެ އަތް ނަގާ ރިންގް އަޅުވާލަދިނެވެ. އޭރު އަނދިރިކޮއްލާފައިވާ އޯޑިއެންސުން މީހުންގެ މަޖަލުގެ އަޑު އިވެމުންދެއެވެ.

ޔަޝްމީ އާޢި ނިކް ދެމީހުންގެ މޫނަށް ބަލަމުން ދިޔައެވެ. މަޑުމަޑުން ޔަޝްމީ ސްޓޭޖުން ފައިބައިގެން އައިސް ޖިޔާގެ ގާތު ހުއްޓުމާއި އެކު ޖިޔާ ޔަޝްމީގެ ގައިގައި އޮޅުލައިގަތެވެ.

” ކޮންގްރާ “

” ތޭންކްސް ……” ޔަޝްމީވެސް ވާހަކަ ދެއްކީ އަޑުގެ ކޮޅަށެވެ. ޖިޔާ އާޢި ނާއިޒް އަދި ޔަޝްމީ ހިނގައިގަތީ ސްޓޭޖްގެ ބެކާއި ދިމާއަށެވެ. އޭރު ނިކް ހުރީ އިންތިޒާރުގައެވެ.

ޔަޝްމީ ނިކްއަށް ނާއިޒް އާއި ޖިޔާ އިންޓްރޮޑިއުސް ކޮއްދިނެވެ. ނިކް އެމީހުންނާއި ސަލާމްކޮއްލިއެވެ.

” ކޮންދުވަހަކުން ވެޑިންގ އޮތީ……….؟” ނާއިޒް އަހާލިއެވެ. ނިކް ބަލާލީ ޔަޝްމީޢަށެވެ. ޔަޝްމީ ލަދުން އިސްޖެހިއެވެ.

” ދެން ޔަޝް ބޭނުންވެގެން ބުނި ދުވަހަކުން ކުރާނީ…. ” ނިކް ހީގަންނަމުން ބުނެލިއެވެ. އެވަގުތު ޖިޔާވެސް ހެމުން ހެމުން ނާއިޒްއަށް ބަލާލިއެވެ.

” ނިކް… ހަނދާން ނެތިފައޭ މިހުރީ.. މަގޭ ޖީބަށް ޖަހާފަ މިއޮތީ މީހަކު ނިކްއަށް ދޭށޭ ކިޔާފަ ދިން ސިޓީ އުރައެއް،،، ” ޖީންސްގެ ފަހަތު ޖީބުގައި އަތްލަމުން ނާއިޒް ބުނެލިއެވެ. ނިކް ހައިރާންކަމާއި އެކު ބަލާލިއެވެ.

” ކާކު ދިނީ؟ ” ނިކް އެހެން އަހަމުން އޭގައި ހިފިއެވެ. އެވަގުތު އެ ނުބަލާންވެގެން ނިކްވެސް ޖެކެޓް ޖީބަށް ސިޓީއުރަލިއެވެ.

” ނޭނގެ… މުސްކުޅި ބޭބެއެއް…” ނާއިޒް ކޮނޑުއަރުވާލިއެވެ.

” ދެން ކޮންދުވަހަކުންތަ އަހަރެމެން މާލެދަނީ ؟’ ޖިޔާ އެހިއެވެ.

” ބޭނުން ދުވަހެއް ވަންދެން ތިބެންވީ.. ނާއިޒްއަށް ވަކި ރޫމެއް.. ދެން ޔަޝް އެންޑް ޖިޔާއަށް ވަކި ރޫމެއް… ” ނިކްގެ ރަނގަޅުކަމާއި މެދު ޖިޔާ ހައިރާންވިއެވެ.

” ރަނގަޅު ޅިޔަނެއްތާ ދޯ..” ޔަޝްމީއަށް ލޯ އަޅާލަމުން ޖިޔާ ބުނެލިއެވެ. ނިކް ޔަޝްމީގެ ކޮނޑުގައި އެއްއަތް ޖައްސާލުމަށްފަހު އޭނާ އާޢި ގާތަށް ދަމާލިއެވެ.

” ގޮތްދޫނުކޮށް ހުރީއެއްނު.. އެހެން ނޫންނަމަ އަހަރެންގެ އަތްބަކަށް ވެފަ ހުންނާނެ ތާ ކޮންދުވަހެއް…” ނިކްގެ އެސަމާސާ އިން ޔަޝްމީ ލަދުގަތެވެ.

************************

އެރޭގެ ކެއުމަށްފަހު ދެ ޖޯޑު ވަކިވިއެވެ. ނާއިޒް އާއި ޖިޔާ އެތައް ދުވަހަކަށްފަހު ފެނުމުން ދެމީހުންވެސް ތިބީ އެކަކު އަނެކަކުގެ ވާހަކަތައް ޝެއަރ ކުރާހިތުންނެވެ. ނާއިޒް ބޭނުނަވަނީ ޖިޔާ އާޢި ކުޑަކޮށް ގާތްވެލާށެވެ.

” ކުރުކުރުކޮށް އިސްތަށުގަނޑު ކޮށާލީމަ ޖިޔާ އާޢި ވަރަށް ގުޅޭ އިނގޭ./..” ނާއިޒް ޖިޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

” އެނގޭތަ އަހަރެމެން ސީޑީ ލޯންޗް ކުރި ރޭ ހާދަ މަޖަލޭ….” ޖިޔާ ހެމުން ހެމުން ބުނެލިއެވެ. ނާއިޒް ޖިޔާގެ އަތްމަތީ އަތް ބާއްވާލިއެވެ. އެދެމީހުން ތިބީ ހުދު ދޮންވެލިގަނޑުމަތީގައެވެ. ގަސްތަކު ތެރޭގައި ދިއްލާފައިވާ ބޮކިދަނޑިތަކުން ފުރޭނިގެން އައިސްފައިވާ އަލިން ކޮންމެވެސް ވަރަކަށް އަލިކަން އެހިސާބަށް ފޯރައެވެ.

ޖިޔާ އަޅާވެސް ނުލައެވެ. ނާއިޒް ޖިޔާގެ އަތްނަގާ އޭނާގެ މޭގައި ޖައްސާލިއެވެ.

” ހޫމް ދެން… އިނގޭތަ އަހަރެމެންނަށް ލިބުނު ވަރަށް ގިނަ ރުފިޔާވެސް…” އަތް ދަމައިގަންނަމުން ޖިޔާ ބުނެލިއެވެ. އެއްގޮތަކަށްވެސް ނާއިޒްއަށް ވަގުތުކޮޅެއް ނުދެއެވެ. ނާއިޒް މަޑުމަޑުން ޖިޔާގެ ކޮނޑުގައި އަތްޖައްސާލިއެވެ.

” އަހަރެންނާ ޔަޝް އުޅުނީ އަބަދުވެސް އެއްކޮށް.. އެންމެ ފަހުން އަހަރެމެން ދެމީހުންނަށް ރޫމެއްވެސް ލިބުނީ.. ވަރަށް ސަޅިދެން/.. އަދި ނިކް އައިސް އެރޭ ޔަޝްގެ ކުރިމަތީގައި ހުރެގެން ލަވަކީ އިރު ވަރަށް ނައިސް.. ވަރަށް މަޖާ އެރޭ.. ދެރަވެސް ވި…”

 ޖިޔާ އަނގަ ނުހުއްޓުމުން ނާއިޒް ޖިޔާގެ ދަތްދޮޅީގައި ހިފާ އޭނާ އާޢި މޫނު ގާތްކޮއްލިއެވެ. ޖިޔާއަށް ނާއިޒްއަށް ބަލާލެވުނެވެ. ނާއިޒް މަޑުމަޑުން ޖިޔާގެ މޫނުގައި މޫނު ޖައްސާލިއެވެ. އަދި މަސްތީގޮތަކަށް ބުނެލިއެވެ.

” ޕްލީޒް.. ވާހަކަ ނުދައްކާ މަޑުކޮއްލަބަ…. ” ނާއިޒް މިފަހަރު ޖިޔާ ހުއްޓުވައިފިއެވެ. ނާއިޒް ޖިޔާގެ މޫނުގައި މޫނު ޖައްސާލައިގެން ހުރެ ޖިޔާގެ ދެއަތުގައި ހިފާ އޭނާގެ އުނަގަނޑުގައި ބަނދެލުވިއެވެ. ޖިޔާ ދެލޯ މަރާލިއެވެ.

