Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން 1

leyfa Level 110 Stories
July 23, 2014 3 Mins Read
13 Comments

.ނޯޓް: މިއީ ހަގީގީ ހާދިސާތަކެއްގެ  މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ

      ގޭގެ ބޮޑު ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިން މެންދަމުން އަލިވެ ދޭއް ޖެހިކަން އިއުލާން ކޮށްފިއެވެ. އެންމެން ނިދާ ފައި ހިލަވަޅު އޮބުމުން ތަނަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. އާދައިގެ މަތިން މިރޭވެސް ނަޝާޔާ އެއިނީ ހޭލައެވެ. ތާވަލް ކުރެވިފައިވާ ހަރަކާތެއް ފަދައިން ފިރިމީހާ ގެޔަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ކުރު ކާލި ކަނޑާލަ ކަނޑާލާ ހުރީއެވެ. ދުވާލު ހަތަރު ދަމު މަސައްކަތުގައި އުޅުމަށްފަހު ލޮޑު ވެފައިވާ ހަށިގަނޑު ހިންދަމާލެވޭނެ އިރެއްގެ އިންތިޒާރާ ވެސް އެކީގައެވެ.

ނަޝާޔާ އަދިވެސް ނުނިދަންތަ؟ މަ ބުނަމެއްނު މަށަށް އިންތިޒާރު ނުކުރާށޭ؟

ވައިރޯޅި އެއްހެން ތެޅެމުން ފޮޅެމުން ގެޔަށް ވަންނަމުން ޒާހިރު ފައްޗަކަށް އަމުނާލިއެވެ.

ޒާހިރު ކައިފިންތަ؟ ކާން ހަދައިދެން ތަ؟ ނަޝާޔާ އަހައިލިއެވެ.

އުހުނ.. މަށެއް ނުކާނަން…

    އެއީ ކޮންމެ ރެއްގެ ވެސް އާދައެވެ. ޒާހިރަކީ ގެއިން ކާ މީހެއްނޫނެވެ. ރެޔާ ދުވާލު އުޅޭ ތަނެއް ނަޝާޔާ ފަކީރަށް މޭރުމެއް ނުވެއެވެ. އެނގޭ ހާ ވެސް ކަމަކީ ނިދަން ނޫނީ ގެޔަށް ނުވަންނަ ކަމެވެ. ސުވާލެއް ކޮށްފި ނަމަ ތަންގަނޑު މީހުން ގޭ ދޮށަށް ޖަމާވާ ވަރު ކޮށްލައެވެ. ނަޝަޔާއަކީ ޒާހިރު ޖަހާ ކޮންމެ ބެރަކަށް ނަށަން ހުރި މީހެއް ފަދައެވެ. އަމިއްލަ މައިންބަފައިން ގެ ގޭގައި ދިރިއުޅޭ ކަން އެއީ އޭނާގެ ނަސީބެވެ. ބިކަވެފައިވާ ދިރިއުޅުން ކުރިޔަށް ގެންދެވެނީ ވެސް މައިންބަފައިން ގެ ނަސޭޙަތާއި ހިއްވަރުންނެވެ.

    ނަޝާޔާ މަޑު ހިނގުމެއް ގައި ގޮސް ގޭގެ ފެންޑާމަށް ނިކުމެލިއެވެ. ދިރިއުޅުމުގެ މައިދާނުގައި  ހިތްވަރު ދެރަ ވެފައިވާ މީހެއް ފަދައިން ފާރުގައި ލެނގިލިއެވެ. ވަށައިގެން ފެތުރިފައިވާ ކަޅު ކަމާއި ނާމާން ކަމަށް އެއްވެސް ފަރުވާލެއް ނެތް ފަދައިންނެވެ. އަހަންނަށް މިހެން މި ދިމާވީ ކީއްވެ ބާއެވެ؟ އަހަރެންގެ ކުށަކީ ކޮބައިބާވައެވެ؟  ނަޝާޔާ ހިތާ ހިތާ ސުވާލު ކޮށްލިއެވެ. މަޑުމަޑުން އޭނާގެ ހަޔާތުގެ ނައު މާޒީ ގެ ހަނދާން ތަކާއި ދިމާއަށް ދަތުރު ފެށިއެވެ.

     އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. ނަޝާޔާ ޒާހިރު ގެ ލޯބީ ގެ ބަގީޗާއަށް ވަދެވުނީ އުމުރުން އެންމެ އަށާރަ އަހަރުގައެވެ. ޒުވާން ފުރައިގެ އެހެން އަންހެން ކުދިން ފަދައިން އިންޓަނެޓުގެ އެހީގައި ތަފާތު ރަހުމަތްތެރިން ހޯދަމުން ދިޔަ ދަނޑިވަޅުގައެވެ. “ހައި ފައިވް ” ގެ ޖާދޫ ނަޝާޔާއާއި ޒާހިރު ގުޅުވައިލިއެވެ. ކޮންތާކު އުޅޭ ކާކު ކަމެއް ވެސް ނުއެނގި ރަހުމަތް ތެރިކަން އާރޯވެ ތާޒާ ވަމުން ދިޔައެވެ. ފޯނުގައި ހޭދަކުރެވޭ ވަގުތުތައް ގިނަވާން ފެށިއެވެ. މާގިނަ ދުވަސްތަކެއް ނުވެ މި އާ ގުޅުމަށް ލޯބީގެ ނަން ދެވުނެވެ. ނަޝާޔާ ގެ ބަގީޗާގައި ޒާހިރު އެތަކެއް މަލެއް ފޮޅުވައި ދިނެވެ.

ނަޝާޔާ އާދައިގެ މަތިން ހެނދުނު އެނދުން ނުތެދުވެ އޮވެ ނެޓަށް ވަނެވެ. ޒާހިރާ ވާހަކަ ދައްކާ ނުލެވެނީސް އޭނާގެ ދުވަސް ނުފެށޭ ކަހަލައެވެ. ނަޝާޔާ މެސެންޖާއިން އޮންލައިން ވެލިއެވެ. އިންތިޒާރުގައި ނުނިދާ ހުރި ކަހަލައެވެ

“.ދޫނީ! އާ ދުވަހަކަށް މަރުހަބާ!” ޒާހިރު ލިޔެލިއެވެ.

 ޒާރު އަހަރެން ދެކެ ވަރަށް ލޯބިވޭތަ؟ ނަޝާޔަ ވެސް ލިޔެލިއެވެ.

” ތިޔަ ލޯބިވާ ނަޝާ އަށް މަގޭ، ހިނިތުން ވުމާއެކު ހިތް ދިނީ!” ޒާހިރު ދީވާނާ އެއް ފަދައިން ލިޔަމުން ދިޔައެވެ.

“ލޯބި ވެވިއްޖޭ، ނަފުސު ދެވިއްޖޭ، ތެދުވެރިވުން އެދެމޭ! ނަޝާޔާ ވެސް ޒާހިރަށް ދުލެއް ނުކުރިއެވެ.

ޒާހިރާއި ނަޝާޔާ މާފޮޅުވުމުގައި މުޅި ދުވަސް އެކީ ހެން ހޭދަވަމުން ދިޔައެވެ. ދެ ހަށިގަނޑެއްގައި ވާ އެއް ހިތެއް ފަދައިން ނެވެ.

     ނަޝާޔާއަކީ އޭލެވެލް ނިންމުމަށް ފަހު ކޯހެއް ފުރިހަމަ ކުރަމުން ދާ ކުއްޖެއް ކަމުން ހުސްވަގުތު އޮވެއެވެ. ކޮލެޖުން ހަވާލު ކުރާ މަސައްކަތްތަށް ވަގުތުން ވަގުތަށް ނިންމާފައި ހުންނާތީ ބޯހާސް ވެގެން އުޅޭކަށް ނުޖެހެއެވެ. އެއީ މަންމަ އާއި ބައްޕަގެ އަލަތު ދަރިފުޅުކަމަށް ވުމުން މައިންބަފައިން ވެސް އޭނާދެކެ އިންތިހާ ލޯބިވެއެވެ. ލެޕްޓޮޕާއި ފޯނާއި މިހެން ގޮސް ބޭނުން ވާނެ ހެން ހީވާހާ އެއްޗެއް އޭނައަށް ހޯދައިދިނެވެ. ޒާހިރާއި މިހާ މިނިވަން ކޮށް ވާހަކަ ދެއްކެނީ އެހެންވެއެވެ.

