.ެނަޝާޔާ ވާހަކަ ދައްކަން ފެށި އަޑަށް ލުތުފީ އާއި މަރީނާ ވެސް ދިޔައީ ސިއްސައިގެންނެވ .މަންމާ! ހިނގާ ފޮޓޯއެއް ނަގާލަން …….. މަންމަމެން ނުފެނިގެން މި އައީ… .އަވަހަށް ހިނގާ ބައްޕަގެ ދޮންގޮމާ… ލުތުފީ މަރީނާ އާއި އެކު ތެދުވެއްޖެއެވެ. ދަރިފުޅުގެ އުފަލަށްޓަކައި އެކަހަލަ ކިތަންމެ ނުތަނަވަސް ކަމެއް ވެސް އެއްފަރާތް ކުރެވިދާނެއޭ ބުނާކަހަލައެވެ އާ ކައިވެނީގެ ހަފްލާ އެހާ ކުލަ ގަދަ ނުކުރެވުނަސް ޒާހިރު އެދުނު ގޮތަށް ހުރިހާ ކަމެއް ވެސް ނިމިގެން ދިޔައެވެ.އެއީ ނަޝާޔާގެ […]
އުފަން ފަސްގަނޑުގައި ފައިޖެހުމާއެކު ފައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ވައިގެ ތެރެއަށް ދޫކޮއްލެވުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ވަޒަނަށް އާދެވުމުން ސިކުޑިއަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މެލޭޝިޔާގެ ހަލަބޮލި މާޙައުލުގައި ހޭދަކުރި ފަނަރަ އަހަރު އޭނާއަށް އިހުސާސްވީ ފަނަރަ ޤަރުނުގެ ގޮތުގައެވެ. ކޮއްޓެއްގެ ތެރޭގައި ޤައިދު ވެފައިވާ ގުރައެއް މިނިވަން ފަޒާއަށް ނިކުމެވުމުން އެކުރާ އުފާ ފައިނާ އަށް މިއަދު އިޙުސާސްވެއެވެ. ފައިނާ ހުރީ ވަށާއިގެން ފެންނަމުން ދިޔަ މަންޒަރުން އާޝޯޚު […]
ތަޤުދީރު ތިމާ ގޮަވައިގެން ދާ މަންޒިލެއް ދެކެން، ދެއަތުކުރި އޮޅައި ލައިގެން ހުރެވިއްޖެ ނަމަ، ލިބިދާނެ ދެރަ މިއަދު އަހަންނަށް އިހުސާސުވެއެވެ. އެދުވަހު އަހަރެންގެ މި ނިކަމެތި ހިތަށް ބާރުފޯރުވުނު ނަމަ މިއަދު އަހަރެންގެ ޙަޔާތަށް މިފަދަ ވިއްސާރައަކާއި ކުރިމަތިލާން ނުޖެހުނީސް އެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރެއިން އަހަރެން މަޑުމަޑުން ހިނގާލާފައި އައީ އެވިސް ނުމުގައި ހުރެގެންނެވެ. މާޒީގެ ދުވަސްތަށް އަހަރެންގެ ހިތަށް އިރުއިރުކޮޅާއި ހޫނުފެން އަޅާލާފަދައެވެ. އެދުވަސްތަށް ސިކުނޑިއަށް ތަސައްވުރު ކޮއްލެވުނަސް އަހަރެންގެ […]
އެއްވެސް ރަހުމެއްނެއް ގޮތުގައި ނިހާގެ ގައިގެ އެތަންމިތަން ޒަޚަމުކުރަމުންދިޔައިރު އެފަކީރު އަޅަމުންދާ ވޭނަށް ކެތްނުވެ ހަޅޭލަވަމުން އާދޭސްކުރަމުން ދިޔައެވެ. ” ހާޝިމް އާދޭސް ކުރަން ތިގޮތަށް ކަންތައްނުކުރައްވާ، އަޅުގަނޑަށް މާފް ކުރައްވާ، ހެޔޮނުވާނެ އައްދޯއި މަންމާ”.. ނިހާގެ އާދޭސް ތަކަށް ބީރު ކަންފަތެއްދީގެންހުރި އޭނާގެ ފިރިމީހާއަށް ވީ ގޮތެއްވެސް ނޭގުނެވެ. ކުއްލިއަކަށް ހަރަކާތްތަކަށް ހުއްޓުމެއްއައެވެ. ކުރިމަތީ އާދޭސް ކުރަމުންދިޔަ އޭނާގެ އަންހެނުންނަށް ބަލާލިއެވެ. އެ ތޫނު ކަތިނަޒަރުގައި ވަނީ ވޭނެވެ. އެ ރީތި ތުންފަތުގައި ވަނީ އާދޭހުގެ […]
.ނޯޓް: މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ ގޭގެ ބޮޑު ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިން މެންދަމުން އަލިވެ ދޭއް ޖެހިކަން އިއުލާން ކޮށްފިއެވެ. އެންމެން ނިދާ ފައި ހިލަވަޅު އޮބުމުން ތަނަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. އާދައިގެ މަތިން މިރޭވެސް ނަޝާޔާ އެއިނީ ހޭލައެވެ. ތާވަލް ކުރެވިފައިވާ ހަރަކާތެއް ފަދައިން ފިރިމީހާ ގެޔަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ކުރު ކާލި ކަނޑާލަ ކަނޑާލާ ހުރީއެވެ. ދުވާލު ހަތަރު […]