ޔަޝްމީ އާޢި ނިކްގެ ޙާލަކީ ތޯއެވެ. ދެމީހުން އެކަކު އަނެކަކު އަނގައިން ބަހެއް ނުބުނެ ތިއްބެވެ. އެކަކު ބަލާއިރު އަނެކަކު އިސްޖަހާލައެވެ.

” ޔަޝް………” ނިކް ގޮވާލިއެވެ. ޔަޝްމީ ބަލާލިއެވެ. ނިކް ބުނަން އެ އުޅޭ އެއްޗެއް ނޭނގޭތީއެވެ. ދެމީހުން ތިބީ ބޭރުގައި ހުރި މޭޒެއްގެ ކައިރީގައެވެ.

“ހޫމް…” މަޑުމަޑުން ޔަޝްމީ ހޫމް އަޅުވާލިއެވެ.

” މަތި ބަލާލަބަލަ! ” ނިކް އެހެން ބުނުމުން ކުޑަކޮށް ހީލުމަށްފަހު ޔަޝްމީ ބަލާލީ މައްޗަށެވެ. އޭރު ހުޅެވިހަނދު ހުރީ ޔަޝްމީގެ މޫނަށް ބަލާފަދަ ގޮތަކަށް އެދިމާ މަތީގައެވެ.

” އެ ހަނދަށްވުރެން މިރޭ ޔަޝް މާ ބޮޑަށްވެސް ފުރިހަމަ… ” އެ ޖުމުލައިން ޔަޝްމީ ނިކްއަށް ބަލާލިއެވެ. އޭނާގެ ތުންފަތުގައި ދަތްއަޅާލިއެވެ.

” ދެން ތިވަރަށް ތައުރީފް ނުކުރޭ!! ” ޔަޝްމީ އިސްޖަލިއެވެ.

” އަހަރެން އިންތިޒާރުކުރަމުން މިދަނީ ޔަޝް އަހަރެންގެ ވައިފްއަށް ވާނެ ދުވަހަކަށް..”

” އަހަރެންވެސް ބޭނުން ވީހާވެސް އަވަހަކަށް މެރީ ކުރަން…” ޔަޝްމީއެހެން ބުނެވުނީތީ އޭނާ އަނެއްކާވެސް ލަދުގަތެވެ.

ނިކް ހީލިއެވެ. އަދި ތެދުވެގެން ގޮސް ޔަޝްމީ އާއި ދާދި ގާތުގއި ހުއްޓުމުން ޔަޝްމީ އިސް އުފުލާ ބަލާލިއެވެ.

ނިކް ޔަޝްމީގެ ބޮލުގައި ދެއަތުން ހިފަހައްޓާލުމަށްފަހު އޭނާގެ ގައިގައި ޖައްސާލިއެވެ.

” ތޭންކްޔޫ ސޯމަޗް.. އަހރެން ވީހާވެސް އަވަހަކަށް މެރީގެ ކަންތައް ނިންމާލެވޭތޯ ބަލާނަން…” ޔަޝްމީ ނިކްގެ އަތަށް ބޮސްދިނެވެ.

*************************

ކޮޓަރިއަށްވަނުމަށްފަހު ނިކް ޖެކެޓް ބޭލިއެވެ. އެވަގުތު އޭގެން ވެއްޓުނު ސިޓީ އުރަ ފެނުމުން ނިކް އަވަސް އަވަހަށް އެ ނެގިއެވެ. އެއަށްފަހު އޭނާ އެނދުމަތީ އިށީނދެލިއެވެ. ނުވިސްނޭފަދަ ގޮތަކަށް ބަލާލުމަށްފަހު އެ ސިޓީ އުރަ ކަނޑާލިއެވެ. ފަތްޖަހާފައިވާ ކަރުދާސްތައް ނިއުޅާލަމުން ނިކް ހަމަޖެހިލިއެވެ. ވަކިވަކިން ހުރިހާ ކަރުދާސްތަކެއް ބެލުމަށްފަހު ނިކްއަށް ކޮޅަށް ތެދުވެވުނެވެ. އޭނާއަތުން އެ އެއްޗެހި ދޫވެގެން ވެއްޓުނެވެ. ނިކް މާނޭވާއެއް ދޫކޮއްލުމަށްފަހު އެނދުގައި ޖައްސާލިއެވެ.

*********************

ހެނދުނު އަށެއް ޖެހި އިރު ޔަޝްމީ މެން ފުރަން ނުކުމެ ތިއްބެވެ.

” އަހަރެންވެސް ދާނަން،،، ” ނިކް ލޯންޗަށް އެރިއެވެ. އެ މީހުން މާލެ ދިޔުމަށް ނައްޓާލުމާއި އެކު ނިކްގެ މޫނުމަތިން އުދާސްކަމެއް ވެރިވެފައި ހުރިކަން ޔަޝްމީ ފާހަގަކުރިއެވެ.

*************

އިމްރާންގެ ބޮޑުދައިތަ ގެއަށް އައި އިރު އިމްރާން އޮތީ ޖޯލީގައެވެ.

” ދަރިފުޅާ.. ހަވާދު ދަވާ ނިމިއްޖެ.. ވަފާގެ އާޢިލާ މީހުން ކައިވެންޏަށް ހާދަ ތައްޔާރީ އެކޭ އެވަނީ.. ދަރިފުޅު ކިހާވަރަކަށް ފައިސާ ދިނިންތަ؟ “

” ދިނިން ދިހަވަރަކަށް ހާސްރުފިޔާ! އަހަރެން މި ވިސްނަނީ ކައިވެނި ކޮށްގެން މާލެ ބަދަލުވާން.. ބޮޑުދައިތަވެސް ގޮވައިގެން…” އިމްރާން އެހެން ބުނުމުން ބޮޑުދައިތަ ޖޯލިން ތެދުވިއެވެ.

” ނޫނޭ ދަރިފުޅާ… ދަރިފުޅުމެންދޭ.. ބޮޑުދައިތަ ހުންނާނީ މިގޭގަ… މިރަށުގަ… ” އިމްރާން ހޭންފެށިއެވެ. ބޮޑުދައިތަ އިމްރާންގެ ކަންފަތުގައި ހިފާލަމުން ހިނގައިގަތެވެ.

” އަމަލެއް ހުންނަ ސޮރެކޭ މީ… މަގޭ އަނގަ ގޮއްވަން އަބަދުވެސް އުޅޭނީ..” ކުނޑި ކިޔަމުން އޭނާ ދެއެވެ.

*****************

 ނިކް އާއި ޔަޝްމީ ހުރީ ނިކްމެންގޭ ދޮރުމަތީގައެވެ.

 ” ކިއްވެ މިގެއަށް ތި ގެނައީ… އަހަރެން ބިރުގަނޭ ނިކްގެ މަންމަ ދެކެ..” ޔަޝްމީ ނިކްގެ އަތުގައި ހިފިއެވެ.

ނިކް ޔަޝްމީގެ އަތުގައި ހިފައިގެން ގެއަށް ވަނުމަށް ބެލް ޖެހިއެވެ. ވަރަށް އިރުވީފަހުން ދޮރުހުޅުވާލީ ފިރެހެނެކެވެ. އޭނާގެ ދެލޯ ވަނީ މެރިފައެވެ. ގޭތެރެއިން ޒާތެއްގެ ނުބައި ވަހެއް ދުވައެވެ. ޔަޝްމީ އޯކާދެމެން ފެށުމުން ނިކް ބަލާލިއެވެ. އޭރު މޭޒުކައިރިއަށް ހޮޑުލައިފައި ވެއެވެ. ދޮރު ހުޅުވި މީހާ އެއްލެމުން ހޫރެމުން ގޮސް ސޯފާއަށް ވެއްޓުނެވެ. މޭޒުމަތީގައި ކަނޑާފައި ހުރި ބިޔަރު ދަޅުތަކެއް ހުއްޓެވެ. ވިސްކީ ފުޅިތައްވެސް ހުރީ ހުސްކޮއްފައެވެ، ނިކް ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނާ އަނދަމުންދާ ފަދައިން ސިޑިން މައްޗަށް އަރަން ފެށިއެވެ.

” ޔަޝް! އާދޭ އަހަންނާއެކު… ތިތާ އޮތް މީހާ ކަމެއްވެސް ކޮއްފާނެ..”