     ޒާހިރު ބަގީޗާއަށް ނަޝާޔާއަށް ވަދެވުނު ތާ ގިނަ ދުވަސްތަކެއް ނުވެ  ޒާހިރު  ނަޝާޔާ ގެ ކައިވެންޏަށް އެހިއެވެ.ކައިވެންޏަށް އާބަސް ބުނެވުނީ ވެސް އެކަކު އަނެކަކު ނުފެންނަނީހެވެ. ކައިވެނީގެ ގޮށް ޖެހިގެން ދިޔައީ ދެމީހުން އެކަކު އަނެކަކު ހަމަ ލޮލަށް ފެނުނު ތާ ދެ ހަފްތާ ފަހުންނެވެ. ހަޤީޤަތުގައި ޒާހިރު ރަށަށް އައީ ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް ނިންމުމަށް ފަހު ގައެވެ.ކައިވެނީގެ ސެޓްފިކެޓް ގައި ޖަހާނެ ފޮޓޯ އާއި ފޯމު ވެސް ހިފައިގެންނެވެ.

    ނަޝާޔާގެ މައިންބަފައިން ކައިވެންޏާއި ރުހި ޤަބޫލުވިއެވެ. އެ ދަރިފުޅު ގެ އެއްވެސް އެދުމަކަށް ނޫނެކޭ ބުނުމަކީ އެދެމަފިރިން ހުވަފެނުގައި ވެސް ނުކުރާނެ ކަމެކެވެ. އެދުވަހު ޒާހިރު ނަޝާޔާގެ ގެއިން ނިކުމެގެން ދިޔައީ އުފަލުން ފޮޅެމުން ނެވެ. ފޯމުގައި އޭނާ ފުރަން ޖެހޭބައި ގެއަށް ގޮސް ހަމަޖެހިލުމަށް ފަހު ފުރާލުމަށާއި ވެސް އެކީގައެވެ. ދެމީހުންގެ ދެމެދުގައި އުފެދުނު ލޯބި އުމުރު ދުވަހަށް ވަކިނުވާން އެތައް އަހުދު ތަކަކާއި ވަޢުދު ތަކެއް ވެ ކައިވެނި ކުރެވިގެން ދިޔައީ ދާދި އަވަހަށެވެ.

ކުޅަދާނަ ޑައިރެކްޓަރަކު އުފެއްދި ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. އާކާވެނީ ގެ ވަލީމާ ބޭވިގެން ދިޔައީ ނަޝާޔާގެ ގޭގައެވެ.

    ރޭގަނޑުގެ ވަގުތެވެ. ނަޝާޔާގެ ގެ ، “ޕާމް ވިއު” ވަނީ ކުލަކުލައިގެ ބޮކި ތަކުން ޖަރީ ކުރެވިފައެވެ. ފަހަތުން އަޑު އިވެމުން ދިޔަ ލަވަތަކުން ފެންނަމުން ދިޔަ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެމުން ދިޔައެވެ. އެއީ ނަޝާޔާ އާއި ޒާހިރު މުޅި އުމުރަށް އެކުގައިވުމަށް އެދި ދުއާ ކުރަމުން ކާވެނީގެ ގުޅުމުން ގުޅުނު ރެއެވެ.  ހަފްލާ އަށް ވަދެގެން އައި ކޮންމެ މީހަކު ވެސް ދެމަފިރިންނަށް ހެޔޮ ދުޢާ ކުރަމުން، ތަހުނިޔާ ކިޔަމުން ދިޔައެވެ. ނަޝާޔާ އިނީ ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމެއް ގައެވެ. ޒާހިރު ވެސް ހުރީ ފިޔާތޮށި އަތް ދިގު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެންނެވެ. ވަށައިގެން ދެފަރާތުގެ އާއިލާ ގެ މެންބަރުންނާއި ގާތް ތިމާގެ ކުދިން ތިއްބެވެ. މިރޭ ނަޝާޔާ ހީވަނީ ޕަރީއެއް ހެން ނެވެ. މޫނުމައްޗަށް ވެރިވެފައި ހުރި ލަދުރަކި ހިނިތުންވުން އެރީތި ސޫރަ އިތުރު ފުރިހަމަ ކަމެއް ގެނެސް ދެމުން ދިޔައެވެ.