ތެތްފިނިކަން ޖައްވުގައި ވަކި ހިއްޕާލަމުން، ހުޅަނގު މޫސުމުގެ ވަކިތަކުދަށުވަމުން، ކާއިނާތު އަޅުދާސްތުކުރަމުން ދިޔައެވެ. ޖަހަމުންދިޔަ ވާރޭ ކަނިތައް ބޮޑެތިވަމުން، ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުން ދިޔައީ ތަރުތީބު ކުރެވިފައިވާ އުޞޫލަކުން ކަމަށް ބަލާމީހަކަށް މާނަކުރެވޭހެންނެވެ. ބިމުގައި ހަރުކޮނެގެންނާއި ގަސްގަހާއި ވެޔޮތަކުގައި ރޭގަނޑުގެ “އަނާނާ” އަކަށް ތަސްބީހަކިޔަމުން ދިޔަ “ކުދި ސޮރުމެން”ގެ އަޑުތައް ހުއްޓުވަމުން އެސޮރުމެންގެ ހިތަށް ބިރުވެރިކަން ވެރިކުރުވަމުން ދިޔައީ ވިދަމުން ދިޔަ ވިދުން ކަނިތަކާ އެކުވަމުން އަޅަމުން ދިޔަ ހޮނުތަކާއި ގުގުރުމުގެ އަސަރުތަކުންނެވެ. “ވެހޭވާރޭ” އެއީ ހިތްގައިމު […]
ވޭން (ޕާޓް )3 ރެ އަކީ ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔަ ރެއެކެވެ. ވިދާލާ ވިދުވަރުން ދެލޯ ހުޅުވައިގެން ހުންނަ މީހެއްގެ ލޯ ތަރަތަރަ ޖަހައިގަންނަ ކަހަލައެވެ. އިވޭ ބާރު ގުގުރިން މޭގަނޑު ނުކުމެދާނެ ކަހަލައެވެ. ޖެހޭ ވައިރޯޅިން މުޅި މާހައުލަށް ވެރިވެފައިވަނީ ބިރުވެރިކަމެވެ. މާލޭގެ މަގުތަކުގައި ހައެއްކަ ފޫޓު ދުރުމިނުގައި ބޮކިތައް އެއްކޮޅުންއަނެއްކޮޅަށް ދިއްލާ ފައި ހުރި ނަމަވެސް މަގުމަތިން މީހެއްގެ ހިލަމެއް ނެތެވެ. އަދި އިމާރާތް ތަކުގެ ހިޔަނީގެ ސަބަބުން މުޅި މާހައުލު ސިފަވެގެންދަނީ ބިރުވެރި މަންޒަރެއްހެންނެވެ . ނިހާ އެދުގައި […]
ވޭން (ޕާޓް2) ކޮންމެ އަކަސް އާހިލްގެ އެޙިޔާލް ތަކުން އޭނާ ދުރުކޮށްލީ ލޯބިވާ އޭނާގެ މާމައެވެ. މާމަ ފެންނަ ކޮންމެ ފަހަރަކުވެސް އާހިލްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މާމައެކެވެ. އާހިލް ހަދާން ހުންނަން ފެށީއްސުރެ މި މާމަ އަކީ ވަރަށް ބަލިކޮށް އުޅޭ މީހެކެވެ. މާމަ ގޮވައިގެން މިރަށަށް އައުމުގެ ބޭނުމަކަށްވީ މާމަގެ މާޒީ އާ މާމަ ދުރުކުރާށެވެ. މާމަގެ ޝަކުވާއަކަށް ވެފާވަނީ އެންމެ ކަމެކެވެ. އެއީ އާހިލް މީހަކާ […]
ހެނދުނުއްސުރެ ވެހެމުން ދިޔަ ވާރޭ ތުނިކޮށްލީ މެންދުރުން އަނބުރާ ދޭއްޖަހަން އުޅެނިކޮންނެވެ. މޮޔައިން ތެއްމާ އުޞޫލަށް ތަރުތީބުވެފައިވާ ވާރޭ ކަނިތަކުގެ ސަބަބުން، ހޭޖެހޭ މީހެއްގެ ހިލަމެއް ހުވަމެއް މަގުތަކުން ނުވެއެވެ. ބޮޑުމަގުގެ މެދުން ދެފަރާތަށް ދިގުދެމިފައިވާ ފެންގަނޑުގެ ތެރެއިން އުފައްދާލި ބާންޏާއެކު ގުގުމާލި ތިން ކުދިންގެ ހުނުމާއި ސަކަރާތުގެ އަޑު އޮބުމުން، މަގުގެ އަމާންކަން އަނބުރާ ލިބުނުކަހަލައެވެ. ނާހިލަކީ ރީތި ނޫކަށިފުރައިގެ ޒުވާނެކެވެ. ޢުމުރުން ސައުވީހަށް ގުނަމުންދާ ކުލައަލި، ހެދިހުރި ހަށިގަނޑެއްވެރިއެކެވެ. ހެޔޮވަރުގެ އިސްކޮޅެއްގައި އޭނާ ފެންނަނީ […]