 ނިކް އެހެންގޮވާލުމުން އެމީހާއަށް ބަލަމުން ޔަޝްމީވެސް ނިކް އާއި އެކު މައްޗަށް އަރަންފެށިއެވެ. އެގޭގެ ރީތިކަންވަނީ ގެއްލިފައެވެ. ނިކް އަވަސް އަވަހަށް މައްޗަށް އެރި އިރު ޝަކީލާ އާއި އެހެން ބައެއްގެ ހުނުމުގެ އަޑު އިވެމުންދެއެވެ. އޭނާ ދިޔަ ބާރުމިނުގައި ހުޅުވިފައިވާ ދޮރުފަތް އެއްކޮށް ހުޅުވާލިއެވެ. ފެނުނު މަންޒަރުން ނިކް ވެސް ޔަޝްމީވެސް ލަދުން އެނބުރެން ޖެހުނީ އަނެއްފަރާތަށެވެ. މަސާޖްޕާލާއެއް ހުޅުވައިގެން އެކަމުގައި ދެޖީންސްގެ މީހުން މަސްހުނިވެގެން ތިއްބެވެ. ނިކް އަވަސް އަވަހަށް ގުޅީ ޕޮލިސް ސްޓޭޝަނަށެވެ.

ބައިގަޑި އިރު ވީ އިރުވެސް އެމީހުންނަށް ގެއަށް ބަޔަކު ވަތްކަމެއްވެސް ނޭނގެއެވެ. ޕޮލިހުން އައި ގޮތަށް އައިސް ސިޓިންގ ރޫމުގައި އޮތް މީހާ އެރެސްޓް ކުރުމަށްފަހު މަސާޖު ކުރަން ތިބި ކޮޓަރިއަށްވަނެވެ. ޕޮލިހުން ފެނުމާޢި އެކު ޝަކީލާ ކޮޅަށް ޖެހުނެވެ. ހުރިހާ އެންމެން ގައިމަތީގައި ބެޑްޝީޓްއެޅިއެވެ.

” މަގޭ ގެއަށް ވަނުމުގެ ހުއްދަ ދިނީ ކާކު؟ ” ހަރުއަޑުން ޝަކީލާ ޕޮލިހުންނާއި ދިމާއަށް ބުނެލިއެވެ. އެވަގުތު ނިކް ކުރިއަށް ޖެހިލިއެވެ. އަދި އަތުގައިވާ ކަރުދާސްތައް ދައްކާލަމުން ބުނެލިއެވެ.

” މިއީ މަގޭ ގެއެއް… !! ޕޮލިހުން ގެނައީވެސް އަހަރެން..” އޭރު އެންމެންގެ އަތުގައި ބިޑިއަޅުވަމުން ޕޮލިހުން އުޅެއެވެ. ޝަކީލާ ރޯވެގަތެވެ. އޭނާ ނިކްގައިގައި ޖަހަން މަޅާލި އަތުގައި ނިކް ހިފިއެވެ.

” ތީ މަށާ ގުޅުން ހުރި މީހެއްވެސް ނޫން.. ޕޮލިސް ސްޓޭޝަނަށް ދޭ ފުލުހުންނާއި އެކު.. މި ހުރިހާ ދުވަހަކު އަހަރެންނަށް ސިއްރުން ހުރިހާ އެއްޗެއް ވެރިކޮއްގެން ހުރީ… މިޔަދު މަށަށް ހަޤީޤަތް ސާފުވެއްޖެ! ގެޓް ލޮސްޓް! ” ނިކް ޝަކީލާގެ އަތް ބާރަށް ދޫކޮއްލަމުން ފުރަގަސްދިނެވެ. ފުލުހުން އެމީހުން ގޮވައިގެން ގޮސް ޖިޕަށް އެރުވިއެވެ.

ނިކް އާއި ޔަޝްމީ ސިޓިންގ ރޫމުގައި ތިއްބާ މޫސަބޭ އައިސް ވަނެވެ. މޫސަބޭ ފެނުމާއި އެކު ނިކް ބާރުބާރަށް ގޮސް މޫސަބޭ ކައިރީ ހުއްޓުނެވެ.

” މޫސަބޭ ކިހިނެތް؟ “

” ދަރިފުޅާ ނިކާލް…. މީގެ ތިންދުވަސް ކުރިން ފެށިގެން މޫސަބޭ ކޮއްކޮ ހޯދަން އުޅުނިން… އެންމެ ފަހުން އެ ކަރުދާސްތައް މީހަކު އަތަށްދީފަ ރިސޯޓަށް ފޮނުވާލީ ރޭގަ.. މިޔަދު ހެނދުނުއްސުރެން މި ބަލަނީ ކޮއްކޮ އާދޭތޯ… އެ ލިބުނިއްޔާ އަންނާނެކަން އެނގޭ…” މޫސަބޭގެ ޖުމުލައިން އެ ހެޔޮ ކަންތައް ކޮއްދިނީ މޫސަބޭކަން ނިކްއަށް އެނގުނެވެ.

” އަހަރެން ބުނެފިއްޔާ މަރާލާނެކަމުގެ އިންޒާރު ދީފަ އޮންނާތީ މަސާޖުޕާލާ ހުޅުވިކަން ސިއްރުކޮއްފަ ބޭއްވީ…ކޮއްކޮ ދިޔަފަހުން މިގެއަކީ ނާސި ގެއެއް.. ރާބޮއި ކަންތައްކުރަނީ… އަހަރެން ހުރީ މިގެއަށް ނާންނަން ވެގެން.. އެކަމަކު ރުފިޔާކޮޅެއްވެސް ލިބެނީ އައިސްގެން.. އެދުވަހު އަހަރެން ޝަކީލާގެ ކޮޓަރި ސާފުކުރަނިކޮށް ފެނުނު ކަރުދާސްތަކެއް އެއީ…… ” މޫސަބެ ވާހަކަ ދެއްކުމުން ނިކް މޫސަބެގެ ކޮނޑުގައި އަތްލިއެވެ.

” އަހަރެން ދުވަހަކުވެސް މޫސަބޭ ދުރެއް ނުކުރާނަން… މޫސަބޭ އުޅޭނީ މިގޭގަ … ” ނިކްގެ ހިތް ހެޔޮ އަމަލްތައް ފެނި ޔަޝްމީގެ ހިތް އިތުރަށް އުފަލުން ފުރުނެވެ،އެދުވަހު ނިކް އެގެއިން ނުކުމެގެން ދިޔައީ އެކި ތަންތަނަށް ގުޅައިގެން ވަރަށް ގިނަ މަސައްކަތު ބަޔަކު ހޯދާ ގެ ސާފުކުރުމަށް އަންގާފައެވެ.

***************************

އެރޭގެ ވަގުތެވެ. ރުކެއްގައި އަތް ޖައްސާލައިގެން އިމްރާން ހުއްޓެވެ. އިސްޖަހާލައިގެން އިމްރާންގެ ފަހަތުގައި ވަފާ ހުއްޓެވެ. ދެމީހުންގެ މޫނުމަތިންވެސް މާޔޫސްކަން ވެރިވެފައިވެއެވެ.

” އަހަންނަށް ހީވާ އެއްޗެކޭ މިބުނަނީ…..” ބެދިފައިވާ އަޑުން ވަފާ ބުނެލިއެވެ. އިމްރާން ފަސްއެނބުރި ބަލާލިއެވެ.

” ކިތައް ކިތައް ފަހަރުތަ އަހަރެން ވަފާ ގާތު ބުނާނީ އަހަރެން ޔަޝްމީ ދެކެ ލޯތްބެއް ނުވަމޭ! މާދަމާ ކައިވެނި ކުރަންވީ… އަދިވެސް ތި ޝަކުވާ ކުރުން ހުއްޓައެއް ނުލެވެއެއްނު.. ދެން އިނީމަ ތިގޮތަށް ޝަކުވާ ކުރަންޏާ އަހަރެން ފޫހިވެދާނެ…. ” އިމްރާންގެ އަޑުގައި މަޑުމައިތިރިކަން އެކުލެވިގެން ވެއެވެ. ވަފާ ދެލޮލުން ކަރުނަ ފޮހެލަމުން އިމްރާންއާއި ދާދި ގާތަށް ޖެހިލިއެވެ.