ނަޝާ އަކާއި ނުވެސް ގުޅޭ! ނަޝާ ކިހާ ލޯބި ދޯ!

ޕާޓީއިން ނިކުމެގެން ދިޔަ ލާނެއް ކުދިންތަކެއް ހީ ހީފައި ވާހަކަ ދައްކަމުން ދިޔައީ ޒުވާން ޖޯޑާއި ބެހޭ ގޮތުންނެވެ.

ސަޅި ޖޯޑެއް ދޯ! މައްސަލަ އަކީ އެސޮރު ބޯ ކާއްޓެއް ހެން މަށާލާފައި ހުރީމަ މާ މުސްކުޅި ވައްތަރު ޖަހާތީވެ!

މަލާމާތުގެ ރާގަކަށް ނަޝާ ދެރަކޮށްލުމުގެ ނިޔަތުގައި އަޑު އިވޭ ފަށުގައި ތިބެ ބުނަމުން ދިޔައެވެ. ނަޝާޔާ އަޅާ ނުލުމުން އެންމެ ފަހުން ނިކުމެގެން ދިޔައީ އެވެ.ޒާހިރު ބޯ އެހާ ތުނިކޮށް ކޮށާލާފައި ހުރުމުން ޚުދު ނަޝާޔާވެސް އެކަމާ ހިތްހަމައެއް ނުޖެހެއެވެ. އެހެނަސް މާބޮޑުކަމަކަށް ނެހެދީއެވެ.

ދުރުގައި މަންޒަރު ބަލަން ތިބި މަރީނާ އާއި ލުތުފީ ތިބީ ހިތްހަމަ ނުޖެހިފައެވެ. އެކަކު އަނެކަކަށް ބަލާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ. އަލަތު ދަރިފުޅު ގެ ކައިވެނި ކުލަގަދަކޮށް ފާހަގަ ކުރަން އިންތިހާއަށް ބޭނުން ވެފައި ތިއްބާ ޒާހިރު ގަދައެޅުމުން އެކަން ހުއްޓާލަން ޖެހުނީތީވެއެވެ. އެހެންނަމަ މުޅި ރަށަށް ދައުވަތު ދިނުމަކީވެސް އެދެމަފިރިންނަށް މާ ބޮޑުކަމެއްނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

ހިތެއްގައި ނެތީހޭ ވާނޭ ރަޙްމު

Next

ވޭން (ޕާޓް4)

Next
July 24, 2014

ވޭން (ޕާޓް4)

Previews
July 22, 2014

ހިތެއްގައި ނެތީހޭ ވާނޭ ރަޙްމު

13 Comments!

  1. awm says:
    July 23, 2014 at 4:03 pm

    Vaahaka v salhi.. Anehpart konirakun..

    1. leyfa says:
      July 23, 2014 at 9:06 pm

      Thanks

  2. ahchehhhehh says:
    July 23, 2014 at 4:39 pm

    mives dhen vaahaka oa tha mia h

  3. hhh says:
    July 23, 2014 at 4:57 pm

    Dhn nukiya thi ehnvy iru aneh part….

  4. leyfa says:
    July 23, 2014 at 5:33 pm
  5. fahthaa says:
    July 23, 2014 at 7:13 pm

    anebaya inthixaaru kuran..vara reethi

  6. Anonymous says:
    July 23, 2014 at 8:48 pm

    startin is nyc…hope u will upload the nxt prt soon…u cn be a gud ryter..

    1. leyfa says:
      July 23, 2014 at 9:05 pm

      THANKS

  7. chipoo says:
    July 23, 2014 at 11:31 pm

    Vaahaka ok dhen nxt part ah inthizàarukuran unmeydhukuran kuriah huri part thanves reythikon genes dhey neh kamahv……☺

  8. shaph says:
    July 24, 2014 at 4:46 am

    starting r balaafa mi part nice . hope to see the next part soon

  9. Aanth says:
    July 24, 2014 at 1:01 pm

    : vara salhi vahakaa .. next part avaha nukunehea kama umydhu keran

  10. SAM says:
    July 25, 2014 at 12:26 am

    dhen okey . nice…..

  11. aisha says:
    July 27, 2014 at 12:15 am

    very nice

Comments are closed.

Next Episodeކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..2←


All Right Reserved!