” ޔަޝްމީ ކިހާ ރީތި.. އަހަންނަށްވުރެން މާ ރީތި.. އޭނަ ލައިގެން ހުރީވެސް ވަރަށް ރީތި ހެދުމެއް. އިމްރާން ލޯބިވި ޔަޝްމީއަކީ އަހަންނަށްވުރެން އެތައް ގޮތަކަށް ރީތި ކުއްޖެއްވީމަ އަހަރެން ކިހިނެތް ގަބޫލުކުރާނީ އަހަރެންދެކެ އެހާ ލޯބިވާކަމަށް….” ވަފާ ދެރަވެފައި އެހެން ބުނުމަށްފަހު ކަރުގައި އަޅާފައި އޮތް ކަޅުކުލައިގެ ރީތި ދޯޕައްޓާ އެއްވަރުކޮއްލިއެވެ. އިމްރާން ވަފާއަށް ބަލަން ހުއްޓެވެ. ވަފާހިތައް އަރަނީ ކީކޭކަން އިމްރާނަށް އެނގިއްޖެއެވެ އޭނާއަށް ވުރެން ޔަޝްމީ ރީއްޗޭ ބުނެ އޭނާ އަމިއްލައަށް ދުރުވާން މަސައްކަތްކުރަނީއެވެ. އިމްރާން ވަފާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

” އަހަރެން ލޯބިވަނީ މީހާގެ ސިފައަށް ބަލާފައެއްނޫން… އަހަރެން ލޯބިވަނީ ހިތުން.. އަހަރެން މިރަށަށް އައި ފަހުން ކިތަންމެ އަންހެން ކުއްޖަކު ދެކެން.. އެކަމަކު އެ ހުރހާ ކުދިންގެތެރެއިންވެސް ވަފާ ޗޫސް މިކުރީ ވަފާ ރީތިވީމަ.. ޔަޝްމީ މެން އެ ލާ ކުރު ހެދުންތަކަށްވުރެން އަހަންނަށް މާ ރީތި ވަފާ ލަމުންދާ ދޯޕައްޓާ ހެދުންތައް.. އަހަންނަށް ތި ސްޓައިލް ވަރަށް ކަމުދޭ.. ވަރަށް ރީތި.. އަދި އަހަރެން ވަފާދެކެ މިހާރު އިންތިހާއަށް ލޯބިވަން… ” އިމްރާން އެހާ ސީރިއަސްކޮށް އެހެން ބުނުމުން ވަފާ އިމްރާންގެ ގައިގައި ބައްދާލިއެވެ.

” ސޮރީ….. ވަރަށް ބޮޑަށް ..” ވަފާ އިމްރާންގެ މޭމަތީގައި ލައްވެގެން ހުރެ ބުނެލިއެވެ.

*****************

މެންދުރުގެ ވަގުތެވެ. އޮރެންޖް ކުލައިގެ ޕާކިސްތާނު ހެދުމެއްގައި ހުރި ޔަޝްމީ ނިކްގެ އަތުގައި ހިފައިގެން ކޯޓުން ނުކުތެވެ. ކައިވެނި ކޮއްގެން ނުކުތުމާޢި އެކު ނޫސްވެރިންތައް އެއްވިއެވެ. ނިކް އެމީހުންނާއި ވާހަކަ ދައްކާލަން ބޭނުންވި ނަމަވެސް ޔަޝްމީ ލަދުން ހުރުމުން ނިކް މީޑިޔާއަށް ފުރުސަތު ދިނުމެއްނެތި ޖިޔާމެން ތިބި ކާރަށް އަރައިގެން ދުއްވާލިއެވެ.

” މަޝްހޫރު މީހުންނާއި އިނީމަ ވާނެ ތިހެން….” ޖިޔާ ދިމާކޮއްލިއެވެ. ނާއިޒް ކައިރީގައި އިނދެއެވެ. ފަހަތު ޝީޓްގައި ތިބި ް ޔަޝްމީ އާޢި ނިކް ތިބީ ވަރަށް އުފަލުންނެވެ. އެކަކު އަނެކަކަށް ބަލަބަލަ ހިނިތުންވަމުންނެވެ.

” ދެން ކުރަންވީނު މެރިޑް ކިސް…..” ނާއިޒް ދިމާކޮއްލިއެވެ. އަދި އެމީހުންނާއި ދިމާއަށް ލޯގަނޑު އަނބުރާލުމުން އެންމެން ހޭންފެށިއެވެ. ކާރު ގޮސް ހުއްޓާލީ ޓީ ޖެޓީއަށެވެ. ޔަޝްމީ ހުރީ ހިނިތުންވެފައެވެ.

ޔަޝްމީގެ ފޮއްޓާއި އެހެނިހެން ސާމާނު ޑިކީން ނެގުމަށްފަހު ލޯންޗަށް އެރުވިއެވެ. ޖިޔާ ހުރީ ޔަޝްމީގެ އަތުގައި ހިފައިގެންނެވެ.

” ހިނގާ އަރަން ދާން…” ނިކް އައިސް ބުނެލިއެވެ.

” ވަރަށް މިސްވާނެ…. ” ޖިޔާގެ ކޮލުގައި ހިފާލަމުން ޔަޝްމީ ބުނެލިއެވެ. އެވަގުތު ނާއިޒްއައިސް ޖިޔާގެ އަތުގައި ހިފިއެވެ.

” ޔަޝް… ދެން ޖިޔާ އެކަނި ވާނެޔޭ ހީނުކުރައްޗޭ.. މިފަހަރު ޗުއްޓީ ނިންމާލާފަ އަހަރެން ދާނީ ޖިޔާ ގޮވައިގެން….” އެ ޖުމުލައިން ޖިޔާއަށް ބަލާލެވުނީ ނާއިޒް އާއި ދިމާއަށެވެ. ނާއިޒް އާނއެކޭ ބުނާފަދަ ގޮތަކަށް ލޯ މަރާލިއެވެ.އަދި ބޯހަލުވާލިއެވެ.

ޔަޝްމީ ލޯންޗަށް އެރިއެވެ. ޖިޔާ އާޢި ނާއިޒްވެސް ކާރަށް އަރަން އެނބުރުނެވެ.

************************

ކައިވެނި ޕާރޓީ ނިންމާލުމަށްފަހު ކޮޅަށް ހުރެ ހުރެ ވަރުބަލިވެފައިވާ ވަފާ އައިސް އިށީނެވެ.

” ދަރިފުޅާ ދެން މިތަނުން އެއްޗެއް ކާލައިގެން ދޭ ގޭދަށަށް އިމްރާން އާއި އެކު.. މަންމަ މެންނަށް ދެވޭނެ އިރެއްވެސް ނޭނގެ…” ވަފާގެ މަންމަ އެހެން ބުނުމާއި އެކު އިމްރާން އައިސް ހުއްޓުނެވެ. ” ކާން ހަދައި ދީބަލަ ބޮޑުދައިތާ…”

އިމްރާން އެހެން ބުނުމާޢި އެކު ހުރިހާ އަންހެން ވެރިން ހަޅޭއްލަވައިގަތެވެ.

” ޙޭ ހޭ ބަލަ ބަލަ އިމްރާން…. މި އިނދެފެންނަނީ އަނބިގޮއްޔެ! ދެން ނުޖެހޭނެ ބޮޑުދައިތާ އެތަން މޮޑެދީ މިތަން މޮޑެދީ މިވެނި އެއްޗެއް ހަދައިދީ،،،، އެހެން ކިޔާކަށް.. ގޮއްޔެ ކައިރީގައި ބުނެބަލަ ކާންހަދަން.. ބަލަގަ އެކޮއި މީހަކާ އިނީ ބުދެއްހެން މިކޮޔަށް ބަލަން އިންނަން ވެގެންތަ؟ ހުރޭ މިފަހަރު ހަމަ ތަށިދޮންނަ ފެން އެތި އޮއްސާލާނީ…. ” އަންހެން ވެރިން އިމްރާން ލަދުގަންނަވާލިއެވެ. އެވަރު ނުވެގެން ތަށިދޮވެފައި ހުރި ހަޑިފެން އެތި ބަލާ ދިޔުމުން އިމްރާން ވަފާގެ އަތުގައި ހިފައިން ދުއްވައިގަތެވެ.

” އަޅެ ދޯ…. އެދަރިމެން އެ ދިޔައީ އެއްޗެއް ކައިވެސް ނުލާ… މި އެއްޗެހިން ތަށިވަރެއް ނަގާބަލަ އެދަރިމެންނަށް…” ބޮޑުދައިތަ ބުނެލިއެވެ. އެވަގުތު އެތަނުން މީހަކު ބުނެފިއެވެ.

” ކަލޭނެދޯ… އެކުދިން މިރޭ އެއްޗެއް ކައި އަވަދި ވާނެތަ؟ އެކުދިން މިރޭ ދިރުވާނެ ފެންފޮދެއް ނުހުންނާނެ ތިގޭ ތާނގީގައެއް…”  އެހެން ބުނުމާއި އެކު އެހެން މީހަކު ބުނެލިއެވެ.

” މިރޭ މަގޭ ހަނދާންވަނީ މަގޭ އަދުނާނާ އިނދެގެން އައި ރޭ މަތިން.. ހަރާންވާނެ އަލިކަމެއްވެސް.. ފުޅިބައްތި އަލި ހުންނަނީ…” އެއަޑަށް ތަށި ދޮންނަން އިން ޅަވަރެއްގެ އަންހެން ގޮއްޔެއް ހޭންފަށާފައި ބުނެލިއެވެ.

” ހަރީރައްތަ މެން ކައިވެނި ސަޔަށް ހެދީ ކޯޢްޗެއްތަ؟ “

” ހޫމް… އޭރު ނޯންނާނެ އެއްވެސް ސައެއް،،، މިހާރުގެ ކުދިންނޭ މިއުޅެނީ މާ ފެންމައްޗަށް އަރައިގެން.. އަޅެ ބުރަކަމެއް މީ… ” އޭނާ ދުފާ އެތިގަނޑެއް އަނގަޔަށް ލަމުން ބުނެލިއެވެ.

އަންހެން ވެރިން މަސައްކަތު އުޅެއެވެ. ތަށިތައް ދޮވެ ކަންތައް ކުރާށެވެ. އޭރު ގަޑިން އެގާރަވެސް ޖަހައިފިއެވެ. ނަމަވެސް އަވައްޓެރިންނަށް ކަންކަމު ޖެހުމުން ފުއްދައި ދިނުމަކީ ރީތި އާދައެއް ކަމުން ރަށްފުށުގައި އެއީ އާއްމުކަމެކެވެ.

” މަންޖެ ހާލިދާ! ތިޔާގެ ލުބުނާ މީހަކާ އިންނާކަށް ނޫޅޭތަ؟ ” އެތަނުން މީހަކު އެއްސެވެ.

” ނޫނޭ ވަލީދާ! މިހާރު އެގޮއްޔަ އެ އިނީ ތިންވަނަ މީހަޔާ.. އެކޮއި އަޑެއް ނާހަމުތަ؟ އެގޮއްޔައަށް އެހުރީ މީހަކު ފަންޑިތަ ހަދާފަ.. އަހަނ އެހެންޏާ ފަހެ، ދިރިއުޅުމެއް ލިބެނީކީ ނޫން… އަހަރެން މި ބުނަނީ އެ ނުވާނެޔޭ އާދަމްމަނިކު ނޫން މީހެއްގެ ކަމަކަށް.. ” ހާލިދާ އޯމޯ ޕަކެޓް ކަނޑާލަމުން ބުނެލިއެވެ. ޖެހިގެން ހުރި މީހާ އިތުރު ކޮއްލިއެވެ.

” އާނ އެއީ ވަރަށް ޒާތެއްގެ މީހެއް.. ނުބައިކަން ހުންނާނެ….”

” ސާބަސް ސާބަސް… މި އަންހެން ވެރިން އެއްވެއްޖެއްޔާ މީހުންގެ ވާހަކަ ދެއްކުން ނޫން ކަމެއް ނުކުރާނެ… ތި މަސައްކަތް އަވަސް ވަނީތަ އަޅެ ފަހެ…” މުޖީބު އައިސް ހުއްޓުނެވެ. އެއީވެސް އަވައްޓެރިއެކެވެ.

” މި އަންހެނުން ފަލަވަނީވެސް އެހެންވެ އޭ.. މީހުންގެ މަސް ކައިކައި މި ތިބެނީ ދެފަރާތުން މަސްތައް ސޮހިފަ… މިތާ އެބަހުރިތަ މިއޭ ބުނާނެ އެކަތިވެސް..”

އެންމެން މުޖީބަށް ލޯ އަޅާލިއެވެ.

” ރީއްޗެއްނު އެހެން ކިޔަން.. ކަލޭމެން އޮޑިދޯނި ފަހަރުގަވެސް މުޅިން ދައްކަނީ މީހުންގެ ވާހަކަ.. އަދި އަންހެން ވެރިންނޭ ކިޔައެއްނު..” ވަލީދާ ތެދުވެލާފައި ބުނެލިއެވެ. މުޖީބު ވަރަށް ގަޔާވެއްޖެއެވެ. މި ގުރޫޕް އަނގަ ގޮއްވާލާ ހިތްވިއެވެ.

” އަހަރެމެން ނުތިބޭނެ ތިހެން ޗޮހެއް ހެނެއް…ފަރާތް ފަރާތުން ތަށިބަރިތަކެއްހެން މަސްތައް ފައިބައިފައެއް…”

 މުޖީބު އެހެން ބުނުމާއި އެކު އަންހެން ވެރީންތައް ހަޅޭއްފަޅޭއް ޖަހައިގަތީނުން އޭނާ ފޮނުވާލިއެވެ.

********************

އިމްރާން އާޢި ވަފާ ހުރީ ވަރުބަލިވެފައެވެ.

” ވަރަށް ބަލިވެއްޖެ! ” ވަފާ މާނޭވާލަމުން  އިމްރާންއަށް ބަލާލިއެވެ

” ދެން ހިނގާ ނިދަން ދޯ…” އިމްރާން އަވަސް އަވަހަށް ބުނެލިއެވެ.

” އިމޫ.. ރަނާ ހުރީ ވަރަށް ދެރަވެފަދޯ.. ފާރިޝްއަށް ވެޑިންގ އަށް ނާދެވުނިއްޔޭ.. ވަރަށް ފާޑުފާޑު އެއްޗެހި ކީ ގުޅައިގެންވެސް..” އިމްރާން ކޮޓަރިއަށްވަދެ ހޫނުވެފައި ވާވަރުން ފަންކާ ޖަހާލިއެވެ. އެވަގުތު ފަންކާ މަތީގައި ހުރި ފާ އަހިތައް އެތަން މިތަނަށް ބުރަބުރައިގެން ދިޔައެވެ.

” އޯހ…” ވަފާ އެނދުގައި އަޅައިގަނެފައި އެނދުމައްޗަށް ވެއްޓުނުތަނާ ގޮދަނޑި ގަނބައިގަނެގެން ވެއްޓުނެވެ. އިމްރާން ހޭންފެށިއެވެ.

” ތަދުވިތަ ދޫނި…. ” އިމްރާން އެހެން އަހަމުން ވަފާގެ އަތުގައި ހިފާ ނެގިއެވެ.

” ޗި.. އެނދުގައި މިހުރީ ވެލާ ތެޔޮ އުނގުޅާފަ.. ” އިމްރާން ވަފާގެ ހެދުމުން ވަސްބަލާލިއެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެން އިސްކޫރު ދޫކޮއްލިއެވެ. ފެނުގެ ބަދަލުގައި އަންނަނީ ރަތްކުލައެވެ.

” އަޅެ މިހުރީ އެމީހުންގެ ހުންނަ ކަންތައް…  އޭރުވެސް މަ ހިތަށް އެރި އެއުޅޭ ގުރޫޕުގަނޑު ކަމެއް ނުކޮށެއް ދުލެއް ނުކުރާނެޔޭ…”

އިމްރާން ހޭންފެށިއެވެ. އޭނާ ގަމީސް ފޮޅަމުން ފޮޅަމުން ފާޚާނާއިން ނުކުތެވެ.

” ދެން ކޮންތާކު ނިދަނީ؟ ” ވަފާ އެހިއެވެ. ވަރުބަލިކަމާއި އެކު އޭނާ ހުރީ ވަރަށް ބޮޑަށް ޖައްސާލަންވެސް ބޭނުންވެފައެވެ، އިމްރާން ވަފާ އާޢި ގާތްވެލިއެވެ.

” ވަފާ މެންގޭގަ…” އިމްރާން ވަފާގެ ކޮލަށް ދޮނެއް ދިނެވެ.

” ހުއް… އަހިވަސް…” އިމްރާން ދިމާކޮއްލިއެވެ ވަފާ ހޭންފެށިއެވެ. އިމްރާން އާއި ވަފާ ވަފާމެން ގެއަށް ދިޔުމަށް ހިނގައިގަތެވެ.

ގެއަށް ދިޔައިރު ވަފާމެންގެވެސް ހުރީ ތަޅުލައިފައެވެ. އަދިވެސް ކައިވެނި ހަރުގެއިން މަންމަ މެން ނާންނަނީއެވެ. އިމްރާން މެން އަތުގައި ފޯނެއްވެސް ނެތެވެ. މިހާރު ބާރަވެސް ޖަހައިފިއެވެ.

” ފެންވަރާލަން ވާނެއެއްނު އެކަމު.. މުޅި ގައިގަ ތެޔޮވަސް…” ވަފާ ބުނެލިއެވެ.

އިމްރާން ވަފާގެ އަތުގައި ހިފިއެވެ.

” ހިނގާ ދަމާ…”

” ކޮންތާކަށް؟ “

” ލޯބިހުށައެޅި މަންޒިލަށް…… ” ދެމީހުން އަތުގައި ހިފައިގެން ދިޔައެވެ. ރަށުގެ ތުނޑިއަށް ދެވުމާޢި އެކު ވަރުބަލިކަމުން ދެމީހުނަށްވެސް އޮށޯވެވުނެވެ. ހެމުންނެވެ. ކަޅުއަނދިރި ރެއެކެވެ.

” ވަފާ ބިރެއް ނުގަނޭތަ؟ ” އިމްރާން އެހެން ބުނެލިއެވެ.

” އިމޫ ހުންނަންޏާ ވަފާ ބިރުގަންނަން ވީ ކީއްވެ؟ ” ވަފާ ފުރޮޅިލަމުން އިމްރާންގެ ގައިމަތީގައި އޮށޯވެލިއެވެ.

” ހެދުމުން ތެޔޮވަސް ދުވާތަ؟ ” ވަފާ އިމްރާން ގާތު އެހިއެވެ. އިމްރާން ނޫނެކޭ ބުނެލުމުގެ ގޮތުން ބޯ ހޫރާލިއެވެ. އެއަށްފަހު އެދެމީހުންގެ ހަށިގަނޑު ގުޅިލާމެހުނެވެ. ފިނިފިނި އެ ދަންވަރުގައި ކައިވެނީގެ ފުރަތަމަ ރޭ އެދެމީހުން ހޭދަކޮއްލީ އަލަތު ލޯބި ހުށައެޅި ތަނުގައެވެ.

*******************

ޔަޝްމީ އިނީ އެނދުމަތީގައެވެ. ނިކްއަށް އެންމެ ރީތި ރަތްކުލައިގެ ހެދުމުގައެވެ. ނިކް ކޮޓަރިއަށް ވަނުމާއި އެކު ޔަޝްމީ ފެނި ލޯބިގޮތަކަށް ހީލިއެވެ. އެއަށްފަހު އަތުގައި އޮތް ޕްރެޒެންޓް ދިއްކޮއްލިއެވެ.

” ކަނޑާލަބަ..” ޔަޝްމީ ބަލާލިއެވެ.އަދި މަޑުމަޑުން ކަނޑަންފެށިއެވެ. އޭރުވެސް ނިކް އިނީ ޔަޝްމީއަށް ބަލާށެވެ.

އޭގައި އޮތީ ވަރަށް ރީތި ކަޅުކުލައިގެ ނައިޓީއެކެވެ. ޔަޝްމީ ހީލިއެވެ. ރަކި ގޮތަކަށެވެ.

” ދޭބަލަ ލައިގެން އަންނަން……..” ނިކް ބުނެލިއެވެ. ޔަޝްމީ ލަދުން ހުރެފައި ފާޚާނާއަށްވަނެވެ. ނިކް އޮތީ ޔަޝްމީގެ އިންތިޒާރުގައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޔަޝްމީ ނުކުތުމުން ނިކް ފުން ނަޒަރަކުން ބަލާލިއެވެ. އޭނާގެ ތުނިތުނި ހަށިގަނޑު އެ ތުނި ފޭރާމުން ފާޅުވެއެވެ. އެ ރީތި ވަނާތައް ފެނި ނިކްގެ ހުރިހާ ހިއްސެއް މޯޅިވެގަތެވެ. ނިކްގެ ހިތް ކިޔަމަނެއް ނުވިއެވެ. ޔަޝްމީ އެނދާއި ހަމައަށް އައުމުގެ ކުރިން ނިކް ގޮސް ޔަޝްމީ އާއި ދާދި ގާތުގައި ހުއްޓުމުން ޔަޝްމީ ނިކްއަށް ފުރަގަސް ދިނެވެ. އެވަގުތު ޔަޝްމީގެ އިސްތަށިގަނޑު އެއްފަރާތްކޮއްލުމަށްފަހު ބުރަކަށީގައި ނިކްގެ ތުންފަތް ޖައްސާލިއެވެ. ޔަޝްމީ ލަދުން ދުއްވައިގަތުމާއި އެކު ހުށިޔާރުވެގެން ހުރި ނިކް ޔަޝްމީގެ އަތުގައި ހިފިއެވެ. އަދި އޭނާގެ ގާތަށް ދަމައިގަތެވެ. ޔަޝްމީގެ މޫނު ބާރުބާރަށް ނިކްގެ މޭގައި ޖެހުނެވެ. ނިކް ޔަޝްމީ އުރާލއިގެން ގެނެސް އެނދުމަތީގައި ބާއްވާލިއެވެ. އަދި ވަރަށް މަޑުމަޑުން ޔަޝްމީ އާއި ގާތްވެލިއެވެ.

***************

ވަފާގެ އާއިލާގެ މީހުންނާއި އިމްރާންގެ ބޮޑުދައިތަ ބަނދަރުމަތީގައި ތިބީ ވަފާ އާޢި އިމްރާން ހަނީމޫނަށް ދާން ފުރުވަން އައިހެވެ. ލޯންޗް ލޯމަތިން ގެއްލުމާއި އެކު އެމީހުންވެސް ގެއަށް ދާން ހިނގައިގަތެވެ.

ލޯންޗްގައި އިނދެ ވަފާ އިމްރާން އާއި ގާތަށް ޖެހިލިއެވެ.

” ކޮން ރިސޯޓަކަށްތަ ދަނީ؟ “

” ކޮންރެޑްއަށް…. އިމޫވެސް އަލަށޭ އެތަނަށް މިދަނީ…” އިމްރާން ވަފާގެ އަތަށް ކިސްއެއް ދިނެވެ. ވަފާ ހެވިލާފައި އިމްރާންގެ ކޮނޑުގައި ބޯ އަޅާލިއެވެ،

************

” ނިކް… އަހަރެން ދެކުނިން ދީނާ… އެއީ ހަމަ އޭނަތަ؟” ޔަޝްމީ ދެލޯ ބޮޑުކޮއްގެން ހުރެ އެހިއެވެ. ނިކް ޔަޝްމީގެ ދެކޮނޑުގައި ހިފިއެވެ. އަދި ދީނާމެން ކޮންމެ މަހަކު އެއްފަހަރު އެ ރިސޯޓަށް ވީ އައި ޕީ ންގެ ގޮތުގައި އަންނަކަމަށްވެސް ނިކް ބުނެދިނެވެ. ޔޫރަޕްގެ ބޮޑު މުއްސަންޖަކާއި އިނދެގެން ދީނާ އުޅެނީ ވަރަށް އުފަލުގައެވެ.

” ނޫނޭ.. އޭނަ އާޢި ވާހަކަ ދައްކަން ދާނެ ކަމެއް ނެތް….އަހަންނަށްވެސް އެނގެނީ އެމީހުން އަންނަކަން.. އެންމެ ފަހަރަކު ލޮލަށް ފެނުނީ.. މި ދޭތެރެ އެއްގަ މިކޮޅަށް ނައިސްތިބެ ތިބެ މިހާރު އަނެއްކާވެސް އަންނަން ފަށައިފި..”

 ނިކް ޔަޝްމީ ގޮވައިގެން އެތެރެއަށް ވަނެވެ.

އިމްރާން އާއި ވަފާ ކޮންރެޑަށް އައުމާއި އެކު ރިސޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އުފަލާއި އެކު އެމީހުންގެ ރޫމަށް އައިސްވަނީ ހިނިތުންވެފައި ތިބެއެވެ.

” ސްވީޓީ އަވަހަށް ފެންވަރާލައިގެން ހިނގާ ރިސޯޓް ތެރެ ބަލާލަން… ވަރަށް ރީތިވާނެ…” އިމްރާން އަވަސް އަވަހަށް ފެންވެރުމަށް އުޅުނެވެ.

ރީތިވެލައިގެން ވަފާ އާޢި އިމްރާން ބޭރަށް ނުކުތެވެ. ކުޑަކުދިން އުޅޭ ހިސާބަށް އެރުމާއި އެކު ކުޑަކުއްޖަކު ހިނގެމުން ވެއްޓެމުން ކަހަލަ ގޮތަކަށް އަންނަތަން ފެނި ވަފާ އެކުއްޖާ އުރާލިއެވެ. އިމްރާންވެސް އެކުއްޖާގެ ކޮލުގައި ހިފިއެވެ.

” ހެލޯވް… މައި ސްވީޓީ… ވެއަރ އަރ ޔޫ… ” ވަރަށް ލޯބިން ގޮވާ އަޑަށް އިމްރާން އާއި ވަފާ ފަސްއެނބުރި ބަލާލިއެވެ. އެވަގުތު އެދެމީހުންނަށްވެސް ލިބުނީ ޝޮކެކެވެ. ކުރިމަތީގައި ހުރީ ދީނާއެވެ.

ދީނާއަށްވެސް ހުއްޓެވުނެވެ. އެތައް ދުވަހެއްފަހުން ލޯބިވާ ކޮއްކޮ އާއި ބޭބެ ބައްދަލުވުމުން ދެހިތުގައިވެސް ކުލުނުގެ ޖަޒްބާތުތައް އުފެދެން ފެށިއެވެ. އެކަކު އަނެކަކަށް އަނގައިން ބަހެއް ބުނަން ނުކެރިފައި ތިބެވުނެވެ. އިމްރާން މަޑުމަޑުން ހުރެ ބަލާލީ ވަފާގެ އުރުގައި އިން ކުޑަކުޑަ ކުއްޖާއަށެވެ.

” މީ… ކޮއްކޮގެތަ؟ ”

ޔޫރަޕް ސްޓައިލްއަށް ހުރި އެ ލޯބި ކުއްޖާއަށް އިނގިލި ދިއްކޮއްލަމުން އިމްރާން އެހިއެވެ. ދީނާ އުފަލުން ބޯޖަހާލީ އަނގައިންވެސް ނުބުނެވުނީމައެވެ،

” ހަނީ……” ދީނާގެ ފިރިމީހާ އައިސް ދީނާ ކައިރީ ހުއްޓުނެވެ.

އިމްރާންއަށް ޤަބޫލުރަން ދަތިވިއެވެ. ދީނާގެ ދިރިއުޅުން ފެނި އޭނާ ހައިރާންވެސްވިއެވެ.

************

އިމްރާންގެ ކިބައިން ދީނާ މައާފަށް އެދުނެވެ. ކިތަންމެ ދުރުވިޔަސް ލޭގެ ގުޅުން ނުކެނޑޭނެކަން ދީނާއަށް އެނގުނެވެ. މޭޒުކައިރީ އެންމެން ތިއްބެވެ. ދީނާގެ ބޮލުގައި އިމްރާން ފިރުމާލއެވެ. އަދި އޭނާ އެއް އަތުން ކަރުނަ ފޮހެލަމުން ދީނާގެ އަންހެން ދަރިފުޅު އާޝާ އުރާލިއެވެ. ދީނާގެ ފިރިމީހާ މުސްލިމް ވީކަން އެނގުމުން އިމްރާން ވަރަށް އުފާކުރިއެވެ.

” އަހަރެން ބޭނުން ދީނާ އާއި ބައްދަލް ކޮއްލަން… އޭނަ ހުރީ ކުޑަކުއްޖަކުވެސް ގޮވައިގެން.. ވަރަށް ލޯބި ކުއްޖެއް.. އެއީ އޭނާގެ ދަރިއަށްވެސް ވެދާނެ…” ޔަޝްމީ ހަމަ އާދޭސްކުރަނީއެވެ.

” ހިނގާ ދެން… ކުރެއް ނުކުރާނެ..ދާތަނުން ދީނާ ލޯބި އަށް އެއްޗެހިކިޔާފާނެ/… އޭރުން ނުރޯތި… މިގަޑީގަ ހަވީރު ސަޔަށް ގޮސް ތިބޭނީ..” ނިކް ޔަޝްމީގެ އަތުގައި ހިފައިގެން ނުކުތެވެ..

ޔަޝްމީ އާއި ނިކް ބާރު ބާރަށް ގޮސްވަނީ ރެސްޓޯރަންޓަށެވެ. އެކި މޭޒުތަކަށް ލޯ ހިންގަމުން ޔަޝްމީ ހިނގަމުންދިޔައީ ނިކްގެ އަތުގައި ހިފައިގެންނެވެ. އެއްލި ކަޅިއަކުން ނިކްއަށް އެމީހުން ފެނުނެވެ. ނިކް ހުއްޓުމާއި އެކު ޔަޝްމީ ބަލާލިއެވެ. އެއަށްފަހު ނިކް ބަލަން ހުރި މޭޒާއި ދިމާއަށް ބަލާލިއެވެ. އެމީހުން ފެނުމުން ދާކަށްވެސް ނުކެރުނެވެ. އިމްރާން އާއި ވަފާ ފެނުމުން ޔަޝްމީއަށް ލަދުވެތިކަން އިހުސާސްކުރެވި ނިކްއަށް ބަލާލިއެވެ. މެދެއްހާ ހިސާބުގައި ކޮޅަށް ތިބި ނިކް އާއި ޔަޝްމީ ބަސްހުއްޓި ބަލަން ހުރިތަން ފެނުނީ ދީނާގެ ފިރިމީހާއަށެވެ. ނުސީދާ ގޮތަކަށް އެމީހުން ބަލަމުންދާތީ ދީނާ ގައިގައި ކޮއްޓާލަމުން ޔަޝްމީމެން އޭނާ ދައްކާލިއެވެ. އެވަގުތު ދީނާ ދިޔައީ ސިހިގެންނެވެ. އެންމެންނަށްވެސް ޔަޝްމީމެންނަށް ބެލެންފެށިއެވެ.

” ޔަޝްމީ.. އާދޭ އިށީންނަން..” ހަމަހިމޭންކަން މެދުކަނޑާލީ ވަފާއެވެ. ވަފާގެ އެ ޖުމުލައިން އިމްރާން ވަރަށް އުފާކުރިއެވެ.

” އިންމަ މިތާ އުޅޭ އިރުވެސް އަންގާނުލާ! ” ނިކް ވަރަށް ގާތްގޮތަކަށް ބުނެލިއެވެ. އިމްރާން ހީލިއެވެ.

” ނޭނގޭނެ އެއްނު ނިކް މިތާ އުޅޭނެކަމެއް.. ރޭގަ މެރީކުރީ.. މިއައީ ހަނީމޫނަށް.. ނިކްމެން ކީއްކުރަނީ؟ ޔަޝްމީ…..” އިމްރާން ޔަޝްމީއަށް ގޮވާލުމުން ޔަޝްމީ ނިތް އަރުވާލިއެވެ.

” މީ މަގޭ ރިސޯޓޭ… އަހަރެމެންވެސް މެރީ ކުރީ އިއްޔެ… ހަނީމޫން؟ ވާއޯ… އެހެންވިއްޔާ މަށާ ޔަޝްމީގެ ފަރާތުން ހަދިޔާއަކަށް ދެކުދިންނަށް އެއްކޮށް ފްރީ….. ” ނިކް އެހެން ބުނުމުން ވަފާ އާއި އިމްރާން އެކަކު އަނެކަކަށް ބަލާލިއެވެ.

” ނޫނޭ،،، ނިކް ތިހެން ކަމަކު ނުދާނެ..އަދި  އަހަރެންވެސް މިހުރީނު.. ތި ނިއު ކަޕްލްސްތަކަށް އަހަންނަކަށްވެސް އަދި އ ހަދިޔާއެއް ނުދެވޭ.. ހިނގާ އެންމެން އެއްކޮށް ޔޫރަޕަށް.. އެ ދަތުރުވެސް ހަމަ އެއްކޮށް ފްރީއޭ.. ދެން ފަހުން އައިސް ރިސޯޓްގަ އުޅޭނީ…. ޕްލީޒް…. “

ދީނާ އެދުނެވެ. އޭނާގެ ފިރިމީހާވެސް އެކަމަށް މަރުޙަބާ ކިޔެވެ. އެންމެ ފަހުން ޔޫރަޕަށް ދާން އެއްބަސްވިއެވެ. ދީނާ ޔަޝްމީގެ އަތުގައި ހިފާލިއެވެ.އަދި ސޮރީ އޭ ބުނާފަދަ ގޮތަކަށް ބަލާލިއެވެ. ޔަޝްމީ ހިނިތުންވީ ވަރަށް އުފަލުންނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އެމީހުން ހަނީމޫނަށް ފުރަން އެއަރ ޕޯރޓަށް ދިޔައެވެ.

” ދަރިފުޅާ ހާދަ ދުރެކޭ އެއީ…މަންމަ ވަރަށް ބިރުގަނޭ… ބޮޑުދައިތަވެސް އިނީ ނުލާހިކު ބިރުން…” ވަފާގެ މަންމަ ފޯނުން ވާހަކަ ދެއްކިއެވެ. ބޮޑުދައިތަވެސް ކައިރީގަ އިނެވެ.

” މަންމާ ނުވާނެޔޭ ކަމެއް.. މިހާރު ބޯޓަށް އަރަން މިދަނީ…. ޔޫރަޕަށް ދެވުނުހާ އަވަހަކަށް ގުޅާނަން” ވަފާ ބުނެލިއެވެ. ދީނާއަށް ބޮޑުދައިތަގެ ސަލާމްރައްދުކޮއްދިނުމަށް އެދި މަންމަވެސް ފޯން ބޭއްވިއެވެ.

ފްލައިޓް ނައްޓާލިއެވެ.ރޫޅި، ބުރި ބުރި ވެފައިވާ ވަފަށްތައް އަލުން ގުޅިއްޖެއެވެ. ގެއްލިފައިވާ އުފަލާއި ހިތްހަމަޖެހުން އަލުން އިޢާދަވެއްޖެއެވެ.  ބޯޓު ތެރޭގައިވަނީ އުފާވެރިކަމެވެ. ލޯބިވެތިކަމެވެ. އެންމެންގެ ހިތުގައިވެސް ޖަހަނީ އެއް ރާގެކެވެ. އެއް ވިންދެކެވެ. އެއީ ލޯތްބެވެ. އުފާވެރިކަމުން ފުރިފައިވާ ލޯތްބެވެ.

( ނިމުނީ )

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 12

Next

ތާރާ….4

Next
March 10, 2014

ތާރާ….4

Previews
March 9, 2014

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 12

21 Comments!

  1. ishaa says:
    March 9, 2014 at 10:00 pm

    V reethi…salaa thanks for the beautiful story

    1. Salaa says:
      March 10, 2014 at 8:13 pm

      thank u Ishaa … ur most welcome ingey

  2. thiii says:
    March 9, 2014 at 10:09 pm

    salaa ge hurihaa vaahaka ehves vv salhi…waiting for u r new story 🙂

    1. Salaa says:
      March 10, 2014 at 8:14 pm

      thank u Thiii… v avahah hama dhen ves new story eh fennaaane

  3. thiii says:
    March 9, 2014 at 10:11 pm

    ..salaa ge hurihaa vaahaka ehves vv salhi…waiting for u r new story :)avaha new story up koh dhechey (Y

  4. minty says:
    March 9, 2014 at 10:23 pm

    vvvv salhi…bt ebbai skip khlaafa mi ky…but vvv nice……salaa ge hithugaa foruvaala dheyshe kahala vvvvvvvvvvvvvvv nice vaahakaei kiyaa hiyy vaniiii…….hykurn ekahala lobi lobi rythi vaahakaei varah avhah kiyaaln libeyne kamah

    1. Salaa says:
      March 10, 2014 at 8:16 pm

      thanksssss Minty.. yes hama ekahala loabi lobai vaahaka ekey dhen ves fennaanee… Vanhanaa, thy haadha loabi lobbekey beevejje yey athun magey , Zaavya… mi vaahaka thah nimmaafa dhen new vahaka eh fesheynee ingey

  5. na says:
    March 9, 2014 at 11:51 pm

    thanks for the wonderfull story…may god bless u lyf with happy…salaa ah abadhuves kaamiyabu adhen..keep it up….love the story…and i love you the way u write story salaa….story varah ves reethi v ves furihama……..v lobi….gud nyt..tvgc..

    1. Salaa says:
      March 10, 2014 at 8:17 pm

      thank u thank u thank u…. Na…. me ge ehen vaahaka thah ves kiyaane kamah ummeedhu kuran ingey..

  6. aju says:
    March 10, 2014 at 2:25 am

    Nice story salaa , mi baiga in rafushuge anhenveringe vaahaka gadu v majaa , ethankolhu genesdheefa in goi v kamudhey , genesdhey lava tha v reethi ,adi negative point eh ves bunelaanan , salaa ge vaahaka thakuge bae scene tha thankolhe filmy….. ekamuves overall ko reethiveema kiyaahivvey

    1. Salaa says:
      March 10, 2014 at 8:19 pm

      thankxxxxx Aju… aan ebai thah liyunu irugaves varah hevunu.. e ee hama rahfushuge aadha eh nun tha dho? dhen aju faahaga kollaafa in pointah visnaanan ingey.. mee online koh liyaa vahaka thakeh veema dhen bodah beleny kiyuntherin like vaane gothakah geneveytho.. filmy kolleeema heevaanee filmeh balaalaa hen dw.. heheh ekam hadi dho ehen hedhyma.. dhen ehen nuliyaanan ingey.. thanx 🙂

  7. hapytootoo says:
    March 10, 2014 at 12:17 pm

    salaa ah contact kollan beynun ?? vaane kameh tha miee ??

    1. Salaa says:
      March 10, 2014 at 8:23 pm

      yes keehve nuvaan vee Hapytootoo.. here is my fan page..
      https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

  8. shai says:
    March 10, 2014 at 1:27 pm

    i want talk with u last dayga edhunu kanthah nukohdheveynetha this story is nice v v v perfect obviously you make me cry somehow it’s related to my life i mean some parts salaa plx shai edhunu kanthah kohdhyba?

    1. Salaa says:
      March 10, 2014 at 8:25 pm

      hi Shai.. me ge fb page ah msj kollaaa ingey… eyrun shai beynunvaa story liyumuga vaahaka dhekeveyne … ehnu dho.. exam gai nuliyeveynehnu mikahala love stroy eh dw 🙂 .. ey me kodhdheynamey ingey..

  9. ainy says:
    March 10, 2014 at 1:33 pm

    wowwwwwwwww
    reeeeeeethi kannnnnnn dhaw
    alhe salaa ge fb page ga ineh nu dhen vaahaka eh nuliyaanamey bunefa
    ei thedheh thaaaaa
    ?? dhen hama salaa ge new story eh nufennaanetha salaa
    alhe salaa ge new story eh kiyaalan libeyne kamah unmeedhu kuran 😀
    🙂 🙂 🙂 🙂 😉 😉 😉

    1. Salaa says:
      March 10, 2014 at 8:28 pm

      .. NOOOON AINY>>> dhen vahaka eh nuliyaanan e ee STORY ehge name eh.. hehe mi site gai noonas me ge stories hunnaane… hama kiyaaleveynehnu dw…. thank u Ain.. 🙂 🙂 🙂 <3

  10. xoo says:
    March 11, 2014 at 9:46 pm

    varah salhi thakx for the nice story……. <3

  11. sul says:
    March 12, 2014 at 12:08 pm

    V v v salhi hykuran miahvure reethi vaahakaeh up load kuraane kamah god bless u

  12. someone says:
    August 28, 2014 at 8:41 pm

    salhikannnnnn!!!<3

  13. Maako says:
    March 31, 2016 at 11:00 pm

    V v v v v v v v v salhi keep it up

Comments are closed.


All Right Reserved!